އެމްޑީޕީގެ ތޮށިގަނޑު އެތެރޭގައި ހިނގަމުން ދިޔަ "ފިނި ހަނގުރާމަ" ރަސްމީކޮށް އިއުލާން ކޮށްފިއެވެ. އާ ގާނޫނީ އޮނިގަނޑުތަކާއި ގާނޫނު އަސާސީއާއި ގާނޫނުތަކަށް ގިނަ އިސްލާހުތައް ގެންނަން ޖެހޭ ކަމުގައި ބުނެ އެމްޑީޕީއިން ހާމަކުރަން ދިޔަ "އެޖެންޑާ-19" ގެ އެންމެ ބޮޑު ގާނޫނީ އޮނިގަނޑެވެ. މިއީ އަންނާނެ ދަނޑިވަޅެއް ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަމުންދާތާ ދުވަސްތަކެއް ވެސް ވެއްޖެއެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސް މުޙައްމަދު ނަޝީދު އެ ވަނީ އެމްޑީޕީގެ ދެވަނަ ސަރުކާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްއަށް އެ މެސެޖް ފޮނުއްވައިފައެވެ. ހާމަވެގެން އައި މެސެޖްގައި ވަނީ "ނިޒާމީ" ބަހުސަކަށް ވުރެ ބޮޑަށް "ޒާތީ" ބަހުސެކެވެ. ޤާނޫނީ ހަމައެއް ވެސް އޮނިގަނޑުގައި ނެތީއެވެ.

ފުރަތަމަ ޤާނޫނު އަސާސީ އުވާލަން ޤާނޫނު އަސާސީގެ ފޮތް ވީދާލި ގޮތަށް މިހާރު އަމަލު ކުރަމުންދާ ފެހި ޤާނޫނު އަސާސީ "ގަނޑުކޮށް" ވީދައި ކުދިކުދި ކޮށްލައިގެން ދައުލަތް ހިންގަންވީ ކަމާ މެދުގެ ބަހުސެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގައި މިހާރު ހުންނެވި ނަޝީދުގެ މެސެޖް ސާފެވެ. އެއް ހުށަހެޅުއްވުމަކީ ސަރުކާރު އުވާލާށެވެ. ރައީސް ސޯލިހްއަށް ސަރުކާރު ނުހިންގެއެވެ. ދެވަނަ ހުށަހެޅުއްވުމަކީ ބޮޑުވަޒީރު ކަން ނަޝީދަށް ދެއްވުމެވެ. ވެރިކަން ކުރައްވައިގެން ނަތީޖާ ނެރެވޭނީ ނަޝީދަށް ކަމުގައެވެ. ތިންވަނަ ހުށަހެޅުއްވުމަކީ މަޖިލިހުން ސަރުކާރު ހިންގުމަށެވެ. ރިޔާސީ ނިޒާމުން ކަމެއް ނުވާނެ ކަމެވެ.

މައްސަލައެއް ވެސް ނެތެވެ؛ އެކަމަކު އެ ކަން ނިންމަވަން ގ.ކެނެރީގެ މުޙައްމަދު ނަޝީދަކީ ކޮން ބޭފުޅެއް ހެއްޔެވެ؟ އަދި މަޝްވަރާއަށް ދައުވަތު ދެއްވި ރައްޔިތުން އިންތިޚާބު ކުރައްވާފައިވާ ރައީސުލްޖުމްހޫރިއްޔާ، ޅ.ހިންނަވަރު ނޫރާނީއާގެ އިބްރާޙީމް މުޙައްމަދު ޞާލިޙްއަށް ވެސް ރައްޔިތުންގެ ނިންމުމުގެ މައްޗަށް އަމިއްލަފުޅު ނިންމުމެއް ގެނެވޭ ހެއްޔެވެ؟ ދެމެދުގައި އޮތް ބާރުވެރިކަމުގެ ވާދައިގައި "ޤާނޫނު އަސާސީ" ވިދާލެވޭ ހެއްޔެވެ؟

ނަޝީދުގެ ސިޔާސީ މަސައްކަތް؛ މުޅި ރޭވުން ބަރުލާމަނީ ނިޒާމަށް!

2018 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ވާދަ ނުކުރެވޭ ގޮތް ވުމުން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ކަނޑައެޅުއްވީ އެމަނިކުފާނުގެ ވެސް އެންމެ އަރިސް އިބްރާޙީމް މުޙައްމަދު ޞާލިޙްއަށެވެ. ރައީސް ޞާލިހްގެ ވެސް އެއްބާރުލުމާއި މަސައްކަތްޕުޅާ އެކީ 2019 ގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއިން ސުޕަ މެޖޯރިޓީ ހޯއްދައިގެން އާ މަޖިިލިސް އެކުލަވާލިއިރު އެ މަޖިލީހުގައި ނަޝީދު ހިމެނިވަޑައިގެންނެވިއެވެ.

ނަޝީދަށް އެނގިވަޑައިގަންނަވައެވެ؛ ސިޔާސީ ބާރެއް ނެތި ރައީސް މައުމޫން ފަދައިން ހުންނަވައިފިނަމަ އާ ލީޑަރު ބާރުވެރިކަމުގެ ވާދަ ކާމިޔާބު ކުރައްވާނެ ކަމެވެ. އެހެންވެ ރޭވުންތެރިކަމާ އެކު މަޖިލީހަށް ވަޑައިގަތީއެވެ. މާ ބޮޑު ރޭވުންތެރިކަމެއްގެ ތެރެއިން މަޖިލީހުގެ ރިޔާސަތަށް ވެސް ވަޑައިގަތީއެވެ. ޖުޑީޝަރީއަށް ބާރު ފޯރުވޭނެހެން ޖޭއެސްސީއަށް ވެސް ވަޑައިގަނެވުނީއެވެ. އެހެންވިޔަސް މޮޅުވި ކަމުގައި ޤަބޫލެއް ނުކުރެވުނެވެ.

ނަޝީދުގެ ސިޔާސީ ޙަޔާތްޕުޅު ވަރަށް ކާމިޔާބެވެ؛ ބުރަ މަސައްކަތްޕުޅުން ގިނަ ސިޔާސީ ޕާޓީ ހިމެނޭ ނިޒާމެއް ގެނެވުނެވެ. ދެކެމުން އައި ބޮޑު ސިޔާސީ ޕާޓީގެ ހުވަފެން ޙަޤީޤަތަކަށް ހައްދަވައި ޕާޓީ ވުޖޫދަށް ގެނައެވެ. އެ ޕާޓީގެ އިސް ލީޑަރަށް ވެވަޑައިގަތެވެ. އެތައް ހާސް ރައްޔިތުންގެ ތާއީދު ހޯއްދެވިއެވެ. ގިނަ ސިޔާސީ ޕާޓީ ހިމެނޭ ނިޒާމުގެ ދަށުން ފުރަތަމަ އިންތިޚާބީ ރައީސްއަށް ވެވަޑައިގަތެވެ. މަޖިލީހުގެ ރިޔާސަތަށް ވަޑައިގެންނެވި ފުރަތަމަ ކުރީގެ ރައީސްއެވެ.

އެކަމަކު ނަޝީދުގެ ހިތް ނުފުރެއެވެ؛ ޙާޞިލް ކުރައްވަން ބޭނުންފުޅުވި ލަނޑުދަނޑިތަކުގެ ތެރެއިން ހަމައެކަނި ޙާޞިލް ނުވެ އޮތް ލަނޑުދަނޑިއަށް މަސައްކަތް ފެށްޓެވީއެވެ. ސަރުކާރުގެ ވަޒީރުންނަށް މަސައްކަތް ނުކުރެވޭ ކަން ދައްކަވައި ވަޒީރުން މަޖިލީހަށް ވަޑައިގެން ދެއްވައި ޖަވާބަށް ފާޑުވިދާޅުވެއެވެ. ނުރުހުން ފާޅުކުރައްވައެވެ. މި ނިޒާމުގައި މި ގޮތަށް ދައުލަތް ނުހިނގޭ ކަމަށް ދައްކަވަން ކުރެވެން އޮތް ކަމެއް ކުރެއްވިއެވެ.

"މަޖިލީހަށް ހުރިހާ ބާރެއް މިހާރު ވެސް ޖަމާކޮށްފި، މަޖިލީހުން ނުވަންނަ މައްސަލައެއް ނެތް، ތަޙުޤީޤީ އިދާރާއަކަށް ބަދަލުވެފަ އޮތީ، ވަޒީރުން ވެސް އުޅުއްވަނީ އަބަދު އަބަދު މަޖިލީހުގަ، ކުންފުނިތަކުގެ ވެރިން އަބަދު އަބަދު އެ ތަނުގަ، ބަރުލަމާނީ ނިޒާމެއް ފަންކްޝަން ކުރާ ގޮތަށް ހުރިހާ ޕްރޮސެސްއެއް މި ހިނގަނީ، ބޮޑަށް ދޭން ބޭނުން ވަނީ ވެސް އެ މެސެޖް، މި ގޮތަށޭ މި ކަން ވާން އޮތީ،" ސިޔާސީ މަަސްރަހް ދިރާސާކުރާ މީހަކު ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: މަޖިލީސް

ބަރުލަމާނީ ނިޒާމަކުން ހިންގަން އަލުން މަޖިލިސް އެކުލާވަލަން ޖެހޭނެ

ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތް ސާފެވެ. ވަކާލާތު ކުރައްވާ ހަމަ ސާފެވެ؛ އެއީ ދިވެހި ދައުލަތް ހިންގޭނީ ބަރުލަމާނީ ނިޒާމަކުން ކަމެވެ. އެހެން ވިޔަސް ރައީސް ނަޝީދުގެ ހުށަހެޅުއްވުމަކީ ޤާނޫނީ ބުރަދަނެއް އޮތް ހުށަހެޅުއްވުމެއް ކަމަށް ބެލެވެން ނެތެވެ. ނަޝީދުގެ މެސެޖް އާންމުންނަށް ތިލަވުމާއެކު އާންމުންނަށް ވުރެ ކުރިން މީސް މީޑިއާގައި މި ހުށަހެޅުއްވުމަށް ފާޑުވިދާޅުވަމުން ގެންދެވީ ވެސް އެމްޑީޕީގެ އިސް ބޭފުޅުންނެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އިބްރާޙީމް އިސްމާޢީލް ވިދާޅުވާ ގޮތުގައި އެއީ ޤާނޫނީ ހަމައެއް އޮތް ގޮތެއް ނޫނެވެ. ޑިމޮކްރެޓިކް ހަމައެއް ވެސް ނެތެވެ. މިހާރު މި އޮތް ރައްޔިތުންގެ މަޖިލިސް ރައްޔިތުން އިންތިޚާބު ކުރީ ރިޔާސީ ނިޒާމެއްގައި ހިންގާ ޤާނޫނު ހަދާ މަޖިލީހެއްގެ ގޮތުގައެވެ. ކޮންމެ ރައްޔިތަކު ވެސް ވޯޓް ދިނީ އެ ގޮތަށެވެ. އެއިން ބޭފުޅަކު ވަޒީރަކަށް ގެންނެވުމުގެ ގޮތުންނާއި ބޮޑު ވަޒީރަކު އެއިން ބޭފުޅެއްގެ ތެރެއިން ގެންނެވުމަށް ވޯޓް ނުދޭ ކަމަށެވެ.

"އަޅުގަނޑު މަޖިލިސް މެންބަރަކަށް އިންތިޚާބު ކުރަން އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދިނީ މިހާރު އޮތް ރިޔާސީ ނިޒާމުގައި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ބައިންދަން، ބޮޑުވަޒީރަކަށް ހަދާކަށް ނޫން، އެހެން ނިޒާމެއްގައި މަޖިލިސް ހިންގަންޏާ މަޖިލިސް ޖެހޭނީ އަލުން ހޮވަން، އާ މަޖިލީހެއް ހޮވަން،" އިބްރާ ކުރެއްވި ޓްވީޓްތަކުގައި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރެއްވިއެވެ.

މީގެ ކުރިން މަޖިލީހުގެ ރައީސްއަށް އާންމުންނަށް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ރައީސް ނަޝީދު ވެސް ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރާނަމަ ގެންދަން ޖެހޭ އުސޫލުތަކެއް ފާހަގަކުރައްވައިފައެވެ. ފުރަތަމަ އެމަނިކުފާނު ވިދާޅުވަނީ އެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އަޣުލަބިއްޔަތު ލިބެން ޖެހެއެވެ. އަދި ރައީސްގެ ރުހުން ވެސް ލިބެން ޖެހެއެވެ. އަދި އާ ނިޒާމުގައި ހިންގާ ސަރުކާރު އިންތިޚާބު ކުރަން ޖެހޭނީ ކަމުގައެވެ.

އިތުރަށް ވިދާޅުވިއެވެ؛ ނިޒާމު ކަނޑައެޅުމުގެ މަސައްކަތަށް ވުރެ މާ މުޙިއްމު މަސައްކަތްތައް އޮތް ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ ނިންމުމެއް ބަދަލު ކުރެވޭނީ ރައްޔިތުންނަށް!

ރިޔާސީ ނިޒާމެއްގައި ދިވެހި ދައުލަތް ހިންގުމަކީ ދިވެހި ރައްޔިތުންގެ ނިންމުމެކެވެ. އެ ނިންމުން ރައްޔިތުން އިންތިޚާބު ކުރާ މަޖިލީހަށް އުވައިލެވިގެން ނުވާނެއެވެ. ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އިންތިޚާބު ކުރެއްވީ ރައްޔިތުންނެވެ. އެމަނިކުފާނު ސަރުކާރު އުވާލުމަކީ އެމަނިކުފާނު މަޤާމުން އިސްތިއުފާ ދެއްވުމެވެ. ރައްޔިތުންގެ އިންތިޚާބީ ރައީސްއަކީ ދެން ނައިބު ރައީސްއެވެ. އެ ގޮތުގެ މަތިން ނޫނީ ކުރިއަށް ދިއުމަކީ ޤާނޫނު އަސާސީއާ ޚިލާފް ވުމެވެ.

ރައީސް ނަޝީދު ވެސް މީގެ ކުރިން ވިދާޅުވެފައިވެއެވެ؛ އެމަނިކުފާނު އަބަދުވެސް ދެކެވަޑައިގަންނަވާ ގޮތުގައި ދައުލަތް އެންމެ ރަނގަޅު ގޮތުގައި ހިންގޭނީ ބަރުލަމާނީ ނިޒާމަކުންނެވެ. އެކަމަކު އެ ކަން ކަނޑައަޅަން ޖެހޭނީ ރައްޔިތުން ކަމުގައެވެ. ދާދި ފަހުން އާންމުން އަމާޒު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވެސް ނަޝީދު ވިދާޅުވީ މިފަދައިންނެވެ.

"ބަރުލަމާނީ ނިޒާމް އަޅުގަނޑުމެންގެ ތެރެއަށް ތައާރަފްވެގެން އަންނަ ޖެހޭނީ އަޅުގަނޑުމެންގެ ޕާޓީގެ އެކި އެކި ގޮފިތަކުގައި ވެސް މަޝްވަރާ ކުރެވި ޕާޓީގެ ކޮންގްރެސްގައި ވެސް، ގުނަވަންތަކުގައި ވެސް މަޝްވަރާ ކުރެވި، އަދި ރައްޔިތުންގެ މަޖިލީހަށް އައިސް، މެންބަރުން ބަހުސް ކުރެވި، އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގިގެން، މިއީ ވަރަށް ދިގު މަސައްކަތެއް،" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ދިވެހި ރައްޔިތުންގެ މައްޗަށް ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރާނަމަ ދެން ވެސް ބަދަލު ކުރާނީ ދިވެހި ރައްޔިތުންނެވެ. ދިވެހި ރައްޔިތުންގެ ވޯޓަކުން ވެރިކަން ކުރުމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަން ކަނޑަނާޅައި ޤާނޫނު އަސާސީއަށް އެ އިސްލާހެއް ނުވެސް ގެނެވޭނެއެވެ. ރައީސް ނަޝީދު ވެސް މި ވަނީ މި ކަމަށް ކުރިން އެއްބަސްވެވަޑައިގެންފައެވެ.

ސިޔާސީ ކޯޅުން ހުއްޓާލާފައި ދެ ލީޑަރުން ތިއްބަވައިގެން ދިވެހި ރައްޔިތުންނަށް "ތާހިރު ދިރިއުޅުމެއް" ދިނުމަށް ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހުން ދޭން ޖެހޭ ޚިދުމަތްތައް ދިނުމަށް އަވަސްވެ ގަތުން މާ ބުއްދިވެރިއެވެ. ރައީސް ނަޝީދު މިހާރު ފައި ނަންގަވާފައި މިވަނީ "ގަނޑުކޮށް" ގާނޫނު އަސާސީގެ މައި އަސާސްތަކާ ޚިލާފްވެވަޑައިގަތުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ކުށް

  "ފުރަތަމަ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއަށް ވެވަޑައިގަތެވެ." މި އީ މަލޫމާތުގެ ކުށެއްކަމަށް ވެދާނެ. ނޫނީ ގަސްދުގައި ވަގުތުން ކުރިކަމަކަށްވެސް ވެދާނެ އަންނިއަކީ ދިވެހިރާއްޖޭގެ ފުރަތަމަ އިންތިހާބީ ރައީސަށް ވާނެ ހަމަ އެއްވެސް ގޮތެއް ނެތް

  96
  1
  • Anonymous

   އިބްލީސް އަށް ބާރު ދިނީމަ ވާނެގޮތް މިހިރަގެންވަނީ. މީނާ މައިތިރިކުެަން ރައްޔިތުން ނުކުންނަންވެއްޖެ.

   60
   1
  • ޙައްގުބަސް

   ނަޝީދު މިއުޅެނީ ވަރަށް ބޮޑަށް ފެންވަރު އޮޅިގެން ! ރައްޔިތުން ނިންމަވާފައިވާ ނިޒާމު ބަދަލު ނުކުރެވޭނެ މަޖުލީހުގެ ރައީސާ ގައުމުގެ ރައީސަކަށް! އެނިޒާމު ބަދަލުކުރަން ބޭނުން ނަމަ، ރައްޔިތުންގެ ފެންނަ ނުފެން ވޯޓަކަށް ދާންޖެހޭނެ އަދި އަލުން މަޖިލީހުގެ އިންތިހާބުވެސް ބާއްވަން ޖެހޭނެ!! ސަބަބަކީ، މަޖިލީހަށް މިހާރު ހޮވާފައިތިބި މެމްބަރުންނަކީ، ރިޔާސީ ނިޒާމުގެ ތެރެއިން ހޮވާފައި ތިބި މެމްބަރު ކަމަށްވާތީ!!

   56
  • ބީރުމީހާ

   އަސްލު ބޭނުމަކީ މިދުވަސްކޮޅުގެ ވޯޓްވާހަކަ ދައްކަން ލަދުގަތީ އީސީ ޝަރީފު އިލެކްޝަނަށް ނުވެއްދީމާ ބޯ ގޮވީ

   17
 2. ވެރިން

  ހަތެތެސް ކަން ހަމަވެފަ ތި އޮތީ، އަހަރުމެނަށް އިގޭ ނަށިދޭ ކިޔާ މީހަކާ ހެދީކަން ސޯލިހުއަށް ގަ އުމު ނުހިންގެން އުޅެނީ

  84
  1
 3. ސަންފައްތަ

  މިއުޅެނީ ކޮންމެ ގޮތަކުންވެސް ވެރިކަމަށް އަންނަންވެގެން. އިހަށްދުވަހު ނިމުނު ވޯޓުން ކަށަވަރުވީ 2023 ގެ ރިޔާސީ އިންތިޚާބުގައި ކުރިމަތިލިޔަސް ކާމިޔާބު ނުވާނެކަން.

  52
 4. އަލިބެއްޔާ

  ސޯލިޙް މިކަމަށް އެއްބަސްވެ މާކުރިން ރޭވިފައޮތް ކަމެއް.. ދިވެހި ގައުމު ދެން ލަލަލާ.. ދެން ލަލަލާ..

  74
  3
 5. އަޙުމަދު

  ރާއްޖޭގެ ވެރިކަމުގެ ނިޒާމް ކަނޑައެޅީ ދިވެހިރައްޔިތުން އެހެންވީމާ މިހާރުގެ ނިޒާމް ކަމުނުދާ ކަމަށްވާނަމަ ކަމުދާ ނިޒާމަކީ ކޮބާތޯ އަހަންޖެހޭނީ ރައްޔިތުން ކުރެން، ރާއްޖޭގައި މިހާރު ވެރިކަން ކުރަމުންދާ ނިޒާމު ބަދަލު ކުރުމުގެ މަސްއޫލިއްޔަތު، ރައީސް ޞާލިޙު އަދި ރައީސް ނަޝީދު އާއިވެސް ޙަވާލެއް ނުކުރެއެވެ.އަދި ރައްޔިތުންގެ މަޖިހީހާއިވެސް ޙަވާކޮށްފައިނުވެއެވެ. ނިޒާމަށް ބަދަލު ގެނެވޭނީ ދިވެހިރައްޔިތުން ނަށް އެނޫން އެހެން ބަޔަކު އެކަން ކުރަން އުޅުމަކީ ރައްޔިތުން ދީފައި ނުވާ ބާރެއް ޙައްޤު ނޫން ގޮތުގައި ބޭނުން ކޮށްގެން ރައްޔިތުން އަޅުވެތި ކުރުން އެހެންކަމުން އެކަން ނުކުރުމަށް އިލްތިމާސް ކުރަން. ރައީސް ކަމާއި މަޖިލީހުގެ މެޖޯރިޓީ އާއި މަޖިލިސްގެ ރައީސް ކަން ލިބިގެން ދެ އަހަރު ބައިވިއިރު ރައްޔިތުން ބޭނުންވާ މިންވަރަށް ރައްޔިތުން ނަށް މި ސަރުކާރުން ކަމެއްކޮށް ނުދެވުނު ބަޔަކަށް ބޮޑުވަޒީރުކަން ދިނަސް ކޮށްދެވޭނެ ޚިދުމަތެއް އޮންނާނެ ކަމަށް ނުދެކެން، މީގެ ކުޑަ މިސާލެއް ޙިއްޞާކޮށްލާނަން، އެއީ ހުޅުމާލޭގައި ކުރީ ސަރުކާރުން ޢިމާރާތް ކުރައްވާ ވާފައިވާ7000ފުލެޓް ނިމިފައި ހުންނަތާ ދެ އަހަރު ފާއިތުވެ ދިޔަ ފަހުން އެތަން ލިބުނު މީހުން އެތަނަށް ވައްދަން މިސަރުކާރުން ނިންމީ އެތަނުގެ ދޮރާއި ދޮރުފަތް ނުލައި ފަންކާއި ބޮކި ހަރުނުކޮށް ނޫންތޯ، އެ ފުލެޓް ތަކުގައި ދިރި އުޅެނީ ދިވެހިރައްޔިތުން ނޫންތޯ ކުރީ ސަރުކާރުން ަައެމަސައްކަތް ނުކުރުމަކީ މިސަރުކާރުން އެކަން އެގޮތަށް ދޫކޮށްލަންޖެހޭ ކަމެއްތޯ ހެޔޮވެރިކަމާއި މުއްސަނދި ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް ނޫންތޯ ތިބޭފުޅުން ވެރިކަމާއި ޙަވާލުވީ، ރައީސް ޞާލިޙު ގެ ދަތުރު ޚަރަދަށް އެތައް މިލިއަން ޚަރަދު ކޮށް ބަދަލު ދިނުމުގެ ނަމުގައި ތިން ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެވުނު އިރު ރައްޔިތުންނަށްޓަކައި އެފުލެޓް ތަކުގައި ދޮރާއި ދޮރުފަތް ހަރުކޮށް ފަންކާއި ބޮކި ހަރުކޮށް ނުދެވުނު ބަޔަކު ވެރިކަމުގެ ބާރުތައް ދަމަހައްޓަން އިތުރަށް މަސައްކަތް ކުރުމުގެ އެއްވެސް ޙައްޤެއް އެބައޮތްތޯ ޖަވާބަކީ ނެތޭ ވޯޓުން ެެަެ އެވަނީ ވަރަށް ސާފުކޮށް ޖަވާބު ދީފައި ރައްޔިތުން. ވެރިކަމުގެ ނިޒާމާއި ކުޅެ ސަކަރާތް ނުޖެއްސެވުންއެދެން.

  10
 6. ހުސާމް

  ރައިސް އިބްރާހިމް މުހަމްމަދު ސޯލިހް އަށް ޖެހިވަޑައި ގަންނަވާނީ ނަސީދު އެދިލެއްވި ގޮތަކަށް ކަންތައްތަް ކުރަންވަން، ނޫނީ ޖެހިވަޑައި ގަންނަވާނީ ވެރިކަމުގަ ހުރިހާދުވަހަކު ކީރިތިކުރައްވާން!
  ބަސްނުވިކޭ އޮޑިއެއްގެ ދިރުބާކޮޅަށް އެރުނީމަ މިކަހަލަ ބައިވަރު ކަންތައްތައް ދިމާވާނެ

  36
  1
 7. ާޒުޥާނުން

  ސޯލިހު ގެނައީ މިމަކަރުވެރިކަމުގެ ތެރެއިން. ނަޝީދު ހަނދާން ނައްތާލަ ރައްޔިތުންގެ އަޑުނާހާ ނުވާނެ ކަމެއް މިޤައުމަކު. ާ. މީކަލޭގެ ްްްަްްްްްްަްްްްްަްްްްްްަްްްްަްްްްްްަްްްްްަްްްްްްަްޤައުމެއްނޫންވަކި
  ޢަހަރެމެންގެ ވެސް ޤައުމު .. އަހަރެމެންގެ މުސްތަޤުބަލ ފުނޑާލަންނޫޅެ. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ ދެބަންދިހާރު އަރާގެން. ކަލެޔަކަށްވެރިކަމެއްނުކުރެވޭނެ ?

  41
 8. ދޮންދީނާ

  ނަޝީދު ކަލޭ މާ ޗަރުކޭސް ދައްކަން އުޅޭނޭ ކަމެއްނެތް.
  އިހްލާސްތެރިކަމާއެކީ ގައުމު ހިންގައި ރައްޔިތުންނަށް މަންފާއާައި ނަފާ ވާނޭ ހެން ކޮންމެ ވެރިޔަކު ވެރިކަމުގައި ހުއްޓަސް އަމިއްލަ އެދުން އިސްނުކޮށް ގައުމު ހިންގަން އުޅެފިއްޔާވާނޭ ކަން ޔާަމީނު އެއޮތީ އަމަލުން ދައްކާފައި ކަން، މިހާރު އެއްމެ ތުއްތު ކުއްޖާވެސް ގަބޫލުކުރޭ.
  ކަލޭ ތިކުޅޭ ކުޅިވަރު ކުޅެން ، ދެން ދިވެހިން ގުނބޯހެއްދޭނޭކަން ހީވެސް ނުކުޜާތި. ދިވެހިން ތިބޭނީ ވ ކެެތްތެރިކަމާއިއެކު އަބަދުވެސް. ކިތަންމެ ބައިއބައި ކޮށް ފަސާދަކުރަން
  އުޅުނަސް، ވަގުތި ޖެހުނީމަ ފަޅައިގެންގޮސް، އެންމެނެް އެކީ އެއް ޖޯޝެއްގައި ނިކުންނާނެ.
  ***
  މިކަލޭގެ މިއީ ވ ހިތިކޮށް ނިމިގެންދާނެ މީހެ. އެމަންޒަރު ވ ސާފު!
  ކިހާ ބޮޑު ބލއ... އަތާ އަނގަޔާއި ދިމާނުވެ ބޭކަރުވެގެން މިދިޔައީ 2 އަހަރާއި ބައި.

  41
 9. ބޯހަލާކު

  ކަލޯ ފުރަތަމަ މަޖިލިސް އިންތިޚާބު ބާއްވަންވީ "ތިޔަ އިންޑިޔާ އެދޭ ބަރުލަމާނީ " ނިޒާމުގެ ދަށުން. މަޖިލިސް މެމްބަރުން ހޮވާފަ ތިތިބީ ރިޔާސީ ނިޒާމެއްގެ ދަށުން. ކަލޯ ބޭނުންވީމާ ބޭނުންހާ ކަމެއް ނުކުރެވޭނެ.އިބޫ ސޯލިހަށްވެސް ޖެހިފައި އޮތީ ކަލޭގެ ބލ.ވެރިކަން ނުކުރެވިގެން އިބޫ ލައްވާ ކޯލިޝަން ބޮލަށް ފައިން އަރަން އުޅުނަސް އިބޫއަށްމާ ބޮޑަށް ވިސްނޭ. ކަލޭ އެކަނި ކުރިމަތިލައިބަލަ. ތި ކިޔާ ކަލޭގެ ދީނީ ގައުމީ ފަލްސަފާދެކެ ލޯބިވާ އަސްލު އެމް.ޑީ.ޕީ ގޮވައިގެން.30000 ވޯޓު ނުލިބޭނެ.ޔަގީން ކަށަވަރު.އިބޫ ކޯލިޝަނާއެކު ނަގާނެ ބޮޑުތަނުން.އިބޫ ހަނު ނުހުންނަވާ އަންނި ސައިޒުކޮށްލަން އެބަޖެހޭ.މަޖިލީހުން މިހާރުވެސް ގައުމު މި ހިންގަނީ.ޚިދުމުހުތާރު އައްޕަ

  5
  1
 10. ގުލްބަކާ

  މިވާހަކަ މިހާ ކުއްލި އޮލަ ގޮތަކަށް ފެށިފައިވަނީ ލޯކަލްކައުންސިލް އިންތިޚާބުން އެމްޑީޕީއަށް ލިބުުނު ބޮޑު ނާކާމިޔާބީ އާއި ނަޝީދުގެ މަޤްބޫލްކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތީ، މިއީ ހަމަ ހުސް މީޑިޔާގެ ސްޓަންޓުތައް. މިއީ ބިދޭސީ ޕީއާރު ފާރމް ގެ ލަފާގެ މަތީން ކުރެވުނުކަމެއް. މެސެޖު ފޮނުވާ މެސެޖު ލީކުކޮށް މުޅި ހަފްތާގެ ހެޑްލައިން ހަދާލީ. އަނެއްކާވެސް ނަޝީދު މަޤްބޫލްވެ އެމްޑީޕީގެ ކޭކޭބީކޭ ލަވަތައް އަޑު އިވެން ފެށީ. މިއީ މޮޅެތި ޕީއާރު ސްޓަންޓުތަކަކީ.

 11. ނައިކް

  ކޮން ޤާނޫނު އަސާސީ ވީދުމެއް؟؟ އެއަށް ވެސް ބަދަލު ގެނެވޭހާ ބާރު އެބައޮތޭ އެކަންވެސް ކުރާނެ ކުރަން ޖެހުނީމަ އޯކޭ..

  2
  8
 12. ޑިމޮކުރަސީގެބަފައިބެ

  ފާޑު ފާޑުގެ މަގާމު ހަދައިގެން ވެރިކަން ދިގު ދެންމުމަކީވެސް އަނިޔާވެރި ޑިކްޓޭޓަރުން ކުރާ ކަމެއް ، ނިޒާމު ބަދަލު ކުރުމުގެ ތެރޭގައި މި މަގުން ކަން ހިނގަން ފަށައިފިއްޔާ ކިހިނެތް ވާނީ ، ނަޝީދު މި ޑިމޮކުރަސީގެ އައްޕަޔޯ އެކަމަކު ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ރައްޔިތުންގެ ވޯޓަކަށް ދާ ވާހަކައެއް ނުކިޔާ ، އެނގޭ ވިއްޔާ ރައްޔިތުންގެ ތާއީދެއް ނުލިބޭނެ ކަން

 13. ބަރު ބުރަ ބުރ*

  ކޮސް ނުގޮވާ މ... ޗަހެން ސޮނިބޭލެމުން ގައުމު ފުނޑާލަން ނުކުމެެ މާ ހަޔާތް ކެނޑިގެން
  ހޫރެންޏާާ މާކަ ރީއްޗެއް ނުވާޅޭ. މިގައުމު ދެކެ ލޯބިވާ އާބާދީ އަދިވެސް ވަރަށް ބޮޑު. ބިރަކާނުލާ ގައުމުގެ ދިފާއުގާ ބަރުލަމާނީއާ ދެކޮޅު. އިބޫ ގައުމު ހަލާކުތެރެއަށް ވައްޓާނުލާނެކަމަށް އުއްމީދުކުރަނީ.

 14. އަންނިގެއެދުން

  ބަރުލަމާނީ ނިޒާމުގައި ހުރިހާބާރެއް މަޖިލީހަށް! އެހެންކަމުން 3 ބާރުވަކިވެފައިވާ ނިޒާމެއް ދެނެއްނޯނާނެ، ބޭރުގެ ނުފޫޒުން މެމްނަރުންނަށް ރިޝްވަތުދީ ގަނެލުންވާނީ ފެންމެޓަޔަށް އެކަން ނުކުރެވިގެން ނަށީދު އުޅެނީ، ނަށީދަކީ ބޮދުވަޒީރު، މަޖުލީސް ރައިސް ، ޖޭއެސްސީގެ ރައީސް، ޕޮލިސް ކޮމިޝަންގެ ރައީސް. ނަށީދު މަގުމަތީގަވެސް ، ނަޝީދު އެލެކްޝަންތެރޭގަވެސް ، ނަޝިދު ބްލާބްލާ .. ނަޝީދަކީ ބޮޑް ޖޯކެއް. އެދުމުންފުރިފައިވާ

 15. ޑަބިޔާ

  އެމްޑީޕީގެ ތޮށިގަނޑު އެތެރޭގައި ހިނގަމުން ދިޔަ "ފިނި ހަނގުރާ މައެއްނޫން ނަސީދު އަކީ ވަރައް އަމިއްލަ އެދުން ބޮޑު މީހެއް އޭނަ ބޭނުން ވަނީ ކޮންމެ ގޮތަކަށް ވިޔަސް ވެރިކަން. ކަހީނު އެންގިގޮޔް

 16. ބަރުގޮނު

  އަމިއްލަ އެދުން ބޮޑުކަމުން ޤާނޫނެއް އުޞޫލެއް ހަމައެއްލަމައެް ނުވިސްނޭ މީހަކު ޤަވްމަށް ޚިދުމަތްކުރަން ބޭނުމޭ ބުނީމާ މިވާހަކަ ޤަބޫލުކުރާނީ ކާކު.؟ ތަނުގެ ވެރިކަން ކުރާ ނިޒާމް.. ރިޔާސީ އިންތިޚާބު ބާއްވަން ނުބާއްވަން... މަޖްލިސުން ސަރުކާރު ހިންގުން މިހިރިމިރީއަކީ ހިތަށް އެރިހާ ގޮތަކަށް ދެމީހަކު އެއްބަސްވެލާފައި ނިންމޭނެ ކަންކަމެއްނޫން. .... އަމިއްލަ އެދުމުގައި ލަދެއްހަޔާތެއް ނެތް.

 17. ޙހ

  ޢޭރުންނޫންތޯ ޢޭނަބޭނުންވާ ދީންތައް މިގައުމުގައި ފެތުރޭނީ . މެމްބަރުނތައްވެސް މޮޔައީ ނަސީދުއެއީ ދެންކާކު މީހުންސަޕޯޓްކޮށް މުޅިގައުމު އޭނަޔަށްދޭން.

 18. ބޭޗާރާ

  އެޖެންޑާ 19 ތަފާތުވާނެ. ތަފާތު މިދަނީ ފެންނަމުން. ޚުދުމުޚުތާރު ޑިކްޓޭޓަރެއް އުފަންވާތަން މިދަނީ ފެންނަމުން. ރަށްވެހި ފަތިސްވެ އިރުއަރާއިރު ބަޣާވާތެއްކޮށްގެން ޚުދުމުޚުތާރު ޑިކްޓޭޓަރަކު ވެރިކަމަށް އަންނަން އުޅޭ ކަމުގެ ނިޝާން މިދަނީ ފެންނަމުން. ބާޣީއެއްގެ ދަރިއެއްގެ ކިބައިގައި ބަޣާވާތްކުރުމުގެ ސިފަ ނެތިއެއް ނުދާނެ. އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ. ހިތިކަދޫވެލެއްގެ ބުޑަށް މާމުއި އެޅިޔަސް އެއިން ހިތްޗެއް ނުފިލާނެ. ބަޣާވާތްކުރުމާއި ޚުދުމުޚުތާރު ކަމާއި ލާދީނީ ކަމަކީ މި މީހުންގެ ކަށީގައި ހިފާފައިވާ ކަމެއް. ވެރިކަމާހެދި ބޫތުކައިގެން އުޅުމަކީ މި މީހުންގެ ކަށީގައި ހިފާފައި ހުރި ކަމެއް.

 19. ބުރާންތި

  ރާއްޖޭގައި އެނިޒާމް އޮވެއްޖެނަމަ ވެރި ކަމަށް އަންނަން ބޭނުންވާނީ 50 ވަރަ ކަށް ވޯޓް.. އެއީ 50 މެމްވަރުން ކޮށްމެ މީހަކަށް މިލިއަނެއް.
  މާނަޔަކީ 50 މިލިއަނުން މައްޗަންގޯޅި ރައްޔތުންގެ ތެރެއިން 2500 ރައްޔިތުން ބުނާ މީހަކަށް ވެރިކަމަށް އާދެވޭނެ ފޯމިއުލާ އެ ކޭ އެއީ.

 20. ޑެޑުއހފޯސް

  ރާއްޖޭގެ ސިފައިން އުޅެނީ އިންޑިޔާ ސިފައިންގެ ޚާދިމުން ގޮތުގަ ވަރަށް ޙަޤީޤީ ވާހަކައެއް މީ. ހަނިމާދޫ އިންޑިޔާ ސިފައިން ހިފައިފި.