(ފުވައްމުލައް ސިޓީ) އޭނާގެ މައިގަނޑު ވިސްނުމަކީ ރަށަށް ތަރައްގީ ގެނެސްދިނުމެވެ. މީގެ އަށް އަހަރެއްހާ ދުވަސް ކުރިން، ފުވައްމުލައް އަތޮޅު ކައުންސިލް އިދާރާގައި ފެށީ ވެސް އެ މަސައްކަތެވެ. އޭރު އެއީ އެ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރެވެ. އަދި ކައުންސިލް އިދާރާގެ ޕޮލިސީ ޕްލޭނިން ޔުނިޓްގެ ވެރިޔާއެވެ. އޭރުން ފެށިގެން މިއަދާ ހަމައަށް ވެސް ހުންނެވީ އެ މަސައްކަތުގައެވެ. ފުވައްމުލައް ތަރައްގީ ކުރެއްވުމުގެ ވިސްނުމާއި އަޒުމާ އެކީގައެވެ.

ތައުލީމީ ދާއިރާގެ ހުރިހާ ހަރުފަތެއްގައިހެން ވެސް މަސައްކަތް ކުރައްވާފައިވާ ތޯރިގް އަހުމަދު 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް އުޅުއްވީ ފެނަކަ ފުވައްމުލަކު ބްރާންޗު ލީޑް ކުރެއްވުމުގައެވެ. އޮތީ ހަމަ އެންމެ އުއްމީދެކެވެ. ފުވައްމުލައް އާ އުސްމިނަކަށް ގެނެސްދިނުމެވެ. އިދާރީ ހިންގުމުގެ މިފަދަ ތަޖުރިބާތައް ހޯއްދެއްވުމަށް ފަހު ވެސް، އިދިކޮޅު ޕާޓީގެ ބޭފުޅަކަށްވުމާއެކު މި ސަރުކާރުގައި އެ ފުރުސަތު ނެތުނީއެވެ. އެކަމަކު ހުންނެވީ އަޒުމު ދޫކުރައްވާ ގޮތަކަށް ނޫނެވެ.

ތޯރިގް އަހުމަދު މިހާރު ނުކުމެ ހުންނެވީ އެ ސިޓީ މޭޔަރުގެ މަގާމަށް ވާދަކުރެއްވުމަށެވެ. އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ޓިކެޓުގައެވެ. ތޯރިގް ގަބޫލު ކުރައްވާ ގޮތުގައި ތަރައްގީގެ ފިކުރު އޮތީ އެ ޕާޓީގައެވެ. ރާއްޖެއަށް އެންމެ ބޮޑު ތަރައްގީއެއް އައީ އެ ޕާޓީގެ ވެރިކަމެއްގައެވެ. ތަރައްގީ ގެނެވެން އޮތީ އެ ފިކުރުގެ ބަޔަކާ އެކީގައެވެ. އެ ޓީމާ އެކު ތޯރިގް އެ ހުންނެވީ ފުވައްމުލަކުގައި ހަރަދުނާ، ހަމަހަމަ އިގްތިސާދީ ބިންގަލެއް އަޅައިދެވޭނެ ތަރައްގީގެ ތަސައްވުރަކާ ވެސް އެކުގައެވެ.

އޭނާ ދެކެވަޑައިގަންނަވާ ފުވައްމުލަކުގައި ހުރި އިޖްތިމާއީ މައްސަލަތަކުގެ އަސްލަކީ އިގްތިސާދީ ތަނަވަސް ކަމެއް ނެތުމެވެ. ފުވައްމުލަކުގައި އެކަށީގެންވާ އިގްތިސާދީ ހަރަކާތްތަކެއް އަދި ވަޒީފާގެ ފުރުސަތުތައް ނެތުމެވެ. ފުވައްމުލަކު މޭޔަރު ކަމަށް ނުކުންނަވަނީ އެ ކަމަށް ގެނެވިދާނެ ހައްލުތައް ހިމެނޭނެ ޕްލޭނެއް އޮވެގެންނެވެ. ތޯރިގު ކުރައްސަވާ ތަސައްވުރުގައި އެންމެ ބޮޑު އިސް ކަމެއް ދެއްވަނީ ފުވައްމުލަކުގެ އިގްތިސާދު އަރާސްތުކޮށް އެއަށް ދިރުމެއް ގެނައުމަށެވެ.

ތޯރިގްގެ ފަތުރުވެރިކަމުގެ ސިޔާސަތު

ތޯރިގަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އެ ތައުލީމާއި ތަޖުރިބާގެ އަލީގައި ތޯރިގް ވިދާޅުވަނީ އޭނާއަށް ފުވައްމުލައް ފެންނަނީ ފަތުރުވެރިކަމުގެ ވިޔަފާރިއާއި އިގްތިސާދީ ހަރަކާތްތަކަށް އެންމެ ފުރުސަތު ބޮޑު ރަށުގެ ގޮތުގައެވެ. މި ސިޓީއަކީ އިދާރީ ގޮތުން ކަނޑައަޅާފައިވާ އަތޮޅެއްގައި އެންމެ ރަށެއް އޮތް ހަމައެކަނި އަތޮޅެވެ. މިއީ ދިމާވާ ގޮންޖެހުމެއް ކަމުގައި ތޯރިގް ގަބޫލެއް ނުކުރައްވައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރު ކުރަނީ "ހުދު ދޮންވެލި ގޮނޑުދޮށް" ތަކެވެ. ނޫނީ ސާފު ނޫ ވިލުތަކެވެ. އަމާން ފަޅު ރަށްތަކެކެވެ. އިދާރީ އެހެން އަތޮޅުތަކުގައި ފަޅު ރަށް ހުރި ނަމަވެސް ފުވައްމުލައް ވަށައިގެން ވެސް ފަޅު ރަށެއް ނެތެވެ. ކައިރިން އޮތް އައްޑު ސިޓީއަށާއި ހުވަދު އަތޮޅަށް ދާން ވެސް އޮތީ ދުރު ދަތުރެކެވެ. އެކަމަކު ފުވައްމުލައް ސިޓީއަކީ ފަތުރުވެރިކަމުގެ ވިޔަފާރި ފުރުސަތު ނެތް ސިޓީއެއްގެ ގޮތުގައި ތޯރިގް ދެކެވަޑައެއްނުގަންނަވައެވެ.

ފުވައްމުލައް އިޝްތިހާރު ކުރާނީ ރާއްޖޭގެ އެހެން ރަށްރަށް އިޝްތިހާރު ކުރާ "އާންމު ކޮންސެޕްޓް" ގައި ނޫން ކަމަށް ތޯރިގް ވިދާޅުވިއެވެ. ފުވައްމުލައް ސިޓީގެ ބަޔެއްގެ ބުރަ މަސައްކަތުން މިއަދު ވެސް ޑައިވިން ސިނާއަތެއް ގާއިމް ކުރެވި އެ ސިނާއަތަކުން ފައިދާ ލިބޭ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ދުނިޔެއިން ވެސް ނުފެންނާނެ ފަދަ ކުޅިއާއި ޗަސްބިމުގެ "އިކޯ ސިސްޓަމް" އެއް އޮތް ކަމުގައި ތޯރިގް ވިދާޅުވެއެވެ.

"މިއީ ވަރަށް ނީޗް ނޫނީ ޚާއްސަ މާކެޓެއް، އެކަމަކު ދުނިޔޭގައި ހަތް ބިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭއިރު، ފުވައްމުލަކުގެ އެ ތަފާތުކަން އިޝްތިހާރު ކޮށްގެން ބޭރުގެ ގިނަ ފަތުރުވެރިންތަކެއް ހަމަ ގެނެވޭނެ ކަމަށް ގަބޫލު ކުރަން،" ތޯރިގް ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީއަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ތޯރިގް އަހުމަދު - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ތޯރިގް ގަބޫލު ކުރައްވާ ގޮތުގައި ފަތުރުވެރިކަން ކުރެވެން އޮތީ ހަމައެކަނި ބޭރުގެ ފަތުރުވެރިންނަށް އެކަންޏެއް ނޫނެވެ. ދިވެހިންނަށް ވެސް އަމާޒުކޮށް ފަތުރުވެރިކަން ހިންގޭނެ ކަމުގައެވެ. އެ ފުރުސަތު އެންމެ ބޮޑު ރަށަކީ ވެސް ފުވައްމުލައް ކަމުގައި އޭނާ ދެކެވަޑައިގަންނަވައެވެ. އެހެން ރަށްރަށާއި ގުދުރަތީ ގޮތުން ތަފާތު ވުމާއި، ކުޅިތަކާއި ޗަސްބިންތަކާއި، ތަފާތު ވެލިގަނޑެއް ހިމެނޭ ތުނޑިއަކީ އެހެން ކަންކޮޅުތަކުގައި ދިރިއުޅޭ ދިވެހިންގެ ތެރޭގައި މަގްބޫލް މަންޒިލްތަކެވެ.

އެކަމަކު އެ ކަމަށް ގޮންޖެހުންތަކެއް އެބަ ހުއްޓެވެ. ފުވައްމުލަކަށް އަންނަ ދިވެހިން ގެނެސް ތިބޭނެ އިންތިޒާމުތައް ފުޅާ ކުރަން ޖެހޭ ކަމުގައި ތޯރިގް ގަބޫލު ކުރައްވައެވެ. އަދި އެ ގޮތަށް އަންނަން ބޭނުންވާ ދިވެހިންނަށް އެ މީހުންގެ މާލީ ހާލަތު ތަން ދެވޭ މިންވަރަކުން ފުވައްމުލަކުގައި ހުރެވޭނެ އިންތިޒާމުތަކެއް ވެސް އޮންނަން ޖެހޭ ކަމަށާޢި މޭޔަރު ކަމަށް ނުކުންނަވަނީ އެ ކަމަށް ވެސް ހައްލެއް ހިފައިގެން ކަމަށް ވިދާޅުވިއެވެ.

"ފުވައްމުލަކުގައި ވަރަށް ބޮޑެތި ގެތައް އެބަ ހުރި. ރަނގަޅު ޖާގައިގެ ކޮޓަރިތައް ވެސް އެބަހުރި. އެ ގޮތަށް ކޮޓަރިތައް އަޅައިލެވޭނެ ގާބިލް ކަން ހުރި އާއިލާތައް ވެސް އެބަ ހުރި. މި ކަމަށް ޓަކައި އަޅުގަނޑުމެންގެ ކައުންސިލެއްގައި އެހެން ރަށްރަށުގެ ދިވެހިންނަށް ވެސް ފުވައްމުލަކައް އަންނަން އޮންލައިންކޮށް ބުކިން ހެދޭ ގޮތަށް ޕޯޓަލްއެއް ހަދާނަން، އޭގައި އެ ބަޔެއްގެ ބަޖެޓަށް ތަން ދެވޭ ގޮތަށް، އެކި ރޭންޖްތަކުގެ އަގަށް ތަންތަން ބައްޓަން ކުރާނަން،" ތޯރިގް ވިދާޅުވިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާކުރުމަށް ޚާއްސަ ޕްލޭނެއް

ފުވައްމުލައް ސިޓީއަކީ ދަނޑުވެރި ސިޓީއެކެވެ. ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރެއެވެ. ދަނޑު ބިންތަކުގައި ދަނޑުވެރި އުފެއްދުންތައް އުފައްދާއިރު ގޭގޭގައި ތަކެތި އުފައްދައެވެ. މިގޮތުން ދަނޑުބިންތަކަށް ބަލާއިރު ހުރިހާ ބާވަތެއްގެ ތަކެތި ވެސް އުފައްދައެވެ. ގޭގޭގައި ވެސް އެކި ބާވަތްތައް އުފައްދާފައި ހުރެއެވެ. ފުވައްމުލައް އެންމެ ބޮޑަށް މަޝްހޫރު ވެފައި އޮންނަނީ އަނބު ގަސް ގިނަ ރަށެއްގެ ގޮތުގައެވެ.

ތޯރިގް ވިދާޅުވީ ދަނޑުވެރިކަން ކުރާ ވައްޓަފާޅިއަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. މި ގޮތުން ކޮންމެ ދަނޑުވެރިއަކު ވެސް ހުރިހާ ބާވަތެއްގެ ތަކެއްޗެއް އުފެއްދުމުގެ ބަދަލުގައި ކޮންމެ ދަނޑުވެރިއަކު ވެސް ވަކި ހާއްސަ ބާވަތްތަކަކަށް އިސްކަން ދިނުމުގެ ވިސްނުން އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މި ގޮތުން ކުރެވިފައިވާ ދިރާސާގެ އަލީގައި ފުވައްމުލަކު ބިމުގައި އެންމެ ރަނގަޅަށް އުފެއްދޭ ވަކި ބާވަތްތަކަކަށް ހާއްސަ ކުރުމުގެ ވިސްނުމެއް ތޯރިގް ހުށަހަޅުއްވައެވެ.

"މި ވާ ގޮތަކީ، އެކަކު ބަށި ހައްދަނީ، ދެން އެއިން ރަނގަޅު އަގެއް ލިބެން ފެށީމަ، އެހެން އެންމެން ވެސް ބަށި މި ހައްދަނީ، ދެން ބަށި އޮންނަނީ މާކެޓަށް ބޭނުންވާ ވަރަށް ވުރެ އިތުރުވެފަ، އުކާލަން ޖެހިފަ، ހަލާކުވާ އިރު ވެސް ނުވިކިފަ، އޭގެ ބަދަލުގަ ދަނޑުވެރިކަން ކުރާނެ ޚާއްސަ ބާވަތްތަކެއް ކަނޑައަޅަން މި ވިސްނަނީ، ދެން ކޯޕަރޭޓްއެއް އުފައްދައި އެ ކުންފުނިން ތަކެތި ގަންނަ ގޮތަށް، ގޭގޭގައި ހައްދާ ތަކެތި ވެސް ކޯޕަރޭޝަން އިން ގަންނާނެ، މި ގޮތަށް ދަނޑުވެރިކަން ފުޅާ ކުރާނަން، ދަނޑުވެރިންނަށް ލިބޭ އާމްދަނީ ވެސް އިތުރު ކުރެވޭނެ،" ތޯރިގް ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީއަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ތޯރިގް އަހުމަދު - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ފުވައްމުލައް ސިޓީއަކީ މަސްވެރިކަން މާ ފުޅާ ދާއިރާއެއްގައި ކުރާ ސިޓީއެއް ނޫން ކަމަށް ތޯރިގް ފާހަގަކުރައްވައެވެ. އޭގެ ސަބަބެއްގެ ގޮތުގައި މަސްވެރިންނަށް ހުރި ގޮންޖެހުންތައް ވެސް އޭނާ ފާހަގަކުރައްވައެވެ. މި ގޮތުން މަސްވެރިން މަސް ބާނައިގެން ވަކި ގަޑިއަކަށް ރަށަށް ލަފަން ޖެހުމާއި އެ ގަޑިއަށް މަސް ގަންނަން ގޮސްގެން ނޫނީ މަސް ގަންނަން ނުލިބުމާއި މަސް ނުވިކިދާކަން ތޯރިގް ފާހަގަކުރެއްވިއެވެ.

މި ކަމަށް ތޯރިގް ހުށަހަޅުއްވާ ހައްލަކީ، ސިޓީ ކައުންސިލާއި މަސްވެރިން ގުޅިގެން ކޯޕަރޭޓިވްއެއް އުފެއްދުމެވެ. އެ ކޯޕަރޭޓިވްގައި އިސްކޮށް ތިބޭނީ މަސްވެރިން ކަނޑައަޅާ ބަޔަކާއި ކައުންސިލް ކަމަށް ތޯރިގް ވިދާޅުވިއެވެ. އަދި އެ ކޯޕަރޭޓްގެ ދަށުގައި މަސް ރައްކާ ކުރެވޭނެ ރަނގަޅު ސްޓޯރޭޖެއް ބިނާ ކުރުން އެއީ ހުވަފެނެކެވެ. އޭރުން މަސްވެރިން ވަގުތުން ކޯޕަރޭޓްއަށް މަސް ކިރައި، ރައްޔިތުން ވެސް ކޮންމެ ވަގުތަކު ކޯޕަރޭޓް މެދުވެރިކޮށް މަސް ގަނެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މަސްވެރިން މަހުން ލަފާފައި މަސްކޮޅު ވިއްކަން އަވީގައި ގަޑި ދެ ގަޑިއިރު ތިބޭކަށް ނުޖެހޭނެ، ގެނެސް ހަމަ ކިރާލާފައި، ސްޓޯރޭޖަށް ލީމަ އެ ހިސާބުން އެ ބޭފުޅުންގެ މަސައްކަތް ނިމުނީ، ދޯންޏަކުން ކިރާ މަހުގެ ފައިސާ ކޯޕަރޭޓްއިން ދޭނެ، ދެން ރައްޔިތުން ވެސް ނުޖެހޭނެ ވަކި ގަޑިއަކަށް މަސް ގަންނަން ދާކަށް، ކަނޑައެޅިފަ ހުރި ގަޑިއެއް އިއުލާން ކުރެވުނީމަ، އެއިން ކޮންމެ ގަޑިއަކަށް ގޮސްފަ ވެސް މަސް ގަނެވޭނެ، ސްޓޯރޭޖްގަ ހުންނާނެ، މޫސުން ގޯސްވެގެން މަހަށް ނުފުރޭ ދުވަސްތަކުގަ ވެސް ސްޓޯރޭޖްއިން ރައްޔިތުންނަށް މަސް ލިބޭނެ ގޮތް ހަމަޖެހޭނެ،" ތޯރިގް ވިދާޅުވިއެވެ.

އައިޓީ ހަބް، އަބަދުވެސް ތަސައްވުރު ކުރި ކަމެއް

ފުވައްމުލަކުގައި ސިޓީ ކައުންސިލެއް އެކުލަވާމުގެ ކުރިން އަތޮޅު ކައުންސިލެއް އޮތް އިރު އެ ކައުންސިލްގައި ފުވައްމުލައް ތަރައްގީ ކުރުމުގެ ޕްލޭން އެކުލަވާލުމުގައި އިސް ދައުރެއް ތޯރިގް އަދާ ކުރެއްވިއެވެ. އެ ދުވަސްތަކާއި އެ ހަނދާންތައް ހުންނެވީ އަދިވެސް ވަރަށް ތާޒާކޮށެވެ. ތޯރިގް ވިދާޅުވި ގޮތުގައި ތައުލީމީ ސިނާއަތާކައި އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ އައިޓީ ސިނާއަތެއް ފުވައްމުލަކުގައި ގާއިމް ކުރުމުގެ ވިސްނުން އެ ޕްލޭންގައި އޮތެވެ. އެއީ 2030އަށް އަމާޒުކޮށް އެކުލަވާލާފައިވާ ފުވައްމުލައް ތަރައްގީ ކުރުމުގެ ތަސައްވުރެވެ.

ތޯރިގް ގަބޫލު ކުރައްވާ ގޮތުގައި އެއީ ފުވައްމުލައް ޒުވާނުން ވަރަށް ކުރީއްސުރެ ދެކުމުން ދިޔަ ހުވަފެންތަކެކެވެ. މާ ކުރީއްސުރެން ފެށިގެން ސަރުކާރުތަކުން ވެސް އެ ވައުދު ފުވައްމުލަކަށް ހުށަހަޅާ ކަން އޭނާ ފާހަގަކުރެއްވިއެވެ. މި ގޮތުން ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ފުވައްމުލަކުގައި އައިޓީ އިންކިއުބޭޓާގެ އިދާރާއެއް ގާއިމް ކުރުމަކީ ވެސް އޭގެ އެއް ހެއްކެއް ކަމުގައި ފާހަގަކުރެއްވިއެވެ.

"ފުވައްމުލައް ތަރައްގީގެ ޕްލޭން މިހާރު ވެސް އަޅުގަނޑު ހިތުދަސްވާނެ، އޭގައި ރައްޔިތުން އެންމެ ބޭނުންވެގެން ހިމެނީ ކޮން ކަންކަމެއް ކަން އަދިވެސް ހަނދާނުގައި އެބަ ހުރި، ފުވައްމުލަކުގައި އައިޓީގެ އިތުރަށް ފައިނޭންސް އަދި ތައުލީމު، މި ސިނާއަތްތައް ގެނެވޭނެ ކަމުގައި ދެކުނީ، ފުވައްމުލަކަކީ ތައުލީމީ މީހުން ގިނަ ތަނެއް، އެ ވިސްނުމުގައި ފައިނޭންސް އަދި އައިޓީގެ މައި އިދާރާތައް މި ކޮޅަށް ގެނައުމުގެ ވިސްނުމެއް އައި މީގެ އަހަރުތަކެއް ކުރިން،" ތޯރިގް ވިދާޅުވިއެވެ.

ތޯރިގް ވިދާޅުވި ގޮތުގައި އެ ވިސްނުން އޭނާ ދޫކޮށްނުލައްވާނެއެވެ. އޭނާގެ ތަސައްވުރުގައި އެ ކަންކަން އަބަދުވެސް އޮންނާނެ ކަމަށް ވިދާޅުވިއެވެ. ފުވައްމުލަކުގައި އައިޓީ ޕްރޮގްރާމްތަކެއް ހިންގުމުން އިގްތިސާދުގެ ތެރެއަށް އިތުރަށް ފައިސާ ވަންނާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. އަދި އެހެން ރަށްރަށުގައި ތިބި އެ ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ދަރިވަރުން ބިނާ ކުރުން ފުވައްމުލަކަށް އައުމުން އެ ދަރިވަރުންނާއި އާއިލާތައް ފުވައްމުލަކުގެ އިގްތިސާދުގައި ބައިވެރިވާނެ ކަމަށް ވެސް ވިދާޅުވިެއވެ.

"އިދިކޮޅު ޕާޓީގެ މޭޔަރަށް ވެސް ތަރައްގީ ގެނެވޭނެ"

ފުވައްމުލައް ސިޓީގެ މޭޔަރުގެ މަގާމަށް ތޯރިގް ނުކުންނަވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ޓިކެޓުގައެވެ. ސަރުކާރުގައި އޮތީ ޕީޕީއެމްއާ އެންމެ ވާދަވެރި އެމްޑީޕީ އިސްވެ އޮތް ކޯލިޝަނެކެވެ. ޕީޕީއެމްގެ ކައުންސިލަކަށް އެމްޑީޕީގެ ސަރުކާރުން އެއްބާރުލުން ދޭނެބާ؟ އަދި އެމްޑީޕީގެ ސަރުކާރަކަށް ޕީޕީއެމްގެ ކައުންސިލަކުން އެއްބާރުލުން ލިބިދާނެބާ؟ މި ސުވާލުތައް މި އުފެދެނީ ވެސް މާޒީގައި ކުރަން ޖެހިފައި އޮތް ތަޖުރިބާތަކެއްގެ ސަބަބުންނެވެ.

ތޯރިގަށް މިފަދަ ސުވާލުތައް އަމާޒުކުރެވުމުން ޖަވާބު ދެއްވީ ވަރަށް ސާބިތުކަމާއެކުގައެވެ. މާޒީގައި އެ ނޫން ގޮތްގޮތަށް ތަޖުރިބާ ކުރެވިފައި ހުރި ކަން ވެސް އޭނާ ފާހަގަކުރައްވައެވެ. މި ގޮތުން މާލެއާއި ތިނަދޫ ފަދަ ރަށްރަށުގައި، ޕީޕީއެމްގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ހިންގީ އެމްޑީޕީގެ ކައުންސިލެއް އޮވެގެން ކަން ފާހަގަކުރެއްވިއެވެ. އަދި މިއަދު އެމްޑީޕީގެ ސަރުކާރެއް އަދި ކައުންސިލްގައި ވެސް އެ ޕާޓީ އޮވެ ތަރައްގީ ނުވެ އޮތް ކިތަންމެ ރަށެއް ފާހަގަކުރެއްވިއެވެ.

ޕީޕީއެމްއިން ކައުންސިލް އިންތިހާބަށް ރައްޔިތުންނަށް ހުށަހަޅުއްވާ ވައުދުތަކާއި ސިޔާސަތުތަކުގެ ތެރެއިން އޭގައި ހިމެނޭ ވަރަށް މުހިއްމު ސިފައެއް ތޯރިގް ފާހަގަކުރެއްވިއެވެ. އެއީ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް އެއްބާރުލުން ދިނުމެވެ. އެ ކައުންސިލްތައް ވާނީ "ޕްރޮފެޝަނަލް" ކައުންސިލްތަކަކަށް ކަމަށާޢި އެ ކައުންސިލްތަކުން މަސައްކަތް ކުރާނީ ރަށްރަށުގެ ތަރައްގީއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުވައްމުލަކުގެ ރައްޔިތުން އަޅުގަނޑު ދަންނާނެ، އެމްޑީޕީގެ އިސް މީހުން ވެސް، ޕީޕީއެމްގެ އިސް މީހުން ވެސް، ފުވައްމުލަކުގެ ތަރައްގީއަށް ހުރަސް އަންނަ ކަމެއް އަޅުގަނޑު ނުކުރާނެ ކަން އެނގޭނެ، ﷲ ގެ އިރާދަފުޅާއެކު ރައްޔިތުން އަޅުގަނޑަށް ފުރުސަތު ދޭނެ ކަމުގައި ދެކެނީ، އެއީ ރައްޔިތުންނަށް ހުރި މައްސަލަތަކަށް ރޭވުންތެރި ރަނގަޅު ވިސްނުމެއް އަޅުގަނޑު ހުށަހަޅާފައި އޮތީމަ، އަދި މިހާތަނަށް ވެސް އަމަލުން މިކަންކަން ދައްކުވައިދީފަ އޮތީމަ،"

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

 1. ރަށިމީހާ

  ޠާރިޤަކީ ފުވައްމުލަކުގެ ކުރިމަގަށްޓަކަި އެންމެ ގާބިލް ކެންޑިޑޭޓް

  34
  6
 2. ރަށިމީހާ

  ޠާރިޤަކީ ފުވައްމުލަކުގެ ކުރިމަގަށްޓަކައި އެންމެ ގާބިލް ކެންޑިޑޭޓް

  33
  6
 3. އޮލީ

  އިއްސެގެ އާޓިކަލް އާއި ތޯރިގް ސާރ ގެ އާޓިކަލް އަޅާ ކިޔާލާއިރު ތޯރިގް ސާރ އަށް ރަށުގެ ކަންކަން މާ ރަނގަޅަށް އިނގޭކަން އެބަ ފެނޭ، ކަންކަން އޮތް ގަޮތާއި ބަދަލްތައް ގެންނާނެ ގޮތްވެސް ތަފްސީލުކޮށް އެބަ އޮތް!

  36
  7
 4. ޕޯޓަބަލް

  އިއްސެ ތަންކޮޅެއް ހިޔާލީ، ތޯރިގް ތަންކޮޅެއް ޕްރެކްޓިކަލް ކަމަށް ފެންނަނީ!

  31
  6
 5. ޢަދުރޭ

  ޠާމީނުގެ ޕަޕެޓެއް

  5
  33
 6. ައަލީ

  ހަބޭސް

  15
  2
 7. މުނާ

  ތޯރިގްގެ ވިސްނުން ވަރަށް ފުރިހަމަ. ކުއްލިއަކަށް ފުއްމާލި މީހެއްނޫން. އަބަދުވެސް ފެންނަ ދަންނަ، ކަންކަމުގައި އުޅޭމީހެއް

  17
  3
 8. ދަޑިމަގު ޕީޕީއެމް މެންބަރެއް

  ހިންގުންތެރިކަމެއް ނެތް ކިބުރުވެރި މީހެއްތީ. ރައްޔިތުންނަށް ހެޔޮއެދޭނަމަ ފެނަކަ ހިންގަންހުރި އިރު ކަރަންޓް އަގު ހެޔޮކުރުމަށް ކޮންމެވެސް މަސައްކަތެއް ކުރާނެ. ކުޅިތަކާ ބެހޭގޮތުން މުޅިދުނިޔޭގައި ވެސް ނެތްފަދަ ކުޅިއެކޭ ބުނުމަކީ ބޮޑު ޖޯކެއް.

  9
  18
  • ބޮޓު

   އިއްސެ ކީއްވެތަ ދިރާގުގަ އުޅުން އިރު އިންޓަނެޓް އަގުހެޔޮ ކުރަން ނޫޅުނީ؟

   ބައެއް ކަންކަމަކީ ކުންފުނިން ނިންމާ ނިންމުން.

 9. ފާޓީ

  ތޯރިގަކީ އަބަދުވެސް ރަށަށް ހިދުމަތްކޮއްދިނުމުގަ އަވަދިނެތި އުޅުނު މީހެއް. އިއްސެއެއް ނުދަންނަން

  18
  7
 10. ހަވިއްތަ

  އިއްސެގެ ހިޔާލުތަކަށް ވުރެން ފުރިހަމަ. މެނިފެސްޓޯއެއް އެބައޮތް ބާ؟

  17
  4
 11. އާލިމް

  ވަރަށް ތަފާތު. ހަމަ ޚިޔާލެއް ހުށަހެޅިއަށް ގަބޫލުކުރަން އުނދަގޫ އެކަމަކު ތޯރިގުގެ ޚިޔާލު އެހާ ފިލްމީއެއް ނޫން. ކަންކަން ވަރަށް ރިއަލިސްޓިކް. އިތުރަށް ޔަގީންކަން ލިބޭކަމަކީ ތޯރިގަކީ އިސްމާއީލް އާ ޚިލާފަށް ހިންގުމުގެ ދާއިރާގައި ވަރަށް ތަޖުރި މީހެއް. ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އިސް ދައުރެއް އަދާ ކޮށްފައިވާ މީހެއް. ތަޖުރިބާ އަކީ ވަރަށް މުހިންމު އެއްޗެއް. ތަޖުރިބާ ނެތް މީހެއްގެނައީމަ ވާ ގިތުގެ އިހުސާސް އަޅުގަނޑުމެން މިއަދު މިކުރަނީ. ޔަގީނުންވެސް އަޅުގަނޑުގެ ވޯޓު އަދި މަސައްކަތް ޔަގީން

  18
  6
 12. ކަލޯ

  ތަންތަން ހިންގަން ފުރުސަތު ލިބި ނަތީޖާ ނުދެއްނުނު މީހެއް މިއީ..

  10
  17
 13. މީނާޒު

  ލާމަރުކަޒީ ފިކުރު ހަލާކުކޮށްލި ބަޔަކީ ތޯރިގްގެ ފިކުރު. ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދު ފުައްދަން އިދިކޮޅު މީހުން ހޮވީމާ ކުރާނީ ޖެއްސުން. ތޯރިގް އަކީ މިހާތަނަށް އެއްވެސް ނަތީޖާ އެއް ނެރެވުނު މީހެއްނޫން.

  5
  15
  • އަޕްޑޭޓް

   24/2019 ލާމަރުކަޒީ ގާނޫނަށް ގެނައި 8 ވަނަ އިސްލާހު ނުކިޔާ ހުރި ސޮރެއް ކަމަށް ބެލެވޭ!
   އެއްވެސް ޖެއްސުމެއް ކުރެވޭގޮތަކަށް ނޫން ގާނޫނު އޮތީ! އަޕްޑޭޓް ވެލުން ރަނގަޅު!

   4
   1
 14. މޮޗާ

  އިއްސެ އިސް އޯކޭ! ބަޓް ތޯރިގް އިޒް ބެޓާރ!

  13
  5
 15. މބސމ

  މެނިފެސްޓޯ ބަލާލަން ބޭނުން.

 16. ޝަހީދު

  އިއްސެ ދިން އިޓަވިއުގެ މައްޗަށް ވަގުތު އިން ލިޔުނު އާޓިކަލް އާއި މި އާޓިކަލް ކިޔާލުމުން ތާރިޤުގެ ވަޢުދުތަކަކީ ހޮޅި ވަޢުދުތަކެއް ނުވަތަ ޚިޔާލީ ހުވަފެންތަކެއް ނޫންކަމާއި، އެއީ ޕްލޭނެއްގެ ދަށުން ފުއްދޭނެ ވަރުގެ ވަޢުދުތަކެއްކަމާއި، ހުރިހާ ވަޢުދަކީވެސް ހަޤީޤަތުގެ މައްޗަށް ބިނާކޮށް އޭނާގެ ހުރި ޢިލްމާއި ތަޖުރިބާގެ އަލީގައި ވެވަޑައިގެންނެވި ވަޢުދުތަކެއްކަން ފާހަގަވިއެވެ. އެގޮތުން، ޓުއަރިޒަމް ފުޅާކުރުމާއި މަސްވެރިންނާއި ދަޑުވެރިންނަށް ލުއިފަސޭހަ ކަމާއެކު ތަކެތި މާކެޓް ކުރެވޭނެ އިސްތިޒާމެއް ހަމަޖެއްސުމާއި ޒުވާނުންނަށް ޚާއްސަކޮށް ތަޢުލީމާއި އައިޓީ ދާއިރާ ފުވައްމުލަކަށް ގެނައުން ފާހަގަކުރެވުނެވެ. އެކަންކަން ގެނެވިއްޖެނަމަ، ޝައްކެއް ނެތި ރައްޔިތުން ފުދުންތެރިވެ ރަށުގެ އިޤްތިސާދު ކުރިއަރައިގެން ދާނެއެވެ.

  12
  6
 17. ރައްޔިތު މީހާ

  ފުވައްމުލައް ތަރައްޤީ ނުވަނީ ތާރިޤު އާ މީނާޒު ޕޮއްޕަޑޭ މެން ފަދަ އަބަދު މަމޮޅު މަވެފަ ތިބޭ ބަލާޢާތްތެރި ހައެއްކަ ކެނައިންނާ ހެދި. މި މީހުންގެ ފިކުރަކީ އެމްޑީޕީ ރައްޔިތުންގެ ލޯތައް ހުޅުވާލަން ފެށުނު ހިސާބުން އެޕާޓީ އާއި ކަނޑި ހަނގުރާމަ ކުރުމުގެ ފިކުރު. މިއީ އަތޮޅު އޮފީހުގެ ތެރޭގައި މުސްކުޅިވެގެން ޕެންޝަން ލިބެން ކައިރިވާއިރު ވެސް ރަށުގެ ތަރައްޤީ އަށް ކަމެއް ކޮށްދިނުމުގެ އެއްވެސް ވިސްނުމެއް ހުރި ބައެއް ނޫން. ފުވައްމުލައް މިއަދު ބޭނުންވަނީ އިއްސެ ފަދަ ދުރުވިސްނޭ 21 ވަނަ ޤަރުނުގެ ހުޅުވިފައިވާ ތަރައްޤީގެ ވިސްނުން ހުރި ޒުވާނަކު މިސިޓީގެ ވެރިކަން ކުރަން. ތާރިޤު މިފަހަރު ފާހާނާ ސާފުކުރުމުގެ ދާއިރާއަށް ނުކުންނެވުމުން މީހަކު ވޯޓެއް ދީފާނެ.

  5
  14
 18. މޑޕ

  ޕީޕީއެމް ވީމަ ވޯޓު ދޭން އުނދަގޫ! އެކަމު އިއްސޭ އަށް ވުރެން ޗެޓޫ ރަނގަޅު ކަމަށް ފެންނަނީ!

  8
  3
 19. ައަސްލުނަމެއްނޫން

  އަޅުގަނޑަކީ ފެނަކާގައި ވަރަށް ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކުރި މުވައްޒަފެއް އަދި ތާރިގުގެ މަސައްކަތް ވެސް ދުށިން. ތާރިގަކީ ހިތްހެޔޮ މޮޅަކަށް ދެރަޔަކަށް ސިޔާސީ ފިކުރަކަށް ނުބަލާ މުވައްޒަފުންނާއި ދޭތެރޭ އިންސާފުން ކަންކުރި މީހެއް. ފެނަކައިގެ ހިންގުން އެއަށްވުރެ ރަގަޅު ދުވަސްވަރެއް ނުދެކެން. ފެނަކައަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ އޭރު. މިއީ ހަގީގަތް. މިކަމާ ޗެލެންޖު ކުރެވޭނެ މީހަކު ނުހުންނާނެ.

  14
  5
 20. ފީގޯ. ީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީ

  އިސްމާއީލް ރަފީގަކީ ދިވެހި ރާއްޖޭގެ އެންމެ ވަރުގަދަ ކުންފުނި "ދިރާގު" ނަގާ ކޮޅަށް ޖެހުމުގައި މާކެޓިން ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ހިންގުންތެރި ތަޖުރިބާ ލިބި ވަޑައިގެން ހުންނެވި އިޖުތިމާއީ ޚިދުމަތްތެރިއެއް. ތޯރިގު މަސައްކަތް ކުރެއްވި ދާއިރާ ތަކުގެ ތަޖުރިބާއަށް ބަލާއިރު އެއްވެސް ދިމާލަކުން ކާމިޔާބު ބޭފުޅެއްކަމަށް ގިނަ ބަޔަކު ނުދެކޭ.

  5
  12
  • ބާގޯ

   ދޮންކަލޯ! މިތަނުގައި މި ދައްކަނީ ކޮން އިސްމާޢީލެއްގެ ވާހަކަކަން ނޭނގުނުކަން ދެރައީ! ރެއިންބޯ ރަފީޤުގެ ކޮއްކޮ އިސްމާޢީލް ރަފީޤަކީ ތުނބުޅި ލައިފަ ހުންނަ ހިތް ޙެޔޮ ދީންވެރި އަދި ހިންގުންތެރި ބޭފުޅެކެވެ. އެބޭފުޅާއެއް ނޫން އެމްޑީޕީ ޓެކުޓުގައި މި ވާދަކުރާ އިއްސެއަކީ! ވާނުވާ އެނގިގެން ކޮމެންޓު ކުރެއްވުން އެދެމެވެ. ޝުކުރިއްޔާ

   3
   3
  • ޕިސްޓޯ

   ތި ދައްކަނީ ދިވެހިން އެންމެ ގަދަޔަށް ފެލާލާ ކުންފުނީގެ ވާހަކަ.

 21. މުފައްކިރު.

  ޠާރިގުގެ ޕްލޭނަކީ ބިނާކުރަނިވި ރަގަނޅު ޕްލޭނެއް. ޠާރިޤު އަކީ އެޕްލޭން ތަންފީޒު ކުރުމަށް ވަރަށް އެކަށޭނަ ގާބިލް ބޭފުޅެއް. ޚިޔާލާ ފިކުރު ހުރި ޚިޔާލާ ފިކުރު ހިންގުމުގަ ފަސް ނުޖެހޭ ބޭފުޅެއް. ދަނޑުވެރިކަމާއި ރަށުގެ ތަރައްޤީގެ ތަސައްވުރުވެސް ވަރަށް ރަގަނޅު. އެތަސައްވުރު ދެމެހެއްޓުމުގެ ފުރުސަތު ތާރިގު އަށް ލިބިއްޖެނަމަ ފުވައްމުލަކަށް ފާގަތިކަން ލިބޭނެ ކަމީ ޝައްކެއް ހުރި ކަމެއްނޫން.

  8
  5
 22. ކެރޯނާ

  ތޯރިގު ވެސް ރަގަޅު، އެކަމަކު އިއްސެ މާބޯޑަށް ގާބިލްވެފަ ތައުލީމީފެންވަރު ރަގަޅުވާނެ، ވަކި ފިކުރަކަށް ތާއީދު ކޮށްފަ ދޭމީހުނަށް ބުނެލަންއޮތީ ތިޔަކަންތައް ހުއްޓާލާށޭ، ސިޔާސީ ގޮތުން ޑާޓީގޭމް ކުޅެގެނެއް ރަށަކަށް ރަގަޅެއްނުވާނެޔޭ، އެމްޑީޕީ މީހުން ބޭނުންވާނީ އެޕާޓީއަށް ގޮނޑި، ޕީޕީއެމް ވެސް ބޭނުންވާނީ ހަމައެގޮތް، އަހަރެމެންގެ ރަށަށް ތަރައްގީ ބޭނުންނަމަ ބޮޑަށް ގާބިލް މީހަކުޚިޔާރުކުރަންވީ އެމީހަކީ އިއްސެ ކަން ޔަގީން.

  4
  6
  • ޕިސް ޕިސް

   އިއްސޭއަށް ވުރެން ތޯރިގް ގެ ތައުލީމީ ފެންވަރު މަތިވާނެ. ދެ ކެންޑިޑޭޓުންގެ ވަނަވަރު ރަނގަޅަށް ބަލާލުން އެދެން.
   އިއްސޭ މަސައްކަތްކުރީ އެންމެ ކުންފުންޏެއްގަ. ތޯރިގް އެތައް އިދާރާއެއްގަ މަސައްކަތްކޮށް އެތައް ނަތީޖާއެއް ނެރެފައިވޭ. ނޫން ކަމަށް ހެދިގެން އެއްކޮޅަށް ކިރިފަ ހުރި ކޮމެންޓެއް ތި ލިޔުނީ!

   10
   5