މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓް ސިފަކުރައްވަނީ އާދައިގެ ލުޔުމެއްގެ ގޮތުގައިތޯ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ރާއީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ އަރިހުން އައްސަވައިފިއެވެ.

އަދުރޭ މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، އެމްޑީއެން އިން އިސްލާމް ދީނަށް ފުރައްސާރަކޮށް ރަސޫލާއަށް ހަޖޫ ޖަހާ ނެރުނު ރިޕޯޓު ރައީސް ސޯލިހަށް ސިފަ ކުރެއްވުނީ އާދައިގެ ލިޔުމެއްގެ ގޮތުގައިތޯ ސުވާލުކުރައްވާފައެވެ. އަދި އެގޮތަށް ސިފަކުރެވޭނަމަ އެއީ ދެރަ ކަމެއް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އެމްޑީއެން އުވާލުމަށް ރާއްޖޭގެ ގިނަ ބަޔަކު ސަރުކާރަށް ގޮވާލަމުން އަންނަ އިރު ސަރުކާރުން އޮތީ އެމްޑީއެން ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައެވެ. އަދި ފުލުހުންވެސް އަންނަނީ އެމްޑީއެން އިން ނެރެފައިވާ ރިޕޯޓާއި ގުޅިގެން އެ ޖަމްއިއްޔާގެ މައްސަލަ ތަހުގީގު ކުރައްވަމުންނެވެ.

އަދުރޭ ވަނީ ރައީސް ސޯލިހްގެ އަރިހުން އެމްޑީއެން އިން ނެރެފައިވާ ރިޕޯޓް މަނިކުފާނު ބައްލަވާފައިވޭތޯ ސުވާލު ކޮށްފައެވެ. އަދި އެ ރިޕޯޓް ދިރާސާ ކުރަން ކޮމިޓީއެއް އެކުލަވާލަން ވީ ނޫންތޯވެސް އައްސަވާފައެވެ. އަދުރޭ ވިދާޅުވީ، މި މައްސަލަ އަކީ ކުޑަ މައްސަލައެއް ނޫން ކަމަށް މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައެވެ.

""އެ ރިޕޯޓު ބައްލަވާލައިފިންތޯ؟ ރިޕޯޓު ދިރާސާކުރަން ކޮމިޓީއެއް އެކުލަވާލަންވީ ނޫންތޯ؟ މިއީ ކުޑަ ކަމެއް ނޫން އިނގޭތޯ" އަދުރޭ ކުރެއްވި ޓްވިޓްގައި ވިދާޅުވިއެވެ.

އަދުރޭ މިފަދައިން ވިދާޅުވެފައިވާ އިރު ރޭ ކުރިއަށް ދިޔަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަމުން ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުން އެ ޖަމްއިއްޔާއަށް ފިޔަވަޅު އަޅާފައިނުވިއަސް މި ސަރުކާރުން އަންނަނީ އެ މައްސަލަ ބަލަމުން ކަމަށާއި، ޒިންމާވާ ފަރާތްތަކަށް އަދަބު ދެއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ސފރޖދ

  އާނ؛ އެހެންތާވާނީ. އިބޫސޯލިޙަކީ އެރިޕޯޓްގެ ކޮންމެވެސް ހިއްސާއެއް އޮންނަ މީހަކަށް ވަންޏާ އޭނާއަށް ގަބޫލު ކުރެވޭނީ އާދައިގެ ލިއުމެއްގެ ގޮތުގައޭތާ! އެމްޑީއެން ގެ ރިޕޯޓުގައި ބުނެފައިވާ ވާހަކަތަކަކީ އިބޫގެ އަންހެނުންނާ ވެސް ގުޅިފައިވާ ކަމެއްވީމާ އޭނާއަށް އެރިޕޯޓް ވަނީ އާދައިގެ ލިއުމެއްގެ ގޮތުގައޭތާ!!!.

  42
  4
 2. ޢަލީ ޢަލީ

  އަދުރޭ ތިޔަ ސުވާލު ފުރަތަމަ ކުރައްވަންވީ ރައީސް ޔާމީން އާ!!!
  އެއައްފަހު އިބޫ ސޯލިހު އާ!!!

  2
  10
  • ނާބެ

   އެއީ ކީއްވެ؟ ޔާމީނުތަ ރިޕޯޓް ލިޔުނު މީހުން ނަށް ދައުލަތުން މުސާރަ ދިނީ؟ ޔާމީނު ވެރިކަމުގައި ހުރިއިރު ނެރުނީ ރިޕޯޓްގެ ހުލާސާ. އެއަކި ނެތް ތަފްސީލުގައި ހުރި ވާހަކަތަކެއް. ޔާމީނޭ ކިޔާހިއްވިއަސް މިކަމުގައި އޮޅުވާލަން ނޫޅޭ

 3. ކަދުރޭ

  މަނިކުފާނު އެމްއެމްޕީއާރުސީގެ ވައްކަން ސިފަކުރައްވަނީ އާދައިގެ ކަމެއްގެ ގޮތުގައިތޯ؟

  1
  10
  • އާދަނު

   ރަސޫލާއާ ފުރައްސާރަކުރުމާ ބަލާއިރު އެއީ ވަރަށް އާދައިގެ ކަމެއް. ދައްކާނެ ވާހަކައެއް ނެތިއްޔާ މައިތިރިވެގެން ތިބެބަލަ.

 4. ދަންޑެހިލް

  އިބޫޞޯލިޙުގެ އިސްލާމްކަމާމެދު އަޅުގަނޑު ޝައްކުއުފެދޭ