ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ އެންމެނަށް ހުރިހާ ޙައްޤެއް އެއްވެސް ތަފާތު ކުރުމެއް ނެތި ކަށަވަރު ކޮށްދެއްވާނެ ކަމުގެ ކަށަވަރުކަން ކޮންމެ ދުވަހަކު އެތައް ފަހަރަކު ދެއްވުމަށް ފަހުއެވެ. ނަމަވެސް މިއަދު އެމަނިކުފާނުގެ ވެރިކަމަށް 590 ދުވަސް ނުވަތަ އެއަހަރާއި 07 މަހާއި 12 ދުވަސް ފުރިހަމަ ވެގެން ދިޔައިރު، ހަމަހަމަ ތިލަފަތަކުން ޚިދުމަތްތައް ކިރާލާއިރު ފެންނަ މަންޒަރާއި ދެއްކެވި ވާހަކައިގެ ފަރަގު ވަރަށް ބޮޑަށް އެބަފެނެއެވެ.

ހަމައެކަނި މުވައްޒަފުންގެ ޙައްޤުތައް ކަށަވަރު ކޮށްދެއްވުމަށް މިހާތަނަށް ކޮށްދެއްވި ޚިދުމަތްތަކާއި އެއިން ނިކުތް ނަތީޖާ އަށް ބަލާލަމާ ހިންގަވާށެވެ. ކޮވިޑް-19 އާއި ގުޅިގެން އެންމެ ބޮޑު ދަތިކަމަކާއި ކުރިމަތިލާން ޖެހިފައި ވަނީ ކުޑަ މުސާރައަކަށް ވަޒީފާ އަދާކުރަމުން އައި މީހުންނެވެ. ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އެތައް ބައެއްގެ ވަޒީފާ ގެއްލި، އެތައް ބައެއްގެ އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ.

ޔޫއެންޑީޕީއާ ގުޅިގެން ސަރުކާރުން ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ދިވެހިންނާއި ބިދޭސީން ހިމެނޭ ގޮތަށް 45،000 ރިސޯޓު މުވައްޒަފުންނަށް ވަނީ އަސަރު ކޮށްފަ އެވެ. އަދި ފްރިލާންސަރުންނާއި ރިސޯޓުތަކާ ގުޅިގެން ވިޔަފާރި ކުރާ ގިނަ ބަޔަކަށް ވެސް ކޮވިޑް-19ގެ ސަބަބުން އަސަރު ކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. ގާތްގަނޑަކަށް 22،000 ދިވެހި މުވައްޒަފުންގެ ދިރިއުޅުމަށް ސީދާ އަސަރުކުރި ކަމަށް ވެސް ރިޕޯޓްގައި ވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މުވައްޒަފުން ވަކިކުރަން ފެށުމުން ފުރަތަމަ ސަރުކާރުގެ ބަސްމަގު ވަރަށް ވަރުގަދަ ވެފައި ހަރުކައްޓެވެ. މުވައްޒަފުން ވަކިކުރާ ކުންފުނިތަކާއި މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ތަކުރާރުކޮށް ދިނެވެ. އެއަށްފަހު ދެން ސަރުކާރުން ވިދާޅުވީ މުވައްޒަފަކު ވަކިކޮށްފިނަމަ، އެއްވެސް މާލީ އެހީއެއް ސަރުކާރުގެ ފަރާތުން އެކުންފުންޏަކަށް ނުލިބޭނެ ކަމަށެވެ.

ނަމަވެސް ރައީސް ޞާލިހްގެ ސަރުކާރަށް، މުވައްޒަފުންގެ ޙައްޤު ދިފާއު ކުރުމުގައި ދެމިތިބެން ކެރިވަޑައެއް ނުގެންނެވިއެވެ. ސަރުކާރުން ދޫކުރަން ނިންމި ލޯނުގެ ޝަރުތުތައް ބަދަލުކޮށް، މުވައްޒަފުން ވަކިކުރި ކުންފުނިތަކަށް ލޯނު ވެސް ދޭން ނިންމީ އެވެ. އަދި އެންމެ ފަހުން ރިސޯޓްތަކުގެ ބިމު ކުއްޔާއި، އެހެނިގެން ފީތައް ވެސް މާފުކޮށްދީ، އަންނަ އަހަރުގެ ޖޫން މަހުގެ ކުރިން ރިސޯޓްތަކުން ސަރުކާރަށް ފީއެއް ދައްކަން ނުޖެހޭ ގޮތް ވެސް ހެދީއެވެ.

ކޮވިޑް-19 އާއި ގުޅިގެން އަސަރު ކޮށްފައި ވަނީ ހަމައެކަނި ފަތުރުވެރިކަމުގެ ވިޔަފާރިއަކަށް ނޫނެވެ. ނަމަވެސް ސަރުކާރުގެ ލުއިތައް ހާސްކޮށްފައި މިވަނީ ފަތުރުވެރިކަމުގެ ވިޔަފާރިއަށެވެ.

މާލޭގައި ރެސްޓޯރެންޓް ވިޔަފާރި ކުރާ މީހުންނާއި، އަދި ފިހާރަ ހުޅުވައިގެން ތަފާތު މުދާ ވިއްކާ މީހުންނަށް ވެސް ވަނީ ވަރަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިފައެވެ. އެއީ ވެސް އެތައް މުވައްޒަފުނަކަށް ވަޒީފާ ދީގެން، އެމީހުންގެ ފެންވަރުން ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްގެން ތިބި މީހުންނެވެ. ނަމަވެސް ސަރުކާރަށް "ލޮލުގެ ހިމަކޮޅުން ވެސް" ކުދިވިޔަފާރިތަކެއް ނުފެނުނެވެ.

"ފާއިތުވި ހަތަރު ފަސް މަސް ދުވަސް މިދިޔައީ ވަރަށް ވިޔަފާރި ދަށްކޮށް. އަޅުގަނޑުމެން އެދެމުން މިއަންނަނީ ކަރަންޓް ބިލް ކުޑަކޮށްލައި ދިނުން ފަދަ ކަމެއް ނަމަވެސް ކޮށްދިނުމަށް. ގަބޫލު ކުރަން ޓެކްސްތަކަށް ލުއި ދިނުން އެއީ މިވަގުތު ސަރުކާރަށް ވެސް ކުރަން ދަތިވާނެ ކަމެއްކަން. ނަމަވެސް ކޮށްދެވޭވަރުގެ ކަމެއް ކޮށްދޭން ވެސް ސަރުކާރުން ބޭނުމެއް ނުވޭ." މަޖީދީ މަގުގައި ފިހާރައެއް ހިންގާ މީހަކު ބުންޏެވެ.

މިދަތި ދަނޑިވަޅުގައި ސަރުކާރުން މިހާރު މަސައްކަތް ކުރާ ގޮތުން ހީވަނީ "މުވައްޒަފުން އިތުރަށް ހާލުގައި ޖައްސާ ނިކަމެތި ކޮށްލުމަށް މަސައްކަތް ކުރާހެން ކަމަށް" މުވައްޒަފުންގެ ދިފާޢުގައި މަސައްކަތް ކުރާ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުންޏެވެ.

"ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލުން ވެސް އަދި ވަޒީފާ އާއި ބެހޭ ޤާނޫނަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހުތަކުން ވެސް ފެންނަނީ މުވައްޒަފުން އިތުރަށް އަޅުވެތިކޮށް ނިކަމެތި ކޮށްލުމަށް މަގުފަހި ކުރާ މަންޒަރު. މުވައްޒަފުންގެ ދިފާޢުގައި އެއްވެސް ހަރުދަނާ ފިޔަވަޅެއް އެޅޭ މަންޒަރެއް ނުފެނޭ." އޭނާ ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލިފައިވާ ނުވަތަ އަސަރު ކޮށްފައިވާ މީހުންނަށް މަހަކު 5،000ރ. ގެ މަގުން ވަގުތީ އެހިތެރިކަމެއް ދޭނެ ކަން ސަރުކާރުން އޮތީ އިއުލާން ކޮށްފައެވެ. 22000 ދިވެހި މުވައްޒަފުންނަށް ކޮވިޑް-19 އާއި ގުޅިގެން އަސަރު ކޮށްފައިވާ ކަމަށް ހުދު ސަރުކާރުން ބުނާއިރު، އެލަވަންސް އަދި ލިބުނީ އެންމެ 1400 މުވައްޒަފުންނަށެވެ. އެހެންކަމުން 20000 އަށް ވުރެ ގިނަ މުވައްޒަފުން ފާއިތުވި ހަތަރު ފަސް މަސް ދުވަސް ހޭދަ މިކުރީ އަދި ހޭދަކުރަމުން އެދަނީ ވަރަށް ދަތި ހާލުގައެވެ. އެކަން ސަރުކާރަކަށް ނޭނގެއެވެ.

"ޖޮބް ސެންޓަރެއް" ހުޅުވައިގެން ވަރަށް ޗާލު ވާހަކަތައް ބައެއް ވަޒީރުން ދައްކަވަމުން ގެންދެވި ނަމަވެސް ވަޒީފާ ގެއްލޭ މީހަކު އެތަނުން އެލަވަންސެއް ހޯދުމަށް ވުރެ، ވަޒީފާއެއް ހޯދުން ވެސް މާފަސޭހަވާ ދަރަޖައަށް ޖޮބް ސެންޓަރުން ޚިދުމަތް ހޯދުން ވަނީ ދަތިކޮށް އުނދަގޫ ކޮށްފައެވެ. އެއްވެސް އާމްދަނީއެއް ނުލިބޭ މީހަކު ޖޮބް ސެންޓަރަށް ގުޅައިގެން އެތަނުން ޚިދުމަތެއް ހޯދަން ހަމައެކަނި ފޯނަށް ވެސް ދެތިން ސަތޭކަ ރުފިޔާ ޚަރަދު ކުރަން އެބަޖެހެއެވެ. ޖޮބް ސެންޓަރުގެ ހޮޓްލައިން ނަމްބަރަކީ ހިލޭ ގުޅޭ ނަމްބަރަކަށް ހަދާލުމުގެ ގާބިލްކަން ވެސް ސަރުކާރުގައި ނެތެވެ.

ޖޮބް ސެންޓަރަށް ހުރިހައި ލިޔުމެއް ހުށަހަޅައި، އިޤުރާރުތަކުގައި ސޮއި ކޮށްފައިވާ އެތައް މުވައްޒަފުންނަކަށް އެލަވަންސް ނުލިބި އެބަ ތިއްބެވެ. އެމީހުން ކޮންމެ ދުވަހަކު ތަކުރާރުކޮށް ދައްކަމުން ގެންދާ ވާހަކައިގެ އަޑު ސަރުކާރަކަށް ނީވެއެވެ. ސަބަބަކީ އެމީހުންގެ އަޑު އަދި ޓްވިޓާގައި މާމަޑުވުން ކަމަށް ވެސް ވެދާނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އާއްމު ރައްޔިތު މީހާ އަށް ވެސް އަދި ސަރުކާރަށް ވެސް ކުރިމަތިވެފައި އޮތީ ދަތި ދުވަސްތަކެކެވެ. ނަމަވެސް ސަރުކާރުގެ ހުރިހާ އެހީއަކާއި މަދަދެއް ހަމައެކަނި މަހުޖަނުންނަށް ފޯރުކޮށްދިނުން އެއީ ގަބޫލުކުރަން ވަރަށް ދަތި، ބަލަން ވަރަށް އުނދަގޫ މަންޒަރެކެވެ. މިހާރު ފެންނަ މަންޒަރަކީ މުވައްޒަފުން ބިކަ ކޮށްލުމުން ސަރުކާރުން މަހުޖަނުންނަށް ހަދިޔާ ބަހަމުންދާ މަންޒަރެވެ. މިއީ ބަލަން ވަރަށް ހުތުރު މަންޒަރެކެވެ. އަދި މިއީ ރައީސް ޞާލިހް ވެފައިވާ ހަމަހަމަކަން ކަށަވަރު ކުރާނެ ވައުދާއި ވެސް ހިލާފު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. މަހޭނު ޖަނު

    ސަރުކާރު ގެނައީ މަހުޖަނުންގެ ފައިސާއިން ހިންގި ކަރަޕްޝަނުން ، ވީމާ މުއައްޒަފައްވުރެއް މަހުޖަނުން މިވަގުތު މުހިއްމުވާނީ ކުރިޔަތް އޮތީވެސް އެކަހަލަ ދުވަސްވަރެއް ،ކައުންސިލް އިންތިހާބު ބޯމަތިވާއިރު މަހުޖަނުގެ މުހިންމުކަން ބޮޑު؟

    122
    3
  2. ކިނބޫ ފެންގަޑު

    މިކަލޭގެ ޔާ މެދު ޝަރީއަތެއް ހިން ގުން މިގައުމުގެ ކޯޓް ތަކަށް މާ އައުލާކަން ބޮޑު. ހުރިހާ ކަމެއްގައި އޮޅުވާލުމާއި މަކަރާ ހީލަށް !

    117
    3
  3. ކޮމެންޓު

    ދެން ފުލުހުން ނެރެގެން ނިކަމެތި ރަށްޔިތުން ޖޫރިމަނާ ކުރޭ އެކި ނަންނަމުގަ. ސައިކަލުގަ ތަނަކަށް ދެވެން ނޯވެ

    119
    2
  4. ޗ

    ހެޔޮކޮށްއެހަދަނީ ދެންވެސް ބާރައްއަތްޖަހާ ތިޔަހުރިހާވާހަކައެއް މާކުރިން އެނޣޭމީހުން ކިޔައިދީފައޮތީ ގިނަރައްޔިތުން ގަބޫލުކުރަންބޭނުން ނުވީ އަދިވެސް ގިނަރައްޔިތުން ތިބީނިދިފަ. އަޅެ ހޭލާ ވިސްނާކައްނުވޭބާ ؛ މިމީހުންގެ މަސައްކަތަކައްވާނީ ގިނަރައްޔިތުންގެކިބައިން ބަދަލު ހިފުން

    106
    3
  5. ބެއްޔާ

    ކުޑަކުޑަ މުސާރައެއްދޭ ނިކަމެތި ސަރުކާރުގެ މުވައްޒަފުންގެ ހައްގު ހިފެހެއްޓުމަށްފަހު، ވިޔަފާރިވެރިން ސިޔާސީ އަދި ސަރުކާރުގެ އިސްވެރިންގެ ރިސޯޓުތަކުން ބޮޑު ފައިދާއެއް އެމީހުންނާށް ލިބޭގޮތަށް ނުފޫޒުން ކަންކަންކުރަމުން މިދަނީ. ބޮޑުންނަށް މޮޅުގޮތް. ހުރިހާ ކަމެއްމިއޮތީ ސިޔާސީވެރިންނަށް. ރައްޔިތުން ބިކަވަނީ. ކޮވިޑާ ގުޅިގެންވެސް ހުރިހާ މިނިސްޓަރުން އެތިބީ ޖީބުތައް ފުރާލައިގެން.

    96
    3
    • ކާފަބޭ2020

      އެލާރިތައްހިފައިގެން އަންނާނެބޯމަތިވަނީއިންތިޚާބު ދެންއަތްޖަހަންތިބޭ ހުރިހާބޯއީސްތަށްވެސްދަނީ ސިކުނޑި ގޭގަބާއްވާފަ ކުދިިންނޭފާއިތުވީތަނާދިމާވިކަންތަކަށް ވިސްނާފަވޯޓުލާންމިފަހަރުދާތި ޤައުމުބިނާކުރަންވިސްނާތި ތަނަވަސްކަންލިބޭނީއޭރުން

      58
      3
  6. ލޮލްލޮލް

    މިލިޔުމުގައި ޖަހާފައިވާ ނަންބަރު ތަކަކީ ޚިޔާލީ ފޮލާ

    10
    87
  7. ބަހުސީ

    ވަޒީފާގެ އަސަރު ފޯރި މަދުބަޔަކަށް އެހީވީ އެވެސް ނަމެއްގައި. އެއްމަހު ދޭ މީހަކަށް 2ވަނަމަހު ނުދޭ..ސިވިލް މުވައްޒަފުން ރިސްކްތެރޭ މަސައްކަތްކުރުވާފަ ކޮންމެ މަހެއްގެ މެދުތެރެއިން ފިނޭންސް މިނިސްޓަރ އިތުރުގަޑި ފައިސާ ކަނޑާލަން އަންގަނީ..އާދައިގެ މީހުންގެ ލޯންތައްވެސް 6މަހަށް..މަހުޖަނުން ދައްކަން ޖެހޭފައިސާ 1އަހަރަށް ފަސްކުރީ..

    51
    2
  8. އަހުމަދު

    އަހަރެން ވަޒީފާގައި އުޅުނު އޮފީހުން ވަކިކުރުމަށްފަހު ވަކިކުރިކަމުގެ ލިޔުމެއް ނުދޭ. ވަޒީފާ ދިންކަމުގެ ލިޔުމެއް ދީފަ އޮތީކީ ނޫން. ދެން ކިހިނެއް އެލިޔުންތައް ޖޮބު ސެންޓަރަށް ހުށަހަޅާނީ. އެ ނެތި އެކަން ވާކަށްނެއް. ތިބުނާ އެލަވަންސެއްވެސް ނުލިބޭ ގޮތަށް މިވީ. ހުރިހާ މޮޅެއްކުންފުންޏަށް. އެކަމަކު އެމީހުންނަށްވެސް ބޭންކުން އެބުނާ ލޯނު ދީފި.

    47
    3
  9. ސާހިދު

    މީ ފައްކާ ރޯނު އެދުރެއް މި ސަރުކާރަންވީ ކޮންކަމެއް ހަމައެކަނި ވީހާވެސް ކަމަކީ ވައްކަންކުރުން މިކާރިސާއާއި ގުޅިގެން އެހީގެ ގޮތުގައި ލިބުނު އެއްވެސް އެހީއެއް އެމް އެމްއޭއަށް ވައްތޯ މީ ކުރަން ވަރަންރަގަޅު ސުވާލެއް މުޅުންވެސް ވީ ގޮތެއްނޭގި އެހީތަށް ވައްތަނެއް

    49
    2
  10. ހައްވަ

    ބޮޑެތި ވަގުންގެ ސަރުކާރު މީ މިޙާރުއެއުޅެނީ ޔާމީންދެކެބިރުން ހަދާނެ ގޮތްހުސްވެގެން

    47
    4
  11. ޖަންގު

    ލިޔަންކިޔަން ނޭނގޭތާ ރޯންވެސް ނޭނގޭ ވެރިޔަކު މިގައުމުގެ ވެރިކަމުގައި ހުރުން މިވަނީ ބޮޑު ވޭނަކަށްވެފަ ރަށްޔަތުންނޭވެ ހޭއަރަން ވެއްޖެނޫންތޯ! ހެޔޮނުވާނެ މިވެރިކަން މިގޮތުގައި ނުބޭއްވުމަށް ރަށްޔަތުން ނިކުނަން ވެއްޖެނޫންތޯ?

    45
    1
  12. މ

    ރައްޔަތް މީހާގެ މައްސަލަ !

    33
    2
    • ޑަންވެ

      ތިއުޅީ ދިން ވޯޓްގެ މައްސަލަ. މަދު ފައިސާކޮޅަކަށް ސައިތޯނީ ވަސްވާހުގައި ޖެހި ވޯޓް ވިއްކާލި މައްސަލަ. ކައްޗައް ހުރި ބިއްގާއެއް ކެއްޗާއި ހަމަޔަށް ތެދަށް ނަގާނެ ކަމުގެ އުންމީދުގައި ދިން ވޯޓގެ ނަތީޖާ.

      46
      1
      • ާަސާބަސް

        އޮޅުވާލި ވޯޓް ހުރިހާޒިންމާ އެއްނަގަން ޖެހޭނީ އިލެކްޝަން ޝަރީފު

        11
        2
  13. ރައްޔިތުމީހާ

    އަޅުގަނޑުގެ އަހަރުނުވާ ދަރިއަކާ އަންބަކު އެބަހުްޓެވެ. ވަޒީފާ ގެއްލި ލާރިއެއް ލިބޭނެ ހަމަ އެއްގޮތެއްވެސްނެތެވެ. އުޅެމުންދަނީ މާލެގަ ކުއްޔަށެވެ. އިންކަމް އެލަވަން ލިބުނީ ހަމަ އެންމެ މަހަކަށެވެ. ވަޒީފާ ތަކަށްވެސް މިދަނީ އެދި ސިޓީ ލަމުންނެވެ. އެހެންްނަމަވެސް ވަޒީފާއެއް ލިބޭގޮތެއް އަދިވެސް ނުވެއެވެ. ސަރުކާރުން ދިން އެހީއަކީ ގޭގެ ފެންބިލަށް 3500ރފ އަރުވާލުމެވެ. މި އާނމުކޮށް 900 އ 1000 ގެ ބިލް އަންނަ ގެއެކެވެ. އެތަނަށްވެސް ގުޅަާލުމުން ބުނީ ބަލަން މީހަކު ފޮނުވާނަމެވެ. އެކަންވެސް ބަލާދޭނެ މީހަކު ނެތެވެ. މި ތިންމަހުގެ ބިލްތައްވެސް ދެއްކޭނެ ގޮތެްނެތެވެ. އެންމެ ބޮޑު ހާސްވުމަކީ އެ ތުއްތުކުއްޖާއަށް ބޭނުންވާ އެއްޗެސް ނުގަނެވުމެވެ. ސަުރުކާރުން ހަމަ މި ނިކަމެތި ރައްޔިތުންގެ އަޑުހާ ހެއްޔެވެ.

    ކައެގެން ބަނޑުފުރިފަ ތިބޭބަޔަކަށް ބަނޑުހަވެފަ ހުންނަ އިނސާނާގެ އިހުސާސެއް ނޭނގެނެ ނުވިސްނޭނެ. މި ނިކަމެތިކަމުން އަޅަމެން އެންމެން ސަލާމަތްކުރައްވާށިއެވެ.

    41
    2
  14. ނަވާރް

    ގެޒެޓްގަ އެބަ އޮވޭ ކޮންމެ މަހެއްގެ 15 ގެ ކުރިން އިންކަމް ސަޕޯޓް އެލަވަންސް ލިބޭނެކަމަށް. އެކަމަކު 3 މަސް ވެގެން ދިޔައިރު 1 މަހުގެ ރުފިޔާ ވެސް އަދި ނުލިބޭ..... ސަރުކާރުގެ ފެންވަރު މީ ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން އަންނަ އިރު ކޮބާ ލަދު

    41
    2
  15. ޖުޑީ

    އޭޕްރީލް މަހު އެލެވަންސްއަށް އެދިގެން އުޅެ ޖޫން މަސް މި ނިމެނީ. އަދިވެސް ޕުރޮސެސިންގަ. އެކަމު ބުނި ހުރިހާ ޑޮކިއުމެންޓެއް ފޮނުވިއްޖެ. ކޮންމެ ފަހަރަކު ހަބަރު ބަލާލަން ގުޅީމަ ބުނަނީ ޕްރޮސެސިން ގައޭ އިނީ. ކޮން ދުވަހަކުން ތޯ ތިކަމެއްނިމި ތި އެލެވެސް ލިބޭނީ އެހީމަ ނޭގެޔޭ ބުނަނީ. މިހާރު އަތުގަނެތް އެއް ރުފިޔާވެސް ކަންމަތީ ފިހާރަޔަށް ދަރާގެން އެތަނަށްވެސް ދާން ނުކެރޭ ވަރުވެފަ މިހުރީ. އާއިލާ އެތިބެނީ މިހާރު އެއްއިރު ކާލައިގެން. ހެޔޮނުވާނެ ނޫސްވެރިންވެސް މި ވާހަކަތައް ގިނައިން ދައްކަދީބަ. ކޮންމެ ޕްރެސްގަވެސް މި އެލެވެސް ލިބޭނީ ކޮން އިރަކުންތޯ އާ ވަކި ބަޔަކަށް ލިބިފަ ދެން ތިބި މީހުންނަށް ނުލިބެނީ ކީއްވެތޯ ވެސް ސުވާލު ކޮއްބަލަ. އަނެއްކާ މަށާ އެއްރިސޯޓެއްގަ އުޅޭ މީހަކަށް މަށަށް ނުލިބި ހަމަ އެއް ޑޮކުމެންޓްތަކެއް ހުށައަޅައިގެން ވެސް ލިބިފަ ހުރީ އޭޕްރީލް އެލަވަންސް.

    16
    1
  16. އިންޞާފް

    ޖަޒީރާ ރާއްޖެ. ތަަފާތުވާނެ! އެޖެންޑާ 19 އަދި މާބޮޑަށް ތަފާތުވާނެ!

    30
    1
  17. ލަކީ

    ހެހެ ކޮންހައްގެ ގެ ވާހަކަ ކޮބާ ހައްގަކީ

    12
  18. ބަނީ

    ކޮބާ ކިހިނެއް މިވަނީ ..... އެންމެ އާދައިގެ މީހާގެ އިހުސާސް ދަންނަމީހުން ވެރިކަމަށް ގެނއިމަ މިވީކިހިނެއް......ރައްޔިތުން ގުބޯއްދުން ނޫންކަމެއް ނުވި..... އެތައް ކަމަކުން އައިދާގެ މީހާއަށް ކުރިޔައްދެވޭނެ މަގު ދަނީބަންދުކުރަމުން..... އަދިވެސް ބޮޑުންނަށް ފައިސާވެރިން ނަށް މޮޅުގޮތް.... މިކަން ބަދަލުކުރަން ބޭނުންވޭ.....

    16
    1
  19. ފައްކާ

    މިހިރަފެންނަނީ ކަންކަން ހުންނަވަރު ! އަހަރެންވެސް ވޯޓްދީފަވާނީ ތި މީހަކަށް! މިއީ ޤުރްއާނާއި ބެހޭ މަރުކަޒުގެ ދަރިވަރެއް! އަދި ދިރާގުންވެސް ފޮނިކެނޑި ކިޔަވާ ދަރިވަރުންނަށް ޑާޓާ އެއް ދޭވާހަކަ! އަޅުގަނޑުމެންނަކަށް ނުލިބޭ! މިހާރު ދެމަސްދުވަސްވަނީ އެކަމަކަށް ކީރިތި ޤުރްއާނާއިބެހޭ މަރުކަޒުން އެދިގެން އުޅޭތާވެސް! ކޮންމެވެސް ޑޮކިއުމެންޓްއެއް ފުރިހަމަ ނުވެއޭ ކިޔާގެން ދިރާގުންވެސް ދަންމަނީ! އދިވެސް ދަންމަނީ! މިސަރުކާރަށް ކޮންކަމެއްތޯވީ؟ ބެލެނީ؟ އެނގެނީ؟ ލާދީނީ ކަންކަން ހަމަ100ޕ ކުރިޔަށް ފަތުއަޑުކިޔާފައި އެހެރަދަނީ! އެކަންކަމަށް އިންޓަނެޓް ވޯކްކުރޭ ބަރާބަރަށް! އަހަރެމެންގެ އަތުން އިންޓަނެޓްއަށް ލާރި ޚަރަދުބޮޑުވެ އިންޓަރނެޓް ކެނޑުމާއި ލަސްވުމާއި، އޮންލައިންކޮށް ކިޔަވަންވެސް ދަތިވެއްޖެ! ދަރިންނަާއި އެންމެނެް އޮންލައިންގަ ކިޔަވަން ބަލާއިރު އަތްމަތި ހުސްވީ!ރިސޯޓުން ފިރިމީހާ ވެސް ކަނޑާއެއްލާލީ! އެކަަމަކަށް ނަތީޖާއެއް ނުފެނުނު! ވީކަމެއް ކޮބާތޯ! ލަދުންބޯހަލާކު! މިތާވެސް ގިނަައީ އަންހެނުން! އަންހެނުންގެ ޙައްޤޭކިޔާގެން މިދަނޑިވަޅުގަ ޤަޥްމަށް ބޮޑު މުޞީބާތްތަށްޖައްސާ އަހަރެމެންނާއި އަހަރެމެންގެ ދަރިންގެ މުސްތަޤްބަލް ގެއްލިދަނީ! ކޮންކަމެއްތޯކުރެވުނީ!

    19
    2
  20. މިއަދު

    ވާނީވެސް އެހެންތާ!
    މިއީ ދިވެހި ރާއްޖެ މިރާއްޖޭގައި އުޅެނީމުސްލިމުން ދިވެހިން ވާހަކަދައްކަނީ ދިވެހިބަހުން ލިއެއުޅެނީ ދިވެހިއަކުރުން އަމުރު މައުރޫފު ހިންގަނީ އެއްސަރުކާރަކުން ޢަމަލުކުރަން އޮތީ އެއްޤާނޫނެއް ކޮންމެވެރިކަމެއްގައިވެސް ކަންކުރަނީ ރަޢިއްޔަތުންގެ ލާބަޔާއި މަންފާއަށް އެއްމެފައިދާބޮޑުގޮތަށް މިހުރުހާކަމަކުންވެސް ދަސްނުވިކަމަކީ އިހުތިރާމްކުރުމާއި ބަލައިގަތުން ގައުމުގެ އެއްމެއިސްމީހާއިންފެށިގެން އެއްމެ ދަށްމީހާއަށްދާންދެން މިކަންއޮތީމިހެން އެކަމަކަށް ރަޢިއްޔަތުން ކިތަންމެ ބޭނުންވެފައިތިނަމަވެސް އެކަމެއް ރަޢިއްޔަތުން ކިތަންމެ ބޭނުންވެފައިތިބިނަމަވެސް ސަރުކާރުގެ ވެރިންގެ ލެވަލުން މަސައްކަތްކުރަނީ އަބަދުވެސް ކުރީސަރުކާރުންކިރިހުރިހާކަމަކީ ގޯސްކަންތައް ކަމުގައިހަދާ އެއިރުގެވެރިންގެ އަބުރާއި އިއްޒަތް ކޮށާމަށާ ކާޅަށްދިނުމަށް އިއީ ވެރިކަމުގެ ލެވަލުން ދަސްނުވި ކަމެއް ގައުމުގެ ލަޖީލު ހަލާކުވެދާނެކަމެއް ވެރިންމިކަމާއި ވިސްނާފިކުރުކުރާނެބާ؟

    101
    2
  21. ޒާ

    ނުބައި ޖާހިލުން ވައުދާ ޚިލާފުވާނެ

    16
    1
  22. ދޮންބޮލި

    މަހުޖަނުން މަހުޖަނުންގެގޮތުގައި ސޭޓްމެން ފައިސާއެއްނެތޭބުނެ ސްޓަ ރފުންނަށް މުސާ ރަނުދީ މިހާ ރު ރިސޯޓްތަކުގަ އެކު ރާ މަސައްކަތް ތައްދެކެބަލަ ސަ ރުކާ ރުން ސްޓަ ރފުންނަށް މުސާ ރަދޭން ބުނެ ލޯނުނަގާފައި ޕެ ރަޑައިސްަ ސްވިމިންޕޫލްއެއް އެއަޅަނީ. އެއަރޕޯޓް ބޮނޑުކުަ ރަނީ. ސަންގަ ބޮޑުޖެޓީއެއް، މިހެން ކިޔާނެކަމެއްނެތް މަސް ރޫއުތައް ހެސްކިޔާފަ ކު ރިޔަށް ސްޓަ ރފުންނަށް މުސާރކޮޅުވެސް އިނާޔަތްވެސް ނުދޭ

    11
    1
  23. ސޯ އަންފެއަރ

    ބަލަ ނިމިނު މަހު ވެސް ގޭގަ ތިބެގެން އައިޖީއެމްއެޗް އެޗްއާރު ގެ މުއްޒަފުން މަސައްކަތް ކުރީ. އެހެން ހުރިހާ ޑިޕާޓްމެންޓްގެ މުއަޒިފުން ވަޒީފާއަށް ނިކުތް.
    އެކަމް ކޮވިޑް އެލަވަންސް ލިބުނީ ހަމަ އެކަނި އެޗްއާރް މީހުންނަށް

    8
    2
  24. ރައްޔިތުން

    ބައުން.އުފާވެރި ކަމުން އުފާވާން ނުދަންނަ. ބަޔަކު އެހެން މީހުންނަށް އިފާކޮށްދޭނެތަ.

    2
    1
  25. ޙަމަ ބަރާބަރު ވާހައެއް

    ޡިމާއައް ބޮޑުކަމެއް ލިބުނީމާ ނިކަމެތިނާ ހާލުގަ އުޅޭމީހުންނާ ފަގީރުންނާ ބޭނުންޖެހިފާވާ މީހުން ނުފެންނާނެ..
    ފެންނާނީ މުޅިންވެސް މުސަނދިންނާ ގަދަރުވެރިންނާއި ބޮޑެތި މީހުން... މޮޅުގޮތައް ކަންތައް ކޮއްދޭނީވެސް އެމީސްމީހުންނައް..
    ނިކަމެތިން ކުރާނީ ޖޫރިމަނާ ނުވަތަ ނަގާނީ ޖިޒީ... (ކޮންމެސް ބަހަނާއެއް ދައްކާގެންވިޔަސް..)
    އެނެއްކޮޅުނަގާނީ ޖީއެސްޓީ އެއީވެސް ހަމަ ނިކަމެތި އާމުންއަތުން.. (ވިޔަފާރި ވެރިން އެޖީއެސްޓީއައް އެނަގާ ޕަސަންޓް ލާފަ އާމުންނައްވިއްކާނީ..) ..
    ...
    އާމު މީހާއަތް އެއްޗެއްދޭން ވިއްޔާ ސަރުކާރު އަތުގަ ބަޖަޓެއް ލާރިއެއް ނުހުރޭ...
    ޢެކަމަކު އާމުމީހާ ބަޖެޓެއް ލާރިއެއް ނެތަސް އަދި އަމުދުން ދަރަނިވެފަ ހުއްޓާވެސް ބިކަވެފަ ހުއްޓާވެސް ސަރުކާރުން ނަގަންވާއެއްޗެއް ބަރާބަރައް ނެގޭ... (ކުރަންވާ ޖޫރިމަނާއެއް ކުރެވޭ .. ނަގަންވާ ޖީއެސްޓީއެއް ނެގެވޭ..)
    .
    އަޖާބުން އަންތަރީސް..
    ..
    ޢެކަމަކު މުސަނދިން އަހަރަކު ދެކޮޅު ދެރިސޯޓް ހުޅުވާލެވޭ.. އެކަމަކު ހަތަރު ފަސްމަހު ބޭސިކު ސެލެރީ މުއައްޒަފުންނައް ދޭންނުލިބޭ...
    ..
    ޙަމަ މިގޮތައް ސަރުކާރުވެސް އުސޫލުވެސް ހުރީ އާމުންނައް ޖެއްސުންކޮއް ޖޫރިމަނާކޮއް އެހީދެމޭ ކިޔާ ދަޅަދައްކާ ބިކަކޮއް.. ދެރަގޮތް ހަދާ
    ޢެކަމަކު މުއްސަނދި ރިސޯޓް އޯނަރުންނައް މޮޅުގޮތާ މަންފާ ފޮނިގޮތް..
    ..
    މަސައްކަތްތަކުގާ އެތައްއަހަރެއްގެ ގުރުބާނީތަކެއްވެ އަނބިދަރިންނާދުރުގަ އެތައް ދުވަހެއް ހޭދަވެ މަސައްކަތާ ބަދަލް ނުވާ ކުޑަ އުޖޫރާގަ.. ގާން ދާ އޮހިރާ މަސައްކަތްކޮއް ރިސޯޓްތަކުގެ އޯނަރުން ފާމައްޗައް ތެދުވެ ހިނދެމެލޭ ވަރުވީމަ އޭގެ ފޮނިމީރުކަމުން އެއޯނަރުން ހުރިހާ ސަކަރާތެއް ޖަހަމުން އިތުރު ރިސޯޓްތައް ހުޅުވަނުންދާއިރު ވެސް.. ބިކަވާދުވަހުވެސް ބިކަކޮއްލާ ލޭކަރުނުން ތެމެން މިޖެހެނީ އާމުން..
    ޢަދި ނުވިތާކައް ސަރުކާރުންވެސް ބިކަކޮއްލަނީ އާމުމީހާ
    މޮޅު ގޮތްތައް ދެނީ މުއްސަނދި މަހުޖަނުންނައް..
    ..
    މީ އާނމުން ލިބެންވީ އިބުރަތެއް.. ސަރުކާރައް ދޭންވީ މެސެޖެއް...

    11
    1
  26. ޚަރުން

    މިއަށްވުރެން ގޮތް ކުޑަ ވެރިއެއް ރާއްޖޭގެ ތާރިހުގައި ނެތް

    7
    1
  27. ައަހުމަދު

    ރަްޔިތުންނަށް މިހަތަނަށް ކޮށްދެވުނުކަމެއް ނެތޭބުންޔަސް ދޮގަކަށްނުވާނެ ކުރިއްޔާ ކުރީޖެއްސުން ނިކަމެތިން ނިކަމެތިވީ ފަޤީރުން ފަޤީރުވީ އެެކަމަކު ސަރުކާރުގެ ބާރުކިރިޔަވެސް އޮންނަމީހަކަށް ބޭނުން ކަމެއްކުރެވޭ، މަހުޖަނުން މިކޮވިޑު އައިމާ އެއްމެނިކަމެތިމީހާއަށް ބަދަލުވެއްޖެ މިއޮތީ ސައްތައިން ސައްތަ އިސްލާމީޤައުމެކޭ ކިޔާ ޤައުމުގެ ވެރިންނާއި މަހުޖަނުންގެ ހާލު.

    4
    1
  28. ކުނިބެ

    ކޮބާތަ ދޭންބުނި ކޮވިޑް 19 ގަ ފްރަންޓް ލައިން ގަ ނުކުތް މުއައްޒަފުންގެ ފްރަންޓް ލައިން އެލަވެންސް. ކީިވެބާ މީގެ ވާހަކަ ނުދައްކަނީ؟ފްރަންޓް ލައިންގައި ބިރެއްނެތި އެހެން މީހުންގެ ހައްޤުގައި ނުކުތް މީހުން ނައް ދޭން ބުނި ފްރަނަޓް ލައިން އެލެވެންސް އަދިވެސް ނުދޭ، އޭގެ ވާހަކަ ނުވެސް ދައްކާ. ވީ ނުވީއެއް ނޭންގޭ ވެމްކޯގެ ކުނި ނަގަން ތިބި ރިސްކުކަން މަތީ ތިބި އެއްވެސް މީހަކަށް މީ ގެ ވާނުވާ އެއް ނޭންގެ، ،ހީވަނީ މިވެސް ކާލީ ހެން.....ނޫނީ ވަކިބައެއްގެ ޖީބައް ދިޔައީ ކަންނޭންގެ.

  29. ކުނިބޭބެ

    ކޮބާތަ ދޭންބުނި ކޮވިޑް 19 ގަ ފްރަންޓް ލައިން ގަ ނުކުތް މުއައްޒަފުންގެ ފްރަންޓް ލައިން އެލަވެންސް. ކީިވެބާ މީގެ ވާހަކަ ނުދައްކަނީ؟ފްރަންޓް ލައިންގައި ބިރެއްނެތި އެހެން މީހުންގެ ހައްޤުގައި ނުކުތް މީހުން ނައް ދޭން ބުނި ފްރަނަޓް ލައިން އެލެވެންސް އަދިވެސް ނުދޭ، އޭގެ ވާހަކަ ނުވެސް ދައްކާ. ވީ ނުވީއެއް ނޭންގޭ ވެމްކޯގެ ކުނި ނަގަން ތިބި ރިސްކުކަން މަތީ ތިބި އެއްވެސް މީހަކަށް މީ ގެ ވާނުވާ އެއް ނޭންގެ، ،ހީވަނީ މިވެސް ކާލީ ހެން.....ނޫނީ ވަކިބައެއްގެ ޖީބައް ދިޔައީ ކަންނޭންގެ.

  30. ތަކުރު

    މުވައްޒަފުންނަށް ދެރަދިނުމަކަށް އެއްވެސް ވަރަކަށް ތާޢީދެއް ނުކުރަން. ނަމަވެސް ދެރަ ލިބިފައި ތިބި މުވައްޒަފުންނަށް ދެންވެސް ރަގަޅެއް ލިބޭނީ ކޮންމެސް ގޮތަކުން ކުންފުނިތަކާއި ރިސޯޓްތަށް ހިންގުމަކަށް ގެނެވިގެން. ވީމާ އެ ފަރާތަކަށް ލުޔެއް ދިނުން ރަގަޅެއް ނޫން ބާ ؟

    2
    1
  31. ޞިރާޠް

    މީނާ ވައްތަރީ ކައްކާއަކާ! ތެލިތަށި އުނދުޅިދީފަ ބަދިގެޔަށް ފޮނުވަންވީ!