(ފުވައްމުލައް ސިޓީ) އެއީ ޏ. ފުވައްމުލައް ސިޓީގައި ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތު ކުރެއްވުމުގައި ދެމިހުންނެވި ފަރުދެކެވެ. އިޖްތިމާއީ ގިނަ ހަރަކާތްތަކުގެ މުގުލުގައި ހުންނެވި މޭސްތެރިޔެކެވެ. ގިނަ ބައެއްގެ އިހްތިރާމް ހޯދާފައިވާ އެ ސިޓީއަށް އުފަން ރައްޔިތެކެވެ. ވެށި ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާ "ވަން ފުވައްމުލައް" ޖަމިއްޔާގެ އެއް މަސްއޫލުވެރިޔާއެވެ. އޮންލައިން ވިޔަފާރިތައް ރާއްޖެއަށް ތައާރަފް ކުރި "އައިބޭ" ގެ ބާނީއަކީ ވެސް މިއީއެވެ. އިސްމާއީލް ރަފީގް (އިއްސެ) ގެ ޚިދުމަތްތައް އެހެން ފަންތިއަކަށް ގެންދިއުމަށް އޭނާ ހުންނެވީ ތައްޔާރަށެވެ.
އިއްސެ ނިިންމެވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ފުވައްމުލައް ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާށެވެ. މާލޭގައި ދުވަސްތަކެއް ހޭދަކުރެއްވުމަށް ފަހު، މީގެ ހަތަރު އަހަރެއްހާ ދުވަސް ކުރިން އަލުން ރަށުގައި ދިރިއުޅުއްވަން ފެއްޓެވި ފަހުން ރަށުގެ ހާލަތު ވަރަށް ކައިރިން ތަޖުރިބާ ކުރެވުނެވެ. ރަށުގައި އިޖްތިމާއީ މައްސަލަތައް ގިނައިރު އިގްތިސާދީ ގޮތުން އެއްވެސް ދިރުމެއް ނެތް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. އެ ކަން ހައްލު ކުރުމަށް އިއްސެގެ ތަސައްވުރެއް އެބަ އޮތެވެ. އެކަން ތަންފީޒު ކުރެވެން އަންނަނީ ސިޓީގެ ރައްޔިތުންގެ ތާއީދާއެކު ސިޓީގެ މޭޔަރު ކަމަށް ވަޑައިގެން ކަމަށް އިއްސެ ގަބޫލު ކުރައްވައެވެ.
އިއްސެ ގަބޫލު ކުރައްވާ ގޮތުގައި މޭޔަރުގެ މަގާމަކީ ސިޔާސީ މަގާމެއް ވެސް ނޫނެވެ. ސިޓީ ކައުންސިލަކީ މެނޭޖްމަންޓް ޓީމެވެ. މޭޔަރަކީ އެ ޓީމު ލީޑް ކުރައްވަން ހުންނަވަން ޖެހޭ ބޭފުޅާއެވެ. ނަމަވެސް އިސްލާހީ ހަރަކާތްތައް އޮންނަނީ އެމްޑީޕީގައި ކަމުގައި އިއްސެ ގަބޫލު ކުރައްވައެވެ. ފުވައްމުލަކުގެ އިގްތިސާދު ދިރުވަން އިއްސެ ބޭނުންވެއެވެ. އެ ކަމަށް އޮތް މަގަކީ އެމްޑީޕީއިން ހުށަހަޅާ "ޖަޒީރާ ނޫ އިގްތިސާދު" ގެ ވިސްނުން ކަމުގައި އިއްސެ ގަބޫލު ކުރައްވައެވެ.
ފަތުރުވެރިކަމުގެ ގިނަ ހަރަކާތްތަކެއް، ފުވައްމުލައް މާކެޓް ކުރާނަން
ފުވައްމުލައް ސިޓީއަކީ ރާއްޖޭގެ އެހެން އަތޮޅުތަކާއި ސިޓީތަކާއި ރަށްތަކަށް ވުރެ ތަފާތު ތަނެކެވެ. އިދާރީ ގޮތުން ވެސް ކަނޑައެޅިފައި އޮތް އެއް އަތޮޅެއްގައި އޮތް ބޮޑު އެއް ރަށެވެ. ފަތުރުވެރިކަމުގެ ރިސޯޓް ވިޔަފާރި ކުރަން ކައިރީގައި ފަޅު ރަށެއް ވެސް ނެތެވެ. އެންމެ ކައިރިން އޮތް ހުވަދު އަތޮޅާއި އައްޑު ސިޓީ ވެސް ފުދޭ ވަރަކަށް ދުރެވެ. ދަތުރުފަތުރު ކުރަން ވެސް ފަސޭހައެއް ނޫނެވެ. އެކަމަކު އިއްސެ ދެކެވަޑައިގަންނަވަނީ އެ ތަފާތަކީ ވެސް "ޓޫރިޒަމް ޕްރޮޑަކްޓް" އެކެވެ. އެ ތަފާތުކަން އިޝްތިހާރުކޮށް ފުވައްމުލައް މާކެޓް ކުރެވޭނެއެވެ.
ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތު ވެސް ކުރައްވާ އިއްސެ ދެކެވަޑައިގަންނަވާ ގޮތުގައި ފުވައްމުލަކަކީ ގުދުރަތީ ވަސީލަތްތައް ގިނަ ސިޓީއަކަށް ވާތީވެ އެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ފަތުރުވެރިކަމުގެ ވިޔަފާރި ކުރެވޭނެ އެވެ. ފުވައްމުލަކުގައި ކުޅިތަކާއި ޗަސްބިން ސަރަހައްދުތައް ވަރަށް ގިނައެވެ. އެ ސަރަހައްދުތައް ބަލާލަން ވަރަށް ގިނަ ބަޔަކު މިހާރު ވެސް އާދެއެވެ. އެކަމަކު އެ ސަރަހައްދުތަކަށް ވަންނަން ވެސް އޮންނަނީ އުނދަގޫ ގޮތަކަށެވެ. ވެށްޓަށް ގެއްލުން ނުވާނެ ގޮތަކަށް ކަނޑައެޅޭ ހިސާބުތަކަށް ވަދެވޭ ގޮތަށް ވޯކްވޭތަކާއި ކެނޮފީކޯވްތައް އިތުރަށް ހެދުމަކީ އިއްސެގެ ވިސްނުމެކެވެ.
ފުވައްމުލަކަކީ ދިވެހިން ވެސް ވަރަށް ޒިޔާރަތް ކުރަން ބޭނުންވާ ރަށެއްގެ ގޮތުގައި އިއްސެ ގަބޫލު ކުރައްވައެވެ. ހަގީގަތް އޮތީ ވެސް އެ ގޮތަށެވެ. ރާއްޖޭގެ އެހެން ރަށްރަށާއި ގުދުރަތީ ގޮތުން ފުވައްމުލައް ތަފާތު ވުމާއި، ފުވައްމުލަކުގެ ކުޅިތަކާއި ޗަސްބިން ސަރަހައްދުތަކުގެ އިތުރުން ފުވައްމުލަކުގައި އޮންނަ ތަފާތު ވެލިގަނޑެއް ހިމެނޭ ތުނޑި ސަރަހައްދަކީ ރާއްޖޭގެ އެހެން ކަންކޮޅުތަކުގައި ދިރިއުޅޭ ދިވެހިންގެ ތެރޭގައި މަގްބޫލް "ޑެޝްޓިނޭޝަން" އެކެވެ. އަދި ޑައިވިންއަށް ވެސް މަޝްހޫރު ސިޓީއެކެވެ. އިތުރަށް މާކެޓްކޮށް ދިވެހިން އައިސްގެން ވެސް ސިޓީގެ އިގްތިސާދުގެ ތެރެއަށް އާމްދަނީ ވަންނާނެ ކަމަށް އިއްސެ ވިދާޅުވެއެވެ.
"ކުޅި، ޗަސްބިން، ތުނޑި، ނޭޗާ ޕާކް، ކަޅުއަކިރިގަނޑު، ބިޅިފޭށި، އަޅުގަނޑު މި ހުށަހަޅާ ކަމަކީ، މި ތަންތަނުގައި އިތުރު ހަރަކާތްތައް އެބަ އޮތޭ ހިންގެން، ނޭޗާ ޕާކްގައި ވެސް މިހާރު މި އޮންނަނީ އެ ތަނުގައި ކެނޯ ދުއްވުން، ބަލައިލުން، މަދު ކަމެއް، އިތުރަށް ކުރެވިދާނެ ކަންކަން އެބަ ހުރި، ކެނޮޕީވޯކްސް، އެޑްވެންޗާ ޓޫރިޒަމް ގޮތަށް ޒިޕްލައިން، ބަންޖީ ޖަމްޕިން، ކުރެވޭނެ ކަންކަން އެބަ ހުރި، މީގެ ޖެހޭނީ ވެށްޓަށް ގެއްލުން ނުވާނެ ގޮތަށް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުން،" އިއްސެ ވިދާޅުވިއެވެ.
ފުވައްމުލައް ސިޓީއަކީ ޕްލޭން ކޮށްގެން ތަރައްގީ ކުރެވޭ ސިޓީއަކަށް ހައްދަވާނެކަމަށް އިއްސެ ވިދާޅުވިއެވެ. ފުރިހަމަ ތަސައްވުރެއް އޮވެގެން ކަންކަން ކުރުމަކީ މުހިންމު ކަމެކެވެ. އިގްތިސާދީ ޕްލޭން، އާބަންޕްލޭން، އަދި ލޭންޑްޔޫޒް ޕްލޭންފަދަ މުހިންމު ޕްލޭންތައް ހެދުމަކީ އެންމެ ފުރަތަމަވެސް ކުރަންޖެހޭ ކަމެއްކަމަށް އިއްސެ ދެކިވަޑައިގަންނަވައެވެ. އިމާރާތްތަކާއި މަގު ޑިޒައިން ކުރުމަގައިވެސް އެ އިމާރާތަކުން ނުވަތަ މަގަކުން ރަށުގެ ރީތިކަން އިތުރަށް ފުރިހަމަ ކުރުމުގެ ވިސްނުން މުހިންމެވެ. އާކިޓެކްޗަރ އަކީ އިސްކަންދޭނެކަމެކެވެ. ކައުންސިލް ހިންގުމުގައި ރައްޔިތުންނާއި ރައްޓެހިކޮށް ޚިދުމަތް ދިނުމާއި، ދެފުށްފެންނަ ގޮތަށް ހިންގުން، އަދި ފަސޭހައިން ޚިދުމަތް ހޯދާ ލިބިގަނެވޭނެގޮތްތައް ހޯދުމަކީވެސް މުހިންމުކަމެކެވެ. ފުވައްމުލަކަކީ އެކި ރޮނގުރޮނގުން ގިނަ ތަޖްރިބާކާރުން އެސިޓީއަކަށް ނިސްބަތްވާ ސިޓީއަކަށް ވާއިރު، ތަރައްގީއާއި ކުރިއެރުމުގެ ޕްލޭންތައް ހަދާ މަޝްވާރާ ކުރެވޭއިރު އެމީހުންގެ ބައިވެރިވުން ހޯދޭނެ ފަސޭހަ ނިޒާމެއް ހަމަޖެހިފައި އޮތުމަކީވެސް މުހިންމެކަމެކެވެ. އަދި ސްމާޓް ސިޓީއަކަށް މިސިޓީހެދުމަކީވެސް އިއްސެގެ ތަސައްވުރެކެވެ.
އައިޓީ ހަބްގެ ޕްލޭން، އިއްސެގެ ބޮޑު އުއްމީދެއް
މިއީ ފުވައްމުލައް ސިޓީގެ ތަރައްގީގެ ތަސައްވުރު ކައުންސިލްއަކުން އެކުލަވާލަން ފެށިއިރުން ފެށިގެން ދެކެވޭ ވާހަކައެކެވެ. ފުވައްމުލަކުގައި އައިޓީ ދާއިރާއަށް ޚާއްސަ އުމްރާނީ ބިނާތައް ތަރައްގީކޮށް އައިޓީގެ ފަންނުވެރިން ބިނާ ކުރުމުގެ ވިސްނުމެވެ. އެ ވިސްނުން އިތުރުވެ ރާއްޖޭގެ އައިޓީ ސިނާއަތުގެ ހަބެއްގެ ގޮތުގައި ފުވައްމުލައް ތަރައްގީ ކުރުމަކީ އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅެކެވެ.
ފުވައްމުލައް ސިޓީއަކީ އައިޓީ ދާއިރާގެ ވަރަށް ގަދަ ޝަހްސިއްޔަތުތައް އުފެދިގެން އައިސްފައިވާ ސިޓީއެކެވެ. އިއްސެ ވިދާޅުވާ ގޮތުގައި އޭނާގެ އެންމެ ގާތް ބޭފުޅުންނާއި ފުވައްމުލަކަކަށް އުފަން އެ ފަންނުގެ އެތައް ފަރުދެއް އޭނާ ދަނެއެވެ. އެ ފަރުދުންގެ އުއްމީދާއި ހުވަފެންތަކާއި މި ވިސްނުމާ ގުޅިފައިވާ މިންވަރު އޭނާ ދަންނަ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެ ވިސްނުމަކީ އޭނާގެ ވެސް ވަރަށް ބޮޑު އުއްމީދެއް ކަމުގައި ވިދާޅުވިއެވެ.
"އައިޓީގެ އިންކިއުބޭޝަން ޕްރޮގްރާމްތައް ހިންގަން ޖެހޭ އެބަ ފުވައްމުލަކުގައި، އަދި ކޮމާޝަލީ، ވިޔަފާރިއެއްގެ ގޮތުގައި އެ ކަން ކުރެވޭނެ ގޮތްތައް ވެސް އެބަ ދަސްކޮށްދޭން ޖެހޭ، އޭރުން ފުވައްމުލަކުގައި އައިޓީ އިންޑަސްޓްރީއެއް ޑިވެލޮޕް ކުރެވިގެން އަންނާނެ ކަމުގައި ދެކެނީ، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އައިޓީ ހަބެއް ތަރައްގީ ކުރާނަމަ އެ ކަމަށް އެންމެ އެކަށީގެންވާ ރަށަކީ މި،" އިއްސެ ވިދާޅުވިއެވެ.
މި ވިސްނުމަކީ ސިޓީގެ އިގްތިސާދަށް ވެސް މުހިއްމު ވިސްނުމެއް ކަމުގައި އިއްސެ ގަބޫލު ކުރައްވައެވެ. ރާއްޖޭގެ އައިޓީ ހަބެއްގެ ގޮތުގައި ފުވައްމުލައް ތަރައްގީ ކުރެވިގެން އަންނަ އިރު އައިޓީއަށް ދިވެހި ދަރިވަރުން ބިނާ ކުރުމުގެ މައި ފެކަލްޓީ ފުވައްމުލަކުގައި ގާއިމްކޮށް ހިންގާ ނަމަ އައިޓީ ކިޔަވަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދަރިވަރުން ފުވައްމުލަކަށް އައިސް އުޅޭނަމަ ފުވައްމުލަކުގެ އިގްތިސާދަށް އެ ދަރިވަރުންގެ ފަރާތުން މަންފާ ލިބިގެން އަންނާނެ ކަމުގައި އިއްސެ ވިދާޅުވެއެވެ. އެ ކަން ކުރަން އެ ކުދިން ތިބޭނެ އިންތިޒާމުތަކެއް ވެސް ފުވައްމުލަކުގައި ގާއިމް ކުރުން މުހިއްމު ކަމުގައި ފާހަގަކުރެއްވިއެވެ.
"ޓޫރިޒަމަކީ މި ރަށަށް މީހުން އައުން، އެޑިއުކޭޝަނަކީ ވެސް ޓޫރިޒަމްއެއް ގޮތުގައި ތަރައްގީ ކުރެވޭނެ ކަމެއް، އައިޓީ ފެކަލްޓީއެއް އެސްޓަބްލިޝްކޮށް އޭގެ ޕްރޮގްރާމްތައް ހިންގަން ފެށުމުން ރަށުން ބޭރުން ކުދިން އައިސް މި ރަށުގެ ތަންތަން ކުއްޔަށް ހިފައި ވިޔަފާރި ކުރުމުން ރަށުގެ އިގްތިސާދަށް ވަރަށް ބޮޑަށް ކުރިއެރުން ލިބޭނެ، އަދި ހުންނާނެ ތަނެއް އިންތިޒާމު ވެސް ކުރެވިދާނެ، އެ ކަން ކުރުމުން ވެސް ވިޔަފާރި ކުރާނެ، އިގްތިސާދަށް އިތުރަށް ފައިސާ ވަންނާނެ،" އިއްސެ ވިދާޅުވިއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަން
މަސްވެރިކާމާއި ދަނޑުވެރިކަމަކީވެސް މިސިޓީގެ އިގްތިސާދުގެ މައި ތަންބުތަކަށް ހެދޭނެއެވެ. ދަނޑުވެރިކަން ކުރިއަރުވާ، އެކަމަށް ބޭނުންވާ ވަސީލަތްތައް މަގުފަހިކޮށްދީ އުފެއްދުންތައް މާކެޓް ކުރުމަކީ މުހިންމު ކަމެކެވެ. ދަނޑުވެރިކަމުގެ ޒަމާނީ ގޮތްތަކަށް ދަނޑުވެރިން އަހުލުވެރިކޮށް އެކަން ކުރުމަށް އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ. ދަނޑުވެރިކަމުގެ މާހިރުންގެ އެހީއާއި ލަފާ ލިބުމަކީވެސް ދަނޑުވެރިނަންށް ލިބިގެންދާނެ އިތުރު ކުރިއެރުމެކެވެ. މަސްވެރިންބާނާ މަސް ޔަގީންކަމާއެކެ ރަށުން ކިރުވޭނެ އިންތިޒާމް ހަމަޖެހިފައި އޮތުމަކީ މަސްވެރިންނަށް ވަރަށް މުހިންމެކަމެއް ކަމުގައި އިއްސެ ދެކެވަޑައިގަންނަވައެވެ.
ދެމެހެޓެއްނިވި ތަރައްގީއާ ޖަޒީރާ ފެހި ރީތި ސިޓީއެއް
އިއްސެ ގަބޫލު ކުރައްވާ ގޮތުގައި ފުވައްމުލަކަކީ މިހާރު ވެސް ފެހި ސިޓީއެކެވެ. އެއީ ފުވައްމުލަކައް ޚާއްސަ ސިފައެކެވެ. އެ ކަން ދަމަހައްޓަން ޖެހެއެވެ. ފުވައްމުލަކުގެ ވެށި ހިމާޔަތްކޮށް ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތް ދަމަހައްޓަން ޖެހެއެވެ. ރަށުގެ މީރު ފެން ފަށަލައަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ ފެން ފަށަލަ ވެސް ހިމާޔަތް ކުރަން ޖެހެއެވެ. ރަށް ގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދަން މަސައްކަތް ކުރަން ޖެހެއެވެ.
ފެހިކަމާއި ތިމާވެއްޓަށް ލޯބި ކުރައްވާ އިއްސެ ވިދާޅުވީ ރަށް މެނޭޖް ކުރާނީ އެ ކަންކަމަށް އިސްކަން ދީގެން ކަމަށެވެ. ކައުންސިލްގެ ފަރާތުން ގަސް އިންދުމުގެ ޕްރޮގްރާމްތައް ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރަށުގެ ގަސްގަހާ ގެހި ހިމާޔަތްކޮށް އަލާ ކުރުމުގެ ގޮތުން ނާސަރީއެއް ހިމެނޭ ގޮތަށް ބޮޓަނިކަލް ގާޑަންއެއް ހެދުމަށް ވިސްނާފައިވާ ކަމަށާއި ރަށުގެ ތަންތަން ލޭންޑްސްކޭޕް ކުރުމުގައި ވެސް އެ ކަމަށް އިސްކަން ދޭނެ ކަމަށް ވިދާޅުވިއެވެ.
ފެހި ރީތި ސިޓީއެއް އެކުލަވާލުމަށްޓަކައި ކުނި ގޮނޑުގެ މައްސަލަ ހައްލު ކުރުމަކީ ވެސް މުހިއްމު ކަމެއް ކަމުގައި އޭނާ ގަބޫލު ކުރައްވައެވެ. އެ ކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ކުނި މަދު ކުރުމަށް އެކި ޕްރޮގްރާމްތައް ވެސް އިއްސެގެ ވިސްނުމުގައި އެބަހުންނެވިއެވެ. ކުނި މަދު ކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުމާއި އުކާލާ ތަކެތި އަލުން ބޭނުން ކުރުމާއި އެ ތަކެތިން އާމްދަނީ ހޯދުމަކީ ވެސް އިއްސެގެ ވިސްނެވުމެކެވެ.
"ރަށުގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުން މުހިންމު. ކުނި އުފެދޭ މިންވަރު ދަށްކުރުން، އުކާލާ އެއްޗެހީގެ ތެރެއިން ބޭނުން ހިފޭނެ އެއްޗެހި ވަކިކޮށް އޭގެ ބޭނުން ކުރުން، ކޮމްޕޯސްޓް މެޝިން ބޭނުންކޮށްގެން ކޮމްޕޯސްޓް ހެދުން މިއީ ކުރެވިދާން ބައެއް ކަންކަން. ކުންޏާ ބެހޭގޮތުން މީހުން އިތުރަށް ހޭލެންތެރިކޮށް ފަރުދީ ޒިންމާ ވިސްނާދިނުމަކީ ވެސް މުހިންމު ކަމެއް،" އިއްސެ ވިދާޅުވިއެވެ.
ލާމަރުކަޒީ ބާރު ހޯދުން، ރަށު ކުންފުނިތަކަށް އިސްކަން ދޭނަން
އިއްސެއަކީ ލާމަރުކަޒީ ނިޒާމަށް ވަރަށް ލޯބިކުރައްވާ ބޭފުޅެކެވެ. އިއްސެގެ ވާހަކަތަކުންނާއި ހުށަހަޅުއްވި ވިސްނުންތަކުން އެކަން ހާމަވެއެވެ. އެމްޑީޕީގެ އިސްލާހީ ހަރަކާތްތަކުގައި އުޅުއްވަނީ ވެސް ލާމަރުކަޒީ ބާރު ރަށަށް ގެނެވޭނީ އެ ޕާޓީގެ ތެރެއިން ކަމުގައި އޭނާ ގަބޫލު ކުރައްވާތީއެވެ. އެމްޑީޕީގައި އޭގެ ވިސްނުން އޮތް ކަން ދާދި ފަހުން އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކުން ވެސް ފާހަގަވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
އޭގެ ތެރެއިން ފާހަގަކުރެވޭ އެއް ކަމަކީ ސިޓީއެއްގައި ނަމަ 15 މިލިއަން ރުފިޔާއާ ހަމައަށް ހުންނަ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކައުންސިލަށް ދޫކޮށްލުމަށް އޮތް މާއްދާއެވެ. އެ މާއްދާގެ އެއް ބޭނުމަކީ ރަށު ކުންފުނިތަކަށް ފުރުސަތުދީ، އެ ފައިސާ ވެސް ރަށުގެ އިގްތިސާދުގައި ދެމެހެއްޓުން ކަމުގައި އިއްސެ ދެކެވަޑައިގަންނަވައެވެ. ލާމަރުކަޒީ ބާރު ގެންނަން އެއީ ރަނގަޅު ފެށުމެއް ކަމަށް ވިދާޅުވިއެވެ.
"މި ރަށުގައި ހިންގާ ޕްރޮޖެކްޓެއްގެ ފައިސާގެ މަންފާ، މި ރަށުގެ ކުންފުނިތަކަށް ދިނުމަކީ އަޅުގަނޑު ވަރަށް ބޮޑަށް ސަޕޯޓް ކުރާ ކަމެއް، ބޭރު ގައުމަކަށް މި ދެވޭ ގްރާންޓްގައި ހިންގާނީ އެ ގައުމުގެ ކުންފުނިތަކުން، އުޅޭނީ އެ ގައުމުގެ މުވައްޒަފުން، އަޅުގަނޑު ވަރަށް ބޮޑަށް ވަކާލާތު ކުރާނެ ކަމެއް މި ރަށުގައި ހިންގާ ބޮޑެތި ޕްރޮޖެކްޓްތަކަށް، އެ ސްކިލްއާއި ކެޕޭސިޓީ ހުރި ފަރާތްތަކަށް އިސްކަން ދިނުމަށް،" އިއްސެ ވިދާޅުވިއެވެ.
މިފަދަ ކުންފުނިތަކެއް ސިޓީގައި އުފެދިގެން އަންނާނީ އެފަދަ ފުރުސަތެއް ފަހިވެގެން ކަމުގައި އޭނާ ގަބޫލު ކުރައްވައެވެ. ފެށުމަކަށް ރަށު ކުންފުންޏަކުން ހަވާލުވެ އެ ކުންފުނީގައި ވަސީލަތާއި އިންސާނީ ވަސީލަތް ނެތް ދާއިރާތައް ސަބް ކޮންޓްރެކްޓް ކުރެވިދާނެ ކަމަށް އިއްސެ ވިދާޅުވިއެވެ. އެކަމަކު ވެސް ފުވައްމުލަކުގައި ކޮންސްޓްރަކްޝަން ކުންފުނިތައް ގިނަ ކަމާއި އެ ކުންފުނިތަކަށް ފުރުސަތު ދެއްވަން ގަބޫލު ކުރައްވާ ކަމަށް އިއްސެ ވިދާޅުވިއެވެ.
"މިއީ އަޅުގަނޑު ދިރިއުޅޭ ރަށް، އަޅުގަނޑުގެ ދަރިން އުޅެން ވެސް އޮތީ މި ތަނުގައި، މި ރަށް އަޅުގަނޑަށް މުހިއްމު، އަޅުގަނޑުގެ ވެސް ފަރުދީ ޒިންމާއެއް އެބަ އޮތް، ރަށުގަ މި ހުރި މައްސަލަތައް ހައްލު ކުރަން، މިހާތަނަށް ވެސް މި ކުރަނީ އެ މަސައްކަތް، މޭޔަރު ކަމަށް މި ނުކުންނަނީ ވެސް އެ ކަން ކުރަން،" އިއްސެ ވިދާޅުވިއެވެ.
"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.
ފާޑު ފާޑުގެ ނަންތައްނު ކިޔާ ބޮލައް ނޮހޮރުއްޕާން ނު ކޮއްތިބެބަލަ ކޮންފަދަ ނޮހޮރުއްޕާނެއްތަ
ސަރުކާރާ އެމް.ޑީ.ޕީ ޕްރޮމޯޓު ކުރަން ކިހާވަރެއް ލިބިގެން އުޅޭ ގުރޫޕެއްބާ؟!
މަގޭވޯޓު ނުލިބޭނެ!
ތަރިބަލަދޭމީހުން އުޅޭނެ.
ތިޔަ އުޅެނީ ފޯއްމުލައް އަނދަވަޅަކައް ވައްޓާލާނެ ގޮތެއް ނޭނގިގެން މިގައުމުގަ އެބަފެނޭ ޖަޒީރާވާގޮތް.
އެމް ޑީ ޕީ އިން ނިކުންނަ ކޮންމެ ކެންޑިޑޭޓެއް ވެސް ރައްޔަތުން ބޯކާލުމަށް ފޮނި ހުވަ ފެން ދައްކާ. ހޮވުނީމަ ދާދި އަވަހަށް ބިލާހަކަށް ވެދޭ. ޕީ ޕީ އެމް ކެންޑިޑޭޓުން މިކަހަލަ ބާސާ ކެޑުމަށް ވުރެ ބޮޑަށް ބަލަނީ ޢަމަލީ ބަޔަކަށް ވޭތޯ.
އިއްސެއަކީ ގޯސް މީހެއްނޫން. ޢެމްޑީޕީ މީހަކަށް އެމްޑީޕީ ފިކުރްކަށް މަގޭ ވޯޓް ނުލިބޭނެ.
ތި ކުރެހުން ހަގީގަތަކަށް ހަދަންޖެހޭނީ އަމިއްލަ ޖީބުން ހަރަދުކޮށްގެން ހަދާފިނަމަ.
ފާޑުފާޑުގެ ނަންތައް ކިޔާނެ ކަމެއްނެތް! ﷲގެ އިރާދަފުޅުން ކަލޭމެން އެންމެ ފަޞީހައްވަމުން އެދަނީ! ފާޑުފާޑުގެ ނަން ކިޔައިގެން ވޯޓް ހޯދުން އެއީ މާޒީ!!!
އިއްސެއަށްވުރެ ރަށުގެ ތަޢުލީމަށާއި އެކިއެކި ދާއިރާތަކަށް މާބޮޑަށް ޚިދުމަތް ކުރެއްވި ބޭފުޅެއް މޭޔަރުކަމަށް ޕީޕީއެމް އިން ކުރިމަތި ލައްވާފަވާ ތޯރިޤު އަކީ! ތިޔަ އިއްސެއަކީ ދުނިޔޭގަ އުޅޭ މީހެއްކަންވެސް އެނގުނީ މި އިންތިޚާބުގައި ވާދަކުރީމައެވެ. ތޯރިޤު ނޫން މީހަކަށް އަހަރެން ނެތިން ވޯޓު ދޭކަށް! ތިޔަ ޖަޒީރާ ރާއްޖެއެއްގެ މުޞީބާތުގެ ސަބަބުން ދިވެހި ރައްޔިތުން ދަރަނިވެރިވެ ހަނާވެއްޖެ! ވަގުތު ވެސް ވިކުނީތޯ؟ ވަރަށް ފޫހިވެއްޖެ!
ޖަޒިރާ ކިޔަގެ ރައިތުން ގުބޯހަދަނި ދެންތިކަމެތްނުވާނެ
އަޅުގަނޑަކީ އިސްމާއީލް ރަފީގުގެ ވަރަށް ގާތް ރައްޓެއްސެއް އެހެން ނަމަވެސް ދަންނަވަން ޖެހެނީ އިއްސެއަކީ ޕީޕީއެމް އިން ކުރިމަތިލާފައި ހުރިކެނޑިޑޭޓާއި އަޅާ ބަލާއިރު ތަޖުރިބާ މަދު ފުވައްމުލަކަށް ބީރަައްޓެހި ބޭފުޅެކޭ. އިންތިޚާބު އިއްސެ އަށް ކާމިޔާބުކޮށްދިނުމަށް ފުރަތަމަ ކޮޅު ބުރަ މަސައްކަތް ތަކެއް ކުރިން އެހެންނަމަވެސް ވަކިހިސާބަކުން ގަބޫލުކުރަން މަޖުބޫރުވީ ފުވައްމުލައްސިޓީގެ މޭޔަރުކަން ކުރެވޭފަދަ ލީޑަރ ށިޕާއި ގާބިލިކަން އެިސްސެކެ ނެތްކަން. އެމްޑިޕީ ޕްރައިމަރީގައި އިއްސެ ވަރަށް ބޮޑު ކާމިޔާބެއް ހޯދި އަދި އޭރު އިއްސެގެ މަގުބޫލުކަން ފުވައްމުލަކުގައި ވަރަށް ބޮޑަށް އޮތް އެހެންނަމަވެސް އިއްސެގެ ކެޕޭސިޓީ އާއި ލީޑަރޝިޕް ނެތުމުން އެކަން މިއަދު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައި. ފުވައްމުލަކަކީ އަޅުގަނޑު އުފަން އަދި ދިރިއުޅޭރަށް ފަހުން ﷲގެ އިރާދަފުޅާއި އެކު ދިރިއުޅޭނެވެސް ރަށް އެހެންކަމުން ޕާޓީ މީހާގެނައުމަށްވުރެ މުހިންމުކަމަށް އަޅުގަނޑު ދެކެނީ ކަމަށް އެކަށީގެންވާ ގާބިލި މީހާ ގެނައުން ޕީޕީއެމް މީހަކަށްވިޔަށް ތާރިގަކީ ތަޖުރިބާ ހުރި ކެޕޭސިޓީ ހުރި އަދި އެކަން ޕްރޫވްކޮށްދީފައި ހުރިމީހެއް. އެމްޑީޕީ ހުރިހާ މެމްބަރުންނަށްވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިފަހަރުގެ ވޯޓު ބޭކާރުކޮށްނުލާ މިކަން ކުރެވޭނޭ މިހާއަށް ދިނުން
އިއްސެ އަކީ ފުވައްމުލައް ފަޚުރުވެރިވާ ދަރިއެއް. ޒާތީ ހަސަދަވެރިއެއް މެނުވީ އިއްސެ ނޫން މީހަކަށް މިފަހަރު ވޯޓް ނުދޭނެ. ރައްޔިތު މީހާ މިހުރީ އިއްސެއާ އެކު. ކޮމެންޓު ސެކްސަނުން ދުވަނީ ޗައިނާއިން ބޮޑު ލޯނު ދީގެން ގެނެސްފައިވާ އަސުރުމަލުގެ ވަސް.. އެކުދިންނަކަށް ޙަޤީޤީ ތަރައްޤީ ނޭނގޭނެ.
އިއްސްމާއީލް އަކީ ވަރަށް ސާދާ މަޑުމައިތިރި މީހެއް އިއްސެ އަށް އަބަދުވެސް ވަރަށް ސަޕޯޓުކުރިން އެހެންނަމަވެސް ފުވައްމުލަކުގެ މޭޔަރުކަމަށް ކުރިމަތިލާފައިވާ ބޭފުޅުންގެ ތެރެއިން އިސްމާއީލަކީ އެންމެ ގާބިލު މީހަކަމަކަށް ގަބޫލެއް ނުކުރެވޭ. ފުވައްމުލަކަށް ބޭނުންވަނީ ތިމާވެށި ހިމާޔަށް ކުރާ މީހަކަށްވުރެ ދުރަށް ވިސްނާ ފުވައްމުލައް ނަގާ ކޮޅަށްޖެހޭ ވަރުގެ ލީޑަރެއް އިދާރީ ހިންގުމުގެ ދާއިރާގެ ތަޖުރިބާ ހުރި ފުވައްމުލައް ރަނގަޅަށް އެނގޭ ކެރިގެން ކަންކަން ކުރެވޭ މީހެއް
ތަސައްވުރު އެހާ ރަނގަޅެއްނޫން. ވަރަށް ޚިޔާލީކޮށް ފެންނަނީ. ކޮބައިބާ އަނެއް ދެ ކެނޑިޑޭޓުންގެ ތައްސައްވުރަކީ ބަލާލަން ބޭނުން
ކަމަކު ނުދޭ. މިފަހަރު އަޅުގަނޑުގެ ވޯޓު ތޯރިގުއަށް. ތޯރިގަކީ ތަޖުރިބާ ހުރި ގާބިލުމީހެއް
އިއްސެ މީހަރުވެސްވަނީ އިއްސެގެ ގާބިލިކަން ދައްކާފައި. ފުވައްމުލަކުގައި ނުލާހިކު ފުޅާކޮށް ހަދަންފަށަަފައި އޮތް މަގެއް ހަނިކޮށްލައި ރޮނގަކަށް ހަދާލުމުގެ މޭސްތިރިއަކީ އިއްސެ. ސޮރީ ބްރޯ،. އަ ބިގް ބޯލްޑް ނޯ
އަހަރެމްމަނަކީ އެމްޑިޕީ މީހުން އަހަރެމްނ މޮޔަ ހައްދައިގެން އަބަދަކު ނޫޅެވޭނެ. މިފަހަރު އެމްޑީޕީ އަށް ދޭނެ ވޯޓެއް ނެތް
އިސްސެއަކީ ލީޑަރެއް ނޫން. އެމްޑިޕީ އިން ބުނާހުރިހާ ކަމެއް ކުރަން ހުންނާނޭ ބޮޓެއް.
އަހަރެމްނ ރިސޯޓު މުވައްޒަފުން ހަނާހުނިކޮށްލީ އެމްޑީޕީ އިން. މިފަހަރު ސޮރީ
އެމްޑިޕީ މީހަކަށް މިފަހަރު ވޯޓުދެވޭކަށް ނެތް. އެހެން ނޫނަށް ތާކުންތާކު ނުޖެހޭ މީހުނަށް ފުވައްމުލަކުގެ ވެރިކަން ދިން ޒަމާން ނިމިއްޖެ. މިފަހަރުބޭނުންވަނީ ކޮލިޓީ، ކަނަ ކުރެވޭނޭ މީހަކު. ވޯޓް ޗެޓޫ
ތޯރިގް ސަރ މާ ރަގަޅުވާނެ
އަޅުގަނޑަކީ ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގައި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއްވީ މުވައްޒަފެއް. ފުވައްމުލަކުގައި ފުރަތަމަ އިންތިޚާބު ކުރެވުނު އަތޮޅު ކައުންސިލް ފިޔަވާ ދެން އަންނަނީ މުޅިންވެސް ގޮނޑި ފުރަން އަންނަ މީހުން. އެކައުންސިލްގެ ދައުރުގައި ކުރެވިފައި އޮތް ކަމެއް ފިޔަވައި މަދުކަމެއް ނޫނީ އިތުރަށް ކުރެވިފައެއް ނެތް. ސިޓީ ކައުންސިލްގައި ޕީޕީއެމް މެޔަރ ކެނޑިޑޭޓް ތާރިގު އާއި އެކު މަސައްކަތް ކުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނު. އަޅުގަނޑަށް ފެނުނުގޮތުގައި ތާރިގަކީ ވަރަށް ޤާބިލު ހުރިހާ މުވައްޒަފުން އަދި ވެރިންނާއި ގުޅިގެން މަސައްކަތް ކުރަން އެނގިވަޑައިގަންނަވާ ކަންކަމުގައި ވަރަށް ތަފާތުކޮށް ވިސްނަވާ ރައްޔިތުންނަށް އިޚުލާސްތެރި ބޭފުޅެއް. އަޅުގަނޑު އަދިވެސް އެދެނީ އެފަދަ ބޭފުޅަކާއި އެކު މަސައްކަތް ކޮށްލުމަށް. އެރު ތާރިގާކީ ފުވައްމުލަކު ސުޓީ ކައުންސިލްގެ ޕޮލިސީތައް ރޭއްވެވުމުގައި އިސްކޮށް ހުންނެވި ބޭފުޅާ. މިއަދު އެވަޑައިގަންނަވަން މަސައްކަތް ކުރައްވަނީ އޭރުކުރެއްވި މަސައްކަތް ފުރިހަމަކުރެއްވުމަށް ކަމުގައި ގަބޫލުކުރަން. ތާރިގަށް ފުރުސަތު ދިނުމަށް ފުވައްމުލަކުގެ ހުރިހާ ރައްޔިތުންނަށް ގޮވާލަން
ކޮން އިއްސެ އެއް؟ ބޭންންވަނީ ގާބިލުމީހެއް މިފަހަރަކު ޕާޓީ އަކަށް ނުބަލާނަން. މަގޭ ވޯޓު ޗެޓޫ އަށް
އިއްސެ ގޯހެއް ނޫން އެކަމަކު މޭޔަރުކަމަށް ކަމަކު ނުދޭ
މާލޮނުމަޑު ކަމުގެ އެއްވެސް ތަޖުރިބާއެއް ނެތް ބޭފުޅެއް.
އިއްސެއަށް މިދާއިރާއިން ލިބިފައިވަ ތަޖުރިބާ އަކީ ކޮބައިކަން ހިއްސާކޮށްލެއްވި ނަމަ ރަނގަޅުވީސް. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްސެގެ ހަމައެކަނި ތަޖުރިބާ އަކީ ދިރާގު. އެނޫން ތަނެއްގައި ނުވަތަ އިދާރީ ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ހުރިކަމެއް އެނގިފައެއް ނެތް
ތީ ހަމަ މިސްކިތު ވަކަރު. ބައްވަން ރަނގަޅު އެކަމަކަމަކު އެއްވެސް ކަމަކަށް ނުފުދޭ
ތީ ހަމަ އެންމެންވެސް ކަޑާފޮނި. ކަމަކު ނުދޭ. ސޭ ނޯ ޓު އެމްޑީޕީ
މިހާރުވެސް ހުރިހާބާރެއް އޮތީ އެމްޑީޕީއަތުގަ ދެއަނހަރުވަނީ ކޮންކަމެއްކޮއްދެވުނީ އަދިވެސް ވާނީހަމައެހެން އަނގާންޗޯ ބަހުން މެޓާހިލާނީ ހެޔޮނުވާނެ އެމްޑީޕީއައް ވޯޓުނުދެއްވާ ހުސްސަޅިބައިސާ
ޢިސްސެ ައައ އިބޭ ހިންގަބަލަ
ކެނެރީގޭ ނަޝީދަށް މީހަކަށް ފުވައްމުލައް ރައްޔިތުން ވޯޓް ނުދިނުމަކީ ވަރަށް މުހިއްމުކަމެއް. އެއީ މިމުސްލިމް އުއްމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް. ވެރިކަމުގެ ބޭނުމުގައި ދީން ދޫކޮށްލާފައިވާ ޚާއިނެއްކަމަށް ތުހުމަތުކުރެވޭ މީހެއް މިފަދަ މީހަކަށް ތާއީދުކުރާ މީހަކަށް ވޯޓް ނުދިނުން މުހިއްމު، އިސްމާއިލް އަކީ ވަލިއްޔުލް އަމްރަށް ތާއީދުކުރާ އަދި ކިޔަމަންވާ މީހެއްވެސްް ނޫން.