މިއީ ރިޔާސީ އިންތިޚާބުގެ އަހަރެވެ. ރިޔާސީ އިންތިޚާބުގެ ތައްޔާރީތައް ވަރަށް ބާރަށް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް އެބަގެންދަވައެވެ. މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާއި މަޝްވަރާ އެބަކުރަށްވައެވެ. ވޯޓް ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓް ތައްޔާރު ކުރުމުގެ މަސައްކަތް އެބަކުރައްވައެވެ. އިންތިޚާބަށް މީހުން ހޭލުންތެރި ކުރުމަށް ވާން ޖެހޭ ތައްޔާރީތައް ވެސް ކުރިއަށް އެބަގެންދަވައެވެ. މީގެ އިތުރުން ވެސް ޤާނޫނުން ލާޒިމް ކުރާ އިތުރު ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ދަނީ ރިޔާސީ އިންތިޚާބަށްޓަކައި ވަމުންނެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަން ކަމަކު ނުދެއެވެ. އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާއި ބައްދަލު ކުރަން ދިން ދައުވަތު ވެސް އިދިކޮޅު ފަރާތްތަކުން ގަބޫލެއް ނުކުރިއެވެ. ބައްދަލުވުމުގެ ދައުވަތައް އިދިކޮޅު ފަރާތްތަކުން ނޫނެކޭ ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ނިއަތް ރަނގަޅު ނޫން ކަމަށް ވިދާޅުވެއެވެ.

މައްސަލައެއް ހައްލު ކުރުމުގައި މަޝްވަރާ ކުރުމަކީ އެންމެ މުހިންމު އަދި ޑިމޮކްރަސީއެއްގެ އެންމެ ބޮޑު އަސާސް ނަމަވެސް އިދިކޮޅު ފަރާތްތަކުން މަޝްވަރާއަށް ބޯލަނބާކަށް ބޭނުމެއް ނުވެއެވެ. ސިޔާސީ ހަރަކާތްތައް ހިންގާއިރު ކޮންމެ ސިޔާސީ ޕާޓީ އަކީ ވެސް އަދި ކޮންމެ ސިޔާސީ ލީޑަރަކީ ވެސް ކޮންމެ ބަޔަކާއި އެކު ވެސް މަޝްވަރާގެ މޭޒު ދޮށުގައި އިށީންދެވޭ ބޭފުޅުންނަށް ވާން އެބަޖެހެއެވެ. އެހިތްވަރު ހުންނަން އެބަޖެހެއެވެ. ނަމަވެސް އިދިކޮޅުގައި އެހިތްވަރެއް ނެތެވެ. އަދި މަޝްވަރާ ކޮށްގެން ހައްލެއް ހޯދުމަށް އިދިކޮޅު ފަރާތްތަކުގެ އިހްލާސްތެރިކަމެއް ވެސް ނެތެވެ.

މީގެ ކުރިން އިދިކޮޅު ފަރާތްތަކުން ވިދާޅުވަމުން ގެންދެވީ ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ އިލެކްޝަންސް ކޮމިޝަނުން ހިފަހައްޓާފައިވާ ކަމަށެވެ. އެއީ ޤާނޫނާއި ހިލާފަށް ކުރައްވާ ކަމެއް ކަމަށް ވިދާޅުވެ މީޑިއާތަކުގެ ސުރުހީތަކުން ޖާގަ ހޯއްދެވިއެވެ.

ނަމަވެސް ޤާނޫނުގައި އޮތް ގޮތެއް ބެލިއިރު ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަން ޤާނޫނުގައި ލާޒިމް ކުރާ މުއްދަތު އަދި ހަމައެއް ނުވެއެވެ. އެހެންކަމުން ސިޔާސީ ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫނުކުރި ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދެއްކުމުގެ މަޤުޞަދު ވަރަށް ސާފެވެ. މަޤުޞަދަކީ ދޮގު ހަދައި އޮޅުވާލައިގެން ވެސް އިލެކްޝަންސް ކޮމިޝަނަށް އޮތް އިތުބާރު ގެއްލުވާލުމެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރެވޭނީ ޕާޓީތަކުން ވެސް ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ފުރިހަމަ ކޮށްގެންނެވެ. ޕާޓީއަށް ފައިސާ ދޫކުރަން ޖެހޭނީ އެޕާޓީއެއްގެ އަހަރީ ރިޕޯޓާއި، އޮޑިޓް ރިޕޯޓް ވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުންނެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީ އިން އޮޑިޓް ރިޕޯޓް އިލެކްޝަންސް ކޮމިޝަނަށް ހުށައެއް ނާޅައެވެ. އެހެންކަމުން އެޕާޓީއަށް ފައިސާ ދޫކުރުމުގެ ބާރެއް އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަކަށް ވެސް ނޯންނާނެއެވެ. އެމްޑީޕީ އަށް އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫނުކުރާ ވާހަކަ ވިދާޅުވުމުގެ ކުރިން އެޕާޓީ އިން ވެސް ޤާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ކުރަން ޖެހޭނެއެވެ.

މިހާރު އިދިކޮޅު ފަރާތްތަކުން ވިދާޅުވަނީ އިދިކޮޅު ފަރާތްތަކާއި، ސަރުކާރުން ބޭނުންވާ ބަޔަކު އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކޮށްގެން ނޫން ގޮތަކަށް ރިޔާސީ އިންތިޚާބު ބާއްވަން ބޭނުން ނުވާ ކަމަށެވެ.

ނަމަވެސް މިއީ ޤާނޫނީ ގޮތުން ކުރެވެން އޮތް ކަމެއް ނޫނެވެ. ސަރުކާރުން ނުވަތަ އިދިކޮޅު ފަރާތްތަކުން ބޭނުންވާ އިރަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ބަދަލެއް ނުކުރެވޭނެއެވެ. ޤާނޫނު އަސާސީ އާއި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގައި ކޮމިޝަންގެ މެންބަރުން ވަކިކުރެވޭނެ ސަބަބުތައް ބަޔާންކޮށްފައި އެބައޮތެވެ. އެއިން ސަބަބެއް މެދުވެރި ނުވަނީސް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން މަޝްވަރާ ކޮށްގެން ކޮމިޝަން "ކޮށައި ކުދިކުދި ކޮށެއް ނުލެވޭނެއެވެ." ޤާނޫނީ ގޮތުން އެއްވެސް ފަރާތަކަށް އެބާރު ދީފައެއް ނެތެވެ.

އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ބަލާއިރު ވަަރަށް ސާފުކޮށް ޔަގީންވާ ކަމަކީ ރިޔާސީ އިންތިޚާބު ބާއްވަން އިދިކޮޅު ފަރާތްތަކުން ބޭނުމެއް ނުވެއެވެ. އިންތިޚާބުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ނުފަށަނީސް އިދިކޮޅު ފަރާތްތަކުން ވިދާޅުވަމުން ގެންދެވީ ރިޔާސީ އިންތިޚާބެއް މިއަހަރު ނުބާއްވާނެ ކަމަށެވެ. ރާއްޖޭގެ މީޑިއާތަކުގައި ވެސް އަދި ބައިނަލްއަޤުވާމީ ޖަމިއްޔާތަކާއި ގައުމުތަކުގެ މަންދޫބުން އަރިހު ވެސް އިދިކޮޅު ފަރާތްތަކުން ވިދާޅުވަމުން ގެންދެވީ އެގޮތަށެވެ.

ނަމަވެސް އިންތިޚާބުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ފެށުމުން މިހާރު އިދިކޮޅު ފަރާތްތަކުން ވިދާޅުވަމުން އެގެންދަވަނީ ތިމަންނަމެން ބޭނުން ނުވާ ބަޔަކު އިލެކްޝަންސް ކޮމިޝަންގައި ތިއްބަވައިގެން އިންތިޚާބު މިނިވަން އިންސާފުވެރި އިންތިޚާބަކަށް ނުވާނެ ކަމަށެވެ.

މައްސަލައެއް އޮތް ނަމަ އެމައްސަލައަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވެން ޖެހޭނެއެވެ. ނަމަވެސް މަޝްވަރާ ކުރުމެއް ނެތި އަދި ހަޤީޤީ މައްސަލަ ވެސް ދެއްކުމެއް ނެތި "ނިއަތް ގޯސް" ކަމަށް ވިދާޅުވެ ކޮންމެ ކަމަކުން ރެކުމަކުން މައްސަލައަށް ލިބޭނެ ހައްލެއް ނޯންނާނެއެވެ.

އިދިކޮޅު ފަރާތްތަކުން އަމަލު ކުރަމުންދާ ގޮތުން ފެންނަނީ އިދިކޮޅު ފަރާތްތަކުގެ އަމިއްލަ އެދުމެވެ. މައްސަލަތައް ހުރިނަމަ އެމައްސަލަތައް ހައްލު ކުރުމުގެ އިހްލާސްތެރިކަމެއް އިދިކޮޅު ފަރާތްތަކުގެ ކިބައިގައި ނެތް ކަން ހަމައެކަނި އިލެކްޝަންސް ކޮމިޝަނާއި ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުން އެގެންދާ ވާހަކަތަކުން ވެސް އެނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އާދަނު

    ވަރަށް ރަނގަޅަށް މައްސަލަ ސާފުކޮށްދެވިފައިވާ ލިޔުމެއް. ޙަޤީޤަތުގައިވެސް އިދިކޮޅުފަރާތްތަކުގައި އިޚްލާޞްތެރިކަމެއް ނެތް. އުޅެނީ، ދޮގުވާހަކަތައް ފަތުރައިގެން ނަމަވެސް ކަންކަން ކުރިއަ ނުދޭން. ކަންކަމަށް ހުރަސް އަޅަން. މި ރާއްޖެއަކު ކުފޫހަމަވާ އިދިކޮޅު ފަރާތެއް ނެތް. ތިބީ ތަޢައްޞުބުން ފުރިފައި ހަމަގެއްލިފައިވާ ބައިގަނޑެއް.

  2. ދަބަދާ

    އިހްލާސްތެރިކަމެއް ނެތް، އޮތީ އަމިއްލަ އެދުން ކަމަށް ވާނަމަ އެއޮތީ އެމްޑީޕީ ގައެވެ. އެއީ ޔަގީން ކަމެކެވެ. އެމްޑީޕީގައި ގިނައިން ތިބީ ވެސް ދައުލަތުގެ ޚަޒާނާއިން ވައްކަން ކޮށްފައިވާ މީހުންނެވެ. ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމްކޯރޭ ކޮރަޕްޝަނޭ ކިޔާ އެހެން މީހުންނާއި ދިމާލަށް ފެލޭއިރު އެބަދަވި ރައީސް އޮފީސް ބަޖެޓް ދަވާލައިގެން ކަނޑުފައްތާ ފިލްމް ކުޅެން ވެގެން ދަގަނޑު ބްރާ އާއި ޖަނގިޔާ ޔޫކޭން އެއާރފްރައިޓް ކޮށްގެނައި ފައިސާ ވެސް ދިނީ ހަމަ ރައީސް އޮފީސް ބަޖެޓުން ދޯ ބަދައްވާ. ދެން ކޮން ކޮރަޕްޝަނޭ ވަގޭ ކިޔާ އިރު ތަމެންނަށް ބައި އަޅާ ގޮތަށް ބައި ވޯޓަރ އަށް ސަރުކަރުން ދިން 15 މިިލިއަން ޑޮލަރުން ތަމެންނަށް ދިން 5 މިލިއަން ޑޮލަރުގެ ކަޓްގެ ވާހަކަ ބަދަވި ނުދައްކަނީ އެއީ ކީއްވެތޭ އޭން ބުނެބަލަ. ބަދާ ބަދާ ބަދާ ދަ ބަދާ...

  3. އަލީ މާލެ

    ބަލަ ކުދިންނޭ! މިގައުމުގަ ނެތޭ މޮޔަ ބަޔަކު. ކާން ދީދީފަ ބަނޑު ބޮޑުކޮށްދީފަ ގެންގޮސް އިލެކްޝަނަށްލީމަ ، އެންމެ ބޮޑު ކްނެޑިޑޭޓްގެ މަސްލަހަތޭ އެތާގަ އޮތީ. އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއޭ މިކިޔާ އެއްޗެއް ނުދަންނަންތަ ތި ކުދިން. އިސްލާމީ އުސޫލަކީ ޝުބުހުތައް ނަައްތާލުން. ޝަކުވާ އަކީ ކުރިން ރައީސްގެ އޯޑަރުތަކުގައި ހުރެ ރައްޔިތުންގެ ގިނަ ބަޔަކަށް ތުހުމަތިކުރެވޭ ނުރަގަޅު ކަންތައްތަކެއް ކޮށފައި، އިދިކޮޅު މީހުނަށް ނިކަން ތެުރާކޮށް ބަސްބުނެފައިވާ މީހަކު އެންމެ ޕާޓީތައް ބައިވެރިވާ އިންތިޙބަކަށް އިންސާފް ގާއިމްކޮށްފާނެތޯ ކުރެވޭ ޝަކުވާ. ވިސްނަބަލަ ކުދިންނޭ. ހަމަ ކޯޑިނޭޓަރުން ހަބަރު ލިޔާޝޭ ބުނާއިރަށް ހަބަރު ނުލިޔެ ތިބެ ވިސްނާލަބަލަ.

  4. އަންސަލް

    ވަރަށް ރަނގަޅު ވާހަކައެއް. ރައީސް ޔާމީނު ކިޔާ ބޭފުޅަކު މުޅި ޤައުމު ދަވާލައި ބިންކޮނެ ބިންތައް ވިއްކާލައިފި. ޔާމީންއަށް ބޮޑުވެގެންވާ ބޮޑު ފާފައެއް ކުރިމަތި ކުރައްވާފާނދޭވެ. ނެތި ކުރައްވާ ބަލިމަޑުކަމެއްގެ ތެރެއަށް އޭއްޗަކު ގަންބަވާފާންދޭވެ.

    • އެހެންތޭ

      ތަމެން ދަހަ ހުޅުދޫ ދިގު ފަރަށް ބޮލިހިލަން ކާޅު ހެދުން ލައިގެން ދަގަ ދަގަ ދަގަ ބޮލިހިލަން. ކޮބާ ފެނުނުތޭ ބޮއިގެން ފުއްޓަރަށް މޫދަށް ދާންއޭ ކިޔާ އުޅެގެން ގެއްލުނު ދޭތި. ނުފެނުނު ދޯ. މަހަށްދޭބަލަ ދެން. ހުންނާނެ މިހާރު ރަނގަޅަށް ރާކަނި މަސްކެވިފައި. ތަމެން ގެ ތަނެއް ނޫނޭ ރަސްރަނި ބަގީޗާ އަކީ އެތަނަށް ފާވާން ތިޔާ ޖެހުނީ އަމާ ހަނދާން ވެގެންތޭ މަމެން ބުނަން ނެތީމު ދޯ.

  5. ސީލާސީލާ

    އެއްވެސް އިޚްލާސްތެރި ކަމެއް އެމްޑީޕީގެ ވެރިކަމުގައި އެއާލާތް ގަނޑު ސަރުކާރާއިހަވާލު ވެ ތިބި އިރު ކޮށް ފައިނެތެވެ. ރަންރިނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ދަ ލާދީނިއަނޭ ދަ ސޮމާލިޔަނޭ އެއް ނޫންތޭ ޓީޗަރުން މުސާރަ ބޮޑު ކޮށްދޭން ބުނީމާ ރައީސް އޮފީހަށް ޓީޗަރުން ގެންގޮސް ގެން މުސާރަ ބޮޑު ކޮށް ނުދޭނަމޭ މުޒާހަރާ ކޮށްލަ ކޮށްލާ ތިބެން އޭ ޖެހޭނީ ކުރެވޭނެ ކުރާނެ އެއް ކަމެއް ވެސް ނޯންނާނެއޭ އަބަދަވި ޓީޗަރުން ގާތު ބުނި އިރު ރަންރީނދޫ ޓްވިޓަރޭ ސަރުކާރުގެ ފައިސާ އަކީ އެއީ ތަމެންގެ އަމާބަފާގެ ތަރކިަ މުދާތޭ ސަރުކާރުގެ ތިޖޫރީގައި ބަހައްޓާފައިވާ ފައިސާ އަކީ އޭ ބަދާ މިހިރަ ދަ ކަންޓްރީ ސައިޑް ބީތާ އާ އެއްހިއްސު މަދު ބަދައްވާ. އެެއީ ތަމެންގެ އަމާ ބަފާގެ ތަރިކަ މުދަލެއް ނޫނޭ ބަދައްވާ. ރާކަނި މަސްކެވުނުތޭ އޮންނާނީ ވެރިކަން ވައްޓާލާފައި މަދަނީ ބޯފަނޭ އަތުއަޅުވާލައިގެން. ތަމެން ދެން ސީލަ ބަލަ ސީލާ ސީލާ ސީލާ ސީލާ ދަ ސީލާ ދޯ.

  6. ކޮޅުދާލި

    ސިޔާސީ ލީޑަރަކީ ވެސް ކޮންމެ ބަޔަކާއި އެކު ވެސް މަޝްވަރާގެ މޭޒު ދޮށުގައި އިށީންދެވޭ ބޭފުޅުންނަށް ވާން އެބަޖެހެއެވެ. އެހިތްވަރު ހުންނަން އެބަޖެހެއެވެ. ބަލަ ހިތްވަރު ނެތިގެން އުޅެނީ އިދިކޮޅު ފަރާތްތަކެއްނޫނޭ! ބޭރުން ރާއްޖެވަޑައިގަންނަވާ ވަފުދުތަކާ ބައްދަލުކުރަންނުކެރިގެން އުޅެނީ އިދިކޮޅުފަރާތްތަކެއްނޫނޭ! އެފަރާތަކީ މިހާރު ތަހުތުގައި އިންނެވި ފިނޑި ރައީސް ވަގުރަޢީސް ޔާމީނޭ! މޮޔަނުގޮވާ! ގުދޯގުދޯނުގޮވާ!