ކޮވިޑް-19 ފެތުރުން އިންތިހާއަށް އިތުރު ވެފައި ވަނިކޮށް އިދިކޮޅު ޕީޕީއެމް އިން މާލޭގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން ދެ ފުލުހެއްގެ ގަޔަށް ކުޅު ޖަހާފައިވާ ކަމަށް ފުލުހުން ރޭ ވަނީ ވިދާޅުވެފައެވެ. ހާއްސަކޮށް މިފަދަ ހާލަތެއްގައި ކޮންމެ މީހަކު ކުރި ނަމަވެސް އެއީ ކުރިވަރަށް ގޯސް ކަމެކެވެ.

ޕީޕީއެމް އިން ބުނެފައި ވަނީ ފުލުހުންގެ ގަޔަށް ކުޅު ޖެހީ ޕީޕީއެމްގެ މެންބަރަކު ނުވަތަ މުޒާހަރާގެ ބައިވެރިއަކު ނޫން ކަމަށެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެއީ ރޭވިގެން ހިންގި އަމަލެކެވެ. އެއަމަލު ހިންގުމުގެ އަޑީގައި ހުންނެވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. ކުޅު ޖެހުމުގެ ހަޑިމުޑުދާރު އަމަލު ހިންގުމުގެ ފަހަތުގައި އޮތީ އެމްޑީޕީ ކަމަށް ވެސް އިދިކޮޅުން އެބަބުނެއެވެ. އެއީ ސަބަބުތަކެއް ވެސް ހުރުމުންނެވެ.

އެމްޑީޕީ އުފެދުމުގެ ކުރިން ވެސް އެމްޑީޕީގެ ވިސްނުމާއި ފިކުރަށް ތާއިދުކުރާ މީހުންގެ ފަރާތުން ފެނުނު އެއް މަންޒަރަކީ ސަލާމަތީ ބާރުތަކުގެ މީހުންނަށް ގަސްދުގައި ހަމަލާ ދިނުމެވެ. 2003 ވަނަ އަހަރު ސެޕްޓެމްބަރ މަހު ހިނގި ހާދިސާތަކާއި 2004 ވަނަ އަހަރު އޮގަސްޓް މަހު އައި 13،12 އިން މިމަންޒަރު ވަރަށް ސާފުކޮށް ފެނުނެވެ. ދުންފުނިހިޔާގައި އެމްޑީޕީގެ ރޭވުންތައް ރޭވި އެރޭވުންތައް ތަންފީޒު ކުރަން ދަގަނޑުބުރިއާއި ލަޓިބުރި ހިފައިގެން 2005 ވަނަ އަހަރު ނިކުމެ އެތައް ފުލުހުންނަކާއި ސިފައިންނަކަށް ގަސްދުގައި ހަމަލާދީ، އެތައް އިމާރާތެއްގައި ހުޅުޖެހި ހަނދާންތައް ހުރި އެތައް ދިވެހިންނަށް އަދިވެސް މިގައުމުގައި ތިބޭނެއެވެ.

އޭގެ ފަހުން ޓެނިސް ބޯޅައިގައި އަލިފާން ރޯކޮށްގެން މަގުމައްޗަށް ނިކުމެ ފުލުހުންނާއި ސިފައިންނާއި ދިމާއަށް އެތަކެތި އުކީވެސް އެމްޑީޕީ މެންބަރުންނެވެ.

2008 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުމުން ވެސް ކަށީގައި ހިފާފައި ހުރި އާދައިން ސަލާމަތެއް ނުވެވުނެވެ. މުޒާހަރާއެއް އިދިކޮޅު ފަރާތްތަކުން ބޭއްވި ނަމަވެސް އެމީހުންގެ ތެރެއަށް އަރައިގަނެ، އަނިޔާވެރި އަމަލުތައް ހިންގަމުން ގެންދިޔައެވެ. ފުލުހުންނާއި ސިފައިންނަށް ހަމަލާ ދެމުން ގެންދިޔައެވެ. އެންމެފަހުން ވެރިކަން ވެއްޓުނީވެސް ކަށީގައި ހިފާފައި އޮތް އެނުބައި އާދައިން ސަލާމަތް ނުވެވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

2012 ފެބްރުއަރީ 08 ވަނަ ދުވަހު އެމްޑީޕީގެ މެންބަރުން ނިކުމެ ރާއްޖޭގެ އެތައް ޕޮލިސް ސްޓޭޝަނަކާއި އެތައް ކޯޓަކާއި އެތައް ފުލުހުންނެއްގެ ސައިކަލްތަކާއި މުދަލުގައި ހުޅުޖަހައި އެތައް ގެއްލުމެއް ދިންކަން ފޮޓޯތަކާއި ވީޑިއޯތަކުން އަދިވެސް އެހުރީ ފެންނާށެވެ. ހަނދާނުގައި އެކަންކަން ނެތް މީހުން ބަލާލާށެވެ.

ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހުން ފެށިގެން 2013 ވަނަ އަހަރުގެ ނޮވެމްބަރ 17 ވަނަ ދުވަހާއި ދެމެދު މަގުމަތިން ފެނުނު ފުލުހުންނާއި ސިފައިންނާއި އެމީހުންގެ އާއިލާތަކަށް އެމްޑީޕީ މެންބަރުން ކުރި ފުރައްސާރަ އާއި ކުރި ޖެއްސުން ހަމަ ޔަގީނުން ވެސް އެފުލުހުންނާއި ސިފައިންގެ ހަނދާނުގައި ހުންނާނެއެވެ.

ރޭ ދެފުލުހެއްގެ ގަޔަށް ކުޅު ޖެހުމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވެވިއެވެ. ނަމަވެސް އޭނާގެ މައްޗަށް މިކަން ރޭވުމުގެ ތުހުމަތު ބަޔަކު ކުރަނީވެސް ކަންތައްތަކެއް އޭގެ ފަހަތުގައި ހުރުމުންނެވެ. 2012 ވަނަ އަހަރު ފުލުހުންގެ ވަޒީފާ އިން ހަމީދު ވަކިކުރުމުން ފުލުހުންގެ ސިއްރު އެތައް މައުލޫމާތެއް ލީކް ކޮށްލިއެވެ. އެމައުލޫމާތުތައް ލީކް ކޮށްލުމުން އިންޓެލިޖެންސްގައި މަސައްކަތް ކުރި އެތައް ފުލުހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅި ބައެއް ފުލުހުން ރާއްޖެ ދޫކޮށް ދާން ވެސް ޖެހުނެވެ.

އޭގެ ފަހުން ހަމީދު މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކްގައި މަސައްކަތް ކުރިކަމާއި އެޖަމިއްޔާ އިން ކުރީ ކޮން މަސައްކަތެއްކަން މިހާރު އިތުރަށް ސާފުކޮށްދޭކަށް ނުޖެހެއެވެ. ދާދިފަހުން ލީކްވި ވީޑިއޯތަކުން ވެސް ހަމީދުގެ ފެންވަރު ވަރަށް ބޮޑަށް ސާފުވެއްޖެއެވެ. އެހެންކަމުން މިހުރިހާ މަންޒަރެއް ގެނެސް އެއްތަންކޮށް އެމަންޒަރެއްގެ ގޮތުގައި ބަލާއިރު ފެންނަނީ ހަމީދަކީ ފުލުހެއް ނޫނެވެ. އެއީ ސިޔާސީ އެކްޓިވިސްޓެކެވެ. އެހެންކަމުން ސިޔާސީ މަންފާއެއް ހޯދުމަށް އޭނާ ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެއެވެ.

ފުލުހުންގެ ގަޔަށް ކުޅު ޖެހީ ހަމަހަޤީޤަތުގައި ވެސް ޕީޕީއެމްގެ މެންބަރަކަށް ވެދާނެއެވެ. އެހެންކަމަށް ވާނަމަ އެމީހަކަށް ވެސް ފިޔަވަޅު އަޅަން ޖެހޭނެއެވެ. ނަމަވެސް މިފަދަ މައްސަލަތަކުގެ ވާހަކަ އެމްޑީޕީންނާއި ކޮމިޝަނަރ ހަމީދު ދެއްކުމުން އަޑުއަހަން ތިބޭ މީހުންނަށް އަންނާނީ މަލާމާތުގެ ހިންޏެކެވެ. ސަބަބަކީ ކަންތައްތައް ވެގެން ގޮސްފައިވާ ގޮތުންނެވެ.

މައްސަލައެއް ހައްލު ކުރުމަށް ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެމައްސަލައެއްގެ އަސްލު ހޯދުމެވެ. އެއަށްފަހު މައްސަލަ އުފެދެން މެދުވެރިވި ސަބަބު ނައްތާލަން ޖެހެއެވެ. އެހެންކަމުން މައްސަލައިގެ އަސްލަށް ވާސިލްވެ، މައްސަލަ އުފެދުނު ސަބަބު ނައްތާލާށެވެ. ސުވާލަކީ އެމްޑީޕީއަށް އަދި ފުލުހުންގެ މިހާރުގެ ކޮމިޝަނަރު ހަމީދަށް އެކަން ކުރެވިދާނެ ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

 1. ހަނި

  ތި ކަލަމިހުން ބެރު ކުރެ ވަޒިފަައިން

  27
 2. ބާރީ

  ކުޅުޖެހީ ކެނެރީގޭ ނަޝީދު ގެ ރޭވުމަށް

  60
  3
 3. Anonymous

  ފުލުހުން ގަޔަށް ކުޅުޖެހީ ސީދާ އެމްޑީޕީ އަޑީގައި އޮވެގެން އެމްޑީޕީގެ މީހަކު. ބޭނުމަކީ ފުލުހުން ރުޅި އަރުވާލާ އިދިކޮޅު ބޮލުގައި އެކަން އެޅުވުން. މިހާރުވެސް ތިޔަ މައްސަލަ މިނިވަން ކަމާއެކު ބަލައިފިއްޔާ މީތެދުކަން ހާމަވާނެ. ތިޔަ މައްސަލައެއްް ފުލުހުން ނުބަލާނެ ބަލައިފިއްޔާ ބަރަހަނާ ވާނީ. ފުލުހުންނަށްވެސް އެނގޭނެ އެމްޑީޕީގެ ވައްްތަރު.

  67
  3
  • ޢަހޫ

   ކުޅުޖެހީ ބޮޑުވަގު ޖަލުންނު ކުމެގެން، އެވެސްއަދި ވަގަށް.

   2
   16
 4. ސޭކްސްތާން

  ފުލުހުން ގަޔަށް ކުޅުޖެހީ ސީދާ އެމްޑީޕީ އަޑީގައި އޮވެގެން އެމްޑީޕީގެ މީހަކު. ބޭނުމަކީ ފުލުހުން ރުޅި އަރުވާލާ އިދިކޮޅު ބޮލުގައި އެކަން އެޅުވުން. މިހާރުވެސް ތިޔަ މައްސަލަ މިނިވަން ކަމާއެކު ބަލައިފިއްޔާ މީތެދުކަން ހާމަވާނެ. ތިޔަ މައްސަލައެއްް ފުލުހުން ނުބަލާނެ ބަލައިފިއްޔާ ބަރަހަނާ ވާނީ. ފުލުހުންނަށްވެސް އެނގޭނެ އެމްޑީޕީގެ ވައްްތަރު.

  57
 5. ކިޔުންތެރިޔާ

  ސާބަހޭ ވަގުތު ޓީމް. ތިފަދަ ހިތްވަރުގަދަ ބަޔަކު ބޭނުންވަނީ އަބަދުވެސް ހަގީގަތް ހާމަކުރަން. ރާ ޓީވީއަކީ ލާދީނީ ޖަމިއްޔާތަކުންނާއި ބޭރުގެ ފާދިރީން ފަންޑުކޮށްގެން ހިންގާ ޖަރީމާ ހާއްޔެއް. އިދިކޮޅުން މިހާރު ކުރަމުންދާ މުޒާހަރާތަކަށް ފުރިހަމަޔަށް ތާއީދުކުރަން. ކޮވިޑަށް ވުރެން އެއްވެސް ދިވެހި ރައްޔިތަކަށް ގައުމުގެ މިނިވަންކަމާއި އަމާން ކަމާއި އިސްތިގުލާލަށްވުރެ މުހިންމު އެއްޗެއް އޮވެގެން ނުވާނެ!

  73
  7
 6. ފުލުސް

  އަހަރެން ލޮލަށް ކުޅުޖަހާމީހާފެނި އެމީހާގެ ހިސްޓްރީއާއި ބައޮގްރަފީ ދިރާސާކުރުމަށްފަހު ނޫނީ އިދިކޮޅު މީހުން ފުލުހުންނަށް ހަމަލަދީ ކުޅުޖަހާ ހަދާނެކަމަށް ގަބޫލެއް ނުކުރެވޭނެ، މޭޑޭ މުޒާހަރާ ކަހަލަ މުޒާހަރާތަށް އަދިވެސް ހަނދާނުގައި އެބަހުރި.. އެމުޒާހަރާތަށް ހުއްޓުވަން ދިޔާމަވެސް ބުނާނެ އަހަރެމެން ތިކުދިންނާ ދެކޮޅެއްނޫނޭ އަހަރެމެން ދެކޮޅީ ވެރިކަމުގައި ތިބި މީހުންނާއޭ... ވަރަށް އިހްތިރާމާއެކީ ރަޙްމަތް ތެރިގޮތަކަށް ވާހަކަ ދައްކާނީވެސް...

  45
  6
 7. ބުނެލީ

  މުހިންމީ އެކަން ކުރީ ކޮން ޕާޓީއެއްގެ މީހެއްތާ ބެލުމެއް ނޫން މުހިިންމީ ހައްޕުނޑު ޖެހީ ކާކުތޯ ބެލުން!؟ އެ ގޯނާ ލިބުނެ ދެފުލުހުންގެ ހައްޤުގަ.. ކުރިން ހިނގައިދިޔަ ކަންތައްތަކަށް ބަލައިގެން ގޮތް ނިންމަންވެއްޖެޔާ ކުށްވެރިކުރަން ޖެހޭ މީހުން ހުސްނުވާނެ . އިދިކޮޅުގަވެސް ތިބީ ހުސް ވަގުންނާ ބޯހަމަ ނުޖެހޭ މީސްމީހުން ނޫސްވެރިކަމަކީ އެއްވެސް ފަރާތަކަށް ބުރަނުވެ ކުރަންޖެހޭ ކަމެއް.

  23
  21
 8. ޕުޝްޕާ

  ވަގުތު ނޫސް ޕީޕީއެމްއާ ދެކޮޅު އާޓިކަލްއެއް ހަމަ ނުލިޔާނަންތަ؟ ޔާމިނު ސަރުކާރު ވެއްޓުނީ ކީއްވެ ކޮންކަހަލަ ކަންތައްތަކެއް ކުރެވިގެން ?

  15
  63
  • Anonymous

   ވޯޓް އޮޅުވާލީ ދައުރު ހަމަ ވުމަށްފަހު. ދެން ދިވެހިންގެ ތެރެއިން އަމިއްލަ އެދުމަށާ މޑޕ ބުނިހާ އެއްޗެއް ގަބޫލު ކުރެވުނު މީހުން މިހާރު ގޮވަނީ އެންމެންވެސް ގޯހޭ ގޯހޭ. ހެހޭ. ސިކުނޑިއެއް ނުހުރޭ ވިއްޔާ މޑޕ އިން ދެއްކީ ތެދެއްތޯ އަނބުރާ ވިސްނާލާކަށް

   30
  • Anonymous

   މޮޔަ ދިވެހިންގަނޑު އިންޑިޔާގެ އަޅުވެތިކަމަށް ދާހިތުން ހަލާކުގެ މަގަށްގޮސް މޑޕ ވެރިކަމަށްގެނައީ.

   36
  • Anonymous

   ބަލަ ޔާމީން ވެރިކަމުން ދުރުކުރީ މާމޮޅެއްވާނެކަމަށްތަ. ހަޒާނާ ކާތީއޯ. މިހާރުގޮސް ބަލާބަ، ފައިސާ ކޯދުލައިގެން އެބައަރައެއްނު. ސަލާމްޖަހައިގެން މުސާރަ އެދެނީ. ޔާމީނަކަށް ދެރައެއްނުވޭ. އެކަމަކު ކަލެއާ މަށާމިއީ ގައުމުގެ ހާލަތަށް ބަރޯސާވާމީހުން. ގައުމު ހަލަކުވަމުންމިދަނީ. އިސްލާމް ދީނަށް ކަލޭ ދެރަދޭން ކުރިކަމެކޯ. ދެރަލިބޭނީ ނިކަމެތި އިންސާނުންނަށް އަހަރެމެން ނެތިކުރައްވާ އެ އިލާހުގެ ދީނަށް ނަސްރުދޭނެ ބަޔަކު އަލުން ގެންނެވުމަކީ ކުންފަޔަކޫން. ވާށޭ ވަހީކުރެއްވުމުން އެކަމެއްވެދާނެ. ކާކަށް ދެެަވާނީ؟

   35
  • Anonymous

   ވެރިކަން ވެއްޓުމަކީ ދައުރު ނުނިމެނީސް ވެރިމީހާ ވެރިކަމުން ދުރުވުން. އެހެންވީކަމަށްހީވާނީ ތަންދޮރުނޭގޭ ޖާހިލުންނަށް. މޑޕގަ ގިނަވާނީ ތިކަހަލަބތަނެއްދޮރެއްނޭނގޭ މީހުން

   29
 9. މދީ

  ޔާމީން ސަރުކާރު ނުވެއްޓޭ، ދައުރު ހަމަކުރި.

  57
 10. ބޯހަލާކު

  އެއީ ދެބޯގެރި ގޮޑި ދުއްވާޕާޓީ އެންމެންނަށް އެގޭ ބޮޑުސިއްރެއް އަދިވެސް މިއުޅެނީ މިސަކަރާތުގަ ކަމެއް ކޮށްދެވޭތޯ އުޅެބަލަ ރަތްޔިތުން ބަޑަށްޖެހެނީ ވެރިކަންކުރަނީ ކަޏު އަދިރި ބައެއް ލޯހުޅުވައިގެން ޕާޓީ ކުދިން ކޮޅުނަމަވެސް ސަލާމަތް ކުރެވޭތޯ އުޅެބަލަ އެހެން ނޫނީ އިސްތިއުފާދީ ނުވާވަރުކަންތަކާނުއުޅޭ

  36
 11. ހަނި

  ހަމީ ދަށް ތިިކަން ނުކުރެވެނެ ހަމީ ދު އިސްތިފާ ޛީ

  27
 12. ރައްތިތުން ވިސްނާ

  އެއީ ޕޕއެމް މީހެއްނަމަ މުޒާހަރާގެ ތެރެއިން ނޫނަ މުޒާހަރާގެ އެރެއިން ވިޔަސް އެމީހަކަށް ސަލާމަތެއް ނުވެވޭނެ އެމީހަ ކުގައިގަ ހުރިއްޔާ ހުރި ކަށިތަ ކެއް މުގުރާލާފަވެސް ޕޕއެމް މީހެއް ވެއްޖިއްޔާ ހަޔަރު ކުރާނެ އޭގެންވެސް އެނގެނީ ހައްޕުޑު ޖެހީ ރީނދޫ ގުންޑާއެއް. ކަން ވަރަށްސާފު އެހެންވީމަ އެހައްޕުޑު ޖެހި މީހާގެ ފޮޓޯ އެއްވެސް ކެމެރާ ކކަށް ނާރާނެ އަދި ފުލުހުންނަކަށް އެމީހާ އަތުލައެއް ނުގަނެވޭނެ އަތުލައިގަތަސް އެމްޑީއެން ހަމީދު އޭނަދޫކ ކޮށްލާނެ ކަން އެގުންޑާޔަށް ޔަގީންވާނެ ެެެެެެެެެެެ. އެހެންވީމަ އެގުނަޑާ އެހައްޕުޑު ޖެހީވެސް އެ ކަހަލަ ހަޑިމުޑު ދާރު ކަންތައް ކުރުމަ ކީ. އެމްޑީޕީގެ އާދަ މުޅި ރާއްޖޭގައި ހުޅުޖަހަން ކެރުނު ބަޔަ ކަށް ކުރަން ނު ކެރޭނެކަ ކަމެއް އޯންނާނެތަ އެއީ އަސްލު ފަރަންޖީނަ ކީ ލާދީނީ ބައިގަނޑު ފޮޅާލަން މިޤައުމުދެ ކެ ލޯބިވާ ކޮންމެ ރައްޔިތަ ކު މިއަދުތެދުވަންޖެހިއްޖެ ރައްޔިތުން ފަހަތަށް ނުޖެހި ކުރިޔަށް ނުގޮސްފިނަމަ މިދިވެހިރާއްޖެ މުސްލިމް އުންމަތެއްގެ ގޮތުގައެއް ނޯންނާނެއެވެ.

  28
 13. Anonymous

  ތިނުވާނެ މޑޕ ގުންޑާއަކު ކުރިކަމަކަށްނޫނީ. މޑޕ ގެ ކުރީގެ ވެރިކަން ހަމަ މި ރިޕީޓުވަނީ. ރައްޔިތުންނަށް ބިތުދެއްކުމާ ތަކެތި އަގުބޮޑުވުމާ ޑޮލަރުގެ އަގު ރަނަށްވުމާ. ބޭރުގެ ނުފޫޒު އިންތިހާއަށް ދިއުން. ފިވެހިން މޮޔައީ. އެއްހަރުން ދެވަނަ ފަހަރަށް ދިވެހިންގެ ގައޔަށް މިކަށިޖެހީ. ބަޅެއްގެ ނަގޫ ސަންފާ އޮނަކަށް ލިޔަސް ތެދުނުވާނެ ފަދައިން މޑޕ ވެރިކަމެއްގައި ދިވެހިން ހަނާނުވެ ނުދާނެ.

  30
 14. ހހހހ

  ތިދެން މެންދުތު އިރު ފަދައިންނޔަގީން ކަމެއްނު. މޑޕ ގެ އެކްޓިވިސްޓެއް ކުރާނެ ކަމެއްތިއީ.

  27
 15. Anonymous

  ހަޖަމު ގޯސްވެގެން އުޅޭނީ ގުންޑާ ބައިގަނޑު ތިވާނީ ތި ހެޕަޓައިޓިސްޖެހިފަތި ރީނދޫ އެއްޗެއްކުރި މުޑުދާރުކަމަކަށް. ދެން ރެއަކުން ދުރުދުރުގަ ވާނެ މޫވީކުރަން އަހަރެމެން ތިބެން. ރެޑްހޭންޑްކޮށް ތި ކުނިރީނދޫ ގަނޑު ރައްޔިތުންނަށް ދައްކާލާނަން.

  17
 16. ސާބިތު

  ތިކަހަލަ ނުބާ ނުލަފާކަންތައްކުރާނީ އެންޑީޕީއަށް ނިސްބައްވާ މީހުން ނުވާނެ ތިމީހުން ފިޔަވާ އެހެއްބަކަށް

  20
 17. ބޮކި

  ދުވަހަކުވެސް ޕީޕީއެމް ގޯސް ކަމެއްނުކުރާނެ ؟ އެކަމަކު ވައްކަން ކުރަން ވަރަށް މޮޅުވާނެ ؟؟

  2
  24
 18. ކާޅު

  ދުވަހަކުވެސް ޕީޕީއެމް ގޯސް ކަމެއްނުކުރާނެ ؟ އެކަމަކު ވައްކަން ކުރަން ވަރަށް މޮޅުވާނެ ؟؟

  22
 19. ފަހާމީހާ

  ޕީޕީއެމް އަށްވުރެ ހުރިހާ ގޮތަކުން ވެސް އެމްޑީޕީ ގޯސް. މަ މިހާރު އެމްޑީޕީ އަށްކުރި ތާއީދު އަނބުރާ ގެނެސްފިން
  ތިދެން މެންދުތު އިރު ފަދައިންނޔަގީން ކަމެއްނު. މޑޕ ގެ އެކްޓިވިސްޓެއް ކުރާނެ ކަމެއްތިއީ.

  4

 20. ޗީ ޗީ ލާދީނީ

  އަނގަ އޮތީޔަކާ ކާޅެއް ނުކާނެ ޕޕއެމް ގޯސްކަމެއް ކޮށްފައި އޮތީވިއްޔަ ނުކުރިޔަސް ކުރިކަމަކަށް ހަ ދަން ލާ ދީނީން ކުރާކަމަކީ ޣާޒީނަށް ބިރު ދެއްކުން ނޫނީ ޣާޒީ ސަސްޕެންޑް ކުރުން ނޫނީ ވަޒީފާއިން ވަކިކުރުން އެވަރުންވެސް ކާޅެއްހެން ކާ ކާ ކާ ލަވަންލަ ދެއް ދެއްނުގަނޭތަ ޕޕއެމް ނުކުރާކަމެއް ތިބައިގަނޑު ކިތަމެވަރަކަށް ތެޅުނަސް ސާބިތެއް ނުވާނެ ސާބިތުކުރަންޏާޖެހޭނީ ގަރު ދިޔަ ތެއްޔަށް އަތްބާނައިގެން ހަޑިހާވަން ދެންއަތްޖަހާ ކަލޭ ހަޖަމްނުވެގެން ތިއުޅެނީ ކަލޭހީކުރީ ކަލޭ ހައްޕުޑު ޖެހީމަ ޕޕއެމް ކުރިކަމަކަށް ވާނެކަމަށްތަ ބަލަ ތިމާގެ ހަފަރާތުގައި ﷲ ވޮޑިގެން ވާކަމެއްނޭނގޭތަ ހޭކުޑަވެގެން ތިތިބަތެޅެނީ ބަލަ ފުލުހުނަށް ވެސްއެނގޭނެ ޕޕއެމް އެފާޑުގެ މުޑު ދާރުކަމެއްނުކުރާނެކަން ހަޖަމް ނުވިޔަސް ތިއީ ކޮޑުވަރު ރީނ ދޫ ކާޅު ތައް ލޭބޮއެގެން ނުހާވާނެ ހަޑިއެއްނޯންނާނެ ކާޅު ކާ ކާ ކާ!

 21. ﷲއަކުބަރު

  ވަކަން ކުރަނީ ކޮންބައެއްކަން ވަރަށްސާފު ބަޔަކު ނުކިޔަސް އަސްލުވަގުން ތިތިބީ ފެންނާކަށްނު ފުރަތަމަ ރައީސްޔާމީން ގެވެރިކަމުގެ ތެރޭގައި ތިބެ ލާރިގަނޑު ދަމައިގަނެގެން ވަގުންތައް ވެރިކަމުގެ ތެރެއިން ފިލައިރައްކާވީ ދެންކުރިކަމަކީ އިންތިހާބުގައި ވޯޓުން ވައްކަން ކޮށް ވޯޓު ކަރު ދާސްތައް އަން ދާލީ ދެންކުރިކަމަކީ ނުހައްޤު ހަރާންވެތިކަމެއްކުރަން ލާ ދީނީއަށް ތަބާވެ މާތްﷲ ގަން ދީ. ދޮގުހުވައެއް ކުރީ އެވަރުންވެސް ތިބައިގަނޑު މައިތިވާގޮތެއްނުވި ރައީސްޔާމީންގެ ވެރިކަމުގެ ތެރެއިން ވައްކަން ކޮގެން ރައްކާވި ހުރިހާވަގުން ކުރި ހުރިހާ ވައްކަމެއް ރައީސްޔާމީންގެ ބޮލުގައި ނުހައްޤު އަޅުވައި އެވަރުން ނުފު ދިގެން ރައީސްޔާމީން ވައްކަން ކުރިކަން ސާބިތުނުވުމުން ޝަރިޔަތްކުރިޣާޒީ ސަސްޕެންޑްކޮށް ބޭރުކޮލީ ރައީސްޔާމީން ނުކުރާކަމެއް ކަން ސާބިތުވީމަ ދެންކުރިކަމަކީ އެމްޑީޕީގައި އެންމެ ގަ ދަޔަށް މުޒާހަރާގައި ބައިވެރިވަމުންފިޔަ ރީނ ދޫ ގުންޑާއެއްލައްވައި ބާތިލް ޝަރިޔަތެއް ރައީސްޔާމީންގެ މައްޗަށްކޮށް ބާތިލްހުކުމެއް އިވައި ރާއީސްޔާމީން ނުހައްޤުން ޖަލަށްލީ ދެންވީގޮތަކީ މާﷲ ތިބައިގަނޑުގެ މަގުތައްބަ ދުކުރެއްވުމަށް ޓަކައި އެޖެންޑާ-19 ރައިގެތެރެއިން ކޮވިޑް-19 ރައެއް ފާޅުކުރެއްވުން ނިކަމެތި އިންސާނަކަށް ނުހައްޤުން އަނިޔާވެރިވުމުގެ ނަތީޖާ ވިސްނާ!

 22. ދަންނަ

  ތިޔައީ ކޮމިސަނަރ އޮފު ޕޮލިސް ރާވައިގެން ޕީޕީއެމްކުދިންގެ ބޮލުގަ އަޅުވަންއުޅޭ ތާކިހަލެއް ވެރިކަންވެއްޓިދާނެކަމުގެ ބިރުން ޖޮބުގެއްލިދާނެ ކަމުގެ ނުރަށްކާ މިކަލޭގެޔަށް ވިސްނިއްޖެ.

  11
 23. ޙހހހ

  ޕީ.ޕީ.އެމް ވައްކަމެއް ކުރިއްޔާ ، އެޔަށް ހަތަރު ވައްކަން އެމް. ޑީ.ޕީ ކޮަށްފަ އޮންނާނީ ، އެމް. ޑީ.ޕީ މީހުންނަށް ހަޖަމެއް ނުވާނެ

  12
 24. ސުންބުލި

  ބަލަގަ! ރޮޒައިނާ ގަޔަށް އަނގަދޮވެފަ އެފެން ޖެހި ބަޔަކަށް ތީ އަދި މާބޮޑު ކަމަކަށް ނުވާނެ.

 25. ރީނދޫ ކާޅު ކާ ކާ ކާ

  ބަލަގަ ޤާނޫނު އަސާސީ މައްޗަށް ފައިން އެރިބަޔަ ކަށް ގާނޫނެއް ގަވައިދެއް ނޯންނާނެ ކުރަން އެގޭނީ އެންމެ ކަމެއް އެއީ ޖަރީމާހިންގުން އިސްލާދީނާއި ދެ ކޮޅަށް ރިޕޯޓުނެރުން ރާބޮގެން ބިރަ ކާނުލައި މަޖާ ކުރަން ވެރި ކަން ކުރަން ނޭގުނީމައި މުޅިރާއްޖޭގައި ހުޅުޖަހަން!

 26. ކައުންސެލަރު

  ޝާނީ އާ ބައްދަލުކޮށްލަން އަހަރެން ބޭނުން. ސީރިއަސްކޮށް. ލަވް އެންޑް ލަވް އެންޑް ލައިކް މިއާޓިކަލް. ސާބަހޭ ސާބަހޭ ސާބަހޭ

 27. ށަޒަން

  ލަދެއް ހަޔާތެއްވެސް ނެތީތަ ތިވަރަށް ޕީޕީއެމް އަށް ޖެހި ލިއުންތެރިއަކަށް ހުންނާކަށް .... ވަގުތަކީ ހަމަ އެމީހުންނަށް މަރުދޭބައެއް ....

 28. އައްޔު

  ފުލުހުން ގަޔަށް ކުޅު ނުޖަހާކަމަކަށް ނުވާނެ ސުވާލަކީ މަތިންތިރިއަށް ދުފާފައި ޖަހާފައިވާކުޅު މުޒާހަރާގެ ބައިވެރިއެއް ޖަހާނަމަ ޖެހޭނީ ޕޮލިސް އޮފިސަރަށްވުރެ މައްޗަށް އަރާފައި ނުވަތަ އޮފިސަރަށްވުރެ ދިގު މީހަކު ޖަހަން އެ އޮފިސަރަކީ ގާތްގަޑަކަށް 5 ފޫޓް 8 އިންޗި ހުންނަ ވަރުގެ ދިގު ކުއްޖެއް އެހެން ކަމަށް ވާނަމަ މުޒާހަރާގެ ބައިވެރިންގެ ތެރެއިން ޖެހި ކުޅެއް ކަމަކަށް ނުބެލެވޭ ބޮޑަށް ބެލެވެނީ ކައިރި ގެޔަކުން ޖަހާފައިވާ ކުޅެއް ކަމަށް.