ކޮންމެ ވެރިއަކަށްވެސް ވެރިކަންކުރަން 5 އަހަރުގެ ދައުރެއް ލިބޭއިރު އެދައުރެއްގައި ރައްޔިރުންނަށް ފައިދާވާނޭ ކޮންމެސް ކަމެއް ކޮށްދޭނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. ރައްޔިތުންގެ ލާބައަށާއި މަންފާއަށް ކޮށްދޭ ކަންތައްތަކުގެ އިތުރުން ގައުމުގެ މުސްތަގްބަލް އުޖާލާ ކުރުމަށް ގިނަ ގުނަ މަޝްރޫއުތަކެއްގެ ވާހަކަ ދައްކާނެކަމީވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. ބިތުފަންގި ނެގީރުން ކެޔޮކެވޭވަރު އިގޭނެޔޭ ބުނާ ބީދާއިން ކޮންމެ ވެރިޔަކުވެސް ވެރިކަމުން ފޭބުމުން އެ ވެރިޔަކު ކޮށްފައިވާ ހިޔާނާތްތައްވެސް ފަޅާއެރުމަކީ އޮތްކަމެކެވެ.

އެހެންނަމަވެސް ގައުމުގެ ކުރިމަގަށް އަދި ރައްޔިތުންގެ ލާބަ އަށާއި މަންފާއަށް ކޮންމެ ވެރިކަމެއްގައިވެސް ކޮށްދީފައިވާ ކަންތައް ތަރައްގީގެ ގޮތުގައި އަހަރެމެންނަށް މާނަ ކުރެވިދާނެއެވެ. ތަރައްގީއަކީ އެއްވެސް ހާލެއްގައި އެއްފަހަރާ އެގައުމެއް ޓެކްނޮލޮޖީގެ ގޮތުންނާއި އުމްރާނީ ގޮތުން ކުރިއެރުވުމެއް ނޫންނެވެ. އެހެން ނޫންނަމަ އެއީ ސިމެންތީ ބޭނުންކޮށްގެން އަހަރެމެންގެ ލޮލަށް ފެންނަހެން ހަދާފައިވާ އުސް އިމާރާތްތަކާއި ބްރިޖްތަކެއްވެސް ނޫނެވެ. ތަރައްގީއޭ ކިޔޭނީ އެތަނެއް ނުވަތަ އެމުޖްތަމައެއް ނޫންނަމަ އެ ގައުމެއް އޭރު އޮތް ހާލަތައް ވުރެ ރަނގަޅު ހާލަތަކަށް ގެނައުމަށެވެ.

ނިމިދިޔަ ސަރުކާރުގެ ދައުރު ހަމަވުމުން ރިޔާސީ އިންތިހާބެއް ބޭއްވުމަށްފަހު ވެރިޔަކު ހޮވުނުތާ އަދި އެވީ އެންމެ 9 މަހެވެ. ދައުރެއްގެ ދެބައި ކޮޅު އެއްބައި ނުނިމިގެން އުޅޭއިރު އިހާ އަވަހަށް ސަރުކާރާ ދެކޮޅަށް އަޑުއުފުލާ ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވެގެން ދާތަން ފެނިގެންދާދިޔުކަމީ ވަރަށް ހިތާމަޔާއި އެކު ފާހަގަ ކޮށްލަން ޖެހޭ ކަމެކެވެ. ތަރައްގީއަކީ ވެރިކަމަށް އަރާ ގޮތަށް ގެނެވޭނޭ އެއްޗެއް ނޫންކަމަށް ގިނަ ބަޔަކު އެއްބަސްވާ ހިނދު ކުރިންވެސް ފާހަގަ ކޮށްލި ފަދައިން ތަރައްގީއަކީ ހަމަ އެކަނި ލޮލަށް ފެންނަހެން ސިމެންތީއިން ރާނާފައިވާ އިމާރާތްތަކެއް ނޫނެވެ. އެހެންނަމަވެސް މިވީ 9 މަސް ތެރޭގައިވެސް ގިނަ މަޝްރޫއުތަކެއް ދިރާސާކުރެވި އެޔާބެހޭގޮތުން ވާހަކަ ދެކެވި ގިނަ މަޝްރޫއުތައް ރައްޔިތުންނާއި ހިސާބަށް ގެނެސްދީފައިވާ ކަމީ ފާހަގަ ކޮށްލަން ޖެހޭ ކަމެކެވެ.

ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފެށުމުގެ ޕައިލެޓް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިގޮތުން ބަލާކަމުގައިވާނަމަ ނިމި ދިޔަ އަހަރު ތަކުގައި ކޮލެޖް ފީ ދެއްކުމަށް އެތައް ހާސް ރުފިޔާއެއް ކުދިން އަތުން ހޭދަވެގެން ގޮސްފައިވެއެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިސަރުކާރުން ކޮންމެ ދަރިވަރަކަށްވެސް ހިލޭ ޑިގްރީއާއި ހިސާބަށް ކިޔެވުމުގެ ފުރުސަތު ވަނީ ފަހި ކޮށްދީފައެވެ. މިއީ ވެސް ތަރައްގީގެ ގޮތުގައި މާނަ ކުރެވިދާނޭ ކަމެކެއެވެ. އެއީ މިކަމަކީ ކުދިންގެ ލާބައަށާއި މަންފާއަށާއި އެކުދިންގެ މުސްތަގްބަލް އުޖާލާކޮށް ކިތަންމެ ފަގީރު މީހަކަށް ވިޔަސް ކިޔެވުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް ކުރެވިގެން ދާ ކަންކަން ކަމުގައި ވާތީއެވެ. އޭގެ ސަބަބުން މުސްތަގްބަލްގައި މުޖްތަމައުއަށް ނިކުންނަ ކުދިންނަކީ އުނގެނުމުގެ ފުރުސަތު ލިބި ކިޔަވައިގެން ނިކުންނަ މޮޅު ކުދިންތަކެއް ކަމުގައި އަހަރެމެންނަށް ޔަގީން ކުރެވިދާނެއެވެ. ވީމާ ބޮޑު ބްރިޖެއް އެޅުމުގެ ބަދަލުގައި ކުދިންނަށް އެއްވެސް ހަރަދަކާއި ނުލާ އުނގެނުމުގެ ފުރުސަތު ފަހި ކޮށްދިނުމަކީވެސް ތަރައްގީގެ ގޮތުގައި މާނަ ކުރެވިދާނެއެވެ.

ރައީސް ސޯލިހު ސަރުކާރުން ވަނީ ހިލޭ ޑިގްރީއާ ހަމައަށް ކިޔެވޭނެ ގޮތް ހަމަޖައްސާދީފައި - ފޮޓޯ: އެމްއެންޔޫ

ދެން އެހެން ކަމަކަށް ބަލާލާ ކަމުގައި ވާނަމަ ދުނިޔޭގެ އެހެން ކަންކޮޅުތަކެކޭ އެއްފަދައިން ކުރީގައި އަހަރެމެންގެ ގައުމުގައިވެސް އަންހެނުންނަކީ ވަރަށް ނިކަމެތި ބަޔެކެވެ. ފުރާ ހަމަވެ މީހަކާ އިންނަ ހިސާބުން ގޭގެ މަސައްކަތްތަކުގައި އަވަދި ނެތި އުޅޭއިރު ދުވަސް ކޮޅަކުން ދަރިޔެއް ލިބުމުން އެދަރި ބެލުމުގެ ޒިންމާ ބޮލުގައި އެޅެއެވެ. އެއްވެސް ވަޒީފާއެއް އަދާކުރުމުގެ ނަސީބު ނުލިބޭއިރު ކިޔެވުމުގެ ފުރުސަތެއްވެސް ނުލިބެޔެވެ. އެހެން ނަމަވެސް އެހާލަތު ބަދަލު ވަމުން އައިސް މިހާރު މިވަނީ މުޅިން ހާލަތް ބަދަލު ވެފައެވެ. މިހާރު ސަރުކާރުގެ ގިނަ ވަޒީފާތަކުގައި ފިރިހެނުންނެކޭ އެއްފަދައިން އަންހެނުން މަސައްކަތް ކުރަމުން ދެޔެވެ. ސްކޫލްތަކާއި ކޮލެޖް ތަކުގައި ޝަރަފުވެރި ރަންވަނަތައް ހާސިލް ކުރާ އަންހެން ކުދިން ފިރިހެން ކުދިންނަށް ވުރެ މާގިނައެވެ. އަހަރެމެން ބަލާލާން ބޭނުންވާ ތަންކޮޅަކީ އަންހެނުންނަކީ ހަޔާތުގެ ކޮންމެސް ހިސާބަކުން މީހަކާއި އިނދެގެން އާއިލާއެއް އާރާސްތު ކުރާނޭ މީހެއް ކަމުގައެވެ. މިގޮތުން އަންހެނުން ކުއްޖަކަށް ބަނޑުބޮޑުވާ ހިސާބުން ކުއްޖާ ވިހާ ގަދަވަންދެން ވަޒީފާއަށް ނުނިކުމެވޭތީ އެ ދުވަސްތަކުގައި ހުންނަން ޖެހެނީ ނޯޕޭގައެވެ. މިހެން ވުމުގެ ސަބަބުން ފިރިމީހާއަކަށް އަނބިދަރިން ކައިރީގައެއް ވަގުތެއް ހޭދަ އެއް ނުކުރެވެއެވެ. އަނބިމީހާ ވިހާ ގަދަވަންދެން ވެސް އަނބީމީހާ ކައިރީގައި މަޑު ކޮށްލެވޭކަށް ނޯވެއެވެ. އެއީ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި ލާރި ހޯދުމަށް ވަޒީފާއަށް ނިކުންނަން ޖެހޭތީއެވެ. އެހެން ކަމުން މިފަދަ ކަންކަން ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މި ސަރުކާރުން ވަނީ އަންހެނުން ވިހެއުމާއި ގުޅިގެން 6 މަސް ދުވަސް ކުއްޖާގެ މަންމައަށް ވަޒީފާއިން ޗުއްޓީ ދިނުމަށްފަހު މުސާރަ ލިބޭނޭ އިންތިޒާމް ހަމަ ޖައްސާފައެވެ. އަމަ އެފަދައިން ވިހާ ދުވަސްކޮޅު އަނބިމީހާ އަށާއި ދަރިއަށް ވަގުތު ދިނުމުގެ ގޮތުނާއި އެހީތެރިވުމުގެ ގޮތުން ފިރިމީހާއަށްވެސް ވަޒީފާއިން 1 މަސްދުވަހުގެ ޗުއްޓީ ދިނުމަށް މިސަރުކާރުން ވަނީ ކަނޑައަޅާފައެވެ. މިއީވެސް ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް ސަރުކާރުން ކޮށްދެމުން އަންނަ މަސައްކަތެވެ.

ވިހެއުމުން ދޭ ހަމަސް ދުވަހުގެ ޗުއްޓީ ދޭން ފެށީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސަރުކާރުން - ފޮޓޯ: ވަގުތު އިމޭޖްސް

މީގެ އިތުރުން ސްކޫލް ދަރިވަރުންނަށް ހެދުނު ނާސްތާދިނުމުގެ ޕްރޮގްރާމްއަކީވެސް ބަޔެއް މީހުން އެކަމުގެ އަގު ވަޒަން ނުކުރިކަމުގައި ވީނަމަވެސް އެކަމުން އެތައް ގިނަ ފައިދާ ތަކެއް ލިބޭނޭ ކަމެކެވެ. ވީމާ ސަރުކާރަށް އެއްޗިހި ކިޔާ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ބަދަލުގައި ސަރުކާރުން ކޮށްދެމުން އަންނަ މިފަދަ ރަނގަޅު ކަންތައްތައް ފާހަގަކޮށް އެކަންކަމުގެ އަގު ވަޒަން ކުރަމާ ހިންގަވާށެވެ. އަދި 4 އަހަރު ވެރިކަން ކުރަން މިސަރުކާރަށް އޮތް އިރު އަޅުގަނޑުމެން ބޭނުންވާ ކަންކަމާ މިއަދުގެ މުޖްތަމައުއަށް ބޭނުންވާ މުހިންމު ކަންކަން ރިވެތި ގޮތުގައި އެބޭފުޅުންނާއި ހިއްސާ ކުރައްވަމާ ހިންގަވާށެވެ. އެބޭފުޅުން މަޝްވަރާ ކުރަމުން އަންނަ ބޮޑެތި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އަހަރެމެންނަށް އަވަސް މުއްދަތެއްގައި ފެންނާނޭކަމަށް އުންމީދުކޮށް ސަރުކާރަށް ވަގުތު ދެއްވަންވީއްނޫންތޯއެވެ!!

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ާަާަަައަސްލު

    މިސަރުކާރުންވަނީ ރިކޯޑްމިންގަނޑަކަށް ދީނައްފުރައްސާރަކުރާކަންތައްތައްކޮއްފަ..އޭގެ އެއްވެސްމީހަހަކައްއަދަބެއްނުދޭ...

    116
    8
    • ޙަޖިކޯ

      ސަރުކާރުގެ ދިފާއުގަ ވަރަށް ހިއްވަރެއް ލުޔުންތެރިޔާ ކުރައްވައިފީމު. ޢެކަމަކު ވަރަށް ހަމަނުޖެހޭ ވާހަކަ.

      62
      3
    • ދދދދދދ

      މިކަހަލަތ ާކުންތާކުނުޖެހޭ ހޮޅި ވާކަ ލިޔާ ބީތާއެއްގެ ނަން ދެން މި ނޫހުން ފެނިގެން ނުވާނެ. އެހެންނޫނީ ވަގުތު ބޮއިކޮޓް ކުރަން ޖެހިދާނެ.

      34
      1
    • ާާާޢަލީ

      ފޮޅިއަޅަން ވަގުތުދޭންވީ...ކުނި ނާސްތާ ކުދިންނަށްދެނީ ....ލަދުކުޑަކަން އަނގަހުޅުވަން

      40
      2
  2. ޅަަލަލަ

    ކޮން ސަރުކާރަކަށް؟ރައީސްގެތަ؟މަޖްލީސް ރައީސްގެތަ؟މީދެ
    ސަރުކާރެއްނު

    98
    5
  3. ޅަރާ

    އަދިވެސް އިތުރައް ކާން ވަގުތުދޭން ވީ ތޯ؟

    51
    2
  4. ސަނިލް

    ވެރިކަމުގެ ޕުރޮބޭޝަން ޕީރިއަޑު ނިމުނުއިރު މިސަރުކާރައް މަސައްކަތް ކުރެވިފައިނުވާތީ ފޭލިވެފައި ވުމުގެ ސަބަބުން ސަރުކާރު ހިންގުމުގެ ވަޒީފާ މިސަރުކާރަކާއި ކުރިއައް އޮތް 4 އަހަރައް ދެވޭކަތް ނެތެވެ.

    46
    2
  5. މުހައްމަދު

    ވަގުތު ނޫހުން އަދި ކިރިޔާ މި ފެނުނީ އިސްވެސްޓިގޭޓިވް ޖާނަލިޒަމް ހިމެނޭ ލިޔުމެއް ، މީ ވަރަށް ބިނާކުރަނިވި ލިޔުމެއް ، މިއަކު ނެތް ދޮގެއް ، ސަރުކާރުގެ ވައުދުތައް އިދިކޮޅު ފަރާތްތަކަށް ނޭގޭ ، މީ އިދިކޮޅުގެ ހާލަތު.

    13
    50
    • ދޮގެއް؟

      ކަލޭގެ ސިކުނޑިއަށް ބޭސްފަރުވާއެއް ކުރާނެ މީހަކު ކުޔަށް ނަމަވެސް ހޯދަން ވީއެއްނު.

      32
      2
    • މޮޔަ މުހަންމަދު

      ދޮގެއް ނެތޭ ބުނީމަ ތެދަށް ވޭތަ؟ މަވެސް މީ ޑިގްރީއަށް ކިޔަވާމީހެއް. އުޅެއުޅެވެސް އަދިއެއް ތިބުނާ ހިލެއެއްނުވެގެން މިއުޅެނީ. އަތުން ޚަރަދު ކުރަންޖެހޭ "ހިލޭ"ތަ؟ އާނ އެ މީހުން ކުރާ ކޮންމެ ކަމެއް އޮންނާނީ އިދިކޮޅަށް.

      31
      3
  6. ހިތާމަ

    ހުސްދޮގު މަ މީ ޑިގްރީއަށް ކިޔަވާމީހެއް. ޢަދި ބޮޑުލާރިއެއްވެސް ނުދޭ. މިއީ ވަރަށް ވާހަކަ.

    41
    2
  7. ކާފަ

    ކޮއްކޯ.. ކޮންދިމާލަކުން އިރުއެރިދުވަހެއް..

    45
    1
  8. އައިސް

    އެހެން ސަރުކާޜު ތަކަށް ޖެއްސުން ކުރި މިސަރުކާރު؛؛؛

    51
    1
  9. ސަމި

    ވެރިކަން ކުރަން ނޭންގޭ ބަޔަކަށް އެއްވެސް ވަގުތެއް ދޭކަށް ނުޖެހޭ މީ އެމިހުންގެ ލެބޯޓްރީއެއް ނޫން .ކުރުންވެސް ވެރިކަން ލިބުނީމަ ތަން ވަނީ ފަސާދަ ކޮށް ނުވިތާކަށް އަމިއްލައަށް އިސްތިއުފާ ދީފަ މުޅި ޤައުނުގަ ހުޅުޖެހީ. ތި ނަޝީދު ހުއްޓާ އެޕާޓީގެ އެހެން މީހަަށްވެސް ވެރިކަމެއް ނުކުރެވޭނެ. އެހާ ނުލަފާ ލަދު ކުޑަ މީހެއް އެއީ އަދި ބުންޏެއްނު ދެން ތިމަންނަމެން ނަށް ތައުލަތް ހިންގަން އިނގޭނޭ. ލދުކުޑަ ނަޝީދު

    49
    2
  10. އާމިނަ

    ހެޑިން ރަނގަޅު ކޮއްލައްވާ

    29
  11. އޮޅާލާ

    ތިޔާއީ ދަރާއްޖެތެރޭ ހޮޅު އަށި ތަކުގައި ތިބި އަތުން ފައިން އެއްވެސް ފިރިހެން ވަންތަ މަސައްކަތެއް ކުރަން ނުދަންނަ އަދި މީހެއްގެ ގާތުގައި ދުވަހަކު ވެސް ވަޒީފާ އެއް އަދާ ނުކުރެވުނު ބަގަ ތަކަށް ތަމެންގެ ވެރިކަމުގައި ވަޒީފާ ތައް ދޭން ވެގެން އަނބުރާ ގޭސް ގަނޑު ގަނޑޭ ތިޔާ އޮތީ ރަނގަޅަށް ޒީރޯ ޓޮލެރެންސް ވެފައޭ ތަމެން ދެން ޒީރޯ ޓޮލެރެންސް އޮޅާލަބަލަ އޮޅާލާ އޮޅާލާ އޮޅާލާ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް...

    33
    1
  12. ޞިރާޠު

    ކަލޯ! ރައީސް ޔާމީންގެ ވެރިކަން 17 ނޮވެމްބަރު 2013 ގައި ފެށުނިއްސުރެ މިހާރު ސަރުކާރުގައި އެތިބަ މީހުން ރައީސް ޔާމީނަށާ ސަރުކަރާށް ކުރި ދުއްތުރާތަކާ ބައިނަލް ޢަގުވާމީ ޖަމާޢަތްތަކާ ޤަވްމުތައް މެދުވެރިކޮށް ކުރި ނޮހުރުއްޕާންތައް ކަލޭ ނުދެނަހުރީހެއްޔެވެ؟ 2018 ވަނަ އަހރާ ޖެހެންދެން ބަޖެޓަށް ވޯޓުވެސްނުދީ ސަރުކާރު ވައްޓާލަން ކަނޑައެޅި ތާރީޚުތަކާ އެތާރީޚްތަކުގައި ހަވަރުއެއްކޮށް ސަރުކާރަށާ ރައްޔިތުންނަށް ދިން ގެއްލުން ކަލޭ ނުދެނަހުރީމުހެއްޔެވެ؟ އެހެނަސް 17 ނޮވެމްބަރު 2013 އިން ފެށިގެން މިރާއްޖޭގެ ތަރައްޤީ އޮތީ މެކްހަށް ޖަހަފައެވެ. މިކަން އެހުރީ ލޮލަށް ފެންނާށެވެ. ވީރާނަވެފައިވާ ކުންފުނިތަކާ ދައުލަތް ނަގާ ކޮޅަށް ޖެހިއެވެ. ހުސްކޮށްލަފައޮތް ޤަވްމީ ރިޟާވް 850 މިލިޔަން ޑޮލަރަށް އިތުރުކޮށްލިއެވެ. ވިއްކާފަހުރި ދިވެހިންގެ ތަންތަން އަނބުރާ ހޯދިއެވެ. އޭރު އަގައެއް ފުޅާކޮށްލަން ކަލޭ ދުނިޔޭގައި ނެތީހެއްޔެވެ؟

    58
    • ނައިފަރު

      އަގަ ފުޅާ ކުރެވޭނީ 18 އަހަރު ވެގެންނު.
      ކުކުޅަށް ވުރެ ބިސް ދޮށި ވެގެން އުޅޭ ސޮރެއް ތީ....ނޫސް ވެރިކަން ކުރެވިފަ ތިހިރީ

      34
      1
  13. Anonymous

    ސަރުކާރުން ވަގުތު ނޫސްވެސް ގަނެލީކަން ޔަޤީނެވެ. ތިޔަ ބުނާ ރޫޙާނީ ތަރައްޤީއެއް ގެންނަން އެންމެ 9 މަސްދުވަހުގެ ތެރޭގައި 32 ބިލިޔަން ރުފިޔާ ހުސްކޮށްލި ގޮތެއްވެސް ބުނެ ނުދެވުނު އިރު، ދައުރު ނިމެންދެން ހިމޭނުން ތިބޭށޭ ރައްޔިތުން ކައިރީ ބުނުމަކީ ކިހާ ލަދުވެތި ކަމެއްތޯއެވެ! ޒިންމާދާރު ނޫސްވެރިކަމެކޭ މިއަކަށް ނުކިޔާނެއެވެ.

    35
    1
  14. ޙަޖާމުބެ

    ޙެދުނު ނާސްތާބޮއެގެން ސްކޫލް ނިއްމާފަ ވާރޭވެހުނީމަ ދާން ޖެހެނީ ކިލާގަޑުތެރޭގާ ބަކަ ތަޅާފަ ގެޔަށް!ގެޔަށްގޮސް ކިލާތަށްފިލުވަންޖެހެނީ ގުއިފެނުން!އަނެއްދުވަހު ބަޑުދިޔާވެލާއިރަށް ދާންމިޖެހެނީ މާލެޔަށް!އާސީނު ތައްޓެއްގާ އަކަޖަހައިގެން ތަރައްގީ ލިޔެބޮއިގެން ޖަޒީރާ ވަންތަ ކަމުގާ އުޅޭވާހަކަ ތިޔަދައްކަނީ!

    37
  15. ޢަބްދުއްލާ

    ސަރުކާރަށް ވަގުތު ދޭންޖެހޭ!!

    5 ގަޑިއިރު ކުރިން ( ސެޕްޓެމްބަރު 6, 2019 )

    ކޮންމެ ވެރިއަކަށްވެސް ވެރިކަންކުރަން 5 އަހަރުގެ ދައުރެއް ލިބޭއިރު އެދައުރެއްގައި ރައްޔިރުންނަށް ފައިދާވާނޭ ކޮންމެސް ކަމެއް ކޮށްދޭނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ.
    މިކަޑަ (ފައިދާވާނޭ ކޮންމެސް ކަމެއް ކޮށްދޭނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ)

    ކުރީސަރުކާރައްވުރެ ރަނގަޅު ހުރިހާކަމެއް ކޮށްދޭނެ.

    7
    15
  16. ޖާބިރު

    ވަގުތު ވިކުނީތަ؟

    25
    2
  17. އާދަނު

    މި ލިޔުނު ގޮލަޔަށް މިއައްވުރެ އޮއްޓަރު ހުރި އެއްޗެއް ނުލިޔެވުނު ދޯ؟ އޮއްޓަރު ހުރި ކަމެއް ސަރުކާރުން ނުކުރާތީ ނުލިޔެވޭނެ ދޯ؟

    25
    1
  18. މިއަދު

    އެއީ 5 އަހަރުގެ ބަޖެޓް ކާނެވަގުތުތަ؟

    23
    1
  19. އައްޑޫ މީހާ

    ވެރިކަމަށް 1 އަހަރު ވާއިރު އައްޑޫ ސިޓީގައި ސިޓީ ސްކުއެރަ އެއްގެ މަސައްކަތް އެކަނި ފެށިފަވަނީ. ތަފިރިޔަ ބާރަށް އައް ޖަހައު

    13
  20. މުހައްމަދު

    ޔާމީނަށް 8 އަހަރު ތެރޭ ކުރެވުނުހާވެސް ކަމަކީ ވައްކަން ، ހުރިހާ ދިމާލަކުންވެސް ފެނުނީ ވައްކަން ، ޢޭނާގެ ގެ އެހެރި ނަގަނީ ބުރިބުރި އަށް ، އެއީ ތިޔަބުނާ ތަރައްޤީ އަކީ ދޯ ، މި ސަރުކާރުން 60 އަށް ވުރެ ގިނަ މަސްރޫއު އެކިއެކި ފަރާތް ތަކާ ހަވާލުކޮށްގެން ފަށައިފި ، ނޭގޭ މީހުން ފިނޭންސްގެ ވެބްސައިޓަށް ވަދެ ކިޔާލަބަލަ ،

    1
    18
  21. ޜތޔ

    ޑިގުރީއާއި ހަމައަށް ނުކިޔެވޭ އެއީހުސްދޮގު މިހާރުވެސް މިކިޔަވަނީ ކޮންމެ ސެމިސްޓާއަކަށް އަމިއްލަ ޖީބުން 5379ރ ދައްކައިގެން

    16
  22. Anonymous

    އެއްޖިންސު މީހުންނާއި ދީނަށް ފުރައްސާރަކުރާ މީހުންނަށް މިސަރުކާރަކީ ރަންޒަމާން،
    މިސްކިތަށް ނަމާދަށް ފާ ފަރާތްތަކަށް މިސަރުކާރުގެ ޖެއްސުން ކުރުން ވ.ބޮޑު، އަދި ނަސީބަކުން އެކަން މަނަލެއް ނުކުރޭ. ދީނަށް ފުރައްސާރަކުރާ މީހުންނަށް ހިމާޔަތްދިނުމަކީ މިސަރުކާރުގެ އެންމެ މިހިއްމު

    17
  23. ރާވެރިބެ

    ކޮންމެ މީހަކަށްވެސް އެމީހެއްގެ ވަގުތު ޖެހެންދެން ފުރުޞަތު އޮންނާނެއެވެ. ވަގުތު ޖެހުމުން އެކަންކަން ނިމިގެން ހިނގައިދާނެއެވެ. ވައިރޯޅިއެއްހާ ހަލުވިކޮށެވެ. ކަމެން ނުކުރެވޭ ޚަރަދު ބޮޑު ސަަރުކާރަށްވެސް ރައްޔިތުން ދަނީ ވަގުތު ދެމުންނެވެ. ހަރުދަނާ ކަމެއް ނުކުރެވޭތާ ﷲގެ ދީން ވެއްޔާ މޮޑެއް ފޫގަޅާފާ ތިބީ ވަކިވަރެއް ބަލައިގެނެއް ނޫނެވެ. .