ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރަށް 15 މަސް ދުވަސް ވެގެން ދިޔައިރު އެމަނިކުފާނުގެ ސަރުކާރުން އެންމެ ގިނައިން ކުރި ދެކަމެއް ގޮތުގައި ފާހަގަ ވެފައި މިއޮތީ އަމިއްލަ ކުންފުނިތަކަށް ބަދަލު ދިނުމާއި ރިޔާސީ ކޮމިޝަންތަކާއި ކޮމެޓީތައް އުފެއްދުމެވެ.

ތިން ރިޔާސީ ކޮމިޝަނަކާއި، އަދަދު ނޭނގޭ، ކުރާ މަސައްކަތެއް، ކުރި މަސައްކަތެއް ނޭނގޭ ކިތަންމެ ކޮމެޓީއެއް ވެސް ސަރުކާރުން އުފައްދައިފިއެވެ. އެކިއެކި ތަޙުޤީޤުތައް ކުރުމަށް ނުވަތަ ޤައުމީ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް އުފައްދާންޖެހޭ ވަގުތީ ކޮމިޝަންތައް އުފެއްދުމަކީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރެކެވެ.

ރާއްޖޭގައި މީގެ ކުރިން އުފައްދާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބެލި ނަމަވެސް އަދި ދުނިޔޭގެ ޑިމޮކްރަޓިކް އެހެން ގައުމުތަކުގައި އުފައްދާ ރިޔާސީ ކޮމިޝަންތަކަށް ބެލި ނަމަވެސް އެކޮމިޝަންތަކަކީ ވަރަށް ހާއްސަ ވަކި މައްސަލައެއް، ނުވަތަ މައްސަލަތަކެއް ތަޙްޤީޤު ކުރުމަށް އުފައްދާ ކޮމިޝަންތަކެކެވެ. އާއްމު ހުރިހާ މައްސަލައެއް ބެލުމަށް ރިޔާސީ ކޮމިޝަންތައް އުފެއްދުން އެއީ ޑިމޮކްރަޓިކް މުޖުތަމަޢުތަކުގައި ކަންކުރާ އުސޫލެއް ނޫނެވެ.

ސަބަބު ވެސް ސާފެވެ. ޑިމޮކްރަޓިކް މުޖުތަމަޢުތަކުގައި ކަންކަން ތަޙްޤީޤު ކުރުމަށް މުއައްސަސާތައް ހުރެއެވެ. ފުލުހުންގެ އިދާރާ އޮވެއެވެ. ހިއުމަން ރައިޓްސް ކޮމިޝަން، އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އޮޑިޓަރ ޖެނެރަލް އޮފީސް ފަދަ މުއައްސަސާތަކަކީ މިހާރު ރައީސް ޞާލިހް އުފައްދަވާފައިވާ ކޮމިޝަންތަކުގެ އިހްތިސާސްގެ ތެރެއަށް ވައްދާފައިވާ މައްސަލަތައް ބެލުމުގެ ބާރާއި އިހްތިޔާރު ޤާނޫނީ ގޮތުން ލިބިފައިވާ މުއައްސަސާތަކެވެ.

ރައީސް ޞާލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެން ފުރަތަމަ ކުރެއްވި ކަމަކީ ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރިޔާސީ ކޮމިޝަނަރާއި، ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދަން ރިޔާސީ ކޮމިޝަނެއް އުފެއްދެވުމެވެ. ކޮމިޝަންގެ މެންބަރުންގެ ނާގާބިލްކަމާއި، ޤާނޫނު ނޭނގުމުގެ ސަބަބުން މިހާތަނަށް އެކޮމިޝަންތަކުން ކުރި މަސައްކަތުން ޤާނޫނީ ހަމަތަކުގެ މަތިން މީހެއްގެ މައްޗަށް ދައުވާ ކުރެވޭ ވަރުވެސް ނުވިއެވެ. ޖިނާޢީ އިޖުރާޢަތުގެ ޤާނޫނާއި ޤާނޫނުލްއުޤޫބާތުގައި ބަޔާން ކުރާ ހަމަތަކާއި އިޖުރާޢާތުތައް ކޮމިޝަނަށް ނޭނގުމުން ފުލުހުން ވަނީ އެތަޙްޤީޤުތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަން ޖެހިފައެވެ. އެހެންކަމުން ރައްޔިތުންގެ ޓެކްސް ފައިސާ އިން ފާއިތުވި 15 މަސް ދުވަހު ކުރި ޚަރަދުން ލިބުނު ނަތީޖާއަކީ ކޮބައި ހެއްޔެވެ؟

"ވަގުތު" އަށް މައުލޫމާތު ދެއްވި ޤާނޫނީ ވަކީލަކު ވިދާޅުވީ ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވި އިރު އެމަނިކުފާނާއި ސަރުކާރުގެ އިތުބާރު ފުލުހުންގެ މައްޗަށް ނެތް ކަމަށާއި އޭރު ރިޔާސީ ކޮމިޝަންތަކެއް އުފައްދައިގެން މައްސަލަތައް ބަލަން ސަރުކާރުން ގަސްދު ކުރި އެއް ސަބަބަކީ އެއީ ކަމަށެވެ.

"ނަމަވެސް މިއަދު މުޅި ފުލުހުންގެ މުއައްސަސާ މިއޮތީ ސަރުކާރުގެ ކޮންޓްރޯލް ދަށުގައި. މިއަދު މިނިވަން ކޮމިޝަންތަކަށް ވެސް ސަރުކާރުން ބޭނުން ބޭފުޅުންނެއް އައްޔަން ކުރުމުގެ ފުރުސަތު ލިބިއްޖެ. ޕްރޮސެކިއުޓަރ ޖެނެރަލް ބަދަލު ކުރައްވައިފި. ނަމަވެސް އަދިވެސް އިތުރު ކޮމިޝަންތައް އުފައްދަވަމުން ގެންދިއުމުން ދޭހަވަނީ ރައީސް އަދިވެސް ފުލުހުންގެ މުއައްސަސާއާއި އަދި އެހެން މިނިވަން މުއައްސަސާތަކަށް އިތުބާރެއް ނުކުރައްވައޭ. އަދިވެސް ރައީސް ބޭނުންފުޅު ވަނީ އެމަނިކުފާނު ބޭނުންފުޅުވާ ބަޔަކު ހިމަނުއްވައިގެން ބޭނުންފުޅުވާ ގޮތަކަށް ވަކި ކަންތައްތަކެއް ކުރައްވާށެ." އޭނާ ވިދާޅުވިއެވެ.

ތަޙްޤީޤީ އިދާރާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތު ކުރައްވާ ވިދާޅުވީ ރިޔާސީ ކޮމިޝަންތަކުގައި ފަންނީ ގާބިލް ބޭފުޅުން ނެތި މަސައްކަތް ކުރެއްވުމުން ޝަރުޢީ މަރުހަލާގައި ކަންކަން ސާބިތު ކުރަން އެތައް ދައްޗެއް ކުރިމަތިވެގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"އެމަންޒަރު ފެނިގެން މިދިޔައީ މަރު ކޮމިޝަނުން ނެރުނު ރިޕޯޓުން ވެސް. އެ ރިޕޯޓްގައި މަރު ކޮމިޝަނުން ތުހުމަތުތައް ކޮށްފައިވާ އެއްވެސް މީހެއްގެ މައްޗަށް ޖިނާޢީ ދައުވާއެއް އުފުލޭވަރުގެ ހެއްކެތް ނެތް. ދައުވާ އުފުލޭވަރުގެ ހެއްކެއް ނެތި ކިހިނެއްތޯ ދައުވާއެއް ކޮށް ބަޔަކު ޖަލަށް ލާނީ. ނަމަވެސް ފުލުހުން މެދުވެރިކޮށް ތަޙްޤީޤު ކުރިއަށް ގެންދިޔަނަމަ މިއީކީ ނޫން ނިކުންނާނެ ނަތީޖާއަކީ." އޭނާ ވިދާޅުވިއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނެއް ރައީސް ޞާލިހް އެންމެ ފަހުން އުފެއްދެވިއިރު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލަން ހަ މެންބަރުންގެ ކޮމިޝަނެއް އެ ޤާނޫނުގެ ދަށުން އުފައްދަން ޖެހޭނެ ކަމަށެވެ. ނަމަވެސް ރައީސް ޞާލިހް އެފަދަ ކޮމިޝަނެއް އުފެއްދެވީ ޤާނޫނުގައި ބުނާ ގޮތަކަށް ނޫނެވެ. އެމަނިކުފާނު ކޮމިޝަނެއް އުފެއްދެވީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

ރިޔާސީ ކޮމިޝަންތައް އުފެއްދުމަކީ މައްސަލައެއް ނޫނެވެ. އެފަދަ ކޮމިޝަންތައް އުފެއްދުމުގެ ބާރު ޤާނޫނު އަަސާސީން ރައީސްއަށް ލިބިވަޑައިގަންނަވައެވެ. ނަމަވެސް އެމަނިކުފާނު އުފައްދަވާ ކޮމިޝަންތަކަށް ރައްޔިތުންގެ ފައިސާ ވަކި މިނެއް ނެތި ޚަރަދު ކުރައްވަމުން ގެންދަވާއިރު އެއިން ނަތީޖާއެއް ނުނިކުންނަނަމަ އެކަމުގެ ޒިންމާ ރައީސް ޞާލިހް އުފުއްލަވަން ޖެހޭނެއެވެ. ކޮންމެ ކަމަކަށް ކޮމިޝަނެއް އުފައްދަވައިގެން ޒިންމާއިން ރެކިވަޑައިގަތުމުގެ ފުރުސަތު ރައީސް އަށް ލިބިވަޑައެއް ނުގަންނަވާނެއެވެ.

15 މަސް ދުވަސްވީއިރު ޒިންމާ އަދާކޮށް، ދައުލަތުގެ މުއައްސަސާތަކާއި މެދު އިތުބާރު ނުއުފެއްދުމުގެ ޒިންމާ ރައްޔިތުން އުފުލާކަށް ނުޖެހޭނެއެވެ. އެޒިންމާ އުފުއްލަވަން ޖެހޭނީ ރައީސް ޞާލިހްއެވެ. އެމަނިކުފާނަށް ރައްޔިތުން ރައީސް ކަން ދެއްވާ، ރައްޔިތުންގެ މަޖިލީހުގެ ސްޕަ މެޖޯރިޓީ ވެސް ދެއްވައިފިއެވެ. އެހެންކަމުން ދެން ދެއްކެވޭނެ އިތުރު އުޒުރެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ގުއްދޫސް

    ނާގާބިލް ވެރިކަންކުރާނީއެގޮތައް ތިމާގެ ސިކުންޑީގަ އެވަރުގެ ތެއްކަން ނެތްނަމަ ދެންޖިހޭނީ އެހެންމީހުންގެ ސިކުނޑިން ވިސްނަން މިހާރު ފެނިގެން މިދަނީ ބައިވަރު ވެރިން ވެރިކަންކުރާތަން

    88
    • ޙައްގުބަސް

      ވަރަށް ވަނދުކޮށް މިދަނީ!! ހީކުރިވަރަށްވުރެންވެސް ސަރުކާރުގެ ހިންގުން ދޯހަޅި!! މުޅި ދައުލަތް ފެންނަނީ ގަބުވެފަ ދެން ހިގަައިގަންނަންވީ ދިމާ ނޭގި އޮތްތަން! ތަރައްގީއެއް ނުކުރެވޭ! ރައްޔިތުންނަށް ކަމެއްކޮށް ނުދެވޭ! އެކަމަކު ރައްޔިތުންގެ ޖީބަށް ވަންނަ މަދު ފައިސާކޮޅުވެސް ދަައުލަތަށް ނަގަނީ! އެކިއެކި ޓެކްސްގެ ނަމުގައި! 2019 ވަނަ އަހަރުގެ ބަޖެޓަކީވެސް ބޮޑު ބަޖެޓެއް! އެއިން ކުރެވުނު ހަމައެކަނި ކަމަކީ މިއާޓިކަލްގައި މިވާ ފަދައިން ބަދަލު ދިނުމުގެ ނަމުގައި ވައްކަން ކުރުމާ އެކި ނަން ނަމުގައި ކޮމިޝަންތައް އުފެއްދުން! އަދި ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރު ކުރިތަން! ދެން މިއަހަރު ފެށިގެން މިއައީ މިހާތަނަށް ރާއްޖޭގައި ފާސްކުރި އެންމެ ބޮޑު ބަޖެޓާއެކު! އަދި މިފެންނަނީ އިސްރާފުކުރާތަން! ރައިސް ތަގްރީރެއްކުރަން އެމެރިކާއަަށް ދިޔަ ދަތުރަށް އެކަނިވެސް 4.2 މިލިއަން ޚަރަދުކުރިތަން! ދެން ކުންފުންޏަކަށް ބޮޑުތަނުން ބަދަލު ދިންތަން!! ޚަރަދުކުޑަކުރަން ހުރިހާ މުއައްސަސާއަށް އަންގާ މުއައްސަސާތަކުގެ ކަރަށް ފައިން އަރައިގެން މިތިބެ ކުރަނީ މުޅިން ބޭކާރު ޚަރަދު! މިހާރު މިއިވޭ އަޑަކީ ރޮހިންގާ މައްސަލައިގެ ތެރެއަށް ސަރުކާރުން ތަދައްޚުލުވާ ވާހަކަ! މިކަމަށް ހަޔަރ ކުރީ ގަޑިއަށް ސާޅީސްހާސް ރުފިޔާއަށް އާމާލް ކުލޫނީ!! މިއީ ކިހާ ބޮޑު އިސްރާފެއް! ކީއްކުރަން ކުރާކަމެއް! ދައުލަތް ދަވާލާ ދައުލަތުގެ ޚަޒާނާ ރައްޓެހިންނަށް ބަހާ ހުސްކުރާތަން މިފެންނަނީ! މިއީ ރައްޔިތުންގެ ފައިސާ! މިހާ ޒިންމާދާރުކަން ކުޑަކޮށް ދަައުލަތް ހިންގައިގެން ނުވާނެ!!

      33
      1
  2. މުހައްމަދު

    އެއީ ކަމެއް މޮޅަށްކުރަންވެގެން ހަދައިގެން އުޅޭ ތަންތަނެއް ނޫނޭ. ޕާޓީމީހުނަށް ފައިސާދޭންްްް ކުްރާކަމެއް.

    27
    1
  3. Anonymous

    ވެރިމީހާގެ ކިބާގައި އެކަމުގެ ލަޔާޤަތު ނެތީމާ އަދި ކަންތައްތަކާއި ވިސްނާ ކަންކަން ޙައްލުކުރުމުގެ ޤާބިލުކަން ނެތީމާ ރިޔާސީ ކޮމިޝަންތަކެއް ހަދަންޖެހެނީ. އެތައް ބައިވަރު ވުޒާރާާތަކެެއް އެބަހުރި. މިކަމުގެ ސަބަބުން ދައުލަތުގެ ޚަރަދު އެތައް ގުނަޔަކަށް އިތުރުވޭ. މިނިވަން ކޮމިޝަންތައް ޤާނޫނުންވަނީ އެކަށަ އަޅާފަ. މައްސަލަތައް ތަޙްޤީޤްކުރުމަށް މިނިވަން މުއްސަސާތައް އެބަހުރި. އެތަންތާ ތިބީ ކޮރަޕްޓް މީހުންނަމަ މުޅި މަޖިލިސްހެން ލިބިފައި އޮތްއިރު އެފަދަ ފަރާތްތައް ބޭރުކޮށް އެކަމަށް ޤާބިލް ތެދުވެރި މީހުންލާންވީ. މިހާރު މިދާގޮތުން ޤާނޫނު އަސާސީގެ ބާރު އެއްކޮށް ކަނޑުވަލަނީ.
    ވެރިކަން ކުރަން ނޭނގޭނަމަ އިޚްލާޞްތެރި ވެރިއެއްނަމަ އެއްފަރާތަށް ޖެހިލާނެ.

    18
  4. ޣަފޫރު

    ނުކިޔަވާތިބޭ މީހުން ވެރިކަމަށް އައިމާ ވާނޭ ހުރިހާ ކަމެއް މިދަނީ ވަމުން.

    25
  5. އަޒާ

    ވިސްނުމެއްނެތިކޮށްފި ކަމަކުން އެންމެ ފަރަހަކު ދޭހުގާ، ގިސްލަމުން ހިތި ކަރުނަ އޮހުރަން ޖެހިދެއޭ އުމުރަށް މުޅިން.

    28
  6. އަޒާ

    ދިވެހިރާއްޖެއަކީ ނިސްބަތުން ވަރަށް ގިނަ ބަޔަކު ކިޔަވައިގެން ތިބި ޤައުމެއް، އެހެން ނަމަވެސް ކިޔަވައިގެން ހުރި އެއްޗެއްގެ ބޭނުން ހެޔޮގޮތުގައި ކުރަން ނޭނގޭ ބައެއް ދިވެހިންނޫނީ ނުތިބޭނެ، ދެން ތިބޭ ނިކަން ރީއްޗަށް ރާކަނިމަސް ކާން ލިބޭނެ މިފަހަރު..

    26
  7. ޙަސަނާ

    ވެރިކަމާ ހަވާލުވި ދުވަހު މީހަކު ލިޔެދިން އެއްޗެއްނަވެސް އަދައްބާރުލާފަ ކިއާލިދުވަހު މަހިތައްއެރި ސަހަރޯއޭ އޯގާތެރިކަންވެސްވާއެބަހުއްޓޭ 3 މަސްވަރުފަހުން ފެނުނީ އޮޅުވާލުމާ ވައުދު އުވާލުމާ ދީނައްވެސް ނުހޮރުއްޕާންކުރަންފެށިތަން އެއްބައިވަންތަސަރުކާރެކޭ ގުޅިފާވާސަރުކާރެކޭ ކިއާ ދެއްކިވާހަކަތައް ފުލުންދިޔަތަން 7 އަހަރުމަގުމަތީ ގައުޅުނުކުދިންނައްމުސާރަދޭން ގާތްމީހުންނައްބަދަލުގެ ގޮތުގަ 3 ބިލިއަންރުފިޔާ ހަވާލުކޮއްފި ތިމާގެ އާއިލާއާ ކެރަފާ އާއިލާގަ ދައުލަތުގެ ފައިސާއިން މުސާރަނުލިބޭ ހަމަ އެކަކުވެސް ނެތް އޭގެތެރޭގަ ދީނާދެކޮޅައް މަސައްކަތްކުރާ ގުރޫޕްތައްވެސްވޭ ފައިސާ ހަރުދުކުރަނީ ދައުލަތުން އެކަމަކުވެސް ކިއަނީ ސުކުރިއްޔާ ރައީސް ......👾

    22
  8. ކެރަފާ ނަސީމް

    ގޮތް ނޭނގި ހިނދުކޮޅުން ވެރިކަން ލިބުނު ރައީސް.

    22
  9. ސލ

    އެއްމެރަނގަޅު އަދި ރީތި ގޮތަކީ ސަރުކާރު އެކީ އެކައްޗަކަށް އިސްތިއުފާ ދިނުމެވެ އެނޫން ގޮތެއް މިކަމުގައި
    ނެތަތީއެވެ

    24
  10. ބިނާ

    ޥަކިބަޔަކަށް ދައުލަތުގެ ފައިސާ ދޭން އުފައްދާ ކޮމިޝަން ތަކެއްކަން ނޭގޭ ދިވެހި ރައްޔިތަކު ނެތް! ޥެރިކަމަކީ ކޮބައިކަން ވަކިނުވާ މީހަކު ވެރިކަމަށް ގެނައުމުގެ ހިތިރަހަ ވޯޓު ދިން މީހުންގެ ކަރުތެރޭގައި ލާނެ!ކޮންމެ ރައްޔިތަކު އެމީހެއްގެ ފަރުދީ ގައުމީ ވާޖިބު އަދާ ކުރަންޖެހޭނީ ހައްގުގޮތުގައި!

    21
  11. ކޮހޭ

    ބަލަގަ ވެރިކަން ކުރާކަށް ނުނޭ އިބޫ އައީ. މަރުތަކުގެ ހަޤީގަތް ބަލާ އިންސާފު ޤާއިމުކޮށްދިނުމަށް...އެކަމެއް ނުވި.. ކޮނުނުވަރަކަށް ފަސްގިނަވީއޯލަ..... މިހާރު މި ފެންނަނީ ކޮމެޓީތަކާއި ކޮމިޝަންތައް އުފައްދާލަ އުފައްދާލަ ދައުރު ނިމޭތަން.. އެއޮތީ އަތަށް އަތް ގޮވާފަ. ވެރިކަން ކުރެވޭނީވެސް ވެރިކަން ކުރަން އެނގިގެން. މޭފުއްޕާފަ ތިމަންނާއަށް މިވެނިކަމެއް އެވެނިކަމެއް ވާނެޔޭ ބުންޏަކަސް ނުވާނެ. ދެން އޮތި އިންތިހާބަށްޓަކައި ރައްޔިތުންގެ ލޮލުގަ ފޭކު އަނދުން އެޅުވުން. މިހާރު އެކުރައްވަނީ އެމަސައްކަތް.. .....އިސްތިއުފާ އިބޫ ސޯލިހް.......

    17
  12. މީހާ

    ހޯދަން ބުނި ރުފިޔާގެ ބަދަލުގައި ރުފިޔާތަކެއް ބައެކަށް ދިނީ

    22
  13. ކަންނެލި އޮޑި

    ހިންގުމުގެ ތަޖްރިބާއެއް ހުވަފެނަކުންވެސް ފެނިފައި ނުވާ ފަރާތަކަށް ވާނެ ހައެތި މި ވަނީ.

    19
    1
  14. ނަމަ

    ކޮމިޝަން ހެދުމަކީ ރިޔާސީވައުދެއް ކަމައްވާނީ އެވެސް ހަމަ އެކަނި ބަރާބަރައް ފުއްދަމުން ގެންދާ

    20
  15. ރައްޔަތުން ތެދުވަމާ

    ﷲސުބުހާނަހޫ ވަތައާ ލާއަށް ދޮގުވާކުރުމުގެ ސަބަބުން ތިމާހިތަށް ވެސްނުގެވޭހާ ތިމާއަށް ނުކުޅަދާނަވާ މިންވަރަ ށްމިއަދުމިވަނީ ދިވެހި ރާއްޖޭގެ ރައްޔަތުންގެ ނުރުހުމާ ރުޅިވެރިކަން މުޅިސަރުކާރަށް ނޫނެ ކޭބުނެފަ މިވަރުން ވެސްތިމާމެންގެ ނުކުޅެދުން ތެރިކަން އިހުސާސްކުރެވޭބާ! ތިމާއާއިއެންމެ ކައިރީ ﷲވޮޑިގެންވާކަން ތިމާއަށް އިހުސާސް ކުރެވޭބާ! ކޮންމެކަމަ ކަށްވެސްނިމުމެއް އަންނާނެކަން ތިމާހިތަށް ނާރާހިތަށް އެރިގޮތަކަށް ކަންތައް ކުރަމުން މިއަދުތިގެން ދަނީ ވިސްނާ މާދަމާ ވާނެގޮތެއް އެނގޭބާ! އެއްވެސްކުށެއްނެތްނި ކަމެތީންނަށް ނުހަޤުން އަނިޔާދެމުން ތިޔަދަނީ ތިމާއަށް ތިޔަބާރުލިބުނު ގޮވެސްހިތަށް ހަމަނާ ރަނީބާ! ތިމާއަށް ތިމާގެ6ފަރާތުގައި ﷲ ވޮޑިިގެންވަކަން އިބޫ ސޯލިހަށް ހަމަނޭނގެ ނީބާ! ތިމާތިކުރާކަން ތަކަށް ބަދަލުހިފާދުވަ ހަކުން ތިމާބުނާނީ ކީކޭބާ! ތިމާއަށް އެއްވެސް އެއްޗެއް އެދުވަހުން ބުނުމުގެ ހައްޤުއޮނާނެބާ! މިދަދު މީއީ އިބޫގެދުވަހޭ ނަމަވެސް މާދަމާއާއި މެދުވިސްނާލުން މިހާރު މިއޮތް މައުމޫން ގާސިމްއަންނި ކޯލިޝަ ންސަރުކާރުން ބޮޑުތަނުން ރައްޔަތުންގެ ވޯޓުއޮޅު ވާލައިގެން ތިކުރާއަނި ވެރިކަން ނިމޭދުވަހަކު ން ގާނޫންނު ތިމާމެން ނާއި އަރާހަމަކުރީމަ އެދުވަހަކުން ތިމާމެން އިންސާފޭ އަނިޔާއޭ ގާނޫނޭ ތިމާމެނަށް ކިޔެންއޮނާނެބާ! މިއަދު އިންސާފާހަމހަމަކަން ލިބޭކަށް ނުޖެހޭބާ! ވިނާލައިފި ކޮންމެމީހަ ކަށް މިވެރިކަމުން އަނިޔާއާއި އިންސާފާ ހަމަހަމަކަން ހުރިމިން ވަރުމިއަދު ދިވެހިކޮން މެހަބުއްދިހުރި ރައްޔިތަކަށް މީހަކު ކިޔައިދޭކަށެއް ދައްކައި ދޭކަށެއް ނުޖެހޭނެ ހުރިހާކަމެއް ހާމަވެ ލޮލަށްފެން ނަމުދާއިރުވެސް ހިތާމައަކީ މިހުރިހައި ކަމެއްހުއްޓުވުމަށް ރައްޔަތުން ނުކުޅެދި ފަވާކަން މީބޮޑު ހިތާމައެއް ބިރުހުކަމެއް ރައްޔަތުން ވިސްނާ ރައްޔަތުން ތިތިބެނީ ކިހިނެއްވެފަބާ! ކޮންމެ ކަމެއް ބޮޑުވަރިހަމަ ކޮލުމުން ކުރިމަތިވެދާ ނެގިލަން ވެރިކަމެއްގެ އިހުސާސްނުކުރެވޭބާ! ތިހެން ރައްޔަތުން ތިބޭނީ ކިހާދުވަހަކުތޯ މިހާރުކުރަމުން އެދަނީ ގާނޫނީ ވެރިކަމެއް ނޫން ތިރައްޔަތުނަށް މިވެރިކަން ހުއްޓުވުން މަޖުބޫޒުރު މިޤައުމާ ދީނަށްޓަކައި މީއީ މިހާރު ރައްޔަތުން ކުރަންޖެހިފައޮތް ހަމަ އެކަނިކަމަކީ ހޮޔޮނުވާ ނެއަހަރެމެންގެ ދަރީން ގެދަރީނަށް ޓަކައި އިސްލާމްދީ ދެހެއްޓު މަށްޓަކައި މުޅިދިވެހި އުންމަތަކީ މުސްލިމް އުންމަތެއްގެ ގޮތުގައި ތާއަބަދައްމެ ބޭއްވުމަށް ޓައި މިހާރު މާލަސް ވެސްވެއްޖެ ތެދުވަމާ!

    20
  16. ޒާ

    ކޮން އިތުބާރެއް.. ވެރިމީހާއަށް ނޭނގޭ އެއީ ވެރިމީހާކަންވެސް

    20
    • ނަޝްވާ

      ވެރިމީހާ ކޮންމެ ދުވަހަކު ހެނދުނު ހޭލާގެންގޮސް ލޯގަނޑު ކުރިމަތީ ހުރެ ބުނެއެވެ.."މަ މީ ވެރިމީހާ.. މަ މީ ވެރިމީހާ. މަ މީވެރިމީހާ.." އެހެން އެކަން ކުރަންޖެހެނީ ކޮންމެ ދުވަހަކުވެސް ވެރިމީހާ ކުރަން ޖެހޭ ކަންކަން އެހެންމީހަކު ކުރާތީ ތިމާމީ ވެރިމީހާކަން އަބަދުވެސް އަމިއްލަ ނަފްސައް ހަނދުމަކޮއްދިނުމަށެވެ.. ކުރުވާހަކައެއް.

  17. ބްރޯ

    ކޮމިސަން މިހަދަނިއަކީ އެއްވެސްކަމެއް ރަނގަޅުކުރާކަށް ނޫން ފުލުހުން ކުރާމަސައްކަތެއް ކޮމިސަނަކުންކުރުމުގަ ހުންނާނި ކޮންގާބިލް ކަމެއް؟ދަވްލަތުގެ މިނިސްޓްރިއަކުން ކުރާކަމެއް ކުރުމަށް ކޮމިސަނެއް ހެދުމުން ހުންނާނީ ކޮންގާބިލްކަމެއް ؟

    21
  18. ޓރޕ

    އޭރުންތާ ހަޒާނާ ދަވާލެވޭނީ.....

  19. Anonymous

    ޗެ އެއް އެނގޭނީ ޑރ އިޔާޒޫ އަށް. އޭނާ ބުނާގޮތުން ވެއްޖިއްޔާ އިބޫ ސާލިހު އަކީ މި ގަރުނުގަ އުފެދުނު އެންމެ ތެދުވެރި ވަފާތެރި އިޚްލާޞްތެރި ވެރިޔާ! މުޅިދުނިއަށްވެސް މިހާތަނަށް މި ވަރުގެ ވެރިޔަކު އައިސްފައެއް ނެތް!! ތަރަށްގީއާ ކުރިއެރުން މިއޮތޫ މެކުހައްޖަހާފަ!! ގައުމަށް ފައިސާވަންނަ ދޮރުތައް ހުޅުވިހުޅުވީނުން މަގުމަތީގަވެަް ފައިސާ މޫދުގަ އޮޔާދަނީވެސް ފައިސާ!! ނަގާނެ އަތްލާނެ މީހަކު ނުވެފަ! ސާބަހޭ ރައީސް ސާލިހު.!