މީގެ ފަންސާހެއްހާ އަހަރު ކުރިން ޖުމްހޫރިއްޔަތަކަށް ދިވެހި ވެރިކަން ފުރޮޅާލުމާ އެކު ވެސް، ސިޔާސީ ބާރުވެރިކަން ހޯދުމުގެ ރޭހުގައި ތިބި ފަރާތްތަކުގެ އުކުޅުތައް، އެ ބަދަލުވި ހާލަތާއި އެއް ގޮތަށް ބަދަލުކޮށް، ވެރިކަމުގެ ކޮއިލުތެރޭގައި އެކި ޑީލުތަކާއި އެކި ގަނޑުބަޑުތައް ހިންގިކަމުގެ އަޑުތައް އޮތެވެ. އަނެއްކާ ވެސް ފެހި ގާނޫނުއަސާސީގެ ޖުމްހޫރިއްޔަތެއް ފެށި، ސިޔާސީ ޕާޓީތަކުގެ ވާދަވެރިކަމެއްގެ ތެރެއިން މި ކުރިއަށްދާ ވާދަވެރިކަމުގައި، އަނެއްކާ އާ "ސިޔާސީ ގޭމެއް" ކުޅެމުން އެ ދަނީއެވެ.
ރާއްޖޭގެ ހަތް ވަނަ ރައީސްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ ދެ އަހަރު ފުރުނީއެވެ. އެމަނިކުފާނު ހިންގަވަމުން ގެންދަވަނީ އެމްޑީޕީ އިސްވެ އޮތް ހަތަރު ސިޔާސީ ޕާޓީ ހިމެނޭ ކޯލިޝަންގެ ސަރުކާރެކެވެ. އެކަމަކު މައި ޕާޓީ، އެމްޑީޕީ ފިޔަވައި ކޯލިޝަންގެ އެހެން ސިޔާސީ ޕާޓީތައް ފެންނަނީ "ސިޔާސީ ގޭމް" ގައި ވަރަށް މަޑު ގިނީގައި އުޅޭ މަންޒަރެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިސް ރޯލުން، އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް އޮންނަނީ މެކުހަށް ޖަހާލައިފައެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު މި އޮތީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސް ކަން ކުރެއްވި މުހައްމަދު ނަޝީދާއި ދެވަނަ ސަރުކާރުގެ ރައީސް ކަމުގައި މިހާރު އެ ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހްގެ "ޕޮލިޓިކަލް ޓެކްޓިކްސް" އިން އަތުރާލާފައިވާ ގޮތެއްގެ މަތީގައި ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. ދެ ލީޑަރުންގެ ތަފާތު އެކި ސިޔާސީ އުކުޅު ބޭނުންކޮށްގެން ފުރަތަމަ ފަހަރަށް އެމްޑީޕީއަށް މަޖިލިސް އިންތިހާބެއް ކާމިޔާބުކޮށް ސުޕަ މެޖޯރިޓީ ހޯދީއެވެ.
ދައުލަތުގެ ނިޒާމު އެކުލެވިފައިވާ ތިން ބާރު ކަމުގައިވާ، ވެރިކަމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރު ލިބި، ނިޒާމުގައި އޮންނަ ގޮތެއްގެ މަތިން ޝަރުއީ ބާރު ވެސް އެމްޑީޕީގެ ކޮންޓްރޯލްގެ ދަށަށް އައީއެވެ. ދެން ފެނުނީ ތަފާތު މަންޒަރެކެވެ. ރައީސް ސޯލިހްއާއި ރައީސް ނަޝީދުގެ ބޮޑެތި ހިޔާލު ތަފާތުވުންތަކެވެ.
އެއް ބަޔަކު މިކަން ސިފަކުރަނީ ސިޔާސީ އަރައިރުމެއްގެ ގޮތުގައެވެ. ބާރު ހޯދުމުގެ ވާދައެކެވެ. "ޕަވަ ސްޓްރަގަލް" އެކެވެ. އަނެއް ބަޔަކަށް އެއީ ހަމަ ހިޔާލު ތަފާތުވުމެކެވެ. އިދިކޮޅު ފަރާތްތަކުން ސިފަ ކުރާ ގޮތުގައި ކުޅޭ ބޮޑު ޑްރާމާއެކެވެ. ހަގީގަތަކީ ކޮބައި ހެއްޔެވެ؟
ދެ ރައީސުންގެ ބޮޑެތި ހިޔާލު ތަފާތުވުންތައް
އެންމެ ފުރަތަމަ ވެސް ހިޔާލު ތަފާތުވުމެއް ރައީސް ސޯލިހްއާއި ރައީސް ނަޝީދުއާއި ދެމެދު ފެނިގެން ދިޔައީ، ސުޕަ މެޖޯރިޓީގެ ޕާލިމެންޓްރީ ގްރޫޕް ތެރެއިން ނިންމަން އޮތް ފުރަތަމަ ނިންމުމާއި އެކީއެވެ. މަޖިލީހުގެ ރައީސްއަކަށް ސޯލިހް އިހްތިޔާރު ކުރެއްވި މެންބަރާއި ނަޝީދު އިހްތިޔާރު ކުރެއްވި މެންބަރު ތަފާތުވީއެވެ. ރައީސް އިހްތިޔާރު ކުރެއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. ނަޝީދު ބޭނުންފުޅުވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.
މިއީ "އާދައިގެ" ހިޔާލުތަފާތުވުމެއް ނޫނެވެ. އެކަން އެމްޑީޕީގެ އެކްޓިސްވިސްޓުންގެ ހިޔާލުތައް ބޭރުކޮށްލާ ހޮޅުއަށި ކަމުގައިވާ "ޓްވީޓާ" އިން ސާފުކޮށް ފެނުނެވެ. ރައީސް ނަޝީދަށް ތާއީދު ކުރާ އެކްޓިވިސްޓުންނާއި އެހެން ބައެއް އެމްޑީޕީގެ ސަޕޯޓަރުން ކެކި އަރައިގަތެވެ. ބެލެވުނު ގޮތުގައި ރައީސް ސޯލިހްއަށް ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީ ލިބުނީއެވެ.
REPORT: Anehkaa Ves Bodu Party Eh Roolhumakaa Dhimaa Ah? https://t.co/8DOQy6RJ7b
— Vaguthu Online (@VaguthuOnline) August 22, 2020
އެންމެން ވެސް ދެން ތިބީ މެޖޯރިޓީ އޮތް ފަޅި ޔަގީން ކުރާށެވެ. އެކަމަކު ދެ މެންބަރުން ވެސް ނަން ދޫކޮށްލީއެވެ. އަދި އެމްޑީޕީގެ ޒަމާންވީ ލީޑަރު، ނަޝީދުގެ ނަން ހުށަހެޅީއެވެ. ވާދަކުރާ ދެ ކެންޑިޑޭޓުން ވެސް އެ ގޮތް ބޭނުންވާ ކަމަށް ހާމަކުރީއެވެ. ރޭވުމެއްގެ ތެރެއިން ވިޔަސް ނަޝީދު ބޭނުންފުޅުވާ ގޮތަށް މި ކަން އެނބުރި، ނިންމާލިއެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ނަޝީދު ގެންދަވަނީ އެމަނިކުފާނުގެ ހިޔާލުފުޅު ފާޅުކުރައްވަމުންނެވެ. މި ގޮތަށް ފާޅުކުރެވޭ ހިޔާލުތަކުގައި އެންމެ ބޮޑު ކަމަކަށް ފާހަގަކުރެވުނު ކަމަކީ ރިޔާސީ ކޮމިޝަންތަކެވެ. މި ރިޔާސީ ކޮމިޝަންތަކަކީ މަރުތައް ތަހުގީގް ކުރުމަށާއި ހިޔާނާތްތައް ތަހުގީގު ކުރުމަށް ރައީސް ސޯލިހް އެކުލަވާލި ކޮމިޝަންތަކެވެ. ގާނޫނު އަސާސީގައި އެމަނިކުފާނަށް ލިބިދީފައިވާ ބާރެއްގެ ދަށުންނެވެ.
އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު ބޭނުންފުޅުވަނީ ރިޔާސީ ކޮމިޝަންތަކަށް މިހާރު ވެސް ތަހުގީގު ކުރެވިފައި ހުރި މިންވަރަކުން ދައުވާ ކުރެވެން ހުރި ފަރާތްތަކަށް ދައުވާ ކުރާށެވެ. އަދި އެ ކަންކަން ހާމަކުރާށެވެ. ނަމަވެސް ރައީސް ސޯލިހް ބޭނުންފުޅުވަނީ ރިޔާސީ ކޮމިޝަންތަކުގެ މުޅި ތަހުގީގު ނިމުމުން ދައުވާ ކުރުމުގެ މަރުހަލާ ކުރިއަށް ގެންދާށެވެ.
އެންމެ ފަހުން ރައީސް ނަޝީދު ވަނީ ރިޔާސީ ކޮމިޝަންތައް ހިންގުމަކީ ބޭކާރު ހަރަދެއްގެ ގޮތުގައި ވެސް ސިފަ ކުރައްވައިފައެވެ. ރިޔާސީ ކޮމިޝަންތަކުގެ ގާނޫނެއް ވުޖޫދުކޮށް، ދެ ކޮމިޝަނަށް ގާނޫނުން ހަވާލުކުރި މަސްއޫލިއްޔަތުތައް އަދާ ކުރެވޭ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. އިގްތިސާދު ދަށްވެފައިވާ ދަނޑިވަޅެއްގައި މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކޮމިޝަންތައް ނުބާއްވައި އުވާލަން ވެސް ގޮވާލެއްވިއެވެ.
ސަލާމަތީ ހިދުމަތްތައް އިސްލާހު ކުރުމުގެ މަސައްކަތުގައި ވެސް ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ހިޔާލު ތަފާތުވުންތަކެއް ފެނިފައިވެއެވެ. ސަލާމަތީ ހިދުމަތްތަކަށް ތުހުމަތު ކުރައްވައި ރައީސް ނަޝީދު ދައްކަވާ ބައެއް ވާހަކަތައް ރައީސް ސޯލިހް ދޮގު ކުރައްވައެވެ. ކޮމިޝަންތަކަށް ފުލުހުންގެ އެއްބާރުލުން ނުލިބޭ ކަމަށް ނަޝީދު ވިދާޅުވުމުން އެ ކަން ދޮގުކުރައްވައި، ފުލުހުންގެ އެއްބާރުލުން ލިބޭ ކަމަށާއި އެއީ "އަޅުގަނޑުގެ" ކޮމިޝަންތަކެއް ކަމަށް ސޯލިހް ވިދާޅުވިއެވެ.
ޕޮއިންޓް ހޯދުމުގައި ދެ ލީޑަރުންގެ އަމިއްލަ އުކުޅުތަކުގައި
ރައީސް ސޯލިހްއާއި ރައީސް ނަޝީދުގެ ވާދަވެރިކަމެއް އޮތް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން އެބަ ވިދާޅުވެއެވެ. އެކަމަކު ބައެއް މެންބަރުން އެ ވާދަވެރިކަން ސިފަ ކުރައްވާ ގޮތުގައި މިއީ ވަރަށް ތަފާތު އުކުޅުތަކެއް ހިމެނޭ ވާދަވެރިކަމެކޭ ބުނެވިދާނެއެވެ. ދެ ބޭފުޅުން އުޅުއްވަނީ ކޮންމެ ކަމެއްގައިވެސް އަމިއްލަ ނަންފުޅަށް "ކްރެޑިޓް" ހޯދުމަށެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ސަރުކާރުގެ އިސްލާހީ އެޖެންޑާގައި ހިމެނޭ ގާނޫނީ އޮނިގަނޑުތައް އެކުލަވާލަމުން ދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ވެސް އެ މަސައްކަތް ފެށިއެވެ. ބެލެވޭ ގޮތުގައި ނަޝީދު އުޅުއްވީ ސަރުކާރަށް ގާނޫނީ އޮނިގަނޑު އެކުލަވާލުން ލަސްކަމަށް ދައްކައި، މަޖިލީހުން އެމަނިކުފާނުގެ ލީޑާޝިޕްގައި އެ ކަން ކުރި ކަން ދެއްކުމަށެވެ. މަޖިލީހުގެ ޖަލްސާއެއްގައި ސަރުކާރުގެ ބިލްތައް ހުންނަނީ މާ ކުރީގެ އޮނިގަނޑުތަކަށް ކަމަށް ވިދާޅުވެ ފާޑުވެސް ވިދާޅުވިއެވެ. މިއީ ރައީސްއަށް ލިބޭ ޕޮއިންޓްތައް ނަޝީދާ ދިމާއަށް އަނބުރާލަން ކޮށްފައި ހުރި ކަންކަން ކަމަށް ބެލެވެއެވެ.
REPORT: MDP Ge Ethere Hingaa Goiy Saafu Nukoh Dhevenee Keeve? https://t.co/l4tLaxSHRS
— Vaguthu Online (@VaguthuOnline) October 24, 2020
މިފަދަ އެހެން ކަމެކެވެ. ކޮވިޑް-19 ގެ ފަރުވާއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ހިންގި ހިޔާނާތުގެ މައްސަލައިގައި އޭރު މިނިސްޓަރު ކަމުގައި ހުންނެވި އަބްދުﷲ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން ރައީސް ނަޝީދު އިސްވެ ފެއްޓެވިއެވެ. ބައެއް މެންބަރުން ވިދާޅުވެފައިވާ ގޮތުގައި ނަޝީދު އެ މަސައްކަތްޕުޅު ފެށްޓެވީ ވެސް ވަރަށް އަވަހަށް އަމީންއަށް ފިޔަވަޅު އެޅޭނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހް މެންބަރުންނަށް ދެއްވާފައިވަނިކޮށެވެ. ރައީސް ސޯލިހްއަށް މި ކަމުގެ "ކްރެޑިޓް" ލިބުމުގެ ކުރިއަށް ނަޝީދު "ކްރެޑިޓް" ދަމައިގަންނަން އުޅުނީ ކަމަށް ބެލެވެއެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް މަގާމުން ވަކި ކުރަން ނަޝީދު ފެއްޓެވި މައްސަލައިގައި ދިމާވީ ތަފާތު ގޮތެކެވެ. ފައްޔާޒް މަގާމުން އެކަހެރިވެވަޑައިގަތުމަށް އަންގަވައި، ނަޝީދުގެ ސިޓީއެއް ވެސް އާންމުވިއެވެ. ނަމަވެސް ނަޝީދުގެ ވިސްނުންފުޅާއި ރައީސް ސޯލިހްގެ ވިސްނުންފުޅު ތަފާތެވެ. ރައީސް ސޯލިހް ވިދާޅުވެފަައި ވަނީ މިނިސްޓަރު ފައްޔާޒަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި، އޭނާ މަގާމުން ވަކި ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އޭގެ ފަހުން، ނަޝީދުގެ ރާގު މުޅިން ބަދަލުވިއެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން ނޫޅުއްވާ ކަމަށް ވިދާޅުވިއެވެ. ގައުމީ މަޖިލީހުގެ ތެރޭގައި ބަހުސް ކުރިއަށް ގެންދަވާނެ ކަން އިއުލާން ކުރެއްވިއެވެ. ނަމަވެސް ފަހުން އެފަދަ ކަމެއް އެ މަޖިލީހުގައި ނުހިނގައެވެ.
ހަ ކުޅި ކުރިއަށް ކުޅުމުގެ ވިސްނުން؛ ގުޅިގެން އެކި ރޭވުން
މިއީ ޒަމާންވީ ދެ އެކުވެރިންނެވެ. އެމްޑީޕީގެ ދެ މަސްއޫލުވެރިންނެވެ. ސިޔާސީ މަސައްކަތުގެ ދެ ބައިވެރިންނެވެ. ރައީސް ސޯލިހްއާއި ރައީސް ނަޝީދުގެ މިޒާޖުގައި ތަފާތު ހުރެއެވެ. ހިޔާލު ތަފާތުވުން ގާތެވެ. އެކަމަކު އެމްޑީޕީގެ ގިނަ މެންބަރުން ގަބޫލުކުރާ ގޮތުގައި މީގައި ނޭނގޭ އުކުޅުތައް ހުންނާނެއެވެ. ނަޝީދު ވިދާޅުވާ ގޮތުގައި "ހަ ކުޅި ކުރިއަށް ކުޅުމުގެ" އުކުޅުތަކެވެ.
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވި ގޮތުގައި އެމްޑީޕީގައި ދެ ފެކްޝަންއެއް ނެތެވެ. ރައީސް ސޯލިހްއާއި ރައީސް ނަޝީދު އެމްޑީޕީއަށް ދެރަ ގޮތެއް ވާކަށް ނޭދޭނެ ކަމަށް ވިދާޅުވިއެވެ. ހިޔާލުތަފާތުވުން އޮތަސް މަޝްވަރާ ކުރައްވައިގެން ހައްލު ހޯދާނެ ކަމަށާއި، އެމްޑީޕީގެ މެންބަރުން ގަބޫލު ކުރައްވާ އެއް އުސޫލަކީ ދާން ބޭނުންވާ އެއް އަމާޒަކަށް ދިއުން ކަމަށް އިންތި ވިދާޅުވިއެވެ.
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވެސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ބައެއް ކަންކަމާއި މެދު ހިތްހަމަނުޖެހޭ އެމްޑީޕީގެ މެންބަރުންގެވެސް، އެއްވެސް އިރަކު ރައީސް ސޯލިހްއާ މެދު ނުތަނަވަސް ކަމެއް ނެތެވެ. އެ މެންބަރުން ވެސް ބޭނުން ވަނީ ސަރުކާރުގައި ގޯހެއް ނެތި ރައީސް ސޯލިހްގެ ސަރުކާރު ކާމިޔާބު ސަރުކާރަކަށް ވުން ކަމަށް އޭނާ ވިދާޅުވިއެވެ.
ބޮންޑެ ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހަކީ އަބަދުވެސް ބަހުސް ކުރުމާއި ޒުވާބު ކުރުމުގެ ސަގާފަތެއް އޮންނަ ތަނެއް ކަމަށެވެ. އެމްޑީޕީގެ ގައުމީ މަޖިލިސް ވަނީ އެފަދަ ކަންކަމަށް ހޭނިފައި ކަމަށް ވިދާޅުވިއެވެ. އެމްޑީޕީ ސަރުކާރެއް އޮންނައިރު ވެސް، އެމްޑީޕީގެ ވަޒީރަކާއި މެދުގައި ވިޔަސް ހިތްހަމަނުޖެހި އެ ބަހުސްތައް އެ ތަނުގައި އޮންނަ ކަމަށާއި އެ ކަންކަމަކީ ރައީސް ސޯލިހްއާއި ރައީސް ނަޝީދާއި މެދު ހިތްހަމަނުޖެހި އޮންނަ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ދެ ލީޑަރުންނަށް ވެސް އެމްޑީޕީގެ މެންބަރުން އިތުބާރު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
Raees Nasheed Idhikolhah: Siyaasee Harakaatheh Viyya 2-3 Kulhi Kuriah Visnavaafa Noonee Nunikunnavaahttps://t.co/zC9TYPCjnB
— Vaguthu Online (@VaguthuOnline) June 1, 2020
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އެހެން މެންބަރަކު ވިދާޅުވި ގޮތުގައި ރައީސް ސޯލިހްއާއި ރައީސް ނަޝީދަކީ ސިޔާސީ ތަޖުރިބާ ހުންނެވި ދެ ބޭފުޅުންނެވެ. އެއް ޕާޓީއެއްގެ ދެ ލީޑަރުންގެ ކޯޅުމެއްގައި ދޫ ދެއްވަން ނުޖެހޭ ވަރަށް ދޫ ނުދެއްވާނަމަ ވާނެ ގެއްލުން އަންދާޒާ ކުރެވޭނެއެވެ. ދެ ބޭފުޅުންގެ މެދުގައި މަޝްވަރާތައް އަބަދުވެސް ހިންގަވައެވެ. އަދި ހަމައެކަނި އެ ދެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާ މަޝްވަރާތައް ވެސް އޮވެއެވެ. އެހެންކަމުން އެތައް ކަމެއްގައި ދޫ ދެއްވައި، ރޭވުންތަކެއް ތެރޭ މަސައްކަތް ކުރައްވާނެއެވެ.
މި ކަމުގައި ރައީސް ނަޝީދު ވަނީ ވަރަށް ސާފު ޖަވާބެއް ކުރިން ވެސް ދެއްވައިފައެވެ. އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބޭއްވި ޕްރޮގްރާމެއްގައި އަމާޒު ކުރެވުނު ސުވާލަކަށް ދެއްވި ޖަވާބެކެވެ. "އަޅުގަނޑާއި ރައީސުލްޖުމްހޫރިއްޔާއަށް ގައިމު ވެސް އެއްބަސްވާ ކަމެއް ހޯދޭނެ. އަޅުގަނޑުމެން ދެ މީހުން އެއްބަސްވާ ކަމެއް ކުރާނަން" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކަޝްމީރަށް އަނިޔށވެރިވާ ދެ ކާފަރުން މިއީ
ތި ބަޖެޓަކީ ހަމަ ބަބްލް އެއް. ކައުންސިލް އިންތިހާބު ނިމެންދެން އޮންނާނީ ޕްރޮޖެކްޓްތައް ހަވާލުކޮށް ސޮއިކުރުން. މޑޕްަށް ކާމިޔާބުވިއަސް އަދި ކާމިޔާބު ނުވިއަސް އިންތިހާބު ނިމުމާއެކު ތަރައްގީގެ ޕްރޮޖެކްޓްތައް ހުއްޓާލާނެ. ބަބްލް ފެޅި ތިކިޔާ މުޅި ގައުމުގެ އިގްތިސާދު ހުއްޓޭނެ. ވަޒީފާތައް މަދުކުރާނެ މުސާރަތައް ކުޑަކުރާނެ. ލާހިކެއްނޫން މިސަރުކާރު ހިންގާކަށް މިނޫން ގޮތަކަށް. އިންޑިޔާއިން ކިތަންމެ ވަރަކަށްވެސް ކްރެޑިޓަށް މުދާީފާނެ. އެކަމަކު އެއަށް ދައްކަންޖެހޭ ޑޮލަރެއް ރާއްޖެއަކަށް މިއަންނަ އަހަރު ނުވަންނާނެ. ހަމައެކަނި އޮތް އޮޕްޝަނަކީ މުވައްޒަފުންވަކިކޮށް މުއައްސަސާތައް އުވާލުން. ސިކުނޑީގަ ތެތްކަމެއް ހުރި ކޮންމެ މިހާކަށް މިވަރު އެނގޭނެ. މާހިނިއައިސް އެއަރޕޯޓާ ބިންހިއްކުމާ ނަރުދަމާވާނެ ކަމެއްނެތް. ހަމަ ހުސް ބިލާހޭ އެއީ. ކައުންސިލްަކުގެ އެދުމުގައި ހަދާފަ އޮތް ބަޖެޓަކީ ބޮޑު ދޮގެއް. މިގައުމު ހުއްޓުމަކަށް މިދަނީ. މިއީ އިގްތިސާދީ ނަޒަރުން ދެނެގަންނަން ލައްކަ ފަސޭހަ ކަމެއް. މިއަންނަ އަހަރަކީ ހިލޭ އެހީއަށް އެންމެ ރުފިޔާ ފޮއްޗެއްވެސް ވަންނާނެ އަހަރެއްނޫން. ފަހަރެއްގަ ޗައިނާ، ޖަޕާން ފަދަ ގައުމަކުން ވެކްސިން އާއި ސިއްހީ އާލަތްތަކެއް ދީފާނެ.
ކެނެރީގެ ބުއްޅަބޭ އާއި ހިންނަވަރު ބުއްޅަހުއްތު އެއީ މަކަރުވެރި ލާދީނިއްޔަތު ނުވަތަ މިނިވަން ފިކުރުގެ ދެ ބޮޑުން. ހިތުގަ އޮތް ހަސަދަވެރިކަމާއި އަނިޔާވެރިކަން އިސްކުރަނީ. މި ދެ މުޖުރިމުންގެ ކިބައިން ފެނިގެން ދަނީ ހިންދުކަރަށް މިގައުމު އަޅުވެތި ކުރުމުގެ މަސައްކަތް ބާރު މިނުގައި ކުރާތަން.
ލޮބުވެތި ދިވެހީންނޭ ހޭލާށެވެ.
2 ވަގުން
އަހަރެމެންނަށް އެނގޭ ތިކަން. ރައީސް ނަޝީދަކީ ސިއްކަގެ ފަސްޓް ޗޮއިސް. ނަޝީދު ޖަލުހުކުމެއްގައި ހުރުމުން ފަޒްނާގެ ފިރިމީހާ ދެން އޮތް ޗޮއިސް އަކީ. މުޅި ގޭމް ކުޅެނީ ސިއްކަ. ސްޓްރެޓެޖިކް ޕްލޭން ހަދަނީ ސިއްކަގެ ގޭ ކާމޭޒުމަތީގަ. ޕްލެން ތަންފީޒް ކުރަނީ، ސިއްކަގެ ދަނބިދަރިން. އިބޫއާ މސ ހަމީދު. ނަޝީދަކީ ސިއްކަގެ ފޭވަރިޓް، ޓްރަސްޓް ކުރެވޭ އެންމެ ގާތް މީހާ. ނަޝީދުގެ ވިސްނުން ރަނގަޅު މަޖްލީހުގައި ތިބީ އިލްމމެއްނެތް ނަޝީދުގެ ޕަޕެޓުން. ކިޔަވައިގެން ތިބި މީހުންނަކީ ސޯލިހު ފަޅިކަމަށް ދައްކަނީ އެމެންބަރުންނަށްވެސް ވާނުވާ ނޭނގޭގޮތަށް. މިނިސްޓަރުން ތިބީ ކައިކައި ފުރިފަ، ބުނިގޮތެއް ހެދޭނީ. ދެބައިކުޅަ އެއްބައި ލިބޭނެ ކޮންމެ ކަޓަކުން.
ރައްޔިތުންނަށް އޮތީ ދޮގުހަދާ އިބޫއާއި ރައްޔިތުންނަށް ފުރައްސާރަކުރާ ނަޝީދއަށް ސަނާ ކިޔުން. އެކަމަކު މަކަރުވެރިކަން ނިމިގެންދާނެ! ކޮންގޮތަކަށްކަން ނޭނގެނީ! ކޮންމެވެސް އެއްބަޔަކު ހަލާކުވެގެން ނިމޭނީ. ރައްޔިތުން ނުވަތަ ރައްޔިތުންނަށް އޮޅުވާލުމާ ދޮގުހަދާ ސިއްކަ އާއިލާ. ދުނިޔޭގެ އެނެމް ބާރުގަދަބގައުމު އަތްދަށުވެގެން ނުވަތަ ދުނިޔޭގެ އެންމެ ނުލަފާ ޖައްލާދުގެ ވެރިކަން އޮތް ހިޔަޅުގެ އަތްދަށުވެގެން ކަމެއްނޭނގެ. ހުރިހާ ދެރައެއް ދިވެހިގައުމާ ދިވެހި ރައްޔިތުނަނަށް. އެކަމަކު އެއީ ދިވެހިންގެ ހަސަދަވެރިކަމާ ގާފިލްކަމާ ކަންނެތްކަމުގެ އަގުގެ ގޮތުގައި ވުން އެކަށީގެންވޭ.
"ރައީސް ޔާމީންގެ ފޭރުނު އެ ވެރިކަން"
ޑައިރެކްޓެޑް ބައި ރޮބަޓް ބ. ވެއިޑޭ
މިއަށްވުރެ ރަޙުމެއްނެތް ލަދެއްނެތް ކަމަކުން ކަމަކަށް ނުހިތާ ޙަޔާތްކުޑަ ރައީސެއް އަދި ނުދެކެން.
މިވެރިންނަށް އަހަރެމެންނަށް މަކަރު ހެދެނީ އަހަރެމެންގެ ބުއްދި ނެތުމުން. ކޮންމެ ފަހަރަކު ޑްރާމާ ކުޅޭނެ އާޚިރުގައި ނިމޭނީ ދެމީހުން ބައްދާ ބޮސްދީފަ. ދިވެހިންގެ ބޮލަށް ޗިޕްޖެހޭނެކަން 2018 ގެ އިންތިހާބުން އެނގިގެން ހިނގައްޖެ. ގައުމު ތަރައްގީއާ ތަމައްދުންގެ މަގުން މެކުހައްޖަހާފަ ހުއްޓާ 2011 ގައި ފެއިލްވެގެން ވެރިކަމުން ދުރުވެގަތް ބަޔަކަށް ވެރިކަން ދީފި. ކަނު ބުއްދިފިލާފަ ތިބި ބައެކޭ ދިވެހިންނަކީ ނުބުނެވޭނެތަ؟ ޔާމީނަކީ ވަގެކޭ ގޮވައިގަތީމަ ފަހަތުން އެންމެން "ޔާމީނަކީ ވަގެއް" ކިޔައިފަ ޖަހާ 1988 ގެ ބާޣީންނަށް ވެރިކަން ދީފި. ދިވެހިންގެ ލޭއޮހޮރުވާލި ބަޔަކު ދިވެހިންގެ މައްޗަށް ވެރިކަން ކުރަން ލިބުމުން ވާނެގޮތުގެ ޑެމޯއެއް 2008 ގެ މޑޕ ވެރިކަމުން ފެނުނު. އެކަމަކު ބުއްދިވެރިންނަށް ދޮތްތޯ ވިސްނޭނީ. ދިވެހިންނަކީ ބުއްދިފަސްވެފައިތިބި ޖާހިލު ވިޔާނުދާ ﷲ ގެ ރަހުމަތަށް ފުރަގަސްދޭ ގޯސްބައެއް. ހަލާކުގެ މަގު އިހްތިޔާރުކުރާ ޖުހާބައިގެ ބައެއް.
ތީ ރޭވުމެއް. ތިހެން ނުބުނި ނަމަވެސް އެންމެންނަށް އެކަން އިނގޭ. ބޮޑު ރޭވުން ގަނޑެއްގެ ތެރެއިން އެމީހުން ކުރާކަމެއް ތީ.
ތީ 2 ވަގުން