ވެރިކަން ވައްޓާލުމަމާއި ވެރިކަން ވެއްޓާލަން ރޭވުމަކީ މިރާއްޖޭގެ ސިޔާސީ ހަޔާތުގައި ވެސް ހިނގާފައި ހުރި ކަންތައްތަކެވެ. ރަސްކަމުގެ ދައުރުން ފެށިގެން މިއަދާއި ހަމައަށް ވެސް އޭރަކު އޮންނަ ވެރިކަމެއް ވައްޓާލަން ސިރާއި ފާޅުގައި އަބަދުވެސް ބަޔަކު މަސައްކަތް ކުރެއެވެ. ނަމަވެސް ވެރިކަން ވައްޓާލުމުން ގައުމަށް ލިބުނު ފައިދާއަށް ވުރެ ބޮޑީ ލިބުނު ގެއްލުންކަމާއި މެދު ދެބަސް ވެވޭކަށް ނެތެވެ.

މިޖީލަށް އެންމެ ރީއްޗަށް ފެންނަން އޮތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ވެއްޓިގެން ދިޔަ މަންޒަރެވެ. އަދި އެއަށް ފަހު ދެން ގައުމުގައިި ހިނގައިގެން ދިޔަ ކަންތައްތަކެވެ. ނަޝީދުގެ ވެރިކަން ވެއްޓުނީ ނަޝީދު އުފަން ކުރުވި ހާލަތެއްގެ ސަބަބުން ކަމަށް ވީނަމަވެސް ވެރިކަމުން އިސްތިއުފާ ދެއްވަން މަޖުބޫރުވާ ހާލަތައް އެމަނިކުފާނު ގެނައުމުގައި އޭރުގެ އިދިކޮޅު ފަރާތްތަކާއި ފުލުހުންގެ ދައުރު ބޮޑެވެ.

ނަޝީދުގެ ވެރިކަމަށް ފަހު ޑރ.މުހައްމަދު ވަހީދު ހަސަން މަނިކަށް ވެރިކަން ލިބިވަޑައިގެންނެވިއެވެ. އެގޮތަކުން މިގޮތަކުން ވަހީދުގެ ދައުރު ނިމި، ދައުރުގެ މުއްދަތު އިތުރުކުރަން ޖެހި މުޅި ގައުމުގެ ބޮޑު ސިޔާސީ އަރައިރުންގަނޑެއްގެ ތެރޭގައި ދޮޅުއަހަރު ދުވަހު އޮންނަން ޖެހުނު ހަޤީޤީ ސަބަބަކީ ދައުރު ހަމަނުވަނީސް ވެރިކަމެއް ވެއްޓިގެން ދިއުމެވެ.

އަބްދުﷲ ޔާމީނަށް ވެރިކަން ލިބިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ލިބުމުން ސަރުކާރަށް އޮތީ ސިޔާސީ ގޮތުން ވަރަށް ހަމަހިމޭން ދުވަސްތަކެއް ކަމަށް ހީކުރެވުނެވެ. ނަމަވެސް ބޮން ގޮއްވައިގެންނާއި "ހިބަރު ވަދުގައި ޖައްސަައިގެން" ވެސް އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ޔާމީންގެ ވެރިކަން ވައްޓާލަން އެތެރެއިންނާއި ބޭރުން ކެނޑިނޭޅި މަސައްކަތް ކުރިއެވެ. އެކަންކަމުގެ ސަބަބުން ސަރުކާރު ނޭވާ ހޮޅިއަށް އެޅި، ސަރުކާރުން ކުރަން ޖެހޭ ހަޤީޤީ މަސައްކަތް ހުއްޓިގެން ދިޔައެވެ.

ރައްޔިތުން ކޮންމެ ބޭފުޅަކާއި ވެސް ވެރިކަން ހަވާލު ކުރަނީ ފަސް އަހަރު ދުވަހަށެވެ. ފަސް އަހަރު ދުވަހުގެ ތެރޭގައި ހާސިލް ކުރާނެ ކަންތައްތަކެއް ކޮންމެ ބޭފުޅެއްގެ އަތްޕުޅުގައި ވެސް އޮވެއެވެ. ރައްޔިތުން ވޯޓް ދީފައި ވަނީ އެސިޔާސަތަކެވެ. ސިޔާސަތު ފުރިހަމަ ކުރެވުނު މިންވަރަށް ބަލާފައި ފަސް އަހަރު ހަމަވާ ދުވަހު އަނެއްކާވެސް ރައްޔިތުން ގޮތެއް ނިންމާނެއެވެ.

މިއަދު ވެރިކަމުގައި މިއޮތީ އެމްޑީޕީ އެވެ. ރައީސުލްޖުމްހޫރިއްޔާ އަކީ އިބްރާހިމް މުހައްމަދު ޞާލިހެވެ. އެމްޑީޕީ އަށް ރައްޔިތުން މަޖިލީހުގެ ސްޕަ މެޖޯރިޓީ އެބައޮތެވެ. ނަމަވެސް އޭގެ މާނައަކީ ބަރުލަމާނީ ސިފަ ޖެހިގެން ރައްޔިތުންގެ މަޖިލިސް ތެރެއިން ނުވަތަ އެމްޑީޕީގެ މެންބަރުންގެ ތެރެއިން ބަޔަކު ބޭނުންވާ ގޮތައް ވެރިކަން ކުރަން ޖެހޭނެއެކޭ ނޫނެވެ.

ރައްޔިތުންގެ މަޖިލީހަށް އޮތީ ޤާނޫނު ހެދުމުގެ ބާރެވެ. އެބާރުގެ ތެރެއަށް ވެރިކަން ހިންގުމުގެ ބާރަކަށް ނުވަދެވެއެވެ. ރައީސް ޞާލިހަށް އޮތީ ވެރިކަން ހިންގުމުގެ ބާރެވެ. އެބާރުގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުން ވެސް އަދި އެހެން ފަރާތަކުން ވެސް ވަދެގެން ނުވާނެއެވެ.

ދެން އޮތީ ގައުމުގެ ސަލާމަތީ ބާރުތަކުގެ ވާހަކައެވެ. ވެރިކަން ދިފާޢު ކުރުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް ޤާނޫނު އަސާސީ އިން ހަވާލުކޮށްފައި އޮތީ ސަލާމަތީ ބާރުތަކާއި އެވެ. އެހެންކަމުން އެފުރުސަތު ވެސް ސަލާމަތީ ބާރުތަކަށް ދޭން ޖެހޭނެއެވެ. ސަލާމަތީ ބާރުތަކަކީ ކުޅޭކުޅޭ އިދާރާތަކަކަށް ވެގެން ނުވާނެއެވެ. އެއީ މަލާމާތާއި ފުރައްސާރައިގެ ބަސްތަކުން މުހާތަބު ކުރެވޭ އިދާރާތަކަކަށް ވެގެން ނުވާނެއެވެ. ސަލާމަތީ ބާރުތަކަށް އޮންނަ އިހްތިރާމާއި އިތުބާރު ދެމެހެއްޓުން އެއީ ކޮންމެ މީހެއް އަދި ހާއްސަކޮށް ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންގެ ބޮލުގައި އެޅިފައި އޮތް ގައުމީ ވާޖިބެކެވެ.

ސަލާމަތީ ބާރުތަކުގައި އުޅޭ މީހުން ވެސް ގޯސް ހަދާނެއެވެ. އެއީ ހަމައެކަނި ރާއްޖޭގައި ވާކަމެއް ނޫނެވެ. މުޅި ދުނިޔޭގައި ވެސް އެފަދަ ކަންތައްތައް ހިނގައެވެ. ދެން ކުރަން ޖެހޭ ކަމަކީ ކުށްކުރި މީހާއަށް ހަމައާއި އުސޫލުގެ ތެރެއިން އަދަބު ދިނުމެވެ. އޭނާ ޖަވާބުދާރީ ކުރުވުމެވެ. ޖަވާބުދާރީ ކުރެވޭނެ ގޮތްތަކެއް ނެތްނަމަ އެފަދަ އުސޫލުތަކެއް ހެދުމެވެ.

މައްސަލައެއް ދިމާވާ ކޮންމެ ފަހަރަކު މުޅި މުއައްސަސާ ގޯސްކޮށް، ވެރިކަމުގައި ހުންނަ ބޭފުޅަކާއި ސަލާމަތީ ބާރުތައް ޖައްސުވައި، ދެފަރާތުގެ ގުޅުން ހީނަރު ކުރުމުގެ މަސައްކަތް ކުރެވޭނަމަ އެދަނީ ނުބައި މިސްރާބަކަށެވެ. އެގޮތައް ކަންތައް ކުރެވޭނަމަ 2012 ވަނަ އަހަރު އުފަންވި ހާލަތު އަނެއްކާ ވެސް އުފަން ވެދާނެއެވެ.

މިއަދު އެއް މުއައްސަސާ، އަނެއް މުއައްސަސާ އާއި ޖެހެން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ހުރިހާ ތަނެއްގެ ސިޔާސަތު އެއްގޮތް ވާން އެބަޖެހެއެވެ. ވެރިކަމުގެ ކޮންޓްރޯލް އަސްލު ވެރިމީހާގެ އަތުގައި އޮންނަން އެބަޖެހެއެވެ. ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ އެއީ އެވެ. އެނޫން ގޮތަކަށް ބަދަލުވެއްޖެނަމަ ނުވަތަ ބަދަލު ކުރަން މަސައްކަތް ކުރާނަމަ އަނެއްކާވެސް އަހަރުތަކަކަށް ގައުމު ހުއްޓި، ފޫނުބެއްދޭނެ އެތައް ގެއްލުމަކާއި ކުރިމަތިލާން ޖެހިދާނެއެވެ.

އެހެންކަމުން ގައުމު ދެކެ ލޯބިވާ، ގައުމަށް ހެޔޮއެދޭ މީހުން މިކަމާއި މެދު ވިސްނަން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. މުއުމިނު

    ރިލުވާނުގެ ރިޕޯރޓާގުޅިގެން ސަރުކާރާއި މަޖްްުލިސްރައީސާ ދެމެދުހާދަ ހޫނުވެގެންމިއުޅެނީ އަނެއްްްކާރައީސްް އަންނިގެއަތެއްވާތީބާއޭ ހިތަށްއަރާ ފަހަރެއްްގަވެދާނެ ނުރެކެވިދާނެތީ ދުވަނީކަމަށް ،،،، ސަލާމް،،،،،

    77
    4
    • ޒިކް

      އެ ވާގޮތަކީ ރައީސް އިބޫގެ ވެރިކަން ނިންމާކަށް އިދިކޮޅު މީހުންނެއް ނޫޅޭ.. އެކަން ކުރަން އުޅެނީ ބޮޑުވަޒީރުކަން ކުރާހިތުން އުޅޭ މީހެއް.. އެކަމުގައި އިދިކޮޅު މީހުންގެ ސަޕޯޓް ހޯދަން އޭނާ އެބަ އުޅޭކަމަށްވަނީ.. އޭނާ ފުލުހުންނަށް މާ އެއްޗެތި މިގޮވަނީ އިބޫ ސަރުކާރު ދެކެ ފުލުހުން ރުޅިއަރުވާ ބަޢާވާތަށް ރެޑީކުރަން.. އެކަން އިބޫއަށް އެނގޭތީ ފުލުހުން ދިފާޢުކުރަން އެފެށީ

      24
      1
  2. އަލީ

    ވެރިކަން ވައްޓާލީޔާ ވައްޓާލާނީ އަންނި މިހާރުވެސް އިބޫއަށް އެންމެ އުނދަގޫކުރަނީ އަންނި

    97
    2
  3. ސައްދާމް

    ބިރުފުޅުހީވީ ދެއްތޯ. ބަލަގަ އަދިވެސް ތިޔަޕާރޓީގައި އަންނިގެ ބާރާއި ނުފޫޒު ގަދަވާނެ، މަނިކުފާނު ހުންނަވާ ބައްލަވަން އަންނި އެބޭނުންފުޅުވެލައްވާ ގޮތް ހައްދަވާނެ. ނޫނީ ވައްޓާލާނެ. މަނިކުފާނު އަވަހަށް ޕީޕީއެމްގެ ކޯލިޝަން ހިޔާރުކުރަށްވާ، ގާސިމްއާއި ގުޅިއްޖެނަމަ ކަންޑުމަތިއެޅުމަށްވުރެވެސް ހިތިވާނެ.

    62
    6
  4. ޖާޒީރާ ބޯއީ

    ކުރީގެ ރައީސް ނަޝީދު ތިޔަ ތަހުތު ދެއްވެވީކީ ތީގައި ބަގުޅިބައްދައި ތިއިން ސަލާމަތް ނުވާވަރުގެ އާޓު ދައްކާކަށްނޫން. 1 އަހަރު ފަހުން އެމަނިކުފާނު ރިޔާސީ ނިޒާމް ބަދަލްކުރުވައިގެން ވެރިކަމާ ތޮޅެންވެގެން. ދެން ހަވާލްކުރިއެއްޗެއް ނުދިނީމާ ވާނެ ހާއެއްޗެއް ތިޔަވަނީ.

    52
    3
  5. ހުދުހުދު

    މަނިކުފާނު ގާސިމް އިބްރާހިމްގެ އަވައިގައި ޖެހި ރައީސް ޔާމީނާ ތޮޅެން ތިޔަ ކުޅުއްވާ އުކުޅުތައް މިހާރު ދިވެހިން ބަލައެއްނުގަންނާނެ. ގާސިމްގެ ވަބާއިން އެކަހެރިވެހުންނަވާތި، ނޫނީ މިހާރަށްވުރެވެސް މިއޮޑި ފެތޭލެއް އަވަސްވާނެ. ނަޝީދެއް ދުލެއްނުދޭނެ.

    67
    2
    • ކިނބޫ

      ދޫ ނުދޭނޭ! ވެރިކަމާހެދި އޭނަ ކޮންްމެފަދަ ކަމެއް ކޮށްފާނެކަން ދޫ ނުދޭނެކަން މީހަކު ކިޔައިދޭކަށް ނުޖެހޭތާ. އެކަމަކު ކަލޭމެނަށް ނޭނގޭ ކަމަކީ އޭނައަށް ދޫދޭނެ ބަޔަކުވެސް ނެތްކަން. ދިވެހިންނޭ ތިބުނީ ކޮން ބައެއްގެ ވާހަކަ؟ އިންޑިއާ "ދިވެހިން" ދޯ؟

      57
      1
      • ުޖުހާ

        ބަލަގަ އަދިވެސް މި ކިނބޫ އުޅެނީތަ. މައަޑުއެހީމު ފަޅުރަށަކަށްލާ އަދީބު އެސޮރު މަރާލިވާހަކައެއް. ވެދާނެ "އިންޑިޔާ" ކިނބުލަކަށް ދޯ؟

        12
        3
  6. ޞިރާޠު

    ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް އެތަކެއް ފަހަރު ތަރީޚްތައް ކަނޑައަޅާ އެ ތާރީޚްތަކުގައި ހަވަރުނެރެ ދައުލަތް ހުއްޓުުވުމަށްގެނައުމަށް ރައްޔިތުންނަށާ ވެރިންނަށް އަދި މުދަލަށްގެއްލުންދީ ތިމާމެންގެ އެދުންތައް ޙާޞިލްކުރަން އުޅުނު ޒަމާންމަތިން ހަނދާންކޮށްބަލާށެވެ. އެދުވަސްތައް އިންޝާއަﷲ ރުޖޫޢަވެ ކަލޭމެންނަށް އެދުވަސްތަކާ ކުރިމަތިލާންޖެހުން އެއީ އަހުރެމެންގެ ދުޢާއެވެ.

    78
    4
  7. ކަޅުބެ

    ސިފައިންނާއި ފުލުހުންގެ އިންޓެލިޖެންސް އެއްވެސް އިރެއްގައި މުޅިޔަކުން ކާމިޔާބެއްނޫން، މަނިކުފާނު ވިސްނަވާތި ފުލުހުންވިޔަސް ސިފައިން ވިޔަސް ދެއްވާނީ އެބޭފުޅުންގެ ފިކުރަށް ޔައުނީ އެއީވެސް އިންސާނުންނަށް ކަމަށްވެފައި ލައްކަ ދުވަހުން އެހިސާބައްއާދެވިފައި އެތިބީ އެހެންވެ ދެން އެތަނުން ބުރާގެން ދާކަށް ބޭނުމެއްނުވާނެ.

    45
    1
  8. ުޖުހާ

    މަނިކުފާނު ތިޔަހުންނެވީ ކަންޑުވަމުންދާ އޮޑިއެއްގައި ގައުމު އަދިވެސް ހިންގޭނީ ވޭތުވެދިޔަ 5 އަހަރުވެސް ހިންގެވި ވެރިޔާގެ ނިޔަމިކަމުގައި އެކަން ހުރިހާދިމާލަކުންވެސް ފެންނަމުން މިދަނީ.

    64
    2
  9. ކކކކކކކ

    ކްރޭޒީސްޕީކަރ އަކީ ތިހަރަކާތުގެ ބާނީންނަށް ނިސްްބަތްވާ މުޑުވަކެއް. ތިކަހަލަ ކަމަކާ ދިމާއަށް މިސްރާބު ޖަހާފަ އެމޮޔަމީހާ އެހެރީ. ހަރުފަ ކިނބޫ މަރާލުމަށް ތައްޔާރުވަމުން ދަނީ.

    42
    1
  10. ގައްބެ

    ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް ކަލޭ ނުކުތްއިރު މިއަދު ކީކޭ ތިޔަ ކިޔަނީ؟

    61
    1
  11. ހުސޭނުބޭ

    ކާކުހޭ ވެރިކަން ވައްޓާލީ! ބުއްޅަބެޔަށް ހާމާނު ފެނިގެން އަމިއްލައަށް އިސްތިޢުފާދިނީމާ އެ ވޭތަ ބަޔަކު ވެރިކަން ވައްޓާލީކަމަށް! އަނެއްކާ ކަލެޔަށް ޞަފަރުކަތްދަ ފެންނަން ފެށީތަ؟ ވަރަށް ގޯސްވީތި! ޞަފަރު މަހު އިސްތިޢުފާދީފައި އަވަހަށް އެހެން ބަޔެއްގެ ބޮލަށް ކަނޑާލާ!

    19
    1
  12. ނާދިރާ

    ވެރިކަން ވައްޓަންޖެހުނީމަ އެކަން ކުރަންވާނެ. މިވެސް ވައްޓާލަން / ބަދަލު ކުރަން ޖެހިފަ އޮތް ވެރިކަމެއް.

    31
    3
  13. ދިވެހިމީހާ

    ވެއްޓެނީ ވެއްޓެނީ. ތާރީހު އިއާދަކުރަމުން އައީ. ދެން ވެސް އިއާދަވާނެ. ވެރިކަމުގެ ސަބަބުން މައުމޫނާއި ޔާމީން ޖެހުނީ. ވެރިކަމުގެ އަންނި އާއި އިބޫ ވެސް މިހާރު ޖެހިއްޖެ. ދެން އޮތީ ފަހު ތަޅާލުންގަނޑު. ވެއްޓެނީ ވެއްޓެނީ. އަލްހަމްދުލިއްލާހި.

    27
    2
  14. އިބްރާހީމު

    މައްސަލައަކީ ވެރިކަންކުރުމުގެ ފެންވަރު ތިމާގެ ނެތަތީ އެކަމާ އުޅެން ނުވެސްކެރިހުރި މީހަކު ނަގާފައި ވެރިކަމުގެ ގޮނޑީގައި ބޭންދުން. އެއީ ފަސިންޖަރުންގެ ތެރެއިން މީހެއްގެ ލަފުގައިހިފައި ނަގައިގެން ގެނެސް ކައްޕިގެ މަގާމުދިނުން. ތިމާގެ ފެންވަރު ނެތީމަ ޖެހޭނީ އެ ވާހަކަ ބުނެފަ އެއްފަރާތްވާން. ނޭނގޭ ކަންކަން ނުވާވަރުން ކުރަންއުޅޭންޏާ އޮޑި އަރާނީ ފަރަށް. ގައުމެއްގެ ވެރިކަންކުރެވޭނީ ފިސާރި މީހަކަށް. ކޮންމެކޮންމެ މީހަކަށް އެކަމެއް ނުކުރެވޭނެ.

    14
    1
  15. ވާރުކަން

    ވެރިކަމުގައި ހުރީ އެމް.ޑީ.ޕީ ގެ އިބޫ. ވެރިކަން ވައްޓަން އުޅެނީވެސް އެމްޑީޕީ އިން އަންނިގެ ސަޕޯޓަރުން. އިނދިކޮޅު ޕާޓީތަކުން އެއްވެސް ވަރަކަށް ނޫޅޭ ވެރިކަމާއި ތޮޅޭކަށް. ސިފައިންނާއި ފުލުހުންވެސް ނޫޅޭ ވެރިކަން ވައްޓާކަށް. ވެރިކަން ވައްޓަން އުޅެނީ މިދަންނާ ދެބައިމީހުން. އިބޫގެ ސަޕޯޓަރުން ވެރިކަން ދިފާޢު ކުރަން އުޅެނީ، އަންނިގެ ސަޕޯޓަރުން ވެރިކަން ވައްޓަން އުޅެނީ. މިދެބައިމީހުންގެ ހޫނު ބަހުޘް މިހާރުވަނީ އަތްނުފޯރާ ފަށުގައި. އަންނި އަތުގައި މަޖުލިސް، އިބޫ އަތުގައި ސަރުކާރު. އަންނި އުޅެނީ މަޖުލިސްވެސް ސަރުކާރުވެސް ކޯޓުތައްވެސް އަންނިގެ ބާރުގެ ދަށަށް ގެނައުމަށް. އަންނި ބޭނުންވި ގޮތަށް ބަރުލަމާނީ ނިޒާމު ގެނައުމަށް އިބޫ ދެކޮޅު ހެދުމުން މިހުރިހާ މައްސަލައެއް ޖެހިގެން މިއުޅެނީ.

    10
    1
  16. Anonymous

    ވަގުތު އެބަ ރަނގަޅުވޭ

    18
    1
  17. ފާޠިމަ

    ވެރިކަންވައްޓާލުމަށް ޤާސިމް މަސައްކަތްކުރަނީ ޔާމީނާގުޅިގެން

    4
    13
  18. އައްޑޫ މީހާ

    ޤައުމު ހިންގަން ނޭގި ފައިސާ ޚަރަދު ކުރަން ނޭގި ދުއްވަން ބޭނުންކުރި މިސްރާބު އޮޅި ހަމަ މިސްރާބަށް ދަތުރުކުރަން ނޭގުމުން ދެން އެކި ގޮތްގޮތުން ވެރިކަން ވައްޓާލަން ބަޔަކު އުޅޭކަމަށް ދައްކަން ކެންނާރި ދަންނަ ނުދަންނަ މާފަތް ކ.އެދުރު ހުކުރު ހޮނިހިރި އާދީއްތަ ހަމައިން ނެއްޓޭ މަހާރަދުންނާއި އމސާއްލާ ގުޅިގެން އަޑިއަޑިން ހިންގާ ޖަރީމާއެއް 2012 ގައި އެމަހާރަދުން ވެރިކަމުން ދުރުވީ އަމިއްލައަށް ކެބިނެޓުގައި ތިބި މިނިސްޓަރުންނާއި އެރަދުން ގުޅިގެން ކުޅުނު ޑްރާމާއެއް އެދުވަހު އެރަދުން ވެރިކަމުން އިސްތިއުފާ ދިނީ ދޭހިތުން ކޮންމެހެން ގައުމުގެ ދިފާއީ ބާރުތައް ކުށްވެރިކުރުމުގެ ބޭނުމެއްނެތް ސަބަބަކީ އެދުވަހު ޕޮލިސް ކަމިޝަނަރ އާއި ހޯމް މިނިސްޓަރ ޖަވާބު ދާރީ ވާންޖެހޭ ތަނުގައި ޖަވާބުދާރީ ނުވިކަން ރައްޔިތުންގެ މަޖްލީހުގެ ގައުމީ ސަލާމަތާއިބެހޭ ކޮމިޓީ އޮތީ ނިދާފަ ކެބިނެޓްގައި ތިއްބެވި ބޭބޭފުޅުން ތިއްބެވީ ހަމައިން ނެއްޓިފަ އެހާހިސާބުން ކޮންމެ މީހަކު ރައީސް ކަމުގައި ހުއްޓަސް ގައުމުގެ ދިފާއީ ބާރުތަކުން އެމީހުންނަށް ޢައިރު ޤާނޫނީ އަމުރު ކުރަމުންގޮސް ހައްދުން ނެއްޓީމަ ދެން ނުތިބޭނެ ބަލާކަށް މިހާރުވެސް މިފެންނަނީ އެމަހާރަދުން ރައްޔިތުންގެ މަޖްލިހުގައި ހުރެގެން ކޯޓްތަކަށް ބިރުދައްކައިގެން ޗާޓުން ބޭރުން އުޅޭތަން އޭޖީ އާއި ޕީޖީއަށާއި މުޅި ޖުޑިޝަރީއަށް ބިރުދައްކައިގެން ބޭނުން ތަނަކަށް ބޭނުން ފަނޑިޔާރަކު ލައިގެން ބޭނުންވާ ހުރިހާ މަގްސަދެއް ހާސިލްކުރަން އުޅޭ މަންޒަރު އމސާއްލާ އެބަޖެހޭ އެމަހާރަދުން މައިތިރި ކުރަން އެހެން ނޫނީ މިހިރަ ކަންކަމަކީ ކުދި ކަންތައްތަކެއް ކަމުގައި ދެކިގެން ރައްޔިތުން ތިބެގެން ވެރިކަމުގައި އމސާއްލާ ހުރެގެން ގައުމަށް ލިބޭ ގެއްލުން ވެރިކަން ވެއްޓުނީމަ ކުޑަކަމަށް ބެލެވޭނަމަ އެކަން ރައްޔިތުން ނިކުމެ ކުރާނެ ގައުމަށް ފައިދާހުރީ ކޮންގޮތަކަށްތޯ ރައްޔިތުން ގޮތްނިންމާނެ ސަލާމް

    8
    1
  19. ޖިގުރީ

    މިފަހަރު ތިކަމާއުޅެނީ ޖިގުރީދޯސްތު. ރައްޔަތުން ކުޅިބަލަނީ.

    9
    1
  20. ޙެހެހެ

    ޜައީސް އައްނިއައް ހުރިހާކަމެއް ހިތުންރުހުމުން ހަވާލުކޮއްފަހުރީ. ޢައްނިއައް ވެރިކަންނުލިބެނީސް އެއްވެސްކަމެއް ނުހުއްޓޭނެ.

    8
    1
  21. ޕޮގުބާ

    މިސޮރަށް ހާދަބިރެއްހީވާން ފަށައިފިއޭ ދޯ

    10
    1
  22. ރަދީފް ހުސެން

    ކޮންމެ މީހަކު ވެރިކަމައިގެން މިއުޅޭވަރެއްދޯ؟ ވެރިކަން ހޯދާދިނީ މަކުރި މަސައްކަތުން ކަމަށް އެކަކު އަނެކާޔާ ދިމާލައްބުނެ މަބުނާގޮތް ނަހަދައިފިއްޔާ ކުޅިދައްކާލަން!!!
    2008-2012 ގާސިމް އަދާލަތު ޕާޓީ ނަސީދާދިމާލައް
    2012 - 2013 ނަސީދު ވަހީދާދިމާލައް "ބާގީ"
    2013 - 2018 މައުމޫނާ ގާސިމް ޔާމިނާދިމާލައް
    މިހާރު ނަސީދު ސޯލިހާދިމާލައް.
    ގައުމައް ހެޔޮއެދޭމީހަކުނެތް، ހުސް މަވެތިވެފަ.
    ވެރިކަމަކީ ހާދަ ލައްޒަތެއް ހުރިކަމެއް ދީ!!

    2
    1
  23. ....

    laheh fahehnethi thi verin vehteyne veri kamun

  24. އަހުން

    ވޯޓުންވަށްކަންކޮށްގެން ދޮގުހުވައެއްކޮށްގެން
    ހުރެވޭނީ އިލާހީ ނިމުންއަންނަންދެން