ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދުﷲ އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރު ގެނައުމަށް ބައިއަތު ހިފި ހަތަރު ލީޑަރުންގެ ތެރެއިން އެއްބޭފުޅާއެވެ. ސަރުކާރު ފަޅިފަޅިއަށް ބަހާލިއިރު އިމްރާނަށް މިނިސްޓަރުކަން އަދި އަދާލަތުގެ ފަރާތުން ޝިދާތައް ޝަރީފަށް މިނިސްޓަރުކަން ލިބުނެވެ. ލީޑަރުންގެ ތެރެއިން މިނިސްޓަރު ކަމަށް ވަޑައިގެންނެވީ އިމްރާން އެކަންޏެވެ. ރައީސް ޞާލިހްގެ ސަރުކާރަށް ދެއަހަރު ވާން ދާއިރު ފެންނަމުން މިދަނީ ސަރުކާރުގެ އެތެރޭގައި އިމްރާންގެ ވަރުގަދަ ކަމާއި، ބާރުހުރި މިންވަރެވެ.
ސަރުކާރުގެ ސިޔާސަތުތަކާއި ސަރުކާރުގެ ވިސްނުމާއި ފިކުރު ހުންނަ ގޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އާއި އަދި ސަރުކާރުގެ ވެރިން ވިދާޅުވާ ގޮތާއި ދިމާއިދިކޮޅަށް މިނިސްޓަރ އިމްރާން ކިތައްމެ ކަމެއް ކުރައްވައިފިއެވެ. ނަމަވެސް އިމްރާނާއި ޖެހުމުން ސަރުކާރުން "ކަހާ ކަންފަތް ހިރުވާލާ" މަންޒަރެއް ނުފެނެއެވެ.
އަންހެނުންނަށް ކުރާ ޖިސްމާނީ އަނިޔާ އާއި ޖިންސީ އަނިޔަ އަދި ޖިންސީ ފުރައްސާރައިގެ އަމަލުތައް ހުއްޓުވުން އެއީ ސަރުކާރުގެ އެންމެ ބޮޑު އަމާޒުކަމަށް ސަރުކާރުން ވިދާޅުވެއެވެ.
"ގެވެށި ގުޅުން" ކެމްޕޭން އިފްތިތާހް ކުރުމަށް މިއަހަރުގެ ޖުލައި މަހު ބޭއްވި ހަފްލާގައި ރައީސް ޞާލިހް ވިދާޅުވީ ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ޙައްލު ކުރުމުގައި ޒަމާންތަކެއް ވަންދެން މުޅި ދައުލަތް ނުކުޅެދިފައި އޮތްކަމަށާއި މިފަދަ މައްސަލަތައް ޙައްލު ނުކޮށް، ޤައުމެއްގެ ގޮތުގައި އަދި މުޖުތަމަޢެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ކުރިއަށް ދެވެން ނެތް ކަމަށެވެ.
މިނިސްޓަރ އިމްރާންގެ މައްޗަށް އަންހެނަކު ވަނީ ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އޭނާ ދެއްކި ވާހަކަތަކުގެ އޯޑިއޯ އެހެރީ ނޫސްތަކުގައި ޖަހާފައެވެ. ނަމަވެސް އޯޑިއޯ އާއްމުވިތާ ތިން މަސް ވެގެން ދިޔައިރު އަދިވެސް މިނިސްޓަރ އިމްރާނާއި މެދު އެޅުނު އެއްވެސް ފިޔަވަޅެއް ނެތެވެ. އެންމެ ކުޑަމިނުން މައްސަލައިގެ ތަޙްޤީޤަށް އެއްވެސް އިދާރާއަކުން މިނިސްޓަރު އިމްރާނާއި ސުވާލެއް ކުރިކަން ވެސް އެނގޭކަށް ނެތެވެ.
ފުލުހުން މިމައްސަލައިގައި ހަމައެކަނި މިހާތަނަށް ވިދާޅުވީ އޯޑިއޯ އިން އިވޭ އަޑުގެ ސައްހަކަން ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރާނެ ކަމަށެވެ. އެހެން ވިދާޅުވިތާ ތިން މަސް ދުވަސް ވެގެން ދިޔައިރު ތަޙްޤީޤުގައި ލިބުނު ކުރިއެރުމެއް، ނުވަތަ ތަޙްޤީޤު ކުރިއަށްދާކަން ވެސް ނުވަތަ ނޫންކަން ވެސް ފުލުހުން ސާފުކޮށެއް ނުދެއެވެ.
މީގެ ކުރިން އެކި މައްސަލަތަކުގައި ސަރުކާރުގެ ވެރިންގެ މައްޗަށް ތުހުމަތުގެ އިނގިލި ދިއްކުރެވުމާއި އެކު ވަގުތުން އެބޭފުޅުން މަގާމުގެ ޒިންމާއިން ދުރުކޮށް ތަޙްޤީޤު ކުރިއަށް ގެންގޮސްފައި ވެއެވެ. ނަމަވެސް މިނިސްޓަރު އިމްރާންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުންގެ އިދާރާގައި އޮތްއިރު މިނިސްޓަރު އިމްރާން މަގާމުން ދުރުކޮށްލެވޭހާ ބާރެއް ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުރި މަންޒަރެއް ނުފެނެއެވެ. ނަތީޖާއަކަށް ވެފައި މިވަނީ ފުލުހުންގެ ތަޙްޤީޤަށް ނުފޫޒާއި ބާރު ފޯރުވޭނެ ގޮތައް މިނިސްޓަރު އިމްރާން އަދިވެސް ހުންނެވުމެވެ.
މިމައްސަލައިގައި މިނިސްޓަރު އިމްރާންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ އަންހެނަކަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގެ ތެރެއިން ވެސް ސީރިއަސް މައްސަލައަކަށް ވެއެވެ. ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން މަނާ ކުރުމުގެ ޤާނޫނުގެ (4) ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި ވަޒީފާ އަދާކުރާ ތަނަކަށް ވަޒީފާއަކަށް އެދި އަންނަ ފަރާތަކަށް އެ ވަޒީފާ ލިބޭނީ، ވަޒީފާދޭ ފަރާތުން ހިންގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުތައް ބަލައިގަނެގެން ކަމަށް ހީކުރެވޭފަދަ ގޮތަކަށް ވަޒީފާދޭ ފަރާތުގެ ޢަމަލުތައް ބަހައްޓައިގެން ނުވާނެއެވެ.
އެމާއްދާގެ (ށ) ގައި ބުނަނީ ވަޒީފާދޭ ފަރާތުން ހިންގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުތައް ބަލައިގަތުމަކީ، ވަޒީފާ ދިނުމުގައި ބަލާ މިންގަނޑެއްކަމަށް ވަޒީފާއަށް އެދި އަންނަ ފަރާތަކަށް އެއްވެސް މިންވަރަކަށް ހީކުރެވޭފަދަ ގޮތަކަށް ވަޒީފާދޭ ފަރާތުގެ ބަހުރުވަ ނުވަތަ ޢަމަލުތައް ބަހައްޓައިގެން ނުވާނެއެވެ.
މިދެމާއްދާގައި ބުނާ ވާހަކައާއި މިނިސްޓަރު އިމްރާންގެ މައްޗަށް ތުހުމަތުތައް ކުރާ އަންހެން މީހާ ދައްކާ ވާހަކައާއި ގުޅުވާލުމުން މިނިސްޓަރު އިމްރާނާއި ވަޒީރެއްގެ ޒިންމާތައް ހަވާލުކޮށްފައި ބެހެއްޓުން އެއީ ނުރައްކާތެރިކަމެއްކަން ވަރަށް ސާފެވެ.
ދެން އޮތީ ދާދިފަހުން މިނިސްޓަރު އިމްރާން "ރޯޔަލް ރޭޕް" ކޭސް އާއި ގުޅޭ ގޮތުން ދެއްކި ވާހަކައެވެ. ސަފާރީއެއްގެ ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މިނިސްޓަރ އިމްރާން ވިދާޅުވެފައި ވަނީ ސަފާރީގައި ހިނގީ ވަރަށް ކުޑަކުޑަ ކަމެއް ކަމަށެވެ.
"އެހެން ނަމަވެސް އަޅުގަނޑަށް ދަންނަވަން ކެރިދާނެ އާންމު ޕަބްލިކް ތަނެއްގައިވެސް ހުރެފައިވެސް ބަޔެއްގެ ތެރޭގައި ހުރެފައިވެސް މިީހަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއްގެ ވާހަކަ އެއީ. އަދި ކުރީމަ ކަމެއް ކުރިކަންވެސް ނެނގޭ ވަރުގެ ކަމެއް ހިނގާފައި އޮތީ،" ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާންގެ ވާހަކަތަކަށް ފާޑުކިޔުން އަމާޒުވުމުން މާފަށް އެދުމާއިއެކު މައްސަލަ މިވަނީ ނިމިފައެވެ. ޤާނޫނު އުޤޫބާތުގެ 131 ވަނަ މާއްދާ ބުނާ ގޮތުގައި އިސްލާމީ ޝަރީޢަތުގައި ހުއްދަވެގެންވާ ސަބަބެއްނެތި އެހެން މީހެއްގެ ޖިންސީގުނަވަނުގައި ނުވަތަ ފުރަގަސްފަރާތުގައި ނުވަތަ ކުރިމަތިފަރާތުގައި ނުވަތަ އުރަމަތީގައި އަތްލުމަކީ ކުށެކެވެ.
އެހެންކަމުން މިފަދަ އެއްވެސް އަމަލަކީ "ކުޑަކުޑަ ކަމެއް" ކަމަށް ދައުލަތުގެ މިނިސްޓަރަކު ވިދާޅުވުމަކީ ވަރަށް ލަދުވެތި، އަދި ހަމައެކަނި މާފަކުން ނިންމައި ނުލެވޭނެ ކުށެކެވެ.
މިނިސްޓަރ އިމްރާންގެ ކަންކަން މިގޮތައް ހުރި ނަމަވެސް ރައްޔިތުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 67 މެންބަރުންނަށް ވެސް އަދި ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ސަރުކާރުގެ ވެރިއަކަށް ވެސް މިނިސްޓަރ އިމްރާންނާއި ދެކޮޅު ހަދަން ކެރޭ މަންޒަރެއް ނުފެނުނެވެ. މިނިސްޓަރ އިމްރާނާއި ދެކޮޅަށް ވާހަކަދައްކަވަނީ އެމްޑީޕީގެ އެންމެ ޖޫނިއާ އެއް މެންބަރު ކަމަށްވާ މީކާއިލް އަހްމަދު ނަސީމް އެކަންޏެވެ.
ސަރުކާރަށް ވުރެ އެއްވެސް ވަޒީރަކު ބޮޑު ވެގެން ނުވާނެއެވެ. ސަރުކާރުގެ ސިޔާސަތުތަކުގެ ގިއުގަނޑުގެ ތެރެއަށް ނުފެތޭ ވަޒީރެއް ނަމަ ޖެހޭނީ މަގާމުން ދުރުކުރާށެވެ. އެގަޓު ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ވެސް ހުންނަން ޖެހޭނެއެވެ.
ފިތުނަ ފަސާދަ އުފައްދަން ވަގުތު ނޫސް އިން އިދިކޮޅާއި ގުޅިގެންލިޔުނު ލިޔުމެއްމީ.. އަހަރެމެން ބޭނުމިއްޔާ މިހާރުވެސް އިމްރާންގެ އިތުބާރު ނެތް ކަމުގެ ވޯޓްނަގާ ބޭރުކޮއްލެވޭނެ.. އޭނައެއް ތިބުނާ ގޮތަށް ބާރުދައްކާފައެއްނޫޅޭ..
ނުވާނެ ތިކަމެއް މަހައްދޭ
ރައީސް ޞާލިހްގެ ސަރުކާރަށް ދެއަހަރު ވާން ދާއިރު ފެންނަމުން މިދަނީ ސަރުކާރުގެ އެތެރޭގައި އިމްރާންގެ ވަރުގަދަ ކަމާއި، ބާރުހުރި މިންވަރެވެ.
------------------
إِنَّ رَبَّكَ لَبِالْمِرْصَادِ "ހަމަކަށަވަރުން އިބަނަބިއްޔާގެ ވެރި އިލާހު (އެބައިމީހުން ކުރާ ކަންތައްތައް)
ބެއްލެވުމުގައި ވޮޑިގެންވާކަން ކަށަވަރެވެ."
ޙައްދުފަހަނަ އެޅުމުގައި އިންތިހާއަށް ގޮސްފައިވާ ތިން
އުއްމަތް اللهހިއްޕެވޮގޮތާއި މެދުގައި ވިސްނައި، ނަޟަރުހިންގައި ފިކުރުކޮށްލުން ހުއްޓެވެ. އެބައިމީހުންގެ ޢަމަލުތަކާއި ކަންތައްތަކުގެ ގަދަފަދަ ކަމާއި ބާރުގަދަކަން އެބައިމީހުންގެ ނަފްސުތަކަށް ފެނިފައިވެ އެވެ.
އެފަދައިން ފަޚުރުވެރިވެތިބި މި އުއްމަތްތައް الله ހަލާކުކޮށް ނެތިކުރެއްވީ ކޮންފަދައަކުން ހެއްޔެވެ؟
ފަހެ، ޢާދު ބާގައިގެ މީހުން ބުންޏެވެ. "އަހަރެމެންނަށްވުރެ ގަދަފަދައީ ކޮންފަރާތެއް ހެއްޔެވެ؟ ފަހެ، އެބައިމީހުންގެ މައްޗަށް ވައިރޯޅި އެއް ފޮނުއްވައި އެބައިމީހުން ހަލާކު ކޮށްލެވުނެވެ. އަޞްލަށް ބަލާއިރު އެއީ ނުހަނު ލުއި، ފަސޭހަ ވެގެންވާ ވައިރޯޅި އެކެވެ.
ޞާލިޙް ގެ ޤައުމެވެ. އެބައިމީހުން ހަލާކުވެ ނެތި ކުރެއްވުމަށް އެބައިމީހުންގެ މައްޗަށް ގަދަފަދަ ބިންހެލުމަކާއި ގަދަފަދަ އަޑެއް ފޮނުއްވުނެވެ.
ފިރުޢައުނު ހަލާކުވެގެން ދިޔައީ ފެނުގެ ތެރެއަށް ޣަރަޤުވެގެންނެވެ. އޭނާއަކީ އޭނާއަށް ފެން މިލްކުވެގެން ވުމަށް ދަޢުވާކޮށް އޭގެ މައްޗަށް ފަޚުރުވެރިވެ، ބޮޑާވެރިވި މީހެކެވެ.
"އަދި ފިރުޢައުނު އޭނާގެ ޤައުމުގެ މީހުންގެ
ތެރޭގައި ހުރެ ގޮވައިލި އެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނެވެ. މިޞްރުގެ ވެރިކަންވަނީ ތިމަންނާއަކަށް ނޫންހެއްޔެވެ؟ އަދި މި ކޯރުތައް ތިމަންގެ ދަށުން ހިނގަހިނގާ ހުރެތެވެ. ފަހެ، ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ.
ފިރުޢައުނު ހަލާކުވެގެން ދިޔައީ ފެނުގެ ތެރެއަށް ޣަރަޤުވެގެންނެވެ.
ދައްނާށެވެ الله سبحانه وتعالى އެއީ އަޅުތަކުންގެ عمل ތަކުގެމަތިން ޣަފިލުވެ ވޮޑިގެންވާ ފަރާތެއްނޫނެވެ.
ސޭހު އިމުރާނު ބުނީ އަންހެނެއްގެ އުރަމަތީގައި ހިފާލުމަކީ ވަރަށް އަދައިގެ ކަމެއް ކަމަށް. ސުބުހަނަﷲ
މިއީ ދިވެހިރާއްޖޭގެ މުނާފިޤުންގެ ވެރިޔާ!
އެހެންނޫން ވާނީވެސް އޭނަޔާ އިނދިކޮޅަށް ކަމެއްކޮއްފިއްޔާ އެއްކަލަ ރިލުވާން ގެމަރުގެމައްސަލާގެ ހެކިތަށް ހުރި ކަރުދާސްބޮނޑި ހިފާގެން އިނދިކޮޅަށް އަރާ މިހާރުގެ ސަރުކާރުގެ ބޮޑުންގެ ބޮލުގަ އަޅުވާގެން ފަތިވަރުގޮވަންފަށްނެޔޭ
މީނަގެ ދެ މިތުރުން ކަމަށްވާ ސޭކު ޒައިދާއި ސޭކު އިޔާޒުގެ ޓުވީޓަކަށް މި ޚަބަރު ލިޔުނު ބޭފުޅުން އިންތިޒާރުކޮށްލައްވާ! ލައްކަ ވަރެއް އަރުވާނެ!
މސަރުކާރު އޮތީ އި މްރާން ގެ ދަށުވެ ނަގޫތާށިވެފަ ކަ މަށްލަފާކުރެވެނީ
މުނާފިގުންނާވާނީ މުނާފިގުންނެވެ. މިސަރުކާރަކީވެސް ލާދީނީ މުނާފިގު ސަރުކާރެކެވެ.
މިކަލޭގެ ތުނބުޅިފުޅުގައިޖަހާފަހުރި ނުރަތަށްވެސް ހެކިއެބަދޭ މިއީ މުނާފިގެއްކަން މުނާފިގުންގެ އަލާމާތްތަށް މިކަލޭގެފަރާތުން ފެނޭ ހާސްނުވޭ މަލެއްދޮންވެ ވެއްޓޭ ބީދައިން މިކަލޭގެވެސް ހަމަބިމަށް ދުވަސްކޮޅަކުން ތިރިވެދާނެ.
ދިވެހި ޤައުމާއި ރައްޔިތުން ދެކެ އެންމެ ބޮޑަށް ލޯބިވާ އެންމެ ޢިހުލާސްތެރި ބޭފުޅަކީ ޝޭހު އިމުރާން ކަމީ ދެބަސް ވެވެން ނެއްހަޤީގަތެއް! ޝޭހު ދެކެ ރުޅި އަންނަނީ އިސްލާމް ދީން ދެކެ ނަފުރަތުވާ ބަޔަކު !
އަންނިޔަކީ މޯދީ އަދި ޓުރަމްޕު ކަހަލަ ގޮލަޔެއް.
ކޮބާތަ އައްތަހިއްޔާތޭ ކެނޑިޑޭޓް ނަމބަރޭ ކީ މީީހާ
އިމްރާން ވަކި ކޮށްފިއްޔާ ދީނީ ހަރުކަށި ޝޭހުން ބައިވެރި ވެގެން މި ސަރުކާރު ވައްޓާލާނެ! ނުވިތާކަށް މި ސަރުކާރާ ދޭތެރޭ މަސްލަހަތު ގޯސްވާ ޒާތުގެ ލިޔުން ތަކުން މީސް މީޑިއާ ފުރާލާނެ! ސޯ ދެޓްސް އިޓް!