އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ޤާނޫނާއި ހިލާފަށް ނަމަވެސް ބާއްވައި ނިންމައިފިއެވެ. މިއީ އެމްޑީޕީ އަށް ކާމިޔާބެކެވެ. ސަރުކާރަށް ނާކާމިޔާބެކެވެ. ސަބަބުތައް ބައިވަރެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވީ ޤާނޫނާއި ހިލާފަށެވެ. އެކަމާއި އިތުރަށް ސުވާލު އުފައްދާނެ ޖާގައެއް ވެސް ނެތެވެ. ޖަލުތަކާއި ޕެރޯލްގެ ޤާނޫނާއި، އަދި ސިވިލް ކޯޓުގެ އަމުރުން ވެސް އެނގެން އޮތީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ޤާނޫނާއި ހިލާފު ކަމެވެެ. އަދި އެމްޑީޕީ ވަރަށް ފާޅުގައި ކޯޓުގެ އަމުރަކާއި ހިލާފުވެފައިވާކަން ވެސް ވަރަށް ސާފުކޮށް އެއޮތީ ފެންނާށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ތައްޔާރުވާކަމާއި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަނީ ޤާނޫނު އަސާސީގައި ބުނާ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެވޭ މީހެއްގެ ޝަރުތު ހަމަނުވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަން ދައުލަތުގެ އިދާރާތަކަށް އެނގުނީކީ އިއްޔެ ހެނދުނަކު ނޫނެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަނީ ރައީސް ނަޝީދުކަން މާކުރިން އޮތީ އެނގިފައެވެ. ނަމަވެސް ވަގުތު އޮއްވާ ފިޔަވަޅު އަޅަން ދައުލަތުގެ ހުރިހާ މުއައްސަސާއެއް ހާއްސަކޮށް ސަރުކާރު އޮތީ ފެއިލް ވެފައެވެ. ޤާނޫނު އަސާސީ އާއި ޤާނޫނުތައް ނަަގަހައްޓާ ޤާނޫނުގެ ޙުކުމް ދެމެހެއްޓުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ސަރުކާރުގެ ބޮލުގައެވެ. އެހެންކަމުން ޤާނޫނުތަކާއި ހިލާފު ކަމެއް ރާއްޖޭގެ އެއްވެސް ތަނެއްގައި ހިނގާނަމަ އެކަން ހުއްޓުވަން އެންމެ ފުރަތަމަ ފިޔަވަޅު އަޅަން ޖެހޭނީ ސަރުކާރުންނެވެ.
ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިއުލާންކޮށް ޤާނޫނާއި ހިލާފަށް، ޝަރުތު ހަމަނުވާ ބޭފުޅަކަށް ފުރުސަތު ދީގެން އިންތިޚާބުގެ ވޯޓް ލާން ދެތިން ގަޑިއިރަށް ކައިރިވި އިރު ވެސް ދައުލަތުގެ ބަންޑާރަނައިބަށް އެކަން އެނގިވަޑައެއް ނުގެންނެވިއެވެ. ޤާނޫނުގެ ބާރު ހިންގާ ޤާނޫނުގެ ދިގު އަތް އެމްޑީޕީ އާއި ހަމައަށް ފޯރުވުމުގައި ދައުލަތުގެ ބަންޑާރަނައިބަށް އެއްވެސް ފިޔަވަޅެއް ނޭޅުނެވެ. ޤާނޫނަށް ވުރެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެ ކަމަށް ސަރުކާރުން ވިދާޅުވާ ވިދާޅުވުން ތަންފީޒު ނުކުރެވި ސަރުކާރު ކޮޅަށް ސަރުކާރުން މިވަނީ "ބައި ގޯލެއް ޖަހާފައެވެ." ބާރު އޮވެ، ބާރުގެ ބޭނުން ކުރަން ކެރިވަޑައި ނުގަތުމަކީ އެންމެ ބޮޑު ފެއިލް ވުމެވެ.
ކުއްލިއަކަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވަން އެދުނު އަމުރު ކުއްލިއަކަށް ނެރުނު ނަމަވެސް އަމުރު ތަންފީޒު ކުރުމުގައި ފުލުހުންގެ ފަރާތުން ވެސް ފެނުނީ ނުކުޅެދުންތެރިކަމެވެ. ފެނުނީ ފުލުހުންގެ ރޭވުންތެރިކަމެއް ނެތް ކަމެވެ. ފެނުނީ އެއްވަގުތެއްގައި އެކިތަންތަނުގައި ހިނގާ ޤާނޫނާއި ހިލާފު ކަންތައްތައް ހުއްޓުވުމުގެ ގާބިލްކަން ފުލުހުންގެ ކިބައިގައި ނެތް ކަމެވެ.
އެމްޑީޕީ އިން ބުނާ ގޮތުގައި ފުލުހުން އިއްޔެ ގެންދިޔައީ އަސްލު ވޯޓް ކަރުދާސް އަޅާފައި ހުރި ފޮށިތަކެއް ނޫނެވެ. ފުލުހުން ގެންދިޔައީ ފޭކް ފޮށިތަކެކެވެ. އެހެންކަމަށް ވާނަމަ މިއީ އަނެއްކާވެސް ފުލުހުންގެ ގާބިލްކަމާއި މެދު ސުވާލު އުފައްދަން ޖެހޭ ސަބަބެކެވެ.
ކޯޓު އަމުރަކާއި އަދި ޤާނޫތަކާއި ހިލާފުވުމަކީ ޖިނާޢި ކުށެކެވެ. ނަމަވެސް ވޯޓް ލުމާއި ވޯޓް ގުނުމާއި ވޯޓްގެ ނަތީޖާ އިއުލާން ކުރުން ކުރިއަށް ދިޔައިރު ވެސް އެކަން ހުއްޓުވުމުގައި ފުލުހުންގެ ގާބިލްކަމެއް ނުދެއްކުނެވެ. ހައްޔަރު ކުރަން ޖެހޭ ބަޔަކު ހައްޔަރު ކޮށްގެން، ބަންދު ކުރަން ޖެހޭ ތަނެއް ބަންދުކޮށްގެން ވެސް މީގެ ކުރިން ފުލުހުން ޤާނޫނުގެ ބާރު ތަންފީޒު ކޮށްފިއެވެ. ނަމަވެސް އިއްޔެ އެމަންޒަރު ނުދެއްކުމަކީ ފުލުހުންގެ ފެއިލް ވުމެކެވެ. އެއީ ސަރުކާރުގެ ފެއިލްވުމެކެވެ.
އެމްޑީޕީ އަކީ އެއްވެސް އިރެއްގައި ޤާނޫނަށް ބޯލެނބުމުގައި އިސްކަމެއް ދިން ޕާޓީއެއް ނޫނެވެ. އިއްޔެ އަކީ އެކަން އެމްޑީޕީ އިން ތަކުރާރު ކުރި ދުވަހެކެވެ. އެހެންކަމުން އިއްޔެ އަކީ އެމްޑީޕީ އަށް ކާމިޔާބު ދުވަހެކެވެ. ނަމަވެސް އެއީ ދިވެހި ދައުލަަތުގެ ޚަޔާތުގައި އައި އަނެއްކާވެސް ކަޅު ދުވަހެކެވެ. އެއީ ޤާނޫނަކީ އެއްވެސް އަގެއް ނެތް އެއްޗަކަށް ހެދުމުގައި އެމްޑީޕީ އިން ކާމިޔާބު ހޯދާފައި ވާތީއެވެ. އަދި ޤާނޫނު ތަންފީޒު ކުރުމުގައި ސަރުކާރު ފެއިލްވެފައި ވާތީއެވެ.
ފެބުރުއަރީ 1ގަ ސުޕްރީމްކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމުގައި ސަރުކާރުންވަނީ ފެއިލްވެފަ
ނަސީދު އެއީ އަހަރެންގެ އެމްޑީޕީ ރައީސް
ސުޕްރީމް ކޯޓުން ފަހުން އެ ޙުކުމް ވަނީ ބަދަލުކޮށްފައި. އަބަދުވެސް އަމަލުކުރަންޖެހޭނީ އެންމެ ފަހުގެ ހުކުމަށް.
މީހުން ޒިނޭވެސް ކުރޭ. ދެން ބުނަންވީ ސަރުކާރު ފެއިލް ވިއްޔޭތަ؟ ތިޔަ އެމްޑީޕީ އަކީ މިހާރު ސިޔާސީ ޕާޓީ އެއްކަމަށް ޤަބޫލެއް ނުކުރަން.
ވަގުތުނޫހުގެމިހަބަރު ލިޔުނު މީޙާގެ ފަހުވަގުތުކޮޅު....
ވ ފަހި ލިޔުމެއް. މައްސަލައިގެ ތަފްސީލް ވ ނިއުޓްރަލް.
ކީއްވެ ބާ ހޭބޯނާރާ ގާނޫން ތަންފީޒް ކުރަން ށޭ ކިޔާފަ ކޯޓް އަމުރު ނެރުނުތާ 5 ވަރަކައް މިނިޓްސް ތެރޭ ތަންފީޒު ނުކުރެވިގެން ތެޅުނީ؟؟؟ 1 ފެބުރު އަރީގަ ނެރުނު އަމުރު ނެރުނީމަ ކީއްވެބާ ފޯރި އަރުވާފަ ތަންފީޒު ނޫޅުނީ؟؟؟ ގާނޫން ނަގަހައްޓަން ތަބާވާން ޖެހެނީ ވަކި ކޯޓަކުން ނެރޭ ވަކި ގޮތަކައް އޮންނަ އެއްޗެއް ކަމައް ގާނޫނު ބުނަނީތަ!!!؟ މަށަކީ ބުރާންތި މީހެއް އެކަމު ގާނޫން ތަންފީޒު ކުރަން ތިބޭ މީހުން މަށައްވުރެ ބުރާންތި ވީމަ ކިހިނެއް ގައުމައް ވާނީ؟؟؟ މީ ވަކި ސިޔާސީ މީހެއްގެ ގައުމެއްނޫން ދިވެހި ރައްޔަތުންގެ ގައުމު
ބޭކާރު ވާހަކަ، ބޭކާރު ވޯޓް، ޖަރީމާ ރައީސް މުހައްމަދު ނަޝީދު. ވަރަށް ސަލާމް.
އާދަމް ނަވާޒުގެ ނަޒަރުގައި ސަރުކާރުބަލިވީ. އެކަމަކުހަގީގަތަކީ އެއެއްނޫން. ކާމިޔާބު ލިބުނީ ސަރުކާރަށް . އެއީ ގަވާއިިދާ ގާނޫނާ ޚިލާފަށް ބޭއްވިކަމަކަށްވާތީ އިލެކްޝަނުން ނަޝީދުގެ ކެންޑިޑެންސީ ގަބޫލެއްނުކުރާނެ. އެހެންކަމުން އިންތިޚާބުގައި ބައިވެރިއެއްނުވެވޭނެ. ރިޔާސީ އިންތިޚާބު ބާއްވާނީ އެމްޑިޕީންކަމަށް ނަވާޒަށް ހީކުރެވެންޏާ އެވެދާނެ އެމްޑީޕީއަށްލިބޭ ކާމިޔާބީ އަކަށް. އިންތިޚާބު ބާއްވަނީ ސަރުކާރުން އެއިންތިޚާބުގައި ނަޝީދަކަށް ވާދައެއް ނުކުރެވޭނެ. އެއީކާމިޔާބެއްކަމަށްތޯ ނަވާޒުދެނެނީ. އެހެންކަމަށްވަންޏާ ނަވާޒަށްވެސް ތިޔަފެންނަނީ އެމްޑީޕީ މިދެކޭ ނަނާހުވަފެން.
ދޮންކަލޯ އިންތިހާބަކީ ދައުލަތުން ބާއްވާ އެއްޗެއް!
ވަރަށް ތާއީދު މިލިއުމަށް!!! ހަގީގަތަކީ ސަރުކާރުން މިކަން ހުއްޓުވަން ދުރާލާ އެއްވެސް ކަމެއްކޮށްފައިނުވާކަން!! ކުރެވުނު ހަމައެކަނި ކަމަކީ އެމްޑީޕީއަށް އިންޒާރުދީ އިލެކްޝަން ކޮމިޝަނުން ފޮނުވި ސިޓީއެވެ!! އެނޫން އެއްވެސްކަމެއް ދުރާލާ އޭޖީންވެސް އަދި ފުލުހުންވެސް ކޮށްފައިނުވާކަން!!! ފުލުހުންގެ އިސްވެރިން އެކަން ހުއްޓުވަން ދުރާލާ އެއްވެސް ޕްލޭނެއް ކޮށްފައިނުވާކަން އިއްޔެ އެންމެނަށް ފެނިގެން އެދިޔައީ!! މީގެކުރިން ފުލުހުން ފެންނަނީ ވަރަށް ދުރާލާ ވިސްނުންތެރިކަމާއެކު ވަކި ސްޓްރެޓިޖީއެއްގެ ތރެއިން މަސައްކަތް ކުރަމުން ގޮސްފައިވާތަން!! ނަމަވެސް މިފަހަރު ހަމަ ސުމެއް!! ހިންގަންތިބި މީހުން ވަގުތު ޖެހުމުގެކުރިން އިށާރާތް ކޮށްފައިނުވަނީބާ؟؟ ދެން ކޮންމެއަކަސް އެމްޑީޕީގެ ޕްލޭނާ އެއްގޮތަށް ގާނޫނާ ޚިލާފަށް އެމީހުން އެވަނީ އެމީހުން ބޭނުންވި ކަންތައް ކޮށް ނިންމާފަ!!! ސަރުކާރަށް ބޮޑު ލަދުވެތިކަމެއް!! ގާނޫނު ތަންފީޒު ނުކުރެވުނީތީ!!!
ވެދާނެއްނު ފުލުހުން ވެސް ބޭނުން ނުވީ ކަމައް އެކަން ހުއްޓުވަން... ވަޒީފާގަ އުޅެން ބޭނުމިއްޔާ ކޮންމެސް ވަރަކަށް ތަބާ ވާނެތާ ކޯޓުގެ އަމުރަށް... ހޫ ނޯސް... އާފްޓަރއޯލް މިހާރު ވެރިކަން ކުރަން ހުރީ ހިތްތިރި ވެރިއެއް ނޫން ވިއްޔަ..
ވޯޓް ފޮށި ވަގަށް ނަގާ ސަރުކާރެއް މިތާ އޮތީ.
ކޯޓު ފުރާޅުން ޓިނު ވެސް ނެގި
ދައުލަތުން 2 ބިލިއަންވެސް
ހަދިޔާކުރި ކަދުރުވެސް
800 މިލިއަންވެސް
ނިކަމެތި މީހާގެ ފުލެޓުންވެސް ވައްކަންކުރި
ލިސްޓް ވަރަށް ދިގު
ނުކުމެއްޖެ ކޮންމެ ކެންޑިޑޭޓަކީ ޓަރަރިސްޓެއް
މިއީ ނުހުއްޓުވޭ ކަހަލަ ކުއްކުށެވެ. ކޮންކްރީޓް މެޝިން ތަކާއި ބާޒާރު ކޮތަޅާއި ކޫލް ބޮކްސް ސިޓީ އުރަ މިހިރީ ހައްތަހާވެސް ވޯޓް ފޮށި އަދި ވަލުތެރޭގައި ބަހަޓާއި ހުރި ފޮށިތަކުގެ އަދަދު އެއްވެސް ބަޔަށް ނޭގޭ
ޖަރީމާ ރައީސް އަކަށް ޖަޒީރާ ރައީސް އަށް އޮތް ތާއީދު ހަޖަމެއް ނުކުރެވޭނެ. ވަގުތަށް ވެސް
ބްރާނތި އަށް ބުނެލަން އޮތީ ސްޕްރީމް ކޯޓަށް އެއްވެސް މީހަކު ނުވައްދާ މައްސަލައެއް ކުއްލިއަކަށަ ހަމަ ތިބެފަ ހުކުމް ކުރީ ނުފޫޒުންނޭ ބުނެ ބޮޑެތި ކުއްވެރިން ދޫކުރާ އުސޫލެއް އެއްވެސް އިރެއްގަ މިގައުމުގަ ނޯވެޔޭ ރިޝްވަތުގެ އަމުރެއްކަން ފެނުނު މަންޒަރުތަކުން އެކަނިވެސް އެގިއްޖެޔޭ އެކަމަކުވެސް ތި ރޯނު ބުރާންތިމެން ލޯ ކަނުވެފަ ހަމަ އަނދިރީ ބާއޭ ނޭނގެނީ
ސުޕްރީމު ކޯޓަށް މައްސަލަ އިސްތިއުނާފަށް ލީކަން ނޭންގުން އެއީ ބޭފުޅާގެ މައްސަލައެއް! ޖިނާއީ އިޖުރާއަތުގައި ކޯޓަށް ތަދައްހުލު ވޭވޭނެ އުސޫލުތައް ބޭފުޅާއަް ނޭންންގުން އެއީ ކޯޓުގެ މައްސަލައެއް ނޫން! ޢަނގައެއް އޮތަކަސް ކާޅެއް ނުކާނެ!
ހަބަރުލިޔުނުމީހާ ޓުއަރިސްޓަކަށް ނަހަދައިފިއްޔާ ރަގަޅު.
ނަސީދު
އިމްޕްލިމެންޓް ނުކުރެވޭ ޙުކުމްތަކާެއި ޤާނޫނުތަކުގެ ޙުކުމަކީ ޣައިރު ޤާނޫން؟ ވެން ދެއަރސް ނޯ ޕަބްލިކް އެކްސެޕްޓެންސް އެޓް ލާރޖް، ިޓް ރިފްލެކްޓްސް އަލްޓރަވިރެސިބިލިޓީ!
ހަގީގަތުގާ ސަރުކާރަށް ވަނީ ވަރަށް ބޮޑު ފައިދާ އެއް އެމްޑީޕީ ގެޕްރައިމަރީން ހާސިލް ކުރެވިފާ . އެއީ ސަރުކާރު ބޭނުންވާ ނުވަތަ އިލެކްސަނުން ބޭނުންވާ ކޮންމެ ވަގުތަކު އެމްޑީޕީ އުވާލަން މަގުފަހިވުން. މިދަނޑިވަޅުގާ އެމްޑީޕީ އުވާލުމަކީ ވަރަށް މުހިންމުކަމެއް ކުޅަނދުރު ހަތާ ވައްޓާލުމުން ކުޅަދުރަށް ވާހެން އެމްޑީޕީގެ މެމްބަރުންނަށް ވެގެންދާނެ . މިދަނޑިވަޅުގާ ސިޔާސީ ކެރިއަރު ކުރިޔަށް ނެރުމަށް އެހެން ބަޔަކަށް މަގު ފަހިވެގެން ދާނީ އެމްޑީޕީ އުވާލުމުން . މިއޮތީރަނގަޅު ފުރުސަތެއްލިބިފާ.
ޖެހިގެން އަންނަދުވަހު ޕާރޓީ ރެޖިސްޓްރީ ކޮށްފައި ރައްޔިތުން ނުކުމެ ސަރުކާރު ހަވަރަށް ދޭނީ! ކަޑަ؟
ސަރުކާރުން ތިޔަހެން ދީލާލައިފިނަމަ ޤާނޫނުގެ ކުރިމަތީގައި އެންމެން
ސަރުކާރުން ތިޔަހެން ދީލާލާނަމަ ދީލާލެވެނީ ޤާނޫނުގެ ހަމަހަމަކަން ރައީސް އެވިދާޅުވާ "ޤާނޫނުގެ ކުރިމަތީގައި އެންމެންހަމަހަމަ" މިބަހުގެ ބުރަދަންގެއްލި ދިޔުމަކީ ވަލިއްޔުލްއަމުރު ކުރާ އަމުރުތަކަށް ބޯނުލަބާ ބަޔަކު އުފަންވެ ޤައުމު ހަލަބޮލިކަމަށް ފުރުސަތެއް ހުޅުވިގެން ދިޔުން ޕާޓީތަކުގެ އެންމެ އިސްފަރާތުން ފިޔަވަޅު ނޭޅުނުކަމުގައި ވާނަމަ އެބަޖެހޭ ބަންޑާރަނާއިބު އިސްނަގައިގެންވެސް ޤާނޫނު ނަގަހައްޓަން. ކޯޓުގެ އަމުރަކަށް ތަބާނުވާނަމަ ރައްޔިތުންނަށް އެދެވެނީ ކޮންކަހަލަ މެސެޖެއްތޯ؟؟
ކެނެރީގޭ މުހައްމަދު ނަޝީދު ބުނާގޮތުން އޭނާގެ މައްޗަށް ޤާނޫނެއް ނުހިގާނޭ އަދި އޭނާގެ ޕާޓީވެސް އޭގެތެރޭގައި ހިމެނޭ
ފާޑު ފާޑުގެ ލިއުން ލިއާކަށް މާތާހިރެއް ނޫނެވެ. ޤާނޫނީ ގޮތުން ރައްޔިތުން ހޮވާފަ ހުރިވެރިއަކު ބަޣާވާތް ކޮށްގެން ވެރިކަމުން ބޭލުވުމަކީ ދިވެހިދައުލަތުގެ ހަޔާާތުގައި ޖައްސާފާއޮތް ކަޅު ލައްގަޑަކަށް ނުވާނެ ގޮތެއްވެސް ނޯންނާނެއެވެ.
ބޭލީ ރަނގަޅަށް އެކަލޭގެ ބޭލުނީތީ މިައަދު މިޤައުމު ދިވެހިންގެ އަތުގާ މިއޮތީ އިންަާ ﷲ ދެން އެރޔަކަވެސް ނުދޭނަން
ބޭލީ ރަނގަޅަށް އެކަލޭގެ ބޭލުނީތީ މިައަދު މިޤައުމު ދިވެހިންގެ އަތުގާ މިއޮތީ އިންަާސ ﷲ ދެން އެރޔަކަވެސް ނުދޭނަން
ހައްގައް ނަސްރު ލިބޭނީ..
ތިޔަ މީހުންނަކީ ޚިޔާލީ ދުނިޔެ އެއްގައި އުޅޭބައެކޭ
ޚިޔާލީ އިންތިޚާބު
ޚިޔާލީ ރައީސް
އަސްލު ހިނދުކޮޅު އައީމަ ވާގޮތެކޯ އެއީ
ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް ނަޝީދުގެ މަށްޗަށް ހުކުމެއް ކޮށްފައިވާތީވެ، ސްޕްރިމްކޯޓްގެ ފުލްބެންޗުން އަމުރުކޮށް ނަޝީދުވަނީ މިނިވަން ކޮށްފަ.
ހުރަވަޅި ރެސްޓޯރެންޓް ގައި ތިބޭ އިރު ކަނޑުގެ ދިރުން ތަކުގެ މާރވެލަސް އިހްސާސް އިންސާނުން ނަށް ކުރެވިގެން އެއީ ނޭޗަރ އިން އިންސާނުންނަށް ޓަކައި ދެއްވަވާފައިވާ ގިފްޓް ކަން އެތަނަށް ކާން ދާ ގެސްޓުންނަށް ފީލް ވެ އެމެންގެ ލޮލުން ކަރުނަ ފޭބުން އެއީ މަމެން އުފާ ކުރާ ކަމެކޭ. މިއިން އެގިގެން ދަނީ އެއީ މަމެން މިއުޅޭ ޕްލެނެޓްސް އަދި ސޯލަރ ސިސްޓަމް އެއީ ބިގް ބޭންގް ތިއަރީގެ ދަށުން އުފެދިފައިވާ އެއްޗެއް ނޫން ކަން އެއީ ސިސްޓަމެޓިކް އޯޑަރސް ތަކެއްގެ ދަށުން އުފައްދަވާފައިވާ އެއްޗެއް ކަން. ރާއްޖޭގެ ރިސޯރޓްސް ތަކުގެ ފެންވަރު މަތިވަމުން ދާ ވަރަށް ރިސޯރޓްސް ތަކުގެ އޯނަރުން އަދި މަޓީން ދަނީ ދިވެހިން ބާކީ ކުރަމުން ބޭރު މީހުން ނަށް މަތީ ފަންތި އަދި މެދު ފަންތީގެ ވަޒީފާ ތައް ދެމުން ކްރައުން ކޮމްޕެނީ މިސާލު ޔުނިވަރސަލް މިސާލު ލިލީ މިސާލު ފޯރ ސީޒަން މިސާލު ރީތި ރަށް ލާމަސީލު މިސާލު ތައް މީ ފެންނާން ހުރި. ރީތި ރަށުގެ މަތީ މަގާމެއް އެއްގޮތަކަށް ވެސް ދިވެއްސަކަށް ނުދޭން އެރަށުގެ ޖީއެމް ނިންމާފައިވަނީ އެެއީ ކީއްވެތޭ. މިކަން ކަން ސަރުކާރަށް އިނގޭބާ. ޓޫރިޒަމް މިނިސްޓަރު އަޑާ ދަމަނީތޭ މިކަން ކަން ބެލުމުގެ ބަދަލުގައި. ތަމެންނަށް މިކަން ނުވާނަމަ މިކަން ކޮށްދޭން ރައީސް އޮފީހުގައި ބުނަންވީ ނޫންތޭ. ޑޯންޓް މޭކް މީ ބްލަޝް އިޓްސް ގޮނާ ސަކް ދޯ.
ނޫސްވެރިޔާ އަށް އަލަށްތަ ތި އެނގުނީ ސަރުކާރު ފެއިލްވެފަ އޮތްކަން
ތިޔަހުރިހާ ސަކަރާތެއް ދައުލަތުން ޖަހާކަށް ނުޖެހޭ. ގާނޫނުތަކާ ގަވާއިދު ތަކާ ޚިލާފަށް ކުރާކަންކަން ކަމާބެހޭ ފަރާތުން ބަލައިނުގަންނާނެކަމާ ގަބޫލު ނުކުރާނެކަން ކަމާބެހޭ ފަރާތުން ލިޔުމަކުން އެފަރާތަކަށް އެންގީމާ އެ ނިމުނީ. ދެން އެގޮތަށް އަންގާފަ އޮއްވާ އެފަދަކަމެއް ކޮއްފިނަމަ އެ ޕާޓީ އަކާމެދު ގާނޫނީ ފިޔަވަޅު އެޅީމާ އެނިމުނީ. މާދަމާ އެމްޑީޕީ މެންބަރުން އަމިއްލަ އަމިއްލައަށް ރިޔާސީ އިންތިޚާބެއް ބާއްވާފަ ރައީސްކަމުގެ ހުވާ އަންނި ކޮށްފިއްޔާ، ރައީސް ޔާމީން އިސްތިޢުފާދީފަ އެކަލޭގެ އާއި ގައުމުގެ ވެރިކަން ހަވާލުކުރަން ޖެހޭތަ.....؟؟؟
ބަލިވުމާއި ބަލިނުވުން ބުނަން އެނގޭނީ ދެފަރާތުގެ މެދުގައި އެކަމެއް ހިނގުމުންނެވެ.