މިދިޔަ އަހަރު ފަހުކޮޅު އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭން އެންމެ ފޯރިގަދަ ދުވަސްވަރު ދީނީ އިލްމުވެރިޔާ އައްޝައިހް އިލްޔާސް ހުސައިން ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން ދެމިއޮތީ ވަކި މީހަކު ވެރިކަމުގައި ހުރެގެން ނޫން ކަމަށާއި ކޮންމެ މީހަކު ވެރިކަމުގައި ހުރިނަމަވެސް ރާއްޖޭގައި އިސްލާމްދީން ދެމި އޮންނާނެ ކަމަށެވެ. އިލްޔާސް ދެއްކެވި ވާހަކަފުޅާއި ގުޅިގެން އޭރުގެ އިދިކޮޅު ފަރާތްތަކަށް "އާހިތްވަރެއް" ލިބިގެން ދިޔައެވެ. އެފަރާތްތަކުން ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރިއެވެ. މަރުޙަބާއެވެ.
އިލްޔާސް ދެއްކެވި ވާހަކަފުޅާއި މެދު އަޅުގަނޑު ސުވާލެއް ނުއުފައްދަމެވެ. އިލްޔާސްގެ ވާހަކަފުޅަށް ތާއިދުކޮށް އެއްބަސްވެސް ވަމެވެ. ނަމަވެސް އެވާހަކަތަކުގެ ހަނދާންތައް އާކޮށްލާ ބައެއް އެހެން ވާހަކަތައް ދައްކާލުމަށް މުނާސަބު ވަގުތުކޮޅަކަށް މިވަގުތު އެބަވެއެވެ.
ވެރިންގެ ކިބައިގައި ދީނާއި، ގައުމު ދިފާޢު ކުރުމުގެ ސިފަ ނެތިއްޖެނަމަ ދެން ފެނިގެން ދާނެ މަންޒަރު މިކަމުގެ އެންމެ ބޮޑު އެއް މިސާލު މީލާދީން 11 ވަނަ ޤަރުނުގެ އަލް-އަންދަލުސް (މުސްލިމް ސްޕެއިން) އިން އެއޮތީ ފެންނާށެވެ.
މީލާދީން 700 ގެ އަހަރުތަކުގައި އުމަވީ ޚިލާފަތުގެ ދަށުން އަލް-އަންދަލުސް ގާއިމު ވެފައިވަނީ ބާރުގަދަ އަދި ތިޔާގި ޕްރޮވިންސްއެއްގެ ގޮތުގައެވެ. އަލް-އަންދަލުސްގެ އެންމެ މަތީ އުސްމިންތަކަށް ގޮސްފައިވަނީ މިލާދީން 1000 ހިސާބުގައެވެ. އޭރު ޤުރްޠުބާގެ އުމަވީ ޚިލާފަތް ވެގެން ދިޔައީ ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން މުޅި ހުޅަނގު ޔޫރަޕްގެ އެންމެ ބާރުގަދަ ދައުލަތް ކަމުގައެވެ. މުސްލިމް ދުނިޔޭގައި ހިމެނުނު ކުރިއަރާފައިވާ ހަޟާރަތްތަކުގެ ތެރޭގައި ހިމެނޭ އިރާޤް، ފާރިސްކަރަ އަދި މިސްރުފަދަ ތަންތަނާ އެއްވަރަކަށް އިލްމީ ގޮތުންނާއި، އިޖްތިމާއީ ގޮތުންނާއި އަދި އާރޓްގެ ރޮނގުން އަންދަލުސް އޮތީ ކުރިއަރާފައެވެ.
ނަމަވެސް މިހުރިހާ ކަމެއް 50 އަހަރުގެ ތެރޭގައި ބަދަލުވެގެން ދިޔައީއެވެ. އަވައްޓެރި ޔޫރަޕްގެ ދައުލަތްތަކުން ދިން ހަމާލަތަކުން ދިފާއުވުމުގެ ގާބިލުކަން ނެތި ސިޔާސީ ގޮތުން ބޭރުގެ ފަރާތްތަކަށް ބަރޯސާވެފައިވާ ދައުލަތަކަށް ވެގެން ދިޔައީއެވެ. އަންދަލުސް އަތުން ބީވެ، ޣައިރު މުސްލިމްގެ ކޮންޓްރޯލް އޮތް ގައުމަކަށް ވެެގެން ދިޔައީ އެވެ.
20 ވަނަ ގަރުނުގައި ތުރުކީ އަށް ވާން ފެށި ގޮތް ބައްލަވާށެވެ. ތުރުކީ އިސްލާހުކޮށް ބަދަލުތަކެއް ގެނައުމުގެ ނަމުގައި ވެރިކަމަށް އައީ "މުސްލިމެއް" ކަމަށްވާ މުސްތަފާ ކަމާލް އަތާ ތުރުކައެވެ. އޭނާ އަކީ މުސްލިމް ދެމަފިރިއަކަށް ލިބުނު، މުސްލިމް އާއިލާގެ ތެރޭގައި އުޅެ ބޮޑުވި މީހެކެވެ.
2002 ވަނަ އަހަރުގެ ޖޫން މަހު ނިކުތް "ދަރުމަ" މަޖައްލާގައި ޑރ.މައުރޫފް ހުސައިން ލިޔުއްވާފައި ވަނީ ސައްޔިދުނާ އަބޫބަރުއްޞިއްދީގު ރަޟިޔަﷲ އަންހްގެ ދުވަސްވަރުން ފެށިގެން އައި އިސްލާމީ ޚިލާފަތު ނައްތާލީ އަތާ ތުރުކަ ކަމަށެވެ. އެއީ ތާރީޚީ އިލްމުވެރިން އިއްތިފާގުވާ ހަޤީޤަތެކެވެ.
އަތާ ތުރުކަ ވަނީ ތުރުކީ ރައްޔިތުން ﷲ ގެ އިސްމުފުޅު ކިޔުން ވެސް މަނާ ކޮށްފައެވެ. ބަންގި ގޮވާއިރު ﷲ އަކްބަރުގެ ބަދަލުގައި "ތަންރީ އުލުޑޫރު" ކިޔަން އަމުރު ކުރިއެވެ. އޭނާގެ އަނިޔާވެރިކަން ހައްދު ފަހަނައަޅައި ދިޔައެވެ. މިއަދުވެސް ތުރުކީ އެއުޅެނީ އަތާ ތުރުކަ ގެނައި "ރިފޯމް" އިން އަރައި ނުގަނެވިގެންނެވެ. އިސްލާމީ އާދަކާދަތަކުގެ ތެރެއަށް އެނބުރި ނާދެވިގެންނެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ޤިޔާމަތްވުމުގެ ކުރިން ބޮޑު ދެޖަމާޢަތެއްގެ ދެމެދުގައި ވަރުގަދަ ހަގުރާމައެއް ހިނގާނެއެވެ. މިދެބައިމީހުންވެސް ގޮވާލާނީ އެއް ގޮވާލުމެކެވެ. ދޮގުވެރި ދައްޖާލުން ފޮނުވިއްޖެއުމަށް ދާންދެން މިކަން ހިނގަހިނގާ ހުންނާނެއެވެ. ގާތްގަނޑަކަށް ތިރީހަކަށް މީހުންނާއި ގާތްޢަދަދަކަށް ދައްޖާލުން ފޮނުއްވޭނެއެވެ. މިފަދަ ކޮންމެ މީހަކުމެ ހީކުރާނީ އޭނާއަކީ ﷲ ފޮނުއްވި ރަސޫލާ ކަމުގައެވެ. ދެން ދުނިޔެއިން ޢިލްމު އުފުއްލެވޭނެއެވެ. އަދި ބިންހެލުންތައް ގިނަގިނައިން އަންނާނެއެވެ. އަދި ދުވަސްކުރުވެގެން ދާހެންހީވެ ޒަމާން ގާތްވާނެއެވެ. އަދި ފިތުނަވެރިކަން ބޮޑުވެ ޤަތުލުކުރުންތައް އިތުރުވެގެންދާނެއެވެ."
އިސްލާމްދީނަކީ ޤިޔާމަތާއި ހަމައަށް ދެމިއޮންނާނެ ދީނެއް ކަމާއި މެދު އެއްވެސް މުސްލިމަކު ޝައްކެތް ނުކުރެއެވެ. ސަބަބަކީ ކީރިތި ޤުރުޢާނާއި ރަސޫލުﷲ ޞައްލަﷲ އަލައިވި ވަސައްލަމަގެ ހަދީޘް ތަކުން އެކަން ސާބިތުވާތީއެވެ.
އިސްލާމްދީން ގައުމެއްގައި ދެމިއޮތުން ބިނާވެގެން ވަނީ އެގައުމުގެ ވެރިކަމުގައި ހުރި މީހަކަށް ނޫނެވެ. ނަމަވެސް އެވެރިޔަކު ގެންގުޅޭ ސިޔާސަތުގެ މައްޗަށެވެ. ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތައް ގައުމުގެ ވެރިޔަކު ބޯލަނބާ ބޯލެނބުމެއްގެ މައްޗަށެވެ. އިސްލާމްދީނުގެ އިލްމުވެރިންގެ ބަސް ގައުމުގެ ވެރިޔާ ގަބޫލުކުރާ ގަބޫލުކުރުމެއްގެ މައްޗަށެވެ. އިސްލާމީ އުސޫލުތަކާއި ދުރަށް ގައުމުގެ ސިޔާސަތުތައް އަނބުރާލައިފިނަމަ އޭގެ މާނައަކީ ގައުމު އެދަނީ އިސްލާމީ އުސީލުތަކާއި ދުރަށެވެ.
މިމަންޒަރު ތުރުކީން ވެސް އެއޮތީ ފެންނާށެވެ. މިއަދު ދުނިޔޭގައި ހިނގަމުންދާ ކަންތައްތަކަށް ބަލާއިރު މިސްރު ފަދަ ގައުމުތަކުން ވެސް މިދަނީ އެމަންޒަރު ފެންނަމުންނެވެ.
އިސްލާމްދީން ދެމިއޮތީ ވަކި މީހަކު ވެރިކަމުގައި ހުރެގެންނެއް ނޫންކަމަށް ވިދާޅުވެ، ގައުމުގެ ވެރިކަމުގައި ތިބި ބަޔަކު ބޭނުން ގޮތެއް ހަދަން ގައުމު ދޫކޮށްލާފައި، އިލްމުވެރިން އެމަންޒަރު ބަލަން ތިބެއްޖެނަމަ ތުރުކީ އާއި އަންދަލުސް އަށް ވެގެން ދިޔަގޮތް މިދިވެހިރާއްޖެ އަށް ވެގެންދާ މަންޒަރު ފެނުން އޮތީ ވެސް މާދުރަކު ނޫނެވެ. ތާރީޚީ އިލްމުވެރިންނާއި، ދުނިޔެ ދައްކާ ހަޤީޤަތް ގަބޫލުކުރާ މީހުންގެ ބަހަށް ބުރަ ވާހަކަދައްކާނަމަ ބުވެން އޮތީ އެހެންނެވެ.
އަދި ވަގުތު ފާއިތެއް ނުވެއެވެ. ފަރުދީ ޒިންމާ އާއި، ގައުމީ ވާޖިބް އަދާކުރުމުގައި ދީނީ އިލްމުވެރިންނާއި، ގައުމާއި ދީން ދެކެ ލޯބިވާ ރައްޔިތުން ތެދުވަން ޖެހެއެވެ.
ހަޤީޤީ ޢިލްމުވެރިންނަކީ، ތިމާ ތާޢީދުކުރާ ކޮޅު ދިފާއު ކުރުމުގެ ބަދަލުގައި ހަޤީޤަތާއި އެއްގޮތަށް ޙައްޤަށް ބަސްބުނާ ޢިލްމުވެރިންނެވެ. އެއްދުވަހު އެއްބަޔަކު ލާދީނީވެފައި އަނެއް ދުވަހު އެބަޔަކަށް ދުއާ ދެއްވި ބަޔެކޭ ބުނީމާ ރައްޔިތުން ތިބޭނީ ވާނުވާގައި. ދެން އިބިލީސް އޭނާގެ ކޮޅު ގަދަކޮށް، ޢިލްމީ ގޮތުން ދެރަ ރައްޔިތުންނަށް ވަސްވާސްދީ ޢިލްމުވެރިންނަކީ މުނާފިގު ބައެއް ކަމަށް ދައްކާނެ. ޢިލްމުވެރިން ވާންޖެހޭނީ އަބަދުވެސް އެއް ސްޓޭންޑެއްގައި ތިބެންޖެހޭ ބަޔަކަށް.
ރައިސް ޔާނަށް ބުނިބަހަކާ ވައްތަރީ!ކަލޯއިބޫ ބުނަންތަ ދީޚިލާފު އެއްވެސް ރައީސް ޔާމީނުގެ ވެރިކަމުގައި ނުހިގައި! އެއާޚިލާފަށް އިސްލާމީ ޝިޢާރު އުފުލާ ތަންތަން ބިނާކުރީ އަދި ދިވެހި އިސްލާމު މުގައްރަރުގައި އަލުން ގައުމީ މަންހަޖުގެ ތެރެއަށް އިތުރުކުރީވެސް ރ ޔާމީނު އިބޫގެ ވެރިކަމުގައި އިސްލާމްދީން ކުރިއަރުވަން ކުރީ ކޮންކަމެއް! އަންހެނުން ފަޑިޔާރުންނަށް ހަމަޖައްސައި ފިރިހެނުން ފަިރިހެނުންނާ ކާވެނި ކުރީމައިވެސް ނުރުހުމުގެ ބަހެއްވެސް ބުނަންނުކެރުނު!
ސުކޫލު ނިންމާ ކުދިންނަށްގުރުއާން، އެއީ މަޖުބޫރުމާއްދާއެއްގެގޮތުގައިހަމަޖެހިއްޖެ.
އިސްލާމްދީން މިރާއްޖެއިން މިހާރު ފޮހެވިގެންދިއައީތަ؟ ހަމަޔަޤީނުންވެސް މިސަރުކާރު އައި އިރުވެސް އަންހެން ފަނޑިޔާރުން މިރާއްޖޭގެ ކޯޓުތަކުގައި ތިބި. އެއިރުގަނެތް ކޮންކަމެއް މިހާރު ވެގެން މިއުޅެނީ. ތަފާތަކީ ދީނީ ޢިލްމްވެރިންނަށާއި ނޫސްވެރިންނަށާއި ދެންވެސް ބޭނުންބަޔަކަށް ބޭނުން އެއްޗެއް ބޭނުންގޮތަކަށް ބުނުމުގެ މިނިވަންކަން މިހާރުއޮތުން ޔާމީން ސަރުކާރުގަ ނެތުން
ކަލޮ ހަމަ ޖެހެ ވާހަކަ ދައްކަބަލަ ޔާމީން ސަރުކާރުގަ ދީނީ ޢިލްމްވެރިންނައް ނުބުނެވުނު ،ނުދެއްކުނު އެންމެވާހަކައެއްވެސް ބުނެބަލަ. . ކޮންމެމީހަކުވެސް ބުނަންބޭނުންވި ހުރިހާ ވާހަkaއެއްވެސް ބުނަމުން ދިޔާއީ ޢިސްލާމްދީނަ ގައުމުގެ މިނިވަންކަމައް ޔާމީނު ކުރިވަރުގެ ބުރަ މަސައްކަތް ކުރި ވެރިއެއް އަދި އަހަރުމެނައްނުފެނެ. ކަންކަމުގަ އޮޅުވާލަން ނޫޅެބަލަ. ޢަަހަރުމެންވެސް މޮތިބީ ހަމަ ހޭގަ. ޟމިވަރުގެ ލާދީނީ ބައެއް ހިޔެއްނުވެ މިގައުމައް އައިހެނެއް.
ވަރަށް މިނިވަންކަން އޮތެއްނުން، ކިރިއާވެސް ނުރުހޭގޮތަށް އެއްޗެއްބުނެފިތަ އިތުރުސުވާލެއްނެތި ގެންގޮސް ޖަލަށްލައި އެތައް އަދަބެއްދައްކާނެ، ކަލޯގަޔާއަށް ކިތަށް މިލިއަން ޑޮލަރު ދީގެންތަ ތިއުޅެނީ ދަވާލި ޤައުމުގެ ޚަޒާނާއިން
ތިޔައީ ސޭކް އިލްޔާސް ، ކެމްޕެއްިންގައި ބުނި އެއްޗެއް ކަލޭ ތި އާކޮށްލީ! އެހެންނަމަވެސް އިސްލާމްދީނާ ދުޝްމަނު ވެރިޔަކު ވެރކަމަށް އާސް އޭނަގެ ވަށައިގެން ތިބި މީހުންނަކީ އިސްލާމްދީނަށް ނަފްރަތުކުރާ ބައެއްނަމަ އެތަނެއްގައި އިސްލާމްދީނަށް ލޮޅުންތައް އަރާނެ! މިއަދު ދިވެހިރާޢްޖެއިން ކިތަންމެހައިވެސް ސާފުކޮށް މި މަންޒަރު މިދަނީ ފެންނަމުން.
ގައުމީ އަދި ދީނީ ޖޯޝު އާލާ ކުރުވި އޮށްޓަރު ހުރި ފެންވަރު ރަނގަޅު ސަޅި ލިއުމެއް.
ތިހެން ކަމަށް ވާނަމަ މައުމޫން އެ ވިދާޅުވަނީ ކީކޭތޯ
މިއަދު ބަޔަކު ޤަބޫލުކުރިއަސް އަދިނުކުރިއަސް ޙަގީގަތް ވާނީ ހަމަ ޙަގީގަތަށް މިއަދު މިގައުމަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްނޫން ހަމައެކަނި ބަހަކުން ނޫން ޢަމަލުންވެސް އެކަން އެއޮތީ ފެންނަން ސަރުކާރުގެ ޤަނޫނު ތަކާޚިލަފަށްވިއަސް ދިވެހި ރަޢިއްޔަތަކު އެވަނީ ކަޑައެޅިގެން އިސްލާމްދީނުގައި އެކަމެއް ޙަރާމްކުރައްވާފައިވާ އެއްމެބޮޑު އެއްފާފަ ކޮށް އެފަފަމަތީގައި ދެމިއެހުރީ މިބުނީ ދިވެހި ފިރިހެނަކު ބޭރުގެ ފިރިހެނަކާއި އިނުމުގެ ވާހަކަ ރާއްޖޭގެ ޤަނޫނުގައި ޚިލާފަށް މީނާ މިކަމެއްކުރުމުން މިސަރުކާރުން ކީއްވެތޯ އޭނާގެ ދިވެހިރަޢިއްޔަތުކަން ވަގުތުން ވަގުތައް ގެއްލުވާނުލެވެންވީ ކީއްވެތޯ އެކަމުގައި ސަރުކާރުން އަދި އިސްލާމިކު މިނިސްޓްރީން އެކަމުގައި ޙައްގުބަސްނުބުނެވެންވީ އެކަމުން ޔަގީންވަކަމަކީ މިގައުމު ސައްތައިންސައްތަ މުސްލިމުގައުމެއްގެ ނަމުގައި އޮތުމަށްވެސް މިސަރުކާރުބޭނުމެއް ނުވަކަން އެހެންވީމާ މިރާއްޖޭގެ ދިގުތާރީޚް ދެކެމުން އައި ސައްތައިން ސައްތަ މުސްލިމުކަން މިގައުމުން ގެއްލުވާލިރައިސްކީ އިބުރާހިމް މުޙައްމަދުސާލިހު ނޫންކޮންބޭފުޅެއްތޯ؟
އަޅުގަނޑުމެން ބޭނުންވަނީ މިގައުމުގަ އިސްލާމްދީނުގައި ކަނޑައަޅާފައިވާ އިމުގެތެރެއިން ކަންކަން ނިންމުން މަނިކުފާނަކަށް ނޭގޭނެ އިސްލާމީ ޝަރީއަތާއި ހުކުމްފުޅުތައް ދީނީ އިލްމު އުގެނިގެން ތިއްބެވި ބޭފުޅުންގެ ލަފަޔާއި އެއްގޮތައް ދިވެހިރާއްޖޭގެ ރައީސްކަން ކުރުމަށް މަނިކުފާނަށް އިލްތިމާސްކުރަން އަދި މާތް ﷲ އަށް ބިރުވެތިވެ ތައުބާވުމާއިއެކު ލާދީނީ ވަކިތަކުން ސަލާމަތްވުމަށްވެސް ނަސޭހަތްތެރިވަން އެހާވަރުގެ ގަޓެއް ނެތިއްޔާ ގައުމު ހަލާކުނުކޮށް މިގައުމުދެކެ ލޯބިވާ ގައުމީ ވަންތަ ދަރިންނާއި މިގައުމު ހަވާލުކޮށްފަ ދުރަށް ވަޑައިގެން ދެއްވާ ވެރިކަމުގެ ދަހިވެތިކަމުގަ މިގައުމު ފަނާކުރަން ދޫނުކޮށް މިގައުމު ހިންގޭނެ ވަރުގެ ގާބިލް ބޭފުޅުންނާއި ގައުމު ހަވާލުކުރުން އެއީ މަނިކުފާނަށްވެސް ގައުމަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ ޝުކުރިއްޔާ
ވަރަށް ރަނގަޅު ވާހަކައެއް. މިހާރު އިސްލާމްދީންދެކެ ލޯބިވާ އެންމެން ނިކުންނަން ވެއްޖެ. ޥެރިކަމުގަ ތިބި އަދި މިވެރިކަމަށް ތާއީދުކުރާ ލާދީނީ މީހުންނަށްވުރެ އިސްލާމްދީން ދެކެ ލޯބިވާ މީހުން މިޤައުމުގަ މާގިނަވާނެ، انشاالله
އަންދުލުސްގައި މުސްލިމުންގެ ބާރުގަދަވީ އެތަނުގައި އަދުލްވެރިކަން އޭރު އޮތީމަ.. ކާފަރުންނަށްވެސް ޔަޤީން ވެގެން ދިޔަ އެތަނުން އިންސާފް ލިބޭނެކަން.. ދެން އެމީހުންގެ ތެރެއިން ގިނަމީހުންވެސް އެތާ ވަޒަންވެރިވި.. ފަހުން އައި ފަނޑިޔާރުން ރިޝްވަތު ނަގަންފެށީ.. ދެން އެތަން ހަލާކުވާންފެށީ.. އެތަނެއްގައި އަދުލްވެރިކަން ނެތިއްޔާ
އެތަނެއް ހަލާކުވާނެ.. މިހާރުވެސް ވެރިކަން ކުރި ގަނޑުވަރު އެހެރީ ފަތުރުވެރިންނަށް ހުޅުވާލާފަ.. ގަނޑުވަރިތެރޭގައި ކޯޓްތައްވެސް ހުންނަނީ.. ފައިމަގުގައި އެއްކޮޅު ގޭޓުން ވަދެގެން އެއްގަޑިއިރު ހިގިޔަސް އަނެއްކޮޅު ގޭޓަކަށް ނުދެވޭނެ..
ސްޕޭނަށް އަރައިގަތް ޖާހިލުބާގައިގެ މީހުން ބޭރުކޮށްލެވުމުން މިހާރު ބަލާބަލަ ކުރިއަރާފައި އޮތްވަރު. ވޯލްޑްކަޕްގެ ވެސް އެންމެ ކުރީގަ. ތަހުޒީބު ހިތްގައިމު ގައުމެއް. އެތަނަށް ތިޔަ މީހުންނަށް ގަދަވެގަނުވުނުނަމަ އެތަން އޮންނާނީ އަލިފާން ފަރުބަދައެއްހެން ގޮވަގޮވާ.
އެހެންވީމަ ތިބުނަނީ އިސްލާމް ދީނަށް ނޫނެކޭ؟
ސްޕޭން ތަރައްޤީ ކުރީ ކޮންބައެއްތޯ ބަލާބަލަ. ޢެމީހުންނަކީ ފެންވެރުން ޙަރާމް ކަމަކަށް ހަދައިގެން އުޅުނު ބއެއް. މުސްލިމުން ފުރަތަމަ ފާހާނާތައް އެތަ ބިނާކުރީ. އަލުން އެތަން ލިބުނީމާ ފުރަތަމަ ކުރި އެއްކަމަކީ ފާހާނާ ތަކާ ފެންވަރާ ތަންތަން ތަޅަސުންނާފަތި ކުރުން. ތާރީޚު ކިޔާބަލަ ފުރަތަމަ.
ﷲގެ ދީނާއި ދިވެހި ގައުމު ސަލާމަތްކުރުމަށް އަޅުގަނޑުމެންގެ ޖާނާއި މާލު ގުރުބާންކުރަންވެސަ ތައްޔާރު. ނަޝީދާއި ސޯލިހު ހީނުކުރާތި ބޭނުން ގޮތެއް ހެދިދާނެޔޭ! ކަލޭމެން ބޭނުން ކުޅިގަނޑެއް ކުޅެން ފަރަންޖީ ވިލާތަކަށް ދޭ! ﷲ އަކުބަރު.
الله اكبر
މިސަރުކާރު ގެންނަން ދަރުސްދިން ހުރިހާ ޝޭހުން މިވެރިކަމުގަހިގާ ހުރިހާ ނުބައެއްގެ ޒިންމާ އުފުލަންޖެހޭނެ.. ޝޭހު އިޔާޒު ބުނީ ރޔާމީންގެ ވެރިކަމުގަ ދީނާހިލާފު މާގިނަކަންކަން ހިގިޔޭ އަނިޔާވެރިޔޭ. އިޔާޒު ބުނެދީބަލަ ރޔާމީންގެ ވެރިކަމުގަ ބޭރުގެ ލަވަކިޔުންތެރިންތަކެ އައިސްބޭއްވި މިޔުޒިކްޝޯއެ ފިޔަވާ ކޮންކަމެ ދީނާ ހިލާފުކަމަކަށްކުރީ.. އެއްވެސްމީހަކަށް ހައްގުނޫން އަދަބެނުދޭ. ކޯޓުތަކުން ވެރިކަން ބަދަލުވީމަ އެމީހުން ސަލާމަތްކުރުމަކީ ކުށެނެތްބަޔަކަށް އެމީހުންވީއެއްނޫން.. މިއީ ހަގީގީ އަނިޔާވެރި ވެރިކަމެ ހުރިހާ ގޮތަކުންވެސް.. އެއްމެ މީހަކަށްވެސް ހައްގަކާނުލާ އަދަބުދިނުމަކީ އަނިޔާ ރޔާމީންގެ ކުށެނެތި ކުއްވެރިޔަކަށްހަދަން މިސަރުކާރުން ހިންގާ ޖަރީމާ މިއީ އަނިޔާ.. އަނިޔާވެރިން ވަކިކުރަން އިޔާޒަށް އިގޭބާ؟
ހަމަގައިމު މި 5 އަހަރުގައި މިރާއްޖޭގައި އިސްލާމްދީން ބަލިކަށިވާނެ! އެއީ އިބޫ ވެރިކަމުގައި ހުރެގެން!
ދެން ކީއްވެޔޯ ވަކި ބަޔަކު ވެރިކަމަށް އައުމުން އިސްލާމްދީނަށް ފުރައްސާރަކޮށް ހަޖޫޖަހާ މި ހަދަނީ! އެބުނާހެން..... އަނދިރިއަދިރިން ވެރިކަމުގައި ހުއްޓަސް ﷲ އިސްލާމްދީން މި ބިންމަތީގައި ލައްވާނެ! އެދީނަށް ޚިދުމަތްކުރުމަށް އަހަރެމެން ފަސްޖެހޭނަމަ އަހަރެމެން ހަލާކުކުރައްވާ އެކަން ކުރާނެ ބަޔަކު ގެންނެވުމަކީ އެކަލާނގެއަށް ދާދި ފަސޭހަކަމެއް! އެހެންވެ އަލިރަސްގެފާނެކޭ އަނދިރި ރަސްގެފާނެކޭ އެއްވަރުނުވަނީ!
ދީނައް ބޯ ލަބާ ކަލޯ... މަ ނޫޅެން ލޮލް
އިލްމް ހިލްމެއް ނެއް ނާގާބިލު މީހަކާ ވެރިކަން ހަވާލު ކޮއްގެން ހުރިހާ އެއްޗެއް ގެއްލެން ޖެހުނީ ، މިއުޅޭ އިޔާުޒު އަކާ ، ޒައިދު އަކާ އިމުރާނު އަދި މައުމޫނުގެ ސަބަބުން
އިބޫ އާއި އަންނި އަކިިީ ގައުމެއްގެ ވަލިއްޔުލް އަމުރަކަށް ކަމުދާ ދެބޭފުޅުންނެއް ނޫން ދިވެހިންނައް ހެޔޮއެދިވަޑައިގަންނަވާނަމަ އިސްތިއުފާ ދެއްވާ
އަތާތުރުކް އަކީ ގަޓުހުރި ވެރިއެއް. އޭގެ ވެރިއެއް ރާއްޖެއަށް ބޭނުމީ. މިއަދު ތުރުކީ އެހެންނޫންނަމަ އޮންނާނީ ސީރިޔާ އިރާގެ ޔަމަން އިރާން ފަދަ ހާލުގައި. ޝުކުރަން އަތާތުރުކް.
ތިއީ މުސްލިމެއް ނޫން ދޯ؟
ރާއްޖެ ސެކިއުލާ ނުވެގެން ދޯ ތިއުޅެނީ؟ލާދީނީ!
މީގެކުރިން އެއްވެސް ވެރިޔަކު ނޫޅޭ މިގައުމުން އިސްލާމްދީން ފުހެލާކަށް.
ދީނައް ފުރައްސާރަކުރުމާ ދީނީހުކުންތަކައް ގޮންދެހުމާ ހަރާމް ކަންތައް އިތުރުކުރުމައް ކިޔާނީ ކީކޭތަ؟
الناس على دين ملوكهم ! މީސްތަކުން ތިބޭ ހުށީ އެމީހުންގެ ސާހިބު މީހާގެ ދީންމަތީގައެވެ !
ސުވާލު ނުއުފެދޭ ވަރައް ކަށަވަރު އޮބްވިޔަސް ކަންކަމާއި ސުވާލު ތިޔަ އުފައްދަނީ ޒިންމާއިން ރެކުމުގެ ނިޔަތުގަތަ.؟ އިސްްލާމީ ވެރިކަމެއްގަ ދީން ހިމާޔަތް ކުރުމުގެ އެންމެބޮޑު ޒިންމާ އެޅިފަ އޮންނަނީ ހާކިމާގެ ކޮނޑުގައިކަން ނުދަންނަ މަރުމޯލަކައް ވެރިކަމުގައި ދެނި ހުރުމުގެ ހައްގެއް ނެތް.
އިސްލާމް ދީނަކީ ހަވާ ނަފްސައް ދޫކޮއްލާފަ އެދީނުގެ ޒިންމާ އެއްވެސް އިންސާނަކު ކޮނޑުގައަޅަން ނުޖެހޭގޮތައް ދޫކުރައްވާފައިވާ ދީނެއްނޫން. އިސްލާމް ދީނަކީ އިންސާނުންނައް ހުރި ފައިދާއަކާއި ހެވަކައްޓަކައި އިންސާނުންގެ އަތްމައްޗައް ވަރައްބޮޑު ޒިންމާއަކާއި އެކު ދެވިފައިވާ އަމާނާތެއް. އެކަމަކު އެދީން ނައްތާނުލެވޭނީ އެއީ އިންސާނާ އެދީން ދިފާއު ކުރުމުގައި މޮޅުވެގެންނެއް ނޫން.. އެކަމަކު މާތް ރަސްކަލާނގެ އެދީން ނެތުނަ ނުދެއްވާނެތީވެއެވެ. އެކަލާނގެ ދީން ހިމާޔަތް ކޮއްދެއްވާނެކަމުގެ ޔަގީންކަން އޮތުމަކީ އެދީނުގެ ހިމާޔަތުގައި އިންސާނުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ޒިންމާއިން އިންސާނާ ބަރިއްޔަކުރެވޭކަމެއް ނޫނެވެ.
އަންދަލުސް އޭ މައިކާލޯ އޭ ކިޔަ ކިޔާ ތިއްބާ ނޫންތޯ އަންހެނުންނައް ފަނޑިޔާރުކަން އެދިނީ.. ދެންވެސް އަންދަލުސް ކިޔަން ނުތިބެ ރައްޔިތުން ނިކުމެ މިތިބަ މުނާފިގުން ނިންމާލަން އެބަޖެހޭ.. އަނދަލުސް ކިޔަކިޔާ ތިއްބާ ދެން ފެންނާނީ ދީނި މިނިވަންކަން ދޭ މަންޒަރު. އޭރުންވެސް އަނދަލުސް އޭ ކޮތަޅޭ ކިޔަކިޔާ ތިބޭނީތަ. ނޫނީ އިޔާޒުމެން ބުނާހެން ޒިންމާ އަދާކުރެވިއްޖެއޭ ކިޔާފަ ތިބޭނީތަ. މިތާގަ ތިބޭ ސިފައިންވެސް ހުވާ ކުރާނެ ނިކަން ގަދައައް ގައުމާއި އިސްލާމްދީނުގެ ދިފާއުގައި އޭ ކިޔާފަ.. ދީން މަރާ ސަންދޯކައްލާއިރުވެސް މިތިބެނީ މުނާފިގުންގެ ދަށުވެގަނެގެން.
ދީނީ އިލްމުގެ ނަމުގަ އަމިއްލަ ފައިދާއަށް ވާހަކަ ނުދައްކާ. އަހަރުމެން ޤަބޫލެއް ނުކުރަން ތީކީ އިލްމުވެރިންކަމަކަށް. ތީ މިޤައުމުގެ ފިތުނަ.
ރާއްޖޭގެ 4 ބިތުން ގޮވަމުންދަނީ އިބުރީމް މުހައްމައަދު ސާލިހުގެ ސަރުކާރަކީ ދޮގުހަދާ ރައްޔިތުން ގުބޯހައްދާ ވަގުވޯޓަކުން ގެނެވުނު ސަރުކާރެއްކަމަށް! ވަގުންނަށް ޒީރޯއޭ ބުނެފައި ތިމާ ވައްކަންކުރަނީ އިންޑިޔާގެ ކުންފުނިން މެލޭސިޔާގެ ބޭންކެއްގައި ހުޅުވައިފައިވާ އިބޫގެ އެކައުންޓައް ޖަމާކުރި ފައިސާ ކޮބައިތަ! އަދީބު ދިން ފައިސާގަޑު ކޮބައިތަ!ގަޓުހުރިއްޔާ ރ. ޔާމީނު ކަންކުރެއްވިގޮތައް އަމިއްލައށް އިސްނަގަގެން ތަޙުޤީޤީ އިދާރާތަކަށް މި ދެފައިސާއަށް ވީގޮތްބަލަން ފުރުސަތު ދީބަލަ
އަތާތުރުކު ބަންގި ބަދަލުކުރީވެސް ގަޓުހުރެގެންކަމަށް ތިޔަބުނީތަ