ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް އެމަގާމުގައި ބަހައްޓާ ކޮންމެ ދުވަހަކީ ބަދަލަކަށް ވޯޓުދިން މީހުންނަށް ސަރުކާރުން ވެވޭ ހިޔާނާތެއް ކަމަށް މިނިސްޓަރ އޮފް ސައިންސް އެންޑް ކޮމިއުނިކޭޝަން މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޕީޖީ މަގާމުގައި ބެހެއްޓުމަކީ ބަދަލަކަށް ވޯޓުދިން އެންމެހާ ރައްޔިތުންނަށް ސަރުކާރުން ވެވޭ ބޭއިންސާފެއް ކަމަށާއި، ކުރީގެ ސަރުކާރު ބަދަލުކުރައްވަން ނިކުންނެވީ ނުހައްގުން ދައުވާ އުފުލާ، ޤާނޫނު އަސާސީ މަގުމަތިވިއިރުު މަގާމުގެ ބޭނުމުގައި "އެޅިހާ ބަތަކަށް ރިހަ އަޅަން އުޅުއްވި" ބޭފުޅުންނާ ދެކޮޅަށް ކަމަށެވެ.ް
މަލީހް މިހެން ވިދާޅުވެފައި ވަނީ ބިޝާމް އާއި ދެކޮޅަށް ފިޔަަޅު އެޅުމަށް އޭސީސީ އަށް ފޮނުވުމާއި ގުޅިގެންނެވެ. ޕީޖީ ބިޝާމް ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ސިއްރު ބައްދަލުވުމެއްގައި މިނިސްޓަރ މަލީހު އަކީ ރާއްޖޭގެ އެންމެ ބޮޑު ކޮރަޕްޝަނުގެ މައްސަލަ (އެމްއެމްޕީއާރުސީ) ހިޔާނާތުގެ ފައިސާއިން މަންފާ ހޯއްދެވި ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.
އެ މައްސަލަ އާއި ގުޅިގެން މަލީހް ވަނީ ވަރަށް ބޮޑަށް ޕީޖީ ބިޝާމް އަށް ފާޑުވިދާޅުވެފައެވެ. އަދި މަލީހް ވަނީ ބިޝާމް ދެއްކެވި ވާހަކަތައް މުހުލަތެއްގެ ތެރޭގައި ހެކިކޮށްދިނުމަށް އެކަމަނާ އަށް ސިޓީއެއް ފޮނުވާފައެެވެ.
މި މައްސަލަ އާއި ގުޅިގެން އިދިކޮޅު ކޯލިޝަނުންވެސް ވަނީ ބިޝާމަށް ފާޑުކިޔާފައެވެ. އަދި އެކަމަނާ ހުރިހާ ކަމެއް ކުރައްވަނީ މަގާމުގެ ދަހިވެތިކަމުގައި ކަމަށް އެފަރާތްތަކުން ތުހުމަތު ކުރެއެވެ.
ބަދަލައް ވޯޓް ދެއްވި މީހުން ދެކެން ބޭނުންވާ ގޮތަކަށެއް ނޫ މިހާރު ވެރިކަން ކުރަމުން ދަނީ ކިޔެއް..
ބަލަކަލޭއެފައިސާކޭމައޭ އެބުނަނީ ފައިސާކޭވާހަކަ އެއީދެން ނުކުރާކަމެއްވިއްޔާ ނުކުރާކަމުގެ ސާބިތުހެކިދައްކަންޖެހޭނީކަލޭ ޕީޖީއަކައްނުޖެހޭނެ ހެކިދައްކާކަށެއް އޮޅުވާލަންނޫޅޭ
ބޭބެ ބުނާތީ އަހަން! ނަފުރަތަކީ ލޯބީގެ ފެށުމޭ! ދޮގެއްތަ މަލީޙު!
vagu މަލީހު