މިއީ ބައިބައިވުންތައް ދޫކޮށް ރާއްޖޭގައި އެއްބައިވަންތަ ސަރުކާރެއް އެކަށައަޅަންވީ ވަގުތު ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ސައީދު މިއަދު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ލިބޭ ގެއްލުންތަކުން އަރައިގަންނަންވީ އެކުގައި ކަމަށެވެ. އަދި މިކަމުގައި ޕީޕީއެމާއި އެމްޑީޕީން އެކައްޗެއް ކިޔަން ޖެހިފައިވާ ކަމަށް ވެސް ޕީއެންސީގެ ނައިބު ރައީސް ކަން ވެސް ކުރައްވަމުން ގެންދަވާ ސައީދު ވިދާޅުވިއެވެ.
"މި ކަމުގައި ޕީޕީއެމް އާއި އެމްޑީޕީ އެކައްޗެއް ކިޔައިގެން، ފަސް އަހަރު މި ކުރި ތަރަައްގީގެ ބޭނުން އެމްޑީޕީއިން ވެސް ހިފައިގެން ކުރިއަށް ދާން ވިސްނަންވީ ވަގުތު މިއީ. ކްލައިމެޓް ކެޕިޓަލްއަކަށް ދިވެހިރާއްޖެ ނުހުޅުވެންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ." ކުރީގެ އިކޮނޮމިކް މިނިސްޓަރު ކަން ވެސް ކުރެއްވި ސައީދު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ސައީދު ދެއްކެވި ވާހަކައިގައި، ކޯވިޑް-19 ގެ ސަބަބުން ލިބޭ އިގްތިސާދީ ގެއްލުމުން އަރައިގަތުމަށް 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖެއް އެކުލަވާލި ނަމަވެސް، އެ ޕެކޭޖުން ލިބޭނެ ސީދާ ފައިދާ އެއް ބުނެ ނުދެވޭތީ އެކަމާއި ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
މި ވަގުތު ދިމާވާ ހާލަތަކީ މިހާތަނަށް ދުނިޔެއަށް ދިމާވި އެންމެ ބޮޑު އިގްތިސާދީ ރާޅު ކަމަށާއި މިކަން އާދައިގެ ކަމަކަށް ނުހެދޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.
"މިއަދުގެ ސަރުކާރުން ގާތްގަނޑަކަށް ދެ ތިން ވަޒީރެއްގެ ވިސްނުންފުޅަށް ރިއާޔަތްކޮށް، ރައީސުލްޖުމްހޫރިއްޔާއަށް މިއަހަރުގެ ފަހުކޮޅުގައި ޓުއަރިޒަމްގެ ބޫމްއެއް އަންނާނެ ކަމަށް، އެ ދެކޭ ދެކުން އެއީ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ މިކަމުން އަރައިގަތުމަށް ލިބޭ އުންމީދަކީ." ސައީދު ވިދާޅުވިއެވެ.
ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތަކުގެ ހާލަތު ރަނގަޅު ނުވަނީސް ރާއްޖޭގެ ހާލަތު ރަނގަޅު ނުވާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
އެހެންކަމުން މި ހާލަތުން އަރައިގަންނަން ހަ މަހާއި 12 މަސް ދުވަހުގެ މުއްދަތެއް ހޭދަވާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވާ ކަމަށް ވެސް ސައީދު ވިދާޅުވިއެެވެ.
ސްޓިމިއުލަސް ޕެކޭޖަށް ސީދާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފައިސާ ކަނޑައަޅާތީ އެކަމަށް ވެސް ސައީދު ފާޑު ވިދާޅުވިއެވެ. ސައީދު ވަނީ މި ދަނޑިވަޅުގައި އެންމެ މުހިއްމީ ދައުލަތުން މަސައްކަތްތެރިންގެ ހައްގުތައް ހޯދައި ދިނުމަށް ކަމަށް ވިދާޅުވެފައެވެ.
ޤައުމު ބައިބައިކޮށް ޤައުމު ހަލަބޮލިކޮށް މަސްލަހަތުނަގާލަން މަސައްކަތްކޮށް ކަރަންޓީނުގައި އާއި އައިސޮލޭޝަންގައި ނުތިބުމަށާއި ގޭގައި ނުތިބުމަށް ހިތްވަރުދެމުން ތިދަނީ ތި ވާތުފިޔާގެ ބޭފުޅުން ނުންތޯ؟
މިކަލޭގެ މިއޮތް ހުމޫރަތް ތެރި ދަޑިވަޅުގައިވެސް އެުޅެނީ ކުރެވިފައިވާ ވައްކަމުގެ މަތިން ހަދހާންވާވަރުން ކޯއްޗެއްކިޔަންބާ! އެބައި ގަޑަކީ އެއްބައިވާންވެސް އެގޭބައެއްނޫން އެގޭ ހަމަ އެކަނި ކަމަކީ އަނިޔާވެރިވުމާއި ވައްކަން ކުރުން: (ވަގުތު ނޫހުން މިކޮމްޓް ޝާޢިއު ކުރައްޗޭ)
ކަލޭ ކޮންމެ އެއްޗެއް ކިއަސް ކަލޭމެންގެ އަތްމައްޗަށް ސަރުކާރު ދޫކޮށް ނުލާނެ ! ކަލޭ މޮޔަވީތަ ؟ އަދިވެސް ވެރިކަމައިގެން ބަދޫލާ ލޫދެނީ ތަ ؟ އެކަމެއް ނުވާނެ !
ކީކޭ ކަލޯ. ހަމަ އަންތަރީސް ވެއްޖެ. ކީކޭ ދޯ ބުނާނީ. މީ ގޭގާ އޮންނަންވީ ވަގުތު.
މިނޫސް ކިޔަން މިހާރު ވަރަށް އުނދަގޫވޭ. އެހެންވެ މިނޫސް ކިޔުން މިއަދުންފެށިގެން ހުއްޓާލިވާހަަކަ ހިތާމަޔާއިއެކު ދަންނަވަން
ކަމެއް ވާއިރައް އެއްބައިވައްތަ ކަމުގެ ސަރުކާރެއް އަންނާކައް ނުޖެހޭ ، ކުރަންވީކަމަކީ މިދަޑވަޅުގަ އެއްބާރުލުން ދޭންވީ (މުޅިންވެސް ރޯނުއެދުނުވެ) ތީނައައްވުރެއް އަނެކަކު ދެރަކަމައް ނުވިސްނަބަލަ ދައުލަތައް ލިވޭއާމުދަނީ ޖީބުތަކައް އަޅާފުރާތި މައްސަލައަކީ 5އަހަރުގެ ދައުރެއްނިމޭއިރު މިލިޔަނަކައް މިނިސްޓަރުން ވާތި މައްސަލައަކީ
އަވަހަށް ޕާޓީ ސިސްޓަމް އުވާލާ. ސިޔާސީ މީހުންގެ މުސާރަ ތަކެއް ވެސް އޭރުން ނުހިނގާނެ. ޕާޓީ ތަކައް ކުރާ ހަރަދު ވެސް ސަލާމަތްވީ. އެއްބައި ވަންތަ ވެސް ވެވުނީ. ކެރޭނެބާ.
މިވަގުތުވެސް ވެ ރިކަމާޙެދި، މޮޔަނުގޮވާ ގޭގަ އޮވެބަލަ، މިގައުމަށް އޭ ރުންމާފައިދާ ވާނެ
ސައީދޫ. މިހާރުވެސްމީ އެއްބައިވަންތަކަުގެ ސަރުކާރެއް. އެއްބައިވަންތަ ސަރުކަރާއި ބައިބައިވެގެން އުޅޭ ޕިންކީސް ކުދިންކޮޅު ސަރުކާރަށް އެއްބާރުންދީ ފިތުނަފަސާދައުފައްދަންކުރާ މަސައްކަތް ހުއްޓާލީމާ ރަނގަޅުވާނެ. އެކަމަކު އެއްބާރުލުންދިނުމަކީ ބޮޑެތި ވައްކަންކޮށްގެން ޖަލަށްލާފައިވާ ބޮޑެތި މުޖުރިމުން މިނިވަންކުރަން ގޮވުމެއްނޫން.
ޤައުމުތަކުގައި އެއްބައިވަންތަ ކަމުގެ ސަރުކާރު އެކުލަވާލަނީ ވެރިކަން ކުރާފަރާތުގައި ރައްޔިތުންގެ ނުވަތަ މަޖިލީހުގެ އަޣްލަބިއްޔަތު ނެތުމާއި އިދިކޮޅުގައި މަޖިލީހުގެ ބޮޑުއަޣްލަބިއްޔަތެއް އޮތުމެވެ. މިއުޅެނީ ސައީދުމެން ނެތީމަ ވެރިކަން ނުހިންގިގެނެއް ނޫނޭ. މިއީ ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކަށްވެސް ގޮތްހުސްވެގެން އުޅޭ ދަނޑިވަޅެއް.