ގައުމެއް ނުވަތަ ދައުލަތެއް ހިންގުމަށް އޮނިގަޑެއް ގާއިމުވެފައި އޮތުމަކީ މުހިއްމު ކަމެކެވެ. އެއަށް ޑިމޮކްރެސީ ، ރަސްކަން ނުވަތަ ޚުދުމުޚުތާރު ވެރިކަމުގެ ނަމުން ތަފާތު ނަންތައް ދެވިފައިވެއެވެ. މިއިން ކޮންމެވެސް އެއް އޮނިގަޑެއްގެ މަތީގައި އެގައުމެއް ހިގަމުން ކުރިއަށް ދެއެވެ. މިދެންނެވުނު ގޮތްތަކަށް ވެރިކަން ކުރުމުގައި ވަރަށް ބޮޑު ތަފާތުތަކެއް ހުންނާނެއެވެ. އެހެނަސް މިއިންކޮންމެ ގޮތަކަށް ވެރިކަން ކުރިއަސް އެއްގޮތް އެއްކަމެއް ވެއެވެ. ފަހުބަސް ބުނުމަށް ނުވަތަ ފުރިހަމަ އިޚުތިޔާރާއި ބާރު ލިބިގެންވާ އެކަކު ހުންނާނެއެވެ. އޭނައަށް ރަސްގެފާނު ، ރައީސް ، ބޮޑުވަޒީރު ނުވަތަ މިފަދަ ކޮންމެވެސް ނަމެއް ދެވިފައިވާނެއެވެ.

އެންމެންވެސް ގަބޫލުކުރާނެ ހަގީގަތަކީ ގައުމެއް އަމާންކަމާއި ސުލްހަވެރި ގޮތުގައި ދެމިއޮންނާނީ އެގައުމެއްގައި ނަގާކިޔަންތިބޭ ބަޔަކު ނުވަތަ ރައްޔިތުން އެމީހުންގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ އެބަޔަކާއި ހަވާލުކުރެވިފައިވާ މީހަކު ނުވަތަ މީހުންނަކީ ސާލިހު ބަޔަކަށް ވެގެންނެވެ. އާދެ! ވަލިއްޔުލްއަމްރުއަކީ ތެދުވެރި އަމާނާތްތެރި ސާލިހު މީހަކަށްވެއްޖެނަމަ އެގައުމަކަށް އުފާފާގަތިކަމާއި ހަމަޖެހުން އަންނާނެއެވެ. ޚާއްސަކޮށް އިސްލާމީ ގައުމެއްގެ ޒިންމާތަކާއި ހަވާލުކުރެވިފައިވާ ފަރާތެއްނަމަ އެފަރާތުން އިސްލާމީ އަގީދާގެ މަތީގައި ދެމިހުރެ އެދީނަށް ހުރުމަތް ތެރިކޮށްހިތަން ޖެހޭނެއެވެ. އަދި އިޖްތިމާޢީ ޢަދުލުވެރިކަން ދެމެހެއްޓުމަކީ ޙާކިމް މީހާގެ މައްޗަށް ވާޖިބު ކަމެކެވެ. އަދި މި ޢަދުލުވެރިކަން ނެތިއްޖެނަމަ، ރައްޔިތުންނާއި ވެރިކަންކުރާ މީހާއާ ދެމެދުވާ އެއްބަސްވުން އުވިގެން ހިނގައިދެއެވެ. އަދި އެމުޖުތަމައެއް ފިތުނަ ފަސާދައިގެ ކަނޑަށް ޣަރަގުވެގެން ހިގައިދެއެވެ. އިމާމު ޙަސަނުލްބަސްރީ އަމީރު ޢުމަރުބިން އަބުދުލް ޢަޒީޒަށް ލިޔުއްވި ސިޓީއެއްގައި އަދުލުވެރި ހާކިމުންގެ ސިފަ ބަޔާންކުރައްވައި ލިޔުއްވާފައި ވެއެވެ. "އަދުލުވެރި  އިންސާފުވެރި ޙާކިމުން ހަށިގަޑުގައި ލައްވާފައިވާ ހިތެއްފަދައެވެ. ހިތް ރަގަޅުނަމަ ގުނަވަންތަކުން ކުރެވޭނީ ރަގަޅު ކަންތައްތަކެވެ. ހިތް ނުބައި ވެއްޖެނަމަ ގުނަވަންތަކުން ކުރެވޭނީ ނުބައި ގޯސް ކަންތައްތައްތަކެވެ."

ޝައްކެތްނެތް ޙާކިމު މީހާގެ ހަގީގީ ބާރަކީ ރައްޔިތުންގެ ތާއީދާއި،ލޯއްބާއި އެމީހުންގެ ހެޔޮއެދުމާއި ދުޢާއެވެ. މިކަންތައް ހާސިލް ނުކުރެވޭ ވެރިއެއްނަމަ ރައްޔިތުން އޭނައާ ދެކޮޅުވެރިވެ އިސާހިނދަކު އޭނަގެ ބާރާއި އާރު ގެއްލިގެން ހިގައި ދާނެއެވެ.

ބައެއް ވެރިން އެމީހުންގެ ވެރިކަމުގެ މުއްދަތު ނިންމައިލަނީ، އޭނާގެ ނަޒަރުގައި ވަރަށް ކާމިޔާބު ވެރިއެއްގެގޮތުގައެވެ.  އެހެންނަމަވެސް ގިނަރައްޔިތުން އެކަން ބަލައިގަންނަނީ އެ މަގަކުން ނޫންނެވެ. ކޮންމެ ވެރިއަކުވެސް ގަބޫލު ކުރަންޖެހޭ ހަގީގަތެއް ވެއެވެ. އެއީ  ތިމާ ހިތް އެދޭ ގޮތަށް ކަންތައްތައް ނުވެވެސް ހިނގައިދާނެ ކަމެވެ. އަދި އެއީއެންމެ ރަނގަޅު ގޮތްކަމަށް ވެސް ނުވެދާނެ ކަމެވެ. އަދި އެކަންތައްތަކީ ރައްޔިތުން ތާއީދު ކުރާ ކަންތައްތަކަކަށް ނުވެވެސް ހިގައިދާނެކަމެވެ. އެހެންކަމުން ރައްޔިތުން އެމީހުންގެ ނުރުހުމުގެ ޝުޢޫރު ކޮންމެވެސް އެއްގޮތަކަށް ފާޅުކުރާނެކަމީ ޝައްކެތްއޮތް ކަމެއްނޫނެވެ. އަހަރުތަކަކަށް ފަހު ވޯޓްގެ ޒަރިއްޔާއިން ނެވެ. ނުވަތަ ކީރިތި ﷲ އަށް ކުރެވޭ ދުޢާތަކުން ވިއަސްވެސް މެއެވެ. ގައުމެއްގެ އިސްވެރިޔަކު ޖަމާއަތުގައި ފަތިސްނަމާދު ކުރިއެވެ. ނަމާދުގައި އިމާމުމީހާ ސޫރަތުލް ފާތިހާއަށް ފަހު ކިޔެވީ ދިގު ސޫރަތެކެވެ. ނަމާދު ނިމިގެން ވެރިމީހާ، މީސްތަކުންގެ ކުރިމަތީގައި އިމާމުމީހާއަށް ބުންޏެވެ. މީގެފަހުން ނަމާދުތަކުގައި އާޔަތަކަށްވުރެ ދިގުކޮށް ކިޔަވައިގެން ނުވާނެއެވެ. ޖެހިގެންއައިރޭ ފަތިސް ނަމާދުގެ ފުރަތަމަ ރަކުޢަތުގައި އިމާމުމީހާ ކިޔެވީ އަންނަނިވި އާޔަތްއެކަންޏެވެ." وَقَالُوا رَبَّنَا إِنَّا أَطَعْنَا سَادَتَنَا وَكُبَرَاءَنَا فَأَضَلُّونَا السَّبِيلَا "

މާނަ: "އަދި އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ ! ހަމަކަށަވަރުން އަޅަމެންގެ ސާހިބުންނަށާއި، އަޅަމެންގެ ބޮޑުންނަށް، އަޅަމެން ކިޔަމަންވީމު އެވެ. ފަހެ އެއުރެން އަޅަމެން މަގުފުރެއްދީ އެވެ." ދެވަނަރަކުޢަތުގައި ކިޔެވީ މިއާޔަތެވެ. " رَبَّنَا آتِهِمْ ضِعْفَيْنِ مِنَ الْعَذَابِ وَالْعَنْهُمْ لَعْنًا كَبِيرًا " މާނަ: އަޅަމެންގެ ވެރިރަސްކަލާކޮ ! އަޒާބުގެ ތެރެއިން ދެގުނަ، އެއުރެންނަށް ދެއްވާނދޭވެ ! އަދިބޮޑުންވެގެންވާ ލަޢުނަތްލެއްވުމަކުން ލަޢުނަތް ލައްވާދޭނވެ! " ނަމާދުނިމިގެން ވެރިމީހާ އިމާމުމީހާ ކާރީގައި ބުންޏެވެ. ނަމާދުތަކުގައި ކަލޭ ބޭނުން ވަރަކަށް ދިގުކޮށް ކިޔަވާށެވެ. އެކަމަކު މިނަމާދުގައި ތިކިޔެވި ދެ އާޔަތް އެއްގޮތަކަށްވެސް ނަމާދުތަކުގައި ނުކިޔަވާށެވެ. ރައްޔިތުމީހާ އޭނަގެ ހިތުގެ ޝުއޫރުތައް ހާކިމުގެ ކުރިމަތީގައި ހާމަކުރީ ﷲ ގެ ހަޟުރަތަށް ކުރެވޭ އެންމެ މާތް އަޅުކަމުގައެވެ. ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ކޮންމެ ފަރުދަކުވެސް އަނިޔާ ލިބިފައިވާ މީހާގެ ދުޢާގެ މައްޗަށް ސަމާލުވާންޖެހޭ ކަމެވެ. އެދުޢާ އަލިފާންކަނިތަކެއް އަރައިގެންދާ ފަދައިން ﷲގެ ޙަޟްރަތަށް ދާނެކަން ކަށަވަރެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޑިމޮކްރަސީ އިޒް ވަން އޮފް ދި މޮޑާން ފޯރމް އޮފް ޝިރުކް

  2. ޓެކްސްގެ ގޮތުގައި 20 މިލިއަން ޑޮލަރު ދައްކަން ޖީއެމްއާރަށް މީރާ އިން އަންގައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެންނަށް ޔަގީނޭ ތިޔާ ޓެކްސް ފައިސާ އެމެން ނުދައްކައިފިނަމަ އެމެން ޖޫރީމަނާ ވާނެއޭ އެއިރުން އެމެން ޖެހޭނީ އެ 270 މިލިއަން ޑޮލަރު މަމެންނަށް ދައްކަންއޭ ޓެކްސް ނުދައްކާ ލަސްވާ ކޮންމެ ދުވަހަކީ އެއީ ޖޫރީމަނާ ވެސް ދައްކަން ޖެހޭނެ ދުވަހެކޭ މިހިރީ އޭ ކެނެރީގެ ނަޝީދު ރާއްޖޭގެ އެއާރޕޯރޓް ވިއްކާލި އިންޑިއާގެ ކިބަޅި ކުންފުނި ތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ގައި ހެދި މަކަރާއި ހީލަތަކީ މިފައިސާ އެމެން ޚަރަދު ކުރީ އެމްޑީޕީ ކެމްޕެއިނަށް ތޭ ޓު މީ އައި އޭމް ބޮދަރޑް އޮން ދިސް އައި ކާންޓް ޓޭކް ދިސް ޓައިޕް އޮފް ބަތާހަރާމީ ދަ ހަރާމްކޯރު ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާ ޑާޑާ ޑާޑާޑާޑާ ޑާޑާޑާ ޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ....

  3. ރާއްޖޭގެ މިއަދުގެ ހާލަތާއި ގުޅޭ ވ.ރަގަޅު ލިޔުމެއް.

  4. ޑަންޑަހެލު

    ކާކުގެ ވެރިކަމެއްގަތަ ގަމަތް ދިނުން އަވަސްކޮށް ހުކުރު ހުތުބާ ކުރުކުރީ؟

  5. މާމިގިލީ މީހާ

    ގައުމު އާއުސް މިންތަކަށް ގެންދާން ރައީސް މައުމޫނަށް ވެރިކަން ދޭންވީ. ނޫނީ އަނެއް ދިވެހި ރާއްޖެ އަށް ގެންދާން ރައީސް ނަސީދުއަށް ވެރިކަން ދޭންވީ. ހުންގާނުގައި ބަހައްޓަން ވަނީ ރައީސް ވަހީދު.. ގަދަވަޔާ ވިއްސާރައިގައި ދަތުރު ކުުރާ އިގޭނީ ހަމަ ވަހީދަށް.. މިއޮޑި އެއް ނުފެތޭނެ.. އަޅުގަނޑު މެން ދާނީ ބާރަށް ކުރިޔަށް...

    • ސަންޓޯ ތިމަރަ

      ވަހީދު ވަރެއްނެތް!! ހުރިހާ އެއްޗެއް ކިޔާއިރުވެސް ހިނިތުންވެފައި އަދި ހިޔާލު ފާޅުކުރަންވެސް އިމުގެ ތެރެއިން ހުއްދަދީ ފުލުހުންނާއި ސިފައިން މިނިވަން ބައެއްގެ ގޮތުގައި މަސައްކަތް ފެނިގެން ދިޔަ.. ދެރައީ އެސޮރު ޕާޓީ އެއްނެތް.. ކުށް ގިނައިން ކުރާ ލާދީނީ ގަންޖާ ނޫން ހުރިހާ ރައީސުން ވެސް ޖުމުލަކޮށް ރަގަޅު ގޮސްކޮށް ބައެއްކަންކަން ހުއްޓެއް ކަމަކު..މަވެސް ހުންނާނެ ގޯސް ކަންތައް..

  6. ޢައްނިގެ ގުއިރޯނުގަ ޔާމީނެއް ނުޖެހޭނެ އިރާދަ ކުރެއްވިއްޔާ...އީޔޫ އޭ އެމެރިކާއޭ ބުންނަސް ނުސިހޭވަރު ވެރިޔެއް ޔާމީނަކީ..

  7. ޙާކިމާގެ ވާހަކަ ދެކެވޭއީރު ވިސްނާލަން ޖެހޭ ވަރަށް މުހިއްމު ނުކުތާއެއް ވެއެވެ
    ސަލަފުއްޞާލިހުންހެ ހެޔޮލަފާ ޢިލްމުވެރި ބޭކަލުން (އެބޭކަލުން ނަށް ލިބިލައްވާފައިވާ ޢިލްމާއި އެއްގޮތަށް ޢަމަލު ކުރެއްވީ ބޭކަލުންގެ) ފޮތްތަކަށް ރުޖޫޢަނުވެ ބުއްދިއައް ފެއްނަގޮތަށް މިކަހަލަ ލިޔުނތައް ޝާއިއު ކުރުމަކީ ހިތާމަ ހުރިކަމެކެވެ. "މުސްލިމުވެރިޔާގެ" މައްޗައް މި މަޢުލޫގައި ރައްޔިތުން އަދާކުރަން ޖެހޭ قرانގައިވާ ﷲ ގެމާތް މަތިވެރި ވަޙީ ބަސްފުޅު ތަކާއި އަދި ރަސޫލާ صلى الله عليه وسلم ގެ އެތަކެއް ގިނަގުނަ ޞައްޙަ ސަނަދުން ވާރިދު ވެފައިވާحديث ބަސްފުޅުތަކުން ބަޔާވެންވެގެންވާ އަމުރުފުޅުތަކާއި އިންޒާރުގެ މަތިން ރައްޔިތުންނަށް ހަނދުމަ ކޮށް ނުދެއްވާ ހުރިހާކަމެއްހަމައެކަނި ހާކިމާގެ ބޮލަށް ކަނޑަލުމަކީ އަދުލުވެރިވުންތޯ!؟މިކަމުގެ ސަބަބުން އިތުރަށް ރައްޔިތުންގެ ިހިތްތަކުގައި ރުޅިވެރި ކަމާއި ނަފުރަތު ޙާކިމާގެ މައްޗައް އުފެދި ފަސާދަ ވެރިރިކަން އާއްމުވެދާނެތެވެ.
    ޙާކިމާ އަދުލުވެރި ވުމަށް ގޮވާލާއިރު މިކަހަލަ ލިޔުންތަށް ލިޔެ ޝާޢިއު ކުރާ ބޭފުޅުން އަދުލު ވެރިކަން ކުރިއަށް ނެރެ ޢީހްލާސްތެެރި ވުމަށް މި رمضان މަހުގެ ޞަދާގާތެއްގޮތުގައި ވަސިއްޔަށް ކުރަމެވެ.بارك الله فيكم.

  8. الإمام العلاَّمة العثيمين رحمةالله(ت1421)ވިދާޅުވިއެވެ.
    މީސްތަކުންގެ ތެރޭގައިވާ އާދައިގެ،އާއްމު މީހަކާއި މެދުވާހަކަ ދައްކަން ތިބާ އުޅެފިހިނދު ބުނާނެއެވެ.
    މީހުނަށް (ޣީބަ)ނުބުނާނެށެވެ.
    ތިއައީ ޙަރާމް ކަމެކެވެ.
    އހެނަސް "ވެރިންގެ"ތެރއިން ވެރިޔަކާއި ބެހޭގޮތުން ވާހަކަ ދައްކާހިނދު ،ހަމަކަށަވަރުން އެއީ މައްޘަލައެއް ނޫންކަމުގައި ޢޭނާދެކެއެވެ.

  9. أحمد بن يَحْيَى ألنَّجمي رحمةالله (ت١٤٢٩) ވިދާޅުވެފައި ވެއެވެ.
    ވެރިޔާގެ މައްޗައް ބަދު ދުޢާ ކުރުމަކީ ފަސާދަ ކުރުމެވެ.
    އިސްލާޙްކުރުމެތް ނޫނެވެ.
    އަދި އެއީ ޙަރާބު ކުރުމެވެ.
    ބިނާކުރުމެއްނޫނެވެ.
    ޢަދި އެއީ ފައިދާ ކޮއްދޭނެ ކަމެއްވެސް ނޫނެވެ.
    އެހެނަސް ގެއްލުން ދެނިވިކަމެކެވެ.

  10. الإمام العلاَّمة العثيمين رحمةالله (١٤٢١)ވިދާޅުވިއެވެ.
    ވެރިޔާ އަށް ހެޔޮދުޢާ ނުކުރާމީހާގެ ނަފުސުގައި މުޑުދާރު ވެގެނަވާ ބިދްޢަ އެއް ވެއެވެ.
    އެއީ ޙަވާރިޖުންގެ ބިދްޢަ އަވެ.
    މުސްލިމު ވެރިންނާއި ދެކޮޅަށް ނުކުތުމުގެ ބިދުޢަ އެވެ.

  11. އަބްދުއްލާ

    ޑިމޮކްރަސީ ނުވަތަ ކިންގްޒަމް ވިޔަސް ތަފާތެއްނެތް .ޑިމޮކްރަސީއަކީ އެމައްޗަށް ކަންކަން ހިންގުމަށްޓަކާ ދުސްތޫރެއް ލިޔެވިފައިވާ ނިޒާމް.ކިންގުޒަމް އަކީ ރަސްގެފާނޫ އެވަގުތަކު ބޭނުންވާގޮތަކަށް ދުސްތޫރަކާ ނުލާ އަމުރުތައް ނެރޭ ނިޒާމް. މާތް ﷲ ކީރިތި ގުރްއާނުގާ އަންގަވާފަވޭ ވެރިނަނަށް ކިޔަމަންވުމަށް . ޑިމޮކްރަސީގަ ވެރިމީހާ އަކީ ދުސްތޫރު ވެރިމާ ތަންފީޒުކުރާނީ ދުސްތޫރު މިކަމުގާ ދިމާވާ މަސްއަލަޔަކީ ދުސްތޫރަށް ކިޔަމަންވާން ގިނަބަޔަކަށް ނޭގުމާއެކު އަމލު ކުރަންތިބޭމީހުން ދުސްތޫރާ އެއްގޮތަށް އުޅެން އުނދަގޫވަނީ ޑިމޮކްރަސީ ރަނގަޅު ނޫންކަމަށް ދެކޭމީހުން އެގޮތަށް އެދެކެނީ ރަނގަޅަށް ދުސްތޫރު ދަސްވެފަ ނެތީމާ .ހަގީގަތުގާ ޑިމޮކްރަސީ ގޯހެއްނޫން.

  12. އާރާއި ބާރު ލިބިގެންވާ ވެރިން ސޯލިހު ރަގަޅު ގޮތުގައި ވެރިކަން ކުރާނަމަ ރައްޔިތުން ވެސް ރަގަޅުވާނެ. "އަދުލުވެރި އިންސާފުވެރި ޙާކިމުން ހަށިގަޑުގައި ލައްވާފައިވާ ހިތެއްފަދައެވެ. ހިތް ރަގަޅުނަމަ ގުނަވަންތަކުން ކުރެވޭނީ ރަގަޅު ކަންތައްތަކެވެ. ހިތް ނުބައި ވެއްޖެނަމަ ގުނަވަންތަކުން ކުރެވޭނީ ނުބައި ގޯސް ކަންތައްތައްތަކެވެ."