ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ނުއަގުގައި ދޭން ސަރުކާރުން މިވަނީ ނިންމާފައެވެ. އެނިންމުންމަށް ރައްޔިތުން މަޖިލީހުގެ އެމްޑީޕީ މެންބަރުންގެ ފުރިހަމަ ރުހުމާއި، ތާއިދު އެބައޮތެވެ. ޓީއެމްއޭ އަށް ސީޕްލޭން ޓާމިނަލް ދިނުމުން ދެއަހަރު ދުވަސް ތެރޭގައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ހަމައެކަނި އެތަނުގެ ކުލިން ދައުލަތައް ގެއްލޭނެއެވެ. އަދި ތަނުގައި އިސްތިހާރު ކުރުމާއި، ކޭޓަރިން ޚިދުމަތާއި އެހެނިގެން ޚިދުމަތްތައް ދީގެން ލިބޭނެ އާމްދަނީން ދައުލަތައް ގެއްލޭނެ މިންވަރު މިއަށްވުރެ އެތައް ގުނައެއް މަތިވާނެއެވެ.

ނަމަވެސް ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް" ސަރުކާރަށް މިއީ މައްސަލައެއް ނޫނެވެ. އެންޓިކޮރަޕްޝަން ކޮމިޝަންގެ ނިންމުންތައް ބޮލާލައި ޖެހުމަށްފަހު، ސަރުކާރުން މިނިންމި ނިންމުން މިއޮތީ ދައުލަތައް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް ސަރުކާރަށް "އޯކޭ ވެފައެވެ."

ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުމުގެ މައްސަލަ ބޮޑުވެ، ސަރުކާރަށް ފާޑުކިޔުން އަމާޒުވަމުން ދަނިކޮށް ކުއްލިގޮތަކަށް މިއަދު ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ވަނީ ދީނީ އިލްމުވެރިޔާ ޑރ.ބިލާލް ފިލިޕްސް ރާއްޖެ ގެނައުމަށް ނިންމާފައިވާކަން އިއުލާން ކުރައްވާފައެވެ. މީގެ ކުރިން ވެސް ފަސް ފަހަރެއްގެ މަތިން ރާއްޖެ އަށް ވަޑައިގެންފައިވާ ބިލާލް ރާއްޖެ ވަޑައިގަންނަވާ ޚަބަރު ލިބުމާއި އެކު ފެންނަމުން މިދަނީ ހައިރާން ކުރަނިވި މަންޒަރެކެވެ.

"ހިނި ހޮރަކުން ހިނި ނިކުންނަހެން" އެތައް ބަޔަކު ފާޅުވާން ފަށައިފިއެވެ. ބިލާލަކީ ހަރުކަށި ފިކުރުގެ މީހެއް ކަމަށް ބުނެ އޭނާ ރާއްޖެ ގެނައުމާއި ދެކޮޅަށް އަޑުއުފުލަން ފަށައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ނައިބު ރައީސް އަދި އެމްޑީޕީ އަށް ނިސްބަތްވާ ސީނިއާ މަޖިލިސް މެންބަރުން ވަރަށް އަޑުހަރުކޮށް ގޮވާލަމުން އެގެންދަވަނީ ބިލާލް ރާއްޖެ ގެނެސްގެން ނުވާނެއެވެ.

މިއީ އެމްޑީޕީގެ ވެރިކަމެކެވެ. އެހެންކަމުން ކުރިން ވެސް ލަފާކުރެވުނު ގޮތައް ބިލާލް ރާއްޖެ ނުގެންނަން ޔޫތު މިނިސްޓްރީން މިވަނީ ނިންމާފައެވެ. އެމްޑީޕީގެ ވެރިކަމެއް ހިނގާނީ އެމްޑީޕީން ބޭނުންވާ ގޮތަށެވެ. އެކަމުގައި ހައިރާން ވާން ޖެހޭ އެއްވެސް ކަމެއް ނެތެވެ.

ނަމަވެސް ބިލާލްގެ ވާހަކަ މިއަދު އުފަންކޮށް، އެއާއި ވިދިގެން ފުލުފުލުން އެމްޑީޕީގެ މެންބަރުން ޓްވީޓްތައް ކުރަމުން ގެންދިއުމުގެ ފޮރިވިފައި އޮތް މަޤުޞަދަކީ ޓީއެމްއޭއަށް ޓާމިނަލް ދިނުމުގެ ބަހުސް މަތިން ރައްޔިތުން ހަނދާން ނައްތާލުން ނޫން ހެއްޔެވެ؟

ޓީއެމްއޭގެ މައްސަލައިގައި އެއްވެސް އެއްޗެއް ވިދާޅުނުވި އީވާ އާއި އިމްތިޔާޒް ފަދަ ބޭފުޅުން ބިލާލްގެ މައްސަލައިގައި ވާހަކަ ދައްކަވަން ފެއްޓެވުމުން އެބޭފުޅުން ގައުމު ދެކެ ލޯބިވާ މިންވަރު ވަރަށް ސާފުކޮށް އެބަފެނެއެވެ.

އެމްޑީޕީ އަކީ މޮޅު ސިޔާސީ ޕާޓީއެކެވެ. ޕާޓީގެ މަޤުޞަދުތައް ހާސިލް ކުރުމުގައި އެމްޑީޕީން ގެންގުޅޭ ފޯމިއުލާ އަކީ ރަނގަޅު ފޯމިއުލާއެއް ކަމާއި މެދު ޝައްކު ކުރާނެ ޖާގައެއް ނެތެވެ. މީގެ ކުރިން ވެސް އެމްޑީޕީން އަދި އެމްޑީޕީގެ ސަރުކާރުން ވަނީ މިފަދަ އެތައް ކަމެއް ކޮށްފައެވެ.

މިއަދު ޓީއެމްއޭގެ އަޑު ކަނޑުވާލަން ބިލާލްގެ މައްސަލަ އުފަން ކުރުވިއިރު އެމްޑީއެންގެ މައްސަލަ އޮއްބާލީ އެމްޑީއެން އުވާލައިގެންނެވެ. އެމްޑީއެން އުވާލުމާއި އެކު އެޖަމިއްޔާގެ އިސް މެންބަރުންގެ މައްޗަށް ފުލުހުން ހިންގި ތަޙްޤީޤު މަތިން ދިވެހި ރައްޔިތުން ހަނދާން ނެތިއްޖެއެވެ. އެހެންކަމުން މިއަދު އަނެއްކާވެސް އެފޯމިއުލާ ބޭނުން ކޮށްގެން ދިވެހިންގެ ހަނދާނުން ސީޕްލޭން ޓާމިނަލް ފޮހެލުން ނޫން އިތުރު ކަމެއް ކުރާ މަންޒަރެއް ނުފެނެއެވެ.

އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު އެތައް ވާހަކައެއް ފާޅުގައި ދައްކަމުން ގެންދިޔަ މީހުންނަށް ސަރުކާރުން ހިމަޔަތްދީ، އެމީހުން ބޭނުން ގޮތަކަށް ބޭނުން ކަމެއް ކުރުމުގެ ފުރުސަތު ފަހިކޮށްދީ، ފާޑުކިޔުންތަކުގެ އަޑުކަނޑުވާލީ ހަރުކަށި ފިކުރުގެ ވާހަކަ ދައްކައިގެންނެވެ.

މައްސަލަ ކޮންމެ ގޮތަކަށް ނިންމި ނަމަވެސް ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދީގެން ހިންގަން އެއުޅެނީ ބޮޑު ޖަރީމާއެއް ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. އެއީ އެމްއެމްޕީއާރްސީ ވައްކަމުން ދައުލަތައް ގެއްލުނު ފައިސާ އަށް ވުރެ ގިނަ ފައިސާ ދައުލަތުގެ އާއްމުދަނީގެ ތެރެއިން ގެއްލުވާލަން ރޭވިގެން ހިނގާ ބޮޑު ވައްކަމެކެވެ.

ޕީއާރް ސްޓަންޓް ޖައްސައިގެން، ނުވަތަ އިތުރު މައްސަލަތަކެއް އުފަން ކުރުވައިގެން ސީޕްލޭން ޓާމިނަލްގެ ބަހުސް މިވަގުތައް މެދުކެނޑުނު ނަމަވެސް އެއީ އިންސާފު ލިބިގެން ނޫން ގޮތަކަށް ނުނިމޭނެ ބަހުސެއް ކަން ހަނދާން ކުރަން ޖެހޭނެއެވެ. އިންސާފުގެ އަތް ފޯރާނެ ދުވަހެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. Anonymous

    ނަޝީދުއަކީ އިސްލާމީ އުއްމަތަށް ފާޅުކުރައްވާފަހުރި ދައްޖާލެއް، ދައްޖާލުން ސްޓަންޓް ޖައްސަން ވަރަށް މޮޅުވާނެ،

    136
    3
    • އޮރެންޖު

      ފައްކާ ދަތްޖާލެއް. ރީނދޫ ބައިގަނޑު ތިބޭނެ އަތް ޖަހަން.....👋👋👋👋 ދޮގު ހެދުމާ އޮޅުވާލުން އެމްޑީޕީ މޮޓޯ...

      103
      4
    • މާރީ

      ދައްޖާލުގެ ކުޑަ ދައްޖާލު

      58
      1
  2. ޟމސ

    ކޮބާ މައުމޫން ކޮބާ އިމްރާން ކޮބާ ޤާސިމް ފެނޭތަ ޒީރޯ ޓޮލަރެންސްގެ މާނަ ޑކ. އިޔާޒް ޕްލީސް އެކްޕެލެއިން ޒީރޯ ޓޮލެރެންސް
    ދެން ބާރަށް އަތްޖަހާ ހެޔޮވެެރިކަން، ކޮރަޕްޓް ސަރުކާރު ޗިޗަންޑާ 19 ޝުކުރިއްޔާ ޤައުމު

    84
    4
  3. މޯދީ

    އަނެއް ރައީސް ޖަލަށްލެވޭނެ ގޮތެއް ހަމަޖެހުނީ ފަހުން!

    68
    2
    • ބޯދީ

      އެޔޮ؟ ޓެރަރިސްޓު ބިލާލް ނުގެނައުމަކީ މިހާރު އިސްލާމް ދީނުން ބޭރުވުމާ އެއްވަރުގެ ކަމަކަށް ވީތަ؟

      3
      22
  4. ނިސްބަތުން

    މިދާކައް ދުވަހު ރާއްޖެއައް ބޭރުން ތެޔޮއެތެރެކޮއް ވިއްކަން ތައްޔާރުވަމުން ދިޔަ ކުންފުންޔެއްްް އުޅެއުޅެ ހުއްދަ ނުލިބުނި. ގޮތްހުސްވެ ހަދާނެގޮތެއް ނެތިގެން އުޅެންކޮން ކުންފުނީގެ 25% ހީވާޔައް، 25% ގިންތިޔައް ދޭން އެއްބަސްވެ ލިޔުންދިނީ 24 ގަޑިއިރު ތެރޭ ހުއްދަލިބިއްޖެ. ލަސްނުވެ ކުންފުނި ދެންދާނީ ބާރައް ބާރައް ކުރިޔައް. ސުކްރިޔާ ހެވާ، ސުކްރިޔާ ގިންތި

    20
  5. އާއްހާއް

    ތިޔާ އެމްއޭސީއެލް ބޯރޑް އެއީ ނަމެއްގައި ކުރާ ކަމެކޭ ތިޔާ ކަން ކުރަނީ ސީދާ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް އިން ރައީސް ވިދާޅުވިއޭ މިގޮތަށް މިކަން ނިންމާ ޓީއެމްއޭ އަށް އެމްއޭސީއެލް ސީޕްލޭން ޓާރމިނަލް އެއް ކޮށް އިންޑިއާގެ ޓީއެމްއޭ އަށް 1500 އަހަރަށް ކުއްޔަށް ދޭން އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ދޭން ރައީސް ވިދާޅުވިއޭ ބުނެ ޒީރޯ ޓޮލެރެންސޭ މެން ބޯރޑް ގައި ބުނި ގޮތަށް ތިޔާ ކަން ކޮށްފައި އޮތީ މިހާރު ރައީސް އޮފީސް އެެއިން ރެކެނީއޭ ތަމެން ޒީރޯ ޓޮލެެރެންސޭ މެން ދެން ލަދެއް ހަޔާތެއް ހުރި ނަމަ މިހާރު އިސްތިއުފާ ދީފައި ގެއަށް ކަނޑާލާނެ ...

    21
  6. ނެތޭނެތޭނެތޭ

    ޝަރުއީ ދާއިރާ އިސްލާހު ކުރަނީ ހެޔޮ ނިޔަތެއްގައިި، ނުފޫޒެއް ނުފޯރުވާނަން އެކަމަކު އިންޑިއާގެ ޓީއެމްއޭ އަށް ރައީސް އޮފީސް ޕޮލިސީ ޑިޕާރޓްމެންޓްގެ ބޮޑުން ނަށް ބައި އަޅާ ކުންފުނި ތަކަށް ކަޓް ލިބޭނެ އުސޫލުން އޭޝިއާ ގައި އޮތް އެންމެ އަގު ބޮޑު އެއާރޕޯރޓް ގައި އެޅި އެންމެ ޕާރފެކްޓް ސީޕްލޭން ޓާރމިނަލް 1500 އަހަރަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ އަށް ކުއްޔަށް ދޭން ތަމެންގެ ވެރިކަމުގައި ތަމެން ނަށް އެއްބަސްވެވުނަސް ކޯޓް އިން އެކަމަށް ކުރެވޭނެ ކަމެއް ނެތޭ

    14
  7. ޔާމިން

    ލާދީނީ ނަޝީދޫ ކަލޭ މޮޅަތި ސް ޓަން ޓް ޖެއްސިޔަސް 13 މިލިޔަން ޑޮލަރު ނުކާކަމަކަށް ނުވާނެ. ނަންވާނީ ރައީސް ޔާމިން ބަޖެ ޓުގަ ހުރި ރުފިޔާއެއް ކަނީމި މޑޕ ލާދީނީ ބައިގަޑު.

    82
    2
  8. އާއްހާއް

    އިސްލާހުވާ ކަމަކީ ރައީސް އޮފީސް ބޮޑުން މެދުވެރިކޮށް ޓީއެމްއޭ އަށް އެއާރޕޯރޓް ވިއްކާލުމޭ ..

    17
  9. ކާލާކާލާކާލާ

    ތަމެން އިސްލާހު ކުރާ ކަމެއް މަމެންނަށް ނުފެނެއޭ ލާރޖް ކޮށް ޓީއެމްއޭ އަށް އެއާރޕޯރޓް ދިނުން ނޫން ކަމެއް ނުކުރެއޭ ...

    13
  10. އައްލާބެ

    10.35 ޑޮލަރުގެ ރޭޓުން، ސީޕްލޭން ޓާމިނަލުން 6،400 އަކަމީޓަރުގެ ޖާގަ ޓީއެމްއޭއަށް އެކަމަކު ޔާމީނުސަރުކާރުގައި މާލޭގެ ރައްޔަތުން 4000 ގޯތި އަކަފޫޓަކައް 2000 ރުފިޔާގެ ރޭޓުން މިކަން ހުއްޓުވީ މިސަރުކާރުގެ މިހާރު މަތީ ވަޒީފާ ތަކުގަ ތިބި މީހުން އޭސީސީން ނުނިކުމެ ތިބެ އެކަމަކު ތިޔަ ޓީއެމްއޭ އައް އަކަފޫޓަކައް 48.36 ރުފިޔާގެ ރޭޓުން ހިލޭ ކަހަލަ ގޮތަކައް މިދެނީ މީތޯ އެވިދާޅުވާ 0 ޓޮރޮލަންސް ރައްޔަތުން އަޅުވެތި މިވަނީ ރައްޔަތަކައް ބިންކެޅެއް ހިލޭ ނުދޭތާނގައި ވިއްކަން ވެސް ނުރުހޭ ބަޔަކައް ރައްޔަތުން ވޯޓްދޭތީ ހައިރާން ވާން ޖެހޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ މިގައުމުގެ ރައްޔަތުންނައް ހެޔޮ ވިސްނުންދެއްވާ ފާންދޭވް އާމީން

    17
  11. ކެޔޮދަޅި

    ފަޑިޔާރުގެ ގާނޫނުހަދާގެ ވެރިގެ ނަޝީދު ހިތަކަށް! ޙަތަކަށް ތަޅާލާފަ ބަހައްޓާ! ޗުއްޕުވެސް ބުނެވޭކަށްނެތޭ! ބޮޑުވަރިހަމާގައި އެންމެން! ޢިގްތިސާދު ދަތުރު ކުރަނީ ކަށްވަޅަށް!

    17
  12. ސުޢޫދު

    މިހާރުގެ ހާލަތު އޮޅުވާލުމައް ޗައިނާސަފީރުފެނޭތޯ ވެސްއުޅެނީ އެންވީމަ ސިޔާސީ އެކިއަޑުތައް އެމްޑީޕީތެރެއިންނެރެ ބަހުސްކުރަނީވެސް މިވަގުތުވިއަފާރިތައް ޕުރޮޖެކްޓުތައްވަނީ ހުއްޓިފަ މިހާރު ފެތުރެމުންދާ ވައިރެސްގަ އަސަރު އެއްމެބޮޑައްކުރާނީ އެމްޑީޕީއައް ސިޔާސީގޮތުން މިދެެއަހަރުކުރިއެރުމެއްނުލިބި ބޮޑެތިބަޖެޓް ތަކުން ވީމަބިލާލުމެންފަދަ މީހަކުމިވަގުތު ދައްކާވާހަކަތަކުން ލިބިދާނެ ގެއްލުމަކައް ނޫނީއެހެންކަމަކައް ބަޔަކުވިސްނަން ވަގުތުލިބިދާނެތީވެ މަޑުޖައްސާލީ ނުނީ އެޖެންޑާ 19 ފަތިހަކައް ވަޅުލުމައްފަހު ފަތިސްހަނދުވަރު ކޮފީގެދަށުން

    33
  13. ސޭކްސްތާން

    މިވަރުގެ ބަޔަކަށް ވެރިކަން ދީގެން ދިވެހިން މިތިބެނީ ހެވިފަ. އަޅެ އެމްޑީޕީގައި ވެސް ތިބޭނެ ކަމަށް މިބަލަނީ ކޮންމެވެސް ވަރަކަށް ވައިރަސް ނާރާ މީހުން. ވިސްނޭބާ މިވާ އެއްޗެއް. ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ދީގެން ނުވާނެ. ގައުމު ސަލާމަތްކުރަން އެބަޖެހޭ މި ލާދީނީ ބައިގަނޑުގެ އަތްދަށުން.

    15
  14. ސ

    މި މީހުންގެ ނުބައި ކަމުން މިގައުމު ސަލާމަތް ކުރައްވާފާންދޭވެ! އާމީން

    23
  15. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރަށްދޭ

    ނަޝީދަކީ މަހާފިރުއައުނު ހުރިހާކަމަކުންވެސް ނުބައިނުލަފާކަން ސީޕުލޭން ޓާމިނަލް ޓީއެމްއޭއަށް ނާޖާއިސް ނަގާފައޮތީމަސަލާމަތްނުވެގެންތިއުޅެނީ ތީއެމްޑީޕީގެ ތަރިކަމުދަލެއްނޫން

    18
  16. އަލީ

    މިހިރަ ނުބައި ނުލަފާ އަންނި ކޮން ދުވަހަކުންތަ މިގައުމުން ފެއްސެނީ... އަހަރެމެން އެންމެ ދެކެން ބޭނުންވަނީ މިކަލޭގެ މިގައުމުން ފެއްސިގެން ދާ ދުވަސް... ގައުމަށް ދިމާވާ ހުރިހާ ހިތާމައެއް މި ކުރިމަތިވަނީ މިކަހަލަ ނުބައި ނުލަފާ ސުންޕާ މީހުންގެ ސަބަބުން...

    18
  17. އަލީރާޖާ

    ޓާމިނަލްގެ އަޑު ކާކު ކަޑުވާލީ؟ މަޖިލީހުގައި އެކަމާ ބެހޭ ކޮމެޓީތައް ބައްދަލުވެ ޔާމީން ސަރުކާރުން ހުށަހެޅިގޮތަށް ނުދީ މިހާރުގެ ސަރުކާރުން ހުށަހެޅި ގޮތަށް ކުރިއަށް ގެންދަން ރުހުން ދީފި. އޮޑިޓަރ ޖެނެރަލް އެކަމަށް ރުހުންދީފި. ދެން އޮތީ އެގްރީމެންޓުގައި ސޮއިކުރުން އެކަނި.

    8
    3
  18. ކައުންޓް

    މިމައުމޫނުގެ މަސް އަލަތައް ނުބެލީ މިމީހުންވެސް ހަމަ އެގޮތައް އެއައްވުރެ 3 ގުނަ މެކްހައް ޖަހާ މައުމޫނުގެ ރިކޯޑް މުގުރާލަން

  19. ޞޯލިހު

    ރައީސް އ.މ.ޞ ޞޯލިހަކަށް ނުވިއެއްނު އެހެންވީމާ...