މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަކީ "ފަލަސްތީނަށް ދިމާވެފައި އޮތްފަދަ ކަމެއް" ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސޭން) މީގެ އަހަރެއް ކުރިން ރާއްޖެ ޓީވީއިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި ވިދާޅުވެފައެވެ. އެ ވާހަކައާއި ގުޅިގެންވެސް އާންމުންގެ ފާޑުކިޔުން އަމާޒުވާން ފެށުމުން އަނދުން ހުސޭން ވަނީ އެއީ އަތޮޅުތަކުގެ ރައްޔިތުންނަށް ކުޑައިމީސްކޮށް ވިދާޅުވި ބަހެއް ނޫން ކަމަށް ވިދާޅުވެ މާފަށް އެދިފައެވެ.

މާފަށް އެދުމަކީ އިސްލާމީ ރިވެތި އާދަކާދަތަކުގެ ތެރޭގައި ހިމެނޭ ސިފައެއް ކަމަށް ވާއިރު، މިވާހަކަތަކަށް އަހަރެއް ފުރި ކުޑަދުވަސްކޮޅެއް ވެފައި ވަނިކޮށް އަނދުން ހުސޭންނަށް އަނެއްކާވެސް ދެކެވުނު ވާހަކައަކުން މިވަނީ މާފަށް އެދެން ޖެހިފައެވެ. އެއް ކުށެއް ދެފަހަރަ ތަކުރާރު ވިއިރު މިފަހަރު މިވަނީ އާންމުންގެ ފާޑުކިޔުންތަކުގެ އިތުރުން ވަނަމެއްވެސް އޭނާއަށް ހަރުލާފާއެވެ. ސުޕަމޭން އަދި ބެޓްމޭން ކިޔާ އުސޫލުން މިފަހަރު އަނދުންވެސް މިވަނީ "މޭން" އަކަށެެވެ. ޕެޑާއި ގުޅިގެން އަންހެނުންގެ ކަރާމާތަށް އުނިކަމެއް އަންނަ ވާހަކައެެއް ދެއްކުމުން މިފަަހަރު އޭނާއަށް ހަރުލީ "ޕެޑްމޭން" ގެ ނަމެވެ.

މިހަފްތާގެ ހޯމަ ދުވަހު ކުރިޔަށް ދިޔަ މަޖިލީހުގެ ޖަލްސާގައި އަނދުން ހުސޭން ވަނީ ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އާދަމް ޝަރީފް އުމަރު މަޖިލީހަށް ވަޑައިގަންނަވަނީ ޕެޑް ޖައްސަވައިގެން ކަމަށް ވިދާޅުވެފައެވެ. އަދި އާދަމް ޝަރީފްއަށް ފާޑު ވިދާޅުވަމުން އޭނާ ވަނީ "ފަހަތުން ތެމިފަ، ލޭ ތެމިފަ" ހުންނަތަން ފެންނަ ކަމަށް ވިދާޅުވެފައެވެ.

އަނދުން ހުސޭން ސިޔާސީ ރައްދެއްގެ ގޮތުގައި "ޕެޑް" ބޭނުން ކުރެއްވުމުން، އެއީ އަންހެނުންނަށް ކުރި ފުރައްސާރައެއްގެ ގޮތުގައި ސިފަކޮށް މީސް މީޑިއާގައި ގިނަ ބަޔަކު ގެންދަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. އަދި މަޖިލީހުގެ ތަޅަމުގައި އަނދުން ހުސޭން ދައްކަވާފައި އެވަނީ ކަނބަލުންގެ ކަރާމަތަށާއި އަނބުރަށް އުނިކަމެއް އަންނާނެ ފަދަ ބޭއަދަބީ ވާހަކަތަކެއްކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ޕެޑާއި ގުޅޭ ގޮތުން މިފަހަރު ދެއްކުނު ވާހަކަތަކަށް އަނދުން ހުސޭން އިއްޔެ ވަނީ މާފަށްވެސް އެދިފައެވެ. މިފަހަރު އަދުން މާފަށް އެދިފައި ވަނީ އޭނާ އާއި ދެކޮޅަށް މުޒާހަރާ ކުރަން އަންހެނުންތަކެއް ތައްޔާރުވަމުން ދަނިކޮށެވެ. ނަމަވެސް މާފަށް އެދުމަކުން މިފަހަރު ރޯކުރި ހުޅުކޮޅު ނިވޭ ގޮތެއް ނުވިއެވެ. އެކަބަލުން ވިދާޅުވީ މާފަށް އެެދުމަކީ މުޒާހަރާ ނުކުރަންވީ ސަބަބެއް ނޫން ކަމަށެވެ.

މާއާފަށް އެދުނަސް އަނދުން ވިދާޅުވަނީ ސުލޫކާ ޚިލާފު ކަމެއް ނޫން ކަމަށް

މިވާހަކަތަކާއި ގުޅިގެން އަނދުން "ވަގުތު" އަށް ވިދާޅުވީ ސިޔާސީ ރަައްދެއްގެ ގޮތުގައި ޕެޑް އާއި ގުޅުވާގެން މަޖިލީހުގެ ތަޅަމުގައި ދެކެވުނު ވާހަކަތަކަކީ "މާ ބޮޑު" މައްސަލައެއް ކަމުގެ ގޮތުގައި ނުދެކޭ ކަމަށެވެ. އެއީ ފަހަރުގައި ކުޑަކުދިންނަށާއި ކަނބަލުންގެ ކަރާމަތަށް އުނިކަމެއް އަންނާނެ ފަދަ ކަމެއް ކަމުގައި ގަބޫލުކުރެވުނު ހިސާބުން ފެށިގެން އެކަމަށް މާފަށް އެދުނު ކަމުގައި ފާހަގަކުރެއްވިއެވެ.

މާފަށް އެދުމަށް އަނދުން ކުރެއްވި ޓްވީޓެއްގައި ވަނީ ކަނބަލުންނަށް ނިސްބަތްވާ ފަދަ ގޮތަކަށް ދެކެވުނު ވާހަކައަށް މާފަށް އެދޭކަމަށާއި އޭނާ ދެއްކި ވާހަކައަކީ ބަލައިގަނެވޭނެ ފަދަ ވާހަކައެއް ނޫންކަން އޭނާ ވެސް ގަބޫލުކުރާ ކަމަށެވެ. "އަޅުގަނޑު މިފަދަ ބަސްތަކަށް އިތުރަށް ސަމާލުވާނަން." އަނދުން ހުސެއިން ވިދާޅުވިއެވެ.

"އެއީކީ އެންމެންނަށް މާ ގޯސްވެދާނެ ވާހަކައަކަށް ނުވެދާނެ. އެކަމަކު ޕަބްލިކް މިންގަނޑަށް ބަލާއިރުގައި ބައެއް ޒުވާނުންނަށް އެކަމުގައި އެހެން މާނައެއް ނެންގެވޭނެ ކަހަލަ ގޮަތަކަށް ވުން އެކަށީގެންވޭ. އަނެއްހެން ބޮޑު އިޝޫއެއް އުޅޭ ކަމެއް ނޫން އެއީކީ. ދެން ޕަބްލިކުން އެ އިޝޫ ކަނބަލުންނަށް ރައްދުވާ ގޮތައް ނެންގެވުމުން އެޕޮލޮޖީއަކީ އެންމެ ބެސްޓް ގޮތް ކަމުގައި އަޅުގަނޑު ދެކުނީ" އަނދުން ވިދާޅުވިއެވެ.

އަނދުން ހުސައިން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މަޖިލީހުގެ ތަޅަމުގައި ވާހަކަދައްކަވާ އިރު މިހާރަށް ވުރެ ބޮޑަށް އެކަހަލަ ކަންކަމަށް ސަމާލުވެލައްވާނެ ކަމަށެވެ. ނަމަވެސް މި މައްސަލައިން ދިފާއުވުމަށް އޭނާ ވަނީ އިދިކޮޅުގެ ބައެއް ފަރާތްތަކުންވެސް މިފަދަ ވާހަކަތައް ދައްކާ ކަމަށް ވިދާޅުވެފައެވެ.

ޕެޑާއި ގުޅިގެން އަނދުން ދެއްކި ވާހަކައާއި ގުޅިގެން އޭނާގެ ސުލޫކީ މައްސަލައެއް ހުށަހަޅަން އެމްޑީއޭގެ ނައިބު ރައީސާ ޑރ.އައިޝަތު ރަފިއްޔާ ނިންމާފައިވެއެވެ. އެހެން ނަމަވެސް އެފަދަ ވާހަކައެއް މަޖިލީހުގައި ދެއްކުމަކީ ސުލޫކީ މައްސަލައެއް ކަމުގައި ގަބޫލުނުކުރައްވާ ކަމަށް އަނދުން ވިދާޅުވެއެވެ.

"އެއީ ސުލޫކީ ކަމެއް ނޫން، މަޖިލީހުގެ ކޮމިޓީއަކަށް ހުށަހަޅައިގެން ސުލޫކާ ގުޅޭ ގޮތުން ބެލޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" އަނދުން ހުސައިން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި، ވާދަވެރި ޕާޓީތަކުގެ ބޭފުޅުން ބައެއް ފަހަރު އެކަކު އަނެކަކަށް ރައްދު ދެއްވުމުގައި ވަރަށް ސީރިއަސް ތުހުމަތުތައް ކުރައްވައެވެ. މި ގޮތުން މަސްތުވާތަކެތި ބޭނުން ކުރުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، ރިޝްވަތާއި ޚިޔާނާތާއި، ގޭންގްތަކާ ގުޅުން އޮތުމާއި، އެއް ޖިއްސުން ގުޅުން ހިންގުން ފަދަ ސީރިއަސް ތުހުމަތުތައް ހިމެނެއެވެ.

އެކަމަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކުގެ ގާނޫނުގައިވާ ގޮތުން މަޖިލީހުގެ ތަޅުމުގައި ނުވަތަ ކޮމިޓީއެއްގައި މެންބަރަކު ދައްކަވާ ވާހަކައަކާ ގުޅިގެން އެ މެންބަރަކު ދައުލަތުގެ އިދާރާއަކަށް ހާޒިރު ކުރުމާއި ސުވާލު ކުރުމާއި އަދި އެ މެންބަރެއްގެ މައްޗަށް ފިޔަވަޅު އެޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

 1. ދަރަނި ދަންތުރަ

  ޕެޑުމޭންތަ އޭނަގެ ރައްޓެހިން ކިޔަނީ ތެޔޮބިނޑި ހުސެން ރީނދޫ ތަ ސަހަލުނުވާނެ

  85
 2. މައިނާ

  އުޑެއްބުޑެއް ނުދަންނަ މީހުން މަޖިލީހަށް ވެއްދީމަ ވާނީ މިހެން. ވަކަރުގޭ ދޮށުގަ ބޮޑުވެ ފުޅައްމައްޗަށްއަރާ ހޯއްގޮވާ ގިފިލިބެލި ގުރޫޕޭތީ. ދުވަހަކުވެސް ރަނގަޅެއްނުވާނެ. ކޮންމެފަހަރަކު މާފަށްއެދުނީމަ ނިމުނީ. މިފަހަރު މާފުދޭގޮތް ދައްކާނީ ދިވެހި ރައްޔިތުންގެ ވޯޓުން. އޯކޭ. ސާފުތޯ.....

  108
  1
 3. ޕެޑްހުސައިން

  ޕެޑްހުސައިން އަކީ ހަމައެކަނި އަދުންގޭގެ ވެށިން ދަރިވަރުވެ، އެގޭގައި ކިޔަވަންއުޅުނު ކުދިން ޕެޑްޖެހިޔަނުދީ ހިފެހެއްޓުމުގެ ޝައިތާނީ ފިކުރުގައި ގާފިލުވެފައިވާ ބޮޑާމީހެއް. މިކަހަލަ މީހުންގެ ކިބައިން ގައުމުސަލާމަތްވާނާޖެހޭ.

  81
 4. ބޯބުޅި

  ޕެޑްމޭންއަށް ވީގޮތަކީ، އާދަން ސަރީފު ވިދާޅުވިގޮތަށް ރޭގަނޑު ހަތަރުދަމު މާގަދައަށް ރާބޮވިފަ ހުރީމަ ކިޔޭނުކިޔޭ ނޭނގުނީ. ޕެޑޭއަށް ހަމަހޭވެރިކަން އައިއިރު މިއެނގުނީ މުޅިން ރޯނުބައި ވާހަކައެއްކަން ދެއްކިފައިހުރީ.

  87
 5. ހުސޭނުބޭ

  ފެޑްޖަހައިގެން އެތަނަށް އައިސް އިންނަނީ ވަރަށް ލަދުން

  45
  1
 6. ޢަހު

  ދުލުން ބުނެވޭ ބަސްތަކުން މީހާގެ އަގުވެއްޓިގެންދޭ

  83
 7. ކަންދަހާރު

  އެހެންނޫންހޭ ވާނީ މި މީސްމީހުން މީ ކާރުގަ ދަވާދުލާން ތެޅިތެޅިފަ ގޮސް މަޖުލިހަށް އިންތިޚާބުވި މީސްމީހުނޭ، މި މީހުންގެ ހުންނާނީ ކޮން ފެންވަރެއްހެއްޔޭ! އެނެއްކާ މި ޕެޑަކާ ހެދި، ކެލާ ދާއިރާގެ މެމްބަރާއި މި އަދުންހުސޭނާވެސް މީ މިހާރު ދެން ބޭންނަށް ވެފައި ތިބި މީސްމީހުނޭ!

  56
 8. ކޮވިޑް

  އެމް.ޑީ.ޕީ ޕެޑޭ ވީނު ވަޅި އާ ކަނޑި ހިފައިގެން މަގުމއްޗަށް ނުކުމެ ޖެހުނު މީހަކު މަރާފަ އަނެއް ދުވަހު ހޭވެރިކަން އައީމަ އެއީ ކުރުން ރަނގަޅު ކަމެކޭ ކިޔާފަ މާފަށް އެދެން. އެމް.ޑީ.ޕީ ގައި ހަމަ ސަހަލު މީހަކު ނެތީ އޭ ދޯ؟

  63
 9. ާއަނދުން ހުސެން

  މިއަދުންފެށިގެން އަޅުގަނޑުގެނަން ބަދަލް ކޮށްފީ މެވެ.ވުމާއެކު އަޅުގަޑުގެ ނަމަކީ މިހާރު ޕެޑް ހުސެން އެވެ.

  52
 10. ސިރިއަސް ސޭޓް

  އަނދުން ޕެޑް މޭން.ހެހެހެހެ

  53
 11. ބުރުގާ

  ތީ ވަރައް ވިޔާނުދާ ގޮތްކުޑަ މީހެއް. ކޮން އަނދުނެކޭ ކިޔާކައްތަ. ހަޔާއްކުޑަ. އެމްޑީޕީ މީހުނައް ކަމުދާނީވެސް މިކަހަލަ ފާޙިސު މީހުން. ހުސް ޝައިތާނުން.

  67
 12. ޢީސަ

  ފައްކާ ނަމެއް ހަހަހަ ޕެޑްމޭން!

  64
 13. ހަނި

  ރަގަޅު ވަނަމެތް ތިލިބުނީ ދެންވެސް އަގަ މަޑްލާގެން ހުރެވޭ ވެތޯ ބަލާށެވެ

  61
 14. ކުއިކީ

  ސުރުޙީ ފެނިފަ ހަމަ ހެވެނީ...އަމިއްލަޔަށް ތިހޯދީ ސަޅި ނޭމް ޓެގެއް.

  68
 15. މުސްތޮ

  އެއްމެ ފަހުން އަދުންހުސޭނު މޭން އަކަށް ވީ ދޯ؟

  22
 16. ވާނުވާ

  ޕެޑްމޭން ހެދުނީ އަމަލުވެ ހުރެ. އަމަލު ފިލީމާ މާފަށް އެދުނީ

  23
 17. އައްލާބެ

  މިހާރު ގެ ނަމަކީ ތެޔޮބިޑި ޕެޑް ހުސެން އެވެ.

  23
 18. އާދަނު

  ޕެޑްމޭން. ޕެޑްމޭން.

  21
 19. ސ

  ދުލުން ބޭރު ކުރާ ކޮންމެ ބަހަކަށް ތިމާ ޒިންމާ ވާން ޖެހޭ ކަމުގެ ވަރަށް ބޮޑު މިސާލެއް. އެންމެންނަށް ލިބުނު ވަރަށް ބޮޑު ފިލާވަޅެއް.
  މިފަދަ މީހުން އެކަށީގެންނުވާ މަގާމު ތަކަށް ނުހޮވުމަށް ރައްޔިތުންނަށް ލިބިފައިވާ ބާރުގެ ބޭނުން ހިފުން މުހިންމު.

  22
 20. ޖަމަލު ފޮޑި

  ޕެޑް މޭން އަދި ތެޔޮ ބިޑި މޭން....

  21
 21. މަނިއްޕުޅު

  މިފަދަކަންކަމުން އެނގިހާމަވަނީ މިކަހަލަ އަޑުގަދަކުރާ މީހުންނަކީ ތާކުންތާކުނުޖެހޭ ވިސްނުންކޮށި ޖާހިލުބައެއްކަން. އެއްބަޔަކު ކުރެޔޯ ކިޔާފަ ތިމާވެސް ކުރަން ދިމާކުރާއިރު ލަދުގަންނަންޖެހޭ ތިމާ އަކީ ބޯހަމަނުޖެހޭ މީހެއްކަން ރައްޔިތުންނަށް ތިޔަ ހާމަކޮށްދެނީ. ބަޔަކު ކޮށްފީޔާ ރައްޔިތުންގައިގާ ހުޅުވެސް ޖަހަން އޭނަ ތައްޔާރަށްހުރިކަން ސާބިތުކޮށްދެނީ. "އަނދުންޕެޑް"

  17
 22. ޖުހާ

  ތީ އައްޒައްތެރި ޕެޑްމޭން......މަގުމަތިންފެނުނަސް ގޮވާނީ ޕެޑްމޭން ކިޔަފަ...ހަހަހަ

  11
 23. އަޒް

  މިކަހަލަ ނާގާބިލްމީހުން މަޖްލިސްއިން ބޭރުކުރޭ. ދިވެހި ހުރިހާ އަނހެންުން މީނަޔާ ދެކޮއްޅައްނިކުންނަންވީ

 24. އަލް-އިބިލީސް އަންނި

  މީނާ އަށް ކިޔާނެ ނަމަކީ އަނދުން ޕެޑު

  10
 25. ނަސީދު

  ސަޅިނަމެއް ތިދިނީ ދެން މަ ގޮވާނީ ޕެޑްހުސެން ވަރައް ރަކިވާނެ ދޯ

  12
 26. ބިންގޯ

  މޮޔަ ގޮލައެއް. މަމޮޅު ހުސޭނު. މީނަހިތުން މީނަމީ މާމޮޅަށް ވާހަކަދައްކަން އެގޭމީހެއް. މީނައަށް ޕެޑް ހުސޭނު ކިޔަންވީ

 27. މަ

  ކޮމެންޓުކުރާ ބައެއް މީހުނޭ މަލާމާތް ކުރުން އެއީ ފާފަ

  3
  2
 28. Happy

  މީސްތަކުންނޭ ދޫ ރައްކާތެރިކުރޭ!!!

 29. އަދުން ހުސެއިން-ޕެޑޭ

  މަށަށްރަގަޅީ ޕެޑޭ ކީއްޔާ. އޭތި ސަޅިއޭ