މެލޭޝިއާގައި މިދިޔަ ހަފްތާގައި ބޭއްވި އާންމު އިންތިޚާބު ކާމިޔާބުކޮށް އެގައުމުގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ބޮޑުވަޒީރުކަމަށް ވަޑައިގެންނެވުމުން ރާއްޖޭގެ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ހީވީ ދެއީދު އެއްފަހަރާ އައިހެންނެވެ. މެލޭޝިއާ އިން މިސާލު ނަގައިގެން ރާއްޖޭގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ރައީސް ޔާމީން ވެރިކަމުން ދުރުކުރެވޭނެ ކަމާއި މެދު އިދިކޮޅު ފަރާތްތަކަށް މިހާރު އެއްވެސް ޝައްކެއް ނެތެވެ.

މަހާތީރު އުމުރުފުޅުން 92 އަހަރުގައި ސިޔާސީ ދާއިރާ އަށް ނިކުންނެވީ ނަޖީބު ރަައްޒާގުގެ ވެރިކަން ބަދަލު ކުރައްވާށެވެ. މަހާތީރަށް މިހާރު ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް ވެސް ތާއިދު ކުރެއްވެވިއެވެ. މަހާތީރު ވެރިކަމަށް ވަޑައިގެންނެވީ އަންވަރަށް ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވޭނެ މަގުތައް ކޮއްޓަވައި ދެއްވާނެ ކަމުގެ ވައުދާއި އެކުއެވެ.

ދެން ރާއްޖޭގެ ހާލަތައް ބައްލަވާށެވެ. ރާއްޖޭގެ ސިޔާސީ މަތިފަޑީގައި ތިއްބެވި، ވެރިކަން ވަރަށް ބޭނުންފުޅުވާ ބޭފުޅުންތަކެއް ޖިނާޢީ ކުށްތަކުގައި ވަނީ ޙުކުމް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައެވެ. އެންމެ ބޮޑަށް ވެރިކަން ބޭނުންފުޅުވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހިމަށް ވަނީ ޖަލު ޙުކުމެއް އައިސްފައެވެ.

ނަމަވެސް މެލޭޝިއާގެ އަންވަރު އިބްރާހިމް ޖަލުގައި ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ގޮތައް ޖަލު ޙުކުމް ތަންފީޒު ކުރައްވަން ރައީސް ނަޝީދަށް ވެސް އަދި ގާސިމް އިބްރާހިމަށް ވެސް ކެރިވަޑައެއް ނުގެންނެވިއެވެ. ސިއްހީ ސަބަބުތައް ދެއްކެވުމަށް ފަހު އެތިއްބެވީ ގައުމުން ބޭރަށް ވަޑައިގަންނަވައިގެންނެވެ.

އަންވަރު އިބްރާހިމަށް ވެސް ކޮންމެވެސް ބަހަނާއެއް ދެއްކެވުމަށް ފަހު ގައުމު ދޫކުރައްވާ ވަޑައިގެންނެވުމުގެ ފުރުސަތު އޮތެވެ. ނަމަވެސް އަންވަރު އިހްތިޔާރު ކުރެއްވެވީ ޖަލު ޙުކުމް ތަންފީޒު ކުރެއްވެވުމެވެ.

ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތައް އޮތް ގޮތުން ރައީސް ނަޝީދަށް ވެސް އަދި ގާސިމް އިބްރާހިމަށް ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ގޮތެއް ނެތެވެ. އެދެބޭފުޅުންނަށް ވެސް އޮތީ އަންވަރު އިބްރާހިމަށް ޖެހުނު ހާލު ޖެހިފައެވެ. ނަމަވެސް އަންވަރު އިބްރާހިމް އިހްތިޔާރު ކުރީ ޑިމޮކްރަސީގެ ރީތި ސިފައެވެ. އެއީ އޭނާ އަށް ވެރިކަމަށް އާދެވެން ނެތުމުން ދެން ވެރިކަމަށް އާދެވެން ހުރި ބޭފުޅާ ނެރުއްވައިގެން އާންމު އިންތިޚާބު ކާމިޔާބު ކުރެއްވުމެވެ.

ރާއްޖެ އަށް ބައްލަވާށެވެ. ޤާނޫނީ ގޮތުން ފުރުސަތު ބަންދުވެފައި ހުންނެވި ނަމަވެސް ރައީސް ނަޝީދު އެގެންދެވަނީ އެހެން ބޭފުޅަކަށް ފުރުސަތު ދެއްވަން ދެކޮޅު ހައްދަވަމުންނެވެ. ރައީސް ނަޝީދު ފިޔަވައި ރާއްޖޭގެ ވެރިކަން ކުރެއްވޭނެ ބޭފުޅަކު ހުންނެވި ކަމަށް ރައީސް ނަޝީދު ގަބޫލުފުޅެއް ނުކުރައްވައެވެ. އަންވަރު އިބްރާހިމް ދެއްކެވި މިސާލުގައި ރައީސް ނަޝީދަކަށް ނުހިތްޕެވެއެވެ.

ގާސިމް އިބްރާހިމް ވެސް ހަމަ އެފަދައެވެ. މިދިޔަ ހަފްތާގައި ޖުމްހޫރީ ޕާޓީ އިން ބުނީ އެޕާޓީގެ އަމާޒަކީ ގާސިމް އިބްރާހިމް އިދިކޮޅު ރިޔާސީ ކެންޑިޑޭޓަކަށް ހެއްދެވުން ކަމަށެވެ. ގާސިމް އިބްރާހިމަށް ވެސް އަންވަރު އިބްރާހިމްގެ މިސާލުގައި ނުހިތްޕެވުނެވެ.

މެލޭޝިއާ އިން ފެނުނީ ޤާނޫނީ ނިޒާމްގެ ތެރެއިން ވެރިކަން ބަދަލު ކޮށްލި މަންޒަރެވެ. ނަމަވެސް ރާއްޖެ އިން ފެންނަނީ އެމަންޒަރެއް ނޫނެވެ. ފައިސާ ދީގެން ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގަނެގެން ވެރިކަން ބަދަލު ކުރުމަކީ މެލޭޝިއާގެ ސިފައެއް ނޫނެވެ. އެއީ އިދިކޮޅު ފަރާތްތަކުން ރާއްޖެ އަށް ގެނައި ރާއްޖޭގެ ސިފައެކެވެ.

މެލޭޝިއާގެ އިންތިޚާބު މަހާތީރަށް ކާމިޔާބު ވުމުން އިދިކޮޅު ފަރާތްތަކުން އެވާހަކަ ދައްކަން އެބަޖެހެއެވެ. ކުރިއަށް އޮތްތަނުގައި އެވާހަކަ ތަކުރާރު ވެސް ކުރަން އެބަޖެހެއެވެ. އަދި މެލޭޝިއާ އިން ކަންތައް އެކުރި ގޮތައް ކަންތައް ކުރަން ވެސް އެބަޖެހެއެވެ. ވެރިކަން ލިބޭނީ އޭރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޑޭންޖުރެސް

    ކެނެރީގެ ނަޝީދުގެ ވެރިކަމަކީ އެއީ މިރާއްޖެ ދުށް އެންމެ ކޮރަޕްޓް ވެރިކަމޭ އޭނާ ވެރިކަން ކޮށްފައިވަނީ މިގައުމުގެ މިނިވަން ކަން ވެސް ގެއްލޭ ގޮތަށޭ އޭނާ އެއާރޕޯރޓް އިންޑިއާގެ ޖީއެމްއާރަށް ވިއްކާލުމަށް ފަހު އެކަން ޕްރޮޓެކްޓް ކޮށް އޭނާ ކްރިޓިްކްސް އަށް އެއިރު ރައްދު ދިނީ އެއީ އެއާރޕޯރޓް ގައި ވާޖަހާ ދަމައިގެން އިންޑިއާއިން އިންޑިއާ އަށް ނުގެންދާނެއޭ ކިޔައިގެންނޭ އެހާވެސް ދިވެހި ގައުމު ދެކެ ލޯބިނުވާ ގަމާރުން ވާހަކަ ދައްކާ އުސޫލުން ވާހަކަ ދައްކާ މީހެކޭ އޭނާ އަކީ. ދެން އުތީމު ތިން ބެއިން އަނދިރި އަނދިރިންނާއި ހަނގުރާމަ ކުރީ ދިވެހިރާއްޖޭގައި ވާޖަހާ ދަމައިގެން އެމެން ޕޯރޗުގީޒަށް ގެންދާރތީތޭ ގަމާރާ. ހީ އިޒް ނޯ ޑޭމް ގުޑް ފޯރ އަވަރ ކަންޓްރީ ހީއިޒް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ހޭއް ހޭއް ހޭއް ޑޭންޖުރެސް ޑޭންޖެރެސް ޑޭންޖުރެސް. ގެޓް ދަ ޕޮއިންޓް. ގުޑް ލެޓްސް ޑާންސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންުޖުރެސް...

  2. ޙުއްބުލް ވަތަން

    އަނެއްކޮޅުން މަހާތީރަކީ ދުވަހަކުވެސް ރައްޔިތުން ނޫނެކޭ ބުނެފަވާފަރާތެއް ނޫނޭ، އެމަނިކުފާނު އަމިއްލަޔަށް އިސްތިއުފާދެއވިއްޔޭ - އެކަމަކު ރާއްޖޭގެ އިދިކޮޅުގަ މިތިބީ ހައްތަހާވެސް ރައްޔިތުން ނޫނެކޭ ބުނެފަ ތިބިފަރާތްތައް އެހެންވީމާ މިދެބައިމީހުން ކިހިނެއްތަ އަޅާކިޔޭނީ؟

  3. ޕޮފުބާ

    މީ ދިވެހިރާއްޖެ މެލޭސިޔާ އެށް ނޫން

  4. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ތަމެންނަށް ފެނޭތޭ ފެނޭދޯ، ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  5. ހުސޭނުބޭ

    މަހާތީރު ވެރިކަމަށް ވަޑައިގަތީ ޤައުމުގައި ހުޅުޖަހައި މަޖިލިސް މެމްބަރުންނަށާއި ފަނޑިޔާރުންނަށް ރިޝްވަތުދީގެން ކަމަށްވަންޏާ ހަމަ ފަށަފަސާގެން ތި ވާހަކަ ދައްކަންވީ. އެކަމަކު އެއީ ކޮންދިން ޚިދުމަތާއި ހިންގާފައިވާ ބޮޑެތި ޕްރޮޖެކްޓުގެ ސަބަބުންކަމަށްވަނީވިއްޔާ ތި ވާހަކަ ނުދައްކާ ނަޖިސްތަފާލުގައި ދަނޑިން ތެޅިއްޔާ މާ ރަފަޅުވާނެ.