ކޮންމެ ގައުމެއް ވެސް ހިނގަމުން އަންނަނީ ޤާނޫނު އަސާސީގެ ދަށުންނެވެ. އެއީ ކޮންމެ ގައުމެއްގައިމެ އެމައްޗަށް އަމަލު ކުރުން އެންމެންގެ މައްޗަށް ލާޒިމު ވެގެންވާ ހުރިހާ ފަރާތަކުން ވެސް އެންމެ ބޮޑަށް އިޙްތިރާމް ކުރަން ޖެހޭ ޤާނޫނުގެ އެންމެ ބޮޑު އަސާސެވެ. ދިވެހިރާއްޖޭގައި ވެސް ޤާނޫނު އަސާސީއެއް ލިޔެވިގެން އެއަށް އަމަލު ކުރެވެމުން އަންނަތާ ގަރުނެއް ވާން ކައިރި ވަނީއެވެ. ނަމަވެސް ފަހަކަށް އައިސް ދިމާވަމުންމިދާ ފަދަ "ޤާނޫނީ މައްސަލަތަކެއް" މީގެ ކުރިއަކުން ދިމައެއް ނުވެއެވެ.

ޤާނޫނު އަސާސީގެ 253 ވަނަ މާއްދާގެ ގުދްރަތީ ކާރިޘާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ ނުވަތަ ބޭރުގެ ޙަމަލައެއް ކުރިމަތި ވެދާނެކަމުގެ ބިރުހީވެއްޖެނަމަ ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، ނުވަތަ ކަނޑައެޅޭ ވަކިސަރަޙައްދެއްގައި ނުވަތަ ސަރަޙައްދުތަކެއްގައި ތިރީސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ނުކުރެވޭނެ ކަމަށް ބުނެ ދެއްކޭނެ އެއްވެސް ހުއްޖަތެއް ޤާނޫނު އަސާސީ އިން ފެންނާކަށް ނެތެވެ. ފެބްރުއަރީ 01 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ހިމަނާފައިވާ ނުވަ ކުށްވެރިޔަކު ދޫކޮށްލުމުގެ ބަޔަކީ އެމައްޗަށް އަމަލުކޮށްފިނަމަ ދިވެހި ދައުލަތުގެ ހިންގުމުގެ ބާރުތައް އޮޅުންބޮޅުންވެ، ޤާނޫނުއަސާސީން ދައުލަތް ހިންގުމުގެ ވަކިވަކި ބާރުތަކަށް ލިބިދީ އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ޤައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަޞްލަޙަތުތަކެއް ގެއްލޭ ހިސާބަށްގޮސް، ޤާނޫނުއަސާސީގެ ބޭނުން ކެނޑިދާ ހިސާބަށް ކަންކަން ދިޔަ އަމުރެކެވެ.

އެހެންކަމުން އެއީ ގައުމީ ސަލާމަތައް ނުރައްކާތެރި ހާލަތަކަށް ގައުމު ގެނުވި އަމުރެއް ކަމާއި މެދު ދެބަސް ވެވޭކަށް ނެތެވެ. އެއާއި އެކު އަމުރާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ލިބިގެންވާ ކަމާއި މެދު އިތުރު ބަހުސްއެއް ކުރެވޭކަށް ނެތެވެ.

ޤާނޫނު އަސާސީ ބުނެދޭ ހަޤީޤަތަކީ ދިވެހިރާއްޖޭގެ އެންމެ މަތީވެރިޔަކީ، އަދި އެމީހެއްގެ އަމުރަށް ދިވެހި ރައްޔިތުން ކިޔަމަންވާން ޖެހޭ އަދި އެމީހެއްގެ ބޮލުގައި ދިވެހި އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ޒިންމާ އެޅިފައިވާ ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެހެންކަމުން އެޒިންމާ އަދާކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަށް ފިޔަވަޅުތައް އެޅުއްވޭނެއެވެ. ޒިންމާ އެއް އޮތިއްޔާ އޭގެ ފަހަތުން އިހްތިޔާރުތަކަކާއި ބާރުތަކެއް ވެސް ލިބިގެން ވާނެއެވެ. މިއީ ބުއްދީގެ ހަމައެވެ.

މިހާރު އުފެދިގެން މިއުޅޭ ސުވާލަކީ ޤާނޫނު އަސާސީ އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރުގެ ދަށުން އިއުލާން ކުރެއްވި ޤަރާރާއި މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނުނިންމަވައިފިނަމަ އެޤަރާރު އުވިގެން ދާނެ ހެއްޔެވެ؟

ނަން ހާމަކުރަން ބޭނުން ނުވާ ޤާނޫނީ ވަކީލަކު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަށް ވާޖިބު ވަނީ ރައްޔިތުންގެ މަޖިލީހަށް ޤަރާރު ފޮނުވަން ކަމަށާއި އެހެންކަމުން އެމަނިކުފާނު އެވަނީ އެވާޖިބު އަދާކުރައްވާފައި ކަމަށެވެ.

"މަޖިލީހުގެ ޒިންމާއެއް ޖަލްސާ ބޭއްވުން އެއީ. މެންބަރުންގެ ޒިންމާއެއް ޖަލްސާއަށް ހާޒިރުވުން އެއީ. މެންބަރުން އެޒިންމާ އަދާނުކުރެއްވުމަކީ ގައުމު ނުރައްކަލަށް ހުށަހަޅަން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ހުއްދައެއް ނޫން. މަޖިލީހުގެ މެންބަރުން އެބޭފުޅުންގެ ވާޖިބު އަދާނުކުރި ނަމވެސް ރައްޔިތުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅި ޤާނޫނީ ބާރު ކެނޑިގެން ދާނެ ގޮތަކަށް ނޫން ޤާނޫނީ ނިޒާމް އެތުރިފައި އޮތީކީ. އެހެންކަމުން މެންބަރުން ޒިންމާ އަދާނުކުރުމަކީ ކުއްލި ނުރައްކަލުގެ ހާލަތު އުވިގެން ދާނެ ސަބަބެއް ކަމަކަށް ގަބޫލެއް ނުކުރަން." އެބޭފުޅާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިސާލަކަށް ހަނގުރާމައިގެ ހާލަތުގައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވާ މިފަދަ ޤަރާރެއް ފާސްކުރަން މަޖިލިސް ޖަލްސާއެއް ނުބޭއްވިއްޖެނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟

"މިއަދު މިއޮތީ ކޯޓު އަމުރެއްގެ ސަބަބުން ކުރިމަތިވި ހާލަތެއް. ނަމަވެސް މާދަމާ ހަނގުރާމައެއްގެ ސަބަބުން ވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފާނެ. ހަނގުރާމައިގެ ހާލަތުގައި މަޖިލިސް ޖަލްސާ ނުބޭއްވެވި ވެސް ހިނގައިދާނެ. ސުވާލަކީ އެހާލަތުގައި ވެސް ކުއްލި ނުރައްކަލުގެ ހާލަތު އުވިގެން ދާނެ ހެއްޔެވެ؟ އެހެންކަމަށް ވާނަމަ އިތުރު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެން އެދަނީ. އެގޮތަކަށް ނޫން ޤާނޫނީ ނިޒާމް އޮތީކީ." އޭނާ ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ޤަރާރު ފާސްކުރަން ވޯޓަށް އެހޭނީ މަޖިލީހުގައި 43 މެންބަރުން ހާޒިރުވެ ތިބެގެން ކަމަށް ބައެއް ބޭފުޅުން ވިދާޅުވާއިރު އެކަމާއި މެދު ސުވާލު އުފައްދާ ބޭފުޅުން ވެސް އެބަތިއްބެވިއެވެ. އެއީ މިހާރު މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ހުސްވެފައި ވާއިރު މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތަކީ 43 މެންބަރުން ކަމަށް ނުވާނެތީއެވެ. މިހާރުގެ ހާލަތައް ބަލާއިރު މަޖިލީހުގައި ތިއްބެވީ 73 މެންބަރުންނެވެ. އެހެންކަމުން މިހާލަތުގައި ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތަކީ 37 މެންބަރުންނެވެ.

ދެން އުފައްދާ ސުވާލަކީ ކުއްލި ނުރައްކަލުގެ ހާލަތުގެ ޤަރާރަކީ ޤާނޫނު އަސާސީގެ 97 ވަނަ މާއްދާ އަށް ފެތޭ ރައްޔިތުން އެމައްޗަށް އަމަލު ކުރުން ލާޒިމް އެއްޗެއް ހެއްޔެވެ؟ ކުއްލި ނުރައްކަލުގެ ހާލަތުގެ ޤަރާރަކީ ރައްޔިތުން އެމައްޗަށް އަމަލު ކުރަން ޖެހޭ އެއްޗެކެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ޤަރާރު ރައްޔިތުންގެ މަޖިލީހަށް ދަނީ އެޤަރާރަށް އަމަލު ކުރަން ފަށާ ފަހުންނެވެ. އެޤަރާރަށް އަމަލު ކުރުމަށް ރައްޔިތުންގެ މައްޗަށް އަންގަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުން އަންގާ އެންގުމެއް ނޫނެވެ. އެހެންކަމުން މިއީ ރައްޔިތުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ބޭނުންވާ ކަމެއްތޯ ވެސް އެބަ ސުވާލު އުފައްދައެވެ.

މިހާރު އުފެދިފައިވާ ސުވާލުތަކަށް ބަލާއިރު މިއީ ޤާނޫނީ ގޮތުން "ފަރުވާއެއް" ހޯދަން ޖެހިފައިވާ މައްސަލައެއް ކަމަށް ބެލެވެއެވެ. އެއްވެސް މީހަކު ނުވަތަ އެއްވެސް މުއައްސަސާއަކުން އެބައެއްގެ ޒިންމާ އަދާނުކުރުމަކީ ގައުމަށް ދެރައެއް ލިބޭނެ ކަމަކަށް ވެގެން ނުވާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ÝަKobaa

    ތިސުވާލު ބުނާ ގޮތުން ؟

    • ސައިނީ

      ޔަގީންތާ

  2. މާލޭސަރުކާރު

    މެންބަރުން ޒިންމާ އަދާކުރުމަށް ހުރަސް އެޅުމުން ކުއްލި ހާލަތު ނޫވޭނެތަ؟

  3. ހަސަން

    މި ހާލަތަކީ ސުޕްރީމް ކޯޓުގެ ރައުޔަށް ފޮނުވަން ޖެހޭ ހާލަތު.
    ފަނޑިޔާރުން ހެނދުނުބހޭލާއިރު ހިތަށް އަރާފާނެ ލ.އަތޮޅުން ފެށިގެން ދެކުނު އެއީ އިނގިރޭސިންނަށް ދޭންވީ ބައޭ. ދެން އެވީ ގަރާރެއް ފާސްކޮށް އެކަން އެގިތަށް ކުރަނ އަންގަން. ތަންފީޒު ކުރަންޖެހެއޯ ކޮންމެފަދަ ގާނޫނާ ހިލާފުބއަމުރެއްވެސް. ހަމަ ޖެހޭނީނދޭން. ދީފަ ފަހުން ދިވެހިން ނުކުމެ ހަނގުރާމަ ކޮށްގެން އެބައި ހޯދަންވެސް ގަރާރުގަ ބުނެފާނެ. މިފަދަ ނުރައްކާތެރި ހާލަތަކަށް ގައުމު ދިޔައިމަވެސް އެބަބުނޭ ނުރައްކަލެއް ނެތޭ. ސުޕްރީމުން ގައުމުގެ އެންމެން ކަތިލަން ބުންޏަސް އެކަން ޖެހޭނީ ކުރާށޭ. ފަހުން ދެން އެގަތުލާމެދު ގޮތެއް ނިންމާނީއޭ. އަޅެފަހެ ބުއްދިފަސްވެފަތަ ދިވެހިން މިތިބީ. ކ

    • ޕީޖޭ

      ބަލަ ހަސަނާ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީބާރަކީ ސްޕްރީމު ކޯޓު، އެކޯޓުން ހުކުމެއް ކުރީމަ މީގެ ކުރިންވެސް ތަބާވެފައި އޮތީ، ގާނޫނީ ގޮތުން އެއަށް ތަބާވެފައި، ދެން ޖެހެނީ އޮރިޔާން ފިލުމާއި ކޮރަޕްޓް ގާޒީންގެ މައްސަލަ ބަލަން، އެކަމާއި ހަވާލުވާނީ ޖުޑިޝަރީން، ގާނޫނަކުން ބާރު ލިބިގެން ނޫން ގޮތަކަށް އެއްވެސް މީހަކަށް ބާރު ދެއްކިގެން ނުވާނެ، 4 ލައްކަ އާބާދީގެ ގައުމު ވަކި ބައެއްގެ އަރާރުން އެއްގަލަކަށް ނޭރުން ނަތީޖާ ހިތިކޮށް މިފެންނަނީ، ބޭރުގެ ސިފައިން މިގައުމަށް އަރަން ތައްޔާރުވަނީ، މިދާވަރުން އަހަރެމެން ދަރިން ޖެހޭނީ މިގައުމުގައި ބޭރުގެ ފަރާތްތަކާއި ހަގުރާމަކުރަން، މިއީ ހިތާމަ ހުރިކަމެއް، ހަސަނާތީ ކާކު ކަން އެގޭ!!ލޮލް

  4. ޖައްސާތި

    އިމަޖެންސީއަށް އިތުރު 30 ދުވަސް ބޭނުން ވަނީ ގާނޫނު ނަގަހައްޓަން ކަމަށް ރައީސް އޮފީހުން ވިދާޅުވާނަމަ އެއީ މިގައުމުގެ ހާކިމާ ވިދާޅުވާ އެއްޗެކޭ އެހެން ކަަމަށް ވާނަމަ މަޖްލީސް މެމްބަރުން ޖެހޭނެއޭ އެއަށް ބޯލަނބާ ކިޔަމަންވާން މިރާއްޖޭގެ ވެރިކަން އިދިކޮޅު އެމްޑީޕީގައި ތިބި ކޮރަޕްޓް ލޯރޑުންނާއި އަދި ދަ ބަނޑު އަކިރި އެމްޕީން ނާއި އަދި ޖޭޕީގައި ތިބި ޔާރާ ދިލްދާރާ ލަވަ ކިޔާ އެމްޕީން ނާއި ހަވާލެއް ނުކުރެއޭ މަމެން މިގައުމު ގަވަރން ކުރުމަށް ޓަކައި ތަމެން ފަދަ ކަންޓްރީ ސައިޑް ވަން ސެންސް މިސިންގް ދަ ބަނޑު އަކިރިންނާއި ހަވާލު ނުކުރާނަމޭ އެކަން ޖެހޭނީ ހަނދާން ނައްތާލަން. 39 މެމްބަރުންނަށް ވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސް ކުރެވިދާނެއޭ އެކަމުގައި މައްސަލަ އެއް އޮތް ބަޔެއް ނަމަ ދާންވީއޭ ސްޕްރީމް ކޯޓަށް ގަސްތުގައި މަޖްލީސް ޖަލްސާ ބޮއިކޮޓް ކުރާނަމަ މިކަން ކުރަން ޖެހޭނީ މިގޮތަށޭ. އައި އޭމް ވޮންޑަރިންގް ކޭން ޔޫ ޑޫ އިޓް ކޭން ޔޫ އާއާ ކޭން ޔޫ އާއާ ކޭން ޔޫ އާއާ އާއާއާއާ އާއާއާއާ އާއާއާއާ...

  5. ޙަފްޞާ / މާލެ

    މިހުރީ ވަރަށްސާފުކޮށް އޮޅުންފިލުވައިދީފަ! އެކަމަކު އަދި ވެސް ރާވީ ގައި އޮތީ އޮޅުވަލުން. މީހާރާއި އަވަސްގައިވެސް އޮތީ އޮޅުވައިލުން!

  6. ކޭންޔޫބީ

    ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސް ކުރާނަން ކަމަށް ނިހާނު ބުނިނަމަވެސް ތަމެންނަށް ސީދާ ޕިން ޕޮއިންޓް ކޮށް ސަރުކާރުން ބޭނުންވާ ގޮތް އަންޑަރސްޓޭންޑް ވޭތޯ އާއި އަދި ގާނޫނު އަސާސީގެ ލަފްޒީ މާނަ ނޫން އަދި ދިރާސާ ކޮށްގެން ގާނޫނު އަސާސީގެ ކްލޯސް ތަކުން ކަން ކަން ކުރެވޭނެ އުސޫލު ނުވިސްނޭ އިރު އަދި މަޖްލީހުގައި ހުންނަ ކައުންސެލަރ ޖެނެރަލް އަކު ބުނި ނަމަވެސް އެގޮތަށް ކަންކަން ދީލައިގެން ނުވާނެ ކަން އެއީ ތަމެންނަށް އިނގެން ޖެހޭނެ ކަންކަމޭ. މަމެންނަށް ފެނެއޭ ގާނޫނު އަސާސީގައި ލިޔެފައި އޮތް ތަން ދައުލަތާއި އަދި ސަރުކާރުގެ ވެރިއަކީ އެއީ ރައީސުލް ޖުމްހޫރިއްޔާ ކަމަށް އެހެން ކަމަށްވާނަމަ ގަސްތުގައި އިދިކޮޅު ޕާރޓީ ތަކުން ސަރުކާރު ނީލް ޑައުން ކުރުމަށް ޓަކައި މަޖްލީސް ބޮއި ކޮޓް ކޮށްފިނަމަ ބޮއިކޮޓް ނުކޮށް މަޖްލީސް ޖަލްސާ އަށް އެންމެ ތިން މެމްބަރުން ހާޒިރު ވި ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސް ކުރެވިދާނެއޭ ރިޒަރވޭޝަން ކްލޯސް ތަކަކާއި އެކު އެފަދަ ގަރާރެއް ސްޕްރީމް ކޯޓުން ބާތިލްނުކުރާނެ ނުވެސް ކުރެވޭނެ ކަން އެއީ ފެންނާން ހުރި ހަގީގަތޭ. ކޭން ޔޫ ބީ އަ ބިއުޓިފުލް މައިންޑް ކޭން ޔޫ ބީ ކޭން ޔޫ ބީ އާއާ ކޭން ޔޫ ބީ އާއާ ކޭން ޔޫ ބީ އާއާއާއާ އާއާއާއާ އާއާއާއާ...

  7. ހަސަން

    މިއަށްވުރެ ނުރައްކާތެރި ހާލަތެއް ގައުމަކަށް ނާންނާނެ. ގާނޫނު އަސާސީ އުވާލޭވުނު، ހަނގުރާާގަ މޮޅުވުމުގެ ފުރުސަތު އޮންނާނެ. އެކަމަކު ގައުމު ވިއްކާލުމުގެ މަސައްކަތް މިކުރީ. ދެހާލަތެއް މިދިމާވީ. ހަނގުރާމަ (މިނިވަންކަން އަލުން ހޯދޭނީ ހަނގުރާމަ ކޮށްގެން) އަނެއް ހާލަތަކީ ކޯޓުތައް ގާނޫނުހަދާބާރުނަގާ ރައީސްގެ ބާރުވެސް ނެގީ. އިންސާފުގެއްލި ރައޔިތުންގެ ހައްގުތައް ނިގުޅައިގަތީ.

  8. ހހހހ

    ގައުމުގެ ހާލަތަކީ، ގައުމުގެ މިނިވަންކަން ގެއްލި އަޅުވެތިވުމުގެ ހާލަތު، ނަޝީދު އިންޑިޔާގެ އެހީގަ މިގައުމުގެ ވެރިކަމަށް އައިމަ ދިވެހިން ސެކަންޑް ކްލާސް ސިޓިޒަންއަށް ނުވާނެ ގޮތެއް ނޯންނާނެ. މިއަށްވުރެ ގައުމެއްގެ ހާލަތު ނުރައްކާވާނެ ހާލަތެއް ނާންނާނެ. އަނެއް ކަމަކީ، ސުޕްރީމް ކޯޓުން އެމީހުންނަށް ގާނޫނު އަސާސީން އަދި ގާނޫަކުންވެސް އަދި ދުނިޔޭގެ ތާރީޚުން މިހާތަނަށް ގައުމެއްގައި ހިނގާފައިނުވާ ފަދަ ގޮތަކަށް ގައުމުގެ ހާލަތު ގޯސް ކޮށްލާ ހިތު ހުރިގޮތަކަށް އަމުރު ނެރުމުން ގައުމުގެ 3 ބާރުގެ އެއްކޮއްލާ އެމީހުން ބޭނުން ގޮތަކަށް ބާރުތައް ނެގުމުން އެކަން ތަންފީޒް ކުރުމުން އެމީހުނަށް އެދެވުނީ އެފަދަ އަމަލުތައް މުސްތަގުބަލުގައި ކުރުމުގެ ލައިސަންސް. އަދި ދިވެހިންނަކީ، ނުބައި މިސާލަކަށް މުޅި ދުނިޔެއަށްވެސް މިދެއްކުނީ. މިކަމުގެ ނުރައްކާ ނޭނގޭނެ މިހުރިހާ ކަމެއް 8 ފަރާތުން ބަލާ ފިސްނާ ފަރާތަކަށް ނުޖެހި ހުރި ތިމާގެ ސިކުނޑި ހުޅުވައިގެން ވިސްނީމަ.

  9. 8765

    ސުޕްރީމް ކޯޓުން ފާސްކުރީއޯ ލ އަތޮޅުން ފެސިގެން، ސ. އަތޮޅަށް އެއީ ޖަޕާނުގެ ބައެއްކަމަށް. އަދި މި އަމުރު ތަންފީޒް ކުރުމަށް. ފަހުން ހަނގުރަމަކޮށްގެން މިބައި ދިވެހިން ބޭނުމިއްޔާ ހޯދަން. ދެން އެވީ ސަރުކާރުން އެކަން ތަންފީޒު ކުރަން؟ މިއީނު ސުޕްރީމް ކޯޓުން މިކުރި ކަމަކީ، އެމީހުންނަށް ލިބިގެންނުވާ ބާރެއް ހިތަށް އަރާހާ ކަމެއް ކުރުމަކީ.

  10. 999

    ރައީސް ޔާމީން މިކުރައްވާ ކަމަކީ، ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރުން. މިހާރު ވެރިކަމަށް އަންނަން ތިއުޅޭ އެންމެންނަކީވެސް އެމީހުންގެ އަމިއްލަ ނަފުސު ކޮންމެވެސް ބޭރުގެ އިސްތިއުމާރީ ބާރަކަށް ވިއްކާލާފަ ތިބި ބައެއް.

  11. އަލީމް

    ރައީސްގެ ވާޖިބު އެއޮތީ އަދާކޮށްފަ. ދެން އޮންނާނީ، ރައްޔިތުންގެ ހާދިމުންގެ ގޮތުގައި މަޖްލީހަށް ލާފަ ތިބި މީހުންގެ ވާޖިބު. އެ ގަރާރާމެދު ބަހުސްކޮށް އެފާސް ކުރުން ނުވަތަާ ފާސް ނުކުރުން. މީގެން ރައީސް އަށް ވާނެ ދެރައެއް ނޯންނާނެ. ގަރާރާމެދު ގޮތެއް ނުނިންމުމަކީ، ގާނޫނު ހަދާ ބާރުގެ ޒިންމާ އެމީހުން އަދާ ނުކުރުން.

  12. ލީން

    މަޖްލީހުގެ މަސްއޫލިއްޔަތުގެ ތެރޭގަ ހިމެނޭކަމެއް ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާމެދު ގޮތެއް ނިންމުން. ކުއްލި ނުރައްކަލުގެ ހާލަތަށް 15 ދުވަސް ހަމަވީމަ، އަދިވެސް ކުއްލި ނުރައްކަލުގެ ހާލަތު އޮތްނަމަ، ރައީސުލްޖުމްހޫރިއްޔާއަށް، ކުއްލި ނުރައްކަލުގެ ހާލަތު އަލުން އިއުލާނު ކުރެވޭނެ. ކުއްލި ނުރައްކަލުގެ ހާލަތު ކަނޑައެޅުމުގެ ބާރު އޮތީ ގއ އިން ރައީސުލް ޖުމްހޫރިއްޔާއަށް ދީފަ. މިއީ ކުރީގެ ޕީޖީ. ނުވަތަ ކުރީގެ ރައީސުން، ނުވަތަ އިދިކޮޅު ސިޔާސީ ވަކީލުން ކަނޑައަޅަން ދީފަ އޮތް ހާލަތެއްނޫން. މިހާލަތު އެއީ ކުއްލި ނުރައްކާ ނޫންކަން ނިންމުމުގެ ބާރު އޮންނާނީ ގާނޫނު ހަދަ މަޖްލިހައް، މަޖްލީހުން ނިންމާ ނިންމުމާމެދު ހިތްހަމަ ނުޖެހޭނަމަ ދެން އެކަން ބެލޭނީ ސުޕްރީމް ކޯޓަށް. މިތަރުތީބަކީ، ވަރަށް ފުރިހަމަ ތަރުތީބެއް.. އެކަމަކު މައްސަލައަކީ، ޒިންމާއަދާކުރުމުގެ ބަދަލުގައި، ރައްޔިތުންނަށް ޖެއްސުން ކުރުމަކީ، މަޖްލިހުގެ ބައެއް ަމެންބަރުން.

  13. 9887

    އިދިކޮޅު މެންބަރުންގެ އެކަން އެކުރަނީ އެމީހުންނަކީ އިބިލީސްހެން އެމީހުންނަށް ސަޕޯޓުކުރާ މަދު ބައެއްގެ ސިކުނޑިއަށް ވަސްވާސްދޭ ބައެއް. ގާނޫނު އަސާސީވެސް ބޭނުން ގޮތަކަށް ތަރުޖަމާކޮށްލާނެ. ދެން އެމީހުންގެ މަދު ސަޕޯޓަރުންކޮޅު އެގަބޫލު ކޮށްލާނެ. މިހެންމިވަނީވެސް، މިމީހުންގެ ތެރޭގެ ގިނަވާނީ، ކަންކަންމަތީ ތިބޭ މުސްކުޅިންނާއި، ނުކިޔަވާ ތިބޭ ޒުވާނުންނާއި މެދު އުމުރުގެ ނުކިޔަވާ މީހުން. މިމީހުންގެ ސަޕޯޓަރުންގެ ގޮތުގައި ހޯދަނީވެސް، ޖާހިލުން. އަމިއްލަ ސިކުންޑިން ވިސްނޭވަރަށްވުރެ ފެންވަރު ދަށް މީހުން.

  14. 87ުިހފ

    މިހާރު މިގައުމުން މިފެންނަ މަންޒަރަކީ، ހައްގާ ބާތިލުގެ ދެބައި. އިދިކޮޅުގަ ތިބި ލީޑަޭރުންނާއި އިސްމީހުންގެ ކަމަކީ، ގާނޫނުތަކާއި، އިސްލާމް ދީން އެމީހުން ބޭނުަންގޮތަކަށް ތަރުޖަމާކޮށް އެމީހުންނާއެކު އުޅޭ އިލްމީގޮތުން ކަންފުޅެއް ނެތް މީހުނާއި، މުސްކުޅި އަންހެންވެރިންނާއި، ކަންކަންމަތީ ރާޒުވާކުޅޭ މީހުންގެ ބޮލަށް އެރިގެން އެމީހުން ބޭނުންގޮތަކަށް މިމީހުންގެ ސިކުންޑިތަކާ ކުޅުން. ވެރިމީހާ މިކުރާ ކަމަކީ، ދީނީ ކަންކަމުގެ ތެރެއިން ދިެވެހިން އެއްވެސް ހުރުމަތްތެރިކަމެއް ނުބަހައްޓާ ކަންކަން ހަނދާން ކޮށްދިނުމާއި، ގަައުމުގެ މިނިވަންކަން ހިމާޔަތް ކުރުމާއި، ގާފިލު ކަމުގެ ނިދިން ނިދާފައިވާ ދިވެހިނގެ މަދު މީހުން ކޮޅު އަނބުރާ ގައުމު ދެކެލޯބިވާ އިސްލާމްދީނުގެ އުސޫލުތައް ގަބޫލުކުރާ ބަޔަކަސް ހެދުން.

  15. ޑާޑާޑާޑާ

    ނިހާނު ބުނާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްވާނީ 43 މެމްބަރުންގެ ހާޒިރުގައި ވާ ޖަލްސާ އެއް ކަމަށް ނިހާނު މެންނަށް ހީކުރެވުނަސް އެކަން އެގޮތަށް ނުވާނެއޭ ގާނޫނު އަސާސީ ތަރުޖަމާ ނުކުރެވޭނެއޭ އެންމެ މާއްދާ އަކަށް ބަލައިގެން އެއީ ވާނެ ކަމެއް ނޫނޭ ސަބަބަކީ ގާނޫނު އަސާސީގައި އެންމެ ބާރު ގަދަ މާއްދާ އަކީ އެފޮތުގެ 6 ވަނަ މާއްދާއޭ އެ މާއްދާގައި ވާ ގޮތުން ވެރިކަން ހިންގުމުގެ ބާރު ލިބިގެން ވަނީ ރައީސުލް ޖުމްހޫރިއްޔާ އަށޭ އެކަމަކު މަޖްލީހުގެ މެމްބަރުން ވެރިކަން ހިންގަން އުޅޭހެން ވަރަށް ބޮޑަށް ހީވާ ގޮތަށޭ ނިހާނުގެ ވާހަކަ ހުރީ ގާނޫނު އަސާސީގެ ވަކި މާއްދާއަކަށް ހަވާލާދީގެން 43 މެމްބަރުންގެ ހާޒިރުގައި ނުޖެހޭނެއޭ ރައީސުލްޖުމްހޫރިއްޔާ ވެރިކަން ހިންގަން ބޭނުންވާ ގޮތެއް އެއަދަދަށް މެމްބަރުން ތިބި ޖަލްސާ އަކުން ނިންމަން. އައި ކާންޓް ޓޭކް ދިސް ގަންޖާބޯ ދަ ބަތާހަރާމީ ދަ ހަރާމްކޯރު ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑީޑަޑަޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާ ޑާޑާ ޑާޑާ..

  16. ބަންދުބޯޑު

    މިޤައުމުގައި އެންމެ އެއްބަސްވާ އަދި އެއަށް އެއްގޮތަކަށް ތަބާވާ ޤާނޫނު އަސާސީއެއް އެބައޮތްތަ؟ ނެތް. އަބޫޖަހުލުގެ ޒަމާނަށްވުރެވެސް ހާލަތު ގޯހޭބުނެވޭނީ.

  17. ހަސަން

    ކަލޭމެން ކުދިން ކުރާކިމެންޓަކީ ފޫނެތް ފަޔަށް ފެންފުރުން . ރައީސް ހޮވަން ވޯޓުލާހާލަތަކީ ހަަމައެކަނި ރައްޔިތުންގެ ފުރުސަތަކީ. ބަޔަކު ގަޅިހައްދައިގެން މަގުމައްޗަށް ކުރިންވެސް ނެރުނު. ކަރުން ހަންގޮސް ހަފްތާއެއް ވަންދެން ހޫނު ފެން ބޮއެގެން އަނގައިން ބުނެވުނު އިރުވެސް ދިޔަ. އެކަމަކު ރައީސް އަކު އިސްތއުފާ ދޭކަށްނުޖެހޭނެ. މަޖްލީހަށް ގާނޫނު އަސާސީން ދީފަ އޮތް ބާރެއް އެއީ. ވ.ސަލާމް ގަޅުކުދިން ކޮޅަށް

  18. ދދ

    ޕީޕީއެްމްގެ މެމްބަރުންގެ ތާއީދާއެކު ކުއްލި
    ނުރައްކަލުގެ ގަރާރު ފާސްކުރުމަށް ގޮވާލަމެވެ
    އިދިކޮޅު މެމްބާރުން ތަޅުމަށް ހާޒިރު ނުވުމަކީ
    ގަރާރު ޞައްޙަ ނުވާންވީ ސަބަބެއް ނޫނެވެ
    ތަޅުމަށް ހާޒިރުނުވާ އިސްތިއުފާ ދެއްވަން ޖެހޭނެވެ އެބޭފުޅުންނަށް މުސާރަ އާއި އިނާޔަތްތައް ދައުލަތުންނަންގަވާއިރު އެބޭފުޅުންނާ
    ހަވާލްކުރެވިފައިވާ ޒިއްމާއިން ބަރީއަ ނުވެވޭޔނެ
    އެވެ އެހެންނުންނަމަ މިހާރުން މިހާރަށް މަގާމުން
    އިސްތިއުފާ ދެއްވަން ޖެހެއެވެ

  19. މސ

    ޕީޕީއެްގެ ތާއީދާއެކު ކުއްލި ނުރައްކަލުގެ ގާރާރު
    ތަޅުމުން ފާސްކުރުމަށް ގޮވާލަން އިދިކޮޅު މެމްބަރުން ގަރާރަށް ދެކޮޅު ހެދުމުގެ ބޭނުމުގައި
    ގަސްތުގައި ތަޅުމަށް ހާޒިރު ނުވުމަކީ ގަރާރު
    ސައްހަނުވާނެ ސަބަބެއްނޫނެވެ ގަރާރަށް ދެކޮޅު
    ހެދުމުގެގޮތުން ތަޅުމަށް ހާޒިނުވާ މެމްބަރުން
    އިސްތިއުފާ ދެއްވަންޖެހޭނެއެވެ އެބޭފުޅުން ދައުލަތުން މުސާރަ އާއި އިނާޔަތްތައް ނަންގަ
    ވައިގެން އެބޭފުޅުން ޒިއްމާ އަދާކުރެއްވުމަށް
    އުޒުރުވެރިފެފައިވާތީއެވެ