ދިވެހިރާއްޖޭގައި މިހާތަނަށް ދެ ޖުމްހޫރިއްޔަތުގައި ހަ ރައީސަކު ވެރިކަން ކުރެއްވިއިރު އޭގެ ތެރެއިން ފަސް ބޭފުޅަކު މިވަނީ ޝަރުޢީ ޙުކުމެއްގައި ބަންދުގައި ދުވަސްތައް ހޭދަކުރައްވަން ޖެހިފައެވެ. މިއާއި އެކު މިހުރިހާ ބޭފުޅުންނާއި ގއ.ވިލިނގިއްޔާއި ގުޅިފައިވާ ވާހަކައެވެ.

ފުރަތަމަ ރައީސް މުހައްމަދު އަމީން އަވަހާރަކޮށްލަން ސިހުރު ހެދި މައްސަލައިގައި ގއ.ވިލިނގިލީގައި ބޮޑު ތަޙްޤީޤެއް ހިންގިއެވެ. ވިލިނގިލީ ދޮން އަހުމަދުގެ އަލިތަކުރުފާނާއި ދޮންދިޔަގެ އަލިތައްހާނާއި އެ އަތޮޅު ނިލަންދޫ ހަކީމް ދީދީ އާއި ދޮން އަހުމަދު އަނީސް (ރެކިފުތާ) އާއި ދޮންއަހުމަދުގެ އައިސާފާނު، އެ އަތޮޅު އަތޮޅުވެރިޔާ ވީރު އަލިދީދީ އާއި ރައީސް މުހައްމަދު އަމީން އަވަހާރަކޮށްލަން ސިހުރު ހަދައި ޒަހަރު އުފެއްދި ކަމަށް ތުހުމަތު ކުރެވުނު މައްސަލަ ތަޙްޤީޤުކޮށް ހަކީމް ދީދީއަށް މަރުގެ އަދަބު ދިނެވެ. އެ މައްސަލަ ބައްލަވާ ޙުކުމް އިއްވީ ފަނޑިޔާރު މަނިކުފާނު އަބްދުﷲ ޖަލާލުދީނެވެ.

ރަސްކަމަކަށް ފަހު ދެން އައީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމެވެ. ނާސިރުގެ ވެރިކަމުގައި ޝަރީޢަތް ހިންގާނެ ރައީސަކު ނެތުމުން ރައީސެއްގެ ޝަރީޢަތެއް އެވެރިކަމުގައި ކުރިއަކަށް ނުގެންދެއެވެ. ނާސިރުގެ ވެރިކަމަށް ފަހު އައީ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމެވެ.

މައުމޫންގެ ވެރިކަމުގައި ނާސިރުގެ މައްޗަށް ޝަރީޢަތް ހިންގާ ނާސިރުގެ ޣައިރު ހާޒިރުގައި ޙުކުމް އިއްވިއެވެ. ވިލިނގިއްޔާ މިމައްސަލަ އާއި ގުޅެނީ މައުމޫނުގެ އާއިލާ ވަނީ ވިލިނގިއްޔާއި ގުޅިފައެވެ. މައުމޫނުގެ މަންމާފުޅަކީ ޚަދީޖާ ދީދީ އެވެ. އެކަމަނާ އަށް ޚަދީޖާ މޫސާ އޭ ވެސް ކިޔައި އުޅެއެވެ. އެހެންކަމުން ނާސިރަށް ޙުކުމް އިއްވުން ގުޅިފައި މިއޮތީ ވިލިނގިއްޔަށް ނިސްބަތްވާ މައުމޫނު އާއިއެވެ.

މައުމޫނުގެ ވެރިކަމަށް ފަހު ދެން އައީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމެވެ. އަދި އެއަށްފަހު ދެން އައީ ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމެވެ. އެދެވެރިކަމުގައި ވެސް ކުރީގެ ރައީސުންގެ މައްޗަކަށް ޝަރީޢަތެއް ނުހިންގައެވެ.

ދެން އައީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމެވެ. ޔާމީންގެ ވެރިކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލާން ޙުކުމް ކުރިއެވެ. ނަޝީދުގެ މައްޗަށް ޙުކުމް އިއްވި ބެންޗްގައި އިސްކޮށް އިންނެވީ ވިލިނގިލީ ބޭފުޅެއް ކަމަށްވާ ސުޖާއު އުސްމާނެވެ.

ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ބޭބެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ މައްޗަށް ޙުކުމް އިއްވީ ވެސް ވިލިނގިލީ ގާޞީ އެކެވެ. އެއީ ގާޟީ ހަސަން ނަޖީބު އެވެ.

ޔާމީންގެ ވެރިކަން ނިމި އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި ޔާމީންގެ މައްޗަށް މިއަދު ޙުކުމް ކުރެވިގެން ދިޔައިރު ޔާމީންގެ މައްޗަށް ޙުކުމް އިއްވި ގާޟީ އަލީ ރަޝީދަކީ ވެސް ވިލިނގިލީ ބޭފުޅެކެވެ.

ދިރާސާތައް އިތުރަށް ކޮށްފިނަމަ އަދި މިފަދަ ކިތަންމެ އިއްތިފާގެއް ވެސް ފެންނަން ހުރުން ގާތެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޢހ

    މައުމޫނަށް ހުކުމް ކުރީ ވިލިނގިލީ ހަސަންނަޖީބް

    31
    2
  2. ކަންބޮޑުވާންޖެހޭ

    ޔާަމީންގެ ލޯޔަރު ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ ޢަލީ ޝާަހް

    23
    3
  3. ސަނާ

    ކޮން ފެނެބައްޑާ އުދުހެނެ ބައްތެއްޔާއެކޭ ކިޔާކަށް. ހުސް ރޯނު އެދުރުން ތިބޭ ތަނެއް ތީ

    51
    16
  4. ނިޒާމު

    ތިޔަ ގއ. ވިލިނގިއްޔަކީ ވަރައްދޫނުބައި ނުޅަފާ މީހުން ވަރައްގިނަރަށެކެވެ..އޭގެތެރޭން ގިނަމީހުނަކީ މަޑުމައިތިރި އެކަމަކު ހަސީލަތް ނުބައި ނުލަފާ ބައެކެވެ..މިއީ ތާރީހުން ވެސް ފެންނާ އަިމިހާރުވެސް ފެންނާންއޮތް ކަމެކެވެ..

    84
    12
    • ޙަަސަން

      މިކޮމެންޓް ކޮއްފައިވާ ފަރާތަކީ ވަރަށް ޒާތީ ހަސަދަވެރި ފަރާތެއްކަން ޔަގީން.. އާއްމުކޮށް ވިލިގިޔަށް ހަސަދަވެރިވެ އުޅެނީ ކޮލަމާފުށީ މީހުން.. ސަމާނުންސުރެ ވެރިކަމުގެ ދަހިވެތިކަމުގަ އެމީހުން ވިލިގީލެ އަގުވައްޓާލުމަށް މަސައްކަތްކުރޭ.. ހަގީގަތުގަ ވިލިގިލީ މީހުންނަކީ ހިތްހެޔޮ މެހެމާނުންނަށް ކަމޭހިތާ ބައެއް.. ތިޔަ ކޮންމެ ބޭފުޅަކުވެސް ތަޖުރިބާ ކޮއްލާ އަމިއްލަޔަން..

      12
      15
  5. ދަތްގޯނި

    ތި ވާނީ ނިހާނުގެ ރޭވުމަކަށް.

    26
    3
  6. ޖާޒީރާ ބޯއީ

    މީކީ އިްތިފާގެއްނޫނެވެ ވިލިގިލީ މޫހުންނަކީ އަބަދުވެސް ވަރަށް ޝަރުއީ ދާއިރާތަކަށް ލޯބިކުރައްވާ ބައެކެވެ އެހެންކަމުން ރާއްޖޭގެ %80 ގާޒީންނަކީ ދެކުނުގެ މީހުނެވެ. ވެރިކަމަކީ ރާއްޖެއިން ދެކުނުގެ މީހުން އަބަދުވެސް ދެކޭ ހުވަފެނެކެވެ. އެހެންވެ ކޮންމެ މީހަކުވެސް ބަލާނެ ކޮންމެވެސް މަގާމަކުންނަމަވެސް ވެރިމީހާއަށްވާން. ހިތާމަޔަކީ ކޮންމެ 3 ގާޒީއަކުން 2 ނަރަކައިގައި އަނދާނެކަމެވެ.

    42
    5
  7. މުބީނު މާރނީ

    ރައީސް ވަހީދު ވެސް އެއްގޮތަކުން އެއަތޮޅަށް ނިސްބަތްވޭ. މަންމާ ފުޅަކީ އެއަތޮޅު ބޭފުޅެއް. ރައީސް ނަޝީދު އަށް މެދުވެރިވި ކަންތައް އެގޮތަށް މެދުވެރިވީ ވަހީދު ގެ ވާގިވެރި ކަމާއި އެކު ކަން ގިނަބަޔަކު ގަބޫލް ކުރޭ. ހަކީމް ދީދީ ގެ ކާފަ ދަރިއެއް ގާޒީ ޑީޑީ އަކީ.

    16
    1
  8. ނިކް

    ތިޔަ ރަށު މީހުން ޤާޟީކަމަށް ނުގެންނަން ވެއްޖެއްނު.. މުޅި ޝަރުއީ ނިޒާމު ހައިޖެކްކޮށްފަ.. ރަނގަޅު ހުކުމެއް ކުރަނީއެއް ނޫން

    29
    4
  9. ޙަނާ

    އެއްގޮތަކުން ބުނަންޏާ ވިލިނގިލި މީހުންނަކީ ކިޔަވައިގެން ހުރި ބައެއްކަން ތި ހަބަރުން އެނގެނީ. އެކަމަކު ވެސް މިހާތަނަށް ފެނުނު އެންމެ މީހުން ނުބައި އަދި ދޫވިހަ ބައެއް އުޅޭ ރަށެއް. ޔާﷲ އަޅަމެން މި ނުބައި މީހުންގެ ކިޔަބައިން ސަލާމަތްކުރައްވާ، އެބައި މީހުންނަށް ހެޔޮ ވިސްނުން ދެއްވާށި. ޢާމީން?

    34
    15
  10. Jum

    ތި ވާނީ އަދުރޭގެ ރޭވުމަކަށް.

    8
    10
  11. ހަސަނު

    ނާސިރު، ނަޝީދު، މައުމޫން، ޔާމީން
    ގުނާ ގުނާ ވެސް ފަހެއް ހަމައެއް ނުވި!

    6
    6
    • އަމީން ދީދީ

      ނުވަާނެއެއްނު، އަމީން ދީދީ ނުލާ ލިސްޓް ހެދިޔަސް 4 ދޯހަމަވާނީ. މި އާޓިކަލް އެއްކޮށް ނުކިޔާ މޮޅެތިކޮމެންޓް ލިޔުނަސް ނުވާނެ ބުރޯ. ހަސަނުއަށް މާބޮޑަށް އެނގެނީ ދޯ! ރޯނުއެދުރު، ޔަގީނޭ މީއެއްކަލަ ގިފިލިބަލާ ކެނެރީ ބާގީ ގުއިނަޝީދަށް އަތްޖަހާގުރޫޕް ސޮރެއްދޯ؟ ހަސަނާ!

      12
  12. ޏ އައިކު

    "މައުމޫނުގެ ވެރިކަމަށް ފަހު ދެން އައީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމެވެ. އަދި އެއަށްފަހު ދެން އައީ ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމެވެ."
    ރައީސް ކަން ކޮށްފަ ވާނަމަ ކުރިއަށް ރައީސް ލުމަކީ ކުރަން ޖެހޭ ކަމެއް. ވަގުތު ނޫހަކީ ޒާތީ ވެފަ ވާ ނޫހެއް.

    14
    9
  13. ނަގޫރޯޅި

    އޮޅުވާނުލާ، ނަސީދުގެ މައްސަލައަކީ 2012 ފެށި ސަރީއަތެއް ރ.ޔާމިނާ ހަވާލު ވިއިރު މައްސަލަ އޮތީ ސްޕްރީމް ކޯޓުގަ. 2013 އިންތިހާބުގަ ރ.ނަސީދައް ކުރިމަތި ލެވުނީ ސްޕްރީމް ކޯޓުން މައްސަލަ ލަސްކުރަން ނިންމީމަ. 2013 ރިޔާސީ އިންތިހާބުން ބަލިވީމަ 3 ފަހަރު ނަސީދު ވަނީ މައްސަލަ އަވަސްކޮއްދޭން ބާރު އަޅާދިނުމައް ރ.ޔާމިނައް ދަންނަވާފަ. ބޭނުންނުވަިޔަސް ހަގީގަތް އޮޅުވާނުލެވޭނެ!

    10
  14. ޙމ

    މިއީ ވަރަށް ދެރަވަރުކޮށް ޒާތީގޮތުން ލިޔެފައިން ލިޔުމެއް. މިއަށްވެސް ކިޔަނީ ނޫސްވެރިކަމޯލަ!
    ތިޔަ ހުރިހާ ކަމެއް ވިލިނގިއްޔާ ގުޅުވާލިގޮތަށް ރާއްޖޭގެ ހުރިހާ ރަށަކާވެސް ގުޅުވާލެވިދާނެ.
    ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ރަނގަޅު މީހުންނާ ގޯސް މީހުން އުޅޭނެ. ހަމަ އެގޮތަށް ވިލިނގިލީގައިވެސް އުޅޭނެ.
    އަޅުގަނޑު ދަންނަ ވިލިނގިލީ ހުރިހާ މީހުންވެސް ރަނގަޅު އަދި ހިތްހެޔޮ!

    9
    5
  15. އަދީބު

    ދިވެހިރާއްޖޭގަ ފަސް އަހަރު ވެރިކަން ކުރި ފަސް ވަނަ ރައީސް ފަސް އަހަރަށް ޖަލު ހުކުމް އިއްވާ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރީ. މިއީ ވެސް އިއްތިފާގެއް ހެހެހެހެ

    4
    3
  16. ދަވްތޫރް އަބުދުލް އަޒީޒް

    ތިޔަބުނާ ދިގުރާސްތާ 30 އަހަރުގެ މަސްސަލަތައް ނުބެލީ ހަމަ އޭނާ ހިނގިރޮގުން ހިގަންވެގެން އެހެންޏާ 98 އާގްބޯޓް މިގައުމުގައޮއް ކޮބާތޯ އެއެއްޝެހިތައް ހުދުކާފޫރައްވީތޯ އެންމެ ފުރަތަމަ ހިތުހުރިބަޔަކައް ފަޅުރައްތައްބެހީ ތިޔަބުނާ ކޮރޮރާސްތާ 3 އަހަރު ކޮބާ އެމަސްއަލަތައް

  17. ބޮޑު ހުވަދޫ

    މިއީ ބޮޑު ހުވަދޫ، އިލްމާއި ހުނަރު ރިވެތި އަޚްލާޤު ހުންނާނެ. އަދި ޤައުމަށް ގައްދާރުވާ މީހުން ހަަމަ މަގަށް ގެނައުމާއި އިންސާފު ޤާއިމުކޮށްދިނުމާއި، ބޭނުންހާ ގޮތަކަށް މި ޤައުމުގެ ރައްޔިތުންނަށް އަނިޔާކޮށް އެކަމުގެ ފުރުޞަތު ދިނުމަށް ޖާގަ ނުދިނުމަށް ލިބިފައި ހުރި ހުރިހާ ޢިލްމެއްގެ ބޭނުން ހިފުމުގައި ލާމަސީލު ބައެއް ހުވަދޫ މީހުންނަކީ، މި ބޮޑު ހުވަދޫ ދަރިންގެ ކިބައިގާ އެ އިލްމާއި އެ ހުނަރު ހުންނާނެ. ވަރަށް ސަލާމް. މިކަންކަމާއި ބަޔަކު ހަސަދަވެރި ވިޔަސް ފަރުވާލެއް ނެތް ގއ އާއި ގދ ގެ ކޮންމެ ރަށައްގެ އާއިލާތައް ހުންނާނީ ގުޅި ލާމެހިފައި. އެއީ އެއްބައެއް. ބޮޑު ހުވަދޫގެ އެއްބައިވަންތަކަން އިތުރަށް ވަރުގަަދަކޮށް އެހެންމީހުން ޖަހާ ބެރަށް ބަޑި ނުލައްވާ އުޅެމާ ބަހީ.

    6
    2