ވެރިކަމުގެ ބާރަކީ ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ އަދި ރައްޔިތުންގެ ކިބައިގައި ދެމިއޮންނަ އެއްޗެއް ކަމަށް ލިޔެވިފައި އޮތީ ފޮތުގައެވެ. ހަޤީޤަތަކީ ވެރިކަމަކީ ބައެއް މީހުންނަށް ލައްޒަތެވެ. ވެރިކަމަކީ ބައެއް މީހުންނަށް ލިބޭ "މީރު ކަމެކެވެ." ވެރިކަމަކީ ބައެއް މީހުންނަށް ލިބޭ "އަރާމެކެވެ." ވެރިކަމަކީ ބައެއް މީހުން އެއަށް އެޑިކްޓްވާ ކަމެކެވެ. ގައިމުވެސް ރާއްޖެ އިން ވަރަށް ބޮޑަށް މިމަންޒަރު އެބަފެނެއެވެ.

ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ރާއްޖޭގެ ވެރިކަން 30 އަހަރު ވަންދެން ކުރިއެވެ. އެވަރުން ވެސް އިތުރަށް އެމަނިކުފާނު ބޭނުންވީ ވެރިކަމެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ބަލިވުމުން ވެސް ވެރިކަމުގެ ވަސް ނުފޯރާ ހިސާބުގައި ހުރުން އެއީ އެމަނިކުފާނުގެ ޟަމީރު ގަބޫލު ކުރިކަމެއް ނޫނެވެ.

ރައީސް ޔާމީން އަށް ވެރިކަން ލިބި ރައީސް މައުމޫންގެ ގޮނޑިކޮއްކޮއެއްގެ ގޮތުގައި ރައީސް ޔާމީން ވެރިކަން ނުކުރާނެކަން ޔަގީން ވުމާއި އެކު ރައީސް މައުމޫން ބޭނުންފުޅުވީ ވެރިކަމުގެ އާރާއި ބާރު ސީދާ އެމަނިކުފާނު އަނެއްކާވެސް ހޯއްދަވާށެވެ. ދުރުން މީހަކަށް ވެރިކަން ހޯދައިދިނުމުގެ ބަދަލުގައި ވެރިކަމުގެ ކޮއިލުގެ ތެރެއަށް ދެން ވައްދަން ރައީސް މައުމޫން ބޭނުންފުޅުވީ ފާރިސް މައުމޫނެވެ.

ފާރިސް އަށް ވެރިކަން ހޯދުމަށް ހިނގަން އޮތް މަގު ކުރުކޮށްލުމަށް ރައީސް މައުމޫން އިހްތިޔާރު ކުރީ ޣައިރު ޤާނޫނީ މަގެކެވެ. އެއީ ރިޝްވަތުގެ ހުތުރު އަމަލެވެ. މިހުތުރު އަމަލުގެ ތެރެއިން މިހާރު ފުލުހުންގެ ތަޙްޤީޤަށް ކަށަވަރު ކުރެވޭ މައުލޫމާތުތަކުން އަދި މާނުރައްކާތެރި އިތުރު ކަމެއް މިވަނީ ފާހަގަ ކުރެވިފައެވެ.

އެއީ ގައުމު އަނދަގޮނޑި ޖަހާފައި ވެސް ވެރިކަން ހޯދުމުގެ މަސައްކަތް އެބޭފުޅުން ކުރުމެވެ. ގައުމުގެ "ހަތަރެސްފައި ބަނދެފައި" ވެސް ވެރިކަން ލިބިއްޖެނަމަ އެބޭފުޅުންނަށް މައްސަލައެއް ނެތެވެ. އެކަން އެނގެނީ ފާރިސް މައުމޫން، ޔުމްނާ މައުމޫނަށް ފޮނުވި ސިޓީންނެވެ.

ފުލުހުންގެ ތަޙްޤީޤަށް ލިބިފައިވާ އެސިޓީގައި ފާރިސް، ޔުމްނާ އަށް ލަފާދެއްވާފައި އޮތީ އިންޑިއާ މެދުވެރިކޮށް ރައީސް ޔާމީންގެ ސަރުކާރަށް ދަތި ކުރާށެވެ. ދިވެހި ރައްޔިތުންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި ދަތިކޮށް އެކަމުން ސަރުކާރަށް ޕްރެޝަރު އިތުރު ކުރާށެވެ. ދިވެހިންނަށް އިންޑިއާ އިން ވިސާ ލިބުން ދަތިކޮށް، އެކަމުގެ އުނދަގޫ ރައްޔިތުންނަށް ފޯރުވާށެވެ.

ދެން އިދިކޮޅު ޤާނޫނީ ވަކީލުން ވިދާޅުވާނީ އެއީ ފާރިސްގެ ސިޓީއެއް ނޫނެވެ. ސިޓީއެއް ލިޔެ އެސިޓީ ކަޅުފޮއްޓެއްގައި ރައްކާ ކޮށްގެން އުޅުމަކީ ޖޯކެކެވެ.

އެބޭފުޅުން ގަބޫލު ކުރަން ބޭނުން ނުވާ ޙަޤީޤަތަކީ މިޒަމާނަކީ ލިޔުމެއް ލިޔެފައި ވަނީ ކާކުކަން ޝައްކެއް ނެތް މިންވަރަށް ޔަގީން ކުރެވެން އޮތް ޒަމާނެވެ. ފޮރެންސިކް ތަހްލީލްތައް ވަނީ އެވަރަށް ކުރިއަރާފައެވެ. އެހެންކަމުން "ތިއީ ޖޯކެކޭ" ވިދާޅުވެގެން މައްސަލައިން ބޯދަމައެއް ނުގަނެވޭނެއެވެ.

އިންޑިއާ މެދުވެރިކޮށް ނުވަތަ އެހެން ގައުމެއް މެދުވެރިކޮށް ރާއްޖެއަށް ދަތި ކުރުމުން ގެއްލުން އެލިބެނީކީ ރައީސުލްޖުމްހޫރިއްޔާ އަކަށް ނޫނެވެ. އަދި ސަރުކާރަކަށް ވެސް ނޫނެވެ. އެކަމުގެ ގެއްލުން އެންމެ ބޮޑަށް ތަހަންމަލް ކުރަން ޖެހޭނީ ނިކަމެތި ރައްޔިތު މީހާ އެވެ.

އަގުބޮޑުކޮށް ކާޑު ގަންނަން ޖެހޭނީ ރައްޔިތު މީހާ އެވެ. ބޭސްފަރުވާ ހޯދަން ދަތި ވާނީ ރައްޔިތު މީހާ އަށެވެ. އެއާޕޯޓްތަކުގައި ގިނަ ވަގުތު މަޑުކޮށް ގިނަ ސުވާލުތަކާއި ކުރިމަތިލާން ޖެހޭނީ ރައްޔިތު މީހާ އެވެ.

ރައީސް ޔާމީން ރާއްޖޭގެ ވެރިކަމަށް ގެނައީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. ފަސް އަހަރު ހަމަވުމުގެ ކުރިން ފައިސާގެ ނުފޫޒާއި، އާރާއި ބާރު ބޭނުންކޮށް ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ވެރިކަން ވައްޓާލަން މަސައްކަތް ކުރުމުގެ ޙައްޤެއް އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ.

ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު ޑިމޮކްރަސީގެ އަސާސަކީ އިންތިޚާބުން ވެރިކަން ބަދަލު ކުރުމެވެ. އިންތިޚާބު ކުރާ މީހަކަށް އޭނާގެ ދައުރު ފުރިހަމަ ކުރުމުގެ ފުރުސަތު ދިނުމެވެ. ނަމަވެސް ޑިމޮކްރަސީގެ މެޑެލް ޖަހައިގެން ރާއްޖޭގައި މިތިބަ ސިޔާސީ ބޭފުޅުންނަށް މިއަސާސު ގަބޫލެއް ނުކުރެވެއެވެ. އެބޭފުޅުން ބޭނުމީ ވެރިކަމެވެ. ކޮންމެ ގޮތެއް ހަދައިގެން ވެސް ވެރިކަން ލިބިއްޖެއްޔާ ނިމުނީއެވެ.

ރައީސް މައުމޫނާއި، ރައީސް ނަޝީދުގެ ސިޔާސީ ފިކުރު ވަރަށް ތަފާތެވެ. ނަމަވެސް ދެބޭފުޅުން ސިޔާސީ ހުރިހާ ފިކުރެއް ދޫކޮށް، އެއް މިސްރާބަކަށް ދަތުރުފެށީ ދެބޭފުޅުން ކުރެ އެއްވެސް ބޭފުޅަކަށް އަނެއް ބޭފުޅަކު ރަނގަޅު ވެގެންނެއް ނޫނެވެ. އެއީ ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރެވޭނެ އިތުރު އެއްވެސް ގޮތެއް ނެތުމުން ކުރި ކަމެކެވެ. އެމަޤުޞަދު ހާސިލް ވާން އޮތީ އެގޮތައް މަސައްކަތް ކުރުމުން ކަމަށް ވާތީއެވެ.

ރައީސް ނަޝީދު ރާއްޖެ އަށް ބޭރުގެ ސިފައިން އަންނަން ވެސް ގޮވާލައިފިއެވެ. ރައީސް ނަޝީދު ވަރަށް ފާޅުގައި ލާދީނީ ކަންތައްތަކަށް ހިތްވަރު އެބަދެއެވެ. ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުން ތައްޔާރުކުރި ޤަރާރެއް އީޔޫގެ ޕާލަމެންޓުން ފާސްކޮށްފިއެވެ. އެޤަރާރުގައި ދިވެހިންގެ ދީނާއި، ދިވެހިންގެ ޤާނޫނު އަސާސީ އާއި ބީރައްޓެހި ކަންތައްތައް ހިމަނާފައި އޮތީ ދޮން މީހުން ހިތްރުހޭ ގޮތަކަށް މަސައްކަތް ކޮށްގެން ނޫނީ ވެރިކަން ބަދަލު ކުރަން ދޮން މީހުންގެ އެހީ ނުލިބޭނެތީއެވެ.

ގައުމު ބަނޑަށް ޖައްސާފައި ވެސް، ގައުމުގައި ދީނީ މިނިވަންކަން ދީފައި ވެސް ބޭނުމީ ވެރިކަމެވެ. ވެރިކަމުގެ ފޮނި މީރުކަމާއި ލައްޒަތެވެ. ވެރިކަމުގެ އާރާއި ބާރެވެ. ވެރިކަން ހާސިލް ކުރުމަށް ޑިމޮކްރަސީގެ ހަމަތައް ދޫކޮށްލަން ޖެހުނަސް، ލާދީނީ ވާން ޖެހުނަސް އިދިކޮޅުގައި މިތިބަ ބޭފުޅުންނަށް މައްސަލައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޙަނު

    ފާރިސް ހިއްވަރު ކުރާތި އޮމަދޫ އޮތީ ފާރިސް އާ އެކު

  2. ބަލާތި

    އިދިކޮޅުން ނެރޭނީ ކެނެރީގެ ނަޝީދު އެއީ ރިޔާސީ ކެންޑިޑޭޓަކަށް ނަމަ އެއީ ކަނޑުގައި އަޅާލާ ރޮނގެކޭ. އޭނާ އަށް ވުރެން އެތައް ގުނަ އެއް މޮޅު އަދި އޭނާ އަށް ވުރެން ބޮޑަށް ދިވެހި ގައުމު ދެކެލޯބިވާ އަދި އޭނާ އަށް ވުރެން މޮޅަށް މިގައުމު ގަވަރން ކުރެވިދާނެ ދިވެހި ދަރިން އެމްޑީޕީ ގައި ތިއްބާ އޭނާގެ އާއިލާ އިން ކޮރަޕްޝަންގެ އުސޫލުން އޭނާ އަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަން ދޭން ވެގެން މަކަރާއި ހީލަތުން އެކަން ކުރާތީވެ ސިޔާސީ ޕާރޓީ ތަކުގެ ޕްރައިމަރީ ބާއްވަން ޖެހޭނީ އިލެކްޝަންސް ކަމިޝަންގެ ބެލުމުގެ ދަށުން ކަމަށް ނިންމުމަށް ޓަކައި އަވަހަށް މިއަންނަ ހަފްތާ ގައި ގާނޫނެއް އެކަމަށް ފާސް ކުރަންވީއޭ. އެއިރުން ޔަގީން ކެނެރީގެ ނަޝީދެއް ނުހޮވޭނެ އެމްޑީޕީގެ ޕްރައިމަރީގައި ރިޔާސީ ކެންޑިޑޭޓަކަށް. އެއީ ޔަގީންވެ ކަށަވަރުވާ ކަމެކެވެ. އެއް ފަހަރުވެސް އޭނާ އަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ހޮވުނު މީހެއް ނޫނޭ ރަންރީނދޫ ޓްވިޓަރޭ މެން ވޯޓް ގައި މަކަރާއި ހީލަތް ހަދަނީ އަބަދުވެސް.

  3. ޢަލީ ހަމީދު

    މިގައުމުގެ ނައިބުރައީސް. ކިބިގަސްދޮށުގޭ ފާރިސް މައުމޫނު.

  4. ޑަބިޔާ

    މިހާރު ވެރިކަމުގަ ހުރި މީހާ ވެސް ހިމެނޭ ގޮތަށް.

  5. ދެޓްފަސްގަނޑު

    ވަރައްބޮޑު ތެދެއްމިއީ

    • ގައުމު

      ޔާމީން މީގެ ތެރެއަށް ނުލީމާ މީ ވަކިފަރާތަށް ޖެހިފައި އޮތް ލިޔުމެއްކަން ޔަގީންވޭ.

  6. ބޮލިހިލާ

    އިދިކޮޅު ސިޔާސީ ޕާރޓީ ތަކަށް ނުވެސް ނެރެވޭނެ އެއް ކެންޑިޑޭޓެއް. ފުރަތަމަ ކަމަކީ ކެނެރީގެ ނަޝީދު ވާ ޕްރޮމިސް ތަކަކީ އެއީ ކަނޑުގައި އަޅާލާ ރޮނގު ކަމަށްވާތީވެ އޭނާ ދައްކާ ވާހަކަ އަށް ޖޭޕީ ވެސް އަދި އަދާލަތު ވެސް އިތުބާރު ނުކުރާނެ ތީއެވެ. އެމްޑީޕީ ގައި މިހާރު ތިބި ސައްހަ މެމްބަރުންގެ އަދަދަކީ އެއީ 5 ހާސް މެމްބަރުންނެވެ. ދެން ތިބީ ފޭކް މެމްބަރުންނެވެ. ޖޭޕީ ގައި ތިބޭނީ 1500 މެމްބަރުންނެވެ. އަދާލަތުގައި ތިބޭނީ 10 މެމްބަރުންނެވެ. ދެން މިމެން މީޑިއާ ބޭނުން ކޮށްގެން މިމެންގެ މާ ބޮޑު ސަޕޯރޓެއް އޮތް ކަމަށް ދައްކަނީ. އެމްޑީޕީން މިހާރު ވެސް ކޮންމެ ރެއަކު އެމެންގެ ކުނި ވަސް ލަޑާ ހަރުގެ ދޮަށަށް ހަކެނާ އެއްކޮށްގެން ޔާރާ ދިލްދާރާ ލަވަ ޖަހައިގެން ނިކަގަހުގެ ބުޑޭ މެން ބުޑު އަނބުރާ ސަރެގަމަ ޑާންސް ޖައްސާ އެއިން ކެއްކޭ އަދި ކެއްކޭނެ އެއްވެސް ޑޮންޑޮނެއް ނުހުންނާނެ ކަން މިހާރު ދިރި ތިބި ކޮންމެ ބަޔަކަށް ވެސް އިނގޭނެއޭ. މަމެން ޕިންކީން ނޭ ވެރިކަމުގައި މިތިބީ. ތަމެން ރަންރީނދޫ ޓްވިޓަރޭ ހުޅުދޫ ސަންތިމަރިޔަނބޭ ހުޅުދޫ ކަހުރަބު ޖިންނިއޭ ދަގަ ދެން ހުޅުދޫ ދިގު ފަރަށް ބޮލިހިލަން. ދަގަ ދަގަ ދަގަ ބޮލިހިލަން. ބޮލިހިލާ ދޯ.

  7. ޯހަޤީގަތް

    .ތިހުރިހާ ނުބައެއްވެސް ނަސްރީނާ

  8. ދެކުނު

    ތީތެދެއް ޔާމީން ބޭނުންވަނީ ވެރިކަަން ރައްޔިތުން ކޮށާލާފަވެސް

    • އަހުމަދު

      ލިބޭނެ އިރާދަކުރެއްވިއްޔާ...،

  9. މުހައްމާ

    ޤައުމަކީ ފާރިޝް އާއި މައުމޫނާއި އައްނި އާއި ޤާސިމެއް ނުން!
    ޤައުމުގެ މައްސަލަ އަކަށް ވާނީ ޤައުމުގެ އިސްލީމް ދީންނާއި ވަހްދަތާއި ޤައުމުގެ އިގްތިސާދު އަދި ޤައުމުގެ އަމަން އަމާން ކަމެވެ. މިެއިން ކަމެއްގެ ވާހަކަ ނުދައްކާ، ޤައުމުގެ ވާހަކއޭ ކިޔާފައި ކުއްވެރިންތަކެއްގެ ވާހަކަ ތިޔަ ދައްކަނީ ޤައުމުގައި ތިބި މޮޔައިން ކަމަށް ހީކޮށެވެ.
    ހަނދާން ކުރާށެވެ. ޤައުމަކީ ކުއްވެރިންނެއް ނޫނެވެ.

  10. ތުއްތު

    މި ކަލޭގެ މޫނުގައިވެސް ހުރޭ ޔަހޫދީ ސިފަތަކެއް

  11. ބޮލި މުލައް

    މަދު މީސްކޮޅެއް ދިރިއުޅޭ ދިއްގަރު ދާއިރާގެ ކަންކަން ނުބެލުނު މީހަކަށް ވެރިކަމަށް އަރާ ޤައުމެއްގެ ރައްޔތުންގެ ކަންކަން ބެލިދާނެތަ؟ މިސޮރުމެން ހީކުރަނީ ހާހެކޭ

  12. ދަނޑިދަމާ

    ޖެނެރަލް މެނޭޖަރސް ފޯރަމް ބާއްވާތާ 2 އަހަރު ވަނީއޭ ގިނަ ރިސޯރޓްސް ތަކުގައި ތިބޭ ދޮން ޖީއެމް މެންނަކީ ކައިކައިގެން ބަނޑު ދަމަ ދަމާ ނިދަން ތިބޭ ބަޔެކޭ އެމެން އެއްވެސް މަސައްކަތެއް ނުކުރެއޭ މަމެން ބުނީމާ ގަބޫލުކުރާށޭ މަމެން ބަލާފައޭ މިބުނަނީ އެމެން އެއްވެސް ލޯތްބެއް ނުހުރެއޭ ރާއްޖެ ދެކެ ތިޔާއީ ދޮން މީހުންނޭ ތިޔާ މީހުން ރާއްޖެ ދެކެ ލޯތްބެއް ނުވާނެއޭ މަމެން ގަބޫލު ނުކުރާނަމޭ. އެކަން ނޫންތޭ ފެނިގެން މިދިޔާ ޖެނެރަލް މެނޭޖަރސް ފޯރަމް ބާއްވާތާ 2 އަހަރު ދުވަސް ވެފައިވާއިރު އަދި ވެސް ރިސޯރޓްސް ތަކުގެ އެކި ޑިޕާރޓްމެންޓްސް ތައް ހިންގާ އެސްއޯޕީ އެއް ވެސް ލިޔެފައި ނެތޭ މަމެން އެޗްއާރުގައި އުޅޭ އެޗްއާރު ޑިރެކްޓަރެއް ގާތުން އެއް ދުވަހު އަހާލީމޭ ރިސޯރޓްގައި ކިތައް ޑިޕާރޓްމެންޓް ހުރޭތޭ އެ ގަމާރު ބުނީ ތިމަންނާ ބަލާލާފައި އޭ އިނގޭނީ ބުނަން ދެން މަމެން އެެހިން އެޗްއާރުގައި އުޅޭތާ ކިހާ ދުވަހެއް ވެދާނެތޭ ބުނީ ތިމަންނާ އެޗްއާރުގައި އުޅޭތާ 5 އަހަރުވަނީއޭ. މިއަށް ވުރެން މާ ރަނގަޅު ނޫންތޭ އެމެން ދަނޑި ދެމިނަމަވެސް