އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް މަގާމުން ދުރުކުރުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ފާޅުގައި މަސައްކަތް ފެއްޓެވުމާއި އެކު ފާއިތުވި ދޮޅުމަހެއްހާ ދުވަހު އެއީ ސިޔާސީ މަސްރަހުގައި އެންމެ ހިނގާ ބަހުސަށް މިވަނީ ވެފައެވެ. ރައީސް ނަޝީދު ފުރަތަމަ މަސައްކަތް ކުރެއްވީ ފައްޔާޒު މަގާމުން ދުރުކުރެވޭ ވަރަށް ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ސޮއި ހަމަކުރެއްވުމަށް ފަހު އެމައްސަލަ މަޖިލީހަށް ހުށަހަޅާށެވެ. ނަމަވެސް ސޮއި ހަމަނުވުމުން ދެން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ގައުމީ މަޖިލީހަށް މައްސަލަ ހުށަހަޅަން ކަމަށް އަޑުތައް އިވެއެވެ.

ރައީސް ނަޝީދު އެއްވެސް ކަމަކާއި ގުޅިގެން އެއްވެސް ޚިޔާލެއް ފާޅުކޮށްފިނަމަ އެމްޑީޕީގެ ގިނަ މެންބަރުން އެކަމަކަށް އިއްތިފާގު ވެއެވެ. ނަމަވެސް ފައްޔާޒު މަގާމުން ދުރުކަން ރައީސް ނަޝީދު މަސައްކަތް ފެއްޓެވުމާއި އެކު ޚިޔާލުތައް ކަފިވެ، އެމަނިކުފާނުގެ ވިސްނުމާއި ފިކުރާއި ދެކޮޅަށް ވަރަށް ފާޅުގައި އެމްޑީޕީގެ މެންބަރުން ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްޑީޕީން ސިލްސިލާކޮށް ނެރެމުން އަންނަ "ޚަބަރު ސިޓީ" ގައި ލިޔުއްވި ލިޔުއްވުމެއްގައި ނަޝީދު މިދިޔަ ހަފްތާގައި ވިދާޅުވީ ރައީސް ޞާލިހްގެ "ވަޒީރަކާ ގުޅޭ ގޮތުން އަޅުގަނޑު ނުރުހުން ފާޅުކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ރައީސަށްވެސް އެކަން އެނގިވަޑައިގަންނަވާނެއެވެ."

ފައްޔާޒު - ހަޤީޤަތުގައި ވެސް ބްރޯއެއްތަ؟

ފައްޔާޒް މަގާމުން ދުރުކުރުމަށް ރައީސް ނަޝީދު ދައްކަވާ ސަބަބަކީ "ފަޔާ ބްރޯ ހެދިގެން އުޅުމެވެ." އެހެންކަމުން އޭގެ މާނައަކީ ފައްޔާޒުގެ މައްޗަށް ރައީސް ނަޝީދު އެކުރައްވާ ތުހުމަތަކީ ކުރު މުއްދަތަކުން ސިޔާސީ ބާރުވެރިކަން ހޯއްދަވައި ކޮރަޕްޝަނާއި ރިޝްވަތުން ނިޒާމުތަކަށް ނުފޫޒު ފޯރުއްވަން މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތެވެ. ސަރުކާރުގެ އެތެރޭގައި ކޮރަޕްޝަން ހިންގަވާ އެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި އެހެން ވެސް ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ރިޝްވަތުގެ ގޮތުގައި ދެއްވައި މުޅި ނިޒާމު ކޮންޓްރޯލް ހޯއްދަވަން ފައްޔާޒު އުޅުއްވާ ކަމުގެ ތުހުމަތު ރައީސް ނަޝީދު އެގެންދަވަނީ ކުރައްވަމުންނެވެ. ނަމަވެސް ސުވާލަކީ ފައްޔާޒުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގައި ހަޤީޤަތެއް އެބައޮތް ހެއްޔެވެ؟

ފައްޔާޒާއި ގުޅިފައިވާ ކޮރަޕްޝަންގެ ބޮޑު މައްސަލައެއް އަދި މިހާތަނަށް ފެންމަތި ނުވިނަމަވެސް ސަރުކާރު އުފެދުނު ދުވަހުން ފެށިގެން ވެސް ކަށަވަރުވާ ކަމަކީ މިސަރުކާރުގައި ފައްޔާޒުގެ ބާރު ގަދައެވެ. މަގާމު ގެއްލިދާނެ ކަމަށް ލަފާކުރެވުނު ބައެއް ވަޒީރު ފައްޔާޒު އާއި "ކައިރި ވެލުމުން" އެބޭފުޅުން މަގާމުން ވަކިކުރާ ކަމުގެ އަޑުތައް ވެސް މަޑުވެގެން ހިނގައްޖެއެވެ.

ބައެއް ކުންފުނިޔަކުގެ މެނޭޖިން ޑިރެކްޓަރުން އައްޔަން ކުރުމާއި އަދި ކުންފުނިތަކުން ވަޒީފާ ހަމަޖެއްސުމުގެ ކަންކަމުގައި ފައްޔާޒަށް "ކޯލެއް ޖަހާލުމުން" އެކަންކަން ހަމަޖެހިގެންދާ ކަމަށް މީހުން ބުނެއެވެ.

ނަން ހާމަކުރަން ބޭނުންނުވާ ސަރުކާރުގެ އިސް ބޭފުޅަކު "ވަގުތު" އަށް ވިދާޅުވީ ރައީސް ޞާލިހް ވަނީ މެންބަރު ފައްޔާޒަށް ވަރަށް ގިނަ އޮތޯރިޓީތަކެއް ދެއްވާފައެވެ. "އެނގިވަޑައިގަންނަވާނެ މިނިސްޓަރު ފައްޔާޒު އަކީ ޤާނޫނީ ވަކީލެއް. އިޤުތިޞާދީ ދާއިރާ އިން މަތީތައުލީމް ހާސިލްކޮށްފައި ނެތް ނަމަވެސް ފުރަތަމަ ފައްޔާޒު މިނިސްޓަރު އިކޮނަމިކް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމުން ވެސް އެނގިއްޖެ ރައީސް ވަރަށް ބޮޑަށް ފައްޔާޒަށް އިތުބާރު ކުރައްވާކަން. ރައީސް މާގިނަ ކަންކަމަށް ގޮތް ފާޑުކިޔައިގެންނެއް ނޫން ސަރުކާރު ހިންގަމުން މިގެންދަނީކީ. ރައީސް ނިންމަވަން ޖެހޭ ބޮޑެތި ބައެއް ނިންމުންތައް ސީދާ ފައްޔާޒު ނިންމަވާހެން ވެސް ބައެއް ފަހަރު ހީވޭ." އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދު ދައްކަވަނީ ސިޔާސީ ވާހަކައެއް؟

ފައްޔާޒު މަގާމުން ދުރުކުރުމުގެ ވާހަކަ ރައީސް ނަޝީދު ކިތަންމެ ގިނައިން ދެއްކެވި ނަމަވެސް ހަޤީޤަތުގައި އެއީ "ސިޔާސީ ވާހަކައެއް" ކަމަށް ގަބޫލުކުރާ މީހުން ވެސް އެބަތިއްބެވެ. ފައްޔާޒާއި ރައީސް ނަޝީދުގެ ޚިޔާލު ތަފާތުވުންތައް އުފެދުނީ އިއްޔެއަކު ނޫނެވެ. އެމްޑީޕީގެ ރައީސް ކަމުން ފައްޔާޒުގެ ބޭބެ އިބްރާހިމް އިސްމާއިލް (އިބުރާ) ދުރުކުރި ހިސާބުން ސިޔާސީ ވާދަވެރިކަން އުފެދި، ސިޔާސީ ކަންކަމުގައި އެބޭފުޅުންގެ ވިސްނުން އެއްގޮތެއް ނުވެއެވެ.

އެހެންކަމުން މިއަދު ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުގެ ފަހަތުގައި އޮތް އަސްލު ސަބަބަކީ ކޮރަޕްޝަންގެ ތުހުމަތެއް ނޫންކަމާއި އެއީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ދައްކަވާ ވާހަކަފުޅެއް ކަމަށް ބުނުމުގެ ފުރުސަތު ވެސް އެބައޮތެވެ. އަދި ފައްޔާޒު މަގާމުން ދުރުކުރުމުގެ އަސްލު ބޭނުމަކީ ރައީސް ޞާލިހްގެ ވެރިކަން ބަލިކަށި ކޮށްލުން ކަމަށްވުމަކީ ވެސް ގާތްކަމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

ރައްޔިތުން މަޖިލީހުގެ އެމްޑީޕީ މެންބަރަކު "ވަގުތު" އަށް ވިދާޅުވީ "ރައީސް ނަޝީދާއި ދެކޮޅު ވިސްނުމުގެ އެއްވެސް ބޭފުޅަކު އެމްޑީޕީގެ އެތެރެއިން ހެދި ބޮޑުވަމުން އަންނަ މަންޒަރު ބަލަން އެމަނިކުފާނު ބޭނުންފުޅެއް ނުވާނެ" ކަމަށެވެ. "މިހާތަނަށް ފެނުނު މަންޒަރު ބަލާލުމުން ވެސް އެނގޭނެ ރައީސް ނަޝީދަށް ވުރެ މައްޗަށް އެމްޑީޕީގެ ތެރެއިން އެއްވެސް ބޭފުޅަކަށް ނޭރޭނެ ކަން. ރައީސް ޞާލިހް ވެސް މިނިސްޓަރު ފަޔާ ވެސް ހުންނަވަން ޖެހޭނީ ރައީސް ނަޝީދަށް ވުރެ ދަށުގައި. އެއަށްވުރެ އުހަށް ހެދެން ފަށައިފިނަމަ ބުރިކޮށްލާނެ." އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ އެންމެ އިރުކޮޅަކު ވެސް ސިޔާސީ މަސައްކަތުން ދުރުގައި ހުންނަވަން ބޭނުންފުޅުވާ ބޭފުޅެއް ނޫނެވެ. އަބަދުވެސް ކޮންމެވެސް ސިޔާސީ ވާހަކަފުޅެއް ދެއްކުވުން އެއީ އެމަނިކުފާނުގެ އާދަފުޅެވެ. 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން ވެސް ކުރެއްވީ އެކަމެވެ. ރޭޑިއޯ ހިޠާބު ދެއްވައިގެން ވެސް އަބަދުވެސް ބޮޑު ސިޔާސީ ބަހުސެއް ފައްޓަވާ ގައުމު ހަލަބޮލި ކޮށްލައްވައެވެ. މިއަދު މިނިސްޓަރު ފައްޔާޒުގެ ވާހަކަފުޅު ދޭތެރެ ދޭތެރެއިން ދައްކަވައިގެން ވެސް ރައީސް ނަޝީދު ކުރައްވާ ކަމަކީ ސިޔާސީ މަސްރަހު ހަމަޖެހިލައިގެން އޮތުމުގެ ފުރުސަތު ނުދެއްވުމެވެ.

ނަމަވެސް މިއަދު ކުރިމަތީގައި އޮތް މައްސަލަ ވަރަށް ތަފާތެވެ. ފައްޔާޒު މަގާމުން ދުރުކުރުމުގައި ރައީސް ނަޝީދަށް ދެން ކާމިޔާބެއް ނުހޯދިއްޖެނަމަ އެމަނިކުފާނު ވަރަށް ރީތި ބައްޔަކުން އެމްޑީޕީގެ އެތެރެއިން ބަލިވެގެން ދިޔައީކަން ދެން ޖެހޭނީ ގަބޫލު ކުރާށެވެ. ފައްޔާޒު މަގާމުން ދުރުކުރުމުގެ ވޯޓަކީ ހަޤީޤަތުގައި ރައީސް ނަޝީދުގެ ސިޔާސީ މުސްތަގުބަލާއި މެދު ގޮތެއް ނިންމުމުގެ ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

 1. Anonymous

  އައްޗީ ބުއްޅަބޭގެ ދުވަސްދިޔައީ އެގޮތް ރަނގަޅީވެސް

  70
  1
 2. ފަރީދާ

  ކޮންމެ ކަމަކަމްވެސް ނިމުމެއްވޭ އިރާދަ ކުރެއްވިއަޔާ ތިޔަ ނުބާ ނުލަފާ ނަސީދުގެވެސް ނިމުން އޮތީ ވަރަން ކާރީގަ ތާއަބަދު ނުލަފާކަމެއްވެސް ނުދެއްކޭނެ

  73
 3. ޓިނު ވަގު

  ކަރަންޓީނުގައި ބަހައްޓައިގެން ނަމަވެސް ޗޯބެ ސައިޒު ކުރަން އެބަ ޖެހޭ....

  66
 4. އައި

  އަކުރަމް ކަމާލުއްދީން ކުރިކަމެކޭ ...މައުމޫނު ކުރިކަމެކޭ ކިޔާ ފަ އަންނި އަނގަ ގަޅާނެ...

  63
  1
 5. ޝައްފާ

  ބޯގަންވިލާ ފައްޔާޒް އިސްމާޢީލްގެމައްޗަށް ކެނެރީގޭ މުހައްމަދުނަޝީދު ޢަބުދުއްސައްތާރަށް ކުރިނުލިބި ބަލިވުމަކީ ކުންޏާ ރަނާ ވަކިކުރަން ދަންނަ ބަޔަކަށް ފިލާވަޅެކެވެ. ބަޔަކު އިރެއްގަ އެއީ ރަނޭ ހީކުރިޔަސް މިހާރު އެއީ ދަގުއިކަން މިކަމުންވެސް އެގެންވާނެއެވެ.

  72
 6. އަސްމާ

  ބަލިވީ ބަލިވި ކަމަކަންތަ؟ ރޫހާނީ ލީޑަރުގެ ރޫހާނީކަން އިސާހިތަކު ނިމިދާނެ އިންޝަﷲ

  69
  1
 7. އަދުން

  ނަޝިދުވެސް ބަލިވޭތަ އެކަމު ހާދަހާ އަވަހަކަން މި ސޮރު މި ބަލިވީ

  56
 8. އިސްތިއުފާ

  ކެނެރީގެ ނަޝީދު ބަލިވީއޭ ދެން ތަމެން މަޖްލީހުގެ ރައީސް ކަމުން އިސްތިއުފާ ދޭންވީއޭ ކެނެރީގެ ނަޝީދު އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

  40
 9. އިންޑިއާ އައުޓް

  އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  40
  • ޢެންޓި ޕޮލިޓިކްސް

   އސާބަހޭ 👍🏽👍🏼👍🏼👍🏼

   15
 10. ދުމަށި މީދާ

  ޢެ އީ ބަލިވުމެ އް ނޫން އެޔަށް ކިޔަނީ އެންމެ ޔަހޫދީ ސްޓަ އިލް ދެބޯގެރި ދު އްވުން. މިސާލަކީ ހިޔަޅު ރާމާމަކުނާށް ކޭކު ބަޙާދިން ގޮތް. ބަހާނިމުން އިރު މަކުނަށް ނެ އް އެއއ އްވެސް އެއ އްޗެ އް. ޥެރިކަން ނިމޭ ރު ދިވެހި ބަ އުތުލް މާލު އޮތް ތަންވެސް އިގޭ ބޭފުޅަކު ހުންނާނެތޯ

  46
 11. ހަބީބު

  މި ހަބަރު ގެނައީތީވެސް ނަޝީދުގެ ނުބައިކަން ދައްކާލާނެ ދެން 🤣

  47
  1
 12. Anonymous

  އެސޮރައް ވާނެ ހަޔެތި އެވީ

  30
 13. އ

  ފައްޔާޒަކީ ބްރޯ އެއް ކަން ނުދަނަ ސިޔާސީ މީހަކު މިހާރު ނޫޅޭނެ ... މިބުނަނީ ހަގީގީ ވާހަކައެއް މިއަހަރު ޖެނުއަރީގައި ފައްޔާޒު މެލޭސިޔާއަށް ގޮސް އެގައުމުގެ ކުންފުންޏެއްގެ ވެރިންނާ ކޮފީ މޭޒުން ބައްދަލު ކުރި އެކަމަކީ މިގައުމުގައި ރިސޯޓެއް ހަދަން ޕްރޮޕޯސަލް ހުށަހަލާ އެވޯޑިން ލެޓަރ ލެބުމުގެ މަރުހަލާގައި އޮތް ކުންފުންޏެއް އެކަމު ފައްޔާޒު އެދުނީ 3 މިލިއަން ޑޮލަރ ދިނުމަށް އެކަމު އެންމެ ފަހުން އެފައިސާ ނުދޭން ނިންމާ އަދި އެކުންފުނިން ރާއްޖޭގައި ދުވަހަކުވެސް އިންވެސްޓް ނުކުރަން ނިންމީ މިހިރީ މިގައުމަށް ފައްޔާޒު މެން ދޭ ގެއްލުން ތިޔަ އަންނި އަކީވެސް ހަމަ މިގައުމުން ބޭރު ކުރަންޖެހޭ މީހެއް.. ފައްޔާޒާ ފައިސާ ހޯދަނީ 2023 ގެ ރިއަސީ ކެންޕޭނަށް އިބޫ ބުނެގެން އަދި މަޖިލިސް މެންބަރުންކޮޅު ހިފަހައްޓަން.... އަލީ ވަހީދު ވެސް ވަކި ކުރީ ފައިސާގެ މައްސަލައެއްގައި ފައްޔާޒަށް ނުލިބި އަލީ ވަހީދު ރިސްވަތު ނަގާތީ އެއީ ވެސް މިލިއަން ޑޮލަރ ގެ ޑީލެއް.. މިހާރު ވެސް ރިސޯޓް ހަދަން ރައްތައް ދެނީ ރައީސް އޮފީހުން އެންގި ގޮތަކަށް

  20
  • ބުޅާވަތީ

   ޜީނދޫ ޕާޓީގަ މުޅިން ވެސް ދަށުން ދަމާ ބުރޯމެން

   17
   1
 14. އަޙްމަދު

  މީނާ ފެއިލްވާތަން ފެނުމަކީ ހިތްހަމަ ޖެހުމެއް!

  33
 15. ގެއްލުމޭ

  އިންޑިއާއިން ލައިން އޮފް ކްރެޑިޓް އެއް ނެގުން އެއީ ވަރަށް ބޮޑަށް ރާއްޖޭގެ އިގްތިސާދަށް ގެއްލުން ވާނެ ކަމެއް ބަދަލުގައި ސަރުކާރުން އެފައިސާ އިންޑިއާ އިން ރާއްޖޭގެ ބީއެމްއެލް އަށް ލޯނެއްގެ ގޮތުގައި 10 އަހަރު ދުވަސް ފަހުން ދައްކާ ގޮތަށް 1 ޕަރސެންޓް އިންޓަރެސްޓް ރޭޓް ގައި ދިން ނަމަ ރަނގަޅުވީސްއޭ މިހާރު ކްރެޑިޓް ލައިންގެ ދަށުން ލޯންގެ ޕްރިންސިޕަލް އެމައުންޓަށް %3 އިންޓަރެސްޓް ދެން އެޑްމިން ޗާރޖަށް %3 އިންޓަރެސްޓް ޖުމްލަ %6 އިންޓަރެސްޓްގައި ތިޔާ ކަން ކުރަނީ ބަލާފައިތޭ ރައީސް އިބޫ ނޫން ނުބަލާ ދޯ މަދުވެގެން ތިން ގައުމަކުން ކްރެޑިޓް ލައިން އެއް ހޯދަން ހުޅުވާލާ އެތަނުން އެންމެ ރަނގަޅު ޓާރމްސް އެއް ދޭ ތަނަކުން ތިޔާ ކްރެޑިޓް ލައިންގެ ދަށުން 800 މިލިއަން ޑޮލަރު ނެގިނަމަ ގައުމަށް ފައިދާ ކުރީސްއޭ މިހާރު ތިޔާ ދާ ގޮތުން ރާއްޖެ އަށް ވާނީ ގެއްލުމުގެ މައްޗަށް ގެއްލުމޭ...

  20
 16. ޓ

  ފައްޔާޒު ގެ ކަރަޕްޝަން ވަރަށް ގިނަ މީހުންނަށް އެނގޭ
  އިންވެސްޓް ކުރަން އުޅުނު މެލޭސިޔާ ބަޔަކު.... ޢަތުން
  ތިންމިލިއަން ޑޮލަރު ހޯދަން އުޅުނު....އަންނިއަކީވެސް ރަނގަޅު މީހއެއް ނޫން...އަލީ ވަހީދު ބޭރުކޮށްލީ
  ފައްޔާޒަށް ބައިނާޅާތީ.... ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

  20
 17. ބަލާތި

  ރައީސް އިބޫގެ ސަރުކާރުން އިންޑިއާ އިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ނަގައިގެން ތިޔާ އުޅެނީ އެއީ އެލޯން އަނބުރާ ދައްކަން ޖެހެނީ ކޮން ދުވަހަކު ތޭ އަދި އޭގެ ޕްރިންސިޕަލް އިންޓަރެސްޓް ރޭޓް އާއި އަދި އެޑްމިން ޗާރޖް އާއި އަދި މިސެލޭނިއަސް ޗާރޖް ތައް އެއްކޮށްލުމުން އެއީ ކިހާ އަދަދެެއްގެ އިންޓަރެސްޓެއްތޭ މަމެން ބަލަން ބޭނުންވެއޭ ކޮންމެ 1000 ޑޮލަރަކުން 5 ޑޮލަރު ކަނޑާ އެސްބީއައި އިން އެއީ ޑިސްބާރސްމެންޓް ޗާރޖްގެ ގޮތުގައި އެއީ އިންޓަރެސްޓާއި އަދި އެހެނިހެން ޗާރޖް ނުހިމަނައޭ...

  17
 18. ދަންނާތި

  އިންޑިއާ އިން ކްރެޑިޓް ލައިން އެއްގެ ދަށުން 800 މިލިއަން ޑޮލަރު މިސަރުކާރުން ނަގާއިރު އެ 800 މިލިއަން ޑޮލަރުން އައްޑޫ ގަމާއި އަދި ހަނިމާދޫ އެއާރޕޯރޓް ހެދުމާއި އަދި ރާއްޖެތެރޭ ރަށްރަށުގައި ބޯފެނާއި ނަރުދަމާގެ ޚިދްމަތް ދިނުމަށް އެ ފައިސާ އޭގެ ތެރެއަށް ވެއްދުން އެއީ ތިޔާ ލޯން ނައިގެން މިކަން ކަމަށް ކުރާ ޚަރަދުގެ ފައިސާ އަނބުރާ ލިބޭނެ ޕްރޮޖެކްޓްސް ތަކެއް ނޫނޭ ތިޔާ ފައިސާ އިން މާލެ ސަރަހައްދުގެ ފަޅު ތައް ހިއްކިނަމަ ތިއަަށް ވުރެން ރަނގަޅުވީސްއޭ އެއިރުން ތިއަށް ވުރެން ރަނގަޅު ވާނެއޭ...

 19. ފެއިލިއަރ

  ނަޝީދަކީ ނާކާމިޔާ ބު މީހެއް. ލި ބޭ ކުރިއެރުމެއް ލި ބެނީ ރައްޔިތުންނަށް އޮޅުވާލައިގެން.

  17
 20. ތަމެންދޯ

  އިންޑިއާގައި އެބައޮތްތޭ އެއާރބަސް އޭ 380 ޖެއްސޭވަރުގެ ރަންވޭ އެއް ނެތް ދޯ އެކަމަކު ރާއްޖޭގައި އެބައޮތް ދޯ ދެން ލަންކާ ގައި އެބައޮތްތޭ ނެތް ދޯ ރާއްޖޭގައި އެބައޮތްދޯ ބޮއިންގް 777 ގެ މަތިންދާ ބޯޓް ޖެއްސޭވަރުގެ ރަންވޭ އެއް ހަނިމާދޫ ގައި ހަދާނަމަ އެއީ ޗިޕްސް އިންޑިއާ މިޒަމާނަށް ބަލާއިރު ދެން ހަނިމާދޫ އެއާރޕޯރޓް އުތުރުގެ އިގްތިސާދީ އިންޖީނުގެ އަކަށް ވާނެ ގޮތެއް އިންޑިއާ ބުނެދެގަ މަމެންނަށް ސްޓިލް ލޯންގް ވޭޓުގޯ ދޯ އިގްތިސާދީ ހަބަކަށްވާނީ މެންޓަލީ އެތަނެއްގެ ބަޔަކު މެންޓަލީ ތަރައްގީ ވެގެންނޭ އިނގޭތޭ...

 21. އަބްދޫ

  ރައްޔިތުންނަށް ނަސީދު ދަސްވެއްޖެ.ކިޔެވީ ދަތުރުކުރަން ށމީހުންކިޔަވާ މެރިޓައި މް ހަވަާލުވީ ދެޅިޔަނުން މައިޓް ކުންފުނީގަ ތިބެފަ މަހުޖަނުވީ ކުންފުންޏާވަޑާންގެ ހީންގަން ވީބަގުރޫޓް. ފައްޔާޒު ވީ އެކޮނޮމިސްޓަކަށް .ނަސީދަކީ ފައްޔާޒް ހިގާގާމަގުން ހިގޭ ފެންވަރު ހުރި މީހެއް ނޫން. ނަސީދު އޮޅުވާލާ މަކަރުން ދޮން މީހުން ބުނާހާ ކަ މެއް ކުރީ މީހުނަށް ނަސީދު ދަސްވެްއްޖެ

 22. އަބްދޫ

  ރައްޔިތުންނަށް ދަސްވެއްޖެ.ކިޔެވީ ދަތުރުކުރަން ށމީހުންކިޔަވާ މެރިޓައި މް ހަވަާލުވީ ދެޅިޔަނުން މައިޓް ކުންފުނީގަ ތިބެފަ މަހުޖަނުވީ ކުންފުންޏާވަޑާންގެ ހީންގަން ވީބަގުރޫޓް. ފައްޔާޒު ވީ އެކޮނޮމިސްޓަކަށް .ނަސީދަކީ ފައްޔާޒް ހިގާގާމަގުން ހިގޭ ފެންވަރު ހުރި މީހެއް ނޫން. އޮޅުވާލާ މަކަރުން ދޮން މީހުން ބުނާހާ ކަ މެއް ކުރީ މީހުނަށް ނަސީދު ދަސްވެްއްޖެ

 23. އަލި

  ކެނެރީ ވައިރަސް ފެނުމުން... ހިތަށް އަންނަނީ އެންމެ ވާހަކައެއް.... އެއީ ހަމަ ލާދީނީ ނަޖިސް އެއްޗެއް

 24. ޔާންޔާ

  ފައްޔާޒު ކަންކަން ހިންގޭތީ ޖ ވީ ! ފައްޔާޒްއަކީ ހިންގުންތެރި ވެރިއެއް .
  ނަސީދު އަކައް ވަޒީރެއް އެހެންމީހެއް ނޭންގެ . މީހަކު މަރުވިއްޔޭވެސް އިހައްދުހުކު ކި . . އެހާވަރަކައްދެން ކަންކަން އޮޅުންފިލާނީ . ރައޔިތުން ތިބީ ހޭލާ .

 25. ރަސީދު ގަބުޅިބާދަލާ

  އަދިވެސް މިގައުމުގަފެންނައްތިބި ސިޔާސީލީޑަރުންގެ ތެރެއިން ނަންބަރ 1 ރައީސްނަސީދު މިހަގީގައްގަބޫލްކުރަންޖެހޭ. ރަތްޔިތުންމަޖްލިސް އެހެރަހިންގާލާ ސަޅިގޮތެއްދޯ. ގަދަލީޑަރެއް ކިތައްމެވަރަކައް ހަވާސާއިންބޭރުކުރަން އުޅުނަސް އަދިހީނުވޭ ތިކަންވާނެހެން.

 26. ސަންސެޓް

  ހުސް ގޭމް. އިންޑިޔާއަށް ގައުމު ވިއް ކާ ލުމަށް ކުރާ ކަން ކަން ފޮރުވުމަށް ކުޅޭ ގޭމެއް. އިރެއްގައި މިނި ކޮއެ އިންޑިޔާއަށް ވިއް ކާލި ގޮތައް ބޮޑު ތިލަދުންމަތި ވިއް ކާލަނީ. މި ކަމުގައި އަންނި ފައްޔާޒު އިބޫ ޝާހިދު އެއްވަރަށް ބައިވެރިވޭ.