2012 ވަނަ އަހަރު ފެށިގެން އައީ ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނު ވަމުން ދަނިކޮށެވެ. މައްސަލަ ގޯހުން ގޯހަށް ދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އަމުރަށް، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހިފައި ހައްޔަރުކޮށް، އޭނާ ސިފައިންގެ މަރުކަޒެއްގައި ބަންދު ކުރުމުންނެވެ. އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓާއި، ހައިކޯޓާއި ސުޕްރީމް ކޯޓުން ކުރި އަމުރުތަކަށް ރައީސުލްޖުމްހޫރިއްޔާ ތަބާވެ ވަޑައެއް ނުގެންނެވިއެވެ. ހާލަތު ބަދަލުވެ، ސިފައިންނާއި ފުލުހުން ސަރުކާރާއި ދެކޮޅުވެ، އެންމެ ފަހުން ސަރުކާރު ވެއްޓުނީއެވެ.

މިހަނދާންތައް އާކޮށްލަން މިއަދު މިޖެހުނީ ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 07 ވަނަ ދުވަހު ވެއްޓުނު އިރު ސިފައިންގެ މައި މަރުކަޒުގައި ހުންނަވައިގެން އެމަނިކުފާނު އުޅުއްވި ގޮތާއި، ޤާނޫނު އަސާސީ އިސްލާހް ކުރަން މިމަހުގެ 02 ވީ އަންގާރަ ވިލޭރޭ މެންދަމު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފެނިގެން ދިޔަ މަންޒަރު އެއްގޮތް ކަމުންނެވެ.

ފެބްރުއަރީ 07 ގައި ފެނިގެން ދިޔައީ ނަޝީދު ސިފައިންނަށް އަމުރުކޮށް، ސިފައިން ލައްވައި ފުލުހުން ހައްޔަރު ކުރަން އެންމެ ފަހުން ކޮމާންޑް ކުރައްވަމުން ގެންދެވި މަންޒަރެވެ. ކޮމާންޑް ކުރަން ނޭނގުމުގެ ސަބަބުން މައްސަލަ ގޯސްވެ، ހާލަތު ކޮންޓްރޯލުން ނައްޓާލައިގެން ދިޔައީއެވެ. ޖޫން 02 ގައި ފެނުނީ އެމަންޒަރެވެ. ވަރަށް ފަސޭހައިން ހައްލު ކުރެވެން އޮތް މައްސަލައެއް، ނަޝީދުގެ ކޮމާންޑާއި އެއްގޮތައް ހައްލު ކުރަން އުޅުމުން އެތައް ގޯހެއް ހެެދި، އެންމެފަހުން ބޮޑު މައްސަލަގަނޑެއް އުފެދިގެން ދިއުމެވެ.

ނަޝީދަކީ އާއްމު ގޮތެއްގައި ކެތްތެރިކަން ކުޑަ ބޭފުޅެކެވެ. މުހިއްމު ނިންމުންތައް ނިންމުމުގައި މާބޮޑަށް އަވަސް އަރުވާލައިގެން އުޅުމުން އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައި ލިބިފައި ހުރި ގެއްލުންތައް ކުޑައެއް ނޫނެވެ. ވެރިކަމުން އިސްތިއުފާ ދެއްވުމަކީ އެކަމުގެ މިސާލެކެވެ. މިފަދަ ކިތައް މިސާލެއް ފެންނަން އެބަހުއްޓެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ހުރިހާ ވަޒީރުން ކުއްލިއަކަށް އިސްތިއުފާ ދެއްވުމާއި، އަނބުރާ އެބޭފުޅުންނަށް ވަޒީރުކަން ދެއްވަން ދެން އުޅުއްވަން ޖެހިވަޑައިގެންނެވި އުނދަގޫ ގޮތްތަކެވެ. ޑޮލަރުގެ އަގު ބޮޑު ކުރުމާއި މިފަދަ ކިތައްމެ ކަމެކެވެ.

ރާއްޖެ ކުޑަވެފައި، ރާއްޖޭގެ ވެރިކަމުގެ ތާރީޚް ކުރު ނަމަވެސް ހިނގާފައި ހުރި ސިޔާސީ ހަމަނުޖެހުންތައް މަދެއް ނޫނެވެ. ނަމަވެސް ކާމިޔާބު ވެރިންގެ ފަރާތުން ފެނުނީ ބޮޑެތި ނިންމުންތައް ނިންމެވުމުގައި ވަރަށް ބޮޑަށް ކެތްތެރިވެ ވަޑައިގެންނެވި ތަނެވެ.

ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ވޯރާ ވިޔަފާރިވެރިން ފޮނުވާލުމާއި، ބޮޑު ބުރާސްފައްޗާއި، ކުޑަ ބުރާސްފަތީގެ ސިޔާސީ ހަލަބޮލިކަން މިސާލަކަށް ފުދެއެވެ. އޭގެ ފަހުން ރައީސް މައުމޫންގެ ވެރިކަމުގައި ކުރިމަތިވި ޖަލުގައި ބަޑި ޖެހި ހާދިސާ އެވެ. އަދި އޮގަސްޓް 12، 13 ގެ ހާދިސާ އަކީ ވެސް ރައީސް މައުމޫން ވަރަށް ކެތްތެރިކަމާއިއެކު، ވަރަށް މޮޅަށް ހައްލުކޮށްލެއްވި މައްސަލައެކެވެ.

އޭގެ ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ފެބްރުއަރީ 01 ވަނަ ދުވަހު ނެރުނު ކޯޓު އަމުރުގެ މައްސަލަ އެމަނިކުފާނު ވެސް ހައްލުކޮށްލެއްވީ ވަރަށް ކެތްތެރިކަމާއިއެކު، ވަރަށް މޮޅަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ 65 މެންބަރުންނަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ކޮންޓްރޯލް ނުކުރެވުމަކީ ލަދުވެތި ކަމެކެވެ. އަތް އިސްކޮށް މާރާމާރީ ހިންގައިގެން މައްސަލަ ހައްލު ކުރުން އެއީ ހުދުމުހުތާރު ސިފައެކެވެ. އަދި އަމުރުން ސިޔާސީ މައްސަލައެއް ހައްލު ކުރަން އެގޮތައް ކަންތައް ކުރުމަކީ ލަދުވެތި ކަމެކެވެ.

ފެންނަ މަންޒަރަކީ ވެރިންގެ ކެތްތެރިކަން ކުޑަވި ގިނަފަހަރު، އަރައިގަންނަން އުނދަގޫ އެތައް ގެއްލުމެއް ލިބުނުތަނެވެ. އެހެންކަމުން އެހަނދާންތައް އާކޮށް ވިސްނުންތެރިކަމާއި އެކު ކުރިއަށްދާން ޖެހެއެވެ. އެހެން ނޫންނަމަ ދެވަނަ ފެބްރުއަރީ 07 މާލަސްތަކެއް ނުވެ އަނެއްކާވެސް ފެނިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. Anonymous

    ބުއްޅަބޭ އަކީ މި ޤައުމުގެ މީހުންނަށް ޖެހިފައިވާ ބަލާއަފާތެއް. މީ ކަލޭގެ ކިބައިން ﷲ މި ޤައުމު ސަލާމަތް ކޮއްދެއްވާށި

    106
    11
  2. އިބޫ ޞާލިޙް

    އަޅުގަނޑު އެވަގުތު އޮތީ ނިދާފަ

    77
    3
    • ބަނާނާ ރައީސް

      އުހު އަޅުގަނޑު އެވަގުތު އޮތީ ދެބަންދިހާރަވެފަ.. އެހެންނޫނަސް މަށަށްކީ އް...މަބޭނުމީ އި އްޒަތާ ޝަރަފުވެރިކަން...ކަމެނުކުރިޔަސް މަށަށް ކުރިޔަށް އޮތްތަނުގަވެސް ބޮޑުމުސާރަލިބޭނެ.. ރަ އީސޭކިޔާނީ.. ސެކިޔުރިޓީ ވީ އަ އިޕީގަ ޙިދުމަތްލިބޭނެ..މަށަށް އިގޭ އެރޭ އެހެންވާނެކަން އެހެންވެ އެ އުޅޭ ކާޕެޓްވަގުލަ އްވާ ޕި އްޒާ އާ ޑްރިންކްސްފޮނުވީ... އެ އްވެސްމީހަކު މަށާދިމާލަކަށް އިގިލިދި އްނުކުރޭނުން އެ އްވެސްކަމެ އްގަ އެގޭތަ އެ އީ ކީ އްވެކަން އެއ އީ މަގޭނަމުގެ ފަހަތަށް ސޯލިހުކިޔާތީ... އެހެންވެ މީހުންނަ ހީވެފަ އޮންނަނީ ނަމާ އެ އްގޮތަށް މަވެސް ވަރަށް ސޯލިހުކަމަށް..

      38
      4
  3. އިބޫ

    އަޅުގަނޑު އެވަގުތު އޮތީ ނިދާފަ

    57
    4
  4. ކާފަ

    ބޮޑަތި މުނާފިގުންގެ ސިފަ ހުރިމީހެއްތީ

    71
    6
    • ޙހކ.

      މަންޖެ ގޭގަ ވާހަކަ ދައްކާ ރާގުގަ މިތާ ނުލިޔޭ.

      2
      10
  5. ސާބަސް

    ނަސީދު ނޫން ހަބަރެއް ނެތީތޯ ލިޔާނެ

    47
    15
  6. ޑަރޭ

    ދެވަނަ ފެބުރުއަރީ 7 އައުން މާބޮޑަށްވެސް ލަސްވެއްޖެ. މިގައުމުގެ މިނިވަންކަމާ ދީނަށް ނުރައްކާވާފަދަ އެތައްކަމެއް ކުރަމުންދާ ތަން ފެންނަނީ.

    78
    7
  7. ބޯގޯސް

    ދައްޖާލުގެ އަސްލު ސޫރަ ރަސްމީކޮން ދެފަ ހަރު މި ފާޅުވީ 2012 ގަ ދެން 2020 ގަ ބޮޑުބަޒީރުކަމާ ހަވާލުވާ ހިސާބުން ރައްޔިތުން ތިބެންޖެ ހޭނީ ގުދައް

    69
    6
  8. ކަހުރަބު

    މިކަހަލަ އުރަތްޕެއް ނެތް ކެނަ އަކަށް ދިވެހިންގެ ތެރެއިން ބައިގަބޑެއް މަރުދޭތީ ޙައިރާންވޭ

    81
    4
    • އިސްކުރީ ވަގުތީ ހަޔާތް

      ދުނިޔަވީ ދަންތުރައިގައި ޖައްސައިގެން އަނބުރާލީ. އެހެންވީމަ މަރުދެނީ.

      6
      1
  9. ޣައްދާރު

    މިނުލަފާ ކަލޭގެ ކިބައިން މިގައުމު ސަލާމަތް ކޮއްދެއްވާށި. އާމީން

    73
    4
  10. ޓިކްޓޮކް

    ޢަޅުގަނޑު އެވަގުތު ހުރީ އެއްޗެއް ބޮއެގެން..

    41
    4
  11. މަބޭ

    ނަސޫދުހިތިމް އޭނާ އަކީ ވަރއްބުއްދިވެރިމީހެން ނަމަވެސް އޭންގެވިސްނުމާއެއްގޮތައްކުރާ ގިންކަންކަން ގޮވަނީއަތައް

    52
    2
  12. ސަރުބަތު

    މީގެން އެނގެނީ މީހަކަ އް ލިބެންހުރިކަމެ އް އަނެކުންނަ އް ބަންދެ އް ނުކުރެވޭނެކަން. މީ ދުނިޔެވީ އއަދި އިލާހީ ގާނޫނު.

    30
    3
  13. މުހައްމަދު

    ކޮންމެއަކަސް ނަށީދަކީ މިގައުމުގަ މީހުންނަށް ނުލިބިހުރި އެތައް ހައްގުތަކެއް ހޯދައިދިން މީހެއް. ކޮނަމެ މީހަކުވެސް މިހާރު މާބޮޑައް ފުއްޕާފަ އަނގަ ހުޅުވާނެ ކަމެއް ނެތް. މީ މީގެކުރީގަ ފިނޑި އަމިއްލަ މީހާގެ ހައްގުގައި ވެސް އަގަ ހުޅުވާލަން ނުކެރޭ ބައެކޭ. ނަށީދު ވެރިކަމަށް އައުމުގެ ކުރީން މީހުން އުޅެމުންދިޔައީ ފަގީރުކަމާއި ނިކަމެތިކަމާއި އަޅުވެތިކަމުގައި. މިހާރުދެން މާބޮޑައް ތިއަނގަ ހުޅުވެނީ.

    12
    58
    • ކެނެރީ

      ބަޔަކު މިނިވަން ވާނީ މިހާވަރަށް. ވަޒީފާގައުޅޭ މީހަކުވިއްޔާ ވަޒީފާއިން ކަނޑާލާފާނެކަމުގެ ބިރުގަ. ޢާއްމު ރައްޔިތުން ބަނޑަށްޖެހިދާނޭ ކަމުގެ ބިރުގަ. 3 ބާރު ވަކިވެފައޭ ކިޔާއިރު ރައްޔިތުންގެ މަޖިލީހުގަ އަންނި. ޖުޑީޝަލް ސާރވިސްކޮމިޝަނުގަ އަންނި. ވެރިކަން ހިންގަނީ އަންނި. ދެން ކޮން ... މިކިޔަނީ. އެމް.ޑީ.އެން ހިންގަނީ އަންނި. އެމީހުންގެ ދިފާއުގައި ފާޅުގައި އެންމެ ބޮޑަށް މަސައްކަތްކުރަނީ އަންނި. އަމިއްލަ ފައިދާއަށްޓަކައި މިޤައުމު ބަނޑަށްޖައްސާ އިންޑިޔާގެ އަޅުވެރިކަމާ ދިމާއަށް ގެންދަނީވެސް އަންނި.

      4
      1
  14. bala

    ރޮނގާލިގަނޑު ބުއްޅަބޭގެ އަމުރައް ޕީޕީއެމްގެ ނާއިބުރައީސް އެމްޕީޝިޔާމް(ނައިފަރުދާއިރާމެމްބަރު)ގެ ގައިކޮޅައް އަރަގަންނަމަންޒަރު ކޮބާޑިމޮކުރަސީ ކޮބާއިންސާފް ކޮބާ މިނިވަންކަން ކޮބާހަމަހަމަކަން

    34
    1
  15. ޖޯން

    ނާފަރުމީހުން ހާދަހާ ފިނޑިއެއޭ ދޮއްތޯ . ދާއިރާގެ މެމްބަރައް އެފަދަބޮޑު އަނިޔާއެއް ދިނީތީ ކުރެދިބުރި ހިފައިގެން މާލެއަރަންޖެހޭ. ނާފަރުމީހުންނަށްއެނގެނީ ހަމައެކަނި ސޭބޯން ދޯ؟؟

    22
    12
  16. ޒަބީބު

    މައިބަދަ ބިންދާ ކެރަފާ ގުންޑާގެ ތާޅާ ކުދިންކޮޅު މިހާރު ތިބީ “އިއްޒަތްތެރި މެމްބަރު” ގެ ތާކިހާ އަޅައިގެން މަޖިލިސް ތެރޭގަ މަޖިލިސް މެމްބަރުން ގެ އިމްތިޔާޒްގެ ނިވަލުގައި މަޖިލިސްތެރޭގައި ފިލާ. އެބައިގަނޑު އެތިބީ މަހާ ގުންޑާ ގޮވާލި ކޮންމެ ވަގުތަކު މީހުންގެ މައިބަދަ ބިންދިމާއި، މީހުންގެ އަބުރު ކަތިލުމާއި މީހުންގެ ކަރާމާތް ފެރެން ތައްޔާރަށް. ޝިޔާމްގެ މައިބަދަ ބިންދައިގެން އެދައްކާލީ ކުޑަ މިސާލެއް. ތިޔަބައިގަނޑު އަދި ތިޔަ ތަނުގެތެރޭގައި މެމްބަރުންގެ އިމްތިޔާޒުގެ ނިވާފަތުގައި ތިބެ މީހުންގެ ފުރާނަ ވެސް ދުއްވާލާނެ.

    29
    2
  17. ޑައެލޯގް

    ތިޔަ އަންނިއަކީ ކުފޫހަމަވާމީހެއްނޫނެވެ. އެކަމު އަތްޖަހާބަޔަކު އަތްޖަހަނީއެވެ. އެއީރީދޫކުދިން އެކަންޏެވެ. އެކަމު ރީދޫކުދިން ބުނަނީ ތިމަންނާމެނަކިއްޔޯ ޑިމޮކްރަޓިކްޕާޓީއަކީވެސް އެކަމު ޚުދުމުކުތާރު

    37
    3
  18. Anonymous

    ނަޝީދު އަކީ އުރަތްޕެއް ކެނައެއް ކަމަށް މިތަނުގަ ބުނެ ކޮމެންޓްކުރާއި އެފަދަ އުރަތްޕެއް ނެތް ކެނައެއް ވަރުގެ މީހަކު ނެތިގެން އޭނާ އާއި އޭނާގެ އައުވާނުންނަށް އިންތިޚާބު ތަކުގައި ވޯޓްދީ ބާރުވެރި ކުރުވި ދިވެހިންގެ އުރަތްޕެއް ނެތްކަމާއި ކެނަ ކަމާއެވެ.

    28
    3
  19. ތަހުޒީބަކީ ކޮބާ؟ ނަށީދު

    ޖަހާލަތުގެ ވެރިކަން ހިންގާ ނިޒާމެއް މިއޮތީ ގެނެސްފައި.

    4
    1