ރައީސް ޔާމީންގެ ވެރިކަން މަގުމަތިން ވައްޓާލުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ތަފާތު އެކި ތާރީޚުތައް ކަޑައަޅައި އެކި ނަންނަމުގައި އެއްވުންތަކާއި މުޒާހަރާތައް ވަނީ ކޮށްފައެވެ. ނަމަވެސް އަދާއިހަމަޔަށްވެސް އެއިން އެއްވެސް ޚަރަކާތަކުން އިދިކޮޅުން ބޭނުންވި ނަތީޖާއަކާއި ހަމަޔަށް ދެވިފައިނުވެއެވެ. މިއިން ހަރަކާތްތަކުގައި އިދިކޮޅު އިސްބޭފުޅުން އެބޭފުޅުންގެ ސަޕޯޓަރުންނަށް ދައްކަމުންދިޔައީ އެއްވެސް ހަގީގަތެއްނެތް ހުވަފެންތަކެއްކަން މިއަދު ފެންނަ މަންޒަރުތަކުން ސަޕޯޓަރުންނަށް ވަނީ ކަށަވަރުވެފައެވެ.

1 ފެބުރުއަރީ 2018 ގައި ސްޕްރީމް ކޯޓުގެ ފަޑިޔާރުންތަކަކަކާއި، އިދިކޮޅު ލީޑަރުން ވެރިކަން ބަދަލުކުރުމުގެ ނަމުގައިކަމަށް ސަރުކާރުން ތުހުމަތުކުރާ ހުކުމާއިއެކީ ވެރިކަން ބަދަލުކުރާނެ ކަމުގެ އިންޒާރު ފުލުފުލުގައި އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ދިޔައީ ދެމުންނެވެ. ނަމަވެސް މިއިން އެއްވެސް ހަރަކާތަކުން ސަރުކާރު ގުޑުވާލެވޭ ގޮތެއް ނުވިއެވެ. މި މުޒާހަރާތަކާއި އެއްވުންތަކުން ސަރުކާރަށް ކުރިމަތިވި ހަމަ އެއްވެސް ޕްރެޝަރެއް ނެތެވެ. މި މުޒާހަރާތަކާއި އެއްވުންތަކުގައި އަތޮޅުތެރެއިން ގެނައި މީހުން ލައްވައި ޤާނޫނައި ޚިލާފަށް އަމަލުތައް ކުރުވައި އެމީހުން ޖަލުބަންދަށް ގެންދިއުން ނޫންކަމެއް އިދިކޮޅަށް ހާސިލް ވެފައި ނުވާކަމަށް ސަރުކާރުގެ ބައެއް ބޭފުޅުން ވިދާޅުވެއެވެ.

1 ފެބުރުއަރީގެ ފަހުން ބޮޑެތި ޚަރަދުތަކާއިއެކު ބޭއްވި އެއްވެސް މުޒާހަރާއެއްގެ ކޮޅެއް މެދެއް އަދާއި ހަމަޔަށްވެސް ފެންނާކަށް ނެތެވެ. އަދި ސިލްސިލާކޮށް ކުރާނޭކަމަށް ވިދާޅުވި މުޒާހަރާތަކަށް ނިކުންނާނޭ ބަޔަކުނުވެ މުޒާހަރާތައް ވަނީ ހުއްޓުވުމަކަށް އައިސްފައެވެ. މަޖިދީމަގު ލެކިއުޓް ކުރިމައްޗަށް އެއްވި 30 ހަކަށް މީހުންނަށް ބޮޑުން ނުފެނި ބޮޑުންތައް ފިލައިގެން ތިބިކަން ކަށަވަރު ވުމުން އެތަނަށް އެއްވި އެކްޓިވިސްޓުންވެސް ވަނީ އެކަން ހުއްޓާލާފައެވެ.

މިއަދު އަނެއްކާވެސް އެއްވުމެއް ބޭއްވޭތޯ ކުރަމުންދާ މަސައްކަތުގައި ކޮންމެ ރެޔަކު ފެންނަނީ ވަރަށް އާދަޔާއި ޚިލާފް މަންޒަރެކެވެ. އާޓިފިޝަލް ބީޗް ކުރިމައްޗަށްވާ ގޮތަށް ހަދާފައިވާ ހަރުގެއެއްގެ ކުރިމަތީގައި ބާރުބާރަށް ލަވަ ޖެހުމުން ލަވަ އެއަޑު އަހަން 30 ހަކަށް މީހުން ޕޭމަންޓް މަތީގައި ތިބޭ މަންޒަރެވެ. ތިބެތިބެ ވަރުބަލިވުމުން އަތްޖަހާލާ ނަށާލާ ހިއްގައިމު މަންޒަރުވެސް ފެނެއެވެ. މި ހިތްގައިމު ލަވަތައް އަޑުއަހަން ރަނގަަޅަށް ބޯހަދާލައި މޫނުފުރާ ފުއްޖަހައި ތުންފަތުގައި ލިޕްސްޓިކް ކާއްތައިގެން މިތަނަން މިދާ މީހުންނަށް ޕޭމަންޓުގައި ތިބެ އަތްޖެހުން ނޫންކަމެެއް ނެތެވެ.

މިބޭފުޅުން މިތަނަށް މިދަނީ ކީއްކުރަންތޯ؟ ބޭނުމަކީ ކޮބައިތޯވެސް މިއިން ބޭފުޅަކަށް ނޭނގެއެވެ. ބޮޑުތަކުރުފާނު މަގުން އެހިސާބުން ދުއްވާފަދާ ކޮންމެ މީހަކަށް އެތަނުން މިނޫން މަންޒަރެއް ނުފެނެއެވެ. މީގެ ކުރިން އެ ހަރުގޭގައި ކަރުން ނާރުނަގައި އަޑުގެ ނެތްކޮޅަށް ވާހަކަ ދެއްކި އެއްވެސް މީހަކު މިހާރު އެތާކަށް ނުދެއެވެ. އެތަނަކީ މިއަދު ފެންނަ މަންޒަރާއި އެއްގޮތަށް ލަވަ އަޑުއަހާ، އަތްޖަހާ ނަށާ މައިޒާނަކަށް ވަނީ ވެފައެވެ.

ކުރަންވީ ކަމެއް، ދާންވީ މިސްރާބެއް އިދިކޮޅު އެކްޓިވިސްޓުނަށް އެގޭނީ އެމީހުންގެ ލީޑަރުންނަށްވެސް އެކަން އެގިގެން ކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ. މިއަދު އެމީހުންގެ ލީޑަރުން ތިބީ ކޮންތާކުކަމެއްވެސް އެމީހުންނަށް ސާފު ނުވާއިރު، އެލީޑަރުންނަށްވެސް ދެން ކަންތައް ކުރަންވީ ގޮތެއް ކުރަންވީ ކަމެއް ނޭގެއެވެ. މިއަދު މިބޭފުޅުންނެކޭ އެއްފަދައިން އެމީހުންގެ ލީޑަރުންވެސް ހަމަ ލަވަ އަޑުއަހަން ތިބީ ކަމަށްވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޢާލީ

    ބޮޑަތި މުޒާހަރަތަކަށްކަމަށްބުނެ މީސްކޮޅު މަގުމަތިކޮށްފަ ، އިސްމީހުން ޓީވީތަކުގައި ހުސްއަނގަ ތަޅަންތިއްބަ ފެންނަނީ! 16 ގައި ބޭއްވި މުޒާހަރާގައި ބައިވެރިވުމަށް ހުރިހާ ޚަރަދެއް ދޭނޭކަމަށްބުނުމުން މީސްކޮޅެއްގޮވައިގެން ދިޔައިން! ވަރަށް ޙާލުގަ އުޅެންޖެހުނީ! ޖީބަށްލައިގެން ގެންދިޔަ 500 ރުފިޔާ ޚަރަދުކުރަންޖެހުނީ! އޭގެއިން 17 މީހުން ރޭގަނޑު ކެއި! މުޒާހަރާ ފެށުނުއިރު ތިބީ ކާން! އިސްވެރިން ފެނުނީ ރާއްޖެޓީވީންނާ ވީޓީވީން! އެހެންވެ މުޒާހަރާގައި ބައިވެރިނުވެ ރަށަށްއަޢީ!!!!

  2. ޅަބީބު

    ހައްހައްހާ ހަމަ ތެދެއް ތިބުނީ.... ލަދުން ބޯފަޅައިންދޭ އެތަން ފެނުނަސް.... ބައެއްފަހަރު ދެރަވެސްވޭ އެވައިމީހުންނަށް ކަމެއްނުކުރެވޭތީ..... ހިއްހިއް

  3. މަހުދީ

    މިމީހުންނާއި ހެދީ ބޮނޑު އުދަގުލެއް. ދަރިގޮވައިގެން ބީޗަށް ދިޔައަސް އިވެނީ އެފުރައިގެ ކުދިންނަށް އަޑުއިއްވަންނުވާވަރުގެ ބަސްތަށް. ރެސްޕްކްޓް ފޮރ ފެމެލީލައިފްވެސް އެމް.ޑީ.ޕީ ގައިތިބި ފުންނާބުުސް ލާޔަރުންނަށް ނޭގޭ

  4. ޖޭމްސް

    ވަގުތު ހޭބަލި ވަނީ ދޯ.. ހަހަހަ... އެންމެން ގެންގޮސް ޖަލަށް ލާފަ އެއްވާނެ މީހަކު ނެތޯ ... ތީތީ މިހާރަކު ވޯކެއް ނުކުރާނެ ބުރޯސް .. ތިއެއް އެނގޭނެ ސައްހަ އިންތިހާބެއް ބާވައިފިއްޔާ

    • އާދަނު

      ސައްހަ އިންތިހާބެކޭ؟ ތިވެސް ހަމަ ހުވަފެން. މުޅި ރާއްޖެއިން 200 މީހުން އެއްނުކުރެވުނު ބަޔަކަށް ކޮން އިންތިހާބެއް ކާމިޔާބުކުރެވެނީ. އަނގައިން ހިފަހައްޓާލައިން ތިބޭ.

  5. ޙުސައިން

    ފިރުއައުނުގެ ވެރިކަން

    • ޔޫސުބު

      ކަޑަވެގެން ދެން ކިޔޭނީ ތިކަހަލަ އެއްޗެތި..

  6. ޙަމީދު

    ތީހަމަ ނައިޓުކުލަބެއް ޑީޖޭޖެއްސުމާ، މުޑުދާރުއަމަލު ތިތަނުގާކުރަނީ ލައިވުކޮން ރާއްޖެޓީވީން ދައްކަނީ