ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރަށް މާދަމާ ބަރާބަރު 15 މަސް ދުވަސް ހަމަވާނެއެވެ. ކޯލިޝަނަކުން ވެރިކަމަށް އައި ސަރުކާރުން ކޮށްދިން ކަންތައްތަކަށް ވުރެ ގިނައީ ކުރަން ޖެހި ނުކުރެވި ހުރި ކަންތައްތަކެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވަމުން އަންނައިރު ހުދު ސަރުކާރުން ވެސް ގަބޫލު ކުރާ ހަޤީޤަތެއް އެބައޮތެވެ. "ސަރުކާރުގެ ސްޕީޑް ލަހެވެ. ބޭނުންވާ ނަތީޖާއެއް ބޭނުންވާ އަވަސް މިނެއްގައި އަދި ނުނެރެވެއެވެ." އެހެންކަމުން ކައުންސިލް އިންތިޚާބު ކާމިޔާބު ކުރަން ސަރުކާރުން މިވަނީ މޮޅު ފަންޑިތައެއް ހަދަން ޖެހިފައެވެ. އެމަސައްކަތް ކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި މިހާރު އެންމެ ހޫނުވެފައި މިވަނީ ވަޒީފާއާބެހޭ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހްތަކެވެ.
ވަޒީފާ އަދާކުރާ މީހުންގެ ޙައްޤުތައް ހިމާޔަތް ކުރުމަށް ޤާނޫނުތަކަށް މުޅި ދުނިޔެ އިން ހެޔޮ ބަދަލުތައް ގެންނަމުންދާއިރު ރާއްޖެ އިން ތައްޔާރުވެފައި މިވަނީ ފަހަތައް ފިޔަވަޅެއް އަޅާށެވެ. ޕްރޮބޭޝަންގެ މުއްދަތު ހަމަސް ދުވަހަށް އިތުރު ކުރުމާއި، ސަލާމްބުނުމުގެ ފުރުސަތު އެއްކޮށް ބަންދުކުރުމާއި، ސާވިސް ޗާޖް ދެމުން އަންނަ އުސޫލު ބަދަލުކުރުމާއި، ވަޒީފާ އިން މުވައްޒަފު ވަކިކޮށްލުން އެއީ ބޭނުން ކޮންމެ ވަގުތަކު ވަޒީފާދޭ ފަރާތައް ކުރެވޭނެ ކަމެއް ކަމަށް ހަދަން ސަރުކާރުން މިއޮތީ އިސްލާހް ހުށަހަޅާފައެވެ.
ވަޒީފާއާބެހޭ ޤާނޫނަށް އަލަށް ގެންނަ އިސްލާހްތަކުގެ ސަބަބުން އެތައް ކަންބޮޑުވުމެއް އުފެދިފައި ވާއިރު މިހާރު ވަޒީފާ އަދާކުރާ މީހުންނަށް ކުރިމަތިވެފައިވާ ގިނަ ދަތިތަކަށް ހައްލެއް ވެެސް ގެނެވޭނެ ގޮތެއް ނެތެވެ. ޤަވައިދުން މުސާރަ ނުލިބޭ މުވައްޒަފުންގެ ޙައްޤުތަކަށް މިބިލްގައި ވަކި ހާއްސަކަމެއް ނެތެވެ.
ރަސްމީ ބަންދު ދުވަހު މަސައްކަތް ކުރަން މަޖުބޫރުވެފައިވާ ފިހާރަތަކުގެ މުވައްޒަފުންނާއި، ރެސްޓޯރެންޓްތަކުގެ މުވައްޒަފުންނާއި ޕްރައިވެޓް އެހެން އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޝަކުވާތަކަށް ނިމުން ގެނެވޭނެ އިސްލާހެއް ވެސް ބިލްގައި ހިމަނާފައެއް ނެތެވެ.
މިއިސްލާހްތަކުގެ މައްސަލަ ހޫނުވެ ސަރުކާރަށް ފާޑުކިޔުން އަމާޒުވުމުން އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވަނީ ޤާނޫނަށް އިސްލާހް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެއާއި އެކު ސަރުކާރުގެ ހެޔޮފުޅު ކަމުން ރައްޔިތުންގެ އަޑު އަހައި، ހެޔޮ ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމައިފި ކަމަށް ބުނެ އެމްޑީޕީ މެންބަރުންގެ ހެޔޮ ދުޢާތައް ސަރުކާރަށް މިއަންނަނީ ލިބެމުންނެވެ.
ހަޤީޤަތަކީ ބިލް މިގޮތައް ޑްރާފްޓްކުރިއިރު ވެސް މިއީ އާއްމު ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވާނެ ކަމެއްކަން ސަރުކާރަށް އެނގޭނެއެވެ. ނަމަވެސް އެގޮތައް ބިލް ޑްރާފްޓްކޮށް ހުށަހެޅުމުގެ މަޤުޞަދަކީ ރައްޔިތުން ކެކިއަރައި ގަތުމުން "ސަރުކާރުގެ ހެޔޮފުޅުކަން" ދައްކަން ބިލަށް ބަދަލުތައް ގެނައުމެވެ.
މިއީ "ސްކްރިޕްޓް ލިޔެވިގެން" ދުރާލައި ރާވައިގެން ކުޅެމުން އަންނަ ފިލްމަކާއި އެއްވެސް ތަފާތެއް ނެތެވެ. ބޭނުމަކީ ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވަމުން އަންނައިރު ސަރުކާރަށް ކުރިމަތިވެފައި އޮތް ފާޑުކިޔުންތަކުން ސަލާމަތްވެ، ސަރުކާރުގެ ހެޔޮފުޅުކަމާއި، ރައްޔިތުންދެކެ ސަރުކާރުން ލޯބިވާ މިންވަރު ދައްކާލައި ދިނުމެވެ.
ވަޒީފާއާބެހޭ ޤާނޫނު ހަމައެކަނި އެޓާނީ ޖެނެރަލްއާ އިކޮނަމިކް މިނިސްޓަރު އެކަނި ތިއްބަވައިގެން، ރޭގަނޑެއްގެ ދެބައިކުޅަ އެއްބައިގައި މަސައްކަތް ކުރައްވައިގެން ތައްޔާރު ކުރައްވާނަމަ އެއީ ގޯހެކެވެ. މުހިއްމު ބިލްތައް ޑްރާފްޓްކޮށް، މަޖިލީހަށް ހުށަހަޅަން ޖެހޭނީ އެބިލަކާއި މެދު އާއްމުންނާއި، ކަމާގުޅުންހުރި ދާއިރާތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްފަހުއެވެ. އެކަން ނުކުރެވޭނަމަ އޭގެ މާނައަކީ ސަރުކާރުގެ ފަރާތުން ޤާނޫނުތައް އެކުލަވާލުމުގެ މަސައްކަތް ކުރައްވަން ތިއްބެވި ބޭފުޅުންގެ ގާބިލްކަމެއް ނެތެވެ. އެބޭފުޅުން އެވަނީ ފެއިލް ވެފައެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އީދު ޗުއްޓީ ދިގުކޮށްލި ނަމަވެސް އެއީ ސަރުކާރުގެ ހެޔޮފުޅު ކަމުގެ ލަގަބު ހޯދަން ކުރިކަމަކަށް އޮންނަނީ ވެފައެވެ. ކާޑުގެ އަގު ބޮޑުކުރުމަށް ފަހު އިންތިޚާބު ކައިރިވެފައި ވަނިކޮށް އަނެއްކާ އަގު ކުޑަކުރުން އެއީ ވެސް ސަރުކާރުގެ ހެޔޮފުޅުކަން ދައްކަން ކުރާކަމެއްގެ ގޮތުގައި ސިފަކުރީ މިހާރު ސަރުކާރު ހިންގަން މިތިއްބެވި ބޭފުޅުންނެވެ.
ސަރުކާރުގެ ހެޔޮފުޅުކަން ދައްކަން ރައީސް ޞާލިހްގެ ސަރުކާރުން ވެސް ކިތަންމެ ކަމެއް ކޮށްފިއެވެ. އެމްޑީއެން އުވާލުން، ކަރަންޓް ބިލް އަގުހެޔޮ ކުރުން ފަދަ އެތައް ކަމެއް ކޮށްފިއެވެ. ފެންނަ މަންޒަރަކީ ރައީސް ޞާލިހް ވެސް ރައީސް ޔާމީން ހިންގެވި މަގުން ހިންގަވާ ތަނެވެ. ނަމަވެސް ނަތީޖާއެއް ނުފެނެއެވެ. ބެލެންޝީޓްގައި އޮތީ ސުމެކެވެ.
އަބަދުވެސް ކޮންމެވެސް މޮޅު ވާހަކައެއް ބުނެފަ ރައްޔިތުންނަށް ވަރަށް އޯގާތެރިވެރިކަމެ ތިޔަކުރައްވަނީ
ހަހަހަ އަޅެ ހަމަ ގޮލައެއްބާ
ރާއްޖޭގެ ވެރިކަމަށް މިހާތަނަށް އައި ސަރުކާރުތަކުގެ ތެރެއިން ބަދަލު ދިނުމުގެ ނަމުގައި އާއިލީ މަސްލަހަތު އޮންނަ ކުންފުނިތަކަށް ރައްޔިތުންގެ ބަޖެޓުން މިލިޔަނުން މިލިޔަނުން ފައިސާ ދޫކުރަމުންދާ ކޮރަޕްޓް ސަރުކާރެއް. ޔާމީން ސަރުކާރުގައި ބޭންކު އެކައުންޓަށް ބަޔަކު ޖާމާކުރީ އެކަމަކު މި ސަރުކާރުގައި ބޮޑެތި އަދަދުން ކޯޓު މެދުވެރިކޮށް ބަދަލުދެނީ އެވެސް ވައްކަން މިވެސް ވައްކަން ތަފާތަކީ ކޯޓު މެދުވެރިވުން. ޖުޑީޝަރީ މިނިވަންވެއްޖެ ޝުކުރިއްޔާ ތިވަރުން ފުދިއްޖެ.
ރައީސް ޔާމީން ވަރެއްނުވާނެ. އެއީ ހިކުމަތްތެރި ހިންގުންތެރި ލީޑަރެއް. ކޮށްދެއްވި އަގުބޮޑު މަސައްކަތްތައް ލޮލަށްފެނޭނުން
ކޮބާ.. މަބުނީ މިހާރު އެޖެންޑާ 19 ގެ ދަށުން ނަމަވެސް މަތިން ނަމަވެސް އަދި ތިރީން ނަމަވެސް ރިޒޯޓުގައި މަސައްކަތް ކުރާ ބޯއީއަށް ރޭކުރަން އަނބިގޮއްޔެ ކައިރިއަށް އާދެވޭހެއްޔޭ؟ މަޖުލިސް އިންތިޚަބުގައި އަންނި ބުނި އާދެވޭނޭ...
ދެން ރަށްވެހި ފަތިހަކަށް އަލިވިލޭއިރު އަނބިގޮއްޔެއަށް އަދި ފިރިސޮރަށް ޙައްޤުމިންވަރަކީ ސަލާމް ފޯމު ހޯދަން ދުވުންހޭ...
މިހާތަނަށް ވެރިކަމަށް އައި އެންމެ ނާޤާބިލް ސަރުކާރުގެ ލަޤަބު ލިބޭނީ. ވެރިކަމަށް ދޮޅު އަހަރު ވެގެން ދާއިރު ރައްޔިތުންނަށް ކޮންކަމެއްތޯ ކޮށްދެވުނީ؟ ނުކޮށްދެވުނުތާ މުވައްޒަފުންގެ އިތުރު ގަޑި ފައިސާވެސް ކަޑާލާއި ރައްޔިތުންނަށް އިތުރު ބުރައެއް ޖައްސައި ރާއްޖޭގެ އިޖުތިމާއީ ފޭރާން ވީދައި އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓު ނެރެ ލާދީނީ މިނިވަން ފިކުރު ނަމުގައި ރާއްޖެ ހަލާކުކޮށްފި
މިއީ ލަދުހަޔާތްވެސް ނެތް މީހާގަޑެއްދޯ
ލިބިދާނެ ލަގަބެއް އެންމެދޮހަދާ ރައްޔިތުންނަށް އޮޅުވާލާ ސަރުކާރުގެ ލަގަބު
މޮންޓޫޫ ޫޫ ، މިކަހަލަ ކޮމެންޓް ލިޔުނީމާ ފަޒްނާމެޑަމް ކޯފާވާނެ.
ވަރަށް ފުރިހަމަ ލިޔުމެއް! ދެން އަނެއްކާވެސް ހައްދުފަހަނައެޅި މީހުންނޭ ކިޔާ އޮޅުވާލާ. ހިތުން ރައްޔިތުން މިއީ ކަލޭމެން ކުޅޭ ޑްރާމާތަށް ނޭގޭ ވަރުގެ ގަމާރުންނޭ. މިވޯޓަށް ދެން ލަލަލާ!
މަގޭވޯޓެއް މިސަރުކާރުގެމީހަކަށް ނުދޭނަން
ހުވާކޮށްފަބުނަން ދެން އެމްޑީޕީއަށް މަގޭވޯޓު ހަރާމް
މިފަހަރުގެ ވޯޓުން ހެޔޮފުޅުކަން ދައްކާލާނަށް އިރާދަކުރެއްވިއްޔާ.
މިޤައުމަށް ޖެހިފައިވާ ބަލާފުޅެއްތީ. ވެރިކަމަށް އެރިއްސުރެ އެކިއެކި ހިތާމަވެރި ޙާދިޘާތައް .
އަމިއްލައަށް ވެސް އިސްތިއުފާ ދޭންވެއްޖެ ރަނގަޅު މީހަކުނަމަ. ޔާﷲ މިބަލާ ވެރިކަމުން އަވަސް ގޮތަކުން ސަލާމަތް ކުރައްވާށި އާމީން.
އާމީން....
އާމީން
މިސަރުކާރަކީ ރައްޔިތުންނަށް ޖެހިފައޮތް ބޮޑުބަލާއެއް
މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރި އެންމެ ލާދީނީ ސަރުކާރުގެ ލަޤަބު ލިބޭނީ
އިއްޒަތްތެރި ރައީ ސުލް ޖުމްހޫރިއްޔާ އެވެ މަނިކުފާނު ބޭނުންފުޅު ވަނީ. އެންމެ ހެޔޮފުޅު އޯގާ ތެރި ސަރުކާރަކައް ވާންތޯ އެވެ ތިއައްވުރެއް ޢޯގާތެރިކަން ކުޑަ ހުދުމުހުތާރުކަން ބޮޑު ވެރިއެއް ތާރީޚީ ފޮތް ތައް ކިއައި ލުމުންވެސް ފެންނާކައް ނެތެވެ ލަދެއް ހަޔާތެއް ހުރި މީޙެއްނަމަ އިސްތިއުފާދީފަ ހިންނަވަރު ނޫރާނީ ގެ އައް ބަދަލުވެއްޖައީހެވެ
ލަދުފުޅު ކޮބައިތޯ
މިއަށްވުރެ ދޮހަޅި ނާގާބިލް ލާދީނީ އިންސާފެއް ހަމެއް ލަަމައެއް ނެއް ނާގާބިލް ރައީސެއް އަދި ނުދެކެން 5ރައީސުން ގެ ވެރުކންދެކެފިން ނަސީދާ ސޯލިހަށްވުރެ ނާގާބިލް ރައީސެއް ނުދެކެން އެމްޑީ ޕީ އަކީ ނާގާބިލް ޔަހޫދީ ބައެއް އެނމެ ނާގާބިލ ވެރިކަން މިހާރު މިގައުމުގާ މިއޮތީ ރއްޔިތުން ހަފުސްވެ ފަނާވަނީ ގަްުމު އިނދަ ޖެހެނީ އިގްތިސޯފު އޮޔާގޮސް ގައުމު ބަނގުރޫޓްވަނީ މިވެރިކންއެބަޖެހޭ ދެވނަ ވިސްނުމަކަށް ދާން
މުދި ލަގަބު ލިބޭނީ. މިހާރު ހިތަށްއަރާ ކީއްލުރަން ހޮވި މީހެއްބާއޭ. ޢަރެއް ބާރެއް އޮތީކީއެއް ނޫން.
މިސަރުކަރުގަ އޮތީ އޮޅުވާލުމާ އަމިއްލަ ޖީބަށް ބަދަލުދިނުން.
ޢިއްޒަތްތެރި މަނިކުފާނު، އެންމެ ހެޔޮފުޅު ސަރުކާރުގެ ލަގަބު ހޯއްދަވަން ދެންރަނގަޅުވާނީ ނޫޅުއްވިއްޔާ، މިހާރު މަނިކުފާނު ސަރުކާރުގެ އޯތެރިކަން ރައްޔިތުންނަށް ފެނިއްޖެ. ތިވަރުގެ އޯގާތެރި ސަރުކާރެއް ދުނިޔޭގެ އެއްވެސް ޤައުމެއްގެ ރައްޔިތަކު ދެކުނުހެނެއް ހިއެއްނުވޭ، ތިޔަވިދާޅުވާ އޯގާތެރިކަމާ އެންމެ ގާތްކުރާ ވެރިކަމެއް ކުރިކަމަށް ބެލެވެނީ މުގާބޭ
ވަގުތު މިވާހަކަ ގެނެސްދިނުމުގެ މާކު ރިން މިވާހަކަ މީހަކާ ހިއްސާކު ރި ގޮތާއެއްވެސް ތަފާތެއް މިޚަބަ ރު ކިޔާލިއި ރުގަނެތް.
މީހަމަ ސީދާ މަކަރުވެ ރި ހީލަތްތެ ރި ރޭވުންގަނޑެއް. މީހަމަ ރައްޔިތުން ގުނބޯހައްދަން ތައްޔާ ރު ކޮށްކުޅޭ ޑް ރާމާއެއް.
ރައްޔިތުންނަށް ތިޔަވިދާޅުވާ އޯތެރިކަން ދައްކަން ދެންނޫޅުއްވާ، ރައްޔިތުން ހަނާކޮށްގެންނާއި ކުރެވުނުހާ ގޮތަކަށް އެންމެނިކަމެތި މީހާގެ ގޮހޮރުވެސް ފަރިއްކުޅުއްވޭތޯ ބައްލަވާ، ލައްކައެކޭ ހީފުޅުކުރެއްވިއަސް ތީހަމަ ސުމެއްގެ ސަރުކާރެއް، މިހާރު ރައްޔިތުންނަށް ކިތަންމެ ހިމަ ލޯވަޅަކުން ވަދެގެން ފުރުޞަތެއް ލިބުނަސް އެކަންއެނގޭނެ، ތެދުތެދައް ދަންނަވަންޏާ ބުނެވޭނީ ތިއީ ސާފުކޮށް ފެންނަންހުރި ހަމަހުސް ރީނދޫކުލައިގެ ރޮނގެއް
މަނިކުފާނު އެންމެ ރީތިވާނީ ދެކޮލުގަ ފުއްޖައްސަވައިގެން ގަނޑުވަރުތެރޭ އިންނެވިއްޔާ، ތިގޮތައް ދުވާލު މެންދުރު ރައްޔިތުންނަށް ހުވަފެން ދައްކަވަމުން ހިންގެވީމަ ރައްޔިތުންނަށް އެމް ޑީ ޕީ ރައީސެއް މަޖިލީހުގެ ރައީސެއް ރައީސުލް ޖުމުހޫރިއްޔާއެއް ވަކިކުރަން ނޭނގޭހިސާބަށް ކަންކަން ދާކަން އެނގިލައްވާތޯ
މިޤައުމުގަ ކެނެރީގެ ނަޝީދު ހުރެގެން ޤައުމު ރަގަޅުވާނެ ގޮތަކީ ނެތް ގޮތެއް މުޅިޤައުމު ހަލާކު ކުރަނީ ނަޝީދު
ރައްޔިތުންނޭ ހޭލާތިއްބަވާތި، ކައުންސިލްތަކާ މިތަނުގަ އޮތިއްޔާ އޮތްހާއެއްޗެއް އުނގައް އަޅައިދިނީމަ ދެންދައިގަންނަލެއް މާބާރުވާނެ، އެއްވެސް ބޭފުޅަކު ނޭވާއެއްލިޔަވެސް ނުދޭނެ ރޮލާ ކާންވެސް ފަށާފާނެ، ރައްޔިތުން ހޭލާތިއްބަވާތި، ކުރީގަވެސް ވީމޮޔަ ދެންވާނެވަރެއް ބުނާކަށްވެސް ނުކެރޭނެ
ރައްޔިތުންނަށް އޯގާތެރިވާން ރައްޔިތުން ފެލައިގެން (ނެގި ޢަދަދެއް ހާމަނުކުރޭ) ޖޫރިމަނާ ފައިސާ މިލިއަނުން ނަގައިގެން އެ ބޭނުންކުރަނީ ހެޔޮފުޅުސަރުކާރަށް މިނިސްޓަރުން އިތުރުކުރުމަށާއި ފަތިސް ކެމްޕެއިނަށް
ހެޔޮ ފުޅު ސްމައިލެއް ވެލާފަ މޮޅު ބަހެއް ބުނުމަކުން ނޫނެވެ. ހައްގު ތައް އަދާ ކޮށް ކެރިގެން އަދުލު އިންސާފު ގާއިމު ކޮށް ގައުމު ހިނގައި ގެނެވެ
އަހަރެންހިޔެއްނުކުރަން ކަލެޔެކީ ތިހަޔާތްކުޑަ ގޮތެއްފޮތެއް ނެތްމީހެއް ކަމަކަށް އަމިއްލަ އެދުންބޮޑުވެފަ ހަޔާތް ކުޑައީ ވަކިވަރަކަށް ނޫނޭދޯ.
ވޯޓޭ ނުކިޔާތި ހިލޭސާބަހަށް ރަންބެހިޔަސް މިފަހަރު ތިކަމެއްވާކަށް ނެތް ހެހެހޭ ގުބޯ ސަރުކާރު ކޮބައިތޯ މަސްވެރިނަ ށްހައްޤުވާމިން ވަރު ކޮބައިތޯ ލާދީނީ ރިޕޯޓު ނެރުނު ބައިގަނޑު ކަލޯ މިފަހަރު ލާރިދީފިނަމަ ލާރީގައި ހިފާނަން އެއީ އަހަރެމެން ރަށް ޔަތުންގެ ހައްޤެއް އެކަމަކު ރީނދޫ ކުލަ ޖެހިފަހުރި އެއްވެސް މީހަކަށް ވޯޓެއްނުދޭނަ ން ހެހޭ ދެން މިފަހަރު ތިބައިގަނޑު ހޭކެ ޑޭވަރުކުރާނީ ވޯޓުންތަޅާބަލިކޮށް ހެހޭ އެމްޑީޕީން ވޯޓަށް ބަހާލާރިޔަކީ ހަމަ ރަށްޔަތުގެ ލާރި ދީފިނަމަ ލާރީގައިހިފާ އެކަމަކު އެބައިގަނޑަ ށްވާނެމިފަހަރު ރަޔަތުގެ ވޯޓުން ބޮޑުތަނުން ނޫނެކޭ ބުނެ ވޯޓު ހައްޤުވަނީ ކާކަން ރީނދޫގުންޑާ ތަކަށް ދައްކާލަން ރީނދޫ ވައިރަސް ނަށްތާލަން ރަށްތަތުން ތައްޔާރުތޯ
ދިވެހި ތާރީހުދުއް އެންމެ ނާގާބިލު، އެންމެ ލާދީނީ ސަރުކާރުގެ ލަގަބުނޫން އެއްޗެއް ނުލިބޭނެ. މި ވެރިކަން އެންމެ ވައްތަރީ ދަރިއަކު ނުބެލޭވަރުގެ އަމަޔަކު ދަރިޔަކު ބަލަން އުޅޭގޮތާއި. ކާންދޭކަށް ބޯންދޭކަށް، ފެންވަރުވާކަށް ނޭންގެ.. ކޮނއމެ ކަމެއްކުރަން މާމައަށް ގޮވާހެން މި މީހުން މިގޮވަނީ މޯދީއަށް.
ތިކަމެއް ނުވާނެ ކަލޯ. ތިކަންފެއިލް ވެއްޖެ. ލިބިދާނެ ބައިތުލްމާލް ދަވާލާ ސަރުކާރުގެ ލަޤަބް.
މިސަރުކަރުގެ ސަބަބުން ރައްޔިތުން ހޭބަލި ކުރަނީ މިހާރު ކުރަމުންދާކަމަކީ ރޯދަޔަށް ތަކެތި އަނގުބޮޑު ކުރުމުގެ މަސައްކަތް ފަށައިގެން އުޅެނީ ފިޔައި، އަލުވި، މިރުސް ފަދަ އެންމެ ޢާއްމުކޮށް ބޭނުންވާނެ އަސާސީ ތަކެތިވެސް ފިސާރިއަގުބޮޑުކޮށްގެން ވިއްކުމުގެ ފުރުޞަތު ރައްޔިތުންނަށް މިސަރުކާރުން ދެމުންދާތީ މިސަރުކާރު ހެޔޮފުޅެއްނޫން. މީ ރައްޔިތުންގެ ހަލާކު
ރައީސް އޮފީހުގެ ކެބިން ތެރޭ އަރިއަރިޔަށް ހުރެ ފޮޓޯ ނެގުމާއި ސެލްފީ ނެގުމާއި އިސްލާމީ ދީނަށް އަދި މާތް ނަބިއްޔާ އަށް ފުރައްސާރަކުރަން މި ނުލަފާ ކަލޭގެ އަށް އިނގެނީ..
މަކަރުވެރި ބައެއް
އޯގާތެރި ވެރިކަން ސޯލިހް ކަން ދެން ކޮންކަމެއްތަ ބޭނުމީ އަތްޖަހާ ???
ޢެންމެ ކަޑަ ސަރުކާރު
އާނ ހެޔޮފުޅުކަމުންތާ އާސަންދައިން ބޭސްފަރުވާގެ ހުރިހާކަމެއް ހަމަޖެހޭނެޔޭކިޔާފަ ފޮނުވަނީ މިތާނގަ އައިސް މިޖެހެނީ ބޮޑުއަދަދެއްވިއްޔާ ހަމަނުޖެހިގެން ސަލާން ޖަހަން މިހާރުމީ މިފަރުވާޔައް އާދެވުނު 3 ވަނަފަހަރު މިފަހަރުވެސް މިތިބީ ފަރުވާ ކުރިޔައް ނުގެންދެވިގެން ސަލާންޖަހަން ހެޔޮފުޅުކަމުން މިބުރާންތިންނަކައް ނޭނގޭ މިތާތިބެން ދާހަރަދާ އުޅެންޖެހޭ ދަތި ހާލެއް އާސަންދަޔައް ގުޅީމަބުނަނީ ތީމިތަނުން ހަމަޖެއްސެން އޮތްކަމެއްނޫނޭ އެންސުޕާޔައް ލިޔުންތައް ހުށައަޅާށޭ އެތަނައް ހުށައަޅައިގެން އުޅޭތާވެސް މިވަނީ ހަފުތާއެއް އަދިޖަވާބެއްނުލިބޭ މިހިރީ ހެޔޮފުޅުކަން ހުރިވަރު އެބުނާހެޔޮފުޅުކަން އޮންނަނީ ރީނދޫކުލަޖެހިފަ ތިބި ލާދީނީ ބައިގަނޑައް އެކަނި އައްސަރިބަހާސާބަސް ތިޔަ ހެޔޮފުޅުކަމައް
ބޭނުމަކީ ޓީއެމްއޭގެ ވަގުޑީލް ގެ ފޯކަސްގެލުވާލުން.... އެކަން މަތިން ރައްޔިތުން ހަނދާން ނެތޭވަރުގެ އަޑެއްއަރުވާލުން....
މައެންމެ ދެރެވެފަ ހިނި އަންނަނީ، މަރިސޯޓް ބޯއިންތައް ޔާމީނަށް ވަގަށްގޮވާ ވެރިކަމުން ނުވެއްޓިގެން އުޅުނުތަން! މިހާރު މިވާގޮތް އެކުދިންނަށްއެގޭނަމަ ހެހެހެހެހެ
އެއްބަސް. އަހަރެމެނަށް ވިސްނިއްޖެ.
ޙަމައެކަނި އިސްޓިކާއިން ރައްޔިތުން ފެލާވަރުންވެސް ތިޔަ ލަގަބު ނުކިބޭނެ. ޢަމަލާ ބަހާ ދިމާނުވީމަ ކިޔަނީ ކީލޭތޯ؟ ޢިސްޓިކާ މަޢާފްކޮށް ނިކަމެތިންނަށް ތިޔަދޭ އަނިޔާ ހުއްޓާލާ. މިއަދު ރަައްޔިތުން އެންމެ ކަންބޮޑުވާ ކަމަކީ އިސްޓިކާ ޖަހައިގެން ތިޔަދޭ އަނިޔާ. ޢޯގާތެރިކަމަށް ދައުވާ ކުރާނަމަ ހުރިހާ އިސްޓިކާ މަޢާފްކޮށްދީ...
ހެހެހެ މިހާރުވެސް ފެއިލްވެފަ ހެޔޮފުޅުކަމުން...އިސްތިއުފާ
ކަލެޔަށް ޙައްޤުވަނީ އެންމެ ތަންދޮރު ނުފިލައި ރައީސްގެ ލަޤަބު!
ވެރިޔަކީ އަންނީ ތިޔަމީހާ ތީ ހަމަ ނަމެއް، ތިޔަ މީހާ ގެ އަގު ވެސް ވެއްޓުނީ ހަމަ އޭނަ ގެ ބަސް އިސްކުރީމާ، ދެން މޮޅު ވާހަކަ ދައްކާނެ ކަމެންނެތް ދެންދޭ އެޖެންޑާ ބަދިގެޔަށް ސައިބޯން ، ވޯޓުން ދައްކާނެ ނަތީޖާ މިނިމަމްވޭޖް، ވަޒީފާއާބެހޭ ގާނޫނުގެ އިސްލާހް ވެސް ފެންނާނެ ވޯޓުން.
ސްކޫލްތަކުގެ ހުދު ޔުނީފޯމް ކުލަ ޔުނީފޯމަށް ބަދަލުކޮށް ތިމާމެންގެ ސާފުކަން ދައްކަން އެމް ޑީ ޕީ ހުރިހާ ބޭފުޅުން ހުދު ގަމީސް ތުރުކުރައްވައިގެން ތަންތަނަށް ބިއްޖެހިފަ ތިއްބެވިއަސް ހުދެއް ރީނދުލެއް ކަޅެއް ވަކިނުވާވަރަށް ތިޔަތިއްބެވީ ކިލަނބުވެފަ ތިޔަބޭފުޅުންނާ ކުޑަކޮށްވެސް ގުޅޭނީ ކަޅު ގަމީހާ ކަޅު ޓައި އެއިރުން ތިޔަބައިގަނޑުގެ އަސްލު ސޫރަ ފެންނާނީ
ތިކަން ހާސިލް ވެއްޖެ ދެން ހޮޔޮ
ނުލަފާ ވަށްތަރަކަށް ހިނިފުޅު ވަޑުވައިގެން އިންނަވާ ރައްޔިތުންނަށް އަވާމެންދުރު ދައްކަވަން ނޫޅުއްވާ ވަގުތު ހޯއްދަވައިގެން މީހުންގެ މިކޮމެންޓްތަށް ވިދާޅުވުން މާރަނގަޅުވާނެ، އެއިރުން މިސަރުކާރަށް ރައްޔިތުންކުރާ ތާޢީދު އެނގޭނީ، ލަދުހަޔާތްކުޑަ ސަރުކާރެއް
މިހާ ރުވެސް ލަގަބުމަދެއްނޫން ، އެންމެލާދީނީ ، އެންމެނިވާކަންކުޑަ ، އެންމެމަސްތުވާ ތަކެތިގިނަ ، އެންމެޖިންސީފު ރައްސާ ރަގިނަ ،
އެންމެ އެއްޖިންސު ، އެންމެ ގޮތްނޭގޭމަ ރުގިނަ ، އެންމެ ބޮޑުބައްޖެޓަށް ވީގޮތްނޭގުން ، އެންމެދަތު ރު ޚަ ރަދުބޮޑު ، އެންމެ ހަ ރުމުދާވިއްކާ ، އެންމެ މަތިބަ ރުސިޔާސީމަގާމުގިނަ ، ފަޓްލޫނުލިޔަސް އެންމެ ނިވާކަންކުޑަ ، އެންމެހަޔާތްކުޑަ........... ސަ ރުކާ ރު ؟
އާބިދާގެ ދަރި ހުރެގެނެއް މި ގައުމެއް ރަނގަޅެއްނުވާނެ،އެއީ ސުންފާ މީހެއް
ހަރާންކޯރު ސަރުކާރު، ކޮރަޕްޓް ސަރުކާރު، ޤައުމު ދަވާލި ސަރުކާރު، ގުބޯގުބޯ ސަރުކާރު،
އިބު އިޒް އެކްސްޕަޔާޑް.........
ކައުންސިލް އިންތިހާބުގެ ނަތީޖާނިކުންނަގޮތަކުން އަންނިގެ އަސްލުސިފަ އާއި އޭނަގެ ސިއްރުއެޖެންޑާހާމަވެގެންދާނެ އަދިމިގައުމުގަ މިއޮއް ސައްތައިން ސައްތަ އިސްލާމީގައުމެއްގެނަންނިމުމަކައް އަންނާނެ އެހެންދީންތަކުގެމީހުނައް މިގައުމުގެ ރައްވެހިކަންލިބިގެން ދާނެ..ދިވެހިންހޭއަރާ މިފަހަރު ވޯޓު އެމްޑީޕީ އައް ނޫނެކޭބުނުއްވާ....
އެންމެ ޚަރަދުބޮޑު އެންމެ ކަމެއްނުކުރެވޭ ސަރުކާރު. މިލަގަބު ހައްގުވަނީ.
ކޮންއޯގާތެރިއެއްތޯވެވޭނީ އެއުޅެނީ 19000 އަކަފޫޓް އެބުނާތީއެމްއޭއައްނުދެވިގެން ކަރަޕްޝަނައް މަގުފަހިވާގޮތައް މިމާލެޔާ ހުޅުމާލޭގެ ބިންތައް ހިސޯރުކޮއް މިމާލޭގެ ރައްޔިތަކައް ބިންކޮޅެއްދޭންވީމަ ބޮޑުވަނީ ޔާމީނުސަރުކާރުގައި ހުޅުމާލޭން ބިންވިއްކާވާހަކަ ބުނާއިރައް އޭސީސީން ނުނިކުމެ އެކަން ހުއްޓުވީ ތިޔަބައިމީހުން މާކުޑައްގެއްގަ ވިއްކަނިއްޔޭ ކިޔާފައި މިހާރު ޓިއެމްއޭ އަށް މިއުޅެނީ ކުރީގެ ސަރުކާރުގެ ބޮލުގަ އަޅުވާފައި ހިލޭކަހަލަގޮތަކައް ދޭން ދެން ކޮންއޯގާތެރިއެއްތޯ ވެވޭނީ ޙުދުތިމާމީހާގެ އަނބިދަރިންގެވެސް ހައްގެކޭ މިމާލޭން ރައްރަށުގަ ލިބޭހެން ގޯތިލިބުން ދެން ކާކުގެ ހައްގެއްދޯ ހޯދާދެވޭނީ ވެދުން
ފުރަތަމަ އަޑުއެހުން އެއީ ބިލްގެ ފެށުމުގެ މަރުހަލާ ، އެޖެންޑާ19 އޮތީ މަޖްލިހުގައި މަޖްލިހުން ކޮމެޓީޯތައް ލައިވް ކޮށް އެދަނީ ދައްކަމުން ، މަޖްލިހުގެ ފޮލޯ ގައި އެދަނީ މެންބަރުން މިނިވަންކަމާއި އެކު ބަހުސްކުރަމުން އެތަށް މަރުހަލާއެއް ކަޑަތުކޮށް އެދަނީ ރައްޔިތުންގެ ހިޔާލަށް ހުށަހެޅި ހިޔާލުތައްވެސް ބަލައިގަންނަމުން!
ކަލޭގެ ބައިފައިބޭ ކަލެއަށް ތިޔަބުނާ ލަގަބު ދީފާނެ ހަމަގައިމުވެސް އިންސާފުވެރި ނަޒަރިއްޔާތަކުން ބަލައިގެނެއް ކަލެއަކަށް "އެންމެ ހެޔޮފުޅު ސަރުކާރު" ގެ ލަގަބެއް ނުލިބޭނެ
ދެން އަވަހަށް ބުއި
ތި ލަގަބެއް ނުލިބޭނެ
މާނަޔަކީ ދަވްލަތް ދަރަނި ވެރިކުރުވަ ދަރަންނަށް ނަގާ ޕާޓީ މީހުނާ ރައްތެހިންގެ ޖީބުތައް ފުރާލަ ދިނުންތޯ ؟އޭރުން އެންމެ ހެޔޮފުޅު ސަރުކަރުގެ ލަގަބު ދޭނަމަ ގައުމަށް އެންމެ ބޮޑު ހިޔާނާތެއްވި ވެރިޔާގެ ލަގަބު ވެސް ލިބިދާނެ.
އެންމެ ވަގުފުޅު ސަރުކާރު ތިއީ..!
ކިހިނެތްތޯ ތިލަގަބު ދޭނީ . ޑެން ބޭނުން އެކަމު ހުރުހަކުދިން ކިޔަވަން ލޯނުދޭނަމޭ ވިދާޅުވި އެކަމަކު އެތަނެއް ނުފެނޭ. 3 ފަހަރު ލާއިރުވެސް ބުނަނީ ކޮލިފައިޑް އެކަމު ނޮ ސްލޮޓް. ތިބޭފުލާޔައް ޅޮނުގެ މާނަ އެގޮލައްވާތޯ. ތިހާ ހެޔޮﷲުޅިން ކިވަނ ބޭނުނަވާކުދިނަ ނައް ލޯނުދީ އެލޯނުން ރިކަވަރްކުރާނެ ރަގޅުނިޡާމެއް ގާއިމްކުރަން ވިނުންތޯ.
މީވާ އޯގާތެރި ސަރުކާރެއް ރައްޔިތުމީހާ ފެލުން ނޫންކަމެއް ނުކުރޭ މީ އަނިޔާވެރި ޖާހިލު ނުބައި ނުލަފާ ޖައްބާރު ވެރިކަމެއް އަނިޔާވެރި އަބްރަހާ މިހާރުން މިހާރައް އިސްތިއުފާ
ހަމަ އެންމެ ހެޔޮފުޅު..
ޢެންމެ ހެޔޮފުޅު ސަރުކާރުގެ ލަގަބު ނުދެވޭނެ. އެހެންބައެއް ލަގަބު ދެވިދާނެ.
_ ލާދީނީ ސަރުކާރު
_ ތިޖޫރި ކާލާސަރުކާރު
_ ޔަހޫދީ ދީންފަތުރާ ސަރުކާ
_ ކޮރަޕުޝަން ސަރުކާރު
_ ޕާ ޓީ މީހުނައް މަގާމުތައްދޭ ސަރުކާރު
_ ސިޔާސީ މަގާމުތައްގިނަ ސަރުކާރު
_ ވައުދުވެފަ ވައުދު ނުފުއްދާ ސަރުކާރު
_ ދިވެހި ލޮބުވެތި ރައްްޔިތުން ބިކަ ކުރާ ސަރުކާރު
_ މާލެ އާ ރާއްޖެތެރެ ތަފާތު ކުރާ ސަރުކާރު
_ ނުހައްގު އަދަބުދޭ ސަރުކާރު
_ އަމާ ބުނީތީ ފަރައްދާ އުސޫލުއް ހިއްގާ ސަރުކާރު
މީދެވިދާނެ ބައެއް ލަގަބު އަދިވެސް ބައިވަރު ލަގަބު ދެވިދާނެ.
ޢެންމެ ހެޔޮފުޅު ސަރުކާރުގެ ލަގަބު ނުދެވޭނެ. އެހެންބައެއް ލަގަބު ދެވިދާނެ.
_ ލާދީނީ ސަރުކާރު
_ ތިޖޫރި ކާލާސަރުކާރު
_ ޔަހޫދީ ދީންފަތުރާ ސަރުކާ
_ ކޮރަޕުޝަން ސަރުކާރު
_ ޕާ ޓީ މީހުނައް މަގާމުތައްދޭ ސަރުކާރު
_ ސިޔާސީ މަގާމުތައްގިނަ ސަރުކާރު
_ ވައުދުވެފަ ވައުދު ނުފުއްދާ ސަރުކާރު
_ ދިވެހި ލޮބުވެތި ރައްްޔިތުން ބިކަ ކުރާ ސަރުކާރު
_ މާލެ އާ ރާއްޖެތެރެ ތަފާތު ކުރާ ސަރުކާރު
_ ނުހައްގު އަދަބުދޭ ސަރުކާރު
_ އަމާ ބުނީތީ ފަރައްދާ އުސޫލުއް ހިއްގާ ސަރުކާރު.
މީދެވިދާނެ ބައެއް ލަގަބު އަދިވެސް ބައިވަރު ލަގަބު ދެވިދާނެ.
މީނާ އަޢީ ވެރިކކަމައްތަ ؟ ޥވަގައއދޯ ހުރިހާ ވޮޓް ކަހުވާލީ ދޯ ވަގައް ސަޅި އަތު
ޢެންމެ ފުރަތަމަ މިބޭފުޅާ ވެރިކަމައް އައީވެސް ކޮރަޕްޓް ކޮއް ދެން ކޮރަޕްޓް ގިނަވާނެ ކަންވެސް ދަންނަން ޖެހޭނެ
އޮތަސް ނެތް ހެން ހީވާ ސަރުކާރުގެ ލަގަބް ރައްޔިތުން ފަރާތުން މަނިކުފާނައް އަރުވަމު
ފިލާ އޮވެފަ ހޮރުން ނިކުމެ ހެޔޮފުޅު. މޮޅު ރައިސް މީ
އެންމެ ލާދީނީ، އަނިޔާވެރި ސަރުކާރު.... ރައްޔިތުންގެ މުދާ އެންމެ ކުޑަ މުއްދަތެއްގަ ދިރުވާލި ސަރުކާރު.... މި ލަގަބް ހައްގު
ކިހިނެތް ތި ލަގަބް ލިބޭނީ އެންމެ ގުރަތަމަ ވެރިކަމައް އައީވެސް ވަގައް ވަގު ވޯޓްުން ރިޝްވަތު ދީގެން ވަގައް ވޯޓް އޮޅުވައިގެން ރިންގް ޝަރީފް އައް އީސީ މެންބަރުންނައް ދިން ކަޅު ފައިސާ ކޮބާ؟
ބުނެ ކިޔާއާދޭސްކުރިޔަސް އެލަގަބު ދެވޭކަށް ނެތް،ވަރަށް ބޮޑަށްސޮރީ.