ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަން ޖެހޭ، ކަންކަން ވަރަށް ސާފެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުގައި ކޮވިޑް ކޮންޓްރޯލް ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ ކޮވިޑް ޖެހިފައި ހުރެދާނެހެން ހީވާ މީހުން ވީއެންމެ އަވަހަށް ޓެސްޓް ކުރުމެވެ. ޑަބްލިއުއެޗްއޯ އިން ސިލްސިލާކޮށް ބާއްވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ.ޓެޑްރޯސް ތަކުރާރުކޮށް ވިދާޅުވާ ވާހަކަފުޅެއް އޮވެއެވެ. އެއީ "ޓެސްޓިން، ޓެސްޓިން، ޓެސްޓިން" އެވެ.
ކޮވިޑް ކޮންޓްރޯލް ކުރަން ޑަބްލިއުއެޗްއޯގެ ސިޔާސަތަކީ ޓެސްޓިން، ޓެސްޓިން، ޓެސްޓިން ކަމަށް ވީނަމަވެސް ފެންނަ މަންޒަރަށް ބަލާއިރު ދިވެހި ސަރުކާރުގެ ސިޔާސަތު މިއާއި ތަފާތެވެ. ދިވެހި ސަރުކާރުގެ ސިޔާސަތަކީ ވައްކަން، ވައްކަން، ވައްކަންހެން ހީވާ ދަރަޖައަށް ކަންތައްތައް މިވަނީ ގޮސްފައެވެ.
ވައްކަމަކީ މީހެއްގެ އަތުގައި ހުރި ފައިސާއެއް އޭނާ އަށް ނޭނގި ނެގުން އެކަންޏެއް ނޫނެވެ. ދައުލަތުގެ ބަޖެޓުން ކޮވިޑަށް ކުރި ހޭދަ 3.3 ބިލިއަން ރުފިޔާއަށް އަރާކަމަށް ސަރުކާރުން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ. އޭގެތެރެއިން ބޮޑު ހޭދައެއް ކޮށްފައި ވަނީ ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރަން ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް ސުވާލަކީ އެވަރުގެ ބޮޑެތި ހޭދަތަކެއް ކޮށްގެން ސަރުކާރުން ކުރި ކަމެއް ކޮބައި ހެއްޔެވެ.
މީގެ އެއްއަހަރު ކުރިން 16 މެއި 2020 ވަނަ ދުވަހުގެ ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮންމެ ކަމެއްގައި ވެސް ތެދު ނޫން އެއްޗެއް ވިދާޅުނުވާ އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ލައިވް ޓީވީގައި ވިދާޅުވީ އައިސީޔޫ 200 އެނދު ތައްޔާރު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ.
"ޓާގެޓަކީ ހަމަ 200 އައިސީޔޫ އެނދު ތައްޔާރުކުރުން. ފުލް ކެޕޭސިޓީއާ އެއްކޮށް މިކަމަށް ބޭނުންވާ ހުރިހާ އިކިއުޕްމެންޓަކާ އެކީގައި. އެކަން ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް އެބަދޭ" މަބްރޫކް ވިދާޅުވިއެވެ.
އޭގެ އެއްއަހަރާއި ހަދުވަސް ފަހުން މިލިޔުން ލިޔަމުން ދާއިރު މާލެ ސަރަހައްދުގައި ހުރި އައިސީޔޫ އެނދުގެ އަދަދު 30 އަށް ނާރައެވެ. މިހާރު ވެސް މާލެ ސަރަހައްދުގައި ހުރީ އޭރުވެސް ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ހުރި 16 އެނދެވެ. އިތުރު ކުރެވުނު އެނދަކީ ހަމައެކަނި ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް އިތުރު ކުރެވުނު އަށެއްކަ އައިސީޔޫ އެނދެވެ. ދެން އަތޮޅުތެރޭގެ އެކި ރަށްރަށުގައި ގާއިމުކުރި ކޮވިޑް ފެސިލިޓީތަކުގައި ހުރި ދިހަވަރަކަށް އައިސީޔޫ އެނދެވެ.
ކޮވިޑަށް ތައްޔާރުވާން ރާއްޖެއަށް ވަނީ ދުނިޔޭގެ އެހެން ގިނަ ގައުމުތަކަށް ނުލިބޭ ވަރަށް ވަގުތު ލިބިފައެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގެ ކޮވިޑް ހާލަތު ގޯސްވެ، އެތައް ބަޔަކު މަރުވާން މެދުވެރިވީ ހޮސްޕިޓަލްތަކުގެ ޖާގަތައް ފުރި، ފަރުވާ ދެވޭނެ ގޮތްތައް ހުސްވުމުންނެވެ.
ކޮވިޑަށް ތައްޔާރުވާން ރާއްޖެ އަށް ލިބުނު ދޮޅު އަހަރުގެ ތެރޭގައި ވެސް ހާލަތު އެންމެ ގޯސްވެދާނެ ވަގުތެއްގައި ދެން ކައްތައް ކުރާނެ ގޮތްތަކަކަށް ތައްޔާރުވެވިފައެއް ނެތެވެ. މިހާ ހިސާބުން މިނިސްޓަރު ނަސީމާއި މަބްރޫކް ވިދާޅުވާނީ ކޮވިޑަށް ތިހާ ފުރިހަމައަށް ތައްޔާރުވީ ކޮން ގައުމެއް ހެއްޔެވެ؟
ޗައިނާ އާއި ޓައިވާން ފަދަ ގައުމުތަކުގެ މިސާލު ކޮންމެހެން ދެއްކުމުގެ ބޭނުމެއް ވެސް ނެތެވެ. ރައްޔިތުންގެ ޝަކުވާ އަކީ ރާއްޖޭގެ ހާލަތު މިހާހިސާބަށް ގޮސް ދުވާލަކު އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު 300 އިން މައްޗަށް ހިނގައިދާނެ ކަމަށް ތަޖުރިބާކާރުން ބުނަމުން އަންނަތާ ދޮޅު އަހަރުވީއިރު އައިސީޔޫ އެނދުގެ އަދަދު 30 އަށް ނޭރުވުމުގެ ޒިންމާ މިއަދު އުފުލާނީ ކާކު ހެއްޔެވެ؟
ކޮވިޑް އަށް ކުރަން ޖެހޭ ޓެސްޓްތަކުގެ އަދަދު އިތުރު ކުރުމުގެ މުހިއްމުކަން ކޮންމެހެން އިތުރަށް ކިޔައިދޭކަށް ނުޖެހެއެވެ. ކޮންމެ އަތޮޅަކުން ވެސް ކޮވިޑަށް ޓެސްޓް ކުރެވޭ ވަސީލަތްތައް ގާއިމު ކުރުމުގެ ވާހަކަ މަބްރޫކް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދެއްކެވި ހަނދާން އަދި ދިވެހި ރައްޔިތުންގެ ހުންނާނެއެވެ. މިއަދު ރާއްޖޭގެ އެންމެ ބޮޑެތި ރަށްތައް ފުރަބަންދު ކުރަން ޖެހޭ ހިސާބަށް ގޮސް ކޮންމެ ދުވަހަކު އެތައް ބަޔަކު ކޮވިޑަށް ފައްސިވަމުން ދާއިރު އެންމެ ބޮޑެތި ރަށްތަކުން ދުވާލަކު 50 މީހުން ކޮވިޑަށް ޓެސްޓް ކުރެވޭނެ ވަސީލަތްތައް ވެސް ގާއިމު ކުރެވިފައި ނެތެވެ.
ކޮވިޑް އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ، ޓެސްޓް ކުރުމުގެ މުހިއްމުކަން އެންމެ ބޮޑުވިއިރު ދުވާލަކު ކުރެވޭ ކޮވިޑް ޓެސްޓްގެ އަދަދު 2000 އަށް ވެއްޓުމަކީ ލަދުވެތި ކަމެކެވެ. އެންމެ ގިނަ މީހުން ޓެސްޓް ކުރަން ޖެހުނު ވަގުތު މާލޭ މަގުމަތިން ވަކިތަރުތީބެއް ނެތި ސުންކު ނެގުން ވެސް ހުއްޓާލަން ޖެހުނީ މިހާލަތައް ތައްޔާރު ވެވިފައި ނެތުމުންނެވެ.
ކޮވިޑްގެ ތަފާތު ވޭރިއަންޓްތައް ފެންނަމުން ދާއިރު ރާއްޖޭގައި ވޭރިއަންޓްތައް ޓެސްޓް ކުރެވޭނެ ވަސީލަތްތަކެއް ވެސް ގާއިމު ކުރެވިފައެއް ނެތެވެ. އިނގިރޭސިވިލާތުގެ ވޭރިއަންޓް ރާއްޖެ އިން ފެނިއްޖެތޯ މީގެ ހައެއްކަ މަސް ކުރިން ނޫސްވެރިން ސުވާލު ކުރުމުން ވެސް ސަރުކާރުން ވިދާޅުވީ ޓެސްޓްތައް ހެދުމަށް ސުންކުތައް ފޮނުވާފައިވާ ކަމަށެވެ. އެއަށްވީގޮތެއް ފަހުން ނޭނގުނެވެ.
އޭގެ ފަހުން އިންޑިއާގެ ވޭރިއަންޓް ދުނިޔޭގެ އެކި ގައުމުތަކުން ފެނުމުން ވެސް ވިދާޅުވީ އިންޑިއާގެ ވޭރިއަންޓް ރާއްޖޭގައި އުޅޭތޯ ބަލަން ޓެސްޓްތައް ކުރުމަށް ސުންކު ރާއްޖެ އިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ. މިހާރު އެއަށް ވީގޮތެއް ވެސް ނޭނގެއެވެ.
ވޭރިއަންޓްތައް ދެނެގަނެވުނަސް ކުރެވޭނެ ކަމެއް ނެތް ކަމަށް އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ޑޮކްޓަރުން ވިދާޅުވިނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. ވޭރިއަންޓްތައް ދެނެގަނެވުމުން ކޮވިޑް ދެނެގަންނަން މިހާރު ކުރަމުންދާ ޓެސްޓްތަކުގެ އެކްރެސީ އަށް އަންނަ ބަދަލުތައް ވެސް އެނގިގެން ދާނެއެވެ. ދުނިޔޭގެ އެހެން ހުރިހާ ގައުމެއްގައި ވެސް ވޭރިއަންޓްތައް ދެނެގަންނަން ބޮޑު އިސްކަމެއް ދެމުން އެދަނީ ސަބަބުތަކެއް ހުރުމުންކަން ޔަގީނެވެ.
ދެން އޮތީ އެންމެ ގޯސް ހާލަތައް ސަރުކާރުން ވެފައިއޮތް ތައްޔާރެވެ. ފްލޯޓިން ހޮސްޕިޓަލް ގެންނަން ޖެހިއްޖެނަމަ އެކަން ކުރަން ވެސް ވާހަކަތައް ދައްކާ "ކަނޑާފައިވާ ފޮނި" އެހެރީ އާކައިވްތަކުން ފެންނާށެވެ. ފްލޯޓިން ހޮސްޕިޓަލްގެ ވާހަކަ ބާއްވާށެވެ. މިއަދު މިއުޅެނީ 300 ބަލި މީހުން އެޑްމިޓް ކުރަން ޖެހޭ ހާލަތު އައިއިރު އެވަރުގެ ޖާގައެއް ވެސް ގާއިމު ކުރެވިފައި ނެތިގެންނެވެ.
ރާއްޖޭގައި ހުރި ވަސީލަތްތައް މަދެވެ. ސިއްހީ ދާއިރާގެ ވަސީލަތްތަކާއި، އިންސާނީ ވަސީލަތްތައް ވެސް މަދެވެ. ނަމަވެސް ހުރި ވަސީލަތްތައް ވެސް ބޭނުން ކުރަން ނޭނގުމަކީ ސަރުކާރުގެ ނުކުޅެދުންތެރިކަން ނޫން ދެން އިތުރު އެއްޗެއް ނޫނެވެ. އެންމެ އާދައިގެ ކަންކަން ކަމަށްވާ ފޯން ކޯލަކަށް ޖަވާބު ދެވޭނެ ގާބިލްކަން އެޗްއީއޯސީގެ ކޯލް ސެންޓަރުގައި ނެތެވެ. އެހެންކަމުން ބަލި ބޮޑުވެގެން އެޑްމިޓް ކުރަން ޖެހޭ މީހުން އަވަހަށް އެޑްމިޓްކޮށް ފަރުވާ ދެވުމަށް ތައްޔާރުވެފައި އޮތްވަރު ދެން ވަޒަން ކޮށްލާށެވެ.
އަދިވެސް ރާއްޖެ މިބަލިމަޑުކަމުން އަރައިގަނެވެން އޮތް ހަމައެކަނި މަގަކީ ސަރުކާރުން ވައްކަމާއި، ދޮގު ހެދުން ހުއްޓާލައިގެންނެވެ. ކަންކަން މެނޭޖް ކުރުން ގާބިލް މީހުންނާއި ހަވާލު ކޮށްގެންނެވެ. އެހެން ނޫންނަމަ އިންޑިއާ، ބްރެޒިލް ފަދަ ގައުމުތަކުން ފެންނަ މަންޒަރުތައް ރާއްޖެ އިން ފެނުން އެއީ ދުރުކަމެއް ނޫނެވެ.
ވައްކަމާއި ދޮގު ހެދުން ދޫކޮށްލާށެވެ. ތެދު މައުލޫމާތު ފޯރުކޮށްދީ، ކަންކަން ހަމަހަމަގަށް އަޅުވާށެވެ.
ބަރާބަރު ލިޔުމެއް
ހައްގުންކަމަކާނުލާ ތެދުވެރި އިންސާނަކަށް ވަގަށްގޮވާ އަނިޔާވެރިވުމުން ދިވެހި ގައުމު 5 މާމުލުންގެ 5 ވަގަށް ﷲ ދެއްވީކަމަށް ވެދާނެނު. ﷲ ތައާޅަ އިމްސާނުންނަށް ދުނިޔެމަތީގައި އަޒާބު ދެއްވަނީ ތަފާތު ގޮތްގޮތުން. ދިވެހިންނަށް ތައުބާވުމަށް ލިބުނު ފުރުޞަތެއްގެ ގޮތުގައިވެސް ބަލިދާނެ. ރޢްޔިތުންނޭ ތައުބާވެ ހައްދުގެ ކުށްތޚުގައި މީހުންގެ ބޮލުގައި ތުހުމަތު ނާޅުވާ ތިބެން ދަސްކުރަންވީ. ހެކިނެތި ދައްކަން ހެޔޮވާވަރަާްވުރެ ބޮޑެތި ވާހަކަތަކެއް އެއީ..
ހެކި އެހުރީ ފެންނާން. ކޮބައިތޯ އެބުނާ 200 އައިސީޔޫ އެނދު. ފްލޯޓިންހޮސްޕިޓަލް. އެހިސާބަށް އަދިވެސް ބަލިމީހުންގެ އަދަދު ނުދަނީތޯ. ފޮރުވިގެންހުރެ ސަރުކާރު ދިފާއު ކުރަން ހަގިގަތާޚިލާފަށް ކޮމެންޓް ތިލިޔަނީވެސް ލިބޭފައިސާއެއްއޮންނާތީ. އެނޮނިމަސްގެ ކޮމެންޓްތަކަށް އަހަރެމެން ސަމާލުކަމެއް ނުދެން. އެކަން ލައިކް ތަކުން އެނގޭނެ.
އަޅުގަނޑުމިބުނީ ރައީސް ޔާމީނަށް ވަގަށްގޮވާ ޖަލަށްލީ ހެކިނެތި ވަގަށް ގޮވައިގެންނޭ. ކޯޓުގައިވެސް ފާސިގެއްގެ ހެކިބަސްނޫނީ ނުލިބުނު ވާހަކަ. އެފަދަ ކަންކަން މުސްލިމުންނަށްވެ ތިބެ ދިވެހިން ނުކުރާށޭ. ސަރުކާރު އެއީ 5 މާމުލުންގެ 5 ވަގޭ މިބުނީ.
ބޮޑެތި އޮޅުވާލުންތައް އޮޅުވާލާ ދޮގުހަދަނީ ރައްޔިތުންނަށް! އިންޑިޔާ ވޭރިއަންޓް ރާއްޖޭގައި އުޅޭތާ އެތައްދުވަހެއްވީއިރުވެސް މިކަންވެސް ދައުލަތުން ހާމަނުކުރޭ!! މިކިޔާ ކަޅުވޭރިއަންޓަށްވެސް ދޮގު!! ވައްކަން! ހަރުދަނާ އުސޫލެއްނެތް ފައިސާ ޚަރަދުކުރުމުގައިވެސް!! ހަޒާނާ ހުސްކޮށްލާ މިހާރު މިކުރާކަމަކީ ޖޫރިމަނާއިން ފައިސާ ހޯދުން!!
ދެން ހަމަ ތި ބީދައިން، ރައްޔިތުންގެ ފަރުދީ ޒިންމާގެ ވާހަކަވެސް ތިލަކޮށްދިނުން އެދެން. ސަރުކާރު އެކަނި ގޯސްކޮށްގެން މިކަން ނިމޭކަށް ނެތް. ސަރުކާރުން އަޅާ ފިޔަވަޅުތަކަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި އަމިއްލަ ފަރުދީ ޒިންމާވެސް އަދާނުކުރެވުމުގެ ނަތީޖާ މިފެންނަނީ!
އިލެކްޝަންއޭ .ކިޔާފަ.މުޅި .ރާއްޖެ. ހުޅުވާފަ .ބަލި. ފަތުރާފަ.ފަރުދީ.ޒިންމާގެ.ވާހަކަ.ނުދެއްކޭނެ!
ތިޔަބުނާ ފަރުދީ ޒިންމާ ކޮނޑަށްލައިގެން ދެފައިދަމާފަ ގޭގަ އޮވެވޭތަ އެންމެނަށް؟؟؟ ކޯންޗެކޭތަ ހިތަށްއަރަނީ... އެންމެނަކަށް ތިޔަބުނާ ފަރުދީ ޒިންމާގަ ބައްދައިން ނޯވެވޭނެ. ސަރުކާރުން އައިސް ކާންދޭތަ ތިޔަބުނާ އެއްޗެއް ހިފައިން އޮތީމަ
މި ކަހަލަ ލިޔުން ފެނުނީމަ ވަރަށް ހިތަށް އަސަރު ކުރޭ😭. ރާއްޖެ މިއޮތް ހާލަތާމެދު ވިސްނާފަ ދެރަވެ ކަންބޮޑުވޭ... މި ކަމުން ހުރިހާ ވޭންތަ ކެއް ތހައްމަލް ކުރަން ޖެހޭނީ ނި ކަމެތި ރައްޔިތުމީހާ.. އެ މީހާ އާ ކީ ބޮޑުންނަށް ހަމަ އެ ކަނި ވޯޓު ލާންވީމަ ލޯބިވާ މީހާާ.. ބޮޑުން ކޮވިޑް ޖެހުނީމަ ދަރުމަވަންތަ އެންމެ މަތީ ފެންވަރަށް... ނި ކަމެތިންނަށް..މިލިބެނީ ކޯޗެއްބާ..
ފަރުދީ ޒިންާގަ 5 މިލިއަން 24 ގަޑިބއިތު ތެރޭ ސަރުކާރަށް އެދިނީ. ކޮވިޑް މެނޭޖްކުރަން. ސަރުކާރުން ޖުރިމަނާ ކޮސްލަނީ ތިޔަހެނެއްނޫން. ބަލިވެގެން ބޭސްގުޅައެއް ގަންނަން ނުކުތަސް 1000 ރުފިޔާ ސަރުކަރުން އެބަ ފޭރިގަނޭ.. ފަރުދީ ޒިންމާ ކިހާބޮޑުކޮށް މިދައްކަނީ ރައްޔިތުން.
ރަނގަޅު ވާހަ ކައެއް ފަރުދީޒިންމާ ވެސް އެބައޮތް އެ ކަމަ ކު މިހިންމިވަނީ ސަރު ކާރުން ވެސް ކަންތައަތައް ކުރިގޮތުން މިސާލަ ކައް ސަރު ކާރުން ބޭނުންވާ މީހުން ތަންތަނައް ދާންވީމަ ހާއްސަ ހުއްދަ އަނެއް ކޮޅުން މިނުރައް ކާތެރި ހާލަތުގަވެސް އިންތިހާބުވެސް ބާއްވައިފި އިންޑިއާއިންނާ ތަންތަނުން މީހުން އެތެރެ ކުރުން މެ ކުހައްޖަހާފަ މިހިންގޮސް ކިޔާފަނު ކިޔާނެ ހަމައެއް ކަމެއް ވެސްނެތް ހުރިހާ ކަމެއްގާވެސް ދޮގެއްނޫނީ ނަހަދާ.
މީހަމަ ވަރަށް ރަނގަޅު ލިޔުމެއް
އޯލް ނޮންސަސް. މީގެ 1 އަހަރު ކުރިން ޓެސްޓެސް ހަދާލަން ފޮނުވަން ޖެހުނީ ބޭރަށެވެ. އޭގެ ނަތީޖާއަށް ހަފްތާއަކަށްވުރެ ގިނަ ދުވަހު އިންތިޒާރު ކުރަން ޖެހުން. ގަބޫލު ކުރަންޖެހޭ ދުނިޔޭގެ ވަރަށް މަދު ގައުމެއްގަ ނޫނީ އެކްސެޕްޓަބަލް މިންވަރަކަށް މި ބަލި މެނޭޖު ނުކުރެވޭކަން.
ކަލޭ ހުރީ މިރާއްޖޭގައިތަ ބީތަ؟
މަ އިއްޔެ މެލޭޝިއާއިން ކޮވިޑް ޓެސްޓް ކުރިން، 30މިނެޓެސްއިން ނަތީޖާ ލިބުނު، ކާރުން ފާއިބާކަށްވެސް ނުޖެހުނު....
މިކަލޭގެ މިހެދީ ބޮޑު ދޮގެއް. ޑަބްޕިޔުއެޗްއޯއިން 5000 ކިޓް ފުރަތަމަވެސް ފޮނުވި. ރައީސް ޔާމީން ވެރިކަމުގައި އައިޖީއެމްއެޗް ލެބޯޓްރީ ތަރައްގީކޮށްދީފަ ހުރީ މިސަރަހައްދުގައިވެސް ހުރި އެންމެ ފެންވަރު ރަނގަޅު ލެބޯޓްރީތަކާ އެއްފެންވަރަށް. ރައީސް ޔާމީން ހަދައިދެއްވި ދަރުމަވަންތަ ހޮސްޕިޓަލަކީ ޔޫރަޕްގެ ފެންވަރުގެ ހުރިހާ ފެސިލިޓީއެއް ހުރިތަނެއް. އައްޑުގަ ރައީސް ޔާީން ހައްދަވައިދެއްވި ހޮސްޕިޓަީ ޔޫރަޕް ފެންވަރުގެ ވަސީލަތްތައް ހުރ ތަނެއް. މިގައުމުގެ ސިއްހީ ނިޒާމް ރައީސް ޔާމީން ވަނީ ތަރައްގީކޮށްދެއްވާފަ. ވަގުންގެވެސް އައްޕައިން ވެރިކަމަށްލީމަ އިންޑިޔާއަށް މިގައުމުގެ ހުރިހާއެއްޗެއް ވިއްކާލީނު.
މޮޅު ލިއުމެއް. ހަމަ ހަގީގަތް. މިހާރު މިއޮތީ ސަރުކާރެކޭ ބުނަން ވެސް ލަދު ގަނޭ. ވަކި ކަމެއް ނޫން. ހުރިހާކަމެއްވެސް ބޮއްސުން ލާފަ. ދެން މޮޅު ވާހަކަ ދައްކާފަ މި ބަލަނީ އެހެން އެންމެންނަކި މޮޔައިންކަމަށް. މި ސަރުކާރުން ކުރާ ކަމަކީ ހެސްކިޔާފަ ވައަކަން ކޮށް އެހެން މިހުންނަށް ވަގަށް ގޮވުން. ގުދޮގުދޯ ގޮވުން.
ސަރުކާރުގެ އެތެރޭގެ ބައިބާއި ވުން ބޮޑުވެ، ކަންކަން ނިމްމަނީ ވައިބާ ގުރޫޕް ތަކުން ކަމައްވަނީ
ދަރިފުޅާނަވާޒުއެވެ. ތިޔަލިޔުންފެންނާނެލޮލެއް ބުނާއެއްޗެއްގެ އަޑުއިވޭނެކަންފަތެއް ވެރިކަމުގައިތިބިމީހުންގެނެތެވެ. އެމީހުނަށް ވިސްނެނީހަމައެކަނި ތިންކަމަކާމެދުގައެވެ. އެއީ ބަޖެޓުބަހާނެގޮތާ ބޭނުންވާވަކިބަޔަކަށްކޮރަޕްޝަންހިންގައިގެން ފައިދާލިބޭނެގޮތާއި ރައީސްޔާމީނު 2023 ނިމެންދެންޖަލުގަ ބަހައްޓާނެގޮތާމެދުގައެވެ. އެމްއެމްޕީއާރުސީ ނިވާފަތްގަނޑަކަށް ހަދާފަ ބޭނުންވާބަޔަކުލިސްޓުންބާކީކޮށްފަ ރައީސްޔާމީނުފިޔަވާ ދެންތިބިމީހުން އެކިމަރުހަލާތަކުގަ ބާކީކޮށް، ކޮވިޑުގެވައްކަމުގެ ވާހަކަގަދަވެލާއިރަށް ބޮޑުޚިޔާނާތްބޮޑުޚިޔާނާތްކިޔާ ވާހަކަބަދަލު ކޮށްލުމެވެ. އެfްޕީއައިޑީގެޚިޔާނާތާ އެމްއެމްޕީއަރުސީގެޚިޔާނާތާ ކޮވިޑުގެޚިޔާނާތާ އެކަންކަންބަލަންއުފެއްދިކޮމިޝަންތަކަށްކުރި ޚަރަދާއި ބެލީމަ" ބޮޑުޚިޔާނާތަކީ" ކޮބައިކަންސާފުވާނެ! މިކަންކަންބަލަންކެރޭނެބާ؟؟؟؟؟؟؟.
ވަރަށްރަގަޅުވާހަކައެއް ދިވެހިނ ްގައި ހުންނަނީ ފޮނިކެޑުމާއި ދޮގުހެދުން ، މަބްރޫކު ހަދަނީ ހުސްދޮގު
އިބްރާހިމް މުޙައްމަދު ސޯލިހު އާއި މައިމޫނާއަށް މިކަމުގެ ތަދާއި ވޭން އިޙްސާސްނުވާހާ ހިދަކު މިކަމަކަށް އަވަސް ހައްލެއް ނާންނާނެއެވެ. މިވެރި ހިތަކަށް އެކައްޗެއްވެސް ނާރައެވެ މިވަރަށް މީހުން މަރުވުމަކީ ހާދަ ނުރައްކާ ކަމެކެވެ. މިވެރި އެޗްޕީ ތެރެޔާއި މުލިއާގޭގައި ހަމަ ހުއްޓުމެއްނެތި މަޖާނަގާ ހީހީފަ ސަކަރާތްޖެހުން ނޫންކަމެއްނެތެ. ސޯލިޙްކަން ވައްކަން މީ މީނާގެ ހޮބީގައި އޮންނަކަމެކެވެ. އަދި ހޭރުން ވާހަކަ ދައްކާއިރު ދެއަތް ލެވެލްކުރުން ދެއްތަ އެއްވަރަކަށް ބާއްވާލެވޭތޯ ބެލުން. މީނާގެ ބޮލަކީ މީދާ ކާފައި އޮތް އުބެކެވެ ކޯއްޗެ އެއްކަމެއްވެސް ނުވާނެއެވެ. މިބަލިޖެހުމުން އަމިއްލަޔަށް ބޭނަގައިގެން ކައިގެން އަމިއްލަޔަށް ރަގަޅުވާ މިޙުން މިހާރު ގިނައެވެ. މުޅިއާއިލާ އެއްކޮށް ކޮވިޑްވެގެން ގުޅިޔަށް އަޅާނުލައެވެ.
އެކަކަށް ފަހު އަނެކަކު މަބުރޫކު ދޮގު ހަދާކަމުގެ ހިތި އަދި ފެންނާނެއެވެ. ސަލާމް
މިސަރުކާރުގެ ސިޔާސަތް. އެމްޑިޕީ ގެ ސިޔާސަތަކީ ގައުމު ތަރައްގީ ނުކޮށް ދަވްލަތަށް ލިބޭ އާމްދަނީ އެމީހުންބޭނުންވާ ބަޔަކަށް ބަހާދީގެން ވެރިކަންދެމެހެއްޓުން.މިހާރު މި އައި ބަލިމަޑުކަމުން ގައުމު ސަލާމަތްކުރުމުގެ ވިސްނުމެއް ސަރުކާރުގަ އޮތްހެން ހީނުވޭ، ސަބަބކީ މިޖްތަމައުން ބަލި ފިލުވާލުމަށް އެއްވެސް ހަރަކާތެއް ހިންގާތަން ނުފެނޭ. ޓެސްޓް ކުރުމަކީ ބަލި ފިލުވާލުމުގެ މުހިންމު ފިޔަވަޅު އެކަންކުރަމުންދަނީ ވެސް ބަލި ފިލުވާގޮތަކަށް ބެލެވިގެނެއްނޫން. ޑަބްލިއު އެޗްއޯ އިންޓެސްޓް ކުރަން ބުނާތީ ޓެސްޓް ކުރަނީ ނަތީޖާ ފެންނަފަދަ ޓެސްތް ތަކެއްނުކުރޭ ޓެސްޓުންއެގެނީ މުޖްތަމައުގަ ބަލި އުޅޭކަން ބަލި ފެތުރޭކަން. ބިލި މުޖްތަމައުން ފިލުވާލުމަށް އެއްވެސް ފިޔަވަލެއް ސަރުކާރުންއަލަން ބޭނުންވާތަނެއްނުފެނޭ. ހުރިހާ ހާލަތަކަށް ތައްޔާރުވި އިރު ޓެސްޓް ނަތީޖާ އެއްދުވަހުންދެވޭފެންވަރުގެ ކެޕޭސިޓީއެއް ގާއިމްކުރެވިފައެއް ނެތް. މިހާރު ޓެސްތް ނަތީޖާ ލިބުމަށް 5 ދުވަސް ވަރު އެބަނަގާ.
މިއީ ހަޤީޤަތް. ސަރުކާރު އިސްތިއުފާ ދީފަ ތިކަން ކުރެވޭ ވަރު ބަޔަކާ ސަރުކާރު ހަވާލުކުރޭ
އަޖޫޒުވެފަ ހުރި މުސްކުޅިއަކާ ސިއްހީ ނިޒާމު ހަވާލުކޮށްގެން ސްލޯލިހު އެއޮތީ ހަރަށްވަދެ ފިލައެއްނު.
މި ރިޕޯރޓް ގައި ބަޔާށް ކޮށްފައި ވަނީ ސަރުކާރުން ކޮށްފައި ވާ ވައްކަމާއި ސަރުކާރުގެ ދޯހަޅިކަމާއި ސަރުކާރުން ކުރާކަން ކަން ދެކޮޅު ނުޖެހޭ ވާހަކައެއް. މިއީ ބަލި އިތުރުވިގޮތިގެ ދިރާސާއެއް ނުވަތަ ވާހަކައެއް ނޫނެވެ. މި ރިޕޯރޓް ފޯކަސް ކޮށްފައި ވަނީ ވަރަށް ރަނގަޅަށް ކަމުގައި ޤަބޫލު ކުރެވެއެވެ. މިކަން މިގޮތަށް ވަމުންދާކަން އެއްކަލަ މަޖުލީހަށް ނޭނގެއެވެ. ނުވެސް ފެނެއެވެ. އަޑެއްވެސް ނީވެއެވެ. މިކަމާ މެދު ޗުއްޕު ބުނަން ވެސް ރައީސާއި މެންބަރުން ބިރުގަންނަ ކަހަލަ އެވެ. ވެންޓިލޭޓަރ މުއްދަތުގައި ކިކް އައިސްގެން އުޅުއްވި ޝަޚުޞިއްޔަތްތައް މިދިޔަ އަހަރު އަގުދެއްކި 500،000 ވެކްސިންގެ އަޑު އިވުމުން ގަދަޔަށް ހުންއައިސް ރަޖާ އަޅާ ކަހަލަ އެވެ. ފުންކޮށް ވިސްނައިފި ކޮންމެ ދިވެއްސަކަސްވެސް މިޤައުމުގެ ދުވަސް މިދަނީ ޅިޔަނފަހަރި ކަމުގެ މަކުނުވަލުންނާއި ޔެލޯ ރޯސްގެ ހިތިވަހުންކަން ކަމުގައި ޤަބޫލު ކުރެވޭނެ އެވެ.
މާސް ކް ގަންނަން ވެސް މިލިއަނުން ހަރަދު ކުރި... މާސްކްގެ ވާހަކަ އާކަިވުގަ ނެތީތޯ؟ ހުސް ވައްކަން ... ދެން ޖޫރިމަނާ ދޯ
ޝުކުރިއްޔާ ވަގުތު ކުދިންނަށް..ވިސްނާލި ކޮންމެ މީހަކަށް އިނގޭނެ ތީހައްގު ތެދުކަން..މަގޭ ހަދާންވޭ ތި ސަރުކާރުން ބުނި ހަދާން 200 އައިސީޔޫ އެނދުގެ
ވާހަކަ؟؟ ކަނޑައެޅިގެން މައްކާރު ރޯ ދޮގު...3.3 ބިލިއަން ރ. ހަރަދޯ؟؟ކޮބާ އެލާރިން އެޅިތަންތަން
؟؟
އެމްޑީ ޕީގެ ތާއީދުންނަކީ ހާދަ އެހެންކަހަލަ ބައެކޭ ހަގީގަތް ލޮލުންފެންނަ އިރުވެސް ލޮލުގަ އަދުން އަޅައިގެންއުޅެނީ
ހަގީގަތަކީ ނޫސްވެރިއާ ލިއުވާފައިވާފަދައިން އެއްވެސް ކަމެއް ކުރަން ނޭގޭބަޔަކު ވެރިކަން ހިންގަން ތިބުމުން މިގައުމު މުޅިން ހަލާކުވެގެންކަން މިދަނީ
ރައްޔިތުންގެ ހައްގުގައިވެސް ދެން ވެރިކަން ހިންގަން އިގޭބަޔަކާ ކަންތައްތައް ހަވާލް ކުރަން ވެއްޖެތާ
ރާއްޖެތިބި ހުރިހާ ދުވަަސްވީމީހުން މަރުވެ ހުސްވަމުން މިދަނީ ހިތާމައިގެ ކޮޅެއް މިނެއް ނެތް
ކަމެއް ރާވާހިންގަން ނޭގުމުގެ ސަބަބުން ރާޖޭގެ އެހެން ހުރިހާރަށަކަށް ބަލިފެތުރުނީވެސް
މިކަހަލަ ވަކިވަކި އަތޮޅުތަކާ ރައްތަކެއް އެކުލެވިފައިވާ ގައުމެއްގައި ކަމެއްކުރަން އެގޭ ބަޔަކު ތިބިނަމަ ވަރަށްފަސޭހައިން އެހެނިހެން ރަށް ތަކަށް ބަލިނުފަތުރާ ބަލި ކޮންޓްރޯ ކުރެވޭނެކަމީ ހަގީގަތް ގަބޫލް ކުރާ ކޮންމެ އިންސާނަކަށްވެސް އިގޭނެ ކަމެެެއް!
މިހާރު މަށަށް ވިސްނެންފެށީ އެމްޑީޕީ މީހުން ވަގުތު ނޫހައް ރުޅިއަންނަނީ ކީއްވެގެން ކަން އެއީ ވަގުތު ނޫހުން ހައްގު ތެދުހަދާތީ..
great work Mr. adam navaz
ތަންކޮޅެއްމަދު ކޮވިޑް ފެސިލިޓީސް ހެދުމުގެ ބަދަލްގަ ހިންގީ ރިޒޯޓްތައް އެތަންތަނައް މީހުން ފޮނުވިއަދަދެއްވެސްނޭގޭ ހާއަލިފުން ގޮސް ސ އަތޮޅައް ހަމައެވަރައް ރިޒޯޓްތަކުގެ އެނދު ބޭނުންވިތޯ މިހާރާބަލާ އޭރު ކޮވިޑް ބަލިމީހުން ރާއްޖޭގަ ހަމައެހާގިނައީތޯ ދުވާލަކައް ޕޮޒިޓުއުވި ވަގުންގެ ގެމައްޗައްބިންގާއެޅި ސަރުކާރެއް ކިތަންމެ ތެދުކުރަން އުޅުނަސް އެތެދެއްނުވާނެ ޢެވެއްޓޭނީ މީހުން ވައްކަންވެސް ކޮއްއުޅޭ ބަލިމަޑުމަމެއްގެ ތެރެއިން ރައްޔިތުންގެ ނޭވާލާނިޒާމުން ވައްކަން ކުރާނީ ކިހާކެއްމަދުވެ އެކަންކަޝީގަހުރީމަ ކެއްމަދުވެފަ ތިބިވަރުން ކުރީސަރުކާރުގެ ވަޒީރަކާގުޅިގެން މުޅިދައުލަތުގެހަޒާނާ ލިކުއިޑް ދަބަހައްލާ ދިރުވާލީކޯކާއެކް.
ނޫނޭ އެންމެ ވަގެއް މިޤައުމުގައި ހުންންނީ.
މިސަރުކާރަށް ވައްކަން ކިޔަން ވެސް ނޭނގޭ.
ނަސީބަކުން ވަގުކަލޭގެ ހެދި ބިރުވެރި ހޮހޮޅައޭ ކިޔާ ތަނުން އަމާކޮއިވެސް ފަރުވާ ފުޅު ހޯއްދަވައިގެން ރަނގަޅުފުޅުވީ. ޝުކުރިއްޔާ ވަގުކަލޭގެއަށް.
ދަރުމަވަންތަ ހޮސްޕިޓަލަށް ލަނީ ބޮޑުންގެ މީހުން .
އާދައިގެ މީހުންނައް ހުޅުމާލެ ފެސިލިޓީ.
އެހެން ނުހަދާ ރައްޔިތުންނާމެދު ހަމަހަމަ ކޮއް ކަންކަން ކުރަން ސަރުކާރައް ގޮވާލަން .
ރައީސް މަންމަ ފުރާނައެކޭ އެއްވަރައް އަޅުގަނޑު މަންމަގެ ފުރާނަ ވެސް އަގު ބޮޑެވެ.
މާދަމާ ޓީވީ ތަކަށް އަރާފަ އަޑަށް ބާރުލާ ބުނާނެ ވެރިމީހާ މިރާއްޖޭގަ ތިކަމަށް ފިޔަވަޅުނާޅާ އަޅުގަނޑު އެންމެ މިނެތެއްވެސް ހޭދަ ނުކުރާނަމޭ ހުސް ހޮޅިވާހަކަ ރައްޔިތުން ނަށް ދައްކާދޭ ލިޔެގެން އެ ކިޔާދިނުން ވެރިމީހާގެ ޒިންމާ މިރާއްޖެޭގަ މިހާރު ހިނގަނީ. މަކަރުން ގޮސް ހުަސްވެފަ ބޮޑުވަރު. ޥެރިޔަކު ނެތުނެކޭ އެއްވަރު
އިންޑިޔާގެ ފާބުޑު ސަރުކާރު
ދުނިޔޭގެ މިހާރުގެ ހާލަތައް ލޯ ނުހުޅުވި މިފަދަ ލިޔުން ލިޔެގެން ފިތުނަ އުފެދުން ނޫންކަމެއް ހާސިލެއް ނުވާނެ. ފިނި ކޮޓަރިން ނިކުނެ ދުނިޔޭގެ ހަތަރު ބިތައް ނަޒަރު ހިނަގާލުން ވަރައް މުހިއްމު
ފިތުނައަކީ ދީނީ ފިތުނަ. އެކަން ކުރަންފައުޖެއް 24 ގަޑި އިރު ހަތިޔާރާއެކު ޚަރަކަތްރެރިވޭ، ހަރުކަށިފިކުރޭ ކިޔައިގެން ގޭގެއަށްވަދެ ކުޑަދަރިން ނަފްސާނީ ކުރުން ކަމަކީ. އެކަން އެބަކުރެއެއްނު ބަރާބަރަށް. އެއަށްވުރެ ނުބައި ފިތުނައެއް މިގައުމުގައި އުފެދިފައިނެތް.
އެންމެ ކޮމެންޓެއް. ރެންޑަމް ސާމްޕަލް ނަގަނީ ކޮމިއުނިޓީ ސްޕްރެޑް އޮތް ވަރު ބަލަން. މިވަގުތަށް އެއީ މުހިންމުކަމެއް ނޫން. މިހާ ވަރަކަށް ކޮމިއުނިޓީއެއްގަ ސްޕްރެޑްވާނީ.
މިހާ ބޮޑު ހޭދައެއް ކުރިއިރު ފެންނާކައް ނެއް ލިބުނު ކުރިއެރުމެ. ދެރަ
ޔާމީނު ބޮލުގަ ވަގު ބޯޑު އަޅު ވާފަ އަސްލު ވައްކަންމި ކުރަނީ އިބޫ.
އެއްމެ ބޮޑު ވަގަކީ އަސްލު އިބޫ
3.3 ބިލިއަން އަކީ 3.300 ތިންހާސް ތިންސަތޭކަ މިލިއަން ރުފިޔާ ކިހަ ބަިވަރު ރުފިޔާއެއްގެ ވަހަކަތޯ މިދައްކަނީ. ޝުކުރިއްޔާ އިބޫ ސޯލިހް
ނަވާޒުމެން މިހެން ޔާމީނު އޮޑިޓަރ ޖެނެރަލް ވަކި ކުރި ގޮތާ ބެހޭ ގޮތުން ރިޕޯޓެއް ހަދައިލަބަލަ. އޭރަށް އެނގޭނެ ވައްކަމާ ދޯޅައީ ކާކުކަން
މި ކޮމެންޓަށް ޑިސްލަިއކް ދިން އެންމެންނަކީ ޔާމީނުގެ ވައްކަމުގެ ބައިވެރިން އަދި އެކަމަށް ސަޕޯޓުކުރާ މުޑުދާރު ބައެއްކަން ޔަގީން
ހުކުމް.ކުރަންކަލޭ ތީކާކު؟ މުޑުދާރުބގޮތްކުޑަ ވިޔާނުދާ އަޚްލާގެއް ހަމައެއްލަމައެއްނެތް ޖާހިލެއް ތިއީ.
ރައީސް ޔާމީން ވައްކަން ކުރިކަމަށް މިގައުމުގެ ކޯޓަކުން ނިންމާފަ އެއްނެތް. މަނީލޯންޑަރ އޭ ކިޔަނީ.. އެއީވެސް ލާރި ބޭނުން ކޮށްގެނެއްނޫން. އެއްއޯއެފުން ޗެކެއް ޖަމާކުރީމަ. ތިޔަބޭފުޅާ ތިވަގަާްގޮވިގޮވުމަށް ގިޔާމަތް ދުވަހުން ބަދަލު ހޯދާނަށް. ހެޔޮއަމަލެއް ނެތިއްޔާ ތިބޭފުޅަގެ އަމަލުރައްދުވި މީހުންގެ ކުށްތަކުން ބައެއް ލިބޭނެ. ހާދަބޮޑުކުށެކޭ މީހުނަށް ވަގަށް ގޮވުމަކީ. އެއީ އިންސާނާގެ އަބުރު ދުއްވާލުން. ހައްގުގޮތުގަ ތިބޭ މުސްލިމުން އެހެން މީހުންގެ އަބުރަށް އަރައިނުގަންނާނެ.
މިކަންކަން ފެންނަނީ ކާކަށް ހެއްޔެވެ. އަދި އަރަނީ ކާކު ހެއްޔެވެ؟ މިފަދަ ކަންކަން އަޅާލަނީ ކާކު ހެއްޔެވެ؟ އަންގާއެއްޗެއް އިޢްލާން ކުރަން މަބްރޫކް އަވަސް ވެގަންނާނެއެވެ. ދޮގެއްވިޔަސް ތެދެއްވިޔަސް އެފަކީރަށް ޖެހެނީ އެކަން ކުރާށެވެ.
މިސަރުކާރުން ނުފޫޒުގަދަ މީހުންގެ އަންބޮނޑި ބަންނަ ސަރުކާރެކެވެ.
ޕޮޒިޓިވް ނަތީޖާ ލިބޭއިރު އިތުރު 10 މީހުންނާއި ބައްދަލު ވެފަ! ފެސިލިޓީން ފަރުވާދޭނެ އެނދެއް ނެތް! ގުޅާނެ ވެންޓިލޭޓަރެއް ނެތް! ގެދޮރު ނެތީމަ ވަކިން ހުންނާނެ ރޫމެއް ނެތް! މުސާރަ ކުޑަވެއްޖެ! ވަޒީފާ ގެއްލިއްޖެ! ކުލިދައްކާނެ ކާނެ ގޮތެއް ނެތް! މިފަދަ އުދާސްތަކުން ޤައުމު ގުގުމާލައިފި! 😭💔
ނޫސްވެރިޔާގެ ވާހަކަ ހަމަ ރަނގަޅެވެ. މިސަރުކާރާހަމަޔަށް މި ދިވެހި ދައުލަތް އައި އިރު މިރާއްޖޭގެ ސިއްޙީދާއިރާ ކުރިއަރަމުން އައީ ގަބޫލުކުރެވޭހާ ހަލުވި ސްޕީޑްގައެވެ. ނަމަވެސް މިސަރުކާރަށްވީފަހުން ސިއްޙީދާއިރާގެ ދުވެލި މުޅިން ހުއްޓިއްޖެކަހަލައެވެ. ރަނގަޅަށް ވިސްނާ ފިކުރު ކުރިމީހަކަށް މިއީ ތެދެއްކަން ފަބޫލުކުރެވޭނެއެވެ.
💯 ކައިގެ ލިއުމެއް ހުސް ހަގީތް ސަރު ކާރު ބޮޑު ތަނުން ފެއިލް ވެއްޖެ
ބަލަގަ ތިޔާބޭލުން ފަރުދީ ޒިއްމާއޭ ބުނެ ފަރުދުންގެ ބޮލަށް ތިކަނޑާލަނީ މި މާލޭ ގައި މިއުޅެނީ އަދި އެއްވެސް ގައުމެއްގައި ނުއުޅޭ އާވައްތަރެއްގެ ކޮވިޑަކަށް ވާތީ ތޯއެވެ.
މިސަރުކާރައްވުރެއް ދިވެހިރައްޔިތުންނައް ޤާއްދާރުވި އަދި ހާރާންކޯރު ސަރުކާރެއް ނޯންނާނެ ، ތިޔަކޯލަޝަންގަ ލާހިކު އެކަކުވެސް ނެތް ، ހުސް މައްކާރުން ، މިނިކާ ބައެއް
ބޯހަލާކު ހޭލުން ތެރިކަންނެތް ބަޔެއްގެ ތެރެއަށް ތަނަވަސްކަން އައީމަ ލިބޭނެ ލަޑު މިއޮތީލިބިފައި
ޔާމީން ވިދާޅުވީ ވައްކަމަކީ ތޮބީއީ ކަމެކޭ.......
މިސަރުކާރުގައި މިތިބީ އެކަންކޮށްކޯށް އެމީހުންގެ ތަބީއަތަކީ ވައްކަން ކަމުގަ ވެފަތިބިބައެއްކަމާމެދު ޝައްކެއްނެތް. ވަރަށް ނުބައިކަމެއް ވައްކަމަކީ ވަގުންނަށް ލޮލަށް ނިދިއަންނާނީވެސް އެއްޗެއް ވަގަށް ނަގައިފަކަމަށް މުސްކުޅިން ބުނޭ.
ވ.ވ.ވ.ވ. ރަގަޅު ލިޔުމެއް. އެއްމެންވެސް ވިސްނާލުން ރަގަޅު
ދިވެހިންނަ ﷲހަގީގީވަގުން ފިތުނަވެރި ވަގުން ނެރެދައް ކަވައިފި ރައީސް ޔާމިންއަ ކީ ދިވެހިންނައް ތަރައްގީއަ ކީ ކޮބައި ކަން އަންގަވާދެއްވި ނުހަނުއިހުލާސްތެރި ވެރިއެއް ސު ކުރިއްޔާ ސާރ ﷲމަނި ކުފާން ބަދުނާމް ކޮށް އަބުރު ކަތިލި ޖާހިލު މުނާފިގް ފާސިދު ފާޖިރުން ބަލި ކުރައްވަވާދޭ އާމީން
މައްސަލަޔަކީ ކުރީސަރުކާރު މައްސަލަޔަކީ ކުރީސަރުކާރުން ކަންކުރިގޮތް މައްސަލަޔަކީ
މިހާރު މިކުރާވައްކަމަކީވެސް ކުރީސަރުކާރުން ކަންކުރިގޮތުން ކުރަންޖެހޭވައްކަން
ރައީސް އިބޫގެ ވަގު ސަރުކާރު ވަގުންނޭ ވަގުންނޭ ވަގުންނޭ އިސްތިއުފާ ދޭންވީއޭ ވަގުންނޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
ލަދު ނުގަންނަ ރައީސްއެއް
މި ޙައްޤު ލިޔުންފެނިފަ މޭކަރައިގެން މިސަރުކާރުން ކުރާ ވައްކަން ފޮރުވާފަ އެއީ ތާހިރުބަޔަކަށް ހަދަން އުޅުނަސް ނުހެދޭނެ. ޔާމީނަށް ވުރެ ގިނަ ތަކެތިފޭރި ގިނައިން ކައިފައިވަނީ މިސަރުކާރާއި މި ސަރުކާރުގެ ބޮޑުން. ތިޔަބުނާ ޔާމީނު ބައިވެރިވާ އަދިބު ކުރި ވައްކަމުންވެސް އެންމެ ބޮޑު ފައިދާއެއް ނަގާ މުލުވަގުންނަށްވެ ފިލާތިބީ މިސަރުކާރުގެ މަތިފަޑިން. މީހަކަށް ތާއީދުކޮށް ލައިކެއްދީގެން އެމީހާއަކީ ނަޖިހަކަށް ނުހެދޭނެ. ކުރާ ހުރިހާ ނުބައިކަމެއް މޮޅަށް ބައްލަވާ ވޮޑިގެންވާ ފަރާތެއްވޭ. ﷲއަކުބަރު. ﷲއަކުބަރު. ﷲއަކުބަރު. ﷲއަކުބަރު. ﷲއަކުބަރު. ﷲއަކުބަރު. ﷲއަކުބަރު. ﷲއަކުބަރު. ﷲއަކުބަރު. ﷲއަކުބަރު. ﷲއަކުބަރު. ﷲއަކުބަރު. މަތިވަންތަ ރަސްކަލާކޮ. މި ނުބައި މަކަރުވެރި އަނިޔާވެރިން ކުރަމުން މި ގެންދާ ހުރިހާ ވައްކަމަކާއި ޤައުމަށް ވަމުންދާ ޚިޔާނާތެއް ފަޅާއަރުއްވާ ދެއްވާ މި އަނިޔާވެރި މަކަރުވެރި ޚިޔާނާތްތެރިންގެ ބާރުކަނޑުއްވައި ނިކަމެތި ކުރައްވާނދޭވެ. އާމީން.
މާދުވަސްވީ މިނިސްޓަރެއް ހުރީމަ.ކިހިނެއް ސިއްހީ މަރުކަޒުތައް ހިންގާނި
ހެލްތް މިނިސްޓީ ފެއިލް.. އިސްތިއުފާދީ
ރަށުގަ ނެތް ބޭހެއް.. ފަރުވާކުރެވޭނެގޮތެއް.. ކޮބާ ނަސީމޫ.. ބަލަ ތިކަންވޭހޭ.. މުސްކުޅިފުޅުވި ދުވަހު ކީއްކުރައްވަންތޯ ތިހާބޮޑު ޒިންމާއަކާ ހަވާލުވީތީ
ލާރި ނެތިއްޔާ ކީއްވެތޯ ކޮވިޑް ބަލިކޮށްފައިވާ ޗައިނާފަދަ އޯގާތެރި ބަޔަކަށް އެހީތެރުކަމަށް ނޭދެނީ ، ހަމަ އިންޑިޔާދެކެ ވާލޯބިން ދިވެހިން މަރުވާން ދޫކޮށްލަނީތޯ ، އާދޭސް ކޮށްފައި ބުނަން ސަރުކާރުން ޗައިނާގެ އެހީތެރިކަމަށް އެދޭޭށޭ ، ލަދަކާހުރެ ތަދެއްނުފިލާނެ ، އެއީ ލަދުގަންޏަން ޖެހޭ ކަމެއް ނޫނެ، ހަމަޤައިމުވެސް ރާއްޖެގައި ޗައިނާ ބޭނުންވާނެ އެއްޗެއްނެތް ، އެމީހުން ބަދަލުގައި މިތަނުން ހޯދާނެ އެއްޗެއްނެތް ، އެއީ އެއަށްވުރެ ފޯރުންތެރި ބައެއް ، އެމީހުން ނޭދޭ އެމީހުން ސަގާފަތް މިޤައުގައި ބާއްވާކަށް ، އެމީހުން ނޭދޭ އެމީހުންގެ ސިފައިން މިޤައުމަށް އެހީތެރިވާން މިތާ ބައިތިއްބާކަށް ، ދެން ކީއްވެބާ އެމީހުންނަށް އެހީއަށް ނޭދެނީ ، ރ.ޔާމީން ދޫކުރަން އެމީހުން އެދިފާނެތީތޯ ، ނޫން އެމީހުންނަކީ މިފަދަ ހާލަތެއްގައި ޕޮލިޓިކްސް ކުޅޭ ބައެއްނޫން
ސަތޭކައިގެ ލިޔުމެއް. ވަގުތު ނޫސް ވަރެއް ނެތޭ
ވައްކަމަށް މިސަރުކާރުން ފިޔަވަޅު އެދަނީ އަޅަމުން. ވެރިމީހާގެ ގެޔަށް ވައްކަންކުރި ފައިސާ ގެންނަން ނުބުނާނެ. ވެރިމީހާ ވައްކަން ނުކުރާނެ. ކަށަވަރު.
އަހަރެންގެ ގެޔަށް ވަނީ ހަލާލު ފައިސާ ނޫންކަން އެގިހުރެ އެފައިސާ ނުކާނެ.
އެޗް.ޕީ.އޭ ފިޔަވާ ޕީ.ސީ.އާރު ޓެސްޓް އަވަސް ގޮތަކަށް ހެދޭނެ އަމިއްލަ ފަރާތް ތަކުގެ ނަންތައް އެގި ވަޑައިގަންނަވާ ބޭފުޅެއް ވިއްޔާ ކޮމެންޓް ގައި ލިއުއްވާ ދެއްވުން އެދެން