ގާނޫނުގައި ހަމައެކަނި އޮތީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހާގެ ޝަރުތު ތޯ ސުވާލު ކުރައްވައި، މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސެއިން ސަރުކާރަށް ސުވާލެއް އަމާޒު ކުރައްވައިފިއެވެ.

ބ. ތުޅާދޫގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ނަޝީދުގެ ޕްރައިމަރީ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދުގެ ގާނޫނީ ވަކީލު ހިސާން ހުސުއިން ވިދާޅުވީ ނަޝީދުގެ މައްޗަށް ކޮށްފައިވާ ޝަރީއަތަކީ އިންސާފެއް ހަމައެއް ނެތި، އެތައް ހައްގުތަކެއް ނިގުޅައިގަނެ ހިންގާފައިވާ ޝަރީއަތެއް ކަމަށެވެ.

"ނަޝީދަށް ކުރިމަތި ނުލެއްވޭނެ ކަމަށް ސަރުކާރުން ބުނަމުންދާއިރު ގާނޫނު އަސާސީގައި އޮތީ ހަމަ އެކަނި ރިޔާސީ އިންތިހާބަކަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ޝަރުތުތައް އެކަނި ނޫން" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ތިމާ އިހްތިޔާރުކުރާ މީހަކަށް ވޯޓުލުމުގެ ހައްގު. އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު. މިއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި ސަރުކާރުން މި ބުނަނީ އިންތިޚާބަކައް ކުރިމައްޗެއް ނުލެވޭނެ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މި ފަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަ ނުކުރެއްވޭނެ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.

ސަރުކާރުން ގަބޫލު ކޮށްގެން ތިބި ސުޕްރީމް ކޯޓާއި އދ.ގެ ހިއުމަންރައިޓްސް ކޮމިޝަނުން ވެސް ރައީސް ނަޝީދު ދޫކޮށްލަން އެންގުމުން އެކަމަށް ވެސް ރައީސް ޔާމިން ތަބާ ނުވުމުން ބޮޑު މަންޒަރު ސާފުވާ ކަމަށް ހިސާން ވިދާޅުވިއެވެ.

"ރައީސް ޔާމީން ހިތްޕުޅާނުވާ މީހެއް ނަމަ އެމީހަކީ ވުޖޫދުގައި ހުރެގެންވާ މީހެއް ކަމަކަށްވެސް ނުވޭ. އެމީހަކީ މިނިވަންކަމާއެކު ދިރިއުޅުމުގެ ހައްގު ލިބިގެންވާ މީހެއް ކަމަކަށްވެސް ވެގެން ނުވޭ،" ހިސާން ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ރައީސް، މުހައްމަދު ނަޝީދެވެ.

ރައީސް ނަޝީދު ރިޔާސީ ޓިކެޓް ހޯއްދަވަން މަސައްކަތް ފެއްޓެވުމާއި އެކު އިދިކޮޅު ހުރިހާ ފަރާތްތަކެއް ގަބޫލު ކުރާ އެއް ކެންޑިޑޭޓެއް ނެރުމުގެ އަޑު ވަނީ މަޑުވެފައެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން ވަނީ ބަންދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ގައްޑާ ވާހަކައެއް

    އަދި މިހާތަނަށް ދިވެއްސަކު ދެއްކި އެންމެ ބުއްދި ޤަބޫލު ކުރާ އެއްވާހަކަ.

    • ދަރިޔާ

      ކާޅަށް ކާޅުގެ ދަރި ދޮންފުތުވާނެ.

  2. ޙަފްޞާ / މާލެ

    ބަލަ ހިސާނޫ!!! ޢަބްދުﷲ ޤާޟީ ވަގަށް ގެންގޮސް ތަނެއްގައި ފޮރުވާފަހުރިއިރު ދިވެހި ހުރިހާ ރައްޔިތުންގެއިތުރުން ސްޕްރޯމްކޯޓުން ، އދ ން ގޮވާނުލާތޯ ޢަބްދުﷲ ޤާޟީ ވަގުތުން ދޫކޮށްލަން؟ އެކަމަށް އިޖާބަދިންތޯ ނަޝީދު؟ އަދި އެއީ ތިމަންނާ ކުރި ވަރަށްބޮޑު ކުށެއްކަމަށާ އެކަމަށް އަދަބު ލިބޭނޭކަމަށް ނަޝީދު ، ޕޯޑިޔަމްތަކުގައި ނުކިޔާތޯ؟ އަދި އެމައްސަލަ އަވަހަށް ބައްލަވާ ނިންމާދިނުމަށް އެދި ނަޝީދު ކޯޓަށް ސިޓީއެއް ނުފޮނުވާތޯ؟ މިއަދު ތިޔަކިޔާ އެއްޗަކުން ކުޑަކުއްޖާވެސް ހޮޑުލާނެ!

  3. Anonymous

    ގާނޫނެއްގައި އޮވޭ މަގުމައްޗަށް ކުޅުޖެހުމަކީ މަނާކަމެއްކަމަށާއި އަދަބަކީ 500 ރުފިޔާއިން ޖޫރިމަނާ ކުރުން ކަމަށް. އެކަމަކު މިގާނޫނާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކާހުރީ ކޮން ގުޅުމެއް؟ ހިސާނު ތިއީ ވަކީލެއް ކަމާމެދު ޝައްކު

  4. ރަށްދު

    މިހާތަނަށް މީހަކުދެއްކި އެންމެ ކޮސްވާހަކަ ތެޅޭނެކަމެއްނެތް ޓެރެރިސްޓަކަށް އެއްވެސް އިންތިހާބެއްގަ ބައިވެރިއެއް ނުވެވޭނެ

  5. ރަންބުއްދި

    ވަކީލާއަކަށް އެއްވެސްމީހަކު ދިފާއެއްނުކުރެވޭ ، އެހެންވެ ރުޅިގާދަވަނީ............

  6. ރީޒަން

    ދެންމިހިހާވަރުގެ ކަމެން ވެރކަމަން ރައްޔަތުން ނޫނެކޭބުނީމާވެސް ޖަޒީރާ ރައީސޭކިޔާގެން މިގައުމުގެރައްޔަތުން ދެބޯގެރިހައްދަން ބަލަ ކޮބައި ތިކިޔާ ދީމާކްރަޓީ<؟؟ ކޮބައިޑިމަކްރަޓީ؟؟ މިޖަޒީރާ ރައީސް ޕްރިންސްކޫލުގާވެސް ޕްރައިމަރީގާވެސް ދެން ތިޔަރީދޫޕާތީގައި މީހަކުނެތީތަ؟؟ މިހިރީމިބައިގަޑުހުދުމުހުތާރުކަން މިހާރު ދެން ރާނީގެ އަރިހުގައި ސުޕަމެނުކަންކުރައްވާ ؟؟

  7. ޙަކަތަ

    ނަޝީދު ވެރިއަކަށް ވީމަ ހުރިހާކަމެއް ނިމުނީއަކީ ނޫން. ޓިވެރިންގެ ހާލަކީ ނަޝީދު ވަށާ އެނބުރުން. ޢޭނާ ކުރާ ހުރިހާކަމެއް އޯކޭ ވަރަށް ބަރާބަރު ވަރަށް ސަޅި. ޢަމިއްލައަށް ވިސްނަބަލަ ހިސާނޫ ދަރިފުޅާ ދޫންޏާ

  8. ދިއްގާ

    ކަނޑުކޮސް ގާނޫނީ ވަކީލުމީހާ....ބަލަ ގާނޫގައި ބޭނުން މީހަކަށް ވޯޓު ލެވެނީ އކ އިން އިއުލާންކުރާ މީހުންގެ ތެރެއިން މީހަކަށް. ޖަލަށް ހުކުމްކޮށްފަ ތިބޭ މުޖްރިމުންނާ އަދި ޑރ އަފްރާޝިމުގެ ގާތިލުންނަކަށް އިންތިހާބަށް ކުރިމަތި ނުލެވޭނެ.

  9. އަހްމަދު

    ތަނެއްދޮރެއްނޭނގޭ މީހުންދައްކާކަހަލަވާހަކަތިޔަދައްކަވަނީ ނަޝިދުއައް ކުރިމަތިނުލެވޭވާހަކަބުނަނީ ސަރުކާރަކުންނޫން ގާނޫނުއަސާސީ ސަރުކާރުންބުނަނީ ގާނޫނުއަސާސީގައޮތީ ކުރިމަތިނުލެވޭގޮތަށޭ ވޯޓުލުމުހައްގައްވުރެކުރިން ކުރިމަތިލުމުގެހައްގު އޮވެގެންދޯ އެމީހަކަށް ވޯޓުލެވޭނީ ހަރުގެކުރިމަށްޗަށްއެއްވެމުޅިހިސާބުގަނޑުގައުޅޭމީހުންނައްދުއްތުރާކުރާއިރު އެމީހުންގެހައްގުކޮބައިބާ ކަނބުލޮމެންގާނޫނުކިޔަވައިގެންތިބެ ތިބާވަތުގެވާހަކަދެއްކީމަ ތަންކޮޅެއްހުތުރުދޯ

  10. ބަންޑާރަދަނޑު

    ހިސާނު ވިދާޅުވެދެއްވާ ގާޒީން ހައްޔަރު ކުރަން ގާނޫނުގައި ލިޔެފައިވޭތޯ

  11. ދޮންބެ

    ކުއްވެރިން ގެ ވާހަކަވެސް އޮވޭ

  12. ބަކުރު

    އަދި ސުޮުރީމް ކޯޓުން ހުޖުމް ބާތިލު ކުރިކަން ވަގުތުގަ ޖަހާކައް ނުކެރޭނެ ?

  13. މުޙައްމަދު

    ޤާނޫނުއަސާސީގަ އެބަ އޮތް ހުރިހާ ވާހަކަ އެއް އަދި މާތްވެގެންވާ އިސްލާމް ދީނު ގަ އެބައޮތް އިނސާނުން އުޅެންވީ ގޮތް ވަރަށްއސާފުކޮށް ބަޔާން ކޮށް ދެއްވާފަ. ނަމަވެސް ތިމާ ބޭނުންވާ ހުރިހާ ގޮތަށް ކަންތައްތައް ކޮށްފަ ޤާނޫނާއި ޤަވާޢިދުން ބޭރުން ޤާޒީން ހައްޔަރު ކޮށް ނިޒާމުން ގެއްލުވާފަ ބެހެއްޓި މީހަކު ކުއްވެރި ނުވާންވީ އެއްވެސް ސަބަބެއް ނެތް. އިތުރަށް މި ޤައުމަކީ އިސްލާމީ ޤައުމަކަށް ވެފަ މި ޤައުމުގެ ރައީސް ދީނަށް މަލާމާތް ކޮށަ ރަސޫލާ އަށް ޖޯކް ޖަހާ ކީރިތި ޤރުއާން ނޫން އެހެން ފޮތެއް ހޯދަން ބުނެ ފާޅުގައި ވާހަކަ ދައްކާ މީހަކު ކުއްވެރި ނުވާނެ އޮތީ ކޮން ގޮތެއްތޯ؟ ކަން މިހެން ހުރުމުން މިފަދަ މީހުންނަށް ދިވެހި ރާއްޖޭގެ ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ދުނިޔޭގެ އެހެން ޤައުމުތަކުގަ ވެސް ކަންތައް ކުރާ އުސޫލުން ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުން އަމުރު ކުރަންޖެހޭ ކަމަށް އަޅުގަނޑު ދެކެނީ.

  14. ހުސޭނުބޭ

    މަވެސް ސުވާލެއް އެބައޮތް! ހިސާނަށް އެކަނިތަ ޤާނޫނު އެނގެނީ!

  15. ބޯގަޅި ރައީސް

    މީ ވެރިކަމާ ކުފޫ ހަމަ މީހެއް ނޫް، ދުވަސްކޮޅަކުން ބުނާނެ މަގޭ ފޫކޮޅުގަ ބަޑި ޖެއްސީޔޯ ދެން ވެރިކަމުން އިސްތިއުފާ. މީވެރިކަން ހޯދން މިއުޅޭ ނަޝީދު ފެންވަރަކީ

  16. ޛުހާނާ

    ޖަލުގަ ހުކުމް ތަންފީޒު ކުރަމުން ދާމީހަކަށް ހަމަޔަގީނުންވެސް ރައީސް ކަމަކަށް ކުރި މައްޗެއް ނުލެވޭނެ ހިޖާބުގެ ތެރަެހުންނަ ވަކީލަކަށްނޫނީ ވަކާލަތެއްވެސް ނުކުރެވޭ އިސްލާމި ގައިމުތަކުގަ

  17. ސޮފޫ

    މީނާގެ މޮޅު ގާނޫނީ ލަފާ ލިބިގެން އަހަރެމެންގެ ޖަޒީރާ ރައީސް އިސްތިއުފާދޭން ޖެހުނީވެސް

  18. ޜަސީދު

    ގާނޫނަކުނެއް ބޯންޖެ ހޭނެ ބޮވެނެ މިހެން ލިޔެފަކާ

  19. ޑިމޮކްރަޓިސްޓް

    އެކަމަކާ ޖެހުނީމަ އެކަމެއްގެ ވާހަކަ ދައްކާނީ ބީތާޔާ.. ކެނެރީގޭ ކެނޑޭ ނަޝީދަކަށް ކުރިމައްޗެއް ނުލެވޭނެ.. ހަނދާން ނައްތާލާ..

  20. Miadhu

    ޙިޝާން އަކީ ގާނޫނު ދަންނަ ވަކީލެއްތަ އެހެންނަމަ ކުެްވެރިއަކަށް ކެނޕެިނެއް ނުކުރީސް

  21. Anonymous

    މީގެ ފަހުން ވަޒީފާ ތަކަށްވެސް ޝަރުތެއް ނޯންނާނެތާ. މޮޅުވަކީލާ އެވިދާލުވަނީ ޝަރުޠު އޮވެގެން ނުވާނެކަމަށް. ކިޔަވާނެ ކަމެއްނެތް އެކަކުވެސް

  22. ޚކޮސްބެ

    ޜ.ނަޝީދުގެ ވެރިކަމުގައި ގާޒީ ހައްޔަރުކުރީ މީހަކު މަރާލި ގާތިލަކު ހެލްތު މިނިސްޓާރ ޒިންމާދާރު ކުރުވާށޭ ކިޔާ ދޫކޮށްލުމުން ގޮސް ދެވަނަ މީހާ މަރާލީމަ .

  23. Abdul Latheef

    ޝަރުޢީ ކޯޓަކުން އިއްވާފަ އޮތް ޙުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ދިވެހިރާއްޖޭގެ ރިޔާސީ އިންތިޚާބުގަ ވާދަކުރެވޭނެ އުޞޫލެއް ގާނޫނު އަސާސީ އިން ކަނޑައަޅާފައި ނެތީސް ނަޝީދު އެމްޑީޕީ ޙިޞާރުކޮށްގެން ހުރެ އެކަނިވާދަކުރެވޭގޮތަށް ބާއްވާ ޕްރައިމަރީތަކާ ދެން އެ ހިންގާ ކުޅިގަނޑޫތައް ހަޖަމުކޮށްލައިގެން މިތިބީ. ނަޝީދު ވާދަކޮށްފިނަމަ އެމްޑީޕީ ކަފުން ކޮށްލަންވެސް ޖެހިދާނެ. އަހަރެމެން ކޯޓަށްދާނަން. އެމްޑީޕީ އަކީ ޣައިރުޤާނޫނީ ޕާޓީ އަކަށްވެސް ހަދަންޖެހިދާނެ. ޝަރުޢީ ކޯޓު ގަބޫލުނުކުރާނަމަ މިކަހަލަ ކަންތަކެއް ދިމާވެދާނެ. ބޮޑު ގަމާރުންތަކާ........... ހޭވެރިވެބަލަ.

  24. އަޒީ

    ކޮންކަހަލަ ޤާނޫނީ ވަކީލެއް