މިހަފްތާ ނިމިގެން މިދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ޙުކުމެއް 2015 ވަނަ އަހަރު އިއްވި ބެންޗްގައި ހިމެނިވަޑައިގެންނެވި ތިން ވަނަ ޤާޟީ ކަމަށްވާ ޤާޟީ އަބްދުލް ބާރީ ޔޫސުފް މަގާމުން ވަކިކޮށްގެންނެވެ. މީގެ ކުރިން ވަނީ ނަޝީދުގެ މައްޗަށް ޙުކުމް އިއްވި ފަނޑިޔާރުގެ ބެންޗްގައި ހިމެނުނު ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު ސުޖާއު އުސްމާން ވެސް މަގާމުން ދުރުކޮށްފައެވެ. އެހެންކަމުން މާޒީގެ ހަނދާންތައް އާކޮށްލަން މިވަގުތަކީ އެންމެ ރަނގަޅު ވަގުތެވެ.

2011 ވަނަ އަހަރުގެ ފަހުކޮޅަށް ދިޔައިރު ނަޝީދުގެ ވެރިކަން އޮތީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. އެތައް ކަމެއް މެނޭޖް ނުކުރެވި އަތްދަށުން ގޮސް، ނަތީޖާއެއްގެ ގޮތުން ސަރުކާރު ދިޔައީ ނޭވާ ހޮޅިއަށް އެޅެމުންނެވެ. 2012 ވަނަ އަހަރު ފެށުނުއިރު އިދިކޮޅު ސިޔާސީ ހަރަކާތްތައް ދިޔައީ ވަރުގަދަ ވަމުންނެވެ. އޭރު އިދިކޮޅު ހަރަކާތްތަކުން ފެންނަމުން ދިޔަ ޑރ.މުހައްމަދު ޖަމީލް އަހުމަދާއި ސަންދާނު އަހައްމައިދީ ފަދަ ބޭފުޅުން ކޮންމެ ރެއަކު ފުލުހަށް ހާޒިރުކޮށް ހައްޔަރު ކުރަމުން ގެންދިޔައެވެ. އެބޭފުޅުން ހައްޔަރު ކުރިނަމަވެސް ހައްޔަރު ކުރަމުން ދިޔައީ ވަރަށް ތާކުންތާކު ނުޖެހޭ ސަބަބެއް ދައްކަވައިގެންނެވެ. ބައެއް ރޭރޭ އެބޭފުޅުންގެ މައްޗަށް ތުހުމަތު ކުރީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަށް ނަގާލަން އުޅުނުކަމުގެ ތުހުމަތެވެ. ހަޤީޤަތަކީ ދެބޭފުޅުން ވެސް ކޮންމެ ރެއަކު ހައްޔަރު ކުރަމުން ގެންދިޔައީ ޓީވީ ޕްރޮގްރާމެއްގައި ރައީސް ނަޝީދަށާއި ސަރުކާރަށް ފާޑުކިޔުމުންނެވެ.

އެދެބޭފުޅުން ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރުމުން ނަޝީދަށް އޭރުވެސް ގަބޫލު ކުރެވުނީ މިހާރު ވެސް އެމަނިކުފާނުގެ ވިސްނުން އެހުރި ގޮތައް މައްސަލަ އިސްތިއުފާނު ކުރުމުގެ ބަދަލުގެ ޤާޟީ އާއި މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުގެ އިސް ޤާޟީއަކަށް އޭރު ހުންނެވި އަބްދުﷲ މުހައްމަދު (އަބްދުﷲ ޤާޟީ) ސިފައިން ފޮނުވައިގެން ވަގަށް ނެގިއެވެ.

އަބްދުﷲ ޤާޟީ ވަގަށް ނެގުމާއިއެކު އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުންނާއި ހައިކޯޓުންނާއި ސުޕްރީމް ކޯޓުން އަމުރު ނެރުނެވެ. އަދި ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުންނާއި ބައިނަލްއަޤުވާމީ އެތައް ޖަމިއްޔާއަކުން އަބްދުﷲ ޤާޟީ ދޫކޮށްލަން ގޮވާލިއެވެ. ނަމަވެސް އެއިން އެއްވެސް އަމުރަކަށް، އެއްވެސް ގޮވާލުމަކަށް ރައީސް ނަޝީދު ތަބާވެ ވަޑައެއް ނުގެންނެވިއެވެ.

އަބްދުﷲ ޤާޟީ ދިރިއުޅުއްވާ ގެ އަށް، ޖެނުއަރީ 16، 2012ގެ ރޭ އިރާކޮޅު ސިފައިން ވަދެ އޭނާ ގަދަކަމުން ހައްޔަރުކޮށްގެން ގިރިފުއްޓަށް ގެންގޮސް ފޮރުވައި ރަހީނުކުރި މައްސަލައިގައި، ނަޝީދުގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ މާޗް 13، 2015 ގައި ކްރިމިނަލް ކޯޓުގެ ތިން ޤާޟީންގެ އިސްތިފާގުން ހުކުމްކުރީ ފެންނަން އޮތް ވަރަށް ސާފު މައްސަލައެއްގައެވެ.

ނަޝީދުގެ މައްޗަށް އުފުލުނު ދައުވާ ސާބިތު ކުރަން ދައުލަތުން ހުށަހެޅި ހެކިންގެ ގޮތުގައި އޭރު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކްގައި ހުންނެވި އަހުމަދު ޝާކިރާއި އޭރު ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކްގައި ހުންނެވި އަހުމަދު ޖަމްޝީދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދެމުން ވިދާޅުވެފައި ވަނީ އަބްދުﷲ ޤާޟީ ބަންދުކުރި ފަހުން ނަޝީދު ފުލުހުންގެ ބައެއް އޮފިސަރުންނާ ބައްދަލު ކުރެއްވި ކަމަށާއި އެބައްދަލުވުމުގައި އަބްދުﷲ ޤާޟީ ކްރިމިނަލް ކޯޓާއި 100 ފޫޓަށް ކައިރި ނުވެވޭނެ ކަމަށް ނަޝީދު ވިދާޅުވި ކަމަށެވެ. އެބައްދަލުވުމުގައި ނަޝީދު ވަނީ އަދި ވެރިކަން ލިބުނަސް އަބްދުﷲ ޤާޟީ ހައްޔަރު ކުރާނެ ކަމަށް ވިދާޅުވެފައެވެ. އެބައްދަލުވުމުގެ އޯޑިއޯ ރެކޯޑިންއެއް ވެސް ފަހުން ލީކް ވެފައިވެއެވެ.

އަބްދުﷲ ޤާޟީ ދޫކޮށްލަން ނެރުނު އަމުރުތަކަށް ތަބާނުވީ ނަޝީދެވެ. އަދި އެއްވެސް މުއައްސަސާއަކުން އެއަމުރުތަކަށް ތަބާވުން ހުއްޓުވީ ސިފައިންނާއި ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި އޭރު ހުންނެވި ނަޝީދެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމު ދިފާއު ކުރެވޭތޯ ޑރ.އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ނަޝީދު މިނިވަން ކުރިނަމަވެސް އެންމެންގެ ލޯކުރިމަތީގައި ފެންނަން އޮތް ހަޤީޤަތްތައް ދޮގެއް ނުކުރެވޭނެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދުގެ ސިޔާސަތުތަކާއި ދެކޮޅު އެމްޑީޕީގެ އިސް ބޭފުޅަކު ވިދާޅުވީ ނަޝީދު ދެވަނަ ފަހަރަށް ވެރިކަން ހޯދަން ކުރަމުން އައި އުއްމީދަށް ހުރަސް އެޅުނީ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލާން ކުރި ޙުކުމުން ކަމަށާއި އެހެންކަމުން އެޙުކުމް ކުރެއްވި ޤާޟީންގެ މަތިން ނަޝީދު ހަނދުމަފުޅު ނައްތަވާ ނުލައްވާ ކަމަށެވެ.

"އެތިން ޤާޟީންގެ ތެރެއިން ބައެއް ބޭފުޅުން މަގާމުން ދުރުކުރުން ލަސްވެގެން ނަޝީދު އެކަމުގެ ޝަކުވާ ވެސް ކުރައްވާފައިވޭ. ވަރަށް ގިނައިން ބައްދަލުވުންތަކުގައި އެތިން ޤާޟީންގެ ނަންތައް ފާހަގަ ކުރައްވާ. ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި 2018 ވަނަ އަހަރުގެ އިންތިޚާބަކީ ކޮންމެ ބޭފުޅަކު ކުރިމަތިލެއްވި ނަމަވެސް އެމްޑީޕީ އަށް ލިބެން އޮތް އިންތިޚާބެއް. އެފުރުސަތު ނަޝީދަށް ނުލިބި އިބޫއަށް ލިބުނީ ނަޝީދު ޙުކުމެއްގައި ހުންނެވުމުން. އެހެންކަމުން އެޙުކުމް ކުރި ޤާޟީން ދުއްވާލަން ޖެހޭކަމަށް ނަޝީދު ދެކެވަޑައިގަންނަވާ." އޭނާ ވިދާޅުވިއެވެ.

ނަޝީދުގެ މައްސަލަ ބެއްލެވި ޤާޟީންނާއި މެދު ފިޔަވަޅު އެޅިގެން ދިޔަ ގޮތުން ވެސް އެއީ ޒާތީ ގޮތުން އެޅިގެން ދިޔަ ފިޔަވަޅުތަކެއްކަން ވަރަށް ބޮޑަށް ސާފުވެއެވެ. ބައެއް ބޭފުޅުންގެ މައްޗަށް އެމްއެމްޕީއާރްސީ މައްސަލައިގެ ތުހުމަތުތަކެއްކޮށް މަގާމުން ދުރުކުރިއިރު އެއިން އެއްވެސް ބޭފުޅެއްގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ވެސް ހިންގިފައެއް ނެތެވެ. އެވިދާޅުވާ ވަރަށް ހެކިތަކެއް ހުރިނަމަ ޖިނާއީ ތަޙްޤީޤު ހިންގައި އެބޭފުޅުންގެ މައްޗަށް ދައުވާ އުފުލޭ ހިސާބަށް ދެއަހަރު ތެރޭގައި ނުދެވުނީ ކީއްވެ ހެއްޔެވެ؟

އަބްދުﷲ ޤާޟީ ދޫކޮށްލުމަށް ނެރެވުނު އަމުރުތަކަށް ނަޝީދު ގޮންޖައްސަވައި، ވާހަކަދައްކާފައިވާކަން ކްރިމިނަލް ކޯޓުގެ ޝަރީއަތަށް ހުށަހެޅިފައިވާ ކަންތައްތަކުން ސާފުކޮށް އެނގެން އޮތެވެ. އަބްދުﷲ ޤާޟީ ހައްޔަަރުކުރުމުގެ މޭސްތިރިއަކީ ނަޝީދުކަން ވެސް ޝައްކެއް ނެތް މިންވަރަށް އެނގެއެވެ. މިކަންކަމާ ދެކޮޅަށް ނަޝީދަށް ޖަދަލު ކުރުމުގެ ޖާގަ ނުލިބޭނެހާ ފާޅުކަން ބޮޑުގޮތެއްގައި ޝަރީއަތަށް މިކަން ސާބިތުވެއެވެ. މިކަމުން ނަޝީދަށް ބަރީޢަވެވޭނެ އެއްވެސް ގޮތެއް ނެތެވެ.

އެހެންކަމުން އަދިވެސް ޤާނޫނު އަރައި ނަޝީދާއި ހަމަކުރާނެއެވެ. އަބްދުﷲ ޤާޟީ ރަހީނު ކުރި މީހުންނަށް އަދަބު ދެވޭނެ ދުވަހެއް އަންނާނެއެވެ.

ތިން ފަނޑިޔާރުން ވަކިކުރުމުން ނަޝީދުގެ އަމުރަށް އަބްދުﷲ ޤާޟީ ރަހީނު ނުކުރާކަމަށް ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. އަލީރާޖާ

    އެއީ "ރަހީނު" ކުރުމަކަށް ނުވާނެ. އެ ވާނީ ދައުލަތުން އަބްދުއްﷲ ގާޒީ ހައްޔަރު ކުރުން ކަމަށް. އަދި ދޫކުރަން ނެރުނު ކޯޓު އަމުރަށް ތަބާނުވެ ދޫނުކުރީ ކަމަށް. މި ނޫން އެހެން އެއްވެސް ކަމަކަށް ނުވާނެ.

    13
    97
    • އަލީރާޖާ އަރާކާ

      މީގަ މިވާއެއްޗެއް ބޮޑަށް އިނގޭނީ އަލީރާޖާއަށް...

    • Anonymous

      ދަޢުލަތުން މީހަކު ހައްޔަރުކުރާނަމަ އަމަލުކުރަންޖެހޭ އުސޫލެއް އޮވޭ. އޭގެ ބޭރުން މީހަކު ގޭގައި އޮއްވާ ދަންވަރު ގެއަށްވަދެ އެމީހާގަދަކަމުން ގެންގޮސް އަދުލުގެ ނިޒާމުން ބޭރުކޮށްފައި ބެހެއްޓުމީ ކޮންކަމެއްތޯ.

      12
  2. އިބޫ

    މި ނަސީދުގެ ވާހަކަތައް ނޫސްތަކުގެ ފަލަ ސުރުހީން ފޮހެލަން ވެއްޖެއެއްނު މިހާރު. މީ މިޤައުމަށް ޖެހިފަހުރި ބޮޑު ވާބާއެއް.

    121
    11
  3. މާމީ

    ބަޔަކު މީނާ އައްފުރުސަތު ދިނީ ދެން ތިވާހަކަ ދައްކާނެ ކަމެއްނެއް މީނާއަކީ ޔަހޫދީ އެޖެންޓެކޭ ވެސް ބުނިމީހުން ތިބި.

    104
    7
    • ހަސަނުގެ ދަރި ލަތީފް

      މީނާއަކީ ޔަހޫދީ އެޖެންޓެކޭ ވެސް ބުނިމީހުން މިހާރު ޘަނާކިޔަނީ ، އެއިގެތެރއިން އެންމެ ކުރީސަފުގައި މަސައްކަތް ކުރި އަދާލަތުގެ މީހުން ، އެއިގެތެރެއިންވެސް އަރާތިބީ އިލްޔާސާ އިމްރާން ، އަދި މިކަލޭގެ ދީނާ ޚިލާފަށް ދައްކާފަ ހުރި ވާހަކަތަކާ ބެހޭގޮތުން ދީނި ޢިލްމްވެރިން ނެރުނު ލިޔުމުގައިވެސް ސޮއިކޮށްފައިވޭ އިލްޔާސާ އިމްރަނުވެސް ، މިހާރު ފައިސައާ މަގާމްގެ ބޭނުމުގައި ސަނާކިޔަމުން ދުވަނީ ދެފުށްކެހެރި ބަޔެއް

      35
      4
  4. Anonymous

    ތިނަޝީދަކީ މިހާރުވެސް ޖަލުގަ އިންނަންޖެހޭ މީހެއް. ގޮސ

    109
    10
  5. ޖޭ ޖޭ ޖޭ ޖޭ ޖޭ

    ޖޭ ގަޑު ވިޔަސް މުޅިން ވެސް މީނަގެ ވާހަކަ

    22
    6
  6. ނަސީދު

    ރައްޔިތުން ހޮވާފަހުރި ވެރިޔަކާ ދެކޮޅައް ނިކުމެ ވެރިކަމުގެ ދަހިވެތިކަމުގަ މަދުބަޔަކު ނިކުމެ ހިންގި ބަގާވާތް އެއީ ތިބުނާ ޣާޒީއަކު ހައްޔަރުކޮއް އެކަހެރި ކުރަން ޖެހުނު އަސާސްކަމަށް ގަބޫލު ކުރިޔަސް ނުކުރިޔަސް އެއޮތީ ފެންނަން. އަދި ބާކީ ތިބި ބާޢީންވެސް ގާނޫނުގެ ތެރޭން އަދަބު ލިބޭނެ!

    11
    87
    • ކެކެކެ

      އަސްލުވެސް ދޯ!
      ކެރަފާ އާއިލާގެ ކުޑައިން ބޮޑަށް ހުރިހާ ބާޣީން އޮރިޔާމުން ގަން ނުހިންގަނީސް އިންސާފު ލިބުނު ކަމަކަށް ނުވާނެ. އެމީހުންގެ ބަލާ ނުޖެހޭ ދިވެއްސަކު ފާއިތުވި 100 އަހަރެއްތެރޭ މި ގައުމު ނުދެކޭ. ކަލޭ ބުންޏަސް ތީ ހެޔޮ ވާހަކައެއް.

      10
    • ހަސީބު

      އޭ ނަޝީދޫ.. ކަލޯ ހަމަތަ؟؟؟ ގާނޫނީ ވެރިކަމެއް ހިގާނީ ވަލިއްޔުލް ޢަމުުރުވެސް ގާނޫނީ އިމުގެތެރެއިން ކަންކަން ކުރާނަމަ.... ގައުމުގެ އިސްވެރިޔާ ގާނޫނީ އިމުން ބޭރުވީމާ، ގާނޫނީ އަމުރުތަކަށް ތަބާނުވީމާ އެހިސާބުން ގާނޫނީ ވެރިކަން އެ ނިމުނީ.... ދެން ޖެހޭނީ ރައްޔިތުންނުކުމެ ނުވަތަ ސަލާމަތީ ބާރުތަކުން އެ ވެރިޔަކު މަގާމުން ދުރުކުރަން.... އެއީ ގާނޫނީ ވެރިކަން އިޔާދަކުރުމަށްޓަކައި ސަލާމަތީ ބާރުތަކުގެ މައްޗަށް ލާޒިމުކަމެއް...

  7. Happy

    ޙަކުޅިކުރިޔަށް ކުޅޭ ސިޔާސީ މޮޅު ފަހުލަވާނެއް! ❤️👏👏👌

    10
    65
  8. ބޮންދު

    މިގައުމައް ކޮރޯނާއައްވުރެ ނުބައި ބައްޔެއްޖެހިފައިވޭ އެބަލި މިގައުމުން ފޮހެލައިގެން މިގައުމު ރަގަޅުމިސްރާބަކައްގެންދެވޭނީ

    78
    4
    • ބުޅާވަތީ

      ޢެނާ ފޮހެލާނެ ކަމެ އްނެތް. ޢޭނާ އިގިރޭސި ވިލާތުގެ ސިޓިޒަން ދީފަ. ޜާ އްޖެ ޕާސްޕޯޓް އަތުލާ. ދެން އިގިރޭސި ތަހުތަށް އެރޭތޯ ހަކުޅި ކުރިޔަށް ކުޅެން ފަށާފާނެ

      33
      2
  9. ޢަލީ

    ނަމުން ޑިމޮކްރަސީއާއި ރޫލް އޮފް ލޯ. ކަމުން ބަދަވީންގެ ބަދަލުހިފުމާއި ނަފުރަތު

    37
    2
  10. ނަރެލް

    މިގައުމުގަ ވަރުގަދަ އިދިކޮޅުޕާޓީއެއް ނެތުމުން ކަންކަންވާގޮތްމީ މިހާރުގެ އިދިކޮޅަށް ހަމައެކަނިވާކަމަކީ ނޫހަކަށް ހަޑިހުތުރު ކޮމެންޓެއްކޮށްލުން އެވަރަކަކުން ސަރުކާރެއް ޒިންމާދާރުނުވާނެ

    12
    12
    • ހޭޜޭ

      ﷲ ގަންދީ ހުވާކުރީ އިދިކޮޅު ޕާޓީއަކުން ޒިންމާ އަދާކުރުވީމަ ޒިންމާ އުފުލަން ކަމަށްތަ؟
      ހަމަ ގައިމު މަގޭ ހައްގުން ޒައްރެއްވެސް ދޫނުކޮށް އިންސާފުގެ ދަރުބާރުގަ ދައުވާ އުފުލާނަން.

  11. Anonymous

    ހިނގާ ނިމިފަވާ ކަމެއް ނުހިނގާ ކަމަކަށް ނުހެދޭ ފަދައިން، މާޒީ ގާ އެކި ގޮތްގޮތައް ވެރިން އެދޭހާ ތާރީޙް ތަކަށް ވަކި އަދަދެއް 13 ހަމަވާ ގޮތަށް ހުކުމްތައް ނުކުރާ ކަމަކަށްވެސް ނުހެދެޭނެ، ސުޕްރީމް ކޯޓުން ވަނީ ބައެއް ހުކުމް ކޮއްފަވަނީ އެއްވެސް ވަރަކަށް އިޖުރާއްތައް ފުރިހަމަ ނުކޮއް ކަމަށް ކަނޑައަޅައި ނިންމުންނިންމާފަ، މީ ތޯ ހުކުމް ފަނޑިޔާރުކަން ދީނުގާ އޮންނަ ގޮތަކީ،

    14
    6
  12. ސލ

    އަބްދުﷲ ޤާޟީ ހައއޔަރުކުރި މަ އ އްސަލަ އިގެ ޝަރީޢަތް
    ލަސްވުމަކީ ކަންބޮޑުވާ ކަމެކެވެ ރާ އްޖޭގަ އި ގޮށްމުށު
    ވެރިކަން ދެމިގެން ދި އުމަކީ ދިވެހިންނަށް އޮތް ނުރަ އްކަލެކެވެ

    25
    2
  13. ބަރުގޮނު

    ޢަބްދުﷲ ޤާޟީއަށް ގޮތެއް ހަދާފައި ، ވަގަށް ނެގިއްޔޭވެސް ނުކިޔަން، ފޮރުވިއްޔޭވެސް ނުކިޔަން އެންމެފަހުުން ކީ މާމޮޅު އެއްޗެއް. "ނިޒާމުގެ ތެރެއިން ގެއްލުވާލުން"...

    19
  14. ހަސަދު

    މިބައި ކޮށް ހުކުމް ކުރާ ފަޑިޔާރަކު ބެހެއްޓުން އެއީ ކޮންކަހަލަ ކަމެއްބާ!!. ކޮންމެވެސް ގޮތަކުން އެމީހަކު ދުރުކުރަން ޖެހޭނެ.

    11
    • ދދދދ

      ތިބުނީ އަލީ ރަޝީދު ވާހަކަ ދޯ!
      ވަރަށް ވިސްނޭ މީހެކޭ ތީ.

  15. ސާބަހޭ

    އއ އާދަމް ނަވާޒު ހަޤީޤަތް ހާމަ ކުރުމުގަ އި ތަންފުކެ އްވެސް ފަހަތަށް ނުޖެހޭތި ދިވެހި ޤާ އުމާ އި ދީނުގެ ހަ އްޤޫގަ އި ބުނަންޖެހުނު ކޮންމެ އެ އްޗެ އް ވަރަށް ކެރިހުރެގެން ބުމަކީ ދިވެހިރަ އްޔިތުނަށް ވަރަށް ބޮޑު ހިންހަމަޖެހުމެ އއް ލިބިގެންދާނެކަމެ އއް އަދި އަމުދުން މިފަދަޚަލަތެ އގަ އި ވަރަށް ބޭނުންތެރި ވަރަށްމުހިން ކަމެކެވެ. މިހާހާމަކަން ބޮޑޫ ގޮތެ އްގަ އި ހަޤީޤަތާ އި އެ އްގޮތް ރިޕޯޓެ އްގެނެސް ދެ އއްވީތީ ހިތުގެ އެންމެ ފުންމިނުން އިޙުލާސްތެރިމަމާ އި އެކު އާދަމްނަވާޒަށް ފަށްފަށުން ޝުމުދަންނަ ަވަމެވެ. މާތްﷲވަނީ ތެދުވެރީނާ އިއ އެކުގަ އެވެ. މާތްﷲ ވަގުތު ނޫސްކުރި އަރަ އި ދި އުމުގެ މަގު ތަނަވަސް ކޮށްދެ އްވާށި އާމީން

    17
  16. އެމަންޖެ

    ނަޝީދަކީ މިކުޑަ ކުޑަ ގައުމުގެ ހަލާކެވެ.

    24
    1
  17. ކަމަނާ

    ސުޕުރީމްކޯޓުފުރާޅުން ޓިނުނަގައިގެން އުއްތަމަފަޑިޔާރާ އެހެން ފަޑިޔާރަކު ރަހީނު ނުކުރާކަމަކަށްވެސް ނުވާނެ

    3
    25
  18. ނަނުބޮނޑި

    ހަމަގައިމުވެސް އެއްކަލަ ނަނުބައި ދޫނުކުރާކަމަކައް ނުވާނެ

  19. މާރިޔާ

    އެއީ އިންސާނެއްގެ ކަރާމާތް ނަގާލުން. އެއީ އިންސާނިއްޔަތުކަމަށް އެއްވެސް ޤަދަރެއް އިޙުތިރާމެއް ނުކުރުން، އެއީ އިންސާނީ ޙައްޤު ނިގުޅައިގަތުން، އެއީ އިންސާނީ ރޫޙު މަރާލުން، މީ އޮޅިގެން މީހަކު ހައްޔަރު ކުރެވިފަވާ އާދައިގެ ކުޑަކުޑަ ކަމަކަށް ހަދަން އުޅުނަސް ގައުމުގެ ރައީސަކަށް ހުރެ، ބައިނަލްއަގުވާމީ އެތަށް ޖަމިއްޔާއަކުން ދޫކުރަން ގޮވާލިއިރުވެސް މިލިޓަރީ ތަމްރީން މަރުކަޒެއްގަ ބަންދުކޮށްފަ، ދެންވާނީ ކިހިނެއްކަން ނޭނގޭފަދަ ހާލަތެއްގަ، ބެހެއްޓިބެހެއްޓުމަކީ މީހަކު ރަހީނުކުރުމަށްވުރެވެސް ނުބައި، ނާތަހުޒީބު ޢަމަލެއް. އެއީ ދިރިހުރި އިންސާނެއްގެ ރޫޙު މަރާލުން. މީ ހިޓްލަރުފަދަ އަނިޔާވެރިން ކަންކަން ކުރިގޮތް.

    11
  20. ދިރާސާ

    އަބްދުﷲ ގާޒީ ފާޅުކަންބޮޑުގޮތެއްގައި ނަޝީދުގެ ވެރިކަމުގައި ރަހީނުނުކުރާކަމަކަށްނުވާނެ ހުރިހާ
    ފަނޑިޔާރުންވަކިކޮށް، ކަސްތަޅުއަޅާ، މެރިޔަސް ކުރިކަމެއް ނުކުރާކަމަކަށްނުވާނެ 13 އަަހަރުގެ
    ހުކުމެއްއައިސް އެހުކުމުގެ އެންމެދުވަހެއްވެސް ތަންފީޒްނުކޮށް މިނިވަންކޮށް ބޮޑުމަގާމެއްމިހާރު
    ފުރަމުންދަނީ އެއީ ނުހިގާކަމަކަށްނުވާތީތޯ؟ ނޫނީ އަދުލުއިންސާފުގެ ފުރިހަމަކަމުންތޯ ؟ މިގޮތަށް
    ސުވާލުއުފެދުނީ ފާޅުކަންބޮޑުގޮތެއްގައި ކުރިކުށަކަށް 13 އަހަރުގެ ހުކުމެއްއައިސް އެހުކުމުގެއެންމެ
    ދުވަހެއްވެސް ތަންފީޒްނުކޮށް މިނިވަންކުރެއްވިއިރު ކުރީގެ ރައީސްކަންކުރެއްވިބޭފުޅަކު ޝައްކެތް
    ނުވަތަ ޒާތީކަމެއްގެގޮތުން ޖަލަށްލައްވާ މިހާރުވެސް އެބޭފުޅާޖަލުގައި ބެހެއްޓެވުމުް ޚިޔާނާތުގެ
    ފައިސާގައި މި

    5
    1
  21. ގުރަހަ

    ފެބްރުއަރީ 7 ބެލޭނަމަ، ޢަބްދުﷲ ގާޒީ ވަގަށް ނެގި މައްސަލައިގެ ރަނގަޅު ތަހުގީގެއް ހިންގައި އެކަމުގައި ޝާމިލުވާ އެންމެނަށް އަދަބު ލިބެންވާނެ، އޭގެ ތެރޭގައި ސިފައިންގެ ތެރެއިން އެއްބާރުލުން ދިން މީހުންގެ މައްސަލަ ބެލެންވާނެ.

  22. ރަދީފް ހުސެން

    އަބްދުﷲ ގާޒީއާ ދެން ތިބިމީހުންވެސް މިއަދު ވަކިކުރެވިދާނެ އެކަމު ނަސީދު އަލުން ޖަލުގޮޅިއައް ވެއްދުން ހުއްޓުވޭނެތަ؟ ނުވާނެ، ދުވިޔަސް، ތުރުތުރު އަޅާ ކޯޓުތެރެއައް ވެއްޓުނަސް، މައުމޫން، ނަސީދު، ގާސިމް، އިމްރާން، ޖަލައް އަލުން ނުލާނެ އެއީނެތްގޮތެއް.

    6
    2
  23. Anonymous

    ޔާމީނުގެ ގަދަބާރުއޮވެގެންވެސް ޝަަަަަަަފައީ އެއްވެސް ހެތްކަކުން ނަޝީދު އަބްލޯގާޒީ ހައްޔަރުކުރަން އެއްވެސްމީހަކަށް އެންގިކަމަކަށް ސާބިތެއްނުކުރެވުން.ހުކުމްއިއްވީ ގާޒީންނަށާ ފަނޑިޔާރުންނަށް ރިޝްވަތުދީގެން ރައީސްއޮފީހުން ލިޔެފައިފޮނުވިހުކުމެއް ފޮނުވިގޮތަށް.

    1
    11
  24. ދޮގެއް؟

    ނުކުރާ ކަމެއް ކުރި ކަމަކަށް ނުވާނެ ކިތަންމެ ރުޅިއެއް އައިއްސަ ތިހެން ކިތަންމެ ގިނައިން ގޮވިޔަސް.

  25. ޢއމ

    މިގައުމުގެ ހާލަތާމެދު ވިސްނާ ފިކުރު ކުރާ މީހަކު ނުވަތަ ބަޔަކު ކަންބޮޑުވަން ޖެހޭފަދަ ކަންތައް ތަކެއް ހިގަމުން ދާތަން ނުފެނޭތޯ؟

  26. ގަބޭ

    ނަޝިދަކީ ކަމުދާ މީހެއްނޫން! ޚާއްސަކޮށް ދީނޭކިޔައިގެން މީނާ މިދައްކާ ވާހަކަތަކުން އަންނަނީ އަމަށަކު ރުޅިއެއްނޫން.. އެކަމަކު ބުނަން ތިޔަ ޢަބްދުﷲ ޤާޒީއަކީ ވެސް ތާކުންތާކު ޖެހޭ މީހެއްނޫން! މި މައްސަލައިގައި މީނާ ދޫކުރީ ކާކު ؟ ދޫކޮށްލީމާ އެމީހާ ގޮސް އެހެން މީހަކު މެރިވާހަކަ ދައްކާ ؟ މިއީތޯ ޤާޒީންނަކީ ؟ ކަމަކު ނުދޭ! ވަގުތުން އަސްލު މިކަން ހިނގާދިޔަގޮތް ބަލާދީބަލަ! ލާދީނީ ވެރިންނާ ކޮރަޕްޓް ގާޒީންގެ ކިބައިން ޤައުމު ސަލާމަތްކުރަމާ ބަހީ..

  27. ނަޝީދު

    ނަޝީދު (އައްނި) އަކީ ދުވާލު 3 ދަޅައަށް ހަމާގަހުންނަ މީހެއްނޫން އެހެންވީމަ އޭނަޔަކަށް ނޭގޭނެ ހަދާނަހަދާއެއްޗެށް މިހާރު މަޖިލީހުގަ ކަމްތަށް ވަނީވެސް އެގޮތަށް ހައްދާވާ ގެންގުޅުއްވާ އިލާހު މިނުލަފާ އައްނިގެ ނުބައިވަކިތަކުން އަޅަމެންސަލާމަތް ކޮއްގެއްވާދޭވެ. ޢާމީން