އިންތިޙާބުތަކާ ދިމާކޮށް ވޯޓު ހޯދުމުގެ ބޭނުމުގައި ސިޔާސީ ލީޑަރުން، ރައްޔިތުންނަށް ވަމުން އަންނަ ވައުދުތަކުން ފާޑު ކިޔާ މީހުން ވެސް އުޅެއެވެ. ބިރަކާއި ނުލައި މަޖާ ކުރުމުގެ ވައުދާއި "އަނެއް ދިވެހިރާއްޖެ" އަށް ގެންދާނެ ކަމުގެ ވައުދާއި ބެޔަސް، ނުބެޔަސް، މަސްވެރިންނަށް 10،000ރ. ދޭނެ ކަމާއި އަލަތު ކައިވެންޏާއެކު ފްލެޓެއް ދޭނެ ކަމަށް ބުނެ ރައްޔިތުންނަށް އެތައް ހުވަފެންތަކެއް ދެއްކިއެވެ. އެކަމަކު، މިއިން ކޮންމެ ވަޢުދެއްވީ، ބިލާހަކަށެވެ. ރައްޔިތުންގެ ހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖައްސައި ނުދެވުނެވެ. ރައްޔިތުން މާޔޫސް ކުރުވިއެވެ.

ހަމައެގޮތަށް، ވަޒީފާގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން ފާސް ކުރިއިރު، އެ ބިލަށް އިތުރު ކުރި މާއްދާއަކާ މެދު ގިނަ ބައެއްގެ ފާޑު ކިޔުންތައް މަޖިލިހަށާއި ސަރުކާރަށް އަމާޒުކޮށްފައިވެއެވެ. ބިލަށް އިތުރު ކުރި މާއްދާއެއްގައި ބުނެފައި ވަނީ ވަޒީފާގެ ވަގުތު ނިމުމުން ވަޒީފާ އަދާ ކުރާ ތަން ދޫކޮށް އަނބުރާ ރަށަށް ދިއުމުގެ ހައްޤު ކޮންމެ މުވައްޒަފަކަށް ވެސް ލިބިގެންވާ ކަމަށެވެ.

ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން، ޑިއުޓީ ގަޑި ނިމުމުން އެނބުރި ރަށަށް ދިއުމުގެ ފުރުސަތު ފަހިކޮށް ދިނުމަކީ 2008 ގެ ފަހުން ކޮންމެ އިންތިހާބެއްގައި ވެސް އެމްޑީޕީން ވަމުން އަންނަ ވައުދެކެވެ. ދެހާސްތޭރައިގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާހަގަކުރައްވަމުން ގެންދެވި އެއް ވައުދުގެ އަޑު އަލުން ގަދަވެގެން ދިޔައީ ނިމިދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައެވެ.

މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއާއި އިޖްތިމާއީ ކޮމިޓީ ގުޅިގެން ބިލް ދިރާސާކޮށް އެކުލަވާލި ރިޕޯޓުގައި ވަޒީފާ އަދާކޮށް ނިމުމުން ރަށަށް ދެވޭނެ ކަމަށް ބުނާ މި އިޞްލާޙު ގެނެސްފައެއް ނުވެއެވެ. އެ އިޞްލާޙު އައީ އެންމެ ފަހު މަރުޙަލާގައި ކުއްލި ގޮތަކަށެވެ. އެކަމަކު، މަޖިލިހުގެ ތަޅުމަށް ކޮމިޓީ ރިޕޯޓު ހުށަހެޅުމުން ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސައިން ވަނީ އެ އިސްލާހު ހުށަހަޅުއްވައިފައެވެ.

ހޮލިޑޭ އައިލޭންޑް ރިސޯޓް

ހިސާން ހުށަހެޅުއްވި އިސްލާހުގައި ވަނީ ތިން ކަމެކެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި އޮތީ ވަޒީފާ އަދާކޮށް ނިމި ވަޒީފާ އަދާ ކުރާ ތަން ދޫކޮށް ދިއުމަކީ ލިބިދޭ ހައްގެއްގެ ވާހަކައެކެވެ. ދެވަނަ ކަމަކީ އެ ކަމަށް އުޅަނދެއް ބޭނުންވާ ނަމަ އުޅަނދެއް އެ ތަނަކަށް ކައިރި ކުރުމަކީ މަނާ ނުކުރެވޭނެ ކަމެއް ކަމެވެ. ތިންވަނަ ކަމަކަށް އޮތީ އެ ކަމަށް ވަޒީފާ ދޭ ފަރާތުން އިންތިޒާމު ހަމަޖައްސައި އެއްބާރުލުން ދިނުމެވެ.

މަޖިލީހުން މި އިސްލާހު ފާސްކުރުމާއެކު މީސް މީޑިއާގައި އާންމު ރައްޔިތުން އުފައްދަން ފެށީ މުޅިން ސުވާލެވެ. ކޮންމެ ދުވަހަކު ރަށަށް ދާން ފުރުސަތު މި ދިނީ އަމިއްލަ ހަރަދުގައި ހެއްޔެވެ؟ ކޮންމެ ދުވަހަކު ރަށަށް އަނބުރާ ދެވޭ ގޮތަށް ހުރިހާ މުވައްޒަފުންނަށް ރިސޯޓަށް ހަރަދުކޮށް އެއީ މެނޭޖް ކުރެވޭނެ ކަމެއް ހެއްޔެވެ؟ ރިސޯޓް ހިމެނޭ ސަރަހައްދާއި ދުރު ރަށްރަށުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެ ފުރުސަތު އޮންނާނެ ހެއްޔެވެ؟

ކ. އަތޮޅު ރިސޯޓްގެ އިސް މަގާމެއް އަދާ ކުރަމުންދާ ދިވެހި މުވައްޒަފަކު ބުނި ގޮތުގައި އެ ރިސޯޓްގައި ވެސް ދުރު އަތޮޅުތަކުގެ މުވައްޒަފުން ގިނައެވެ. ޓޫރިޒަމް ރިސޯޓްތައް އެންމެ މަދު އަތޮޅުތަކުގެ ދިވެހިން ވެސް އެ ރިސޯޓްގައި އުޅެއެވެ. އެ ގޮތުން ހއ. އަތޮޅާއި ހދ. އަތޮޅުގެ އިތުރުން ފުވައްމުލަކާއި އައްޑު އަތޮޅަށް އުފަން ދިވެހިން އުޅޭ ކަން އޭނާގެ ވާހަކައިގައި ވެސް ފާހަގަ ކުރިއެވެ.

އެއިން ސަރަހައްދެއްގައި ޓޫރިޒަމް ފުޅާ ނުވާހާ ހިނދަކު އެ ސަރަހައްދަށް އުފަން ދިވެހިން އެ ވިޔަފާރި އޮތް ދިމާއަކަށް އައިސް މަސައްކަތް ކުރާނެއެވެ. އެއިން ކޮންމެ މުވައްޒަފަކަށް ރަށަށް ފޮނުވޭނެ އިންތިޒާމު ހަމަޖެއްސޭނެ ގޮތަކާ މެދު ވެސް ސުވާލު އުފެއްދިއެވެ.

"ރިސޯޓްގެ ކޮންމެ ދިވެހި މުވައްޒަފަކަށް ކުރެވޭ ކަމެއް ނޫން ދޯ އެއީ، އަމިއްލަ ހަރަދުގައި އަމިއްލައަށް އުޅަނދު ހަމަޖައްސައިގެން ކޮންމެ ދުވަހަކު ރަށަށް ދިއުމަކީ، ދެން އޮންނާނެ ގޮތަކީ ރިސޯޓުން އެ ކަން ހަމަޖެއްސުން، އެ ކަން ކުރާނެ ގޮތެއް ވެސް ނުވިސްނޭ، ބައެއް އަތޮޅުތަކުގަ މީހުން އުޅޭ ރަށްރަށް ގިނަ، ކިހިނެއް ކޮންމެ ރަށަކަށް ރިސޯޓް ފެރީއެއް ހަމަޖައްސާނީ، ބައެއް އަތޮޅު ރިސޯޓްތަކުގައި އެހެން ސަރަހައްދު ކުދިން ވެސް ގިނަ، އެ މީހުން ފޮނުވާނެ ގޮތެއް ނޯންނާނެ ދޯ، މިކަން ކުރަންޏާ ރިސޯޓްގެ އޮޕަރޭޝަނަށް ވުރެ މުވައްޒަފުން ފޮނުވުމުގެ އޮޕަރޭޝަން ބޮޑުވާނެ،" އޭނާ ކިޔައިދިނެވެ.

އެމްޑީޕީގައި އިސްކޮށް އުޅުއްވި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރަކު ވިދާޅުވި ގޮތުގައި، މަޖިލީހުން ފާސްކުރި ބިލުގެ މާއްދާއަކީ އެމްޑީޕީން ފަރުމާކުރަމުން ގެންދިޔަ ސިޔާސަތާ ކުޑަކޮށް ވެސް ގާތް ކުރާ އުސޫލުތަކެއް ހިމެނޭ މާއްދާއެއް ނޫނެވެ. އެމްޑީޕީގެ ވިސްނުމަކަށް ވެފައި އޮތީ ރިސޯޓްތަކުގެ އޮޕަރޭޝަންތަކާއި ރިސޯޓް ހިމެނޭ އަތޮޅުގެ ރަށްރަށް ދަތުރުފަތުރުގެ ނިޒާމުން ގުޅުވާލުމެވެ. ރަށްރަށާއި ރިސޯޓްތަކާ ވީހާވެސް ގުޅުވާލެވި އުފެއްދުންތެރިކަން ވެސް އިތުރު ކުރުމެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކަށް އޮތީ މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތަކާ ގުޅުވާލުން، ރިސޯޓްތަކަކީ ރަށްރަށާ ވަރަށް ބޮޑަށް ގުޅިގެން މަސައްކަތް ކުރާ ތަންތަން ގޮތުގައި ވެގެން ދިއުން، އެ ގޮތުން ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ރިސޯޓްގައި ވަޒީފާ އަދާކޮށް ނިންމާފައި، އޭނާ ދިރިއުޅޭ ރަށަށް، މި ދައްކަނީ ކައިރި ރަށްރަށަށް، ކޮންމެ ދުވަހަކު ގޮސް، އަނެއް ދުވަހު ވަޒީފާ އަދާ ކުރަން އަނބުރާ ރިސޯޓަށް އާދެވޭ ވަރަށް ދަތުރުފަތުރު ފުޅާކުރުން،" އޭނާ ތަފްސީލްކޮށްދެއްވިއެވެ.

މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

އެމްޑީޕީގައި މީގެ ކުރިން އިސްކޮށް އުޅުއްވި، މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ) ވެސް މި ކަން ފާހަގަކުރެއްވިއެވެ. އެމްޑީޕީގައި އުޅުއްވި ދުވަސްވަރު ވިސްނުމަކަށް އޮތީ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށާއި އަތޮޅުގެ ރިސޯޓްތައް ވީހާވެސް ގާތުން ހިންގުން ކަމަށް ވިދާޅުވިއެވެ. އެކަމަކު ދާދި ފަހުން ފާސްކުރި ބިލްގައި ތަފުސީލެއް ނެތެވެ. ދަތުރުފަތުރުގެ ނިޒާމު އޮންނަން ޖެހޭ ގޮތަކާއި މުވައްޒަފާއި ވަޒީފާދޭ ފަރާތުގެ ރޯލެއް ވެސް ސާފެއް ނުވެއެވެ.

މަޖިލީހުގައި ގިނަ ދުވަސްތަކެއް މަސައްކަތް ކުރެއްވި މޫސަ ވިދާޅުވި ގޮތުގައި ގާނޫނަކީ ހަމަހަމަ އުސޫލުން އެންމެނަށް ތަންފީޒުވާ ގޮތަށް ވުޖޫދުކުރަން ޖެހޭ އިޖުރާއަތްތަކެކެވެ. އެކަމަކު މަޖިލީހުން ފާސްކުރި މާއްދާގައި އެއިން ކަމެއް ވެސް ނެތެވެ. ޓޫރިޒަމް އިންވެސްޓަރުންނާއި މުވައްޒަފުންނާއި ރިސޯޓް ހިންގާ ފަރާތްތަކުގެ ބަސް ހޯދައިގެން ދިރާސާކުރި ނަމަ ތަފުސީލީ މާއްދާއެއް އޮންނާނެއެވެ. ދަތުރުފަތުރާ ގުޅުން ހުރި ކަމަކަށް ވާތީ އެފަދަ ފަރާތްތަކުގެ ރޯލެއް ވެސް ހިމަނަން ޖެހޭނެއެވެ.

ގާނޫނީ ވަކީލަކު ވެސް ފާހަގަކުރެއްވީ ގާނޫނުގެ އެ މާއްދާގައި ތަފުސީލްތައް ނެތެވެ. އެކަމަކު އެ ވަކީލު ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނުގައި ބަޔާން ކުރާއިރު ވަޒީފާ އަދާ ކުރާ ތަން ހިމެނޭ ސަރަހައްދާ ދުރު އަތޮޅުތަކުގެ މުވައްޒަފުން އަމަލު ކުރާނެ ގޮތާއި، މެނޭޖްމަންޓް އިން އަމަލު ކުރާނެ ގޮތާއި، ވަޒީފާ ދޭ ފަރާތަށް ލާޒިމު ވާނީ އެ ތަނާ ކިހާ ކައިރި ސަރަހައްދެއްގެ މުވައްޒަފުންނަށް ކަން ބަޔާން ކުރެވެންވާނެއެވެ. ގާނޫނުގެ ދަށުން އެކުލެވޭ ގަވާއިދެއްގައި އެ އުސޫލުތައް ހިމަނަން ވެސް ނެތެވެ.

ހިސާން ހުށަހެޅުއްވި މާއްދާއަށް އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވައި ވިދާޅުވީ ކަޓަން ޕްލާންޓޭޝަންތަކުގައާއި ކޯލް މައިންސްގައި މީހުން ގެންގުޅުނުހެން، މުވައްޒަފުން ބަންދުކޮށްގެން ރިސޯޓްތަކުގައި ގެންގުޅެވިދާނެ ކަމަށް ގަބޫލުކޮށް ވާހަކަ ދެއްކުމަކީ މާ ބޮޑު ނުކުރައްކަލެއް ކަމަށެވެ. ވަޒީފާ ގަޑި ނިމުމުން ވަކި ތަނެއްގައި ހުރުމަށް މަޖުބޫރު ކުރެވިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒީފާ ގަޑި ނިމުމުން ވަޒީފާ އަދާ ކުރާ ތަނުން ދިއުމަކީ ވަޒީފާ އަދާ ކުރާ ފަރާތުގެ ހައްގެއް ކަމަށާޢި އެ ހައްގަށް އުނިކަން ލިބޭ ގޮތަށް މުޖުތަމައުގައި ހިނގާނަމަ، ގާނޫނުން އެ ކަން ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގިނަ ބަޔަކަށް ފާހަގަ ކުރެވޭ ގޮތުގައި އެ މާއްދާއަކީ ދިރާސާ ކުރުމެއް ނެތި، އަމާޒުވަމުން ދިޔަ ފާޑުކިއުމެއް ހުއްޓުވުމުގެ ބޭނުމުގާއި ކުރި ކަމެކެވެ. ކޮންމެ ގޮތަކަށް ވިޔަސް ގާނޫނު ހަދާ މަޖިލީހުން ފާސްކުރާ ގާނޫނަކީ އެ މައްޗަށް މުޅި ދައުލަތް އަމަލު ކުރަން ލާޒިމް ކުރެވޭ ލިޔެކިޔުމެކެވެ. ގާނޫނެއް ފާސްކުރަން ވާނީ ކުރަން ޖެހޭ ދިރާސާތައް ކުރެވި، ހުރިހާ ފަރާތެއްގެ ހިޔާލުތައް ހިމެނިގެން، ތަންފީޒު ކުރެވޭނެ ގޮތަށް އުސޫލުތަކުގެ ތަފުސީލުތައް ހިމަނައިގެނެވެ. ހޯމަ ދުވަހު ފާސްކުރި އެ މާއްދާއިން ފެންނަނީ މުޅިން ވެސް ސުވާލެވެ. އަދި ޖަވާބެއް ނެތެވެ.

ނަތީޖާއަކީ މީސް މީޑިއާގައި ރިސޯޓު މުވައްޒަފުންނަށް އިޝާރާތްކޮށް، ތަފާތު ފޮޓޯތައް ހަދައި ޖޯކު ޖެހުމެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ދޮންބެ

    ތިޔަށް ކިޔާނީ "ހިސާނުވުން" ދެއ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްތޯ

    44
    1
  2. ހާމަ

    ތިޔަކަމަކީވެސް ރަނގަޅު ޕްލޭން އަކުން ކުރިއަށް ގެންދަން އުޅެފި ކަމެއްނަމަ އެއްވެސް ކަމެއް ނޫން. ރިޒޯޓްތައް ގިނަ ކޮށްފަ އެ ސަރަހައްދެއްގެ ބަޔަކަށް އެ ސަރަހައްދަކުން ވަޒީފާ ދިނުމަށް ބާރުއަޅާ... 90 ޕަރސެންޓް ފޮރިން ވޯކަރސް އުޅޭ ރިޒޯޓްތައްވެސް މަދެއްނޫން.

    35
    2
  3. ހޭލާ

    ވަޒީފާ ޑިއުޓީ ނިންމާފައި ރަށަށް ދިއުމުގެ ފުރުޞަތު ދިނުމަށް. ކުރެވޭނެ. ދިއުމުގެ ފުރުޞަތު އޮންނާނެ. ފޮނުވާކަށް ނުޖެހޭނެ. އަމިއްލަ ޖެޓްގަ ދޭ ކީވެ ނުކުރެވޭނީ.

    28
    1
  4. ސަމްސާ

    ކަނޑުކޮހުން.
    ރާއްޖޭގެ ރިސޯޓްތަކުގެ ވައްޓަފާޅިއަކީ ޕްރައިވެސީ، އަދި ހަމަހިމޭންކަން.
    މިކަމުން ނިކުންނާނީ ކޮން ނަތީޖާއެއް ؟
    މާލޭގެ ފޮރިންގ މިނިސްޓްރީގައި މަސައްކަތް ކުރާ ލާމު އަތޮޅުމީހާ އަށް ރަށަށް އާދެވޭނެތަ ؟

    41
    1
  5. ރުން

    ބޮޑަށް ވައްތަރީ ޕާޓީ ޖަލްސާއަށް މީހުން މާލެއަށް އެއްކުރަން ޖަހާފައި އޮތް ރޮކެޓަކަށް

    36
  6. މސމެަައަ

    ކޮންކަހަލަ ކޮހުން އުޅޭ ގައުމެއްތަ މިއީ ؟

    50
  7. އަންނި

    ރިސޯޓުން ޑިއުޓީ ނިންމާފައި ރަށަށް ދެވޭނެ އަމިއްލަ ޖީބުން ހަރަދުކޮއްފަ ހަމަދާނވީ.

    41
  8. މިހާ

    މީ ރަނގަޅު ގާނޫނެއް. އުފަންރަށް ނުވަތަ ދިރިއުޅޭ ރަށާއި އެއްފަޅުގައި އޮންނަ ރިސޯޓުންވެސް ޑިޔުޓީ ނިންމާފަ ރަށަށްގޮސްލަން ހުއްދަނުދޭ. އެކަމަކު މި ޤާނޫނުގެ ދަށުން އެކަން ފަހިވުން މީ މުސްތަޤުބަލަށްއޮތް ރަނގަޅު ފާލެއް. ތިންކް ޕޮޒިޓިވްކޮށް. ޕޮލިޓިކަލީ މީތި ޖޯކެއްކަމަށް ހަދަން ބަޔަކުއުޅުނަސް މީ ރައްޔިތުމީހާ ވާ ލުޔެއް

    5
    30
  9. ޢީސަ

    ކުރިން އޮތީ މެޑިކަލް 30 ދުވަސް .މިހާރު ޤާނޫނަށް އެމްޑީޕީ ގެނައި ބަދަލާއި އެކު 15 ދުވަސް ޢެމްޑީޕީ ސަރުކާރު ކިހާ އޯގާތެރި.

    28
  10. ރިސޯޓް މޭން

    ބަލަ ކުރިންވެސް ދެވޭ ޑިއުޓީ ނިއްމާފަ

    28
  11. ގުއިދައިތަ

    މަކުރިން ހީކުރިން މީ ސިކުނޑީގަ ކޮންމެވެސް ވަރަކަށް ތެތްކަން ހުރި މީހެއް ކަމަށް. މިހާރު ޔަޤީން މިވީ ކުރިން ކުރެވުނީ ކުށް ހީއެއް ކަން. ގަމާރުންގެ ލިސްޓްގެ 1 ވަނަ ދޭން ޖެހޭ ވަރުގެ ބޮޑު ގަމާރެއް މީ. އަހަރުން ކަހަލަ އަންހެނަކާ ދިމާއަށް މިހެން ބުނާކަށް ބޭނުމެއް ނޫން. އެކަމުވެސް ގަމާރުކަން އިންތިހާއަށް ދިޔައިމަ ނުބުނެ ނުހުރެވޭނެދޯ.

    11
  12. ނުވިސްނޭ ރައްޔިތުމީހާ

    ހިސާނުކުރުން - އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތްކުރާ މީހަކު މަސައްކަތު ގަޑި ނިންމާ އަމިއްލަ ރަށަށް ގޮސް ރަށުގައި ރޭކުރުން.

  13. ާރަސީދު

    ތި އެންމެ ބޭފުޅުންވެސް ވޯޓު ދެއްވާއިގެން ޑޯރު ޓު ޑޯރަށްގޮސް މިހުރިހާބޮޑު ދޮގު ހަދާއިގެން މޑޕ ގެ ހުރިހާމީހުން ދިވެހި ރަތްޔަތުންގެ ސިކުނޑި އާއި ކުޅެގެން ދޮގުވައުދު ތަށްވެ އަދިވެސް ހިމޭނުން ތިތިބެނީ ހަމަމިކަންތަށް ނޭނގޭތީތޯ؟ މޑޕ އަކީ އަބަދުވެސް ދޮގު ވައުދު ވެ އެއިން ރެކެން ނޭނގި އޮއްވާ ނިގޫފިތޭ ޕާޓީއެށް. ވެރިކަމަށް އެރީއްސުރެން ސިޔާސީކުޅި ކުޅުންނޫން ކަމެށް ނުކުރޭ، ވެރިކަމަށް އެރީވެސް ދޮގާއި އިލްޒާމު އަޅުވާއިގެން ވެރިކަމުގެ ހުރިހާބާރުތަށް ދިނީމަވެސް ދޮގާއި އިލްޒާމު، މިހާރު ކޮން ޔާމީނެއްގެ އުނދަގޫތޯއޮތީ؟ ދިވެހި ރައްޔަތުން ނިކަންވިސްނާ ވަގުތު ފާއިތުވުމުގެ ކުރިން އެއްޗެށްބުނެވޭތޯ ބަލާ!

  14. ރޯދަ މުބާރިކް

    ތި ގާނޫނުގައި ތި ކަހަލަ އެތައް މާއްދާއެއް ލިޔެފައިވޭ! ޢަދި ކިރިޔާ ގިނަމީހުންނަށް މި ރޭކާލީ! ޅަދަރިމައިން ގާތުންދޭން ބުނާމާއްދާ އެއްމިާާލު!

  15. ހާޖީ

    އެ ހަމަ އާމާލު ކްލޫނީ ހެދިގެން ސައިކުރާ އަތުގަ އަޅުވާލައިގެން ކެޓްވޯކް ޖައްސާ ބޮޑު ކަނޑު ކޮހެއް ކަހަލަ އަންހެނެއް، ކުރިން މަ ވެސް ހިސާނެކޭ ބުނީމަ ހީކުރީ ވަރަށް ހަރުދަނާ ޤާނޫނީ ވަކީލެއް ވީމައޭ އެންމެންތައް ހިސާން ހިސާން ވެގެން މިއުޅެނީ. ވަރަށް ފަހުން އަދި މި އަޑު އެހީ މި ކަލޭގެ ވާހަކަ ދައްކާ އަޑު. ހަމަ ހައިރާން ވެއްޖެ. ބޮޑު ޖޯކެއް ހެން ހީވަނީ. އަދި މަޖިލިސް ތެރޭގަ މާ އަނގަ ފުޅާ ކޮށްފަ އަޑަަށް ބާރުލާފަ ކިއެއް ނުން "އިއްޒަތްތެރި ރައީސް! ރިސޯޓް ބޯއިސް އަށް ވަޒީފާގެ މަސައްކަތް ނިމުނީމަ ރަށަށް ދެވެން ޖެހޭނެ" އޭ. ކާކު ކޮން އިރަކުތަ ރިސޯޓް ބޯއިސް ހިފެހެއްޓީ. ނުދެނަހުރިން އެއްވެސް އިރެއްގަ އެއްވެސް ބަޔަކު އެކުދިން ދާން ބޭނުންވާ ތަނަކަށް ދިޔަ ނުދީ ހިފެހެއްޓި ކަމެއް. ބޯގޯސް އަންހެނާ!! ވާހަކަ ދައްކާއިރު ބަހުރުވަ ހުންނަ ފާޑެއްދޯ؟ ޤާނޫނީ ވަކީލެއްގެ ސިފަ އާއި ގާތްކުރާ ސިފައެއްވެސް ވާހަކައިގެ ޓޯން އަދި ވައްޓަފާޅީގައިވެސް ނެތް! ރިޒޯޓް ބޯއީސް މި ހުރިހާ ދުވަހު ހިކޮށްގެން ތިބީ އެ ކުދިންނަށް ރަށަށް ނޫނީ ކައިރި ރަށަކަށް ނަމަވެސް ދާން ފެރީ ހިލޭ ހަމަޖައްސައިދޭން އުޅޭ ކަމަށް ! އެކަމަަކު އެހެނެއް ނޫން މިވީކީ! އެ ކުދިންނަށް އެ ލިބޭ ކުޑަ މުސާރަ ކޮޅު ހަރަދު ކޮށްގެން ކޮންމެ ރެއަކު ރަށަށް ނޫނީ ކައިރީގައި އޮތް ރަށަކަށް ނޫނީ މާލެ އަމިއްލަ ޚަރަދުގަ ދާން މި ޖެއްސީ! ކިހިނެއް ދާނީ؟އެ ކުދިން ތިބޭނި ފެޑަޕް ވެފަ! ހަމަ ވިސްނޭ މީހެއްބާއޭ ހިތަށްއަރާ!

    11
  16. އަޙްމަދު

    ތިމާ ދާއިރާގެ އެންމެ ރިސޯޓެއްގެ މުވައްޒަފުން ނަށް ހެދި ޤާނޫނެއްމީ! މީތަ ޤާނޫނު ހަދާގޮތަކީ!
    އެކަހަލަ ރިސޯޓްތަކަށް މެމޯއަކިން އެންގުމަށްފަހު އެއަށް ޢަމަލު ނުކޮށްފިއްޔާ ރިސޯޓްގެ ހުދަ ބަތިލި ނުކުރެވޭނަމަ ޓޫރިޒަމް މިނިސްޓަރަކު ހުރުމުގެ ބޭނުމެއްނެތް!

  17. ޙހހހ

    ވައުދެއް ފުއްދަންވިޔަސް ޤަވައިދެއް ޤާނޫނެއް ހަދަންވާނީ ދެފަރާތުގެ ހައްޤުވެސް އެއްވަރަށް އޮންނަގޮތަށް

  18. އާލޫ

    ވައި ނޮޓް. އަލާދިން ކާޕެޓަށް އަރައިގެން ސިކުންތު ކޮޅެއްގެ ތެރޭދެވޭނެ.

  19. އަބްދޫ

    މިހާރުވެސް ޑިއުޓީ ނިމުނީމަ ވަކިތާކު ހުންނާކަށް ނާންގާ މިގާނޫނު ތަސްދީގުކުރުމުން އޮނަރަށް ފައިދާހުންނާނެތަނަކަ މުވަްޒަފުންނަށް ކައްކާ ބަދިގެއަކާ މެސްރޫމަކާ މުވައްޒަފުން ނިދާތަނަށް ކުރާހަރަދުން އޯނަރު ސަލާމަތްވީ ޑިއުޓީ ނިމުމާއެކު އަރާނެ ދޯންޏެްއް ސްޓާފުން ހޯދަންޖެހޭނެ ޑިއުޓީ ނިންމާފަ ވަގުތުން ދޯންޏަށްއަރަންވީ ދާނެތަނަކަށް ދާންވީ އަނެއް ޑިއުޓީ ޢަށް ހާޒިރުވީމަ ނިމުނީ ޑިއުޓީއަށް ނާދެވިްޖެ ނަމަ މުސާރައިން ކެނޑޭނެ. އޯނަރަކަށް މައްސަލައެއް ނެތް ދުވަސްކޮޅަކުން ވަޒީފާއަށް ގަޑިއަށް ހާޒިރު ނުވާތީ ހުރިހާ ދިވެހިންގެ ވަޒީފާ ގެއްލޭނެ.

  20. ދުނިޔޭންބޭރަށް ދެވޭގޮތަށް ޤާނޫނެއް ހެނދިދާނެތޯ؟

    އެގޮތަށް އެކަން ވާނެތީތާ މިސަރުކާރުގެނަންވެގެން ބެރުޖަޖާފަ ލަވަކިޔާފަ ނަށަ މުން ބެރުދުން މާރި ފު މެ މުން ބުރުޖެހީ ކިހާ ސަޅި ދޯ؟

  21. ާއަހުމަދު

    ޖަލްސާނިއް މާފަ ރަށަށްދެވޭތަ
    ހުންނަންޖެހެނީ ތަނެއްކުއްޔައް ހފިއިގެން
    ރަށަކައް ނުދެވޭ
    80000ލިބޭ މީހުންނަކަށް ނުދެވޭ
    8000ލިބޭ މީހުން ދެވޭނެތަ

  22. ޙަސަނާ

    ތިވެސް ދެން ޤާނޫނެއްފާސްކުރީތާ ތީގެދުއްޕާން ދިވެހިންނައް ޖެހުނުލެއްކިހާއަވަސް 80 މީހެއްގެވަޒީފާ ގެއްލި ދިވެހިންނައްވުރެ އިންޑިއާ މީހުނައް ވަޒީފާގެފުރުސަތު ބޮޑުވެއްޖެ ރިސޯޓު ތަކުގަ ދިވެހިން އުޅެންޖެހެނީ އިންޑިޔާމީހުންގެ އަޅުންހެން ބަވާ ވަޒީފާއިންވަކިކޮއް ހެދުމުގެބާރު އެމީހުންއަތުގަ އޮންނަނީ ލިފާކުރެވެނީ ތިފަދަ ޤާނޫނުތައް ތިހަދަނީ އިންޑިއާ އެމްބަސީ ސުޕޮންސަރ ކޮއްގެންހެން!!!!!!!!!

  23. ބިންގޯ

    ހިސާން ކަލޭތީ ސޭކެއް. ހުރިހާކަމެއް ދަންނަ ސޭކެއް.ކަލޭ ކުރާ މަސައްކައް ނިންމާފަ ނިދަން ރަށައް ނުދަނީ ކީވެތޯ. ދެވޭނެ ފަދަ ފުޑުންތެރިކަން ހުންނޭނެ.

  24. ރާއި

    ތިޔަބިލު ތިއޮތީ ހިސާނުވެފަ... ދެން ތިޔަ ބިލަށް މަދީ އުދުހޭ މުސައްލައެއް.

  25. އަލި

    އަހަރެން މަސައްކަތް ކުރަނީ ރ. އަތޮޅު ރިސޯޓެއްގަ..ޑިއުޓީ ނިންމާފަ އަހަރެން އަހަރެންގެ ރަށަށް އައްޑުއަށް.... ސުބުހާނަﷲ.... މީ ކިހިނެތް ވާނެ ކަމެއް... ގާނޫނެއް ނޫން ކޮންމެ އެއްޗެއް ކިޔަސް މި ކަމެއް ނުކުރެވޭނެ... ނައީތޭ ކިޔާގެން ހިސާނު ދައިތަ މި ކިޔާ އެއްޗަކުން އަހަރެން މިހުންނަނީ ބޮލަށް ލޭއަރާފަ.... ތުޅާދޫ މީހުން މީނައަށް ވޯޓު ދިނީ ނިދާފަ ތިބެގެންތަ؟....

  26. Anonymous

    ހަގީގީކުލައަކީ ފެހި ރަތް އަދި ހުދު މިއެވެ މިނޫންކުލަތައް ވާނީ އާދައިގެކުލައަށެވެ