(އައްޑޫ ސިޓީ) ވެރިކަން ހޯދުމަށް ބާއްވާ ޑިމޮކްރެޓިކް އިންތިހާބުތަކުގައި ސިޔާސީ ލިޑަރުންނަށް މުހިންމުވާ "ކީ ބެޓަލް ގްރައުންޑް" ހުރެއެވެ. ރާއްޖޭގައި އެފަދަ އެއް ސަރަހައްދަށް މި ސަރަހައްދު ވާނެއެވެ. ކޮންމެ އިންތިހާބަކާ ދިމާކޮށް އެންމެ ގިނަ ވައުދުތައް އޮއްސާލަނީ ވެސް "ވަގުތު" ނޫހުގެ ނޫސްވެރިންގެ "ހޭރިޔާ" ދަތުރުގައި މި ވަގުތު ތިބި އައްޑޫ ސިޓީއަށެވެ. ވެރިރަށް މާލެ ސަރަހައްދު ނެގުމަށް ފަހު، ރާއްޖޭގައި އެންމެ އާބާދީ ބޮޑު ސަރަހައްދަކީ ވެސް މި އައްޑޫ ސިޓީއެވެ. އެކަމަކު 35،000 އަށް ވުރެ ގިނަ މީހުންގެ އާބާދީ އޮންނަ މި ސިޓީގެ ބޮޑު އަޣުލަބިއްޔަތެއް އަބަދުވެސް މި އޮންނަނީ އެންމެ ސިޔާސީ ޕާޓީއެއްގެ ކޮންޓްރޯލްގައެވެ. ފަހަކަށް އައިސް ބޭއްވުނު އާންމު އިންތިހާބުތަކުގައި ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައި ވަނީ ވެސް ރާއްޖޭގައި އެންމެ ބޮޑު އެއް ޕާޓީ، އެމްޑީޕީއެވެ.

"ވަގުތު ހޭރިޔާ" ދަތުރުގެ ތެރެއިން އައްޑޫއިން ފެނުނީ ލާމަރުކަޒީ އުސޫލެއްގައި އައްޑޫގައި ބާރުތަކެއް ޤާއިމް ކުރެވި ރައްޔިތުންނަށް ތަނަވަސް ދިރިއުޅެއް ހޯދުމުގެ ތަޞައްވުރެއް އޮތް އައްޑޫއެކެވެ. އެފަދަ ރައްޔިތުންތަކެކެވެ. އެކަމަކު އެ އުއްމީދީ ތަޞައްވުރު ޒަމާނުއްސުރެން އޮތް "ސްވަދީވް" ގެ މި މައި ބިމަށް ނިސްބަތްވާ ރައްޔިތުންގެ މޫނު މަތިން މިއަދު ތަފާތު އެހެން ކަމެއް ފެނުނެވެ. ލާމަރުކަޒީ ނިޒާމުގެ ސިޔާޞަތުތައް "ވިއްކަމުންދާ" އެމްޑީޕީއަށް ހުރިހާ ބާރުތަކެއް ލިބި ވެސް އައްޑޫއަށް އެ ބާރު ހޯދައި ނުދެވި ލަސްވަމުން ދިޔުމުގެ އިތުރަށް ރައްޔިތުންގެ އާންމު ދިރިއުޅުމަށް އެއްވެސް ހެޔޮ ބަދަލެއް ނައުމުން އައިސްފައިވާ އުދާސް ކަމެކެވެ.

މި މާޔޫސް ކަން މަތީ ރައްޔިތުން ތިބިއިރު، މި ރައްޔިތުންގެ މައްޗަށް "ބަސް ހިންގަން ޖެހޭ ވެރިންތަކެއް" ކަނޑައެޅުމަށް ބާއްވާ "ސިޔާސީ" އިންތިހާބެއް އަނެއްކާ ވެސް ކުރިމަތީގައި އެބަ އޮތެވެ. އަންނަ މާޗު މަހު ބާއްވަން ބުނާ ކައުންސިލް އިންތިހާބެވެ. މުޅި އައްޑޫ އިން ވޯޓް ދީގެން ހޮވާ މޭޔަރަކާއި އައްޑޫ ސިޓީ 12 ދާއިރާއަކަށް ބަހާލައިގެން ކޮންމެ ދާއިރާއަކުން މެންބަރެއް އިންތިހާބު ކުރާނެއެވެ. މި އިންތިހާބު ބޯމަތިވަމުން އަންނަ އިރު މާޔޫސް ކަން މަތީ މި ތިބި އައްޑޫ ރައްޔިތުން ނިންމާނީ ކޮން ގޮތަކަށް ހެއްޔެވެ؟ އައްޑޫ ތަރައްގީ ކުރަން އަޣުލަބިއްޔަތު ދޭނީ ކޮން ބަޔަކަށް ހެއްޔެވެ؟ ގިނަ ބަޔަކު ވޯޓް ލާން ނުކުންނާނެ ހެއްޔެވެ؟ އެމްޑީޕީއަށް އަނެއްކާ ވެސް މި ސިޓީގެ ގޮނޑިތައް ކާމިޔާބު ކުރެވޭނެ ހެއްޔެވެ؟ އިދިކޮޅު ޕީޕީއެމްއަށް ފުރަތަމަ ފަހަރަށް މި ސިޓީ ދީއްލައިލާނެ ހެއްޔެވެ؟

އައްޑޫ ސިޓީ މީދޫ މަލަމަތި - ވަގުތު އިމޭޖަސް- އިބްރާހިމް ޝާބިލް

އައްޑޫއަށް ނިޒާރުގެ ބޮޑު ތަޞައްވުރެއް، އެމްޑީޕީ ތައްޔާރު

ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް މި އަހަރު އެންމެ ފުރަތަމަ ހުޅުވާލުމުން އެންމެ ގިނަ ކެންޑިޑޭޓުން ނުކުތީ ވެސް އެމްޑީޕީއިންނެވެ. އެމްޑީޕީގެ ޓިކެޓުގައި އައްޑޫގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ކެންޑިޑޭޓަކު ވެސް ކަނޑައެޅީ ވާދަވެރި ޕްރައިމަރީއެއްގެ ތެރެއިންނެވެ. ކައުންސިލްތައް އެކުލަވާލި އިރުން ފެށިގެން އައްޑޫގެ މޭޔަރުގެ ގޮތުގައި ހުންނެވި ޢަބްދުﷲ ޞޯދިގް (ސޯބެ) އާއި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ނިޒާރު އެތެރޭގެ ވާދައަކަށް ނުކުމެވަޑައިގެން ނިޒާރު ކާމިޔާބުކުރެއްވިއެވެ. އެމްޑީޕީގެ އެތެރޭގެ ނިންމުމާ އެކު ވެސް އައްޑޫއަށް ލިބެން އޮތީ އާ މޭޔަރެކެވެ.

"ވަގުތު ހޭރިޔާ" އާ ވާހަކަ ދައްކަވަމުން ނިޒާރު ވަނީ އައްޑޫއާއި ލާމަރުކަޒީ ބާރުވެރިކަމުގެ މައުޟޫއަށް އަލި އަޅުވާލައި ވާހަކަ ދައްކަވައިފައެވެ. ނިޒާރު ޤަބޫލުފުޅު ކުރައްވާ ގޮތުގައި އައްޑޫއަކީ އިޖުތިމާއީ މައްސަލަތައް ގިނަ، އިގްތިޞާދީ ހަރަކާތެއް ނެތް ސަރަހައްދެކެވެ. ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީގެ ދިރިއުޅުމުގައި ތަނަވަސް ކަމެއް ނެތެވެ. ސަރުކާރުތަކުން ވެސް އައްޑޫއަށް ވަރަށް ބޮޑު އިހުމާލުވެފައިވާ ކަމަށް ގަބޫލު ކުރައްވައެވެ. އެކަމަކު އޭނާ ދެކެވަޑައިގަންނަވާ އައްޑޫއަށް ދޭން ޖެހޭ ބާރުތައް މައި ސަރުކާރުގެ ތެރެއިން ދޫކޮށްލެވުނަސް އައްޑޫ ތަރައްގީ ކުރެވޭނެއެވެ. މޭޔަރު ކަމަށް ނުކުމެވަޑައިގަތީ އެ ކަން ހާސިލް ކުރެއްވުމަށެވެ.

އައްޑޫ ސިޓި މޭޔަރ ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ނިޒާރު - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

"ރާއްޖޭގައި އަދިވެސް މި އޮތީ އެންމެ ބޭނުންވާ ލާމަރުކަޒީ ނިޒާމެއް ނޫން، އެންމެ ފުރިހަމައެއް ނޫން، ކުރިން އޮތް ގޮތަށް އޮތް ނަމަ، ދާއިރާއިން ވަކިން ނުކުމެ ދެން އިންތިހާބީ ކައުންސިލަރުންގެ ވޯޓް ލައިގެން މޭޔަރު ހޮވާ ގޮތަށް އޮތް ނަމަ އަޅުގަނޑުގެ ޝައުގުވެރިކަން ކުޑަވީސް މޭޔަރަކަށް ވާން، އެކަމަކު މިހާރު އިސްލާހު ކުރެވުނު ގާނޫނުން އައްޑޫގެ އެންމެން ވޯޓް ލައިގެން އިންތިހާބު ކުރެވޭ މޭޔަރަށް އަންނަ ޒިންމާތައް އުފުލައިގެން އައްޑޫ ބޭނުންވާ ކަންކަން ހާސިލް ކުރުމުގައި އަޅުގަނޑުގެ ރޯލެއް އަދާ ކުރެވޭނެ ކަމަށް ދެކެން،" ނިޒާރު ވިދާޅުވިއެވެ.

ނިޒާރުގެ ކެމްޕޭނާއި އައްޑޫއަށް އޮތް ތަސައްވުރުގެ ވާހަކަ ވެސް ކިޔައިދެއްވިއެވެ. އެ ތަސައްވުރުގައި އެންމެ މުހިއްމު ކަމަކަށް އޮންނަނީ ވެސް އައްޑޫގައި އިގްތިސާދީ ހަރަކާތްތައް އިތުރު ކުރުމަށެވެ. ރާއްޖޭގެ އެހެން ސަރަހައްދުތަކާއި ގުދުރަތީ ގޮތުން އައްޑޫ އޮންނަ ގޮތް ތަފާތުކަން ފާހަގަކުރެއްވިއެވެ. ފަތުރުވެރިންނަށް ރާއްޖެ އާންމުކޮށް ހުށަހަޅަނީ "ދޮންވެލި ގޮނޑުދޮށް" ކަމުގައިވީ ނަމަވެސް އައްޑޫގައިވާ ޗަކަ ބިންތަކާއި ކުޅިތަކުގެ އިތުރުން ތާރީހީ ބިނާތައް ވެސް ފަތުރުވެރިންނަށް "ވިއްކޭނެ" ކަމުގައި ނިޒާރު ގަބޫލު ކުރައްވައެވެ.

ނިޒާރު ދެން ފާހަގަކުރެއްވީ އައްޑޫއަކީ އަބަދުވެސް ލާމަރުކަޒީ ނިޒާމުގެ އުސޫލަށް ތާއީދު ކުރާ ރައްޔިތެއް ދިރިއުޅޭ ސިޓީއެއް ކަމެވެ. އަދި އޭނާ ނިސްބަތްވާ އެމްޑީޕީއަކީ މި ޖީލުގައި އެ ނިޒާމު ފުރިހަމަ ކުރުމުގެ ވިސްނުން އޮތް ޕާޓީ ކަމުގައި އޭނާ ގަބޫލު ކުރައްވައެވެ. އެހެންކަމުން އައްޑޫއަކީ "އެމްޑީޕީ ފިކުރުގެ އަތޮޅެއް" ގޮތުގައި ނިޒާރު ސިފަކުރެއްވިއެވެ. އަދި އެމްޑީޕީގެ ބާރުވެރިކަމެއް ކިރިޔާ އޮތް ސަރުކާރެއްގައި ވެސް، އަދި އެ ސަރުކާރުގައި ގޯސްތައް ހުއްޓަސް، އައްޑޫއަށް އެ ބާރުވެރިކަން ލިބިގެންދާނެ ކަމަށް ވެސް ދެކެވަޑައިގަންނަވައެވެ.

ޕީޕީއެމް، ލާމަރުކަޒީ އުކުޅެއްގައި ހަރަކާތްތައް މެކުހަށް ޖަހަނީ

ލާމަރުކަޒީ އުސޫލުން ސިޔާސީ ޕާޓީ ހިންގުމާއި ލީޑަރުން އުފެއްދުމަކީ ޕީޕީއެމްއަށް މާ ފަސޭހަ ކަމެއް ކަމުގައި ދާދި ފަހުން ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން އައްޑޫ ހިތަދޫގައި އެކުލަވާލި ސްޓިއަރިން ކޮމިޓީއިން ދެކެއެވެ. އިދިކޮޅު ކޯލިޝަންގައި ހިމެނޭ މި ދެ ޕާޓީގެ އެތެރޭގެ ހިންގުމަށް ދާދި ފަހުން ގެނައި ބަދަލާ އެކީ އަތޮޅުތަކުގައި އެ ކޯލިޝަންގެ ހާއްސަ ކޮމިޓީއެއް އެކުލަވާލައި އެ ކޮމިޓީގެ ބެލުމުގެ ދަށުން ކޯލިޝަންގެ ހަރަކާތްތައް ވަރުގަދައަށް ހިންގުމަށް ނިންމިއެވެ. އެއާ އެކީ އެ ކޯލިޝަންގެ ހަރަކާތްތައް އަތޮޅުތަކުގައި ބާރަށް ކުރިއަށް ވެސް އެބަދެއެވެ.

މި ގޮތުން އައްޑޫގައި ވެސް ކޮމިޓީއެއް އެކުލަވާލައި ކޮމިޓީގެ ހަރަކާތްތައް ހިންގަމުންދާއިރު، އެންމެ ގިނަ މެންބަރުން ތިބި އަތޮޅުތެރޭގެ ކޮމިޓީއަކަށް އޮތީ ވެސް އައްޑޫ ސިޓީގެ ހިތަދޫ ކޮމިޓީއެވެ. ހިތަދޫ ކޮމިޓީގައި 21 މެންބަރުން ތިބެއެވެ. ކޮމިޓީގައި ގިނައީ ވެސް ޒުވާން މެންބަރުންނެވެ. ކޮމިޓީގެ ރައީސްގެ ހައިސިއްޔަތުން ލީޑާޝިޕްގައި ވެސް ހުންނެވީ ވަރުގަދަ ބޭފުޅެކެވެ. ހިތަދޫގައި ސިޔާސީ ހަރަކާތްތައް ވަރުގަދަށް ހިންގަވާ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އެވެ.

މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) "ވަގުތު" އަށް އިންޓަވިއުއެއް ދެއްވަނީ
މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) "ވަގުތު" އަށް އިންޓަވިއުއެއް ދެއްވަނީ

މި ކޮމިޓީގެ ރައީސަކަށް އިންތިހާބުވި މެޓްރިކްސް މޯޑްއާއި އެ ކޮމިޓީގެ ނައިބު ރައީސުންނަށް އިންތިހާބުވި ޖެނީހު ރަޝީދާއި ތޯހާ ޔާސީން ރަމަޟާން ވަނީ "ވަގުތު ހޭރިޔާ" ނޫސްވެރިންނާ ބައްދަލުކުރައްވައިފައެވެ. އަދި އެ ކޮމިޓީގެ މަގްސަދާއި ތަސައްވުރު ހިއްސާ ކޮށްދެއްވައިފައެވެ. މޯޑް ވިިދާޅުވި ގޮތުގައި ދޮރުން ދޮރަށް ހަރަކާތްތައް އެ ކޮމިޓީއިން އަބަދުވެސް ހިންގާނެއެވެ. އަދި ރައްޔިތުންގެ ހާލަތު ވަރަށް ގާތުން ބަލާނެއެވެ. އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން ކޮށްދެވެން އޮތް ކަމެއް ފޯރުކޮށްދޭނެއެވެ. އަދި ރައްޔިތުންނަަށް ތަނަވަސް ދިރިއުޅުމެއް ހޯދަން މަސައްކަތް ކުރަނީ އެ ޕާޓީއިން ކަމުގައި ވިސްނައިދޭނެވެ.

"މި ކޮމިޓީ ވާނަމޭ ކޮންމެ ރައްޔިތެއްގެ ބެލެނިވެރި ކޮމިޓީއަކަށް. ހިތަދޫގެ ކޮންމެ ރައްޔިތަކަށް ވެސް ދިމާވާ ކޮންމެ ކަމެއްގައި އެހީތެރިވާނެ ކޮމިޓީއަކަށް މި ކޮމިޓީ ވެގެން ދާނެ. ސިޔާސީ ފިކުރު ހުރީ ކިހިނެއްތޯ ނުބަލައި މި ކޮމިޓީން ދޭން ޖެހޭ ހުރިހާ އެއްބާރުލުމަކާ ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމުގައި މި ކޮމިޓީގެ އެހީތެރިކަން ލިބޭނެ. އަޅުގަނޑުމެންނަށް ކޮށްދެވެން އޮތް ކަމެއް ކޮށްދެމުން ގެންދާނަން،" މެޓްރިކްސް މޯޑް ވިދާޅުވިއެވެ.

މޯޑު ދެކެވަޑައިގަންނަވާ ގޮތުގައި އަންނަ އަހަރުގެ މާޗު މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫއިން ބަދަލެއް ފެންނާނެއެވެ. އެންމެ ބޮޑު އެއް ސަބަބެއް ގޮތުގައި މޯޑް ފާހަގަކުރައްވަނީ އިިދިކޮޅު ކޯލިޝަންގެ ހިންގުން ލާމަރުކަޒު ކުރެވި ހިތަދޫގައި ވެސް ބޮޑު ކޮމިޓީއެއް އެކުލެވިފައި އޮތުމެވެ. އެ ކޮމިޓީއިން ރައްޔިތުންގެ ހާލަތު ގާތުން ބަލައިފިނަމަ އިންތިހާބު ކާމިޔާބުވާނީ އިދިކޮޅަށް ކަމަށް އޭނާ ގަބޫލުކުރައްވައެވެ. އަދި ކުރީގެ ސަރުކާރާއި މި ސަރުކާރާއި އަޅާ ކިޔޭއިރު، ކުރީގެ ސަރުކާރުން އައްޑޫއަށް ކޮށްދިން ކަންތައް އައްޑޫގެ ރައްޔިތުން ބަލައިގަންނާނެ ކަމުގައި މޯޑް ގަބޫލު ކުރައްވައެވެ.

"ވަގުތު ހޭރިޔާ" ދިރާސާ: އައްޑޫ މާޔޫސް ކަމެއްގައި! އެމްޑީޕީއަށް ތާއީދު ގެއްލެނީ؟

"ވަގުތު ހޭރިޔާ" އިން ވަނީ އައްޑޫގައި ތިއްބެވި ސިޔާސީ ލީޑަރުންގެ އިތުރަށް އެ ލީޑަރުންނަށް ވޯޓް ދޭން ތިބި އައްޑޫގެ އާންމު ރައްޔިތުންނާ ހަމައަށް ވެސް ގޮސްފައެވެ. އައްޑޫގައި ދިރިއުޅޭ ބައެއް ގެތަކަށް ޒިޔާރަތްކޮށް ބެލިއިރު ސަރުކާރުތަކުގެ އަޅާލުން ނުލިބި ތިބި އެތައް ރައްޔިތުނާ ދިމާވިއެވެ. ގޮނޑުދޮށް ގިރަމުން ގޮސް ގެތަކުގެ ފާރުތަކާ ހަމައަށް ގޮސްފައި އޮތް އަވަށެއް ފެނުނުއިރު ސަރުކާރުން އަޅާފައިވާ ފްލެޓްތަކުގެ ތެރެއިން އެތައް މައްސަލައެއް ފެނުނެވެ. ނަރުދަމާގެ ވަސީލަތް ނުލިބޭ އެތައް ގެއަކާ ކުރިމަތިވިއެވެ. މިއިން ކޮންމެ ރައްޔިތެއް ވެސް ތިބީ މާޔޫސްކަމެއްގައެވެ.

"އަޅުގަނޑުމެން ހޮވި ސަރުކާރެއް މިއީ، އަޅުގަނޑަކީ އަބަދުވެސް އެމްޑީޕީއަށް ވޯޓް ދޭ މީހެއް، މި ސަރުކާރު ގެނައުމަށް އަޅުގަނޑު ކިތަންމެ މަސައްކަތެއް ވެސް ކުރިން، ޕާޓީގެ މަގުމަތީ ހަރަކާތްތަކުގައި ވެސް ބައިވެރިވިން، އެކަމަކު ސަރުކާރު ދީ، މަޖިލިސް ދީ، އައްޑޫގެ ގޮނޑިތައް ދީ، ކައުންސިލް ވެސް ބާރުގައި އޮވެމެ ނަތީޖާއެއް ނުފެނު، މި ގޭގެ ނަރުދަމާގެ ވަސީލަތެއް އަދިވެސް ނުލިބޭ، ލިބޭނެ ދުވަހެއް ވެސް ނޭނގެ،" އައްޑޫ އަންހެނަކު އޭނާގެ އިހްސާސްތައް ކިޔައިދެމުން ބުންޏެވެ.

އައްޑޫ ސިޓީ ހުރިހާ ރަށެއްގައި ކުރިއައް ގެންދިޔަ ސާވޭ ގެ ތެރެއިން:- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

"ވަގުތު ހޭރިޔާ" އިން ވަނީ އައްޑޫގެ 1454 މީހުންނާ ބައްދަލުކޮށް ސަރުކާރުތަކުގެ މަސައްކަތްތަކާ މެދު ހިޔާލާ މެދު ސުވާލުކޮށްފައެވެ. މި ދިރާސާގެ ތެރެއިން "ވަގުތު ހޭރިޔާ" އިން ވަނީ އެ ރައްޔިތުން އެންމެ ހިތްހަމަޖެހެނީ ކޮން ސަރުކާރަކާ މެދުގައާއި މީގެ ކުރީގެ އިންތިހާބުތަކުގައި ވޯޓް ދީފައިވާ ގޮތާއި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވޯޓް ދޭނެ ގޮތަކާ ގުޅޭ ގޮތުން އެ ރައްޔިތުންގެ ވިސްނުން ހުރި ގޮތް ބަލައިފައެވެ. ގިނަ ރައްޔިތުންނަކަށް އެއްވެސް ސަރުކާރެއް ކަމުނުދާއިރު، ކުރީގެ ސަރުކާރު ގެނައުމަށް އެދޭ ރައްޔިތުންނާއި މި ސަރުކާރު ދަމަހައްޓައިގެން ނަތީޖާއެއް ލިބޭނެ ކަމުގައި އުއްމީދުގައި ތިބި ރައްޔިތުން ވެސް މަދެއް ނޫނެވެ.

"އަޅުގަނޑަކީ އެމްޑީޕީ މީހެއް، އެމްޑީޕީ ފިކުރުގެ މީހެއް، އެކަމަކު އެމްޑީޕީގެ އެންމެ ބޮޑެތި ވައުދުތައް އަދިވެސް އޮތީ ނުފުދި، މަރުތަކާއި ހިޔާނަތް ނުބެލޭ، އައްޑޫއަށް ވެސް ރަނގަޅު ބަދަލެއް ނުފެނޭ، އެހެންވިޔަސް އަޅުގަނޑުމެން ބަލާނީ އަޅުގަނޑުމެން ގަބޫލު ކުރާ ފިކުރު، އެމްޑީޕީ ތެރެއިން އެ ކަން ރަނގަޅު ކުރަން، އެމްޑީޕީ ނޫން ބަޔަކަށް ވާނެ ކަމަކަށް ގަބޫލެއް ވެސް ނުކުރެވޭ،" އެމްޑީޕީއަށް ވަރަށް ބޮޑަށް ތާއީދު ކުރާ މީހަކު މަގުމަތިން ދިމާވެގެން ކިޔައިދިނެވެ.

"ވަގުތު ހޭރިޔާ" އިން އައްޑޫގައި ސާވޭއެއް ކުރިއަށް ގެންދަނީ - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މި ދިރާސާގައި ބައިވެރިވި 1454 މީހުންގެ ތެރެއިން 512 މީހުނަށް ކަމުދަނީ ކުރީގެ ސަރުކާރެވެ. މި ސަރުކާރު ކަމުދާ ކަމަށް ބުނަނީ 411 މީހުނެވެ. އެއްވެސް ސަރުކާރެއް ކަމުނުދާ ކަމަށް 470 މީހުން ބުންޏެވެ. އަދި ކުރީގެ ސަރުކާރާއި މި ސަރުކާރާ މެދުގައި ވެސް ހިތްހަމަޖެހޭ ކަމަށް 61 މީހަކު ބުންޏެވެ. ސަރުކާރުތަކާ މެދު ދެކޭ ގޮތް ހޯދިއިރު ގިނަ ބަޔަކަށް މިހާރު އެމްޑީޕީގެ ސަރުކާރަށް ވުރެ ކުރީގެ ސަރުކާރު ކަމުދެއެވެ. އަދި އެމްޑީޕީގެ ސަޕޯޓަރުންގެ ތެރެއިން ގިނަ ބަޔަކު މިއަދު އެއްވެސް ސަރުކާރަކަށް ނަތީޖާ ނުނެރެވުން ކަމުގައި ގަބޫލުކޮށް ވާހަކަ ދައްކާފައިވެއެވެ.

"ވަގުތު ހޭރިޔާ" ސާވޭގެ ތެރެއިން، މާދަމާ ކުއްލިއަކަށް ރިޔާސީ އިންތިހާބު ބާއްވަން ޖެހޭ ހާލަތެއް ކުރިމަތި ވެއްޖެނަމަ، މި ސަރުކާރު މިހާރު މި ހުރި ސްޕީޑާއި ސަރުކާރުން ނެރެފައިވާ ނަތީޖާއާއި އައްޑޫއަށް މިހާތަނަށް ކުރެވިފައިވާ ކަންކަމަށް ބަލާފައިވާ ވޯޓް ދޭނެތޯ ސުވާލުކޮށްފައި ވާނެއެވެ. ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ސަރުކާރަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 442 މީހުނެވެ. ސަރުކާރަށް މި ނަތީޖާއާ އެކީ ވޯޓް ދޭން ބޭނުން ނުވާ ކަމަށް 708 މީހުން ބުންޏެވެ. ވޯޓް ލުމާ މެދު ގޮތެއް ނުނިމޭ ކަމަށް ނުވަތަ ވަކި ޖަވާބެއް ދޭން ބޭނުން ނުވާ ކަމަށް 304 މީހުން ބުންޏެވެ.

ކުރީގެ ސަރުކާރު ކަމުދާ ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު އެމްޑީޕީއަށް އޮތް ކަމަށް ވެސް ބެލެވެއެވެ. އެއީ އެއްވެސް ސަރުކާރެއް ކަމު ނުދާ ކަމަށް ބުނި 470 މީހުންގެ ތެރެއިން ގިނަ ބަޔަކީ ކުރިން އެމްޑީޕީއަށް ވޯޓް ދިން މީހުނެވެ. އޭގެ ތެރެއިން ގިނަ ބަޔަކު މި ފަހަރު ކައުންސިލް އިންތިހާބުގައި ވޯޓް ނުލާ ގޮތަށް ތިބިއިރު، އަދި އެއް ފަހަރު އެމްޑީޕީއަށް ފުރުސަތެއް ދޭން ވެސް ގިނަ ބަޔަކު ތިއްބެވެ. އެއީ އެމްޑީޕީއަށް ނަތީޖާ ނުނެރެވި އުޅެނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމުން ކަމުގައި ބެލެވޭ ކަމަށް ބުނެއެވެ. މީގެ އިތުރަށް ކުރީގެ ސަރުކާރު ކަމުދާ ކަމަށް ބުނާ ބައެއް މީހުން ވެސް ވަނީ ކައުންސިލް އިންތިހާބުގައި ވޯޓް ލުމުގެ ވިސްނުން ނެތް ކަމަށް ބުނެއެވެ. އެހެންވިޔަސް އެމްޑީޕީއަށް ވޯޓް ދިން ގިނަ ބަޔަކު މިހާރު އެމްޑީޕީގެ ސަރުކާރާ މެދު ހިތްހަމަނުޖެހިފައި ހުރި ކަން އެނގިގެން ދިޔައެވެ.

މި ސާވޭގައި ބައިވެރިވި 1454 މީހުން ތެރެއިން 422 މީހަކު ވަނީ އެމްޑީޕީއަށް ކައުންސިލް ދޭން ވޯޓް ދޭނެ ކަމަށެވެ. ޕީޕީއެމްއަށް ކައުންސިލް ދޭން ވޯޓް ދޭނެ ކަމަށް ބުނީ 397 މީހުނެވެ. އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ނޫނީ އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް 134 މީހަކު ބުންޏެވެ. ވޯޓް ލާން ނުދާނެ ކަމަށް 168 މީހުން ބުނިއިރު ބާކީ 333 މީހުން ބުނީ ކައުންސިލް އިންތިހާބުގައި ވޯޓް ދިނުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

މި ސާވޭގައި ބައިވެރިވި 1454 މީހުންގެ ތެރެއިން ކުރީގެ އިންތިހާބުތަކުގައި އެމްޑީޕީއަށް ވޯޓް ދިން ކަމަށް 673 މީހުން ބުނެފައިވެއެވެ. ޕީޕީއެމްއަށް ވޯޓް ދިން ކަމަށް ބުނެފައިވަނީ 443 މީހުނެވެ. އެހެން ޕާޓީތަކުގެ ކެންޑިޑޭޓުން ނުވަތަ އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓް ދިން ކަމަށް ބުނެފައިވަނީ 112 މީހުނެވެ. 123 މީހަކު ވަނީ ވޯޓް ލާން ކުރީގެ އިންތިހާބުގައި ނުދާ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި 18 އަހަރު އަދި ފުރިފައި ނުވާ 26 ޒުވާނަކާއި ދާދި ފަހުން 18 އަހަރު ފުރުނު 50 އަށް ވުރެ ގިނަ ޒުވާނުންގެ އިތުރުން ކުރީ އިންތިހާބުތަކުގައި ވޯޓް ދެވޭ އުމުރުގައި ތިބި މީހުން ވެސް ހިމެނެއެވެ. އަދި އެއީ ސިއްރެއް ކަމަށް ބުނެ ހާމަނުކޮށް 103 މީހަކު ވެއެވެ.

ހިތަދޫ އެމްޑީޕީއަށް، އެހެން ރަށްރަށުގައި ޕީޕީއެމް

ސާވޭގެ އަދަދުތައް ދައްކާ ގޮތުން އެމްޑީޕީއަށް އަދި ޕީޕީއެމްއަށް ވެސް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑެވެ. މި ގޮތުން ވެރިރަށް ހިތަދޫ ފިޔަވައި އެހެން ރަށްރަށުން ސާވޭގައި ބައިވެރިވި ގިނަ މީހުން ބުނެފައިވަނީ ޕީޕީއެމްއަށް ވޯޓް ދޭނެ ކަމަށެވެ. އެކަމަކު ހިތަދޫއިން ސާވޭގައި ބައިވެރިވި ގިނަ މީހުން ބުނެފައިވަނީ އެމްޑީޕީއަށް ވޯޓް ދޭނެ ކަމަށެވެ. ވޯޓް ލާން ނުދާނެ ކަމަށް ބުނާ މީހުން ވެސް ހިތަދޫގައި ގިނައެވެ.

ހިތަދޫއިން މި ސާވޭގައި ބައިވެރިވެ ފަރާތްތަކުގެ ތެރެއިން 163 މީހުން ބުނެފައިވަނީ އެމްޑީޕީއަށް ވޯޓް ދޭނެ ކަމަށެވެ. ޕީޕީއެމްއަށް ވޯޓް ދޭނެ ކަމަށް ބުނީ 99 މީހުނެވެ. އެހެން ޕާޓީތަކުގެ ކެންޑިޑޭޓުން ނޫނީ އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް 94 މީހަކު ބުންޏެވެ. ވޯޓް ލާން ނުދާނެ ކަމަށް 84 މީހަކު ބުނިއިރު ކައުންސިލް އިންތިހާބުގައި ވޯޓް ލުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް 116 މީހަކު ބުންޏެވެ. ހިތަދޫއިން 556 މީހުން ސާވޭގައި ބައިވެރިވިއެވެ.

ކުރީ އިންތިހާބުތަކުގައި ވޯޓް ދީފައިވާ ގޮތަށް ބަލާއިރު އެމްޑީޕީއަށް ވޯޓް ދިން ކަމަށް ބުނެފައިވަނީ 272 މީހެކެވެ. ޕީޕީއެމްއަށް ވޯޓް ދިން ކަމަށް ބުނެފައިވަނީ 116 މީހެކެވެ. އެހެން ޕާޓީތަކުގެ ކެންޑިޑޭޓުން ނޫނީ އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓް ދިން ކަމަށް ބުނެފައިވަނީ 83 މީހެކެވެ. ވޯޓް ދީފައި ނުވާ ކަމަށް 62 މީހެކެވެ. އެއީ ސިއްރެއް ކަމަށް ބުނެ ވޯޓް ދިން ގޮތް ނުވަ މީހަކު ހާމައެއް ނުކޮށްވެއެވެ.

ސަރުކާރުތަކާ މެދު ދެކޭ ގޮތުގެ ސުވާލު ކުރުމުން ހިތަދޫއިން ގިނަ ބަޔަކު ބުނެފައިވަނީ އެއްވެސް ސަރުކާރެއް ކަމު ނުދާ ކަމަށެވެ. މި ގޮތުން ސާވޭގައި ބައިވެރިވި 207 މީހަކު ވަނީ އެއްވެސް ސަރުކާރެއް ކަމު ނުދާ ކަމަށް ބުނެފައެވެ. އެމްޑީޕީގެ މި ސަރުކާރު ކަމުދާ ކަމަށް 171 މީހަކު ބުނެފައިވެއެވެ. ޕީޕީއެމްގެ ސަރުކާރު ކަމުދާ ކަމަށް ބުނެފައިވަނީ 163 މީހެކެވެ. ދެ ސަރުކާރު ވެސް ކަމުދާ ކަމަށް 14 މީހަކު ބުނެފައިވެއެވެ.

މަރަދޫއަށް ބަލާއިރު ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 86 މީހުނެވެ. ޕީޕީއެމްއަށް ވޯޓް ދޭނެ ކަމަށް ވެސް ބުނެފައިވަނީ 86 މީހުނެވެ. އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނާއި އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް ނުވަ މީހަކު ބުންޏެވެ. ވޯޓް ލާން ނުދާނެ ކަމަށް 13 މީހަކު ބުނެއިރު، ކައުންސިލް އިންތިހާބުގައި ވޯޓް ލުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް 39 މީހުންނެވެ. މަރަދޫއިން 233 މީހުން ސާވޭގައި ބައިވެރިވިއެވެ.

ކުރީ އިންތިހާބުގައި ވޯޓް ދިން ގޮތަށް ބަލާއިރު އެމްޑީޕީއަށް ވޯޓް ދިން ކަމަށް 100 މީހަކު ބުނެފައިވެއެވެ. ޕީޕީއެމްއަށް ވޯޓް ދިން ކަމަށް 99 މީހަކު ބުނެފައިވެއެވެ. އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ނުވަތަ އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓް ދިން ކަމަށް ނުވަ މީހަކު ބުނެފައިވެއެވެ. ވޯޓް ނުލާ ކަމަށް ނުވަ މީހަކު ބުނިއިރު، އެއީ ސިއްރެއް ކަމަށް ބުނެ ވޯޓް ދިން ގޮތް ހާމަ ނުކުރާ 16 މީހަކުވެއެވެ.

މަރަދޫއިން ގިނަ ބަޔަކު ބުނެފައިވަނީ ވެސް އެންމެ ކަމުދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމްގެ ސަރުކާރެވެ. މަރަދޫއިން ސާވޭގައި ބައިވެރިވި 96 މީހަކު ވަނީ ޕީޕީއެމްގެ ސަރުކާރު ކަމުދާ ކަމަށް ބުނެފައެވެ. އެމްޑީޕީގެ މި ސަރުކާރު ކަމުދާ ކަމަށް ބުނެފައިވަނީ 70 މީހެކެވެ. އެއްވެސް ސަރުކާރެއް ކަމުނުދާ ކަމަށް 54 މީހަކު ބުނެފައިވެއެވެ.

ފޭދޫއިން ސާވޭގައި 208 މީހުން ބައިވެރިވިއިރު އޭގެ ތެރެއިން އެމްޑީޕީއަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 58 މީހުނެވެ. ޕީޕީއެމްއަށް ވޯޓް ދޭނެ ކަމަށް 72 މީހުން ބުންޏެވެ. އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ނޫނީ އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 10 މީހުނެވެ. ވޯޓް ލާން ނުދާނެ ކަމަށް 22 މީހަކު ބުންޏެވެ. ކައުންސިލް އިންތިހާބުގައި ވޯޓް ލުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް 46 މީހަކު ބުންޏެވެ.

ކުރީ އިންތިހާބުގައި ވޯޓް ދިން ގޮތަށް ބަލާއިރު އެމްޑީޕީއަށް ވޯޓް ދިން ކަމަށް 105 މީހުން ބުނެފައިވެއެވެ. ޕީޕީއެމްއަށް ވޯޓް ދިން ކަމަށް 66 މީހަކު ބުނެފައިވެއެވެ. އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ނޫނީ އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓް ދިން ކަމަށް ފަސް މީހަކު ބުނެފައިވެއެވެ. ވޯޓް ނުލާ ކަމަށް 17 މީހަކު ބުނެފައިވާއިރު، ސިއްރެއް ކަމަށް ބުނެ ވޯޓް ދިން ގޮތް ހާމަނުކުރާ 15 މީހަކު ވެއެވެ.

ސަރުކާރުތަކާ މެދު ދެކޭ ގޮތަށް ބަލާއިރު ފޭދޫއިން ސާވޭގައި ބައިވެރިވި 84 މީހަކު ވަނީ ޕީޕީއެމްގެ ސަރުކާރު ކަމުދާ ކަމަށް ބުނެފައެވެ. އެމްޑީޕީގެ މި ސަރުކާރު ކަމުދާ ކަމަށް ބުނެފައިވަނީ 53 މީހެކެވެ. 58 މީހަކު ވަނީ އެއްވެސް ސަރުކާރެއް ކަމު ނުދާ ކަމަށް ބުނެފައެވެ. ދެ ސަރުކާރު ވެސް ކަމުދާ ކަމަށް ބުނެފައިވަނީ 13 މީހެކެވެ.

ގުޅިފައިވާ ރަށްތަކުގެ ތެރެއިން އެންމެ އާބާދީ ކުޑަ މަރަދޫފޭދޫއިން މި ސާވޭގައި ބައިވެރިވީ 48 މީހުނެވެ. އޭގެ ތެރެއިން އެމްޑީޕީއަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 11 މީހުނެވެ. ޕީޕީއެމްއަށް ވޯޓް ދޭނެ ކަމަށް 16 މީހަކު ބުންޏެވެ. އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ނުވަތަ އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ ދެ މީހެކެވެ. ވޯޓް ލާން ނުދާނެ ކަމަށް ތިން މީހަކު ބުނިއިރު ވޯޓް ލުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް 16 މީހަކު ބުންޏެވެ.

ކުރީގެ އިންތިހާބުތަކުގައި ވޯޓް ދިން ގޮތަށް ބަލާއިރު އެއިން 29 މީހަކު ބުނެފައިވަނީ ވޯޓް ދިނީ އެމްޑީޕީއަށް ކަމަށެވެ. ޕީޕީއެމްއަށް ވޯޓް ދިން ކަމަށް ބުނެފައިވަނީ 15 މީހެކެވެ. އެހެން ޕާޓީތަކަށް ނުވަތަ އަމިއްލަ ކެންޑިޑޭޓަކަށް ވޯޓް ދިން ކަމަށް ބުނި މީހަކު ނެތެވެ. ވޯޓް ނުލާ ކަމަށް ދެ މީހަކު ބުނިއިރު، އެއީ ސިއްރެއް ކަމަށް ބުނެ ވޯޓް ލީ ގޮތް ހާމަ ނުކުރާ ދެ މީހަކު ވެއެވެ.

މަރަދޫފޭދޫ އިން ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ގިނަ ބަޔަކަށް ވެސް މި ސަރުކާރު ކަމަކު ނުދެއެވެ. 16 މީހަކު އެއްވެސް ސަރުކާރެއް ކަމު ނުދާ ކަަމަށް ބުނެފައިވާއިރު 14 މީހަކު ބުނެފައިވަނީ ކަމުދަނީ ޕީޕީއެމްގެ ސަރުކާރު ކަމަށެވެ. އެމްޑީޕީގެ ސަރުކާރު ކަމުދާ ކަމަށް 12 މީހަކު ބުނެފައިވެއެވެ. އަދި ދެ ސަރުކާރު ކަމުދާ ކަމަށް ހަ މީހަކު ބުނެފައިވެއެވެ.

މި ރަށްތަކާ ވަކިން އޮންނަ ހުޅުދޫއާއި މީދޫގެ ތެރެއިން ހުޅުދޫއިން ސާވޭގައި ބައިވެރިވީ 196 މީހެކެވެ. އޭގެ ތެރެއިން 52 މީހަކު ވަނީ އެމްޑީޕިއަށް ވޯޓް ދޭނެ ކަމަށް ބުނެފައެވެ. ޕީޕީއެމްއަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 63 މީހެކެވެ. އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ނުވަތަ އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް ތިން މީހަކު ބުންޏެވެ. ވޯޓް ލާން ނުދާނެ ކަމަށް 15 މީހަކު ބުނެފައިވާއިރު ވޯޓް ލުމުގައި ވަކި ގޮތެއް އަދި ނުނިންމާ ކަމަށް 60 މީހަކު ބުންޏެވެ.

ކުރީގެ އިންތިހާބުގައި ވޯޓް ދިން ގޮތަށް ބަލާއިރު އެމްޑީޕީއަށް ވޯޓް ދިން ކަމަށް ބުނެފައިވަނީ 75 މީހެކެވެ. ޕީޕީއެމްއަށް ވޯޓް ދިން ކަމަަށް ބުނެފައިވަނީ 68 މީހެކެވެ. އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ނުވަތަ އަމިއްލައަށް ކެންޑިޑޭޓުންނަށް ވޯޓް ދިން ކަމަށް ބުނެފައިވަނީ ހަ މީހެކެވެ. ވޯޓް ނުލާ ކަމަށް 10 މީހަކު ބުނެފައިވެއެވެ. އެއީ ސިއްރެއް ކަމަށް ބުނެ ވޯޓް ލީ ގޮތް ހާމަ ނުކުރާ 37 މީހަކު ވެއެވެ.

މައި ދެ ޕާޓީއަށް ވެސް ފުދޭ ވަރެއްގެ ތާއީދު އޮންނަ ހުޅުދޫއިން ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 76 މީހަކު ބުނެފައިވަނީ ކަމުދަނީ ޕީޕީއެމްގެ ސަރުކާރު ކަމަށެވެ. އެމްޑީޕީގެ މި ސަރުކާރު ކަމުދާ ކަމަށް ބުނެފައިވަނީ 56 މީހެކެވެ. އެއްވެސް ސަރުކާރެއް ކަމު ނުދާ ކަމަށް 58 މީހަކު ބުނެފައިވެއެވެ. ދެ ސަރުކާރު ކަމުދާ ކަމަށް ބުނެފައިވަނީ ހަ މީހެކެވެ.

އައްޑޫ މީދޫއިން ސާވޭގައި 214 މީހުން ބައިވެރިވިއެވެ. މީދޫއިން ވެސް ޕީޕީއެމްއަށް ވޯޓް ދޭނެ ކަމަށް ބުނި މީހުން އެމްޑީޕިއަށް ވޯޓް ދޭނެ ކަމަށް ބުނި މީހުނަށް ވުރެ ގިނައެވެ. އެމްޑީޕީއަށް ވޯޓް ދޭނެ ކަމަށް 52 މީހަކު ބުނިއިރު، ޕީޕީއެމްއަށް ވޯޓް ދޭނެ ކަމަށް 62 މީހަކު ބުންޏެވެ. އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ނުވަތަ އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް 13 މީހަކު ބުންޏެވެ. ވޯޓް ނުލާނެ ކަމަށް ބުނި 31 މީހެއް އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ބުނި 56 މީހަކު ތިއްބެވެ.

ކުރީގެ އިންތިހާބުގައި ވޯޓް ދިން ގޮތަށް ބަލާއިރު ވެސް ގިނަ މީހުނަކީ ކުރީގެ އިންތިހާބުތަކުގައި އެމްޑީޕީއަށް ވޯޓް ދިން ކަމަށް ބުނާ މީޙުނެވެ. އެމްޑީޕީއަށް ވޯޓް ދިން ކަމަށް 92 މީހަކު ބުނެފައިވެއެވެ. ޕީޕީއެމްއަށް ވޯޓް ދިން ކަމަށް 66 މީހަކު ބުނެފައިވެއެވެ. އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ނުވަތަ އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓް ދިން ކަމަށް ނުވަ މީހަކު ބުނެފައިވެއެވެ. ވޯޓް ނުދޭ 23 މީހުން ވެއެވެ. ސިއްރެއް ކަމަށް ބުނި 24 މީހުން ވެއެވެ.

މީދޫއިން ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ޕީޕީއެމްގެ ސަރުކާރު ކަމުދާ ކަމަށް ބުނި މީހުން، އެމްޑީޕީގެ މި ސަރުކާރު ކަމުދާ ކަމަށް ބުނި މީހުނަށް ވުރެ ގިނައެވެ. 79 މީހަކު ބުނެފައިވަނީ ކަމުދަނީ ޕީޕީއެމްގެ ސަރުކާރު ކަމަށެވެ. އެއްވެސް ސަރުކާރެއް ކަމު ނުދާ ކަމަށް 77 މީޙަކު ބުނެފައިވެއެވެ. އެމްޑީޕީގެ ސަރުކާރު ކަމުދާ ކަމަށް ބުނެފައިވަނީ 49 މީހެކެވެ. ދެ ސަރުކާރު ވެސް ކަމުދާ ކަމަށް ނުވަ މީހަކު ބުނެފައިވެއެވެ.

ގިނަ ޒުވާނުންނަށް ސަރުކާރުތައް ކަމަކު ނުދޭ

"ވަގުތު ހޭރިޔާ" ގެ މި ސާވޭގައި ބައިވެރިވި މީހުންގެ ތެރޭގައި އުމުރުން 17 އަހަރުވެ އަންނަ އަހަރު ވޯޓު ލެވޭ 26 ޒުވާނުން ބައިވެރިވެފައިވެއެވެ. އުމުރުން 18 އަހަރާއި 29 އަހަރާ ދެމެދުގެ 375 ޒުވާނުން ބައިވެރިވިއެވެ. މީގެ ތެރެއިން 173 މީހުން ބުނެފައިވަނީ އެ މީހުންނަށް އެއްވެސް ސަރުކާރެއް ކަމު ނުދާ ކަމަށެވެ. އެމްޑީޕީގެ މި ސަރުކާރު ކަމުދާ ކަމަށް ބުނީ 87 ޒުވާނުންނެވެ. ޕީޕީއެމްގެ ސަރުކާރު ކަމުދާ ކަމަށް ބުނީ 100 ޒުވާނުންނެވެ. މީގެ ތެރެއިން 200 އަށް ވުރެ ގިނަ ޒުވާނުން ވަނީ ވޯޓް ލާން ބޭނުން ނުވާ ކަމަށް ބުނެފައެވެ. އަދި އުމުރުން 17 އަހަރުގެ 20 ޒުވާނަކު ވެސް ބުނީ ވޯޓް ލާން ނުދާނެ ކަމަށެވެ.

އައްޑޫ ރައްޔިތުންގެ އޮތް މާޔޫސް ކަމަށް އެއްވެސް ސަރުކާރަކުން ހައްލެއް ހޯދައި ދެވުނު ކަމަށް ނުބެލެވޭއިރު، އައްޑޫ އިން އާންމުކޮށް އަޣުލަބިއްޔަތު ދޭ އެމްޑީޕީ އިސްވެ މިހާރު މި އޮތް ސަރުކާރަށް ވުރެ ކުރިން އޮތް ސަރުކާރު ރަނގަޅު ކަމަށް ބުނާ މީހުން ވެސް އައްޑޫގައި ގިނަވަމުންދާ ކަމަށް "ވަގުތު ހޭރިޔާ" ގެ މި ދިރާސާއިން ފާހަގަވިއެވެ. ކައުންސިލް އިންތިހާބުގައި އައްޑޫގެ މެޕް ރާވާނެ ގޮތެއް އައްޑޫގެ ރައްޔިތުންނަށް ދޫކޮށްލާނާމެވެ. އައްޑޫ ރައްޔިތުންގެ ތާއީދު ނުލިބި ސަރުކާރަށް އައުމަށް އުނދަގޫ ވާނެ ކަން ވެސް ސިޔާސީ ލީޑަރުން ވިސްނާލަން މި ދަނޑިވަޅަށް މުހިއްމެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ބޯކިބާ

    މާލޭގެ ގޭގޭމީހުން ބޮޑެތި ދޮގުވައުދު ހިފައިގެން ޕިކުނިކުދާން ބޭނުންކުރާ ތަނެއް އައްޑޫއަކީ. ތީގެތެރޭ ނެތޭ ނާސިރަށް މައުމޫނަށް ދޫކުރާ އެކަކުވެސް. ތިމީސްމީހުން ބޮޑެތި ދޮގުވައުދު ގާފިލާ ހަދައިގެން އައްޑުއަށްދިޔައިމަ އިސްތިގުބާލަށް ނިކުމެއްޖެ ކޮންމެމީހެއްގެ ސައިކަލު އަތުލާ ޖުރުމަނާކޮށްފަ އަތޮޅުން ބޭރުކުރެވޭގޮތަށް ކައުންސިލުން ގަވައިދު ހަދަން އެބަޖެހޭ.

    48
    1
    • އ

      100%..... އައްޑޫ އަށް ވި ވައުދުތަކުން އެއް ވައުދެއް ވެސް ފުއްދައިނުދޭ.... މަކަރު ސަރުކާރު.. މަޖުލީހުގެ މެމްބަރަކަށް ވެސް ހުރީ ނަމުން ކަމުން ހުސް މާލެ މީހުން. . އައްޑޫ އަށް ވޯޓް ހޯދަން އައިއްސަ ދެން އަޅާ ވެސް ނުލާ... އަފިރިން އުޅޭ ހާލެއް ނުބަލާ... 😢😢😢😢

      35
      4
    • ޙައްގުބަސް

      އެމްޑީޕީއެއް ޕީޕީއެމްއެއް ކިޔާނެ ކަމެއް ނެތް!! މިރާއްޖޭގައި އުފެދުނު ކޮންމެ ސަރުކާރެއްވެސް އުފެދުމުގައި ނުވަތަ ބާރުވެރިކަމަށް ގެނައުމުގައި އައްޑޫގެ ރައްޔިތުންވަނީ އެތައް ގުރުބާނީ ތަކެއްވެފަ!! އެއީ އައްޑޫ ރައްޔިތުންގެ އެތައް އުންމީދު ތަކެއްގައި ކުލަ ޖައްސާދޭނެކަމަށް ބުނެ އެސަރުކާރުތަކުން ވާ ވަޢުދު ފުއްދާދޭނެކަމުގެ އުންމީދުގައި ތިބެގެން ހޮވަނީ!! ހޮވުނީމަ ކޮންމެ ސަރުކާރަކުންވެސް އައްޑޫގެ ރައްޔިތުންގެ އެދުންތަކުގައި ވަނީ ކޮޅު ފައިންޖކަހާފަ!! ވަޢުދުތަށް ހަނދާން ނައްތާލާފަ!! މައުމޫނުގެ ދިގު 30 އަހަރު އައްޑޫ ރައްޔިތުންނަށް ހެދީ މުޅިން ދޮގު!! ކަތީބުން ވޯޓު ފޮށި ހައިޖެކްކޮށްގެން ތިބެ ވޯޓުން ކުރާ އެތައް ވައްކަމެއްގެތެރެއިން އަބަދުވެސް 98% ވުރެން މަތިން އައްޑޫއިން މައުމޫނު ހޮވާ!! އޭނާގެ ފުރަތަމަ ދައުރުގައި އައްޑު އަތޮޅު ގަން ހަލާކުކޮށްލީ!! އިނގިރޭސިން ގަމުން ފައިބައިގެން ދިޔައީ 2 ބިލިޔަން ޕައުންޑު ޚަރަދުކޮށްގެން ތަރައްގީކޮށްފައިވާ ގަން އެއްކޮށް ދޫކޮށްލާފަ! އެމީހުން އެތަނުން އެއްވެސް އެއްޗެއް ނުގެންދޭ!! މައުމޫނު ކުރިކަމަކީ ގަމުގައި ހުރި ތެޔޮ ތާނގީތަކާއި ޓަވަރުތަކާ ގެތަކާ އިންޖީނުތަކާ ތަންތަން ރޫޅާލައިގެން މާލެ ގެނައީ!! މިއީ ތަހްގީގުކޮށް ބަލަންޖެހޭ ކަމެއް!! ތަރައްގީކޮށްފައިވާ ރަށެއް އެއްކޮށް ގަސްތުގައި އެސަރުކާރުން ހަލާކުކޮށް ގެއްލުން ދިނީތީ!! ދެން އައި ސަރުކާރުތަކުންވެސް އައްޑޫގެ ތަރައްގީއެއް ކަމެއް ކޮށެއް ނުދޭ!! ހުސް އަނގަތަޅަނީ!! މިހާރު މިރާއްޖޭގައި ނޮއޮންނާނެ މިހާ ބައިގިނަ އަތޮޅެއް މިގޮތަށް އޮތް!! ނަރުދަމާއެއް ނެތް! ބޯފެން ނެތް! މަގުތައް ނުހެދޭ! މަގު ބައްތިއެއް ނެތް! ގަން އެއަރ ޕޯޓް ތަރައްގީއެއް ނުކުރެވޭ! ވަޒީފާއެއް ނުއުފެއްދޭ! ރިސޯޓް ތަރައްގީއެއް ނުކުރެވޭ! އުމުރާނީ ތަރައްގީއެއް ނުފެނޭ!! މުޅިން ވީރާނާވެ ހަލާކުވެ ރައްޔިތުންވަނީ ބިކަވެފަ!! އައްޑޫ ރައްޔިތުން އެވަނީ ރައްޔިތުންގެ މަޖްލިސްއަށް އެމްޑީއަށް ނިސްބަތްވާ އައްޑޫ މެމްބަރުން ހޮވާދީފަ!! ކައުންސިލް ދީފަ! ސަރުކާރު ހޮވާދީފަ!! ދެން މޮޅު ވާހަކަ ދައްކާނެ ތަނެއް ނެތް!! ތަރައްގީ ނުކޮށް ބަހަނާ ނުދައްކާ!!

      28
      3
  2. ގައުމީ ލޯބި

    އެމްޑީޕީވެސް ޕޕއެމް ވެސް ގޯސް އައްޑޫގެ އަމިއްލަ ޕާރޓީއެއް ހަދައިގެން ނޫނީ މިކަމަށް ހައްލެއް ނުލިބޭނެ..

    މާލޭ މީހުން ބޭނުމެއް ނުވޭ ރާއްޖެތެރޭ މީހުން ކުރިއަރަންވެސް މަންފާއެއް ލިބެންވެސް ވެރިކަމަކީ އަދި މާ ދުރުގައިވާ ކަމެއް ދޯ

    ހައްލަކީ އުމަރާއި ބައިވެރި ވެ ދެކުނުގެ ޕާރޓީ ހެދުން..

    އެމްޑީޕީ/ޕޕއެމް ނޫންތޯ އައްޑޫ ވިއްކާލީ، މިލްޓްރީ ސްކޫލުގެ ނަމުގައި އިންޑިޔާގެ މިލްޓްރީ ބޭސް އެއް ހެދުމަށް 250 މިލިޔން ޑޮލަރަށް އައްޑޫ ވިއްކާލީ..

    20
    9
  3. ހުސޭނުބޭ

    ވަގުތު ޓީމުގެ މަސައްކަތް ވަރަށް ސަޅި

    36
    1
  4. ދެވަރެންދާ

    ޢައްޑޫ ތަރަށްގީނުވަނީ އައްޑޫގެ މަ ހުޖަނުން އައްޑޫ ތަރަށްގީވާން ބޭނުންނުވާތީ އައްޑޫގައި މަ ހުޖަނުން ގިނައީ ހުޅުދޫ މީދޫގައި އެމީ ހުންގެ 99% މީ ހުން ބޭނުމެއް ނުވޭ ހިތަދޫ ތަރައްގީ ވާތަން ދެކޭކަށް !

    24
    5
  5. އައްޑޫ މީހާ

    ޕީޕީއެމްގެ ކެމްޕޭން ޓީމުން ކުރިމަސައްކަތް ކާމިޔާބު ދެން އެމްޑީޕީގެ ޓީމުން ހަދާ ދިރާސާގެ ނަތީޖާނިކުންނާނީ ކިހިނެއްބާ؟

    20
    3
  6. އ . ޖ . އ

    މާ ހިތްހެޔޮ ބަޔަކަށް ވެގެން ފޮޓޯ ނަގާފަ އެބަހުއްޓެއްނު އިންޑިޔާ ބަތައް

    14
    2
  7. ފިލާވަޅު

    އައްޑޫގެ ރައްޔިތުން ކޮންމެފަހަރަކު ރީދޫ މީހުން މޮޔަހައްދަނީ އައްޑޫގެ ރައްޔިތުން އެބަޖެހޭ ރީދުލަށް ރަގަޅު ފިލާވަޅެއްދޭން

    24
    2
  8. އަޙްމަދު

    އައްޑޫގައި ތިބި އެމްޑީޕީ އިސްމީހުންނަކީ މައުމޫނުގެ 30 އަހަރު ރަށަށް އަތޮޅަށް ކަންކަން ނުވެގެން މައުމޫނުއައި ދެކޮޅަށް ނުކުތް މީހުން!!! އެއްކަލަ ބަހުރުވައިން ބުނާނަމަ ހަމަ އެމީހުންގެ ތެރެއިން %99 މީހުންނަކީ އެބުނާ ސަރުކާރުން ކައިގެން ބޮއިގެން ތިމާމެއް ހިތުހުރި ގޮތަކައް ރަށާއި އަތޮޅުގައި ކަންތައްކުރި މީހުން!!! މިހާރުވެސް ހަމަ އިސްސަފުގައި އެމީހުން އެކަމަކު ކުރެވޭކަމެއް ހަމަ ހަރާމް!!! ތިމާމެންގެ އެދުން ފުއްދަން މީހުން މަގުމައްޗައް ނެރޭ ނަފްރަތުއުފެއްދުން ނޫން ކުރެވޭއެއްވެސް ކަމެއްނެތް!!! ޑްރަކުގެ މައްސަލައަކީ އެންމެ ބޮޑު އެއްމައްސަލަ! ކިހާވައެއްގެ ހައްލެއްތޯ ލިބުނީ!!! ލިބިނު ހައްލަކީ ކުރިން ވަގަތް ކުރަމުންއައި ގޮތް ބަދަލުވެ ފާޅުކަން ބޮޑުގޮތަށް އެކަން ކުރުން!!! ކުރިން ގޯތި ވިއްކީއޭ ކިޔައިގެން އުޅުނުމީހުން އިސްވެރިންނަށް ތިބެ މީހާރު އެކަން ރަންގަޅަށް ކުރަނީ! ކުރިން ގޯއްޗެއް 5000ރ މިހާރު 250000ރ ރަނގަޅު ނޫންތޯ!! ހަމަ އެމްޑީޕީ ވެގެން ތިބެންވީ! އެމްޑިޕީ ވުމަކުން އަދި ތިމާ މާމޮޅު ނުވަތަ ގަޓްމީހަކަށް ނުވޭ! ބަޔަކު މީހުން އަޑީގައި ތިބެގެން އައްޑޫގެ ދުވަސް ދުއްވާލަނީ މާކުރުން އެބައި މީހުންގެ ހިތުތެރޭ އުފެދިވައި އޮތް ނަފުރަތެއްގެ ސަބަބުންހެން ހީވަނީ!!!!

    16
    1
  9. ޒައކް

    ތިޔަ ހިޔާލީ ފޮލާ ކައްކާ ވަގުތުން އަބަދުވެސް.. ނަތީޖާ އަންނަނީ ދިމާ އިދިކޮޅަށް މުޅި ރާއްޖެއިންވެސް.. ދެން ވެރިކަމުގަ ތިބޭ އިރު ކުރިޔަށް ވުރެއް ތާއިދު މަދުވުން އެއީ ދުނިޔޭގެ އާދަ.. މަދު ފަހަރަކު ނޫނީ އެކަން އެހެންވާނެ މުޅި ދުނިޔޭގަވެސް.. ކައުންސިލް އިންތިހާބަކީ ޕާޓިއަށްވުރެއް އާއިލާއާ ރައްޓެހި ކެނޑިޑޭޓުންނަށް އިސްކަންދޭ އިންތިހާބެއް ވީމަ މަޖިލިސް އަދި ރިޔާސީ އިންތިހާބުގަ ނެރުނު ކާމިޔާބީ ނުނެރެވުނަސް ބޮޑުތަނުން މެޖޯރިޓީ ހީދާފަ ދައްކާނި

    6
    15
  10. އައުކަމަށް

    ދިގު ތިރީސް އަހަރު ދެންގޮސް ކިޔާނެ ކަމެއްނެއް...
    އަދި އެސް ގޫލީތަނުން ފެން ބޯގެން ތިބެނީ...މިސަރުކާރަށް ކެރާ އުއްމީދު ވަރަށް ބޮނޑަ..
    އިންޝާﷲ..

    7
    7
  11. މިމީ

    ރަތް ރީނދޫގެެްލެންވީ ކީއްވެތޯ ރަންތީފޫގެ ވައުދުތައް ފުރިބާރުވެގެން އެހެނީ އައްޑޫ ރައްޔިތުން ރަންތީފޫގެ ވައުދު ތައް ސިދާކަމިން އެމީހުންއުޅެނިހަފާނެނަހަދާނެ އެއްވެ ނޭނގިގެން ހޯެިބޯއި

  12. ޢަފީފްދީދީ

    އަހަރެމެންނަށްޒަމާނުއްސުރެ ވިސްނިފައި އޮންނަނީ ނުވަތަ ވިސްނައިދީފައި އޮންނަނީ ރާއްޖެތެރެ މީހުން ފަސްކުޅަނދު މަދުވާނެޔޭ.މިއަދު އަތޮޅުތެރެކިޔައިގެން އުޅެނީވެސް އަހަރެމެން ފަސްކުޅަނދު މަދުކަމަށް ބަލައިގެން. ޙަޤީގަތަކީ ތިޔައިން އެއްވެސް ވެރިއެއްގެ ގާތު ޑިމޮކްރަސީ އަކީ ކޮބަ އިހޭ އަހައިފިނަމަ ހަމަ ކޮންމެ ވެރިއަކުވެސް ބުނާނެ އެއީ ރައްޔިތުންނަށް ވެރިކަން ކޮށްދޭން ރައްޔިތުން މީހަކު ހޮވައިގެން ވެރި ކަން ކުރުމޭ. ޢެކަމަކު ރާއްޖޭގެ އާބާދީގެ ގިނަމީހުންނަކީ ރާއްޖެތެރެ މީހުންވީމާ އިންސާފުވެރިގޮތަކީ ރާއްޖެތެރޭގެ މީހަކު ވެރިކަމުގައި ހުރުންނޫންތޯ ސުވާލުކޮށްފިނަމަ، ދޭނީ އެކަމާނުވެސް ގުޅޭޖަވާބެއް!

  13. އަހުމަދު

    އައްޑޫގެ ހަލާކަކީ އައްޑޫގެ ލާދީނީ އެމްޕީން. އެންޕީންނަށް ރަނގަޅު ސޯލިހު މީހުން ހޮވަންޖެހޭ. ލާދީނީ މީހުންނަކީ މުނާފިގުން. އެކަމުގެ ހެއްކެއް އެއީ އައްޑޫގެ ރައްރަށް ތަރައްގީނުވާކަން. މާލެއާއި ވާދަކުރަން ޖެހޭވަރުބައެއް ކުޑަ ކުޑަ ކުޅުދުފުއްޓާ އެވާދަކުރަނީ. ރަލާއި ސަކަރާތް ބޮޑުވެ ގިނަ ޒުވާނުން ތިބީ މަގުން ކައްސާލައިފައިކަން. ލާދީނީ އެމްޕިން މިކަމަށް ސަޕޯޓުކުރޭ. މުޅި އައްޑޫ ހިންގަނީ މަދު ދީންވެރި ކުލުނުވެރި މީސްކޮޅެއްގެ ގަދަފަދަ މަސައްކަރުން.

  14. ބލނުއް

    ތިއައްޑޫ މީހުން ނޫން ބަޔަކު ގެ ވާހަކައެއް ދަކަންވެއްޖެނޫން. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާa ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައައްޑޫ މީހުނޯ..🙄🙄 މިނޫން ބަޔަކު ނެތީތަ މަސްހޫރު ކުރަން ، މާ ސާހީ ރަށެކޯ..

  15. ހަސަނު

    އެމްޑީޕީ އަކަށް އައްޑޫގެ ތާއީދެއް ނުގެއްލޭނެ! އައްޑޫ މީހުންނަކީ ހާ ކުޅު ފަދަ ބައެއް. ކިތަންމެފަހަރަކު މުނުމަތީ ޖެހިޔަސް ކުލަވަރެއް ދައްކާއިރަށް ހެއްލޭނެ. އެމްޑީޕީ އަކީ މަކަރުވެރި ކެހިވެރި ފިކުރެއް.