އެ މަންޒަރުތައް ދުރަށް ދައްކައިފިއެވެ. އެ އަޑުތައް ދިވެހި ހުރިހާ ރައްޔިތުން އަހައިފިއެވެ. ޖިނާޢީ މައްސަލަތަކުގައި އެކަމެއް ސާބިތު ކުރެވޭ މިންގަނޑަށް އެކަން ފެއްތުމަށްޓަކައި، ދަޢުލަތުން ލައްކަ ވާހަކަވެސް ދައްކައިފިއެވެ. އެ ދަޢުވާއިން ބަރީޢަވުމަށްޓަކައި، ދިފާޢުންވެސް ގިނަ ކަންކަން ވަނީ ފާހަގަކޮށްފައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގެ ހުރިހާ އަޑުއެހުމެއް ނިމި، ޙުކުމް ކުރުމާއި ހަމައަށް ވެސް ވަނީ އާދެވިފައެވެ. ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހަކީ އެ މައްސަލައިގެ ޙުކުމް ކުރައްވާނެ ދުވަސްކަމަށް، މީގެ އެތައް ދުވަހެއް ކުރިން އެ މައްސަލަ ބައްލަވާ ޤާޟީ، އަޙުމަދު ޙައިލަމް ވަނީ ޝަރީޢަތުގެ މަޖިލީހުގައި އިޢުލާންވެސް ކުރައްވާފައެވެ. މިއީ ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް އިންތިޒާރު ކުރަމުން އައި ޙުކުމެކެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެ މައްސަލައިގެ ދަޢުވާ ލިބޭ ފަރާތަކީ، މި ޤައުމުގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ވުމެވެ. ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ސިޔާސީ ޕާޓީގެ ލީޑަރަށްވުން ވެސް މެއެވެ.

އެ ފޮޓޯ

ނޮވެމްބަރު 4 ވަނަ ދުވަހަށް އިރު އަރައިގެން އައީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަހްމަދު ހައިލަމް ނަޞުރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކޯޓުގެ ވައިބަ ގްރޫޕެއްގައި ފޮނުއްވި މެސެޖަކާއި އެކުއެވެ.

ކްރިމިނަލް ކޯޓްގެ ރެކްރިއޭޝަން ކްލަބްގެ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި ޕޯސްޓްގައި ފެންނަނީ ނޮވެމްބަރު 3، 1988ގައި ކުލީ ސިފައިންނާއެކު ރާއްޖެ އެރި އަބްދުﷲ ލުތުފީއާއި ސަގަރު އަހުމަދު ނާސިރާއި އެ ބަޣާވާތުގައި ބައިވެރިވި ބައެއް މީހުންގެ އިތުރުން ރައީސާއި މަޖިލީހުގެ ރައީސާއި ސަރުކާރުގެ ބައެއް ވެރިންގެ ކަރުގައި ޗޭނު ޖަހަފާއިވަނިކޮށެވެ. އެ ބޭފުޅުންގެ ކަރުގައި ޖަހާފައިވާ ޗޭނު ހިފަހައްޓައިގެން ހުރި ކަމަށް އެ ކުރެހުމުގައި ފެންނަނީ ނޮވެމްބަރު 3 ގެ ބަތަލު ޝަހީދު ހުސައިން އާދަމެވެ. އެ ކުރެހުމުގައި "އެ އިއްޒަތާއި ގަދަރު، ފޭރިގެންފިއޭ މިއަދު" އޭ ވެސް ލިޔެފައި އޮތެވެ.

ހައިލަމްގެ ސުލޫކީ މައްސަލަ

ވައިބާ ގުރޫޕުގައި ދައުރުކުރި ފޮޓޯއާއި ގުޅިގެން ހައިލަމްގެ ސުލޫކީ މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ވެސް ނޮވެމްބަރު 4ގައެވެ. ގާޟީ ހައިލަމްގެ ސުލޫކީ މައްސަލައެއް ކޮމިޝަނަށް ބަލައިގަނެ ތަހުޤީޤު ކޮމިޓީއެއްވެސް ވަނީ އެކުލަވާލައިފައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ. މިފަދަ ގޮތަކަށް ގާޟީ ހައިލަމް ނަޞުރުގެ ދުވަހުގެ ތަހްނިޔާ ކިޔާފައިވާއިރު، އަދި މިކަމާއި ގުޅިގެން ހައިލަމްގެ ސުލޫކީ މައްސަލަ ބެލުމަށް ޖޭއެސްސީން ނިންމިއިރު، ނޮވެމްބަރ 5 ވަނަ ދުވަހަކީ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ މައްޗަށް ދަޢުވާ ކުރައްވާފައިވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ޙުކުމް އިއްވުމަށް ތާވަލްކޮށްފައިވާ ދުވަހެވެ.

ފޮޓޯ އާއި ގުޅިގެން މަޢާފަށް އެދުން

ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން ނަޞުރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ވައިބަ ގްރޫޕަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ފޮނުވި ފޮޓޯއާއި ގުޅިގެން މަޢާފަށް އެދޭކަން ބަޔާންކޮށް، ޤާޟީ ހައިލަމް ވަނީ ބަޔާނެއް ޢާއްމު ކުރައްވާފައެވެ.

ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި ޤާޟީ ހައިލަމްގެ ފަރާތުން ނެރެފައިވާ ނޫސް ބަޔާނުގައި ވިދާޅުވެފައި ވަނީ، ކްރިމިނަލް ކޯޓުގެ މުވައްޒަފުން އިޖްތިމާޢީ ކަންކަމުގައި މަޝްވަރާ ކުރުމަށާއި، ހިޔާލު ބަދަލުކުރުމުގެ ގޮތުން ހަދާފައިވާ ވައިބާ ގްރޫޕުގައި ނަޞުރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ކުރެވުނު ޕޯސްޓަކީ ހާޖަރާގެ ލުތުފީ ހުރިކަން އެނގުމުން ދެން އެ ފޮޓޯގައި ތިބީ ކޮން ބައެއްތޯ ބެލުމެއް ނެތި ލެވިފައިވާ ފޮޓޯއެއް ކަމަށެވެ.

އަދި އެ ގްރޫޕަށް ފޮޓޯލީއިރު، އެ ފޮޓޯގެ ކުރެހުމުގައި ރައީސް ޞާލިހާއި، ރައީސް ނަޝީދަށް ނިސްބަތް ކުރެވޭ ފަދަ ކުރުހުމެއް ހުރިކަން އެނގިފައި ނުވާ ކަމަށް ގާޟމީ ހައިލަމް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

"އެ ފޮޓޯގައި އެފަދަ ކުރެހުމެއް ހުރެދާނެ ކަމަށް އަޅުގަނޑަށް ވިސްނާލެވިފައެއް ނުވެއެވެ. އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ދިވެހި ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދެމެވެ". ގާޒީ ހައިލަމްގެ ބަޔާނުގައި ވެއެވެ.

ހައިލަމް ސަސްޕެންޑްކޮށް، ޔާމީންގެ ޝަރީޢަތް ކެންސަލް

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޙުކުމް އިއްވުން ނޮވެމްބަރ މަހުގެ 5 ވަނަ ދުވަހަށް ތާވަލްކޮށްފައި ވަނިކޮށް، އެ ދުވަހުގެ ހެނދުނު ޖޭއެސްސީގެ ބައްދަލުވުމަށް ހާޟިރުވުމަށް ހައިލަމްއަށް އެންގިއެވެ. ނަމަވެސް ޖޭއެސްސީއިން ބުނީ ހައިލަމް އެ ބައްދަލުވުމަށް ހާޒިރުވެފައިނުވާ ކަމަށެވެ. އޭނާ ހާޒިރުވާން އުޒުރުވެރިވެ ދެއްކެވި ސަބަބަކީ ގަބޫލު ކުރެވޭ ފަދަ ސަބަބެއްނޫން ކަމަށް ވެސް ޖޭއެސްސީއިން ވަނީ ބުނެފައެވެ. އެހެންކަމުން، އެކަމާއި ގުޅިގެން ހައިލަމް ނެރުއްވި ބަޔާނުގައި ބުނެފައިވާ ވާހަކަތަކަކީ އެ މައްސަލާގައި ހައިލަމް ދޭން ބޭނުންވާ މަޢުލޫމާތުކަމަށް ބަލައި، އެއީ އޭނާގެ ބަސް ތަހުޤީޤަށް ހޯދުނީ ކަމަށް ޖޭއެސްސީއިން ވަނީ ނިންމާފަ އެވެ. މައްސަލައާއި ގުޅިގެން ހައިލަމް ސަސްޕެންޑްކުރީ މައްސަލައިގެ ޒާތުން ހައިލަމް މަސައްކަތަށް ނުކުމެ އުޅުމަކީ ޝަރުއީ ދާއިރާގެ އިތުބާރު ގެއްލޭ ފަދަ ކަމަކަށްވާތީ ކަމަށެވެ. ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ 60 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށެވެ.

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 152 ވަނަ މާއްދާ

ފަނޑިޔާރަށް ޝަރީޢަތް ކުރިއަށް ނުގެންދެވޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ، ޢަމަލުކުރަންޖެހޭގޮތް މި މާއްދާގައި ވަނީ ބަޔާންކޮށްފައެވެ. މި މާއްދާގައިވާ ގޮތުން، ޝަރީޢަތް ހިނގަމުން ދަނިކޮށް، ނުވަތަ ޝަރީޢަތުގެ އަޑުއެހުން ނިމި، ޙުކުމް އިއްވަންވެފައި ވަނިކޮށް، ފަނޑިޔާރު ބަލިވެއްޖެނަމަ، ނުވަތަ އެ ފަނޑިޔާރަކު މަރުވެއްޖެ ނަމަ، ނުވަތަ ފަނޑިޔާރުގެ ދަޢުރުގެ މަޤާމު ހަމަވެއްޖެނަމަ، ނުވަތަ ޝަރީޢަތެއް ފެށުމުގެ ކުރިން މެދުވެރިނުވާ، ނުވަތަ އެނގިފައިނުވާ، އެ ފަނޑިޔާރެއްގެ މަސްލަޙަތު ފުށޫއަރާ ކަމެއް މެދުވެރިވުމުގެ ސަބަބުން، އެ ޝަރީޢަތް ހިންގުމަށް ފަނޑިޔާރަކު ނުކުޅެދިއްޖެ ޙާލަތެއްގައި، ނުވަތަ އެ ޝަރީޢަތެއް ހިންގުމަށް އެނޫންވެސް ގޮތަކުން ނުކުޅެދިއްޖެ ނަމަ، އަންނަނިވި ދެ ގޮތުން ކުރެ ގޮތަކަށް އެ މައްސަލައިގައި ޢަމަލު ކުރުމަށް ކޯޓަށް ކަނޑައެޅިދާނެއެވެ. އަދި އެގޮތަށް ކަނޑައަޅާ ގޮތް، ސަބަބާއިއެކު، މައްސަލައިގައި ހިމެނޭ ދެ ފަރާތަށް ކޯޓު ހިންގުމާއި ހަވާލުވެހުރި ފަނޑިޔާރަކު އަންގަންވާނެއެވެ.

(ހ). އެ ކޯޓަށް ހާއްޞަ ކުރެވިފައިވާ އެހެން ފަނޑިޔާރަކު އެ މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދިއުމަށް ކަނޑައެޅުން، ނުވަތަ،

(ށ). އެ މައްސަލައިގެ ޝަރީޢަތް އަލުން ބޭއްވުމަށް ކަނޑައެޅުން.

ނަމަވެސް މި މައްސަލައާއި ގުޅިގެން، ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ވަކީލް، ޢަލީ ޝާހް ވިދާޅުވީ، ޤާޟީ ހައިލަމްއަށް ދިމާވެގެން މިއުޅޭ މައްސަލައަކީ މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ޙާލަތެއް ނޫން ކަމަށާއި، އެއީ ޖޭއެސްސީން އުފައްދަވައިގެން އުޅޭ މައްސަލައެއް ކަމަށެވެ. އަދި އެ މާއްދާގައި އެ ބަޔާންކުރަނީ ވަރަށް އިސްތިސްނާޢީ ޙާލަތްތަކެއް ކަމަށްވެސް ޝާހް ވަނީ ވިދާޅުވެފައެވެ. އަދި ހަމަ އެހެންމެ، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 51 ވަނަ މާއްދާ ބުނާގޮތުން، އެ މައްސަލައަކީ އަލުން ބަލަންޖެހޭނެ މައްސަލައެއް ނޫން ކަމަށާއި، މައްސަލައިގެ އަޑުއެހުންތައް ނިންމާތާ 30 ދުވަސްތެރޭގައި ޙުކުމް ކުރުމަކީ ލާޒިމުކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ލީގަލް ޓިމްގައި ހިމެނި ވަޑައިގަންނަވާ ޝާޙް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ދަޢުވާ އަނބުރާ ގެނެސް، އަލުން ދަޢުވާ ކުރެވިދާނެތަ؟

ދަޢުލަތުން ބޭނުންވެއްޖެނަމަ، ކޮންމެ ވަގުތަކު ވެސް އެ ދަޢުވާއެއް ގެނައުމުގެ ބާރު ޕްރޮސެކިއުޓަރ ޖެނެރަލްއަށް ވަނީ ލިބިދީފައެވެ. ނަމަވެސް އަލުން އެ ދަޢުވާއެއް އަނބުރާ އުފުލޭނެ ޙާލަތްތަކާއި ނުއުފުލޭނެ ޙާލަތްތަކެއް އެކަމާއި ގުޅިގެން ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބަ ހުއްޓެވެ. އެގޮތުން، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 92 ވަނަ މާއްދާއިން ބާރުލިބިގެން ހަދާފައިވާ، "ޕްރޮސެކިއުޓް ކުރުމުގެ އިޖުރާޢަތުގެ ޤަވާއިދު" ގެ 31 ވަނަ މާއްދާގައި، ދަޢުވާ އަނބުރާ ނުގެނެވޭނެ ޙާލަތް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 20 ވަނަ ބާބުގެ ދަށުން، ޝަރީޢަތުގެ އަޑުއެހުންތައް ނިންމާލާފައިވާ މައްސަލައެއް ނަމަ، އެފަދަ މައްސަލައެއް އަނބުރާ ގެނައުމުގެ އިޚްތިޔާރު ޕްރޮސެކިއުޓަރ ޖެނެރަލްއަށް ލިބިގެން ނުވާކަމަށް ވަނީ ބަޔާންކޮށްފައެވެ.

އެހެންކަމުން، ދެން އޮތީ އެ މައްސަލައިގެ ޙުކުމް ކުރުމެވެ. ހުކުމް ކޮންމެ ގޮތަކަށް ނިކުތް ކަމުގައި ވިޔަސް، އެއީ ނުފޫޒެއް ނެތި ނެރެފައިވާ ޙުކުމެއްކަން ޤަބޫލުކުރެވޭނެ ދިވެހި ރައްޔިތުން ވަރަށް މަދުވާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޢިކުރާމު

    ދެންވާނެ ގޮތަކީ އާފަނޑިޔާރަ އްވެސް އެނގި ލަ އްވާނެ މިރާ އްޖޭގެ ރަ އްޔިތުންގެ ރަ އިސް ނަޝީދާ ދަޖަލުކޮ އް ހަދަ އިގެން ލިބޭނީ ބޮނޑި އެއ އްކަން ޔާމީނު އައ އް ނެތްކަން ޖަލުނޫން ދެވަނަ ތަނެ އް

    10
    57
  2. ސުލާ ސިރާޖު

    މިއުޅޭ އުޅުމަކީ ސަރުކާރު ބޮލާފޮށާ އެޅިގެން އުޅޭ އުޅުމެއް. ހުކުމް ސަރުކާރާ ދެކޮޅަށް އޮވެގެން ކުޅޭ ގޭމެއް މީ. އެމް.ޑީއެން ގެ ޝައިޠާނުންނަށް ފިޔަވަޅު އަޅާދީ

    26
  3. ދަންނަ

    ހައިލަމަށް ބޮޑިދީގެން އަދުރޭމެން ކުރަން އުޅުނު ބަގާވާތް އަތަށް ގޮވައިފި. ޔާމީން ކުރި ވައްކަން އިންތިހާއަށް ބޮޑު. އިންސާފު އަރާ ހަމަ ކުރާނެކަން ދަނެގެން މަޑުން ތިއްބަވާ!

    1
    32
    • ކެނެރީގެ މާފަތް އެދުރު

      ކަލޭމެންގެ ވަގު ލާދީނީ ސަރުކާރު ހަމަ މަގަށް އަޅުވަން ވެއްޖެ މިހާރު މިގައުމަށް ފާކުރައްވާފަވާ ބޮޑު ވެރިކަމެއް މާތް ﷲގެ އިރާދަ ފުޅުން ކަލޭމެންގެ ވެރިންނަށް ކޯފާއެއް ލައްވައި މިގައުމު ކަލޭމެންގެ ލާދީނީ ނުބައި ކަމުން ސަލާމަތް ކުރުންވެސް އެކަލާންގެ ކުޅަދުން ވަންތަ

      17
    • އޯކޭ

      ބޮނޑިބަތްގަނޑެ އް ކަ އިގެން ގު އިރޯނުގަ ޖެހިފަތިބޭ ތިޔަކަހަލަ މީހުންނަ އް ހީވާނީ ތިޔަހެން . ތެދު އެ އީ ދޮގުކަމުގަ ދޮގު އެ އީ ތެދުކަމުގަ ހީވާނެ. ރަނގަޅު އެ އީނުބާ ކަމުގަ އަދި ކޮނމެ ނުބަޔަކީ ރަނގަޅު ކަމުގަ ދެކޭނެ. އެކަމަކު ހަގީގަތުގަ އަތަ އް ގޮވީކޮނަބަ އެ އްގެކަމާ ކާކުގެ އަތަ އްކަމާ ވަރަށްސާފު. ޖޭ އެސް ސީގަ ތިބިބަޔަކަށް ވާން އުޅެނީ ކިހިނެ އްކަން އެނގޭ ހިސާބުން ހުކުމުގެތެރެ އަށް އަތާފަޔާ ބޯބާނާ ގާޒީ އޮބާގަނެ ސަސްޕެނޑުކުރީ' ކެނެރީގޭ ބު އްޅަބޭނުފޫޒުފޯރުވަ އިގެންް. ދެން އަތަ އްގޮވީ އޭ ފަޅޯތޮ އްޓޭ ކިޔަސް ތިޔައޮތީ އަސްލު ތިޔަކުރި ހީ އާޚިލާފަ އް ގު އިރޯނުޕާޓީގެ ގު އިރޯނުސަރުކާރު އަތަ އް މާކުރިން ގޮވާފަ. ޙެހޭތް.

  4. ޙުސައިން

    ދައުލަތުން ..ހުށަހަޅައިގެން ..މައްސަލައެއް..ބަލަމުން ..ދާ ..ދަނޑިވަޅެއްގައި..ދައުލަތުގެ..އެންމެ..މަތީވެރިޔާގެ..ކަރުގައި..ޗޭނު..ޖަހާ..ދަމާ..ފޮޓޯއެއް..ޣާޒީ..ޕޯސްޓް..ކުރުމަކީ..މަސްލަހަތު..ފުށޫ..އަރާ..ވަރުގެ..ޢަމަލެއް..ވީމާ..ޤާނޫނީ..އިމުގެ..ތެރެއިން..ޣާޒީ..އަށް..މައްސަލަ..އިތުރައް..ބެލުމުގެ..ފުރުސަތު..ނުދެވޭނެ..

  5. ހެހެހޭ

    ދެންވާނެގޮތަކީ އާފަނޑިޔާރައްވެސްއެނގޭނެ ކިތައްމެވަރަކައް ބަޔަކުމީހުން މީހަކުހައްޔަރުކުރަންބޭނުންވިޔަސް އެކަމެއްނުކުރެވޭނެކަން އެވަރައްސާބިތުވެގެންނޫނީ އެއީ ނަޝީދުކިތަންމެ ބޭނުންވިޔަސް ނުކުރެވޭނެކަމެއްކަން

  6. ދަންސޫރަ

    އެހެންތަ؟ ކަލޯ ކަލޭ ޖަލަށްދާން ތަށްޔާރުވެ

    1
    8