ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ވައުދަކީ އިންސާފު ގާއިމު ކުރުމެވެ. ވައްކަން ނުކުރުމެވެ. ކޮރަޕްޝަން ނައްތާލުމެވެ. އިންސާފު ގާއިމު ކުރުމެވެ. ރައީސް ޞާލިހްގެ ވެރިކަމަށް ދޮޅުއަހަރުވެ، ދައުރުން ދެއަހަރު ފުރިހަމަވުމާއި ގާތައް ޖެހެމުން ދާއިރު ކޮރަޕްޝަނާއި، ފަސާދައާއި ވައްކަމާއި، ރައީސް ޞާލިހް ކުރިން ވިދާޅުވި "އަނިޔާވެރިކަން" މިއަދު އެމަނިކުފާނުގެ ވެރިިކަމުން ފެންނަން އޮތް ގޮތާއި މެދު ވިސްނާލުން އެއީ ކުރަން ޖެހޭ ކަމެކެވެ.

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެން ފުރަތަމަ މަސައްކަތަކަށްވީ އެމްޑީޕީގެ މަސްލަހަތު އޮތް، އެމްޑީޕީ އާއި ގުޅުން އޮތް ފަރާތްތަކަށް ބަދަލު ދިނުމެވެ. ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް 78 މިލިޔަން ރުފިޔާ ދިނުމާއި ވިލާ ގުރޫޕުގެ ދަށުން ހިންގަމުން އަންނަ ޑަބްލިޔު އެލްޓީއަށް 130 މިލިޔަން ރުފިޔާދީ ވިލާ ގުރޫޕްގެ ޓެކްސް ވެސް މާފުކޮށްދިނެވެ. ދީބާޖާ އަށް ވެސް 174 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ސަރުކާރުން މަސައްކަތް ކުރިއެވެ. ނެކްސްބިޒަށް 277 މިލިއަން ރުފިޔާ ސަރުކާރުން ބަދަލުގެ ގޮތުގައި ދިނެވެ. އެކުންފުނީގެ ވަކީލުންގެ ގޮތުގައި ތިބީ މިއަދު އެމްޑީޕީ އާއި ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުންނެވެ. ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް 22 މިލިއަން ރުފިޔާ ދިނެވެ. ނޫމަޑިއާ އެކު ހެދި ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން، ސަރުކާރުން އެ ކުންފުންޏަށް 55 މިލިއަން ޑޮލަރު (849 މިލިއަން ރުފިޔާ) ދީފައި ވެއެވެ.

ބަދަލު ދިނުމުގެ ނަމުގައި ދައުލަތުން ޖުމްލަ 1.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެއެވެ. ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތައް ލިބުނު ކޮންމެ ކުންފުންޏެއް އެމްޑީޕީ އާއި ނުވަތަ ސަރުކާރާއި ގުޅިފައި އޮތުން އެއީ އިއްތިފާގެއް ނޫނެވެ. މިއީ ފާޅުކަން ބޮޑު ގޮތެއްގައި އެންމެންގެ ކުރިމަތީގައި ކޮށްފައިވާ ވައްކަމެވެ. ފާޅުގައި ހިންގާފައި އޮތް ކޮރަޕްޝަނެވެ. މިއީ ޤާނޫނީ އިމުގެ ތެރެއިން ގައުމު ލޫޓުވާލުމަށް ކުރަމުން އަންނަ މަސަައްކަތެކެވެ.

ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެއަށް އަދި ރާއްޖެ އަށް ވެސް ވަނީ ބޮޑެތި އިޤުތިޞާދީ މައްސަލަތަކެއް ކުރިމަތިވެފައެވެ. މިހާލަތުގައި އިޤުތިޞާދު ސަލާމަތް ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ފެއިލްވެ، ފަހަތައް ބުރަވެފައި އޮތް މައްސަލަ އަކީ އަދި ވަކި މައްސަލައެކެވެ. ކޮވިޑް-19 އަކީ ވަގުންނަށް ލިބުނު "ނަސީބެއް" ކަމަށް ހީވެގެން އުޅޭކަހަލައެވެ.

މިހަފްތާގައި ސަރުކާރުން އިއުލާން ކޮށްފައި މިވަނީ ކޮވިޑް-19 އާއި ގުޅިގެން ޑިސެމްބަރު މަހުން ފެށިގެން ވަޒީފާ ގެއްލުނު މީހުންނަށް އެލަވަންސް ދޭން ނިންމާފައިވާ ކަމަށެވެ. ކޮވިޑް-19 ފުރަތަމަ ޗައިނާ އިން ވެސް ފެނުނީ ޑިސެމްބަރ މަހު އެވެ. ޖަނަވަރީ މަސް ނިމި ފެބްރުއަރީ މަހުގެ ފަހުކޮޅާއި ހަމައަށް ދިޔައިރު ވެސް ކޮވިޑް-19 އާއި ގުޅިގެން ބައެއްގެ ވަޒީފާތަކެއް ގެއްލިފައެއް ނުވެއެވެ. ނަމަވެސް ވަޒީފާ ގެއްލުނު ކަމަށް ބުނެ ލިޔުމެއް ތައްޔާރު ކުރުން އެއީ ރާއްޖޭގެ މުޖުތަމަޢު މިއޮތް ގޮތުން ވަރަށް ގިނަ މީހުންނަށް ކުރެވިދާނެ ކަމެކެވެ. އަދި ސަރުކާރުން އެފަދަ ލިޔުމެއް ވަކި ބަޔަކަށް ހޯދައިދޭން އުޅޭނަމަ އެކަން ކޮށްލުން އެއީ މާފަސޭހަ ކަމެކެވެ.

ކޮރަޕްޝަނާއި، ވައްކަމާއި ދެކޮޅު "ޒީރޯ ޓޮލަރަންސް" ސަރުކާރުން ކުރަން މިއުޅޭ ކަންތައްތައް ވަރަށް ސާފެވެ. ވަޒީފާ ގެއްލުނު މީހުންގެ ނަމުގައި ވަކި ބަޔަކަށް ފައިސާތަކެއް ދިނުން ނޫން އިތުރު އެއްވެސް މަޤުޞަދެއް މިކަމުގެ ތެރެއިން ނުފެނެއެވެ. މިއީ ޕާޓީގެ އެކްޓިވިސްޓުންނަށް، ނުވަތަ ވަކި ވަޒީރަކާއި ރައީސް ޞާލިހްގެ ސިޔާސީ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް އެހީވާ މީހުންނަށް "ޤާނޫނީ އިމުގެ ތެރެއިން" ވަގަށް ނަގާފައި ފައިސާ ދިނުމަށް ރާވާ ނުބައި ރޭވުމެކެވެ.

ރައީސް ޞާލިހްގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި އިސް ބައެއް ބޭފުޅުން ވަރަށް ފާޅުގައި ކުރާ އިތުރު ވައްކަމެއް ވެސް އެބަައޮތެވެ. ޑެޕިއުޓީ އެމްބެސެޑަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނާއި، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ގެންދަނީ އޮންލައިން ނޫސްތައް ހިންގަމުންނެވެ. ސަރުކާރުން ހަތަރު ފަސް ކުންފުންޏަކުން ކޮންމެ ނޫހަކަށް ސްޕޮންސާ ދީފައި އޮވެއެވެ. ޚަބަރެއް ނޭރުވި ނަމަވެސް، ނުވަތަ އެހެން ނޫސްތަކުގެ ޚަބަރުތައް ކޮޕީ، ޕޭސްޓް ކުރަމުން ގެންދިޔަ ނަމަވެސް ކޮންމެ މަހަކު ލައްކަ އިން އާމްދަނީ ލިބޭ ނޫސްތަކަށް އެނޫސްތައް ވެއެވެ. މިއީ ސްޕޮންސާޝިޕް އެގްރިމެންޓެއް ހަދައިގެން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ޤާނޫނީ އިމުގެ ތެރެއިން ގައުމު ލޫޓުވާލުމަށް ކުރަމުން އަންނަ މަސައްކަތެވެ.

މަނީ ލޯންޑްރިން ކޮށްގެންނާއި، ކޮރަޕްޝަނުން ހޯދާފައިވާ މުދާ ދައުލަތައް ނެގުމަށް ޤަވައިދެއް ހަދައި އަމަލު ކުރަން ފެށި ޚަބަރު މިހަފްތާގައި ލިބުނެވެ. އެއީ ކުރަން ޖެހިފައި އޮތް ކަމެކެވެ. ޤަވައިދަކަށް ވުރެ ބޮޑަށް ރަނގަޅުވީހީ ޤާނޫނަކުން އެކަން ކުރަން ނިންމި ނަމައެވެ. ނަމަވެސް އަމަލު ކުރަން މިލިބުނީ ޤަވައިދެކެވެ. އެހެންކަމުން މިޤަވައިދާއި އެކު ކުރިއަށް ދާންވީއެވެ.

ޤަވައިދާއި އެކު ކުރިއަށް ދާއިރު ހުރިހާ ސަރުކާރެއްގައި ވެސް ވައްކަން ކުރި މީހުންގެ މުދާ ދައުލަތައް ނަގަން އެބަޖެހެއެވެ. އައްޑޫގައި ސާކް ސަމިޓް ބޭއްވުމުގެ ނަމުގައި ދިވެހި ދައުލަތުން ވަގަށް ނެގި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އާއި ޖީއެމްއާރަށް އެއާޕޯޓް ދިނުމަށް ފަހު ނެގި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ އެޑްވާންސް ޕޭމަންޓްގެ ބޭނުން ކުރި ވަގުންގެ މުދާ ދައުލަތައް ނަގަން އެބަޖެހެއެވެ. ރަށްރަށުގެ ނަމުގައި ހުޅުވާފައި ހުރި އެކައުންޓްތަކުގައި ހުރި އެތައް މިލިއަން ރުފިޔާއެއް ވީނުވީއެއް ނޭނގި ރައީސް ނަޝީދުގެ ސަރުކާރުން ދިރުވާލި މައްސަލައިގައި ޝާމިލްވާ މީހުންގެ މައްސަލަތައް ބަލައި އެމީހުންގެ މުދާ ދައުލަތައް ނަގަން އެބަޖެހެއެވެ.

އިންސާފާއި ހަމަހަމަކަމަށް ވަކާލާތު ކުރުމަކުން ހަމައެކަނި ނުފުދެއެވެ. އިންސާފު ގާއިމު ވެއްޖެ ކަމަށް ހަމައެކަނި ބުނުމަކުން ނުފުދެއެވެ. އިންސާފު ހަމަހަކަމާއި އެކު ގާއިމުވެގެންދާ ކަމުގެ އިހްސާސް ކޮންމެ މީހަކަށް ވެސް ކުރެވެން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ހުސޭނުބޭ

    ވަރަށް ރަގަޅު ލިއުމެއް!
    މިހާރު ރާއްޖޭގެ ރައީސްކަމުގައި ހުރީ ތަތްމަސް ނުކާން ހައްޖުވި ބުޅަލެއް!

    95
    1
  2. ދ ގޮވެލި

    އައްޑޫގައި ސާކުސަމިޓް ބޭއްވުމުގެ ނަ މުގައި ސަރުކާރު ދާވާލުމާއި
    ޖީއެ މް އާރަށް އޭއާރޕޯޓް ވިއްކު މާއި ކަރުދާސް ކުންފުނިތައް
    ހަދައިގެން ބައިތުލްމާލުން ފޭރިފައިވާ ފައިސާތަކުގެ އަގު
    އެތައް ބިލިއަނަނަށް އަރާއިރު އެން މެފުރަ މަ ޖެހެނީ
    މިފައިސާތައް ހޯދުނު ކޮން މެގޮތަކަށް ހޯދާފައި ސަރުކާރާ ހަވާލް ކުރާށެވެ
    މިކަމމ މުގައި ޒިއް މާވާންޖެހެނީ މމމ މޑޕ އިސް މީހުންނެވެ އަދި
    މިފައިސާތައް އެ މމީހުންގެ އެކައުނޓްތަކުގައި ވަނީ ރައްކާކޮށްފައެވެ.

    83
    3
  3. މަބޫ

    ފެންނުވަރާ ހަޑިކުށްޖެއް ނަންދެވުނޭ ހަޑިގިއްލާ.
    ފެންނައިރަށް އެންމެންވެސް ރުޅިއާދޭ ހަޑިގިއްލާ.
    ރީތިކަމާ ސާފުކަމަށް ލޯބިކުރަން އާދަކުރޭ.
    ރީތިވެގެންތިބެނީނަމަ ނުކިޔާނޭ ހަޑިގިއްލާ.

    56
    1
  4. ލޫޓުވުން

    މިހާތަނަށް ފަހުގެ ތާރީޙެއްގައި ރާއްޖޭގެ ނޫހެއްގައި ޖެހި އެންމެ ހިތްގައިމު އެއް ހެޑިންގ. ވަރަށް ތެދު ހަޤީޤަތް ހާމަވާ ލިޔުމެއް.

    91
    1
  5. ކިޔުންތެރިއެއް

    ވަރަށް ފުރިހަމަ ލިއުމެށް.

    76
    1
  6. ތަމެންދޯ

    ރައީސް އިބޫގެ ސަރުކާރުން ކުރަނީ ދައުލަތުގެ ޚަޒާނާއިން ވައްކަމެއް ނޫން އެމެން ކުރާ ކަމަކީ ބަދަލު ދިނުމުގެ ނަމުގައި ދައުލަތުގެ ޚަޒާނާ ރޭޕް އަރުވާލަނީއޭ އެއީއޭ ކުރާ ކަމަކީ...

    76
    2
  7. ޑިމޮކްރަސީ

    ދަވްލަތް ލޫޓުވާނިމިއްޖެ ހުސްތޮށިގަޑުވެސް ނެތް ގިނަރައްޔިތުން ބިކަކޮށް މުއްސަދިން އިތުރަށް މުސްސަދު ކޮށްދީފި

    64
    1
  8. ވާނެއޭ

    ރައްޔިތުންގެ މަޖްލީހުގެ ރައީސް ކަމުގައި ހުންނާނެ ކެނެރީގެ ނަޝީދު އެއީ ޔަގީން ކަމެއް މީ ޕޮލިޓިކްސް މިނޭގޭނެ އަދި މިނިސްޓަރުންނަށް ވެސް މިނިސްޓަރުން ވެސް ޅަވާނެ އެމްޑީޕީގެ އެމްޕީން ތެރޭގައި ނުތިބޭނެ މަޖްލީހުގެ ރައީސާއި ދެކޮޅަށް ވޯޓް ދޭނެ އެމްޑީޕީ މެމްބަރުން ދެން އެހެން ނޫނަސް ރައީސް އިބޫގެ ދައުރުގެ މުއްދަތު ހަމަވާނެ 2 އަހަރު ދުވަސް ރައީސް އިބޫގެ ވެރިކަމަށް ވާއިރު އެއީ ކެނެރީގެ ނަޝީދު އާއި ރައީސް އިބޫ އާއި އެކު މަޝްވަރާ ކުރެވި އެއްބަސްވެފައިވާ ގޮތަކީ ރައީސް އިބޫ އާއި ނައިބް ރައީސް ދެމީހުން ޖެހޭނީ މިއަހަރު ނިމޭތަނުން އިސްތިއުފާ ދޭން އެހެން ނޫން ނަމަ އެމެން ވަކިކުރާނަން މަޖްލީސް ތެރޭން ތަމެން މިނިސްޓަރުން ހީނުކުރާތި މިކަން ނުވާނެ ކަމަށް މިކަން ވާނެއޭ ވާނެއޭ ވާނެއޭ ވާނެއޭ ވާނެއޭ ވާނެއޭ ވާނެއޭ ވާނެއޭ ވާނެއޭ ވާނެއޭ ވާނެއޭ ވާނެއޭ ވާނެއޭ ވާނެއޭ ވާނެއޭ ވާނެއޭ ވާނެއޭ ވާނެއޭ ވާނެއޭ ވާނެއޭ ވާނެއޭ ވާނެއޭ ވާނެއޭ ވާނެއޭ ވާނެއޭ

    36
    3
    • ލަދު

      ވަރަށް ބަރާބަރު ލިޔުމެއް ވަރަށްބޮޑަށްޝުކުރިއްޔާ ލިޔުންތެރިޔާއަށް

      28
      1
  9. އިސްތިއުފާ

    ރައީސް އިބޫގެ ވެރިކަމުގައި މުޅި ރާއްޖޭގެ އިގްތިސާދު ފުނޑު ފުނޑު ވެއްޖެއޭ ރައީސް އިބޫ އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

    27
    1
  10. ޖިންނި

    އމ ޑ ޕ ސަރުކާރު ލާދީނީ ވަގު ބާޣީ ސަރުކާރު

    29
    1
  11. ނުރަބޯ

    ވަރަށް ފުރިހަމަ ލިޔުމެއް. ވަގުތު ނޫހަށާ ލިޔުންތެރިޔާ އަށް އައްސަރި ބަހުން ސާބަސް އަރުވަން.

    33
    1
  12. ބޯކިބާ

    ތިބުނި ހުރިހާ ވައްކަމެއް ކުރީ ހަމަ އެއްރަށެއްގެމީހުނޭ.. އެކަމަކު އަޑުއަރުވާފަ އޮންނަނީ އުތުރުމީހުން މާގޯސްބައެކޭ ކިޔާފަ......... އެއީ ސޮރަކު އެއްދުވަހަކު ގިތެޔޮމިރުސްކޮޅެއް ވަގަށް ބިނދެގެން!

    20
  13. ލުޓޭރުންގެ ސަރުކާރު

    އިބުރާހިމު މުހައްމަދު ސޯލިހު ލަދެއް ހަޔާތެ އިންސާނިއްޔަތު ކަމެ ކުޑަވެސް އީމާންތެރި ކަމެ ހުރިނަމަ މިވަގުތު އިސްތިއުފާދީފަ އެއްފަރާތްވާނެ. ތިމާ ވެރި ކަމާ ހަވާލުވީ އޭރު އެހެންގޮތެނެތިގެން ކަމުގަވިޔަސް މިއަދު ހާލަތު ބަދަލުވެއްޖެ..ގައުމެހިންގޭނެވަރުގެ ތަޖުރިބާއެ އިލްމެ ހުނަރެ ތިމާގެ ގައިގަނެތް ކަން ތިއާށް އިގޭނެ..ރައީސް އޮފީހުގަ އިބުރާހިމު މުހައްމަދު ސޯލިހު މަސައް ކަތް ކުރާހާދުވަހަ ކު ދިފާއީބާރުތަ ކުން ސެ ކިޔުރިޓީދޭނެ..ގަނޑުވަރުގަ ނިދޭނެ..އެ ކަމަ ކު ތިމާއަށް ވިސްނޭނެ ތިމާއަށް ހައްގުނޫން ކަން މިޙިދުމަތްތައް..ރައްޔިތުން އެ ކަންޏެނޫން މިއަދު އިބުރާހިމަށް އިނގިލި ދިއް ކުރަނީ ދުނިޔޭގެ ލީޑަރުންވެސް އިނގިލިދިއް ކުރާނެ އެމީހުންނަވެސް ހުތުރު އިބުރާހިމުގެ ސަބަބުން..ދުނިޔޭގެ ތާރީޙުން ވެރިން ދައް ކާފަހުރި ނަމޫނާތަ ކުން ފެންނަނަންހުރީ އިބުރާހީމާ މުގާބޭއާ ނަޝީދާ ހިޓުލަރާ ފިރުއައުނާ ދެންވެސް މިފަދަ މަދުބައެއް ރައްޔިތުންނަ އިހާނެތިވެ ގައުމެ ފަސާދަ ކުރި ކަން..

    23
    1
  14. އިންސާފު

    އަސްލު ރާއްޖޭގެ ރައްޔިތުންނަށް ޑިމޮކްރަސީ ނޭގުނަށް. އަސްލު ޑިމޮކްރަސީ އަކީ - "އަ ކަޓް ތުރޫ ސިސްޓަމް" ސިސްޓަމުގެ ތެރެއިން ނޫނީ ނިޒާމުގެ ތެރެއިން ކަޓެއް. އަނެއްހެން ބުނަންޏާ ހަމަ ސުރުހީގަ އެބުނާހެން. ( ޤާނޫނީ އިމުގެ ތެރެއިން މުޅި ދައުލަތް "ލޫޓްވާލުން" ). އެހެންކަމުން ރާއްޖެއިން މި ފެންނަނީ އެބުނާ ޑިމޮކްރަސީ ދޮންވެ ފައްކާވާތަން. ދެން އެހެންވީމާ ކޮބައިތަ މައްސަލައަކީ. އިންސާފު އޮޅައިލާ. ކަޓްލިބެންޏާ އެފުރިހަމަވީ.

    23
  15. ދަރިފަނި

    ވަގުންނަށް ހީވާނީ ތެން ތިބެނީ ވެސް ވަގުންނޭ .. ވަގުން އެތިބީ ވަގު ވިއްކައިގެން ވެރި ކަމުގަ ތިބެ ވައްކަން ކުރަން

    27
  16. ބޯހަލާކު

    ކޮބާ ރޫޓަށް ދިންއަދަދު

    25
  17. ކެނެރީ

    ދައުލަތުގާ ހުރި ހުރިހާ ލާރިއެއް ސަރުކާރުން ބަޑުއަޅަނީ

    29
  18. ވައްޓާލާނަން

    މުޅި ދައުލަތް ލޫޓު ވާ ކަށް ނުބަހައްޓާނަން ފިސާރިތެތަށް މިބުނަނީ ކެނެރީގޭ ނަޝީދުގެ ވެރި ކަމުގައި ޤާނޫނީ އިމުގެ ބޭރުން ކަން ކުރިގޮތަށް އި ބޫ ކުރަމުންދާ ކަމުގައި ވަނީނަމަ މާގިނަދުވަހަ ކު ނުބަހައްޓާނަން މިބުނަނީ ވަރަށް ކެރިގެން ވައްޓާލާނަން:

    27
    1
  19. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    ލިޔާ ލިޔުމަކުން ދައްކާ ވާހައަކުން ބުނާ ބަހަކުން އެއްވެސްކަމެއް ރަނގަޅެއްނުވެއެވެ. ފެންނަނީ ހުރިހާކަމެއް ގޯހުންގޯހަށްދާ މަންޒަރެވެ. އެކަމަކުވެސް މިއީ ރައްޔިތުންގެ ވެރިކަމެކެވެ. ސުވާލަކީ، ރައްޔިތުންނަކީ، ކޮބައިތޯއެވެ ؟ މިސުވާލެވެ. މިބޭފުޅުންގެ ނަޒަރުގައި ރައްޔިތުންނަކީ، މިބޭފުޅުންގެ ލަޝްކަރުގައި އުޅޭ މީހުން އެކަންޏެވެ. ކޮވިޑް 19 ގައި އަވަސް ޚިދުމަތް ފޯރުކޮށްދެވެނީވެސް ބުނެވޭގޮތުގައި ވަކިބަޔަކަށެވެ. ދައުލަތެއް ރޫޅައި ސުންނާފަތި ކުރުމަކީ ކޮބައިތޯއެވެ؟ ތިޖޫރީ ފޫވެއްޓޭގޮތް ބުނެދެއްވާށެވެ.

    18
    1
  20. ސސސ

    ރައީސްސޯލިހުވަނީ ކަރަޕުސަނާ ފަސާދައިން ތެމިފޯވެފައެވެ މީނާގެވެރިކަން ނިމުމުގެ ކުރިން ހަށްޔަރުކުރަން އެބަޖެހޭ .

  21. ޢިޔާބު

    މޑޕ ވެރިކަމަން ހޯދީ ލޫޓުވާން

  22. ނޫސްކިޔާމީހާ

    ވަރަށް ކިޔާހިތްވާކަހަލަ ލިޔުމެއް

  23. ނޫސްކިޔާމީހާ

    ވަރަށް ކިޔާހިތްވާކަހަލަ ލިޔުމެއް ވަރަށްބޮޑު ތެދެއްތީ