ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން – ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން – ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ މުވައްޒަފުން މައިގަނޑު ގޮތެއްގައި ބެހެނީ ދެބަޔަކަށެވެ. އެއީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ސިވިލް ސާވަންޓުންނެވެ. މީގެ އިތުރުން ސަރުކާރު މުވައްޒަފުންނަށް ރަސްމީކޮށް ނުވި ނަމަވެސް ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ޒިންމާ ކުންފުނިތަކުގެ މުވައްޒަފުން ވެސް އުފުލައެވެ. އެހެންކަމުން ސަރުކާރު މުވައްޒަފުންގެ ބަޔަކަށް ހަޤީޤަތުގައި ކޮންމެވެސް ސިފައެއްގައި ކުންފުނިތަކުގެ މުވައްޒަފުން ވެސް ވެއެވެ. ދެން ތިއްބެވީ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމުގައި އެހީތެރިވެ، އަދި ސަރުކާރު ޕްރޮމޯޓް ކުރުމުގެ ޒިންމާ ވެސް އުފުލަން ޖެހޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ.

މިދެންނެވި ހުރިހާ ފަރާތްތަކަކީ ވެސް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސިޔާސަތުތައް ކާމިޔާބުކަމާއި އެކު ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމުގެ ޒިންމާ އުފުއްލަވަން ޖެހޭ ފަރާތްތަކެވެ. ނަމަވެސް ފެންނަނީ މިމަންޒަރެއް ނޫނެވެ.

ސިވިލް ސާވިސް މުވައްޒަފުންނަށް ބަލާއިރު އެއީ ސިޔާސީ އެއްވެސް މަސައްކަތެއް ކުރަން ޖެހޭ ބައެއް ނޫނެވެ. ނަމަވެސް ސިވިލް ސާވިސްގެ ޤާނޫނުން ސިވިލް ސާވަންޓުންގެ މައްޗަށް މަތިކޮށްފައި އޮތް ވާޖިބަކީ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމެވެ. ޤާނޫނުން އެވާޖިބު ހަވާލުކޮށްފައި ވީނަމަވެސް ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމަށް ގަސްދުގައި ހުރަސްއަޅާ ސިވިލް ސާވަންޓުން ވަރަށް ގިނައެވެ.

ކުޑަކުޑަ މިސާލެއް ދަންނަވާލާނަމެވެ. ސަރުކާރުގެ ކޮންމެ މިނިސްޓްރީއެއްގައި ވެސް ވަރަށް ބޮޑު ޕީއާރް ޑިޕާޓްމަންޓެއް ނުވަތަ މީޑިއާ އާއި ބެހޭ ޑިޕާޓްމަންޓެއް އޮވެއެވެ. ރައީސް ޔާމީންގެ އެންމެ ގިނަ ތަރައްޤީގެ މަޝްރޫޢު ހިންގާ މިނިސްޓްރީގައި ވެސް މިފަދަ ޑިޕާޓްމަންޓެއް އޮވެއެވެ. އެތަނުގައި "ވަރަށް ބޮޑު މީޑިއާ އޮފިޝަލެއް" ހުންނަވައެވެ. ނަމަވެސް އެ މިނިސްޓްރީ އިން ކުރައްވާ އެއްވެސް މަސައްކަތެއް މައުލޫމާތު ސާފުކުރުން "ކަނޑުލުން ހިތި ފިލުވުމަށް ވުރެ އުނދަގުލެވެ."

އެބޭފުޅާ އަށް ފޯނު ކުރުމުން ފޯނަށް ޖަވާބު ދެއްވާނީ ވެސް މަދު ފަހަރަކު އެވެ. ފޯނަށް ޖަވާބު ދެއްވާ ފަހަރެއްގައި ވިދާޅުވާނީ ސުވާލުތައް ވައިބާ ކޮށްލުމަށެވެ. ވައިބާ މެސެޖަށް ތިން ހަތަރު މަސް ވާއިރު ވެސް ޖަވާބެއް ނުދެއްވައެވެ.

މިނިސްޓްރީގެ ނަން އެހެން ފުރުސަތެއްގައި ލިޔާނީއެވެ.

މިއީ އެންމެ މިނިސްޓްރީއެއްގެ ވާހަކައެވެ. ނަމަވެސް ސަރުކާރުގެ ގިނަ އޮފީސްތަކުގެ ވެސް ހާލަތު ހުރީ މިދެންނެވި ގޮތަށެވެ.

ސަރުކާރުގެ އޮފީސްތަކުން މައުލޫމާތު ހޯދުމަށް ޤާނޫނީ ގޮތުން އެތައް މަރުހަލާއެއް ކަޑައްތުކޮށްގެން މައުލޫމާތު ލިބޭނެ ގޮތްތައް އެބަހުއްޓެވެ. ނަމަވެސް އެފަދަ ބުރައެއް އުފުލައިގެން މައުލޫމާތު ލިބޭއިރު ގިނަ ފަހަރަށް އެމައުލޫމާތު އޮންނަނީ ކުނިވެފައެވެ. ނުވަތަ އެފަދަ ބުރައެއް އުފުލައިގެން މައުލޫމާތެއް ހޯދުމުގެ ޒިންމާ ކޮންމެހެން މީޑިއާ އިން އުފުލާކަށް ނުވެސް ޖެހެއެވެ. އެއީ ވަރުވަރުން މުސާރަ ދެއްވާފައި ތިއްބެވި ކިތަންމެ ބޭފުޅުންނެއް އޮފީސްތަކުގައި ތިއްބަވާތީއެވެ.

ދެން ސަރުކާރުގެ ކުންފުނިތަކެވެ. ކުންފުނިތަކުގެ އެމްޑީ އިންނާއި ޗެއާމަނުން ސަރުކާރު ހިންގާ ޕާޓީގެ ބައްދަލުވުންތަކުން ވަރަށް ގިނައިން ފެނެއެވެ. ނަމަވެސް ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމުގައި ގިނަ އެމްޑީންނާއި ޗެއާމަނުން ވަނީ ފަހަތުފަޔަށް ބުރަވެފައެވެ. އަދި އިޖުތިމާޢީ ޒިންމާގެ ދަށުން ކަމަށް ވިދާޅުވެ ބައެއް އެމްޑީންނާއި ޗެއާމަނުން ގެންދަވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ސަރުކާރު ކުންފުނިތަކުން ޚަރަދު ވެސް ކުރައްވަމުންނެވެ. މިކަމުގެ ހެކި ވަރަށް ގިނައިން ފެންނަން އެބަހުއްޓެވެ. އެހެކިތައް ވަރަށް އަވަހަށް "ވަގުތު" އިން ހާމަކުރާނެއެވެ.

ދެން ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ. ސަރުކާރު ހިންގާ ޕާޓީގެ ޚަރަދުގައި ކެމްޕޭން ކުރައްވައިގެން މަޖިލީހުގެ ގޮނޑިއަށް ވަޑައިގެންނެވިއެވެ. އަދި އޭގެ ފަހުން ވެސް ސަރުކާރުގެ ތެރެއިން ލިބެން އޮތިއްޔާ އޮތް އިނާޔަތަކާއި ފައިދާއެއް އެބޭފުޅުންނަށް ލިބިވަޑައިގަންނަވައެވެ. އެކަމުގައި ޙައްޤެއް ބާތިލެއް ނެތެވެ. ކޮންމެ ސަރުކާރެއްގައި ވެސް ކަންތައް ހިނގަނީ މިގޮތަށެވެ.

ނަމަވެސް އެމެންބަރުންގެ ފަރާތުން ސަރުކާރަށް ލިބޭ ސިޔާސީ ފައިދާއެއް ނެތެވެ. ޓީވީ އިންޓަވިއުއެއް ނުވަތަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ދައްކަވާ މޮޅު ވާހަކަފުޅެއް ފިޔަވައެވެ. ސަރުކާރު ދިފާޢުކޮށް ސަރުކާރު ޕްރޮމޯޓްކޮށް ސަޕޯޓަރުން އިތުރު ކުރުމަށް ވުރެ ބޮޑަށް ޒާތީ ހަސަދަވެރިންގެ ދުވަސް ދުއްވާލާ، އަމިއްލަ ޖާހަތު ބޮޑު ކުރުން ފިޔަވައި އިތުރު މަސައްކަތެއް ބައެއް މެންބަރުން ނުކުރައްވައެވެ.

މިކަންކަމުގެ ނަތީޖާ އަކަށް ވެގެން ދާނީ ކޮންކަމެއް ހެއްޔެވެ؟ މިނިސްޓްރީތަކުގެ ޕީއާރް މަސައްކަތްތަކަށް ބޭކާރު ޚަރަދުތަކެއް ކުރެވި ނަތީޖާ ނުދެއްކުމުގެ ނަތީޖާއަކަށް ވެގެން ދާނީ ސަރުކާރުން ކުރަމުންދާ ކަންކަމުގެ ތެދު މައުލޫމާތު ރައްޔިތުންނަށް ނުލިބުމެވެ. ތަރައްޤީގެ މަޝްރޫޢުތައް ފެށި އަދި ނިމިގެންދާ މިންވަރު ރައްޔިތުންނަށް ސާފު ނުވުމެވެ. އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ބެހޭ ގޮތުން ދައްކާ ވާހަކަތަކަށް ފުރިހަމަ ރައްދެއް ސަރުކާރު ފަރާތުން ނުދެވި އިތުރު ދައުރެއްގެ ހުވަފެން ސަރުކާރަށް ބިލާހަކަށް ވެގެން ދިއުމެވެ.

ކުންފުނިތަކުގެ އެމްޑީންނާއި ޗެއާމަނުންގެ އަމަލުތަކުގެ ސަބަބުން ދެން އަންނަ ސަރުކާރަކުން ވެސް އެބޭފުޅުންނަށް މަގާމު ކަށަވަރު ވާނެ ކަމުގެ ޔަގީންކަން ލިބިދާނެއެވެ. ނަމަވެސް ސަރުކާރުގެ ތެރޭގައި ތިބެގެން އެބޭފުޅުން އިށީންނާނެ ގަލެއް ހޯދަން އެކުރާ މަސައްކަތް ނުހުއްޓުވައިފިނަމަ ރިޔާސީ އިންތިޚާބުގެ ތެރޭގައި އެކަމުގެ ހިތި ރަހަަ ސަރުކާރުގެ ކަރުބުޑުގައި ލާނެ ކަމާއި މެދު އިތުރަށް ސުވާލު ވެސް ކުރާނެ ކަމެއް ނެތެވެ. މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އެމްޑީންނާއި ޗެއާމަނުން އިދިކޮޅު ފަރާތްތަކަށް ކުރަމުން ގެންދާ ޚަރަދުތައް މިހާރުން މިހާރަށް ހުއްޓުވޭނެ ގޮތެއް ސަރުކާރުން ހޯދަން އެބަޖެހެއެވެ.

ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ޒާތީ ކަންކަން ކުރިއަށް ނެރުއްވައިގެން ކުރައްވަމުން އެގެންދަވާ ކަންތައްތަކުގެ ނަތީޖާ ވަރަށް ގޯސްވާނެއެވެ. ރިޔާސީ އިންތިޚާބުގެ މުޅި ކެމްޕޭން ކޮންޓްރޯލް ކުރައްވަމުން އެގެންދަވާ ރައްޔިތުން މަޖިލީހުގެ މެންބަރުން ރައީސް ޔާމީން ޕްރޮމޯޓް ކުރުމުގެ ބަދަލުގައި އަމިއްލަ ދުޝްމަނުން ނައްތާލާ، އަމިއްލަ މަންފާ ހާސިލް ކުރަން ކުރަމުން ގެންދާ ކޮންމެ ކަމެއްގެ ނަތީޖާ އަކީ ރައީސް ޔާމީނަށް ވޯޓްތަކެއް މަދުވެގެން ދިއުމެވެ.

ބަޣާވާތް ކުރުމަކީ ހަތިޔާރު ހިފައިގެން ވެރިކަން ވައްޓާލުން އެކަންޏެއް ނޫނެވެ. ފައިސާ ދީގެން ސުޕްރީމް ކޯޓުން އަމުރެއް ނެރުން އެކަންޏެއް ވެސް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދީގެން ސަރުކާރު ބަދަލު ކުރަން މަސައްކަތް ކުރުން އެކަންޏެއް ވެސް ނޫނެވެ.

ސަރުކާރާއި ދެކޮޅަށް ޤާނޫނާއި ހިލާފަށް ކުރަމުން ގެންދާ ކޮންމެ ކަމަކީ ބަޣާވާތެކެވެ. ސަރުކާރުގެ ބޮޑު މަންޒަރަށް ބެލުމުން ފެންނަ މަންޒަރަކީ މިހާރު "ސަރުކާރު ނޭވާ ހާސްކޮށްލާނެ ބަޣާވާތެއް" ތައްޔާރުވަމުން އަންނަނީ ސަރުކާރުގެ އެތެރެއިން ކަމެވެ. ސަރުކާރުގެ އެތެރެއިން ވަޒީފާ އާއި އެހެނިހެން ފައިދާތައް ހޯދާ ހާއިނުންނަކީ ރައީސް ޔާމީނަށް ވެރިކަން ދިފާޢު ކުރަން މިހާރު އޮތް އެންމެ ބޮޑު ހުރަހެވެ. ސަރުކާރުގެ މައްޗަށް ބާރު ނުފޯރުވޭ ހިސާބަށް އެމީހުން ދުރު ނުކޮށްފިނަމަ މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ރައީސް ޔާމީން ދެކެވަޑައިގަންނަވާ ހުވަފެން ވާނީ ބިލާހަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

60 ކޮމެންޓް

 1. ސަރުކާރަށް ވަފާތެރި

  މީ ވަރަށް ވެސް ތެދުވާހަކަފުޅެއް

 2. އަނިޔާވެރި ސަރުކާރެއް ވައްޓާލަންޖެހޭ.
  ކަޅު ފައިސާގެ ސަރުކާރެއް.
  ކޮރަޕްޝަނާއި ވައްކަން ހުއްދަކުރި ސަރުކާރު ވައްޓާލަންޖެހޭ

  • ކަލެއަށް ކޮރަޕްސަން އެއީ ކޮންއެއްޗެއްކަން އެގޭތަ

  • އަނިޔާވެރި ސަރުކާރެއް އަހަރެމެން ދެކެފިން. އެއީ.އެމްޑީޕީ ސަރުކާރު، ދިވެހި ކުންފުނިތައް އިންޑިޔާއަށް ވިއްކާލި، ފާދިރީ ހާޑިން ހަމްއަށް ދައުލަތުގެ މާލިއްޔާތުން ބައިއެޅި، ދިވެހިންގެ 100 ޕަސެންޓް ހިއްސާއޮތް ދިރާގު ދިވެހިން އަތުން ފޭރި ބޭރުގެ ބަޔަކަށް ވިއްކާލި. ނަޝީދުގެ އައުވާނު ޑެންމާކަށް ފެންކުންފުނި ވިއްކާލި. މިހިރީ ދިވެހިންގެ ހަރުމުދާތައް އަނިޔާވެރިކަމާއެކު ލާދީނީ އެހީތެރިންނަށް ދިން ކަމުގެ ހެކި. ކަލޭމެން އަނިޔާވެރިއޭ ތިކިޔަނީ، ﷲ އަށް ބިރުވެތިވުމެއްނެތި ހަދާ ބޮޑު ދޮގެއްގެ ގޮތުން. ކަލޭމެންނަށް ހަލާކާ ގެއްލުން ހުރި. ކަލޭމެނަކީ، ޔަހޫދީންނަށްވުރެ ނުބައި ދޮގުހަދާ ބައެއް.

  • ޜަބީލް ތިބުނީ 100ގެ ތެދު ވާހަކައެއް

 3. މަޖްލީސް (މެމްބަރުނަކީ ސަރުކާރު ޕުރޮމޯޓް ކުރަން ޖެހޭ ބައެއް) ހަމަ ކައުސިލަރުންނަކީ ވެސް އެފަދަ ބައެއް އެމީހުން ވެސް އެމީހުން ގެ ޕާޓީ ޕުރޮމޯޓް ކުރަން މަސައްކަތް ކުރާނެ ދެން ކިހިނެއްވީތޯ މަނިކްފާން އެބޭފުޅުން ގެ ވާޖިބައް ހުރަސް އަޅަނީ މިސާރަ ނުހިނގާ ގޮތައް ގޭގަ މަޑުކުރަން އަންގަނީ.. ތި ވިދާޅުވާ ސިޔާސަތުތައް ޕުރޮމޯޓް ކުރަން ޖެހެނީ ހަމަ އެކަނި ޕީޕީއެމްގަ ތޯ....

  • ތިޔަ ވިދާޅުވީ ނުބައިކޮށް، ކައުންސިލަރުންނަކީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުން ހޮަވާ ބައެއް، އެމީހުން ހޮވަނީ، އޭރަކު އޮންނަ ސަރުކާރަކުން އެރަށެއް ނުވަތަ އެދާއިރާއެއްގެ ރައްޔިތުންނަށް ކޮށްދޭން ކަނޑައަޅާ ކަންކަން ކުރުމަށާއި، ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމަށް. ފަހަރެއްގައިވެސް، އެމީހުން ސަޕޯޓުކުރާ ޕާޓީ ޕްރޮމޯޓު ކުރާކަށްނޫން. މިއީ ކަމަށްވެދާނެ ތި ކައުންސިލަރުންނަށްވެސް ވިސްނިފަ އެއޮންނަ ގޮތަކީ، މުޅިއަކުން ގޯހެއްނޫން. ތަންދޮރު އެނގި ގާނޫނާއި، މަސްއޫލިއްޔަތު އެނގޭ މިންވަރެއްގެ މައްޗަށް އެމީހެއްގެ އަމަލާ ބަސްހުންނާނީ.

 4. އާދަމްނަވާޒްގެ ލިޔުން ރީއްޗަސް ސަރުކާރަށްއޮތް ހިތްނިޔަތް ރަގަޅުނޫންކަން ވަރަށް ސާފު! ބޭރުފުށް އޮމާންކޮށް މަދު ޢިބާރާތަކުން އެމްޑީޕީ ކުށްވެރިކޮށްފަވަނީ ލިޔުމުގެ ހިތްނިޔަތުގައި މަތިއަޅަންކަން ވަރަށް ސާފެވެ.

 5. ރަގަނޅު ލިއުމެއް!!! ކޮންމެފަހަރަކުވެސް މިފެންނަނީ ރައިސް އަތަށް ބަޔަކު ގޮއްވާލާތަން!! ދުރާލާ އެފަދަ މައީމާތު ރައިސްއަށް އަރުވާ ފަރާތްތަކުންވެސް އަރުވާ!! ނަމަވެސް އެމަނިކުފާނު އެހާ އިތުބާރު ކުރައްވާ ބޭފުޅުން ނުވަތަ ބޭފުޅެއް އެމަނިކުފާނުގެ ބުރަކައްޓަށް ހަންޖަރު ހަރާލާނެކަމަށް ގަބޫލުފުޅު ނުކުރައްވާ!! ބަލާ އަދީބު ކަންތައްބކުރެއްވި ގޮތް!! އޭނާވެސް ކުޅިބައި އަތުރަނީ އިދިކޮޅަށްކަން ރައިސްއަށް ދެންނެވި ބޭފުޅުން އޭރު ދިޔައީ ދަންނަވަމުން!! ދެން އޮތީ ސްޕްރީމްބކޯޓުން ޖެހި އެތިފަހަރު!! އޭރު ހުރި ކަމިޝަރުގެވެސް ކަންތައްތައް ކުރަމުން ދިޔައީ ރަގަނޅަށް ނޫންކަން އޭނަގެ ދަށަށް ހުރި މީހާ ދިޔައީ އަންގަމުން!!! ދުރާލާ ފިޔަވަޅެއް ނޭޅުނު!! އަތައް ގޮއްވާލީ!! ދެން އެއައި ހާސްގަނޑުގެތެރޭ އިޚްލާސްތެރި ތެދުވެރި މީހާވެސް ބޭރުކުރެވުނުތަން ފެނުނީ!! ދެން މިހާރު!! އެމްޑީޕީން ގާނޫނުތަކަށް ގޮންޖަހާފަ އިއްޔެ އެކުރިކަމެއް އެމީހުން ބޭނުންވިގޮތަށް ކޮށް ނިންމާލީ!!! ފިޔަވަޅު ނޭޅުނީ ކީއްވެ؟؟ މިއީ ވިސްނާލަންޖެހޭކަމެއް!!! ދެވޭ މަޢުލޫމާތުގެ އަލީގައި ދުރާލާ ވެރި މީހާ ފިޔަވަޅު ނާޅާނަމަ ރިޔާސީ އިންތިޚާބުވެސް އަތައް ގޮއްވާލާނެ!!! ވިސްނާ!! ވިސްނާ!!! އިޚްލާސްތެރިން ކައިރިކުރޭ!!!

 6. އެކައުންޓަށް މިލިއަނުން ޑޮލަރު ވަންނަންޏާ ވޯޓު ނުގެއްލޭތަ.

 7. ވަރަށް ވެސް ތެދުވާހަކަފުޅެއް. ޝުކުރިއްޔަ ވަގުތު

 8. ކެނެރީ ސޮނި މުގާބޭ

  ވަރަށް މައުނަވީ އޮއްޓަރު ހުރި ލިޔުމެއް. އެމްޑީޕީ ހާއިނުން ޑީޕޯޓްކޮށް އާބިދާގޭ މޮހޮންމަދާއެކު އިސްރާއީލަށް ފޮނުވާލާ

 9. މަރިޔަމް އަސްމާ

  ވަރަށް ރަނގަޅު ލިޔުމެއް. މިއީ ހަގީގަތް. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑު ދަންނަ ސަރުކާރުގެ އެންމެ މަތީ މިނިސްޓްރީ އެއް ކަމުގައިވާ ފައިސާއާއި ބެހޭ ހުރިހާ ކަމެއް ނިންމާ މިނިސްޓްރީއަށް އެކަނި ބަލައިލިޔަސް ތިކަން އެނގެން އެބަހުއްޓެވެ. އެތަނުގެ ޕީއެސް އަކީ ގާސިމް އިބްރާޙިމް ގެ ޕަޕެޓެކެވެ. އޭނާގެ ބައްޕަ އަކީ، ގާސިމްގެ ފައިނޭންޝަލް ކޮންޓްރޯލާއެވެ. ހަމަ އެމިނިސްޓްރީގައި މަސައްކަތް ކުރާ ފައިނޭންޝަލް ކޮންޓްރޯލާއަކީ ސަރުކާރާ ދެކޮޅު މީހެކެވެ. އެ މިނިސްޓްރީގެ ބަޖެޓް ހެޑަކީ، އެމްޑީޕީ އެކްޓިވެސްޓެއްގެ ދަރިއެކެވެ. އަދި އޭނާއަކީ އެމްޑީޕީ ސަރުކާރުގެ އުފެއްދި ޔުޓިލިޓީ ކުންފުނީގެ އެމްޑީއެވެ. މިހެން ކިޔާކަމުގައިވާނަމަ އެ މިނިސްޓްރީގައި ތިބީ ހުސް އޭގެ މީހުންނެވެ. ސުވާލަކީ އެ ސީނިއަރ މިނިސްޓްރީގެ މިނިސްޓަރަށް ހަމަ ނޭނގެނީ ތޯއެވެ. މިކަމާ ވަރަށް ބޮޑަށް ވިސްނާ ފިކުރު ކުރަން އެބަޖެހޭ.

  • ޢަބްދުﷲ ޢަލީ

   ސަރުކާރުގެ ކޯޑިނޭޓަރަކު އޭނާ މަސައްކަތް ކުރާ އޮފީސް ނޫން އެހެން މިނިސްޓްރީއަކަށް ގޮސް އެތަނުގައި ހުންނަ ހުރިހާ ކަމަކާބެހި، އެތަނުން ދޫކުރާފައިސާގެ ކަންކަމާބެހި، އޭނާ ބޭނުންވާ ގޮތަކަށް އެކަން ކޮންތްރޯލްކޮށްގެން އޭނާއަށް ފައިދާ ކުރާ ގޮތަށް އެކަން ކުރާކަމަށް ވަރަށް ގާތް މީހަކު ބުނި، އަދި އެ މިނިސްޓްރީގެ މިނިސްޓަރ މިމީހާއާއި ވަރަށް ގާތް ގުޅުން ބާއްވައިގެން އޭނާއަށް ފައިދާ ހުރި ގޮތަށް މީނާ ބޭނުންކޮށްގެން ވަރަށް ގިނަ ކަންތައްތައް ކުރެއެވެ. މީނާގެ އުނދަގުލާ ހެދި މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ތިބެނީ ވަރަށް ރުޅި ގަދަވެފައެވެ.، މިކަން ނުހުއްޓުވައިގެން މިނިސްޓަރ ދެކެވެސް މުވައްޒަފުން ތިބެނީ ރުޅިއައިސްފައެވެ. މިއީ މިނިސްޓަރ ވިއްކައިގެން ކައިބޮއި އުޅޭ މީހެއްކަން ވަރަށް ގިނަ މީހުން ބުނާތީ އަޑު އަހަމެވެ.

 10. ސ ނުން ސޮނިބެ (އަންނި)

  ކެނެރީ ނަސީދަކީ ފިތުނަ ފަސާދައިގެ އައްޕަ...

 11. ހާސްވަނީތަ؟

 12. ނަވާޒު ކަލޭ ބުރާތިކާފައިތަތިހިރީ! ހޭވެރިވާކަހަލަ ލިޔުންތައް ލިޔެބަލަ!

 13. 1 އިންތިހާބެއް ބާއްވައިގެން ތާ އިންތިޙާބަކުން ބަލިވާނީ ކޮޔެއް ހީވަނީތަ އިންތިޙާބެއް ބާއްވާނެހެން...
  2 އިންތިޙާބެއް ބޭއްވިޔަސް ކޮންމެހެން ވޯޓަކުން ނޫން މޮޅުވާނީ ކޯޓުން ގޮތެއް ނިންމިދާނެ ހެހެހެހެހެހެ...

 14. މީ ދެ ކެބިނެޓް އޮންނަ ސަރުކާރެއް މިނިސްޓްރީ ތަކަށް ދީފައިވާ ވަރަށްވުރެމަތީ އިޚްތިޔާރުތައް އަޅުގަނޑު (މެޑަމްގެ) ކެބިނެޓުން ކުރިއަށް ގެންދާނެ އަސްލުގަ ރަނގަޅުވާނީ ދެސަރުކާރު ކިއްޔާ ހުރިހާ ގެއްލުމެއް ލިބެނީ ޔާނަށް

 15. ކޮންމެ ކަމަކަށް ބަޣާވާތް ބަޣާވާތޭ ކިޔަނީ މީހުނަށް ބޮޑެތި އަނިޔާވެރި ހުކުމް ތަށް ކުރަން ވެގެން ތޯއެވެ؟

 16. މަޖިލިސް މެމްބަރުގެ ޒިންމާއަކީ ސަރުކާރު ޕްރޮމޯޓް ކުރުމެއް ނޫން.

 17. ޢެއާރޕޯޓް

  މިކަމުގެ އެންމެ ކުރީސަފުގައި އުޅޭ އެއްތަނަކަށް ޤައުމުގެ މައި އެއާރޕޯޓް ހިންގާ ކުންފުނި އެމްއޭސީއެލް ވާނެއެވެ. އެކުންފުނީގެ އެމްޑީ އަކީ ސީދާ ސަރުކާރާ ދެކޮޅުމީހުންނަށް ޚާއްސަ އިސްކަމެއްދީގެން އެމީހުންނަށް ކަންކަން ފަހިކޮއްދޭ ބޭފުޅެކެވެ. ސަރުކާރަށް ތާއީދުކުރާ މީހުން އުޅެނީ އަބަދުވެސް ކޮންމެވެސް ކަންތައްގަޑެއްގެ ތެރޭގައެވެ. މިތަން ސަލާމަތްކުރާނެ ގޮތެއްވަރަށްއަވަހަށް ބޭނުން އެބަވޭ. މި އެމްޑީ އުޅެނީ މިނިސްޓަރ ސައީދު ބޮލަށްވެސް ޗިޕުޖަހައިގެން ހުރިހާ ކަންކަން އޮޅުވާލައިގެން އަސްލު ހަޤީގަތް އިންގިދާނެތީ ސަރުކާރަށް ތާއީދު ކުރާ އެއްވެސް މުއައްޒަފަކާ ސައީދު ދިމާވެދާނެތީ އެކަމަށް ވަރަށް ވިސްނައިގެން އަބަދުވެސް އުޅޭނީ، އަސްލު މީނައަކީ ބޮރޯއައް ޑީލްއެއް ހަދާދީގެން އެމްޑީ ކަން ހޯދިމީހެއް، މި ކޮމެންޓް ޕަބްލިޝްކޮށް މީގެން ފޮނި ބަދަލެއް މި އެއަރޕޯޓަށް ލިބޭނެކަމަށް އުންމީދު ކުރަން.

  • އެމްއޭސީއެލް އެމްޑީ އެއީ ބަރާބަރު މީހެއް އޭނައަށް ނޯޅޭ އޭނަގެ ވަޒީފާއެއް

 18. ވަރަށް ފުރިހަމަ ރިޕޯޓެއް..ފިޔަވަޅު އެޅުއްވުން ލަސްނުކުރެއްވުމައް ގޮވާލަން..ޚާއިނުންގެ ކިބައިން ގައުމު ސަލާމަތް ކުރުން ރައީސް ޔާމީންގެ މައްޗަށް ވާޖިބު..

 19. ހޫން ...ތިކަން ތިޔަވަނީ އެއްމެ ބަރާބަރަށެވެ. އެމްޑީޕީގެ އެކްތިވިސްޓެއް ޕީޕީއެމްއަށް ސޮއިކޮށްލާތަނުން އޭނާއަށް ހުޅުމާލެއިން ފުލްޓްދީ އަދި ނުވިތާކަށް ބޮޑެތި މަގާތައްވެސް މެޑަމް ދެނީއެވެ. މިކަހަލަވާހަކަތައް ނޫހުން ކިޔާލީމާވެސް އަންނަނީ ހިންޔެވެ. މިފަހަރު ފުލެޓްތައް ހަމަ ދިނީ މުޅިންވެސް އެގޮތަށެވެ، މެމްބަރު މަޖިލިސްގެ ގޮނޑި ހޯދަންވެގެން ފުލެޓްވެސް ރަށް ރށުގެ ބޮޑެތި އެކްޓިވިސްޓުންނަސް ދީފައި އެބަހުއްތެވެ.

 20. ވިސްނާމީހާ

  ވަގުތުން މިލިޔުންލިޔަން މާލަސްވެއްޖެ ސަރުކާރުގެ އެއްވެސް ވާހަކައެއް ސީދާ މިނިސްޓަރ މީޑިއާއަށް ކިޔައިނުދޭހާ ހިނދަކު އެމަޝްރޫއެއްގެ އަޕްޑޭޓެއް ކީއްކުރަން ވާހަކައެއްވެސް ނޭގޭނެ
  އަދި ސަރުކާރަށް ސަޕޯޓްކުރާ މީހަކު މެމްބަރަކާ ނުވަތަ އަދި އެހެންވެސް މީހާކާއި ބައްދަލުކުރަން އެދިއްޖެނަމަ ވަގުތެއްވާކަމަކަށް ނުވޭ ފުރުސަތެއް އޮތަސް އޮތީ އިދިކޮޅުމީހުންނަށް މިހެންވުމުގެ ސަބަބުން ޕާޓީއާއި މިސަރުކާރު މަތިން ފޫހިވާ މީހުންގެ ނިސްބަތް ދަނީ ދުވަހުން ދުވަހަކަށް ދަށަށް
  އޮފީސް ތަކުންނާއި ރައްޔިތުންނާއި ގުޅުން ހުރި ކަންތައްތަކުގައި އެބަޖެހޭ އަމިއްލަފައިދާއަށް ނުބަލާމަސައްކަތްކުރަން ކޮންމެހެން އަޑުކިޔާސޯބަށް ތެޔޮޖަހާއުސޫލުން ކަންތައްތައް ކުރަންޏާ ވެއްޓޭނީ ސަރުކާރުގެ އަގު

 21. އަބްދުއްލާ

  ތިޔަހެން ވާން ދިމާވާ ސަބަބަކި ސިޔާސީ މަގާމްތައް ދިނުމުގާ ގިނައިން ދީފާތިބީ ކުލަ ބަދަލުކުރި އެމްޑީޕީގެ ސަޕޯޓަރުންނަށް ވާކަން .ހަގީގަތުގަ ސިޔާސީ މަގާމް ދޭންވާނީ އިންތިހާބުގެ ކެމްޕޭނުގާ ޔާމީނު ހޮވަން ގަދައަޅާ މަސައްކަތް ކުރި ފަރާތްތަކަށް . އިހްލާސްތެރިންނަކީ އެއީ އެނޫންގޮތަކަށް ވަޒީފާދަވޭ ފަރާތްތަކަށް ސަރުކާރު ގެ ބޭނުމެއް ނޯންނާނެ ، އެމީހުނަށް ބޭނުންވާނީ އެމީހުނަށް މިހާރު ލިބޭ ވަގުތީ މަންފާ ސަރުކާރުގެތެރޭ މިހާރު ހުރި މައްސަލަތަކަކީ މިއީ އެކަން މާލަހެއްނުވެ ފެންނާނެ އޭރު އޮންނާނީ ވަގުތު ފާއިތވެފާ.

 22. އަލްޖިބްރާ

  ކޮންމެ ބަޔަކު ކޮންމެ ކަމެއް ކޮށްގެންވެސް މިމީހާ ވެރިކަމުން ބާލަން އެބަޖެހޭ !

 23. މިލިއުމުން ދޭހަވީ މިހާރު މިޤައުމުގައި ރައީސް ޔާމީނަށް ހެޔޮއެދޭ މީހަކުއެއްވެސް ތަނެއްގައި ނެއްކަން އަދިކޮންމެ ދިމާލަކުންވެސްފެންނަނީ ބަޔަކު ބަޣާޥަތްކުރަން އުޅެ މަންޒަރުކަން

 24. ޖަވާބެއްދެވާކައް ނެތެވެ ސަރުކާރުން ބޮޑަތި ހޭދަތައްކޮއްގެން ހިންގާ މަސްރޫތަކުގެ މަސައްކަތުގަ ކޮލިޓީއެއް ނުހުރޭ މިހެން ވަނީ ސަރުކާރުން އިހުލަސްތެރިކަމާ އެކު ހަވާލުކުރާ މަސައްކަތުގަ އަޑިނޭގެ ކަންތައް ތައްހުރުމުން ނޫސްވެރިން އެސުވާލުތައް އެމީހުނާކުރާނެކަން އެންގޭތީ ޖަވާބުދޭން ބޭނުން ނުވަނީއެވެ ސަރުކާރައް ނިސްބަތްވާ ގިނަ އެމްޑިން ނަކީ ކަޓްޖެހުމުގަ ހައްދުންނެއްޓި ބޭޒާރުވެ ބޭކާރު ބައެކެވެ ރައީސް ޔާމިނައް ހުރި ބޮލުރިހުމެކެވެ

 25. ރަގަނޅު ވާހަކައެެއް ޔިއްޔެ މީހަކު ގުޅާފަ ބުނި ޔާމިން ކެމްޕެއިން އޮފީހުންނޭ..ތާއިދު އެބައޮތްހޭ...ބަލަ އަޅުގަނޑު ބުނިން އިދިކޮޅު 30 ވޯޓް ލިބޭނެ ގޮތެއް އެބައޮތޭ ދެއްވާށޭ އިސްބޭފުޅެއްގެ ނަމްބަރ ބައްދަލު ކުރަށް ..އެކަމެއް ނުވި ގުަޅި ބޭފުޅާ ބޭނުމެެއްނުވި ...ސުޓޭޓް މިނިސްޓަރަކަށް މެސެޖު ކުރިން އެކަމާ ފަހުން ގުޅާނަމޭ ބުނަނީ...ބަލަ މިފަދަ ބޭފުޅުން ލައިގެން މިކަން ވާނެތޯ...ރަށް ރަށުގައި ތިބި ޙާއްސަ ބަސް ވިކޭ މީހުން މިގޮތަށް ދިއްކޮށްލާ އަތުގައި ހިފަންނޭގޭ މީހުން ފަހުން ރޯން ޖެހޭނީ....

  • ހއ ގަ އެއާރޕޯޓު އޮންނަރަށުގެ މީހަކުވެސް ސިޔާސީ ބޮޑުމަގާމެދީފަ ހައުސިންގަ އެބަހުރި. އޭނަގެ އާއިލާމީހުންގެ ތެރެއިން ދެވޯޓުވެސް ސަރުކާރަށްލިބޭނެހެންހީނުވޭ.. އެއެއްމެންނަކީ މޑޕ މީހުން... ސަރުކާރަށް ތާއިދު އިތުރުކުރުމަށް އޭނަކުރާ އެއްކަމެވެސް ފެންނާންނޯންނާނެ... އެހެރީ ބޮޑުމުސާރައިގަ.. ދެންތިބުނާގޮތަށް އެއްޗެހޯދުމަށް ދިއްކުރާ އަތަގު ނުހިފާއިގެން ކަންބޮޑުވުމުގެބޭނުމެނެތް... ތިވެސް ބޭނުންފުދުމުން ވޯޓުން ނުދޭނެމީހުން... އަމިއްލަނަފްސަށްވެސް އިޙްލާސްތެރިނުވާނެމީހުން.. ރޔާމީން ވަރަށްބޮޑަށް މިކަންކަމަށްވިސްނަންޖެހޭނެ..

 26. ރައީސް ޔާމީންގެ ވެއްޓުމަކަށް މިވަނީ، ހައުސިން މިނިސްޓްރީން ކުރާ ކަންތައްތައް. ތިމާމެނަށް ނުކުރެވޭވަރުގެ ކަންކަން ކުރަން އުޅެނީ. ކޮންމެ ކަމެއްވެސް ކުރަންކަމަށް ދަޅަދައްކަނީ. އެއްވެސް ތެދުވެރިކަމެއްނެތް. މަކަރާ ހީލަތް ހުސްހަދަނީ. އެތާނގަ އެތިބަ ސިޔާސީ މީހުންގެ ނުފޫޒު ކަނޑުވާލައިގެން ނޫން ގޮތކަށް ލާހިކެއްނޫން މިސަރުކާރަށް ހިންދެމިލާކަށް. ސިޔާސީ ކުލަޖެހިގެން އެތަނަށް ވަދެ އެތިބަ ގިނަމީހުންނަކީ، ގަވާއިދެއް އުސޫލެއް ގާނޫނެއް ދަންނަ މީހުންނެއްނޫން. އެތާނގެ ސިވިލް ސަރވިސް މުވައްޒަފުން މިހާރު އެއީ ބޭކާރު ބައެއް.

 27. ސިޔާސީ މީހުނަކީ، ﷲ އަށް ބިރުވެތިނުވާ ހަލާލެއް ހަރާމެއް ބެލުމެއްނެތި ޖެހުނުތަނަކުން ކައި، އީމާންތެރިކަމެއްނެތި ހިޔާނާތްރިވާ ބައެއް. މީގެތެރޭގައި ގިނަވާނީ، ރަނގަޅު ވަޒީފާއެއްނެތި މިއޮއްހާދުވަހު ތިބި މީހުން. އެހެންވުމުން ސިޔާސީ މަގާމަކަށް ދެވުމުން، މިނިސްޓްރީ ތަކުގެ ޑީ.ޖީންވެސް އެމީހުންގެ ދަށުގެ މަސައްކަތު މީހުނަށް މިހަދަނީ. ސިޔާސީ މީހުންގެ ސަބަބުން ސަރުކަރުގެ ސަޕޯޓް ގެއްލިގެން މިދަނީ. އިހްލާސްތެރިކަމާއެކު، ރަށެއްގައި މަޝްރޫއެއްވެސް ނުހިންގާ. އެމީހުންގެ އާއިލާތަކަށް ފްލެޓް ދިނުމާޢި، އެމީހުންނަށް ބއިއެޅޭގޮތަށް ހުރިހާ މަޝްރުޢުތަކެއް ދިނުމާއި، އެމީހުންގެ ގާތްމީހުނަށް ވަޒީފާތަށް ދިނުން މިމީހުންގެ ކަމަކީ.

 28. ރިޔާސީ އިންތިހާބުގެ ވޯޓްލާ ދުވަސްކޮޅަށް ދިމާވާގޮތަށް މިހާރު އިއުލާނު ކޮށްފައިއެވާ ހައުސިން މަޝްރޫއަކީ، ރައީސް ޔާމީންއަށް ދިމާވާނެ އެންމެ ބޮޑު ނާކާމިޔާބީ. އެމަޝްރޫޢުގެ ހުރިހާކަމެއް އެދަނީ، ސީދާ ކޮރަޕްޝަނާ ދިމާއަށް، މީހަކަށް ލިބޭ ޕޮއިންޓް އެނގޭނެގޮތެއްނެތް، ފޯމްލަނީ ކޮންބައެއްކަމެއްނޭނގެ. ޝަކުވާކުރެވޭނީ، ފޯމްލާ މީހުނާ އެމީހުނަށް ލިބޭ ޕޮއިންޓާ އެއީ ޚައްޤު އެއްޗެއްކަން ހުރިހާ ރައްޔިތުންނަށް ފެންނާނެގޮތަށް ދެފުއްފެންނަ ގޮތަށް މައުލޫމަތު ހާމަކުރެވޭ އެއްޗަކަށް ވެގެން، އެކަން ވިޔަނުދިނުމަށް މިފަހަރު ރާވާފައިއެވަނީ، ކުޑަކޮޓަރިއެއގެ ތެރޭގަ ތިބެ ސިއްރުން ބޭނުންވާ ބަޔަކަށް ބޭނުންވަރަކަށް، އަނެއްބަޔަކަށް ކަނޑެއްކަން ފަޅެއްކަން ނޭނގި ރައްޔިތުންގެ ހައްޤުތަކާ ކުޅެލޭވޭ ގޮތަށް.

 29. ސަރުކާރުގެ ވެއްޓުމަކީ ސިޔާސީ މީހުނަށް މިނިސްޓްރީތަކުގެ ހިންގުމުގެ ތެރެއަށް ވަންނަން މިދިން ފުރުސަތު. އެމީހުން ތިބެންޖެހޭނީ ހަމައެކަނި މުސާރަ ނަގާ ބައެއްގެ ގޮތުގަ. ދެން އެމީހުން ކުރަން ޖެހޭ ކަމަކަށްވާންވީ، މިނިސްޓަރާ އެކަނި މަޝްވަރާކޮށް ސަރުކާރުގެ ސިޔާސަތު ތަންފިޒުކުރެވޭ މިންވަރު ރައީސްއަށް ނުވަތަ ކަނޑައެޅިފައިވާ ސިޔާސީ މީހަކަށް ރިޕޯޓް ކުރުން. މިއާ ހިލާފަށް މިނިސްޓްރީ ތަކުގެ ދުވަހުން ދުވަހަށް ހިނގަ މަސައްކަތުގެ ތެރެއަށްވަދެ، ފައިސާއާއި، މުވައްޒަފުންނާ އިދާރީ ކަންކަން އެމީހުންގެ ދަށުން ހިނގަން ފެށީމަ އެމީހުންގެ އެހުންނަ ސިޔާސީ (ހިޔާނާތްތެރި މަކަރުވެރި) ގޮތްގަނޑަށް ކަންކަން ދާންފެށުމުން ރައްޔިތުން ރުޅިއައުންނޫން ކަމެއް ނުވޭ.

 30. ކުންފުނި ތަކުގެ ވެރިން ދެކޭ ގޮތުގަ ޕީޕީއެމް ެެެެެެެެެެެެެެެެެ އިން ބާބާއްވާޖަލްސާތަކަށް ސަރުކާރު ކުންފުނި ތަކުގަމަސައްކަތް ކުރާ ހުރިހާ އެންމެން ވެސް ދާން މަޖުބޫރުވަޒީފާގައި ހުންނަންބޭނުންވަންޔާ.
  ސިޔާސީ ކަންކަމުގައުޅެން މަޖުބޫރެއްނުކުރެވޭ. ސަރުކާރު ވަޒީފާތަކުގަ ވެސް އުޅޭނެ އެއްވެސް ޕާޓީއެއްގެ ކަންކަމުގަ އުޅެން ބޭނުން ނުވާމީހުން. ސަސަރުކާރު ވަޒީފާއިން މިމިކަހަލަ ކަކަކަކަންކަމުގަ ވަކިކުރާނަމަ ރައީސް ޔާމީން އަށް ލިބެން އޮތް ވޯޓް ކޮޅުވެސްމަދުވާނެ

 31. ވަރަށް ރަނގަޅު ރިޕޯޓެއް، މީ ކަންއޮތްގޮތް، މިހެންމިކަންވަނީ ހަގީގީ ސަޕޯޓަރުން ބައިތިއްބާފައި ޕާޓީ ބަދަލުކޮށްގެން މަތިއޮމާންކޮށްގެން އަންނަމީހުންނަށް ހުރިހައި ކަމެއް އިނާޔަތެއް ދެއްވާތީ، މީ ވިސްނަންޖެހޭކަމެއް.

 32. ރިޕޯޓް ލިޔުއްވި ބޭފުޅާ ވަރަށް ޖަޒުބާތީ ވެގެން ލިޔުއްވި އޮއްޓަރެއް ނެތް ރިޕޯޓެއް.ފުރަތަމަ ރަނގަޅު ކުރަންވީ ސަރުކާރުގެ ޕީއާރ ބައިި.އެކަން އޮތީ ރޫޅިފައި ކުދިކުދިވެފަ.ޓީމެއް ނެތް.އިތުބާރު ކުރަނީ މަދު ބަޔަކަށް.ހުރިހަަ ކަމެއް އޮތީ ރިޝްވަތާއު ބިރުދެެއްކުމާއި އަނިވެރިކަމުގެ މައްޗަށް ބިނާވެފާ.މިގޮތަށް ހިންގާ ސަރުކާރަކަށް ރައްޔިތުންގެ ކޮން ތާއީދެއް އޮންނާނީ

 33. މަގުހުރަސް

  ހަމަ ގައިމުވެސް އަހަންނާ އަހަރެންގެ ފެމިލީއާ އަދި ތައްޓެހިންގެ ވޯޓު ޔާމިނަށް ގެއްލިއްޖެ. އެއީ ބަޔަކު އަމިއްލަ ފައިދާއަށް ސަރުކާރުގެ ތެރޭ ތިބެގެން އަހަރެންގެ ވަޒީފާ ގެއްލުވާލީމަ. ކުރި ކުށެއް ނެތް. ސާފުކޮށް ދެވޭނެ މަގެއް ވެސް ނެތް. ހަމަ އަމިއްލަ ބޯޑާ ކަމާ ކިބުވެރިކަމުގައި ކުރި މޮޅުކަމެއް ހިތުން އެއީ.

 34. ރަނގަޅު ވާހަކައެއް.ބައެއް އެމްޑީޕީ ކައުންސިލްތަކަށް ބޮޑަތި އެހީތައް އެބަދޭ.އެތަންތަނުގައި ތިބޭ ރައްޓެހިންނާ ރަށު މީހުންގެ ނުފޫޒުވެސް މިއަށް ވަދޭ

 35. ތަންތަނުގަތިބި ގަބުޅި ކޯޑިނޭޓަރުންނަކީ ސަރުކާރުގެ ހަލާކު.

 36. ވައްކަން ސަރުކާރު ނިމެނީ. މާތް ރަސްކަލްނގެ އިރާދަ ފުޅުން ހައްގަށް ނަސްރު ލިބޭނެ. އަނިޔާވެރި ވެރިކަން ނިމެނީ. އަފްރާސިމް ގެ ގާތިލް ހާމަވަނީ

 37. ވެއްޓެނީ

 38. ޜަގަޅު ދަރި

  ތީ ހަމަ ތެދުފުޅެއް. ތިކަން ކުރުމަށް ތޭވިފައިވާ ގޮތް ތީ. ﷲ ރާދަ ފުޅުން މަގުޞަދު ހާސިލްާނެ.
  އަނިޔާ ވެރި ވެރިއެއްގެ އަތް ދަށުން މިޤައުމު ސަލާމަތް ކުރެވޭނެ.

 39. މިއީ ވަރަށް ތެދުބަޔާނެއް. ވަގުތު ހަމަ ބެސްޓް.....!!!

 40. އަޅުގަނޑު ދެކޭ ގޮތުގައި، ސަރުކާރަށް ހުރި ނުރައްކަލަކީ ޚުދު ރައީސުލް ޖުމްހޫރިއްޔާގެ މަޤާމުގައި މިހާރު ހުންނެވި ބޭފުޅާ. އަދި އެމަނިކުފާނުގެ އަނބިކަބަލުން. ވެރިޔާ ވިޔަސް އަދި އޭނާގެ އަންހެނުންނަށް ވިޔަސް ދައުލަތުގެ ވަސީލަތްތައް ހިތު ހުރި ގޮތަކަށް ބޭނުން ކޮށްގެން ނުވާނެ. ރަނގަޅު ވެރިންނަކީ ނަޒާހަތްތެރި އޯގާތެރި ވެރިން. އެމަނިކުފާނުގެ ސަރުކާރުން ނަޒާހަތްތރެކިން ކުރިއެއް ނާރުވާ. އަދި، އެމަނިކުފާނު އިސްކުރައްވަނީ ރުޅުވެރިކަން. ޕޯޑިއަމަކަށް އަރައި ވަޑައިގެންފިއްޔާ އިންޒާރާއި ރުޅިވެރިކަމުގެ ބަސްތަކުން ރައްޔިތުންނާ މުޚާތަބު ކުރއްވަނީ. ދިވެހި ދައުލަތީ ތިމަން މަނިކުފާނުގެ އާއިލީ ވިޔަފާރިއެއް ހެން ހީފުޅުކުރައްވާހެން ހީވޭ. އަދި، ދައުލަތަކީ ތިމަން މަނިކުފާނުހެންވެސް ހީފުޅުކުރައްވާހެން ހީވޭ. ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ޒިންމާތައް އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަމާއެކު އަދާކުރައްވަން ޖެހި ވަޑައިގަންނަވާއިރު، އެ މަނިކުފާނަށް ލިބިދޭ ބާރުތަކުގެ ބޭނުން ޒާތީ އަދި ސިޔާސީ މަންފާއަށް ބޭނުންކުރައްވާތަން ފެންނަމުން ދަނީ. މިނިވަން މުއައްސަސާތަކުގެ ހަޤީޤީ މަގްސަދު އޮޅުވާ ލައްވަވާ އެ ތަންތަނަށް ޕާޓީގެ އެކްޓިވިސްޓުން އައްޔަނުކުރައްވައިގެން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމްގެ ބާރު ނެތިކޮށް ލެއްވީ. ބޮޑު ސޯބު އެ ގޮތަށް އެނބުރެންނާ ކުދި ސޯބުތައްވެސް އެނބުރޭނީ އެގޮތަކަށް ނޫންތޯ. ކިތަންމެ އާޓިކަލަށް މި މަޢުޟޫއަށް ލިޔުނަސް، ބަދަލެއް ނާންނާނެ. ތިޔަ ބުނި މިނިސްޓްރީގެ މައުލޫމާތު ހިފަހއްޓަނީ ސީދާ މިނިސްޓަރުކަމަށް ވާނީ. މީޑިއާ އޮފީޝަލާއި ސިވިލް ސާވެންޓުންނަށް ދޮގު ތުހުމަތު ކުރާނެ ކަމެއް ނެތް.

 41. މި އާޓިކަލް އަކީ ވަރަށް ފުރިހަމަ ވަރަށް ހަބޭސް އާޓިކަލްއެއް! ރައީސް ޔާމީން ސަރުކާރުގައި ތިބީ ހުސް އަމިއްލަ ފައިދާއަށް މަސައްކަތް ކުރާ މީހުން!
  ރައީސް ޔާމީނަށް މި މީހުން ދޭނީ ދޯކާ!

 42. ޑިރެކްޓަރ އޮފް ޕަބްލިކް ރިލޭސަންސް ކިޔާފައި ތަނުގެ ޕަބްލިކް ރިލޭސަން ކުރިއަރުވަން އެއްވެސް ކަމެއް ނުކުރާ ކަންނެތްގާރުން ތަންތަނަށް ލައިގެން ކުރަނީ ބޭކާރު.

 43. މިއަދު ސިވިލްސާރވަންޓެއް ސަރުކާރާ އިދިކޮޅު ރީނދޫ ފިކުރު ގެންގުޅޭނަމަ އެމީހަކީ ފިސާރި ލަދުޙަޔާތްކުޑަ މޮޔަމީހެކެވެ. އެހެނީ ކެރަފާނަޝީދު މިގައުމުގައި ވެރިކަންކުރި 3 އަހަރަކީ ސިވިލްސާރވަންޓުން އެންމެ ނިކަމެތިވެގެންދިޔަ 3 އަހަރެވެ. އެމީހުންގެ މުސާރައިން ބައެއް ނުދީހިފަހައްޓާފަ، އަދި އެމީހުންނަށް އެހެން ވަޒީފާއެއް ވެސް އަދާނުކުރެވޭވަރަށް ސަރުކާރުގެ ރަސްމީގަޑިދިގުކޮގެން ތިންއަހަރުވަންދެން ސިވިލް ސާރވަންޓުން ނިކަމެތި ކުރިއެވެ. އެމީހުންގެ މުސާރައިން އުނިކުރިބައި ދޭން ކޯޓުން ޙުކުމްކުރުމުން ކެރަފާ ނަޝިދުބުނީ ތިމަންނަ ކިހިނެތްހެއްޔޯދޭނީ ނެތް އެއްޗެއް. މިއަދު ވެސް ސިވިލްސާވަންޓުންގެ ޙާލު ހަމަ އެހެންތޯއެވެ. މަސައްކަތްކުރާ ރަސްމީގަޑި ދިގެއްނޫނެވެ. މުސާރަ ހަމަޔަށް ލިބެއެވެ. އެހެންވީއިރު މިހާލަތުގައި ސަރުކާރާ އިދިކޮޅުވެ ރީނދޫފިކުރު ގެންގުޅޭނީ އަލުން އެއްކަލަ ނިކަމެތިކަން ބޭނުންވާތީނޫންތޯ؟ ދެންއޮތީ މުސްކުޅިންގެ ވާހަކައެވެ. ކެރަފާ ނަޝީދުގެ ދައުރުގައި މުސްކުޅިންނަށް މަހަކު 2000 ރުފިޔާ ދެނިކޮށް އެސަރުކާރު ވެއްޓުމުން ދެންއައި ރައީސް ޔާމީންގެ ސަރުކާރުގައި މުސްކުޅިންނަށްދޭމިންވަރު 5000 ރުފިޔާއަށް ބޮޑުކޮށްދެއްވިއެވެ. މިއަދު އެ5000 ރުފިޔާ ޖީބަށްލައިގެން ސަރުކާރާ އިދިކޮޅަށް ހަމަނުޖެހުން ހިންގަން ދުވާނީ ކުރިން ލިބުނު 2000 ރުފިޔާ މިހާރު ލިބޭ 5000 ރުފިޔާއަށްވުރެ މާރަނގަޅުވެގެންނޫންތޯއެވެ....؟

 44. މިއީ ވަރަށް ފުރިހަމަ އާޓިކަލްއެކެވެ. ނަވާޒު ތިބުނީ ހަމަ ތެދެކެވެ. ޢެމްއޭސީއެލް އާއި އެމްޕީއެލްގެ ވެރިން ހުރިހާ ކަމެއްގައި އިސްކަންދެނީ އެމްޑީޕީ މުއައްޒިފުންނަށެވެ. ޢެމްއޭސީއެލްގައި ނަމެއްގައި ެއެމްޑި އެއްހުރެއެވެ. ކުންފުނި ހިންގުމުގައި އިސްކޮށްތިބޭ 2 ޑިޕިއުޓީ ޗީފުން އެންމެ އިސްކަމެއްދެނީ އެމްޑީޕީ މީހުންނަށް ގަވާއިދާއި ޚިލާފަށް ބޮޑެތި ޕްރޮމޯސަން ދިނުމާއި އެހެނިހެން ގޮތްގޮތުންވެސް އެމްޑީޕީ މީހުންނަށް ލާބަޔާއި މަންފާލިބޭގޮތައް ކަންތަައްކޮށަދޭށެވެ. ޢަދި ޕީޕީއެމް މުއައްޒިފުން ގަވާއިދާއި ޚިލާފަށް ވަޒީފާއިން ވަކިކުރުމުގައި އިސްދައުރެއް އަދާކުރަނީވެސް މިބުނި 2 ޑިޕިއުޓީ ޗީފުންނެވެ. ޢެދެމީހުންނަށް އެނގޭ އިދިކޮޅު ސަރުކާރެއް އަތުވެއްޖިއްޔާ އެންމެ ފުރަތަމަވެސް ވަޒީފާއިން ވަކިކުރާނީ އެ 2 މީހުންކަން. ޢަދި އެންޓިކޮރަޕްޝަން އިންވެސް އެންމެ ފުރަތަމަ ދުވާނީ އެދެމީހުންގެ ފަހަތުން ކަން .ޥީމާ އިދިކޮޅު ފަރާތްތަކަގެ ރުހުން ހޯދާ ވަޒީފާގައި ދެމިތިބުމަށް ޕީޕީއެމް އަށް ޚިޔާނާތްތެރިވެ އެމްޑީޕީ މީހުން ރުހޭގޮތައް މިދެމީހުން ދަނީ ހުރިހާކަމެއްކުރަމުންނެވެ. މިތަނުން އެކަކު ސޯސަލް މީޑިއާގައި އޭނަގެ ޕްރޮފައިލް ފޮޓީގައިވެސް އިންނަނީ އޭނަޔާއި ރައީސް ޔާމީނުގެ ފޮޓޯއެވެ. ޙަމަ މިކަލޭގެ އަދީބު ޖަލަޢްލުމުގެ ކުރިން އޭނަގެ ޕްރޮފައިލް ފޮޓޯގައި ޖަހާފައި އިންނާނީ އަދީބާއި އެކު އޭނަނަގާފައި އިން ފޮޓޯއެކެވެ. ދެފުއްކެހެރިވެ އަމިއްލައެދުން ބޮޑުވިއަސް މިއީ ތަންކޮޅެއް ބޮޑުވަރެވެ.

 45. ރައީސް ޔާމީނަކީ އަޅުގަނޑުމެން ވަރަށް ފޮނި އުއްމީދެއްގައި ހޮއްވެވި ވެރިއެކެވެ. ނަމަވެސް އަޅުގަނޑަށް މައްސަލައަކީ އިސްލާމްދީން ޤަބޫލުނުކުރާ މީހުންނަށް ކީރިތި ޤުރުއާން ކަމަށްވީފަދައިން އަޅުގަނޑުމެންގެ ދުސްތޫރަށް ސަރުކާރުން އަމަލުނުކުރުމެވެ. އޭގެ އިތުރުން ވެރިންނަކީ ރައްޔިތުންދެކެ ލޯބިވާ ޤަވްމުގެ ރައުސްމާލަށް ވަފާތެރިވެ ﷲ ހަވާލުކުރެއްވި އަމާނާތް ފުރިހަމަޔަށް އަދާކުރާ ބަޔަކަށްވާއިރު ރައީސް ޔާމީންއާއި ސަރުކާރުންވެސް މިއުސޫލްތައް ބަލައިނުގަންނަ މައްސަލައެވެ. މުށުތެރެއަށް ހުރިހާ ބާރެއް ލެއްވި ނަމަވެސް ތިމާއަށް ބާރުދެއްވާފައިވާ ފަރާތުން އަންގަވާފައިވާ އުސޫލްތައް ދޫކޮށް ލެއްވުމެވެ. ލިއުއްވުންތެރިޔާ ވިސްނަވާ ލައްވަބަލާށެވެ. އައިޖީއެމް އިމާރާތެވެ. ނަސަންދުރައެވެ. ރަސްފަންނުކައިރީގައިވާ ބިންތަކެވެ. ވެސްޓްޕާކެވެ. މާލެޔަށް ލުޔެއް ހޯއްދެވުމަށް ހިއްކެވި އިންޑަސްޓްރިއަލް ޒޯންގެ ބިމެވެ، ކުންފުނިތަކުން ކޮންމެ މަހަކު ވަކި ތަނަކަށް ނަގުދު ފައިސާގެ ގޮތުގައި ފޮނުވަންޖެހިފައިވާކަމަށް އަޑުއިވޭ އެތައް މިލިއަން ރުފިޔާއެވެ. މިކަންތައް މިހެން ހުއްޓާ ރައީސް ޔާމީން ކެމްޕެއިންނަށް ނިކުންނަ ހިތްވި ނަމަވެސް ނިކުންނާނެގޮތެއް ވިދާޅުވެ ދެއްވަ ބަލާށެވެ.

 46. އަހަރެމެން ތިބޭނީ މަޑުން. އެކަމަކު މިހާރު މިދަނީ މަސްހުނި ތަށި ހަމަ ރެޑީ ވަމުން. ޔަގީން ކަމަކީ ރައީސް 2018 އަށް ހޮވާނެކަން. ދެން ތިބޭ އަތްޖަހާލަ ޖަހާލާ

 47. ސަރުކާރުގެ އެއްމެ ލޮނުމަޑު އެއް މިނިސްޓްރީއަކީ އިކޮނމިކް މިނިސްޓްރީކަން ފާހަގަކުރެވޭ.

 48. ޕިނާމަ މަމެން

  ޤާނަުނު ހިތައް އެރިގޮތަކަށް މަޢުނަކުރުމަކީ ހުއްދަކަމެއްނޫން.