ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިހުން ސުޕަ މެޖޯރިޓީ އެމްޑީޕީއަށް އޮތުމުން ގިނަ ކަންކަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސްކުރުމުން އެގޮތަކަށް އަމަލު ކުރަން މަޖިލިހުގެ ތަޅުމުގައި ވެސް މަޖުބޫރުވެއެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީ ލިބިއްޖެނަމަ ތަޅުމުގެ މެޖޯރިޓީ ވެސް ލިބެނީއެވެ.

ސަތާރަވަނަ ރައްޔިތުންގެ މަޖިލީހާއި އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްތަކުގެ ބައްދަލުވުން ބާއްވައި ކޮންމެ މައްސަލައެއްގައި ޕާޓީގެ މެންބަރުން އަމަލު ކުރާނެ ވަކި ގޮތެއް ޕާޓީގެ އެތެރެއިން ފާސްކުރެއެވެ. އެކަމަކު އޭރު މާ ބޮޑު ޕާލިމެންޓްރީ ގްރޫޕެއް ނެތެވެ. ޕާޓީތަކުގެ މެދުގައި ކޯލިޝަން އެކުލަވާލައިގެން އުފެދިފައިވަނީ ފަންސާހެއްހާ މެންބަރުންގެ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕްތަކެވެ.

ސިޔާސީ ޕާޓީތައް ތަމްސީލް ކުރެވޭ ނިޒާމަކަށް ރާއްޖޭގެ ގާނޫނު ހަދާ މަޖިލިސް ހިނގަމުން އަންނައިރު، މަޖިލީހުގެ ތަޅުމުގައި މެންބަރުން ކުރައްވާ ބަހުސްތަކުން ވެސް މެންބަރުންގެ ހިޔާލުތައް ހާމަވެއެވެ. ގިނަ މެންބަރުން ތިއްބެވީ މައްސަލައެއްގައި ކޮން ގޮތަކަށް ނިންމަވައިގެން ކަން ވެސް ވަޒަންކޮށްލެވެއެވެ. އަންދާޒާތައް ވެސް ކުރެވޭނެހާ ފަސޭހައިންނެވެ. އެކަމަކު ފަހަކަށް އައިސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އެތެރެއިން އަންދާޒާއާ މުޅިން ތަފާތުކޮށް ނިންމުންތައް އައިސްފައިވެއެވެ.

މިދިޔަ ހަފުތާގައި އެފަދަ އެ ނިންމެވުމަކަށް ވެގެން ގޮސްފައިވަނީ ހެލްތު މިނިސްޓަރ އަބްދުﷲ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ މެދު ގޮތެއް ނިންމަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ނެގުނު ވޯޓެވެ. ސިއްރުން ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ނެގުނު ވޯޓުން ހަނި ގޮތަކަށް އަމީން ސަލާމަތް ވެގެން ދިޔައެވެ. އަމީންއަށް އިތުބާރު އޮތް ކަމަށް 31 މެންބަރުން ވޯޓު ދެއްވިއިރު، 27 މެންބަރަކު ވޯޓު ދެއްވީ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާއެއް ކުރިއއަށް ދަނީ -ފޮޓޯ: މަޖިލީސް

އެންމެ ފަހުން އަމީންއަށް އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަން ބޭނުންވި މެންބަރުން ވެގެން ވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީއިން ފާސްކުރި ވިޕްލައިނާ ހިލާފަށް އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވަނީ މަޖިލީހަށް ވައްދަވައިފައެވެ. މަޖިލީހުގެ ޖަލްސާގައި އެޖެންޑާކުރެވި މައްސަލަ ފެށުމުގެ ކުރިން މަގާމުން އަމީން އިސްތިއުފާ ދެއްވީ އެ ދުވަހުގެ ރޭ ދަންވަރެވެ.

ނަމަވެސް ވެންޓިލޭޓަރުތަކުގެ ހިޔާނާތުގެ މައްސަލާގައި ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރު ކަމުގައި ހުންނެވި އަމީންއަށް އެމްޑީޕީގެ މެންބަރުން ފާޅުގައި އެކި ފަހަރު މަތިން ފާޑުވިދާޅުވެފައިވާއިރު، އެމްޑީޕީގެ އެތެރެއިން އެ ގޮތަށް ނިމިގެން ދިޔައީ ކީއްވެ ހެއްޔެވެ؟ އާންމުންނަށް ނުފެންނަ ގޮތަކަށް، މީޑިއާ ނުވައްދާ ކުރިއަށްދާ އެ ބައްދަލުވުންތަކުން މިފަދަ ނިންމުންތައް ނުކުންނަނީ ކޮން ކަހަލަ މަޝްވަރާތަކެއް ކުރެވިގެން ހެއްޔެވެ؟ އެ ބައްދަލުވުންތަކުގައި ދެކެވެނީ ކޮން ވާހަކައެއް ހެއްޔެވެ؟ މައްސަލައިގެ ވާހަކަ ހެއްޔެވެ؟ ނުވަތަ މަސްލަހަތު ހުރި އެހެން ވާހަކަތަކެއް ހެއްޔެވެ؟

ދެ ލީޑަރުންގެ ސިޔާސީ ހަމަލާތައް ބަދަލުކުރެވޭ މައިދާނެއް

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ދެ ފެކްޝަންއެއް އޮންނަ ކަމަށް މިހާރު ބެލެވެއެވެ. އެއް ފެކްޝަންއަކީ ސަރުކާރުގެ ވަޒީރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ތާއީދު ކުރައްވާ ފެކްޝަންއެވެ. ދެވަނަ ފެކްޝަނަކީ ބަރުލަމާނީ ނިޒާމެއްގެ ވިސްނުމެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންގެ ފެކްޝަންއެވެ.

މަޖިލީހުގެ އެމްޑީޕީގެ މެންބަރަކު ވިދާޅުވި ގޮތުގައި، ބައެއް ކަންކަމުގައި އަމަލު ކުރަން ޖެހޭ ގޮތާ މެދު ރައީސް ސޯލިހްގެ ނިންމެވުމާއި ރައީސް ނަޝީދުގެ ނިންމެވުން ތަފާތުވެއެވެ. ސަރުކާރާ ގުޅުން ހުރި ބައެއް ކަންކަމުގައި ރައީސްއަށް ދޫކޮށްލައްވަން އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށާއި އެކަމަކު އެފަދަ ކަންކަން މަޖިލީހަށް މައްސަލައެއްގެ ގޮތުގައި ހުށަހަޅުއްވައިގެން ކުރިއަށް ގެންދަވަން ރައީސް ނަޝީދު ބޭނުންފުޅުވެއެވެ.

"ބައެއް ފަހަރު މައްސަލަ ވެސް އޮތް ތަނުގައި އޮންނާނީ، ބަހުސް ކުރެވޭނީ މުޅިން އެހެން ކަމެއްގައި، ރައީސްއަށް ފުރުސަތު ދެއްވަން ބައެއް މެންބަރުން ބޭނުންފުޅު ނުވެއޭ، ރައީސްއަށް އިތުބާރު ނުކުރައްވައޭ، ނޫނީ މަޖިލީހުގެ ޒިންމާއަށް ހުރަސް އަޅުއްވާށޭ، މިއީ މަޖިލީހުގެ ކަމެކޭ، ރައީސްގެ ކަމެއް ނޫނެ،" އެމްޑީޕީގެ އެ މެންބަރު ކިޔައިދެއްވިއެވެ.

މަޖިލިސް އެހެން މެންބަރަކު ވިދާޅުވީ ގޮތުގައި އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާ މެދު ގޮތެއް ނިންމަން ގްރޫޕްއަށް ހުށަހެޅުއްވީ ވެސް ރައީސް ސޯލިހް އޭގައި ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ވަނިކޮށެވެ. ރައީސް ނަޝީދު އުޅުއްވީ ރައީސް ސޯލިހްގެ ސަރުކާރު ހިނގަނީ މަޖިލީހުގެ މަދަދާ އެކުގައި ކަން ރައްޔިތުންނަށް ދައްކައިދޭން ކަމަށް ވިދާޅުވިއެވެ.

"ރައީސް ވަނީ މަޖިލީހުގެ މެންބަރުންނަށް ޔަގީންކަން ދެއްވާފައި މިނިސްޓަރާ މެދު ފިޔަވަޅު އަޅުއްވާނެ ކަން. ރައީސް އެ ގޮތަށް ޔަގީން ކަން ދެއްވާފައި ވަނިކޮށް މަޖިލީހުގެ ރައީސް މަސައްކަތް ކުރެއްވީ އެކަމުގެ ކްރެޑިޓް އެމަނިކުފާނަށް ނަންގަވަން، ރައީސްއަށް ނުވިޔޭ، ސަރުކާރަށް ނުވިޔޭ، ތިމަންނައޭ މިކުރަނީ،" ރައީސް ސޯލިހްއާ އަރިސް އެ މެންބަރު ވިދާޅުވިއެވެ.

އެހެން މެންބަރަކު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ސަރުކާރުގެ ބައެއް ވަޒީރުންނާ ވަރަށް ގާތް ގުޅުމެއް ބާއްވަވައެވެ. އެ މެންބަރުގެ އަމިއްލަ މަސްހަތު ހުންނަވާ ކަންކަމުގައާއި މެންބަރުގެ ދާއިރާގެ ކަންކަން އިސްކުރައްވާނެ ކަމުގެ ޔަގީންކަން އެ ގުޅުމުގެ ތެރެއިން ދެއްވާފައި އޮވެއެވެ. އެހެންކަމުން ބައެއް ވަޒީރުންގެ ދިފާއުގައި އަބަދުވެސް ވަކި މެންބަރުންތަކެއް މަސައްކަތް ކުރައްވައެވެ.

"ސިއްހީ ވަޒީރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅުއްވަން ބޭނުންނުވާ ކަމަށް ވޯޓު ދެއްވާނީ ވަޒީރު މަގާމުގައި ބަހައްޓަވަން ބޭނުންވާތީވެ، މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ މެންބަރުން، ރައީސްގެ މެންބަރުންނެއް ނޫން، ސަރުކާރުގެ މެންބަރުންނެއް ނޫން، ޒާތްޒާތުގެ އުޒުރު ދެއްކެވިޔަސް ވަޒީރުގެ ދިފާއުގައި ވާހަކަ ނުދައްކަވާ ކަމަށް ނުވާނެ، ގުޅުން ނުބާއްވަވާ ކަމަކަށް ނުވާނެ،" ރައީސް ނަޝީދުގެ އަރިސް އެ މެންބަރު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ރައީސް މުހައްމަދު ނަޝީދު -- ވަގުތު އިމޭޖަސް

ރައީސް ސޯލިހް އާއި ރައީސް ނަޝީދުގެ މި ވާދަވެރިކަމާއި ޕާލިމެންޓްރީ ގްރޫޕްގައި މެންބަރުން މެދުވެރިކޮށް ދެ ލީޑަރުންގެ ސިޔާސީ ހަމަލާތައް ބަދަލުކުރެވެމުންދާކަން ވަރަށް ސާފުކޮށް އެބަ ފެނެއެވެ. ނަން ހާމަނުކޮށް "ވަގުތަށް" ބައެއް މެންބަރުން ވާހަކަތައް ހިއްސާކޮށްދެއްވިއިރު ބައެއް އެހެން މެންބަރުން މި ވަނީ ޓްވީޓާ އާއި ޓީވީ ޕްރޮގްރާމްތަކުގައި ވެސް މިފަދަ މޭރުމުން އެކިި މެންބަރުން ކުށްވެރި ކުރައްވައި ވާހަކަ ދައްކަވައިފައެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ޓްވީޓާ މެދުވެރިކޮށް ވިދާޅުވި "ރައީސުލްޖުމްހޫރިއްޔާ ކަމެއް ކުރައްވަން އުޅުއްވީމަ، އެ ކަމުގެ ކްރެޑިޓް ނަންގަވަން ތެޅިގަނެގެން މެންބަރުންގެ ލިސްޓު ހައްދަވައިގެން ވަގަށް ގޮވުމަކީ ދެރަކަމެއް،" ކަމަށެވެ. ރޮޒައިނާގެ ޓްވީޓްގައި ކްރެޑިޓް ނަންގަވަން އުޅުއްވީ ކޮން މެންބަރެއް ކަން ނުވަތަ ކޮން މެންބަރުންތަކެއް ކަން ވިދާޅެއްނުވެއެވެ. އެކަމަކު އަމީންގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި ސޮއިކުރައްވާފައިވަނީ ރައީސް ނަޝީދުގެ އަރިސް މެންބަރުންނެވެ.

ސަންގު ޓީވީ ޕްރޮގްރާމެއްގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް ހިންގަވަނީ "ނޯތު ކެރޮއާގެ ހުދުމުހުތާރު ސިފަތައް" ހިމެނިގެން ކަމަށް ވިދާޅުވެފައެވެ. "ވަގު ހިފަން" ވަޑައިގެންނެވި ބައެއް މެންބަރުން "ވަގު ވަޒީރުންގެ ފަހަތުން" އުޅުއްވާ ކަމަށް ވިދާޅުވިއެވެ. އެކަމަކު އެއީ ކޮން މެންބަރުންނެއް ކަމާއި ދެ ފެކްޝަނެއް އެމްޑީޕީގައި އޮތް ކަމަށް ވިދާޅެއް ނުވެއެވެ.

ޕާލިމެންޓްރީ ގްރޫޕްގެ ބަހުސްތައް ހާމަވާން ޖެހޭ!

ކުއްލި ގޮތަކަށް ރާވައިގެން މީޑީއާ ވެސް ނުވައްދާ ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށް ގެންދާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުންތަކުގައި މަޖިލީހުގެ މެންބަރުން ވޯޓު ދެއްވާ ގޮތަކީ އެ މެންބަރުން ތަމްސީލް ކުރައްވާ ދާއިރާގެ ރައްޔިތުންނަށް ކޮންމެހެން ވެސް އެނގެން ބޭނުންވާނެ ކަމެކެވެ.

ކައުންސިލަރުންގެ ދައުރު ދަންމާލަން ގާނޫނުއަސާސީ އިސްލާހު ކުރުމާ މެދު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ހިޔާލު ދެކަފިވި ދުވަސްވަރު މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ތުހުމަތު ކުރެއްވި ގޮތުގައި މަޖިލީހުގެ ތަޅުމުގައި ބައެއް މެންބަރުން ތައީދު ކުރެއްވި ގޮތާ މުޅީން ތަފާތުކޮށް ޕާލިމެންޓްރީ ގްރޫޕްގައި މެންބަރުން ތާއީދު ކުރައްވާފައި އެބަ ހުންނެވި ކަމަށެވެ.

ގާނޫނުއަސާސީ އިސްލާހު ކުރުން ފަދަ ހައްސާސް މައްސަލަތަކުގައި ޕާޓީގެ ވިޕްލައިންއާ އެއް ގޮތަށް ވޯޓް ދިނުމަށް ވުރެ، އޭނާގެ އަމިއްލަ ނަފްސު ގަބޫލު ކުރައްވާ ގޮތަކަށް އަދި ދާއިރާގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ވޯޓު ދެެއްވާނެ ކަމަށް އިންތި ވިދާޅުވެފައިވެއެވެ.

އިންތި އެ ދުވަހު ވެސް ވިދާޅުވެފައިވަނީ ވަރަށް ބޮޑެތި މއްސަލަތަކުގައި ގޮތް ނިންމަން ބޭއްވޭ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުންތައް މީޑިއާއަށް ވަދެވޭ ގޮތަށް ހާމަ ބައްދަވުންތަކުގެ ގޮތުގައި ބާއްވަން ޖެހޭ ކަމަށެވެ.

ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މެންބަރު ބޮންޑެ ވެސް ވިދާޅުވެފައިވަނީ މުއައްސަސާތަކަށް ކަނޑައަޅާނެ މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލަތަކާއި މުއައްސަސާތަކުން ބޭފުޅުން ވަކިކުރުމާއި، ވަކިން ހާއްސަކޮށް ވަޒީރަކު ވަކިކުރުން ފަދަ މައްސަލަތަކަކީ ރައްޔިތުންނާ ވަރަށް ގުޅުން ހުރި ރައްޔިތުންނަށް އެނގެން ޖެހޭ ކަންކަން ކަމަށެވެ.

އެފަދަ ކަމެއް އެޖެންޑާ ކުރެވޭ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުންތައް ހާމަކޮށް ލައިވް ކުރެވޭ ގޮތަށް ބާއްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ ބައްދަލުވުންތައް ލައިވްކޮށް ރައްޔިތުންނަށް ފެންނަ ގޮތަށް ބާއްވަން ފެށުމުން މަޖިލީހުގެ މެންބަރުންނަށް ވޯޓު ދެއްވަން ކެރިވަޑައިގަންނަވަނީ ރައްޔިތުން ބޭނުންވާ ގޮތަކަށް ކަމަށް ބޮންޑެ ވިދާޅުވެފައިވެއެވެ.

"ޕީޖީގައި ވޯޓުލާ ތަން ރައްޔިތުންނަށް މިހާރު އެބަ ޖެހޭ ފެންނަން. ބޮޑެތި ކަންކަމުގައި ނިންމާ ނިންމުން ސިއްރުން ނިންމައިގެން ނުވާނެ. ރައްޔިތުން ފެނުނީމަ ބިރު ގަންނާނެ، ޖެހިލުންވާނެ. އެނގޭނެތާ ވޯޓުދޭ ގޮތް." ބޮންޑެ ވިދާޅުވެފައިވެއެވެ.

ސިޔާސީ ޕާޓީ ތަމްސީލް ކުރެވޭ ނިޒާމަކަށް ރައްޔިތުންގެ މަޖިލިސް ހިންގިޔަސް މެންބަރުން ތަމްސީލް ކުރައްވަން ޖެހޭ ދާއިރާ ތަމްސީލް ވާން ޖެހެއެވެ. ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީން ވިޕްލައިންތައް ފާސްކުރާއިރު އެ ގްރޫޕްގައި މެންބަރުން ވޯޓު ދެއްވާ ގޮތް އެ މެންބަރަކު ތަމްސީލް ކުރައްވާ ދާއިރާގެ ރައްޔިތުންނަށް އެނގެން ޖެހެއެވެ. އެ ގްރޫޕްގެ އެތެރޭގައި ސިޔާސީ ރޭވުންތަކާއި ކޯޅުންތައް ހިނގިޔަސް އެ ކަން އެނގެން އެބަ ޖެހެއެވެ. ރައްޔިތުންގެ މަޖިލިސް ހިންގުމުގެ ވިސްނުމަކީ ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ މަންދޫބުން ތިބެގެން ގާނޫނީ ނިޒާމު ބައްޓަން ކުރުން ކަމުގައިވާނަމަ ދިވެހި ރައްޔިތުންނަށް އެ ރައްޔިތުން އިންތިހާބު ކުރި ސުޕަ މެޖޯރިޓީ ގްރޫޕްތައް ނިންމުންތައް އަންނަ ގޮތް ފެންނަން އެބަ ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އިބުރާހިމު

    އެމްޑީޕީގެ އެތެރެ ހިނގާގޮތް ބަލާކައް ނުޖެހޭނެ..... އެމްޑީޕީ މީހުންނައް އިގޭނެ އެމްޑީޕީ ހިނގާގޮތް......... ވަރައްސަަލާން.

    1
    21
    • މުޖައްރިބް

      ނޭގޭ ނުވެސް އެގެއެންނު. އެއްގޮތަކަށްވެސް ނޭގޭ. މަޖުލީހު ރައީސަކު ހޮވަން އަސްލަމުއާއި އަފީފަށް ހެދީ ކިހިނެއް. ފައްޔާޒު ވަކިކުރަން ޕެޓިޝަނުގަ ސޮއިކުރުންވަނީ ކިހިނެއް. އަމީނު ވަކި ކުރަން ހެދީ ކިހިނެއް. އަންނިއާއި ރައީސާއި ދެމީހުން ޚިޔާލުތަފާތުވެ، ތަޅާފޮޅަނީ ކީއްވެ. ބުރާންޗާ ހަމަ ހުސް އަޑިނޭގޭ ކަންކަން. އެހެންތާ ވާނީ އެމްޑީޕީގެ ޑިމޮކްރަސީއަކީ "އެޅިހާ ބަތަކަށް ރިހަ"

  2. ޙައްގުބަސް

    އެމްޑީޕީ އެތެރެ ހިނގާ ގޮތް ސާފުކޮށްދޭންޖެހޭ ވަރަށްވުރެން އެޕާޓީގެ ހިންގުމުގެ ޚުދުމުޚުތާރުކަން ބޮޑުކަމާއި ޑިމޮކްރަސީއޭ މިކިޔާ އެއްޗެއްގެ ކަންފުޅެއްވެސް ނެތްކަން ދިވެހި ރައްޔިރުންނަށް އެނގޭ!! އެކަން ނޭނގޭ ބަޔަކަށް އުޅޭނީ މީގެ ހަ ވަރަކަށް އަހަރު ކުރިން އުސްފަސްގަނޑުގައި ކާޅުތަކަށް އަނިޔާދީ ކޮށިކޮށީގައި ބަންދުކޮށް ބައިތިއްބާ އެސޮރުތައް ގުރުބާންކޮށްގެން އޭގެ ލޭ ބޫގަލްއަށް ބޭނުންކޮށް ބޮނޑިބަތައް އަޅާ އެކައި އުޅުނު މީހުންނަށް އެކަނި!! އެމީހުންގެ ލޯތަކާއި ސިކުނޑިތަކާ ކަންފަތްތައްވަނީ ޣާފިލްކަންމަތީ!! އެޕާޓީގެ ރޫޙާނީ ލީޑަރު ހުރިހާވެސް އެއްޗަކީ!! އޭނާއަށް ޑިމޮކްރަސީވެސް އެނެގެނީ!! އެހެންވީމަތާ މިހާރު މިއޮތް ސަރުކާރު އާއިލީ ސަރުކާރަކަށްވެ ނިމިފަ މިވަނީ!! ރައިސް އިޞުގެ ޅިޔަނު ޙަމީދު ކަމިޝަނަރ އޮފް ޕޮލިސް އަކަށް އެހުރީ!! ރައްޔިތުންގެ މަޖްލީހުގެ ރައިސް ނަޝީދުގެ ކޮށްކޮ އީވާ އެމަޖްލީހުގެ ނައިބު ރައީސކަށް އެހުރީ!! ނަޝީދުގެ ބޮޑުބޭބެ ރައިސް އިބޫގެ އަންހެނުން ފަޒުނާގެ ދެބެއިންގެ ދެދަރި ކެރަފާ ނަސީމް ހެލްތު މިނިސްޓަރަކަށް އެހުރީ!! ނަޝީދަށް ބޮޑުބޭބެ ކިޔާ އަންހެނެއްކަމުގައިވާ ނޫޝީން އެހުރީ ރައިސް އޮފީހުގެ އިސް މަގާމެއްގައި!! މިހެންގޮސް ކިޔާނެ ކަމެއްނެތް ބަލާލި ކޮންމެ ތަނެއްގައި ޢާއިލީ މީހަކު ބާރުވެރި މަގާމެއްގައި ނެތް އެއްތަންވެސް ނެތް!! ހަމަ ނަޝީދު އާއި އިބްރާހިމް މުހައްމަދު ސާލީހާއި ގުޅިގެން ބޭނުން އެއްޗެއް ހަދަމުން އެދަނީ!! ކޯލިޝަން އެތިބީ ބިރުން!! އޮތީ ބިރު ދައްކާފަ!! އެމީހުން ޔާމީން ސަރުކާރުގައި ހެދި ގޯސްތައް (ގާނޫނާ ޚިލާފް ކަންކަން) އެމީހުނަށް ރަގަނޅަށް އެނގޭ މިހާރު މިނިވަންވެފައި ތިއްބަސް!! އެއްޗެކޭ ބުނެ ކޯލިޝަނުން ވަކިވާން މަސައްކަތް ކޮށްފިނަމަ އެކަންތައްތައް ހިލުވާލާނެ!! އެކަން ހިލުވާލާނީ ނަޝީދު އިބޫ އަޑީގަ ތިބެގެން އެމްޑީޕީގެ މަޖްލިސް މެމްބަރުން މެދުވެރިކޮށް!! އެހެންވީމަ މައުމޫނަކަށް ގާސިމަކަށް ނެތް ހަމަ ޗުއްޕުއޭވެސް ބުނެވޭކަށް!! އެހެންވެސް މަރު މިހެންވެސް މަރު!! އެހެންވީމަ ހަނު އެތިއްބަވަނީ!! އެމީހުން މިގައުމު ހަލާކުކުރީ!! އެމީހުން ނިކަން ރަގަނޅަށް މިކަމުގައި ޒިންމާ ނަގަންޖެހޭނެ!! ހަމަހިލާ އެމީހުންނަށް އެހެން ރެކިގަނެގެން ތާއަބަދަކު ނުތިބެވޭނެ!! ދެން އިމްރާނު އެހުންނަނީ ޕަޕެޓަކަށް ހަދާ މިމީހުން ބޭނުންވާ ގޮތެއް ހަދައިގެން ނުވިތާކަށް ފުލުހުން ބަދުނާމުކޮށް ތަންތަނަށް އަރާ ދޮގުހަދަން!! އޭނާވެސް ހީކޮށްގެންނުވާނެ އަބަދު އެމަގާމުގައި އެގޮތަށް ދޮގުހަދާލަ ހަދާލަ ހުރެވޭނެކަމަކަށް!! ގާނޫނު އަރާ ހަމަކުރާނެ އޭނާއާވެސް!!

    24
    1
  3. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    ވައްކަންކުރާ ޕާޓީއަށް ދޮގެއް ހެދެން އޮއްޗާ ތެދެއް ހަދާނެތަ

    18
    1
  4. ކަށަވަރޭ

    އެމްޑީޕީން ރައީސް އިބޫ އެބަޖެހޭ ބޭރުކުރަން ރައީސް އިބޫ އަކަށް ސަރުކާރެއް ވެސް ނުހިންގެއޭ ރައީސް އިބޫގެ ސަބަބުންނޭ އެމްޑީޕީގެ ވެރިކަން ނާކާމިޔާބު ވަމުންދަނީ އިންޑިއާގެ ގޮނޑި ކޮއްކޮ ސަރުކާރު ހަދައިގެން ޗައިނާ އާއި ޖައްސާލައިގެން އުޅެނީއޭ ޗައިނާ އިން ވެސް ލޯން ޖަޕާނުންވެސް ލޯން ނަގަންވީއޭ އަދި ރާއްޖެ އަށް މިވެރިކަމުގައި ގެނެވުނު އެންމެ އެމްބަސީ އެއް ވެސް ހުރީ އެއް ނޫނޭ ފޮރިންގް މިނިސްޓަރު ކަމުން ޝާހިދު ވެސް ވަކި ކުރަންވީއޭ އިގްތިސާދު ވެސް ފުނޑެނީއޭ އިކޮން މިނިސްޓަރު ކަމުން ބްރޯ ވެސް ވަކި ކޮށް އަދި ޔޫތު މިނިސްޓަރަކަށް ވެސް ލާންވީ ތަޖްރިބާ ހުރި ކަންކަން ކުރަން ދަންނަ މީހެކޭ މަޚްލޫފު އަކީ އެއީ ދެން ތަޖްރިބާ އެއްވެސް ނެތް މާބޮޑަށް ތަންދޮރު ދަންނަ މީހެއް ވެސް ނޫނޭ މިކަން ކަން ނުކޮށް އެމްޑީޕީ އަށް ކުރިއެރުން ނުލިބޭނެ ކަން އެއީ ޔަގީން ކަށަވަރު ކަމެކޭ...

    13
  5. ޖައްސަންވީއޭ

    ރައީސް އިބޫ އަދި ނައިބް ރައީސް ފައިސަލް އަށް ރާއްޖެ ނުހިންގޭނެއޭ އެއަށް ވުރެން ތަޖްރިބާ މަދު ރަނޑު މީހުންނޭ އެމެންނަކީ ކަން މިހެން ހުރުމުން އެމްޑީޕީން ކެނެރީގެ ނަޝީދު އިސްވެހުރެ އިކޮނޮމިކް ކައުންސިލެއް އެމްޑީޕީ ތެރޭގައި ހަދަންވީ ކެބިނެޓް މެމްބަރުން ނުލާ އެ ކައުންސިލުން ނިންމަންވީ މާލެ ސަރަހައްދުގައި ހުރި ފަޅު ތައް އެމްޓީސީސީ މެދުވެރިކޮށް ހިއްކާ އެތަނުން 25 ހާސް އަކަފޫޓް ހިމެނޭ ގޮތަށް ބްލޮކްސް ތައް ނަގާ އެއިން ކޮންމެ ބްލޮކެއް ނީލަމުގައި ވިއްކާލާނީ ފެށޭ އަގަކީ 1 މިލިއަން ޑޮލަރު މިފަދަ ބިންތައް ވިއްކާލާނީ 100 އަހަރު ދުވަހަށް މިފަދަ ބިން ތައް ވިއްކާލުމުން ދެން ބިމު ކުލި ދައްކަން ނުޖެހޭނެއޭ އެއިރުން ދެން އެފަދަ ބިން ތަކުގައި އިންޑަސްޓްރިއަލް މަސައްކަތް ތައް ކުރާނެއޭ އެގޮތުން ލޯކަލް ކުންފުނި ތަކާއި އިންޓަރނޭޝަނަލް ކުންފުނި ތަކަށް ހުޅުވާލައިގެން މިކަން ކުރަންވީއޭ...

    8
    1
  6. މާނު

    ހުދުމުތާރުކަން ގަދައީ

  7. ދިސްވޭ

    އެމްޑީޕީގެ ވެރިކަން ކާމިޔާބު ކުރަން ބޭނުންނަމަ ކެނެރީގެ ނަޝީދު އެބަޖެހޭ ކެރިގެން ކޮންމެ ގޮތެއް ވިޔަސް ހެޔޮ ކަމަށް ކެރިގެން ކުރިއަށް ނިކުންނަން އެގޮތުން ފުރަތަމަ ކުރަން ޖެހޭ ކަމަކީ ކެބިނެޓް އޯވަރހޯލް ކުރަންވީއޭ މިދަންނަވާ މިނިސްޓަރުން އެބަޖެހޭ ވަކި ކުރަން އެގޮތުން ފޮރިންގް މިނިސްޓަރު ޝާހިދު އަދި އިކޮން މިނިސްޓަރު ފައްޔާޒު އަދި ފިނޭންސް މިނިސްޓަރު އަމީރު ތިމާވެށި މިނިސްޓަރު ހުސެއިން ޔޫތު މިނިސްޓަރު މަލީހު މިި މިިމިނިސްޓަރުން ވަކި ކޮށް ހަދާ ތިމާވެށި މިނިސްޓްރީ ވެސް ދެ ފަޅި އަށް ބަހާލަންވީއޭ އެގޮތުން ތިމާވެށި މިނިސްޓްރީ އެއް އެއީ ހަމަ އެކަނި ތިމާވެށި ރެގިއުލޭޓް ކުރަން އޮންނަ ތަނަކަށް ހަދާ ފެނާއި ނަރުދަމާ ގެ ޕްރޮޖެކްޓްސް ތައް ވެސް ހައުސިންގް މިނިސްޓްރީ ދަށަށް ގެންދަންވީއޭ ދެން ވަކިން އެނަރޖީ މިނިސްޓްރީ އެއްވެސް އުފައްދާ އަދި އޭގެ އިތުރަށް ރާއްޖެ އިންޑަސްޓްރިއަލައިޒްޑް ކަންޓްރީ އަކަށް ހެދުމަށް ޓަކައި ވަކިން އިންޑަސްޓްރިއަލް މިނިސްޓްރީ އެއް އުފައްދާ އިންޑަސްޓްރިއަލް މިނިސްޓަރަކު ވެސް އައްޔަން ކުރަންވީއޭ ސަރުކާރުގެ އިދާރީ ހިންގުމަށް ވަރަށް ބޮޑެތި ބަދަލު ގެނެސްގެން މެނުވީ ކުޅަދާނަ އެއް ނޫނޭ އެމްޑީޕީ އަށް މިސަރުކާރު ކާމިޔާބު ކުރަން މިހާރު އޮތް ކެބިނެޓް އަކީ އެއީ އެއްވެސް ކަމެއް ވާ ބަޔެއް ނޫނޭ ކެބިނެޓް މެމްބަރުން އަމިއްލަ އަށް ނޫނޭ އެމެންނަށް ކަންކަން ވާ ވާހަކަ ދައްކާނީ އެވާހަކަ ދައްކާނީ ތާރޑް ޕާރޓީ ކަމަށް ރައްޔިތުންނޭ...

    6
    1
  8. ދިސްވޭއޭ

    އެމްޑީޕީގެ ވެރިކަން ކާމިޔާބު ކުރުމަށް ޓަކައި އެބަޖެހޭ ހައުސިންގް މިނިސްޓްރީ ވެސް ފަޅާލަން އެގޮތުން އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްސް އެގްޒެކިއުޝަން މިނިސްޓްރީ އެއް ވަކިން އަދި ހައުސިންގް މިނިސްޓްރީ އެއް ވަކިން އަދި ޕްލޭނިންގް މިނިސްޓްރީ އެއް ވަކިން ކޮންސްޓްރަކްޝަން މިނިސްޓްރީ އެއް ވަކިން ތިން މިނިސްޓްރީ އެބަޖެހޭ އުފައްދަން އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްސް މިނިސްޓްރީން ތަންފީޒު ކުރާނީ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްސް ދެން ހައުސިންގް މިނިސްޓްރީން ކުރާނީ ހަމަ އެކަނި މާލެ ސަރަހައްދުގައި އަހަރަކު 2 ހާސް އަކަފޫޓްގެ 25 ހާސް ގޯތި ދެވޭނީ ކިހިނެއްތޯ ބަލާ އެއަދަދަށް ގޯތި ދެވޭނެ އުސޫލުން މާލެ ސަރަހައްދުގެ ފަޅު ތައް ހިއްކުން ކުރިއަށް ގެންދާނީ ދެން ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރިއަށް ގެންދާނީ ސަރުކާރުގެ ބިލްޑިންގް ކޮންސްޓްރަކްޝަން ހުރިހާ ޕްރޮޖެކްޓްސް ތަކުގެ ބިޑިންގް ޕްރޮސެސް އެކަނިއޭ ޕްލޭނިންގް މިނިސްޓްރީން ނޭ ހުރިހާ ޑިޒައިންސް ސްޓަޑީސް ތަކާއި އަދި ބިޑް ޑޮކިއުމެންޓްސް ތައްޔާރު ކުރާނީ އެއިރުން ސަރުކާރުން ނެެރެދޭނެ ނަތީޖާ މާބޮޑަށް ރަނގަޅުވާނެއޭ..

    5
    1
  9. ވަފާތެރި މެމްބަރު

    ޢެތެރޭގެ އިންތިހާބުތަކަށް އަތްބޭނުންމީ ވަރަށް ހިތާމަކުރާ ކަމެއް.މެންބަރުންނަށް ސާފުކޮށް އިނގޭކަމެއް.އަދި މެންބަރުން ބަލައިނުގަންނަ ކަމެއް.މެންބަރުން ޤަބޫލުކުރާ ހަމަތަކާއި ޚިލާފު ކަމެއް.ރަނގަޅުވާނެ ކަމަށް އުންމީދުގައި އެބަހުރިން.

  10. ނަމޫނާ

    ކޮއްމެ ސިޔާސީ ޕާޓީ އެއްވިޔަސް ޕާރޓިގެ އެތެރޭގަ ހިންގުންތެރިކަން ރައްޔަތުންނައް ނުދެއްކޭނަމަ‘ ވޯޓުހޯދަން އަންނާނެ ކަމެއްނެތް.
    ޢެތެރޭގެ ހިންގުން ރަގަޅު ޕާޓީއެއް އަތުވެއްޖެނަމަ އެމްޑީޕީ އާއި ޕީޕީއެމް ފަހަތައް ޖައްސާލެވެނޭ ކަން ގައިމު

  11. ޙަސަނު

    އެމް ޑީ ޕީ ހިނގާނީ ލާދީނީ ކޮށް