ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު

މިއަހަރަކީ ރިޔާސީ އިންތިޚާބުގެ އަހަރެވެ. އެހެންކަމުން އިންތިޚާބުގެ ވާހަކަ މިއަހަރު ދައްކަން ޖެހޭ ވަރު އިތުރެވެ. އަދި އިދިކޮޅު އެމްޑީޕީ އާއި ދެންވެސް އިދިކޮޅުގައި ތިބި ސިޔާސީ ބޭފުޅުން އިންތިޚާބަށް ތައްޔާރު ނުވާނަމަ އެއީ އެބޭފުޅުންގެ ސަޕޯޓަރުންގެ ބޮލުގެ ރިހުމަކަށް ވާތީ އެވާހަކަ ވެސް ދައްކަން ޖެހެއެވެ. ރިޔާސީ އިންތިޚާބަށް ފަސް މަހަށް ވެފައި ވާއިރު އަދިވެސް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓެއް ނެތެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުރީ އަދިވެސް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެވޭނެ ކަމަށް ގަބޫލު ކޮށްގެންނެވެ. ނަމަވެސް އދ.ގެ ކޮމެޓީއަކުން އަދި އީޔޫ ޕާލަމެންޓްގެ ޤަރާރަކުން ރައީސް ނަޝީދަށް ރިޔާސީ ޓިކެޓް ދެވޭނެ ޤާނޫނީ ހަމައެއް ނެތެވެ. ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރެވެން އޮތީ ރާއްޖޭގެ ޤާނޫނީ ނިޒާމްގެ ތެރެއިން އެކަމަށް ހައްލެއް ހޯދިިގެންނެވެ.

ހަޤީޤަތުގައި ރައީސް ނަޝީދަށް މިހާރު ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ކަން ކަށަވަރު ކުރެވޭނެ ގޮތެއް މިވަގުތު ވުޖޫދަކު ނެތެވެ. ހާއްސަކޮށް ރައީސް ޔާމީން ނުވަތަ ސަރުކާރުން ބޭނުންވި ނަމަވެސް ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް ނުދެވޭނެއެވެ. އެއީ އެފަދަ ޤާނޫނީ ބާރެއް ރާއްޖޭގެ ޤާނޫނުތަކުން ރައީސުލްޖުމްހޫރިއްޔާ އަށް ވެސް އަދި ސަރުކާރަށް ވެސް ނެތުމުންނެވެ.

ދެން އޮތީ ރައްޔިތުންގެ މަޖިލީހުން ޤާނޫނަކަށް ގެންނަ ބަދަލެއްގެ ސަބަބުން ރައީސް ނަޝީދަށް އިންތިޚާބަށް ވާދަ ކުރެވޭނެ ގޮތެއް ހެދުމެވެ. އެއީ ވެސް އޮތް ފުރުސަތެއް ނޫނެވެ. ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރެވޭނެ ގޮތައް ޤާނޫނެއް ފާސްކުރުމަކީ ރާއްޖޭގެ މުޅި ޤާނޫނީ ނިޒާމް އޮޅުންބޮޑުވެގެން ދާނެ ކަމެކެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަނީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވާދަކުރެވޭ ގޮތައް ސުޕްރީމް ކޯޓުން އަމުރެއް ނެރެފާނެ ކަމަށް އާވަމެންދުރެއް ފެންނާތީ ކަމަށް ވެދާނެއެވެ. ވައްކަމުގެ ކުށް ސާބިތުވެފައި ވަނިކޮށް ވެސް 2008 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ވާދަކުރެވުނު ގޮތައް މިފަހަރު ވެސް ވާދަކުރެވިދާނެ ކަމަށް ނަޝީދު ހީކުރަނީ ކަމަށް ވެދާނެއެވެ.

ނަމަވެސް އެދުވަހުގެ ހާލަތާއި މިއަދުގެ ހާލަތު ވަރަށް ތަފާތެވެ. އޭރު ރައީސް ނަޝީދުގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުވެފައި އޮތީ ސުވާލު ވެސް އުފެއްދޭ ގޮތަކަށެވެ. ނަމަވެސް ރައީސް ނަޝީދު އަބްދުﷲ ގާޒީ ވަގަށް ނެގިކަން އެއީ އެންމެންގެ ކުރިމަތީގައި ފެނުނު މަންޒަރެކެވެ. އަމިއްލަ އިއުތިރާފުން ސާބިތުވާ މައްސަލައެކެވެ.

އެމްޑީޕީ އިން ރައީސް ނަޝީދު ފިޔަވައި އެހެން ބޭފުޅަކަށް ރިޔާސީ ޓިކެޓް ދިނުމުގެ އެއްވެސް ވިސްނުމެއް ރައީސް ނަޝީދު ނުގެންގުޅެއެވެ. އެއީ އެމްޑީޕީގެ އަސާސީ ޤަވައިދާއި ވެސް ކަނޑައެޅިގެން ހިލާފު ކަމެކެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ތިމަން މަނިކުފާނޭ ރައީސް ނަޝީދަށް ވިދާޅެއް ނުވެވޭނެއެވެ.

އެމްޑީޕީގެ އަސާސީ ޤަވައިދުގެ 77 ވަަނަ މާއްދާގައި ބުނެފައިވާ ގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހޮވަން ޖެހޭނީ ޕާޓީގެ ހުރިހާ މެންބަރުންނަށް ހުޅުވާލައިގެން ބާއްވާ އިންތިޚާބެއްގައެވެ. މިއަދު އެމްޑީޕީ އިން އެފަދަ އިންތިޚާބަކަށް ގޮވައި ނުލާ އަދި އެފަދަ އިންތިޚާބަށް އެއްވެސް ތައްޔާރެއް ނުވެ ރައީސް ނަޝީދު ރިޔާސީ އިންތިޚާބަށް ނެރުމަށް މަސައްކަތް ކުރުމަކީ އެމްޑީޕީ އިން ކުރަމުން ގެންދާ ވަރަށް ހުދުމުހުތާރު، ޑިމޮކްރަސީ އާއި ވަރަށް ބީރައްޓެހި އަމަލެކެވެ.

އަމިއްލަ ފައިދާ އާއި އަމިއްލަ މަންފާ އަށް ޓަކައި ރައީސް ނަޝީދު މިއަދު އެމްޑީޕީ މެންބަރުން ލައްވައި ކުރުވާ ކަމަކީ ފޫނެއް ފަޔަށް ފެން ފުރުމުގެ މަސައްކަތެވެ. ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ނެތް އިރު ސީދާ ނުވާނެ ހުވަފެނެއް ދައްކައިގެން ވެސް ކުރަން ބޭނުންވާ ކަމަކީ އެމަނިކުފާނުގެ އުއްމީދުތައް ހާސިލްވާނެ މަގެއް ކޮށުމެވެ.

ޑިމޮކްރަސީ އާއި ހުދުމުހުތާރު ކަމުގެ ތަފާތު ރައީސް ނަޝީދު ވިދާޅުވާ އިރު މިއަދު ރައީސް ނަޝީދު އެއަމަލުތައް ކުރައްވާ ގޮތުގެ ނަތީޖާ އަކަށް ވެގެންދާނީ އެމްޑީޕީ އަށް ރިޔާސީ އިންތިޚާބު ގެއްލުމުގެ އިތުރުން މިހާރަށް ވުރެ ވެސް ފުން ވަޅުގަނޑަކަށް އެމްޑީޕީ ވެއްޓިގެން ދިއުމެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު އެމްޑީޕީ އަށް އެއްވެސް އިންތިޚާބެއް ކާމިޔާބު ނުވުމުގެ ފުރިހަމަ ޒިންމާ ރައީސް ނަޝީދު އުފުލަން ޖެހޭނެއެވެ. މިއީ އެކަން ގަބޫލުކޮށް އެހެން ލީޑާޝިޕަކަށް ރައީސް ނަޝީދު ފުރުސަތު ދޭންވީ ވަގުތެވެ. ޑިމޮކްރަޓިކް ހަމައަކީ އެއީ އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޢަހުމަދު އަލީ

    އިދިކޮޅޭމެން ތިބީ ފެއިލްވެފަ. އިދިކޮޅޭމެނަށް ގުޅިގެން ކެންޑިޑޭޓެއް ނެރެވޭކަށް ނެތް. ކޮންމެ މީހަކުވެސް ބޭނުންވަނީ ރައީސްކަން. އިދިކޮޅޭމެން ހުސްއަގަތަޅަންތިއްބާ އެއްލަކިން ރައިސްކަމަށް ޔާމިނު ހޮވޭނެކަމަށްބެލެވޭ.

  2. ޑިމޮކްރަޓިސްޓް

    ކިހިނެއްވެގެން ތެޅިއަރުވާ ފިނޑި ފިލައިގެން ތެޅޭ ޝައިތާނެއްތަމީ؟؟؟؟؟؟؟؟؟

  3. އިތުރުކަމެއްކުރާކަށްނުޖެހޭ މިރާއްޖޭގެ ވެރިއަކީ އަބަދުވެސް ގަންޖާ ރަސްގެފާނު ،، ރައީސް އިނތިޚާބު ނުކުރެވިއްޖެ ހިނދެއްގަ ގަންޖާ ހުރިތާކު ހުރެގެން ވެރިކަންކުރާނެތާ އެވެ.

  4. ޚިއްވެ ކަންބޮޑުވަނީ. ރައީސް ޔާމީން އިތުރު 8 އަހަރަށް ބަހައްޓާނަން. ދެން ލަލަލާ

  5. ކަލެ އަށް ދޯ އިނގޭނީ ޑިމޮކްރެޓިކް ހަމަ

  6. 2018 ވޯޓުކަރުދާހުގަ ޔާމީންގެ ނަމެއް ނުއޮންނާނެ ވަރައްސާފު އެކަމަކު ފާތުމަގެ ނަންއޮންނާނެ

  7. އަންނީއަކީ މީހުން މަގުފުރަންދަން ހުރި އިބިލީސްގަޑެއް.