ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ފުރަތަމަ އެކުލަވާލިއިރު ވެސް އެކަން ކޮށްފައި ވަނީ ސިޔާސީ ފަރާތްތަކުގެ އަޣުލަބިއްޔަތު ލިބޭނެ ގޮތައް، ސިޔާސީ ނުފޫޒު ޖޭއެސްސީގެ ތެރެއަށް ފޯރުވާ، އަދި ޖޭއެސްސީ މެދުވެރިކޮށް ފަނޑިޔާރުންނަށް ބިރުދެއްކޭ ގޮތަށެވެ. އެމްޑީޕީ ވެރިކަމަށް އައީ އަދި ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރީ ޝަރުޢީ ދާއިރާ މިނިވަން ކުރާނެ ކަމުގެ ވައުދު އެތައް ފަހަރަކު ތަކުރާރު ކޮށްގެންނެވެ. ނަމަވެސް މިފެންނަނީ ކޮން މަންޒަރެއް ހެއްޔެވެ؟

އެމްޑީޕީ އިން ބޭނުންވާ ފަނޑިޔާރުންތަކެއް މަގާމުން ދުރުކުރަން "ފޫގަޅައިގެން" ވަރަށް ހުތުރު ގޮތަކަށް ޖޭއެސްސީ އިން އުޅޭ މަންޒަރު އެބަފެނެއެވެ. ސުޕްރީމް ކޯޓުގައި ތިއްބެވި ތިން ފަނޑިޔާރަކާއި މެދު އެމްޑީޕީގެ ހިތުގައި މާބޮޑު ހަސަދަވެރިކަމެއް އެބައޮތެވެ.

އެއީ ދެތިން ސަބަބެއް ވެސް އޮތުމުން ކަމަށް ގަބޫލު ކުރެވެއެވެ. ފުރަތަމަ ސަބަބަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލް ކުރުމެވެ. ދެވަނަ ސަބަބަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބަންދު ކުރުމެވެ. ތިން ވަނަ ސަބަބަކީ 2018 ފެބްރުއަރީ 01 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ވަރުގަދަ އަމުރަކުން ޔާމީން "ހިބަރު ވަދެއްގައި ޖެހިފައި ހުއްޓާ" އެކަމުން ސަލާމަތް ކުރަން ތިން ފަނޑިޔާރުން އެހީތެރިވެ ވަޑައިގެންނެވުމުންނެވެ.

މިއަދު އެ ތިން ފަނޑިޔާރުން ކުރެ ފަނޑިޔާރަކު "ނޭވާލާ ގޮތަކުން ވެސް" ސުލޫކީ މައްސަލައެއްގެ ތެރެއަށް ފެތޭ މަންޒަރު އެބަފެނެއެވެ. މަތިމައްޗަށް ސުލޫކީ މައްސަލަ އައިސް ތިން ފަނޑިޔާރުންގެ މަގާމު ގެއްލެއް އޮތް ވަގުތު ކުޑަތަންވަމުން އަންނަ މަންޒަރު އެބަފެނެއެވެ.

ދެން އޮތީ ކްރިމިނަލް ކޯޓުގެ އިސް ގާޞީ އަހުމަދު ހައިލަމްގެ މައްސަލައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ ޝަރީޢަތުގެ މެދުތެރެއިން ޖޭއެސްސީ އިން ބުނީ ހައިލަމްގެ މައްސަލައެއް ތަޙްޤީޤު ކުރަމުންދާ ކަމަށެވެ. ނަމަވެސް ދެމަހެއްހާ ދުވަސް ވެގެން ދިޔައިރު ވެސް އެބުނާ މައްސަލައެއްގެ ޚަބަރެއް ނުވިއެވެ.

ޔާމީންގެ މައްޗަށް ޙުކުމް ކުރުން ކުރިއަށްގެންދާ ޝަރީޢަތް ފަށަން 24 ގަޑިއިރަށް ވެފައި ވަނިކޮށް ކުއްލިއަކަށް ހައިލަމްގެ މައްސަލައެއް "ފަސް ވަނަ ގިއަރުގައި" ކުރިއަށްދާން ފަށައިފިއެވެ. ޖޭއެސްސީގެ ކުއްލި ބައްދަލުވުމެއްގައި ކުއްލިއަކަށް ނިންމީ ހައިލަމްގެ ސުލޫކީ މައްސަލައެއް ބަލަން އެބަޖެހޭ ކަމަށެވެ. ހައިލަމް މިއަދު ޖޭއެސްސީ އަށް ހާޒިރުވާން ރޭ މެންދަމު އަންގައިފިއެވެ.

މިއީ އެމްޑީޕީ އާއި ޖޭއެސްސީ އިން އަމިއްލައަށް ޝަރުޢީ ދާއިރާގެ އިތުބާރު ގެއްލުވާލާ ޔަމީންގެ ޙުކުމަކީ ސިޔާސީ ޙުކުމެއްކަން ބުނުމުގެ ޖާގަ ތަނަވަސް ކޮށްދިނުމަށް ކުރާ ކަމެކެވެ. ޔާމީންގެ މައްޗަށް މިއަދު ޖަލު ޙުކުމެއް އިއްވައިފިނަމަ އެމަނިކުފާނުގެ ސަޕޯޓަރުންނަށް އުމުރު ދުވަހު ދައްކާނެ "ވާހަކައެއް ލިބުނީއެވެ."

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނާއި، ހައިލަމްގެ އިތުރުން ދެން ތިއްބެވި ފަނޑިޔާރުންގެ މައްސަލަ ޑިއު ޕްރޮސެސްގެ ތެރެއިން ބެލުމުގެ ފުރުސަތު ޖޭއެސްސީއަށް އެބައޮތެވެ. ހުރިހާ ތަނެއްގައި އޮތީ އެމްޑީޕީގެ އަޣުލަބިއްޔަތެވެ. ނަމަވެސް ފެންނަ މަންޒަރަކީ ވަރަށް ފާޅުގައި ސިޔާސީ މަސައްކަތް ކުރާތަނަކަށް ޖޭއެސްސީވެ، ޕާޓީގެ އެކްޓިވިސްޓުންނާއި އާއްމު މެންބަރުން ބޭނުންވާ ގޮތައް ކަންކަން ނިންމާތަނަކަށް ޖޭއެސްސީ ވެގެންދާ މަންޒަރެވެ.

މިއީ ކުރިން އެމްޑީޕީ އިން ދެއްކި ވާހަކަތައް ތަންފީޒު ކުރަން ލިބިފައި އޮތް ފުރުސަތެވެ. އެހެންކަމުން މިފުރުސަތު ނަގައިލުމަކީ ޝަރުއީ ދާއިރާ އިސްލާހުކޮށް އެންމެނަށް ހަމަހަމަކަމާއި އެކު އިންސާފު ގާއިމް ކޮށްދިނުމަށް އެމްޑީޕީން ވަމުން އައި ވައުދާއި ހިލާފު ކަމެކެވެ.

ކުރިން ބަޔަކު ގޯސްކޮށް ކުރި ކަންތައް ރަނގަޅު ކުރަން އައި ބަޔަކު އެއަށްވުރެ ބޮޑަށް ކަންކަން ގޯސް ކުރުމަކީ ލަދުވެތި ކަމެކެވެ. މިހާރު މިފެންނަނީ ޖޭއެސްސީ އިން ޝަރުޢީ ދާއިރާއަށް ހަމައެކަނި ނުފޫޒު ފޯރުވާ މަންޒަރެއް ނޫނެވެ. މިހާރު މިފެންނަނީ ޝަރުޢީ ދާއިރާގެ މަސައްކަތްތައް ޖޭއެސްސީ އިން ކުރާ މަންޒަރެވެ. އެހެންކަމުން މިއަދު ރާއްޖެއަށް ކޯޓުތައް ބޭނުން ނުވާ ދަރަޖައަށް ކަންތައްތައް އެބަދެއެވެ. ދެން އޮންނަންވީ ހަމައެކަނި ޖޭއެސްސީ އޭ ބުނާ ދަރަޖައަށް ކަންތައްތައް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    މާރަނގަ ހާއްޔަކަށް ދަނޑިބާނާގެ އުޅޭހެންމިހީވަނީ. އެކަމަކުދެން އޯކޭ މިހާއެއުޅެނީ ހަމަ އަތައްގޮވަން. އިންޝާﷲ ...ރައީސްޔާމީން އަށް ނަސްރުދެއްވާށި އާމީން

    73
    3
  2. ވިސްނާލުމަށް އެދެމޭ

    ލަދު މިއީ އީމާންތެރިންގެ ހިތާ ސިކުނޑީގަ ހިގާ އިހުސާސްއެއް.. ލަދު މިއީ އެނޫން މީހުންގެ ގާތުގަ ފިނޑި އުރައްޕެނެތުން.. ލަދު މިއީ މޑޕ ދަންނަ ކަމެނޫން.. ލަދު މިއީ ޔަހޫދީންގެ ކުރިމަތީގަ ވަރަށް ނިކަމެތިކަމެ.. އެހެންވީމަ ލަދެ މޑޕ ނަޝީދު ނުދަންނާނެ.. މޑޕ ކަމެނުކުރާނަމޭ ބުނެފިނަމަ ކުރާނެ.. ކުރާނަމޭ ބުނެފިނަމަ ނުކުރާނެ.. މޑޕގެ ތިލަފަތުން ކިރުނީމަ އެމީހުންނަން އިންސާފަކީ.. މޑޕ ބޭނުންވާގޮތެ ވުމުން އެމީހުން މިނިވަންކަމަށް ބުނާނީ.. މިއަދު ރޔާމީނަށް އިންސާފުވެރި ޝަރީއަތެނެތް.. 200އެތައްބަޔަކު މމޕރސ ގެ ފައިސާއަށް ތުހުމަތުކުވޭއިރު ރޔާމީނަށް އެކަނި ދައުވާ އުފުލުމަކީވެސް އިންސާފުން އެއްކިބާވުން. ދައުވާ ފުރިހަމަވާ ތަހުގީގަކަށް ހުކުމެކުރުންވެސް އިންސާފާ ހިލާފު.. އެކަމަކު މިއަދު ފަޑިޔާރުންނަވެސް ވެރިންނަވެސް ބޭނުންކަމެކުރެވިދާނެ.. އެކަމަކު މިއިންއެކަކުވެސް މަރު ތިމަންނާމެންނާ ބައްދަލުކުރާނެކަން ދަންނަނަމަ އިންސާފުން އެއްކިބާނުވާނެ ކިތައްމެ ދުޝްމަންކަމެއޮތަސް.. އަދުލުވެރި ވެރިންނާ އަދުލުވެރި ފަޑިޔާރުންގެ ބޮލުގަ ރަނުގެ ތާޖުއެޅުވި މަތިވެރި އަރުޝީގެ ހިޔާ ލިބޭނެކަން ދީނުގަވަނީ މިއީ ކިހާވަރެއްގެ އިމްތިހާނަކާ އިބުރަތެވާތީކަން ވެރިންނާ ފަޑިޔާރުން ވިސްނާނަމަ އެއްވެސްމީހަކު ބާކީނުކޮށް އަދުލު އިންސާފުލިބޭނެ..

    53
    1
  3. ކުޅެނީ އަތްބާނަނީ

    ކޮބާ ޒާތީވެގެން މިސަރުކާރަށް ވޯޓުދިން މީހުން؟ ހާދަ މަޑުން ތިތިއްބަވަނީ. ކުރީ ސަރުކާރުގަ މިކަހަލަ ކަމެއް ފެންނައިރަށް ހީވީ އެހެންފަދަ ކަމެއްހެން. ހެހެ..މިހާރު ހަމަ އޯކޭދޯ.

    63
  4. ސައްތާރު

    ވެރިކަންވެއްޓެން މާގިނަ ދުވަހެއްނެތް، ލާދީނީ ކެރަފާ އާއިލާއިން މިގައުމަށް ފާޅުވެފަވާ ރަންނަމާރި ބޭނުންވަނީ އިބޫގެ ވެރިކަން ވައްޓާލާ ވެރިކަމަށް އަންނަން!!!މިގައުމަށް ކުލީސިފައިން ގެނެސްގެން މީނަގެ އާއިލާއިން އެއްތައް ދިވެހިންނެއް ޝަހީދުކޮށްފަ ވަނީވެސް ވެރިކަމާހެދި!

    42
    3
  5. އެކަމަކުދޯ

    ރައްޔިތުން ނުކުމެ ޖޭއެސްސީއޭކިޔާ ހިޔާނާތްތެރިންގެއަތްދަށުން ރައްޔިތުންގެ ވެރިކަން ހިމާޔަތްކުރަންޖެހޭ!

    44
    3
  6. އެކަމަކުދޯ

    މާތްﷲ އަނިޔާވެރިންނައް ކުޑަފުރުސަތެއް ދެއްވިޔަސް އެމީހުން ހިއްޕަވާނެ ތިޔަނަސީދު ވަރުގަދަ ހިއްޕެވުމަކުން ހިއްޕަވާންދޭވެ އާމީން

    29
    1
  7. ރިޒޫ

    އިބޫ އިސްތިއުފާ!
    ކެނެރީގޭ މުގާބޭ އިސްތިއުފާ!

    33
    2
  8. ޢާއިޝަތު

    .ރައީސްޔާމީން އަށް ނަސްރުދެއްވާށި އާމީން

    20
    2
  9. ޟމ

    މިޤައުމުގަ އޮންނަންވީ ޖޭ އެސް ސީ އާއި ރައްޔިތުންގެ މަޖްލިސް އަދި މަރުކޮމިޝަން އެވެ

    4
    2
  10. އަހްމަދު

    ފޮޓޯގައި މާގަނޑެއް ގޮތަށް އެއިނީ އަނގަފުޅާކޮށްގެން އިން ޝައިތޯނެއް ސިފަވާގޮތަށް. ނިކަންރަނގަޅަށް އެއަށް ބަލާބަލަ.

    6
    3
  11. ދިވެއްސެއް

    އަދިވެސް ނަންވާނީ ރައީސް ޔާމީން

    1
    2
  12. ނަސީދު

    ލަދެއްހުރިބައެއްނަމަތާ ލަދެއްގަންނާނީ