ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގެންނެވިއިރު އެންމެ މުހިއްމު ވައުދަކީ އިންސާފު ގާއިމު ކުރުމެވެ. ކޮރަޕްޝަންގެ ސަބަބުން ދައުލަތުން ގެއްލިފައިވާ އެތައް ބިލިއަން ރުފިޔާއެއް އަނބުރާ ހޯދުމެވެ. ރައީސް ޞާލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެން ފުރަތަމަ ނެރުއްވި ރިޔާސީ ޤަރާރަކީ ދަޢުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމާއި ކޮރަޕްޝަނުގެ މައްސަލަތައް ތަޙުޤީޤު ކުރުމަށް "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ނަމުގައި ރިޔާސީ ކޮމިޝަނެއް އުފައްދަވާ، ނެރުއްވި ރިޔާސީ ޤަރާރެވެ. އެކޮމިޝަންގެ ރައީސަކީ އަހްމަދު އައްސަދެވެ.

އޭނާ އަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ. މިހާރުގެ ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމްގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. އެހެންކަމުން އައްސަދަށް ނަސީބު ރަނގަޅު ކަމުން ބައެއް ކަންކަން ވެފައި އެބަހުއްޓެވެ.

އޭގެ ތެރެއިން އެއް ކަމަކީ ކީރިތި ޤުރުއާނުގެ ތަރުޖަމާ ހަމައަށް ނުލިބޭކަމަށް ބަޔާންކޮށް ރައީސް އޮފީހުން ސިޓީއެއް ފޮނުވާފައި ވަނިކޮށް ހުރިހާ ފޮތްތަކެއް ލިބިފައިވާކަމަށް ބަޔާންކޮށް ނޮވެލްޓީއަށް 30 މިލިއަން ރުފިޔާ ދޫކުރި މައްސަލައިގައި އައްސަދަށް ދައުވާ ކޮށްފައި ވަނިކޮށް، ރައީސް ޞާލިހަށް ވެރިކަން ލިބި އައްސަދު ރިޔާސީ ކޮމިޝަނަށް އައްޔަން ކުރެވުމާއި އެކު އެދައުވާ އިން ކުއްލި ގޮތަކަށް ސަލާމަތް ވުމެވެ.

އެދައުވާ އިން އައްސަދު ސަލާމަތްވިއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސިޓީގައި ފޮތްތައް ހަމައަށް ނުލިބޭކަމަށް ބަޔާންކޮށްފައިއޮއްވައި، ހުރިހާ ފޮތެއް ލިބުނުކަމަށް ބަޔާންކޮށް އިންޓާރނަލް މެމޯ ތައްޔާރުކޮށް ފައިސާ ދޫކުރުމަށް އެންގި އެންގުމަކީ، ނުލިބޭ މުދަލަކަށް ފައިސާ ދޫކުރުމަށް އެންގުންކަން އެނގެން އޮންނަ ކަމަށް އޭސީސީން އޮތީ ނިންމާފައެވެ. އަދި ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގައި މައްސަލަތަކެއް ދިމާވެ ފޮތްތަށް ބޭނުން ނުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދަޢުލަތުގެ އިދާރާތަކަށް އަންގާފައިވަނިކޮށް، އެމަސައްކަތް ކުރި ފަރާތަށް ފައިސާ ދޫކުރުމަށް އެންގުން އެއީ، ވަކި ފަރާތަކަށް ނާޖައިޒް ފައިދާއެއް ހޯދައިދިނުމަށް ހިންގާފައިވާ ޢަމަލެއްކަން ތަޙްޤީޤަށް ފާހަގަކުރެވޭ ކަމަށް ވެސް އޭސީސީން އޮތީ ނިންމާފައެވެ.

މިމައްސަލައަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ފާހަގަ ކުރެވޭތީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ދަށުން، އައްސަދުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމުގެކުށުގެ ދަޢުވާ ކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ ކަމަށް އޭސީސީން 2018 ވަނަ އަހަރުގެ މާޗް މަހުގެ 02 ވަނަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.

ވެރިކަން ބަދަލުވިއިރު މައްސަލަ އޮތީ ކްރިމިނަލް ކޯޓުގައެވެ. ނަމަވެސް ކުއްލިއަކަށް ހުރިހާ މުއައްސަސާތައް މިނިވަންވުމުން އައްސަދު ދައުވާ އިން ސަލާމަތްވީއެވެ.

ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގެ ޗާޕް ތައްޔާރުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި އެމަސައްކަތް ޙަވާލުކުރި ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ޖުމުލަ އަގު ކަމަށްވާ 30 މިލިއަން ރުފިޔާ ވަނީ އެ ކުންފުންޏަށް ދޫކޮށްފައެވެ. އެ މަސައްކަތުގެ ފުރިހަމައަގު ދަޢުލަތުން އެ ކުންފުންޏަށް ދައްކާފައިވާއިރު، ޗާޕްކުރަން ޙަވާލުކޮށްފައިވާ 150000 ކީރިތި ޤުރުއާނުގެ ތަރުޖަމާގެ ތެރެއިން، އެކުންފުނިން ޗާޕްކޮށް ދަޢުލަތަށް ފޯރުކޮށްދިން 51840 ކީރިތި ޤުރުއާނުގެ ތަރުޖަމާގެ ޗާޕުތަކުގައި ކުށް ހުރުމާއި އަދި ޕްރިންޓްކުރުމުގައި މައްސަލަތަކެއް ހުރުމުން، އެއީ އޭގެއިން އެއްވެސް ބޭނުމެއް ކުރެވޭފަދަ ފޮތްތަކަކަށްނުވުމާއި، އަދި ބާކީ ހުރި 98160 ކީރިތި ޤުރުއާނުގެ ތަރުޖަމާގެ ޗާޕުވެސް ދަޢުލަތަށް ލިބިފައި ނުވާކަމަށް އޭސީސީން ވިދާޅުވެފައި ވެއެވެ.

އައްސަދުގެ މައްޗަށް ކޮރަޕްޝަންގެ މިފަދަ ބޮޑު ތުހުމަތެއް ކުރެވިފައި ވާއިރު އޭސީސީއަށް ދެއްވި ބަޔާނުގައި އައްސަދު ވަނީ ޤުރުއާން ތަރުޖަމާ ލިބުނު ކަމަށް ސޮއިކޮށް އިންޓާނަލް މެމޯއެއް ނެރުނު ކަމަށް އެއްބަސްވެފައެވެ. މީގެއިތުރުން، އެ މެމޯގައި ކޮށްފައިވާ ސޮޔަކީ އޭނާގެ ސޮއިކަން އޭނާގެ ސޮއިގެ އެނާލިސިސް ރިޕޯޓުންވެސް ވަނީ ކަށަވަރު ވެފައެވެ.

ކޮރަޕްޝަންގެ މިފަދަ ބޮޑު ތުހުމަތެއް އައްސަދުގެ މައްޗަށް ކުރެވި އޭސީސީގެ ތަޙްޤީޤުން އެކަން ސާބިތުވެފައި ވަނިކޮށް އައްސަދަށް މިފަދަ މަގާމެއް ދިނުން އެއީ ވެސް ގޯހެކެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް އޭނާ އިސްވެ ހުރި ތަޙްޤީޤު ކުރުން އެއީ ކުރެވިދާނެ ކަމެއް ކަމާއި މެދު ވެސް ސުވާލު އުފެދެއެވެ.

ދެން އޮތީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްސަދު ހުންނެވިއިރު އެމިނިސްޓްރީގައި ކަންތައްތައް ހިނގާފައިވާ ގޮތެވެ. އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ފިނޭންސް މިނިސްޓްރީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގެ ޞޮފްހާ ނަމްބަރު 06 ގައި ބުނެފައި އޮންނަނީ 2011 ވަނަ އަހަރު ފިނޭންސް މިނިސްޓްރީން ބަޖެޓްގެ އިތުރަށް 683 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށެވެ. އެފައިސާ ޚަރަދު ކުރި ގޮތް ފެންނާކަށް ނެތެވެ. އެހެންކަމުން އެއީ އޭރު އައްސަދުގެ ވެސް ހިމެނޭ ގޮތުން މިނިސްޓްރީގެ ވެރިން ޒިންމާ ވާން ޖެހޭނެ ފައިސާއެވެ.

އޭގެ އިތުރުން އެމްޑީޕީގެ އެކްޓިވިސްޓް ފާތިމަތު ޝިއުނާގެ ހިއްސާއޮތް ކުންފުންޏަކަށް ރާއްޖެ އަށް ބޭސް އެތެރެ ކުރުމުގެ ނަމުގައި 11 މިލިއަން ރުފިޔާ ދޫކުރީ ވެސް އައްސަދު ސޮއި ކުރައްވާ އޭނާ އިސްވެ ހުންނަވައިގެންނެވެ. ނަމަވެސް އަދި މިއަދާއި ހަމައަށް އެފައިސާ އަށް އެންމެ ބޭސް ގުޅައެއް ވެސް ދައުލަތައް ލިބިފައެއް ނުވެއެވެ. މީގެ އިތުރުން ދައުލަތުން ގެއްލުނު ފައިސާގެ ތެރެއިން އެންމެ ފައިސާ ފޮއްޗެއް ވެސް އަނބުރާ ހޯދިފައެއް ނުވެއެވެ.

ޖީއެމްއާރްއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ދިނުމުން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ލިބުނު 78 މިލިއަން ޑޮލަރު ނުވަތަ 994 މިލިއަން ރުފިޔާ އަށް ވީނުވީއެއް ނޭނގި ދައުލަތުގެ މާލީ ނިޒާމުގެ ތެރެއިން ގެއްލިގެން ދިޔައިރު ފިނޭންސް މިނިސްޓްރީގައި އައްސަދު ހުންނެވިއެވެ. އެފައިސާ ފިނޭންސް މިނިސްޓްރީ އާއި ހަވާލުކުރިކަން އެނގެއެވެ. ދެން ވީގޮތެއް ނޭނގެއެވެ.

2010 ވަނަ އަހަރުގެ ފިނޭންސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި އެއަހަރު ސަރުކާރުގެ ކެޕިޓަލް ޚަރަދުގެ ގޮތުގައި 199 މިލިއަން ރުފިޔާ ކުންފުނިތަކަށް ޚަރަދު ކުރި ކަމަށް ބުނެ ފިނޭންސް މިނިސްޓްރީގެ މާލީ ބަޔާން ވަނީ އޮޅުވާލާފައެވެ. އެފައިސާ އަށް ވެސް ވީގޮތެއް ފެންނާކަށް ނެތެވެ.

"ގިތެޔޮއެޅި ގުޅިއަކުން ވަހެއް ނުފިލާނެއެވެ." އެހެންކަމުން އައްސަދުގެ މައްޗަށް ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހޯދުމާއި ވައްކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައި ވާއިރު އޭނާގެ މިނިވަންކަމާއި ނަޒާހަތްތެރިކަން ސާބިތު ކޮށްދެވޭނެ ހަމަ އެއްވެސް ގޮތެއް ނުވިސްނެއެވެ.

ދިވެހި ދައުލަތުން ގެއްލިފައިވާ ފައިސާ އަކީ ހޯދަން ޖެހޭ ފައިސާއެކެވެ. ދައުލަތުން ވައްކަން ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭނެއެވެ. ނަމަވެސް އެކަން ކުރަންވީކީ ކޮރަޕްޓް ވެފައި ތިބި ވަކި ބަޔަކު ސަލާމަތްކޮށް އެހެން ބަޔަކު ގޮޅިއަކަށް ފައްތާ ގޮތަކަށް ނޫނެވެ. އެކަން ކުރަން ޖެހޭނީ ހަމަހަމަކާއި އެކު ހުރިހާ ކުށްވެރިން ވެސް ގޮޅިއަށް ފެތޭ ގޮތަށެވެ. އެހެން ނޫންނަމަ އަބަދުވެސް އާއްމު ރައްޔިތުން މި ތަޙްޤީޤާއި މެދު ސުވާލު އުފައްދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

59 ކޮމެންޓް

 1. މާމީ

  ބޮޑު ވަގެއްދޯ ސޯލިހު ކޮމިޝަނުގަ ރައީސައް މިހިރީ ހެ ހެ. ލަދެއްނުގަނޭ.

  187
  2
  • ބޭބެ

   އަނހަ ބޮޑު ވަގެއްދޯ؟ ދެން ކިހިނެތް މިހަދަނީ މިސަރުކާރުން؟ ދެރަ ކަމެއް! މިއީ އެއްވެސް އުންމީދެއް ނެތް ޖާހިލު ކަމުން ފުރިގެންވާ ނުބައި ނުލަފާ ބަޔަކު ހިންގަމުންދާ ސަރުކާރެއް! މިގައުމުގެ އަދުލު އިންސާފު ވެއްޔާ މޮޑެލާ ގައުމު ވިއްކާ އަޅުވެތިކަމުގެ ތެރެއަށް ގަންބާލަމުންދާ ވަރަށް ޚުދުމުޚުތާރު އަނިޔާވެރި ބައެއް މިތިބީ!

   122
  • ޕަޓާސްް

   މީނަ އެ ނޫސް ކޮންފަރެންސްގަ ބުނި އަޙްލާޤް ގޯސް ކުދިންނަށް ސަރުކާރު ވަޒީފާ ދޭވާ ހަކަ. ޢެއީ ކޮށްގެން ވާނެކަމެއް ނޫންކަމަށް. ސިޔާސީ ވީމަ އޯކޭ ފަސްބައި ކިތަންމެ ކިލަނބަސް.

   72
  • ހިންނަވަރުބަޖަރާ

   ސޯލިހަކީވެސް ވަގެއް. ބުނެވޭ ލަނޑަޔާ ވާނީ ލަނޑަޔޭ.

   45
   1
  • ޢަލިބެ

   ވައްކަންކުރިގޮތް ރިޕޯޓެއްގެ ސިފައިގައި ލިޔަން އެނގޭނީ އެކަހަލަކަމެއް ކޮށްފަހުރި މީހަކަށްދޯ.

   19
   7
 2. އޮލަނބު

  އެގޮތައް ވަތް ހުރިހާ ފައިސާއެއް ވަނީ މިހާރުގެ ގަވަރުނަރު އަލީ ހާޝިމްއާއި ރޫޓް މައުސޫމްއާއި ލެކިއުޓް މާޖިދުގެ ލިންޓެލް ކުންފުނީގެ އެކައުންޓަށާއި މިހާރުގެ ވަލިއްޔުލް އަމްރު މަސްމާރުކޭޓް ކައިރީ ހުންނަ ސޮނީ ހާޑްވެއަރ ހުންނަ ޝައިންޓްރީ ބިލްޑިންގގައި ހިންގާ ޕޭން އޯޝަންގެ އޮފީހަށް ނިކުމެ އޭރު ބަލަހައްޓަމުން ގެންދިޔަ ޕޭން އޯޝަން ކުންފުނީގެ އެކައުންޓްތަކަށް. ދެން ކިހިނެއްތޯ ރަގަޅަށް ދާނީ. ހުރިހާ ފައިސާއެއް ލޯންޑްރ ކުރެވެމުން މިވިޔަފާރި ތަކުގެ އެކައުންޓް ތަކުން ލޯންޑަރ ކުރެވެމުންދިޔައިރު ހައުސް ކީޕީންގ މެނޭޖަރު މިހާރު އެތިބީ ބައިތުލްމާލު މަތިގަނޑު މަތީއަރާ ލޯވަޅު އަޅާގެން ފައިސާ ބާނަން.

  128
  3
 3. އައްޑޫ މީހާ

  ނޫނޭ މޑޕ ގައި ތިބޭނީ ހުދު ކަފައަށް ވުރެންވެސް ސާފު ތާހިރު ސީދާސާދާ މީހުން! ދުވަހަކުވެސް ހަރާމް ފައިސާއެއް ބޭނުމެއް ނުކުރާނެ! ކުރަން ނުވެސް ދަންނާނެ! ނަހަލާލު ވެރިކަމެއްގައި މިކަހަލަ ވަގުން ތަންތާގަ އިސް މީހުންނަށް ލައިގެން ވަގު ރިޕޯޓް ނެރެ އިބިރިހިމާ ހޮހޮޅައިގައި ފިލައިގެން އޮވެފައި ނިކުމެ އެރިޕޯޓް ކިޔާލާފައި އަނެއްކާވެސް ހޮހޮޅައަށް ވަދެ ފިލާފާނެ އެހާ ހިސާބުން އެކަން ނިމުނީ މިގައުމަށް އިޙްލާސްތެރި ޙިދުމަތެއް ކޮށްދީފައި ހުރި މީހެއް ވެއްޖެއިޔާ އެއީ ވާނީ ވަގަކަށް

  130
  4
  • އައިފާނު

   ތެދުފުޅެއް.. މިގައުމަށްް އިޚްލާސްތެރި ޚިދުމަތެއް ކޮށްދީފައި ހުރިމީހެއްވެއްޖެއްޔާ އެވާނީ އިޚްލާސްތެރި ބޮޑު ކަޅުވަގަކަށް.. . . އެހެންވީމަ ދެވަނަ ދައުރެއް ޖަލުގަނޑުވަރުގައި ފުރިހަމަކުރައްވަނީ.......... ....

   3
   5
 4. މޫސަ

  ތިޔަކަންތައްތައް ހުރީ ތިހެންކަމާއި އެމްޑީޕީ އަކީ ކޮންބައެއްކަން ރަނގަޅަށް އެނގިތިބެ ދިވެހިންގެ ގިނަ ބަޔަކު ގުޅިގެން 2018 ގަ މިޤައުމު މިވަނީ ޣައްދާރުންނާ ޙަޥާލު ކޮށްފައެވެ. މިހާރު ޤައުމު މިވަނީ އިސްލާމް ދީނަށާއި މިދިވެހި ޤައުމަށާއި ދިވެހި ރައްޔިތެއްގެ މައްޗަށް ކުޑަވެސް ލޯތްބެއް ނެތް އަމިއްލަ އެދުމުން ފޯވެފައިވާ ބައެއްގެ އަތްމަތީގައެވެ. ކަޅުވެނުގެ އަނގައިގާ ޖެހުނު ގޮހޮރުގަނޑަށް ވާހެން މިޤައުމަށް ވާތަން ބަލަން އަހަރެމެން ހަމަ ތިބެންވީބާވައޭ ހިތަށް އަރައެވެ؟؟؟؟؟؟؟؟

  130
  4
 5. ާއަފްލާ

  މަހީކިރީ މި އަސްއަދަކީ ހުދު ކާފޯރު ކަމައް

  113
  3
 6. ލައިޓް

  މިހާރު އައްސަދާ ޒާތީ ވީދޯ؟ ތި ފާހަގަ ކުރި ދެ ނުކުތާ ވެސް މަސްޢޫނީ ގޮތުން ފެނެއް ހަރެއްނުލާ. މި ކޮމެންޓް ތިނޫހުގައި ޖަހަންކެރޭނެތަ؟

  16
  132
  • ޟަރީ

   މިއޮތި ޖަހައިފަ.

   53
   1
 7. ައއލީ

  ވަރަށް ފުރިހަމަ ލިޔުމެއް

  122
  4
 8. އައްޑޫ ޢަލީ.

  މިދާ މިޞްރާބާއި އަމާޒު އެއްގޮތަކަށްވެސް ކަމަކުނުދޭ. ހަމަ އެއްކޮށް ފެއިލް.. ދެން މި އެމްޑީޕީން މަގޭ ކައިރިއަށް ވޯޓްހޯދަން ނާންނާތި. ވޯޓް ކީއްކުރަން ކުރި ހުރިހާ ތާއީދެއްވެސް ގެންގޮސްފިން. މިހާ މަކަރުވެރި، ބޭއިންސާފު، ދޮގުހަދާ އޮޅުވާލުންތައް އޮޅުވާލާނެކަމަށް ދުވަހަކުވެސް ހިތަކަށް ނާރާ.

  115
  3
 9. މުހަންމަދު

  ވަރަށްފުރިހަމަލިޔުމެއް

  105
  4
 10. ޢަޒީމް

  ޝުކުރިއްޔާ ވަޤުތު .

  93
  2
 11. ޢަޒީމް

  2023 ގެ އިންތިޒާރ ރުގައި ގިނަ ދިވެހިން...

  94
  4
 12. އައްސަދު ކަލޭތީ ބޮޑުވަގެއްނު

  ވަ ރަށް ފު ރިހަމަ ރިޕޯޓެއް ތިއައްސަދަ ކަށް ނެތެއްނު ސަލާމަތް ވެވޭކަށް ތިއައްސަދު ކު ރިހާވައްކަން ކިހިނެއްފޮ ރުވޭނީ މި ރިޕޯޓު އެއްކޮށް ކިޔާލީމަ މިއެގެނީ އައްސަދު ތީ މިދިވެހިރާއްޖޭގައި މިހާ ރުހު ރި އެންމެ ކޮ ރަޕްޓު މީހާއެއްނު ކިހިނެތް އޭނަ އެކަންފޮ ރުވަން އުޅުނަސް ފޮ ރުވާނީ ޖައްބާ ރުކަލޭގެ ބަލާބަލަ ހުދު ތިމާގެގައިގަ ހު ރިވަގުކަންމިވެ ރިކަމަށްފަހު މިކަލޭގެ ސަލާމަތް ވާނެ ހަމަ އެއްގޮތެއްވެސް އޮވެގެންނުވާނެ އެހެންވިއި ރު މީވަގުންގެ ވެ ރިކަމެެއްތާ ބަލާބަލަ ވަގުންގެ ފޮށި ބާ ރަށް ބަންނަވަ ރު "ގިތެޔޮގުޅިޔަކުން ވަހެއް ނުފިލާނެއެވެ."

  60
 13. ހަހަ

  އިންސާފު އުތުރި އަރަނީ ހިންނަވަރު އިބޫ ލަދުނުގަންނަ މީހާ

  64
  1
 14. "ގިތެޔޮގުޅިޔަކުން ވަހެއްނުފިލާނެއެވެ."

  ރައްޔިތުން ހި ގާބަލަ ނިކުށްނަން މިހުރިހާ ވަގުން ތިބިތަންތަނުން ނެރެން ރައްޔިތުނަށް ނެރެވޭނެ މިބައިގަނޑު ރައީސްޔާމީންގެ ވެރިކަމުގެ ތެރޭގައިތިބެ ވަކަން ކޮށްގެން މިޖާހިލުތައްކުރި ހުރިހާވައްކަމެއް ރައީޔާމީންގެ ބުލުގައި އަޅުވައިގެ މިތިބެނީ ރައްޔިތުންގެ ލާރިގަނޑު ބަޑުއަޅަން ކޮބާ ތިމާމެންގެ ލަދުހަޔާތް ހުރިހާވަގުން ހިފަން ހަވަރުނިކުން ނަންގޮވާލަން މުޅިރާއްޖެ ނިކުންނަންވީ ރީނދޫވަގުން ތަހިފަން މިހާރު މާލަސްވެއްޖެ މިހެން އަޅައި ނުލާތިއްބާ ރައްޔިތުންގެ ދުވަސްދާތަން ފެންނާނީ!

  51
 15. މާތޮޑާ

  ގދ. ފަރެސްމާތޮޑާ ގުލްފާމުގެ އައްސަދު އަށް މިހާބޮޑް ތުހުމަތެއްކޮށް ދައުވާ ކުރީ މާޗް 2018 ގަޔޯ.. 2012 ފެބްރއަރީ 7 ގައި ރ.ނަޝީދު އިސްތިއުފާ ދެއްވި...6 އަހަރު މަށްސަލަ ނުބަލާ ތިއްބެވި ކަމާއިބެހޭ ވެރިންގެ ޒިންމާ ކޮބާތޯ.... މިސަރުކާރަށް ބޭނުމީ ވައްކަންކުރަން ދަންނަ މީހުން.... މިއީ ވަޒީފާ ދެއްވުމުގެ ޝަރުތެއް...

  47
  1
 16. ދިރާސާ

  ހުދު ކަފައަށް ވުރެންވެސް ސާފުސީދާސާދާ މީހެއް އައްސަދު އަކީ ވަގުތު މީހުން ޖޭވަނީ ދޯ؟؟؟

  7
  39
 17. ލ.ގަމު

  މި ރިޕޯޓް ހުށަހެޅިފަރާތަށް އައްސަރިބަހާއި ސާބަސް އަސްލު ވަގުންނަކީ ކޮބައިކަން މިރިޕޯޓް ކިޔާލުމުންވެސް އެނގޭ"ވަގުތު" ނޫސް އަބަދުވެސް ދެގޮތެއްނުވެ ރައްޔިތުން ނާއި ހަމަޔަ ސާފު ތެދުޚަބަރު ގެނެސްދިނުމުގައި ދެގޮތެއްނުވެ ސާބިތުކަންމަތީ ތިބޭނެކަމަށް އުންމީދުކުރަން މާތްﷲތިނޫސްވެރިންނަށް ކުރިމަގު އުޖާލާކޮށްދެއްވާށި އާމީން

  56
  1
 18. ރީ

  ރައްޔިތުންނާއި ހަމަޔަށް މިރިޕޯޓް ގެނެސްދިން ކަމަށްޓަކައި "ވަގުތު" ގެހުރިހާ މުވައްޒިފުންނަށް ވވވ ބޮޑަށް ޝުކުރިއްޔާ

  55
 19. ބަޑިބުރާސްފަތި ދުވަހަކުވެސް ހަނދާން ނުނެތޭނެ

  ކިތަމެ މަތީ މަގާމެއްގައި ތިބިޔަސް ކޮރަޕްޓު މީހުން ވާނީ ހަމަ ކޮރަޕްޓު މީހުނަށް އޮޅުވާލަން ފާޑުފާޑަށް އައްސަދަސް އަސްލަމަސް ފާޑުފާޑަށް ވާހަކަ ދައްކާނެކަމެއްނެތް ހަޤީގަތަކީ އެމްޑީޕީން ވެރިކަން ފޭރިގަތީ ވޯޓުން ފާޅުކަން ބޮޑުގޮތަކަށް ވައްކަންކޮގެން މީ ރައްޔިތުންނަށް އެނގޭ ބޮޑު ހަގީގަތެެއް ވަގުންނަކީ އެމްޑީޕީ ވައްކަންކުރީވެސް އެމްޑީޕީމީހުން ވައްކަންކުރީވެސް ކުރާނީވެސް އެމްޑީޕީ ޖާހިލުން ލާދީނީ ރިޕޯޓު ނެރުނީވެސް އެމްޑީޕީ އެމްޑީޕީ އަކީ 19 ދިވެހީން ޝަހީދުކޮށްލި ބާޣީޕާޓީ!

  49
 20. އޭދަފުށީ މުހައްމަދު

  ސާބަސް ވަގުތު ނޫސް. ގައުމަށް ޓަކާ ތިޔަ ކުރައްވާ ބުރަ މަސައކަތްތަކަށް. މުޅި ގައުމަށް އެނގެން ޖެހޭ މިފަދަ މައުލުމާތު ތައް ވަގުތު ނޫހުން ވަކިފަރާތަކަށް ނުޖެހި ވަކި ފަރާތެއްގެ ބިރު ދެއްކުމަށް ޖެހިލުން ނުވެ ތާޒާ ކަމާއެކު ގެނެސް ދޭތީވެ ވަގުތު ނޫސް ދެކެ ލޯބިވަނީ.

  46
 21. ތަމެންދޯ

  ތަމެން ދޯ އެންމެ ބޮޑަށް ސަރުކާރުގެ މާލިއްޔާ އިން ވައްކަން ކޮށްފައި ތިޔާ ހުރީ ދެން ތަމެންނަށް ކަމިޝަނުން ރަނގަޅަށް ބެލޭނެ އެއްވެސް ކަމެއް ހުންނާނެ ކަމަށް މަމެން ނުދެކެމޭ އިނގޭތޭ...

  25
 22. އަޙްމަދު

  މީވެސް ނުވާނެ ރަނގަޅު މީހަކަށް! ވާހަކަ ދައްކާ ގޮތުން އެހެންކަމެން އެބަހާމަވޭ!

  23
 23. ނަފީސާ

  އަހަ. ބޮޑުބައެއް މިވެސް. ބަހެއްގެ ގޮތުގައިހުރެ އިންސާފު ހޯދައިދޭނެ ކިހިނެއްކަން ބުނެދީބަލަ. އެމްޑީޕީ ގައި ތިބޭނީ ހުސް ވަގުން. ވަގުންނަށް ހީވާނީ އެހެން މީހުންނަކީވެސް ވަގުން ހެން. މި ސަރުކާރުގައި މިހާރު ތިބީ ހުސް ވަގުން.

  23
 24. ހަމަހަމަ ކޮރަޕްޝަން

  ބަދަލުކުރަންވީ ވިސްނުމަކީ، ޑިމޮކްރޮސީއަކީ އެއްމެނަށް ވައްކަންކުރުމުގެ ފުރުސަތު އެއްވަރަށް، ހަމަހަމައަށް ދީގެން ގައުމު ހިންގުމުގެ ވިސްނުމެވެ. ޢެމް.ޑީ.ޕީ.ގެ ބައެއް އިސްވެރީން ދެކޭގޮތުގައި މަލްޓިޕާޓީ ސިސްޓަމްހަދައިގެން، ޥޯޓު ލިބުނީމާ ވެރިކަމަށް އަރާކެެއުމަކީ ޑިމޮކްރިސީއެވެ. ސަބަބަކީ، އެހެންބަޔަކަށް ހަމައެގޮތަށް ވައްކަންކުރުމުގެ ފުރުސަތު އިލެކްޝަނުން ލިބޭތީއެވެ. މިވިސްނުމަކީ އައްނިއާއި، އަސްލަމް ހިތާހިތުން ގަބޫލުކުރާ ވިސްނުމެކެވެ. މިވިސްނުް ރާއްޖެއިން ފޮހެލަން ޖެހެއެވެ.

  19
 25. ހުސެން

  ވަގުންގެ ފޮށި ބާރަށް ބަންނާނެ

  22
 26. އަބްދޫ

  މިއަދު ދިމާވެފާ މިއޮތް މައްސަލަޔަކީ ތިޔައިދޯ. ޔާމީނު ވެރިކަމަށް ހޮވީ ދަވްލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށާ ދަވްލަތް މުއްސަނދި ކުރުމަށާ ގައުމު ތަރައްގި ކުރުމަށް. މިގޮތުން ޔާމީނު ވަނީ ގައުމުގެ ތަރައްގިއަށް ގިނަކަންކަން ކުރައްވާފަ އެހަގީގަތް ދިމަދިމާލުން ފެންނަން އެބަހުރި ދަވްލަތް މުއްސަނދި ކުރައްވާފައިވެސް ވެޭ އެއީ ގައުމުގެ ރިޒާވް 900 މިލިއަނާ ހަމަޔަށް އުފުލާފަިވުމުން.އެކަމަކު ދަވްލަތުން ގެއްލިފައިވަ ފައިސާ ހޯދުމަށް އެއްވެސް މަސައްކަތެއް ނުކޮށްފަ 5 އަހަރުވާން ކައިރިވުމުން ކޮމިސަނެއްހަދާ ނަތިޖާ ނެރެވިފައެއްނެޔް . މީގެ އިތރުން ކަރެޕްސަނުގެ ގިނަ އަމަލުތަކުގެ މައްޗަށް ތުހުމަތުކޮށް އިގިލި ދިއްކުރެވޭފަދަ ޖާގަތައް ޔާމީނުގެ ސަރުކާރުން ވަނީ ޖާގަދީފާ. ނަސީދުގެ ސަރުކާރުން ދޫކުރި ގިނަފަޅުރަށް 5% ގެދަވްލަތުގެ ހިއްސާ ހިމެނޭކަމަށްދައްކާ އެ ހިއްސާވެސް ރަށްތައްލިބެނު ފަރާތްތަކަށް ގަނެވެގޮތަށް އެގްރިމަންޓްހަދާ އަދިތުހުމަތު ކުރެވޭ ގިނަ މައްސަލަތަކާ މީގެ އިތުރުން އެއާޕޯޓް ބަޔަކަށް ނުއަގުގަ ވިއްކަލއިރު އެއާޕޯޓްގެ އިންވެންޓްރީއެއް ނަގަފަ ނުވުމާ އެއާޕޯޓްގެ ރަންވެއާ އިމާރާތްތަކާ ފިއުލްއާ ގިނައަދަދެއްގެ މުދަލާ ޓޫލްސް މެސިނަރީ އެއްގަމު އުލަނދު ފަދަ ތަކެތީގެ އަގު ބެލުމެއްނެތި 78 މިލިއަން ޑޮލަރު އގަކަށް ކަނދައެޚުމަކީވެސް ކަރެޕްސަނަށް ވައިރު.އަދި މި 78 މިލިއަނުން އެމްއެމްއޭ ދަވްލަތުގެ ސެންޓްރަލް ބޭންކަށް ފައިސާދައްކަންޖެހޭ މުއްދަތު ހަމަވިދުވަހު ޖަމާވީ 48 މިލިއން ޑޮލަރަށް ވެފަާ އަނެއް 30 މިލިއަން ޑޮލަރު ލިބިފަ ނެތީސް އެފައިސާލިބުނު ކަމަށް ފިނޭންސް ގެ ލިޔެ ކިއުންތަކުން ހަދާފަ ހުރިއިރު އެއްވެސް ތަހުގީގެއް ނުކުރޭ.ހަގީގަތުގަ އެއާޕޯޓް ޖީއެމްއާރަށް ދޫކޮށްފަވަނީވެސް ބަޔަކަށް ނާޖައިޒް ފައިދާ ލިބޭފަދަ ގޮތަކަށް އެކަން އޭރު އެއާޕޯޓް ކޮމްޕެނީގަ ހުރި އެމްޑީ ޖީއެމްއާރު އެގްރީމެންޓަކީ ދަވްލަތަސްގެއްލުންހުރި ސޕއިކުރަންހެޔޮނުވަވަރުގެ އެގްރީމެންޓެއްކަމަސްބުނުމުންއޭނަ ވަޒިފައިންވަކިކޮށް އެހެންމިހަކު އައްޔަންކޮށް އެގްރިމަންޓްގާ ސޮއިކުރުވުމާ،މާލއްޔަތުގެ ގާނޫނުއަސަސިގެ 250 ވަނަ މައްދަާ މާލިއްޔަތުގެ ގާނޫނުގާ ހިމަނަން ފާސްކޮށް ތަސްދިގުކުރަން ރައީސް އަރިހަށް ފޮނުވާފަ އޮއްވަ ގާނޫނު ތަސްދީގު ނުކޮށް އެގްރީމެންޓް ގަ ސޮއިކުރުމުގެ ސަބަބުން ބަޔަކަށް ނާޖައިޒް ފައިދާ ހޯދާދިންކަމަށްތުހުމަތު ކުރެވުމައި،އެއާޕޯޓް އެގްރީމެންތްގެ ސަބަބުން ދަވްލަތަށް ގެއްލުންވަމުންދާތީ އެގްރީމަންޓް ބަތިލްކޮށް ޖީއެމްއާރަށް ދޭންޖެހުނު ފައިސާ ގަ ޒިންމަ ނަގަންޖެހޭ ފަރާތާދެކޮލަށް ސަރުއީ ފިޔަވަޅު ނޭޅުމަކީ މިއަދު ގައުމުގާ މިފަެންނަކަންކަން ފެންނަން ފެށި ސަބަބު. ޔާމީނުވެސް ކުރީގެ މައްސަލަތައްބަލަ ފިޔަވަޅުއެޅިނަމަ މިހާރު މިދެވުނު ބަދަލު ދެވުންތަކަ ކަންކަން ނުހިގީސް.

  17
  1
  • ބަހީރާ

   ދެލޯފުޅާ ރައީސް ޔާމީން އުޅުއްވީ ގައުމު މުއްސަނދި ކުރެވޭތޯ..މާޒީ ފަހާދުވެ ބަދަލު ހިފާކަށް ހިތުވެސް ނުލާ..އެކަމުގެ ފޮނި ރަހަ ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަމުން މިދަނީ

   29
   1
 27. ޢަހޫ12

  ތިހެން ނުބުނޭ ކޮއިފުޅާ، އެމްޑީޕީގެ ނަމަކީވެސް ޢަދުލު އިންސާފު، އަމާނަތްތެރިކަމާ ވަފާތެރިކަން.. އެމްޑީޕީގެ މަޖުލިސް މެންބަރުންނާއި، ސަރުކާރު މުވައްޒަފުންނާއި އަދި ޕާރޓީގެ ކުދިންވެސް ތިބޭނީ ޢަދުލު އިންސާފުގެ ޖާޑިއެއްގަ. މިބުނި ބޭފުޅުން ނުކުރައްވާނެ ކަމެއް ގޯސްކޮށެއް. މަދަނީ މައްސަލައަކަށް އަތްލެއްވިއަސް އެ އަތްލައްވާނީވެސް ހަމަ އިންސާފަށް.

  26
  1
 28. ޕަޓާސް

  މީނަ އެ ނޫސް ކޮންފަރެންސްގަ ބުނި އަޙްލާޤް ގޯސް ކުދިންނަށް ސަރުކާރު ވަޒީފާ ދޭވާ ހަކަ. ޢެއީ ކޮށްގެން ވާނެކަމެއް ނޫންކަމަށް. ސިޔާސީ ވީމަ އޯކޭ ފަސްބައި ކިތަންމެ ކިލަނބަސް.

  24
 29. ނަމޫނާ

  ވަރަށް ފުރިހަމަ ރިޕޯޓެއް...

  27
 30. ކަމަނަ

  މި ހުރިހާވަގުން އެއްވީމާާ ދެން ސަރުކާރުގެ ފައިސާ، ރައްޔިތުންގެ ފައިސާކާނެވަރު ވިސްނާލަ ބަލަ މި އެނގުނު މަދު މަޢުލޫމާތުކޮޅުގެ އަލިންވެސް ކަށަވަރުވެއްޖެ ރ ޔާމީނަކީ ކުއްވެރިއެއް ނޫންކަން

  27
 31. ާމުހައްމާ

  އަހަރެން ހަމަ ކޮސްވެއްޖެ މިހިރަ ބޮޑެތި ޒީރޯ ޓޮލެރެންސް މިހެން ހެދީމަ ވެސް މިމީހުންނަށް އެއްވެސް އއަދަބެއް ނެތި ހަމަ ހެވިފަ އެހެންމީހުންނަށް ވަގަށް ގޮވާފަ އުޅުނީމަ މިތި ކަޑައޭ!!!!!!!!!!

  31
 32. މައިމުގޫ

  ވާވާވާވާވާ ކޮރަޕްޝަންސަރުކާރު ރައީސްސޯލިހް އިސްތިއުފާ

  24
 33. ޢައިސް

  މީނާގެ މައްސަލަ ވެސް ބަލަންޖެހޭ

  23
 34. މުރާސިލު

  ޔާމީނު ގެ ޒަޢާމަތުގައި ރާއްޖެއޮތް 5 އަހަރު ދުވަހު އޭރި ކީއްވެބާ މިކަމަށް ފިޔަވަޅެއް ނޭޅުއްވީ މިއަދު މިސުވާލު ރައްޔިތުން ކުރާނެ.

  6
  10
 35. ޒީރޯ ޓްލޮރަންސް

  ވެރިޔާ ކިހިނެއް ތިޔަހަދަނީ. ބަހާ އަމަލަކާ ދިމަލެއްނުވޭ. އެއީ ހަމަތެދެއް، ގިތެޔޮ ގުޅިއަކުން ވަހެއް ނުފިލާނެ.

  24
 36. ފަރެސްމާތޮަޑާ

  އަސްއަދު ނޭނގޭ ވާހަކައަކާއި އަދި އިތުރު 2 ވާހަކައެއް ހިއްސާކޮށްލާނަން. 1. ކުރީގެ އީޕީއެސް ސްކޫލްގެ ގްރޭޑް 7 އިން އަސްއަދު ކަނޑާލާ ގޭބަންދުކުރީ ޖޭއެސްސީ ޓެސްޓް ޕޭޕަރ ވަގައްނެގި މައްސަލައިގައި. 2. އެމްޑީޕީ ފުރަތަމަ ވެރިކަމުގެ ފުރަތަމަހުގައި ވަރަށް އަވަސް އަރުވާލައިގެން އޭމްޢޭސީއެލް ބޭރުބަޔަކަށް ކުއްޔައްދިނުމުގެ ބިޔަ މަޝްރޫއު ކޮރަޕްޝަނަށް މަގުފަހިވާގޮތައް ދޭން ފިނޭންސް މިނިސްޓްރީން އިއުލާންކުރީ ތި އަސްއަދު ސްޓޭޓް މިނިސްޓަރަކަށް ހުއްޓާ. ޢެކަންތައް ހުއްޓުވީ އެންޓި ކޮރަޕްޝަންއިން. އެކޮމިޝަން ގެ ރައުޔަކީ އެހާ ބޮޑު މަޝްރޫއެއް އިއުލާންކުރިއިރު ބައިނަލްއަފުވާމީ ނޫހެއްގައި އިއުލާން ނުޖަހައި
  ހަމައެކަނި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި ޖެހީ ކީއްވެތޯ. އެއީ މާޒީގައި އެމްއޭސީއެލް ގެ ނިސްބަތުން ކުދި ކޮންޓްރެކްޓްތައްވެސް މިސާލަކަށް ތެޔޮ ތާނގީތައް ހެދުމަށްވެސް މައުމޫނުގެ ވެރިކަމުގައި އިނގިރޭސި ވިލާތުގެ ނޫސްތަކާއި މެދުއިރުމަތީގެ ގައުމުތަކުގެ ނޫސްތަކުގައި ޖަހާފައި މިއޮއްބޮޑު މަޝްރޫއު އެނޫސްތަކުގައި ނުޖެހީ ވަކިބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދޭންކަމަށެވެ.. މިކަމުގައި އަސްއަދުގެ ދައުރު ވަރަށް ބޮޑެވެ. 3. ފަހުކަމަކަށް ފާހަކޮށްލާނީ އަސްއަދު އޭރު ފިނޭންސް ގެ ސްޓޭޓް މިނިސްޓަރަކަށް ހުއްޓާ ކުއްލިއަކަށް ޑިމޯޝަން އެއް އައިސް ޗީޕް ފައިނޭންޝަލް ކޮންޓްރޯލަަރގެ މަގާމަށް އަސްއަދު އައްޔަންކޮށް އެމަގާމުގައި ހުރި މުހައްމަދު އަހުމަދު،£ އަސްއަދު ހުރި ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކުރީއެވެ. އަސްއަދަށް ބޭރުފުށުން ޑިމޯޝަންއެއް އަޔަސް އަސްލު ކަންތައްވީގޮުތަކީ އަސްއަދުގެ މަގާމް ދައްވިއަސް ބާރުގަދަވީއެވެ. ވީގޮތަކީ ކޮރަޕްޝަން އަށް މަގުފަހިވާގޮތައް ފިނޭންސްގެ ބައެއް ޕްރޮޖެކްޓްތަކުގެ ނިންމުންތައް ނިންމަން މުހައްމަދު އަހުމަދު ފާޅުގައި ދެކޮޅުހަދާތީ ކޮންމެފަދަ ކޮރަޕްޝަންގެ އަމަލެއްވެސް ހިންގަން ކެރޭ ޖެހިލުންކުޑަ ޚިޔާނާތްތެރި އަސްއަދު އެމަގާމަށް ގެނައީއެވެ. ވީމާ މިފަދަ ޚިޔާނާތްތެރިއަކު އެސެޓް ރިކަވެރީ ކޮމިޝަނުގެ ރައީސް އަކަށް ހުރުމަކީ ކޮލަމްބިއާގެ މާފިއާ ބޮސް ، ޑްރަގް ޑީލަރ އެސްކޯބާ ޑްރަގް ނައްތާލާ ކޮމެޓީއެއްގެ ރައީސްއަކަށް ހުރުންފަދަކަމެކެވެ. އަސްއަދު ތި ކޮމެޓީގެ ރައީސްއަކަަށް ހުރެގެން ކާމިޔާބީތަކެއްވާނެކަމަށް ޚުދު އެމްޑީޕީ މީހުންވެސް ގަބޫލުނުކުރާނެއެވެ .

  10
 37. އަބުދުބޭ ކާށިދޫ

  މިއާޓިކަލް ކިޔާލީމާ އެބަ އިނގޭ މޫމުގެ އަންހެން ލަފައެއް ނުކުރެވޭ ތިޔަ ވިދާޅުވާ މީހާ މިއެމްއެމްއާރސީގެ ފައސާގަ ޖެހިފައިވާކަމެއް މޫސިމީގޮތުން މިއެންމެން އެންމެންނައް ވާރުތަ ކޮއްފައިވާކަމެއްމީ މިކަހަލަ ޑީލްތައްހަދައިގެން ޕާޓީކުދިންނައް ބައިއަޅައިގެން މުޅިގައުމު ހުސްކޮއްލާ އިންޑިއޤމީހުންނައް ރައްޔިތުންނާ ެރެްކޮއް ވިއްކާލަފަ ފިލުން މިހާރު މަންޒަރުތައް ވަރައްސާފުވަމުން މިދަނީ

 38. މުހަންމދު ރަސީދު

  މިއީމިގައުމުގެ ވެރިންނައް ތިއްބެވިބޭފުޅުންނައް ޖެހިފައިވާ ހާލަތު ދެންކޮންއިންސާފެއް ތޯ ހޯދައި ދެވޭނީ ކީކޭތޯ މިވިދާޅުވަނީ. ނޭގުނޭތިޔަވިދާޅުވިބަހުގެ މައުނައެއް؟؟؟؟؟؟ ހައި

 39. ޖަސްޓް

  ޙުސް ކޮރަޕްޝަން. ޢަޑު އެހިން މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަންގެ ކޮރަޕްޝަން މައްސަލައެެް ހިލުވާލި ވާހަކަ ކުރިން. މިހާރު އެވެސް ނެތް. ޢެތަނުގެ ވެރިންނަނަށް ސަރުކާރުން ބޮޑު ވަޒީފާ ދީފަ. މިގޮތަށް ކިތަށްކަންތައް /:

 40. އެޑިއުކޭޝަން

  އައްސަދު ކައިރީ އަހާލަބަލަ އެޑއުކޭޝަން މިނިސްޓްރީގެ ތައުލީމީފަނޑުން ކިތައްހާސް ރުފިޔާ ކާލިންތޯ ޔަގީނުންވެސް ބުނާނެ 50000 ހާހުން ދަށެއް ނުވާނެޔޭ

 41. Anonymous

  މިސަރުކާރުގެ މަތިފަޑިން ވަގުންނާ ބާޣީން ނޫން ބައެއް ދައްކަބަލ.

 42. ޢަންސާރު

  ޢޭ ހިންނަވަ ރޭ ކަލޭ ރަށު މީހުން އެބަކިޔާ ކަލޭ ތީ ބޮޑު ވަގެކޯ....މިފަހަ ރު ރަނގަޅަށް ކަލޭމެންނަށް މިގައުމުގެ ދީނާ ސިޔާދަތާ ކުޅެލަދޭނެ ރައްޔިތުން....ވަގު ސްލޯލިހް ހައްޔަ ރު ކު ރޭ

 43. ސާބިތު

  މީ ވަރަން ހުތުރުކޮށް މީހުނާ މުހާތަބުކުރާ މީހެއް މީނަ އަބަދު ހުންނާނީ ގާޒީ ބިލިޑިންގ ކާރި ސިގިރެޓް ބޯން އެހެއްހުރެ ބައެއްދުވަސް ދުވަހު އެކުވެރިންނާއެކު ތިބެ ދައްކާވާހަކަ މަދުންނަމަވެސް އިވޭ ވަރަން ހުތުރު ބަހުރުވައިން ވާހަކަ ދައްކަނީ

 44. މަހޭބެ

  މި ލިޔުނު ފަރާތަށް ހަމަ ސާބަސް ގުރުއާނުގެ ދިވެހި ތަރުޖަމާގައި ކުށްހުރުމަކީ ނޮވެލްޓީގެ މައްސަލައެއްކަމެއް ކިހިނެތް އެގެނީ އެހެންނޫނަސް ރައީސް އޮފީހުން ޗާޕުގެ މަސައްކަތް އަބަދުވެސް ކުރަނީ ނޮވެލްޓީން ކުށްހުއްޓަސް ނެތަސް އެފަރާތަށް ދޭންޖެހޭ ފައިސާ ނުދީ ހިފަހައްޓާފައެއް މިހާތަނަކަށް ނެތް

 45. މުހަންމަދު ހަލީމް

  ގައުމެއްނެތް. ކޮންމެ މުއައްސަސާ އަކުން މިފެންނަނީ މިފަދަ މީހެއް. ވަރަށް ދެރަ. މުޒާހިރާ ތަކަށް ނުކުންނަނީ ނުކުންނަ ހިސާބަށް ކަންތައް ގެންދިޔައިމާ. އަދުލު އިންސާފު ބޮއްސުންލައިގެން ގޮސް އިނަސެންޓް މީހުން މިބައިމީހުންގެ ވައްކަމާއި ކެޓުމާއި ހީލާތް ފޮރުވަން ކަތިލަމުން މިދަނީ. ﷲ ގެ ކުޅަދުންވަންތަކަން ނުވިސްނޭ. މިދުނިޔޭގައި ވެސް ނުފިލޭނެ ކަން މިދަނީ ދައްކަވަމުން. މި ކަންތައް ބަލަން ހެދި ޖޮއިންޓް އިންވެސްޓިގޭޝަން ގެ ހުރިހާ ވެރިންގެ ހާލަތު މިވަނީ މިއަދު ހާމަވެ ސާފުވެފައި. ސަހަލު އެކަކުވެސް ނެތް. ތެޅި މަރުވަނީ ދަށުން މަސައްކަތް ކުރާ މުވައްޒަފުން. ގެދޮރާއި ފައިސާ ވަގަށް ނެގި މީހުން އަރާމުގައި.

 46. އައިފާނު

  މިރާއްޖޭގެ މަތީފަންތީގަ ގިރުވާން ކޮށްޅަށް ޖަހައިގެން (ޑރ.އެއް، ފަނޑިޔާރެއް،ގާޒީއެއް،މެޖިސްޓްރޭޓެއް،މަޖްލިސް މެމްބަރެއް،ފުލުސް އޮފިސަރެއް،އެމް އެން ޑީ އެފް މަތީފަންތި އޮތްގޮތަށް އެކި ވުޒާރާ ތަކުގަ އުޅޭ އަދި އުޅުއްވާފަތިބި މަތީ ފަންތި) އެއުޅޭ އެންމެން ހެން އެތިބީ ކޮރަޕްޓްވެފައި،ކޮރަޕްޓް ކޮށްފަ. މިއީ ކުރިއަށް ރާވައެގެން ހިންގި، ހިންގާފައި އޮތް ޖަރީމާއެއް.ދެން ކާކަށް ކޮން އިންސާފެެއް ހޯދަ ދެވޭނީ. ވައްކަންކޮށްފަ އެބުނަނީ ލިޔެކިޔުން އެބަހުރި ހެއްޔޭ؟ އެއްވެސް މުއައްސަސާއަކުން ލާހިކެއް ނޫނޭ ތިކަން ބަލާކަށް.

 47. އައިފާނު

  މިރާއްޖޭގެމަތީ ފަޑީގަ ގިރުވާން ކޮޅަށް ޖަހާލަިގެން ތިއުޅޭ %99 މީހުންނަކީ ކޮރަޕްޓް ކޮށްފަ، ކޮރަޕްޓް ވެފަ ތިބި ބައެއް. އެއީ ކުރިއަށް ރާވައިގެން ހިންގާފަ އޮތް ބޮޑު ޖަރީމާއެއް. އެހެންވީމަ އެބުނަނީ ތަހްގީގްކުރާ އެއްވެސް ތާކުން ތިކަމެއް ލާހިކެއްނޫނޭ ބަލާކަށް ..އެހެންވީމަ އެބުނަނީ ތީގެ އެއްވެސް ލިޔެކިއުމެއް އެބަހުރިހޭ؟

 48. އައިފާނު

  މިރާއްޖޭގެމަތީ ފަޑީގަ ގިރުވާން ކޮޅަށް ޖަހާލަިގެން ތިއުޅޭ %99 މީހުންނަކީ ކޮރަޕްޓް ކޮށްފަ، ކޮރަޕްޓް ވެފަ ތިބި ބައެއް. އެއީ ކުރިއަށް ރާވައިގެން ހިންގާފަ އޮތް ބޮޑު ޖަރީމާއެއް. އެހެންވީމަ އެބުނަނީ ތަހްގީގްކުރާ އެއްވެސް ތާކުން ތިކަމެއް ލާހިކެއްނޫނޭ ބަލާކަށް ..އެހެންވީމަ އެބުނަނީ ތީގެ އެއްވެސް ލިޔެކިއުމެއް އެބަހުރިހޭ؟ މިއީ ތިނޫހުގަ ޖަހަންކެރޭނެ ލިއުމެއްނޫންކަންވެސް އެނގޭ.

 49. Anonymous

  އޭނާ އަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ
  އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ފިނޭންސް މިނިސްޓްރީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގެ ޞޮފްހާ ނަމްބަރު 06 ގައި ބުނެފައި އޮންނަނީ 2011 ވަނަ އަހަރު ފިނޭންސް މިނިސްޓްރީން ބަޖެޓްގެ އިތުރަށް 683 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށެވެ.
  އެހެންކަމުން އައްސަދުގެ މައްޗަށް ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހޯދުމާއި ވައްކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައި ވާއިރު އޭނާގެ މިނިވަންކަމާއި ނަޒާހަތްތެރިކަން ސާބިތު ކޮށްދެވޭނެ ހަމަ އެއްވެސް ގޮތެއް ނުވިސްނެއެވެ.

 50. ޙަނީ

  އައްސަދުގެ މައްޗަށް ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހޯދުމާއި ވައްކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައި ވާއިރު އޭނާގެ މިނިވަންކަމާއި ނަޒާހަތްތެރިކަން ސާބިތު ކޮށްދެވޭނެ ހަމަ އެއްވެސް ގޮތެއް ނުވިސްނެއެވެ.

 51. Hussain

  ރައްޔިތުންގެ ކުރިމައްޗަށް އަރާ ކޮރަޕްޝަނޭ، ނަޒާހަތްތެރި ކަމޭ ކިޔާއިރު ތިމާ ގެ ޙާލަތު މާ ގޯސް. ޅަދެއްނުގަނޭ. ޢިސްތިއުފާ. ޥަކި ކުރޭ.

 52. ދޮގެއް؟

  އެއްބަނޑުއެއްބަފާ ދެ ވަގުންތަ! ދެން ފަހެ ކުރާނީ ކީއް! އެތާކު ނެތް ދެވަނަ ދެއެއްޗެއް. ދެން ރައީސަކަސް ކަތީބަކަސް ވަގެއް ނޫނީ ނުލެވޭނެނު.