އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި އިރުވެސް އެމަނިކުފާނާއި ދެކޮޅު ލައްކައެއްހައި މީހުން ރާއްޖޭގައި ތިއްބެވެ. އެއީ ޔާމީންގެ ސިޔާސަތު ކަމުނުދިޔަ މީހުންނެވެ. ނަމަވެސް ޔާމީނަށް ރާއްޖޭގެ ވެރިކަން ލިބުނީ މެޖޯރިޓީ ރައްޔިތުންގެ ވޯޓުންނެވެ.

ޑިމޮކްރަޓިކް ނިޒާމެއްގައި ވެރިކަމުގެ ދައުރު ހަމަވަންދެން ވެރިމީހާ އަށް ފުރުސަތު ދީފައި އިދިކޮޅު ޕާޓީއަކުން އިދިކޮޅު ޕާޓީގެ ދައުރު އަދާކުރަން ޖެހުނު ނަމަވެސް ރާއްޖެ އިން ފެންނަނީ އެމަންޒަރެއް ނޫނެވެ. އިދިކޮޅު ޕާޓީތަކުގެ ދައުރަކީ ކޮންމެ ގޮތަކުން ނަމަވެސް ވެރިކަން ބަދަލު ކޮށްލުން ކަމަށް މިވަނީ ވެފައެވެ.

އިއްޔެ ރޭ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ދިވެހިރާއްޖެ އަށް ބޭރުގެ ސިފައިން އާދޭތޯ ބަލަން މޯލްޑިވިއަންގެ މަތިންދާބޯޓްތައް ބޭނުން ކުރަން ޖެހޭ ހިސާބަށް ކަންތައްތައް ދިޔަ ކަމަށެވެ. މިއީ ސަބަބު ވަރަށް ސާފު މައްސަލައެކެވެ. ދިވެހިރާއްޖެ އަށް އަވައްޓެރި ގައުމެއްގެ ސިފައިން ފޮނުވައި ދިނުމަށް އެގައުމުގެ ކިބައިން އެދުނީ ދިވެހި ރައްޔިތުންގެ ތެރެއިން ބައެކެވެ. އިސްވެ އެއެދުން އިއުލާން ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ރައީސް ނަޝީދުގެ ގޮވާލުމަށް އިޖާބަދީ އަވައްޓެރި ގައުމެއްގެ ސިފައިން ކުއްލި ހާލަތައް ގެނެސް ލަޝްކަރު ވަކި ސަރަހައްދަކަށް ޖަމާކޮށް ފުރަން ވެސް ތައްޔާރުވި ކަމަށް އެގައުމުގެ މީޑިއާ އިން ރިޕޯޓް ކޮށްފައި ވެއެވެ. އެގައުމުގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ނަމުގައި ރާއްޖެ އަންނަ އެގައުމުގެ ސިފައިން އެންމެ ފަހުގެ ތައްޔާރީތައް ވިއެވެ. ނަމަވެސް އޭގެ ފަހުން ދެން ކަންތައް ވެގެން ދިޔަ ގޮތުން އެކަން މަޑު ޖެހުނީއެވެ.

ޑިމޮކްރަސީ ގެނެސް ދިނުމުގެ ނަމުގައި ބޭރު ގައުމެއްގެ ސިފައިން ރާއްޖެ އެރުމުން ދެން ކަންތައް ވެގެން ދާނީ ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ކަންތައްވާ ގޮތަށެވެ. 21 ވަނަ ގަރުނުގައި، އިއްޔެގެ ކުޑަ ކުދިން ވެސް ހަނދާން ހުންނަ ހިސާބުގައި ކަންތައް ވެގެން ދިޔަ ގޮތާއި ވަމުންދާ ގޮތް ހަނދާންނަށް ގެންނާށެވެ.

އެމެރިކާ އިން އަފްޣާނިސްތާނަށް 2001 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 07 ވަނަ ދުވަހު ހަމަލާތައް ދޭން ފެށީ އޭރު އަފްޣާނިސްތާންގައި އޮތް ޠާލިބާނުންގެ ވެރިކަން ބަދަލުކޮށް ޑިމޮކްރަސީ ގެނެސްދީ އަލްގައިދާ ބަލި ކުރުމެވެ. އޭގެ ފަހުން މިހާރު 18 އަހަރު ފުރިހަމަ ވާން ކައިރިވާ އިރު އަދިވެސް އަފްޣާނިސްތާނަށް ލިބުނު ހަމަޖެހުމެއް ނެތެވެ. ހާލަތު ކުރިއަށް ވުރެ ގޯހެވެ.

2003 ވަނަ އަހަރު އެމެރިކާ އިން އިރާޤަށް އެރީ ނިއުކްލިއާ ހަތިޔާރު އުފައްދާ ކަމަށް ބުނެއެވެ. ނަމަވެސް އެމެރިކާގެ ހަޤީޤީ މަޤުޞަދަކަށް ވެފައި އޮތީ ސައްދާމު ހުސައިންގެ ވެރިކަން ނިމުމަކަށް ގެނައުމެވެ. އެމެރިކާ އިން އެމަޤުޞަދު ހާސިލް ކުރިއެވެ. ސައްދާމު ހުސައިން ދަން ޖައްސައި މެރިއެވެ. ނަމަވެސް އިރާޤަށް ލިބުނު ހަމަޖެހުމެއް ނެތެވެ. މިއަދު ވެސް ކޮންމެ ދުވަހު އިރާޤުން އެތައް ބަޔަކު މަރުވަމުން އެދަނީ އަސްކަރީ ބާރަކުން އަރައި މުޅި ގައުމުގެ އަމާންކަން ގެއްލުވާލުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ސީރިއާގެ ހާލަތައް ބަލާށެވެ. ސިޔާސީ ހަނލަބޮލިކަން ބޮޑުވި ވަގުތު ހަނގުރާމަވެރި ޖަމާޢަތްތައް އުފައްދާ އެޖަމާޢަތްތަކަށް ހަތިޔާރާއި، ފަންނީ އެހީ ފޯރުކޮށްދިނީ އަދި މިހާރު ވެސް ފޯރުކޮށްދެމުން އެގެންދަނީ އެމެރިކާ އާއި ހުޅަނގުންނެވެ. ބައްޝާރުލް އަސަދުގެ ވެރިކަން ބަދަލުކޮށް ގައުމަށް ޑިމޮކްރަސީ ގެނެސްދިނުމުގެ ނަމުގައި މުޅި ގައުމު ސުންނާފަތި ކޮށްފިއެވެ. ފާއިތުވި ހައެއްކަ އަހަރު ސީރިއާ ލިބުނު ގެއްލުންތަކުން ކުރިއަށް އޮތް 100 އަހަރު ތެރޭގައި ވެސް އަރައި ގަނެވުން އެއީ ނާދިރު ކަމެކެވެ.

ލޯ ކުރިމަތިން ފެންނަ ހުރިހާ މަންޒަރަކުން އިބުރަތް ލިބިގަނެ އަމިއްލަ އަށް އަމިއްލަ ގައުމާއި މެދު ވިސްނާލުމުން އެނގޭ އެއްޗަކީ ދިވެހިރާއްޖެ އަށް ބޭރުގެ ގައުމެއްގެ ސިފައިން އަރާ އެމީހުންގެ އަޅުވެތި ކަމަށް ދިވެހި ރައްޔިތުން ދިއުމުން އަފްޣާނިސްތާނާއި، އިރާޤާއި، ސީރިއާ އަށް ވަމުން އެދާ ގޮތް މިދިވެހިރާއްޖެ އަށް ވެސް ވާނެއެވެ.

ޖާނުން ފިދާވުމުގެ ހަމަލާތަކާއި، ބޮން ގޮއްވުމުގެ ހާދިސާތަކާއި، މަންމައިންނާއި، ދައްތައިން، ކޮއްކޮ މެން ރޭޕްކޮށް އެމީހުންނަށް ޖިންސީ އަނިޔާތައް ވެސް ދޭނެއެވެ. އެދުވަހަކުން ދެން ކުރާނެ ކަމެއް ނޯންނާނެއެވެ. "ކަލޭމެން ކަލޭމެންގެ ގައުމަށް ފެއްސިގެން ދާށޭ" ބުންޏަސް އެމީހުން އެވާހަކައެއް އަޑެއް ނާހާނެއެވެ.

ދުނިޔެ ދައްކާ ޙަޤީޤަތްތަކުން ވަކި ދިވެހިރާއްޖެ ވުމަކުން އިސްތިސްނާއެއް ނުވާނެއެވެ. ޑިމޮކްރަސީ ގެނައުމުގެ ނަމުގައި ވިޔަސް ނުވަތަ ގައުމަށް ހަމަޖެހުން ގެނައުމުގެ ނަމުގައި ވިޔަސް އިސްތިއުމާރީ ބާރެއް ގައުމަށް އަރައިފިނަމަ އަނެއްކާވެސް އެބައެއްގެ ކިބައިން ސަލާމަތް ވެވޭނީ އެތައް ބަޔަކު ޝަހީދުވެ، އެތައް ބައެއްގެ ލޭ މިފަސްގަނޑަށް އޮހޮރިގެންނެވެ.

މިއަދު ބޭރުގެ ބާރަކުން ރާއްޖެ އަރަން ބަޔަކު ގޮވާލަމުން ދާއިރު އެބަޔަކު ރާއްޖެ އައިސް އެގޮވާލުންތައް ގޮވާލާ މީހުންނަށް ހަސަން ތާޖުއްދީންގެ ދެދަރިންނަށް ހަދާލި ގޮތް ހަދާލުމަކީ ވެސް ދުރުގައި އޮތް ކަމެއް ނޫނެވެ. އެހެންކަމުން އަމިއްލަ ގައުމަށް ޚިޔާނާތްތެރިވުމުގައި ނުބައި އާދަ ކޮންމެ މީހަކު ވެސް ދޫކޮށްލަން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. އިދުރީސްބެ

  ޔާމީން އަބްދުލްޤައްޔޫމް ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި އިރުވެސް އެމަނިކުފާނާއި ދެކޮޅު ލައްކައެއްހައި މީހުން ރާއްޖޭގައި ތިއްބެވެ.

  • ޮފކފހފ

   ދެން ބާކީ ތިބި، ދެލައްކަ ފަންސާސްހާސް މީހުން އެއްކޮޅޭ އޭގެ މާނައަކީ.

 2. ތިމަންނަ

  އެންމެންގެ ލޯ މަތީގައި ވައްކަންކޮށް ، މީހުންމަރާ ، ދިނާ ނުކިއްސަރު ބަސްބުނެ ، އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ކަންތައްތައް ކުރުމަށް ހިއްވަރުދީ އެކަންތައްތައް ކުރުވާ ، މިފަދަ ހާލަތަކަށް ކަންތައްތައް ދިޔައިމާ ލޭ މައްޗަށް ގޮސްފަ ހުންނަ މީހަކު އެފަދަ ވާހަކައެއް ދެއްކުމަކީ ހަމަ ވެދާނެކަމެކެވެ.

  • ޮފކފހފ

   އެންމެންގެ ލޯމަތީގަ ކުރާނީ، ފޭރުމުގެ އަމަލު. ވައްކަމަކީ، ސިއްރުން ނެގުން. މީހެއްގެ ބޮލުގައި މިފަދަ އިލްޒާމެއް ތިއަޅުވަނީ، މުސްލިމެއްނަމަ، ހެކިދެއްކެންޖެހޭނެ. ގިޔާމަތްދުވަހުން ކަލެއަށް ބުނެވޭނެބާ ރ.ޓީވީން އެހެން ކީމައޭ ބުނީ؟ ހައްދު ކަނޑައެޅިފައިވާ ކުށްތައް ވައްކަން ކުރުމާ މީހުން މެރުމާ މުރުތަދުވުމަކީ. މިތިންކަންތަކަށް އެމީހަކަށް ހެކިނުދެއްކޭނަމަ. ދުނިޔެމަތީގައިވެސް އެމީހަކާ ދެކޮޅަށް ހުކުމް ކުރެވޭނެކަން އެނގޭތަ؟ ދުލައް ފަސޭހަވީމަ ހިތުހުރިއެއްޗެއް ތިކިޔާލަނީ. މަރުވާނެކަން ހަނދާންކޮށް ތިފަދަ ނުބައި އަމަލުތަށްދުކުރުމުން ދުރުވުމަށް ނަސޭހަތްތެރިވަން.

  • Anonymous

   އަހަރެމެން 2013 ގައި ހޮވާފައިވާ ރައީސްއަކީ، ހިތްތިރި، މުސްލިމެއް. އެހެންނޫންނަމަ، ކަލޭ ތިބުނި ބަހަށް ކަލޭގެ މައްޗަށް ދައުވާކޮށް ދުނިޔެމަތީގައިވެސް ކަލެއަށް އެކަމުގެ އަދަބުދެވުނީސް. އެކަމަކު، ކަލޭގެ ތި ނުބައި ބަސްތައްވެސް ﷲ ތައާލާ އައްސަވާވޮޑިގެންވާނެ. ގިޔާމަތްދުވަހު ކަލޭގެ ތިޔަ ނުބައި ބަސްތަކަށް ކަލެއަށް އަޒާބުދެއްވުމީ އެކަލާނގެ ހަޞްރަތަށް ހުސްވެފައިވާކަންތައްތައް.

  • އައިމިނަ

   ރ.ޓީވީގެ ޕްރޮގްރާމެއްތަ. ދޮގު ތުހުމަތު އިންސާނެއްގެ ބޮލުގައި އަޅުވައިފި މީހާ 80 އެތިފަހަރުން ހައްދުޖަހާ ތައުޒީރު ކުރެވޭނެ.

  • Anonymous

   ތިހެން ދޮގަކަށްފަހު ދޮގެއް. ހަދަހަދާ ތިއްބަ 2018 ވެސް ޔާމީން ކާމިޔާބު ކުރައްވާނެ. އިންޝާﷲ. އެމީހަކު ނުކުރާ ކުށެއް މީހެއްގެ ބޮލުގައި އެޅުވީމަކީ، އެމީހަކަށް ލިބޭ ނިއުމަތެއް. ދުނިޔޭގައިވެސް މިކަމަށް ނިއުމަތްލައްވާ. މިނިއުމަތަކީ، 2018 ރައީސް ޔާމީނަށް ކާމިޔާބުވުން ކަމުގައި ލައްވާށި. އާމީން.

 3. ޙަބޭސް

  ވަރައް ސަޅި

 4. ސީލާސީލާ

  ޔާމީންގެ ވެރިކަން ވައްޓާލަން މިނޫން ގޮތެއް ނެއް ކަމަށް ބުނެ އިދިކޮޅު ފަރާތް ތަކުން ރާވާ ކޮންމެ ރޭވުމެއް ޗިސް ޗިސް އަރުވާލާނަމޭ މަމެން ޕިންކީން އެއީ ސްޕްރީމް ކޯޓަށް ވިޔަސް އެމެންނަށް ކުޅަދާނަ އެއް ނޫނޭ މަމެންގެ ވެރިކަން ވައްޓާލަން ސްޕްރީމް ކޯޓުގެ ހުކުމޭ މެން ވެސް ސައިޒުން ކަނޑާ ތިރިއަރުވާލާނަމޭ ސިފައިންނަށް ވެސް އަދި ފުލުހުންނަށް ވެސް ކުޅަދާނަ އެއް ނޫނޭ މަމެންގެ ވެރިކަން ވައްޓާލަން ބަގާވާތް ކުރަން ނިކުންނަ ކޮންމެ ސިފައިންގެ މީހަކު އަދި މީހކު ވަޒީފާ އިން ކަނޑާ ނަގާ އެއްލާލާނަމޭ އޮން ދަ ސްޕޮޓް ގައި. އެއްކަމެއްވެސް ނުކުރެވޭނެއޭ މަމެންނަށް ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ސަމުސަލުން ނަގާ އުކާބަލަ ދެން. ސީލަ ބަލަ ދެން. ސީލާ ސީލާ ސީލާ ސީލާ ދަ ސީލާ ދޯ.

 5. ނާސިދު

  ވޯތުން ބަލި ކުރެވޭނެ ގައުމު ހަލާކުކުރުމަކަށް ޖާގަ އެއް ނުދެވޭނެ ވޯތް އެއްމެން އެކައްޗެއްކިޔާފަ ލެވިދާނެ ކާމިޔާބުވާނެ އިންސާ ﷲ

  • Anonymous

   ވޯޓުލާން ބިރުންނޫންތަ ނަޣާވާތުން ވެރިކަން ވައްޓަން އެތައް ބިލިޔަނެްގެ ފައިސާ އެހަރަދުކުރަނީ.

  • ޖަމީލާ

   ހެހެހޭ. އިދިކޮޅުގަ ތިބި މީހުން ބޭނުމެއް ނުވޭ ރައްޔިތުންގެ ވޯޓެއް. ގަދަބަދަވިކަމާ ރިޝްވަތާ ޣައިރު މުސްލިމުންގެ މަދަދުވެރިކަމުގައާއި، ކައިރިކަރަކަރައިގެ އަސްކަރީ އެހީގައި ވެރިކަން ވައްޓާލަން އެއުޅެނީ، މަސްވެރި ދިވެހި ދަރިންގެ ވޯޓު މިމީހުން ބޭނުން ނުވާތީނޫންތަ. ވޯޓު ބޭނުންވާ މީޙުން މިހާރުވެސް އެއުޅެނީ ކެމްޕޭނުގަ. ރައްޔިތުންނަށް އެމީހުން ކޮށްދޭނެ ކަންކަން ހުށަހަޅާ ރައްޔިތުންނަށް އެތައްކަމެއް އެއޮއްކޮށްދެނީނު.

 6. އަހުމަދު ދިދި

  ވ.ވ. ބޮޑު ޙަގީގަތެއް . މިވެރިން ރިރަަނަަޅިވެސް އަދި ފަހުން ބޯނެ.

 7. އަލްޖިބްރާ

  އެމް.ޑީ.ޕީގެ ވެރިކަން ވައްޓާލީ އެއީ ހަމަ ޤާނޫގައި އެގޮތަށް އޮވެގެން ތަ ؟ ޔާމީނުގެ ވެރިކަން ދިފާއު ކުރަން ކިތަންމެ ލިއުމެއް ލިއުނަސް ޔާމީނަކީ މިރާއްޖޭގަ ބަޔަކު ކުރި ބަޣާވާތެއްގެ ތެރެއިން ވެރިކަމަށް ސަވާރުވި މީހެކެވެ.

  • ޖަމީލާ

   ދޮންކަލޯ ދުނިޔެއަށް ނޭވާލީ، 2012 ފެބްރުއަރީ 7 ގެ ފަހުންތަ؟ ބަލަ ރާއްޖޭގެ ގައުމީ ޓީވީން ވަގުތުން ދެއްކި ނަޝީދު އަމިއްލައަށް އިސްތިފާ ދިނީއޭ ކިޔައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް. ނަޝީދު ފޮނުވި ސިޓީއެއް މަޖްލީހުގައި އެބައޮތް ނަޝީދު އިސްތިއުފާ ދެނީއޭ ބުނެ. މިއ ވެރިކަމުން އިސްތިއުފާ ދިނުމޭ އަހަރެމެން ކިޔަނީ. ކަލޭމެން ތިއުޅޭ އަނެއް ކަރައިގަ އިސްތިއުފާ ދިނުމަށް ކިޔަނީ ކޮންނަމެއްތަ؟

 8. ފަސާދަ

  އެމީހުންގެ ނަންތައް ހާމަކުރިނަމަ. މިސާލަކަށް ނަޝީދު ޖަމީލު ފަދަ މީސްމީހުން.