ސިޔާސީ ޕާޓީތައް އެކުލެވޭ ވެރިކަމުގެ ނިޒާމެއް ކުރިއަށް ގެންދެވޭނީ ޕާޓީގެ މެންބަރުންނަށް މަގާމުތައް ބަހާލައިގެންކަމާއި، ގާބިލްކަމާއި، ނެރެވޭ ނަތީޖާއަށްވުރެ ބޮޑަށް މަގާމު ކަށަވަރުވުމަށް އޮތް ޝަރުތަކީ ވެރިކަން ކުރާ ޕާޓީގެ މެންބަރަކަށް ވުންކަން ފާއިތުވި 15 ވަރަކަށް އަހަރު ދިވެހިން ވެސް ތަޖުރިބާ ކޮށްފިއެވެ.

މިއަދު ދުނިޔެ ވެސް، އަދި ދިވެހިން ވެސް ތަޖުރިބާ ކުރަމުން މިގެންދަނީ ފާއިތުވި ގަރުނެއްހާ ދުވަސް ތެރޭގައި ވެސް އިންސާނިއްޔަތާއި ކުރިމަތިވެފައި އޮތް އެންމެ ބޮޑު ކާރިސާއެވެ. އެހެންކަމުން ކޮންމެހެން ދިގު ވާހަކަތަކެއް ނުދައްކާ، މިލިޔުމުގެ މަޤުޞަދަށް ދަމާ ހިންގަވާށެވެ.

ކޮވިޑް-19 ގައި ކޮންމެ ދުވަހަކު ރާއްޖެ އިން އެތައް ބަޔަކު ދުނިޔެ ދޫކުރަމުން އެބަދެއެވެ. ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިއޮތީ ކޮންޓްރޯލުން ނައްޓާލާފައެވެ. ކޮވިޑްގެ ހާލަތު އެންމެ ބޮޑަށް ގޯސްވި ނަމަވެސް ހާލަތު ކޮންޓްރޯލްކޮށް ބަލި މީހުންނަށް ފަރުވާ ދިނުމުގެ ގާބިލްކަން އެބަހުރިކަމަށް ބުނެ ސަރުކާރުން ދެއްކި ވާހަކަތަކާއި ފެންނަ މަންޒަރާއި ތަފާތެވެ. މިހުރިހާ ކަމެއް ވެގެން ދާއިރު ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ކޮބައި ހެއްޔެވެ؟

ނަސީމް ހެލްތު މިނިސްޓަރުކަމާއި ހަވާލުވީ ކުރިން އެމަގާމުގައި ހުންނެވި އަބްދުﷲ އަމީން ހުރިހާ ގޮތަކުން ވެސް ފެއިލްވެއްޖެ ކަމަށް އެމްޑީޕީގެ ގިނަ މެންބަރުން ގަބޫލު ކުރެއްވުމުންނެވެ. އަމީން މަސައްކަތައް ކިޔެން އޮތިއްޔާ އޮތް ފާޑެއް ކިޔާ، ކުރެވެން އޮތިއްޔާ އޮތް ޖެއްސުމެއް އެމްޑީޕީން ކުރިއެވެ. ކޮންމެއަކަސް މިއަދު އެވާހަކަ މުހިއްމެއް ނޫނެވެ.

ނަސީމް ހެލްތު މިނިސްޓަރުގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވީ 22 އޮކްޓޯބަރ 2020 ގައެވެ. އިއްޔެ ނޫން އިހަށް ދުވަހަކީ އޭނާ މިނިސްޓަރު ކަމުގައި ހުންނަވާތާ ބަރާބަރު 07 މަސް ދުވަސް ފުރިހަމަވީ ދުވަހެވެ. ސިޔާސީ ގޮތުން އެއްވެސް ޕްރެޝަރެއް ނެތި، "ދޫނިފަތު ގޮދަޑިއެއް އަވަހާރަފުޅު ލައްޕަވައިގެން އޮންނަވާ" ވަޒީރު ކަމުގައި ހޭދަކުރެއްވި ހަތް މަސް ދުވަހުން ހާސިލް ކުރެއްވުނީ ކޮންކަމެއްތޯ ރައްޔިތުން މިއަދު ސުވާލު ކުރެއެވެ.

ރައްޔިތުންނަށް ސަލާމަތް ޞިއްޙަތެއް ލިބިދިނުމަށް ބޭނުންވާ ސިޔާސަތު ކަނޑައަޅައި، އެކަމާބެހޭ އެންމެހައި ކަންތައްތައް ރާވައި، ކުރިއަރުވައި، ބޭސްފަރުވާގެ އެންމެހާ ކަންތައްތަކާއި، އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ކަންތައްތައް ރާއްޖޭގައި ހިނގާނުހިނގާގޮތް ބެލެހެއްޓުމުގެ ޒިންމާ މީގެ ހަތް މަސްދުވަސް ކުރިން ފެށިގެން އަދާކުރަން ޖެހޭ އެންމެ މުހިއްމު ފަރާތަކީ ނަސީމެވެ.

އިމަރޖެންސީ ޞިއްޙީ ފަރުވާދިނުމުގެ ޤައުމީ ނިޒާމު ޤާއިމުކޮށް ހިންގައި ބެލެހެއްޓުމާއި، ކުއްލި ނުރައްކާތަކާއި ކާރިސާތަކަށް ތައްޔާރުވެތިބުމާއި، އެފަދަ ހާލަތްތަކުގައި ޞިއްޙީ ޚިދުމަތްތައް ފޯރުވައިދޭނެ ގޮތްތައް ރޭވުން އެއީ ރައީސުލްޖުމްހޫރިއްޔާ ނަސީމާއި ހަވާލުކުރައްވާ، އަދި ރައްޔިތުންގެ މަޖިލީހުން ވެސް އެކަމަށް އެއްބަސްވެ، އިގުރާރުވެފައިވާ ހެލްތު މިނިސްޓަރުގެ ޒިންމާއެކެވެ.

ނަސީމް ހެލްތު މިނިސްޓަރުކަމާއި ހަވާލުވިއިރު ރާއްޖެއިން ދުވާލަކު ކޮވިޑަށް ކުރެވޭ ޓެސްޓްގެ އެވްރެޖް އަދަދު ހުރީ ހައެއްކަ ހާހުގައެވެ. ނަމަވެސް އަދަދުތައް ދައްވަމުން، ދައްވަމުން ގޮސް، އެންމެ ފަހުން 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓް ކުރަން ނަގާ ސުންކުތައް ޓެސްޓް ނުކުރެވޭ ހާލަތައް ހިނގައްޖެއެވެ. ކޮވިޑަށް ކުރާ ޓެސްޓްގެ ނަތީޖާ ބައެއް މީހުން ނިޔާވާ ފަހުން، ނުވަތަ ބަލިން ރަނގަޅުވާތާ ދެހަފްތާ ފަހުން ވެސް ލިބިފައި އެބަހުއްޓެވެ.

ރާއްޖޭގެ އެންމެ ބޮޑެތި އާބާދީތައް އޮތް އަތޮޅުތެރޭގެ ރަށްތައް ކަމަށްވާ އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ، ކުޅުދުއްފުށީ ސިޓީ، ލ.ގަން، ގދ.ތިނަދޫ ފަދަ ތަންތަނުގައި ދުވާލެއްގެ މައްޗަށް ކުރެވޭ ކޮވިޑް ޓެސްޓްގެ އަދަދު 50 އަށް ނާރައެވެ. އެރަށްތަކުން މިއަދު ނަގާ ކޮވިޑް ސުންކު ވެސް ޓެސްޓް ކުރަން ފޮނުވަން ޖެހެނީ މާލެ އަށެވެ. އެއީ ހަރަދުގެ ގޮތުންނާއި، މަސައްކަތުގެ ގޮތުން ވެސް ބޮޑު ކަމެކެވެ. ނަމަވެސް ވަޒީރު ކަމުގައި ހަތް މަސް ދުވަސް ވެގެން ދިޔައިރު ކޮވިޑް ޓެސްޓިން ކެޕޭސިޓީ އިތުރުކުރަން ނަސީމަށް ކުރެވުނު ހަމައެންމެ ކަމެއް ވެސް ނެތެވެ.

ކޮވިޑް ޓެސްޓް ކުރެވޭ އަދަދު އިތުރު ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ ވާހަކަ މިއަދު އަނެއްކާވެސް ބުނުމަކީ ލަދުވެތި ކަމެކެވެ. މިއަދު މިހާލަތު އައިއިރު ފާއިތުވި ދޮޅު އަހަރު ދުވަހުން ނުކުރެވުނު ކަމެއް ދެން އަވަސް މުސްތަގުބަލެއްގައި ކުރެވިދާނެތޯ ވެސް ސުވާލު ކުރަން އެބަޖެހެއެވެ.

ކޮވިޑް ރާއްޖެ އިން ފެނުމުން ކޮވިޑް ބަލި މީހުންނަށް ފަރުވާ ދިނުމަށް ކޮވިޑް ފެސިލިޓީއެއް ގާއިމުކޮށް، "ރައްޔިތުން ސަޕްރައިޒް ވާވަރަށް ސަރުކާރުން ތައްޔާރުވި" ކަމަށް ސަރުކާރާއި، ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ބުންޏެވެ. ނަމަވެސް ތަޖުރިބާކާރުން މާކުރިން ލަފާކޮށްފައި އޮތް އަދަދަށް ރާއްޖެ އިން ކޮވިޑަށް ދުވާލަކު ފައްސިވާ މީހުންގެ އަދަދު ނާރަނީސް، ހުރިހާ ކަމެއް ބޮއްސުންލައިގެން ހިނގައްޖެއެވެ.

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި މިއަދު ބަލި މީހުންނަށް އެންމެ އެކަށީގެންވާ ފަރުވާއެއް ލިބެމުން ދޭތޯ ރައްޔިތުން ސުވާލު އުފައްދަނީ ސަބަބުތަކެއް ހުރުމުންނެވެ. އެންމެ ފަހުން ކޮވިޑްގައި ނިޔާވި 60 ވަރަކަށް މީހުންގެ ތެރެއިން %95 އަށްވުރެ މަތީ އަދަދެއްގެ މީހުން ހުޅުމާލޭ ފެސިލިޓީގައި ނިޔާވުމުން، އެތަނުގެ ހިދުމަތް ދެވެމުންދާ ގޮތާއިމެދު ސުވާލު އުފެދޭނެއެވެ. ސުވާލު އުފައްދަން ޖެހޭނެއެވެ. ނަމަވެސް މިސުވާލުތަކަށް ޖަވާބުދޭން މިއަދު މިނިސްޓަރު ނެތެވެ.

ކޮވިޑްއާއި ގުޅިގެން މެނޭޖް ނުކުރެވި، އަތުން ދޫވެގެން ގޮސްފައި އޮތީ އެއްކަމެއް ދެކަމެއް ނޫނެވެ. ބަލި މީހަކަށް އެހީތެރިކަން ހޯދަން ކޮވިޑް ހޮޓްލައިނަށް ގުޅާލުމުން ފޯނަށް ޖަވާބު ދެވޭވަރަށް ވެސް އިންތިޒާމްތައް ހަމަޖެހިފައި ނެތެވެ. ދުވާލަކު 50 އަށްވުރެ ގިނަ ފަހަރު ފޯނު ކުރި އެތައް ބަޔަކަށް ވެސް އެއްވެސް ޖަވާބެއް ނުލިބި ދުވަސްތައް ނިމިގެން ހިނގައްޖެއެވެ. ހާލު ބޮޑުވެގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރާ ބަލި މީހުންނަށް ދެން ވާގޮތެއް ވެސް އާއިލާއަށް އަންގާލައި ދެނީއެއް ނޫނެވެ. އެފަދަ ހާލަތަކަށް ވެސް ތައްޔާރު ވެވިފައެއް ނެތެވެ.

ބަލި މީހުން ފެސިލިޓީތަކަށް ގެންދިއުން އިންތިހާއަށް ލަސްވެ، އެންމެ ފަހުން އާއިލާ މީހުން ދަރުބާރުގެއަށް، ނުވަތަ ފްލޫ ކްލިނިކަށް ގޮސް ހިތްހަމަނުޖެހުން ފާޅުކުރާ ހާލަތައް ކިތައްމެ ކަމެއް ހިނގައްޖެއެވެ. ހައި ރިސްކް އެތައް ބަޔަކަށް ފަރުވާ ނުލިބިގެން ނުވަތަ ފެސިލިޓީއަށް ނުގެންދެވިގެން ކޮންމެ މީހަކު ވެސް ޖެހެނީ ޓްވިޓާގައި އެވާހަކަ ދައްކާށެވެ. ނުވަތަ މީޑިއާގެ ސަމާލުކަމަށް އެކަން ގެންނާށެވެ. އެހެން ނޫންނަމަ މިއިން ކަމެއް ވާތަނެއް ނާދެއެވެ. މިހުރިހާ ކަމެއް ވެގެން ދާއިރު މިކަންކަން މެނޭޖްކުރަން ހުރި މިނިސްޓަރު ކޮބައި ހެއްޔެވެ؟

ރަށްރަށުގެ ހާލަތު ގޯސްވެގެން ދާއިރު އެރަށްރަށުގެ ކަންކަން ރާވައި އިންތިޒާމްކުރަން ތިބީ ހޮސްޕިޓަލްތަކަށް އެމްޑީޕީގެ ސަރުކާރުން އައްޔަން ކުރި އެކްޓިވިސްޓުންނެވެ. ގިނަ ރަށްތަކުގެ ހާލަތު ގޯސްވަމުން ދާއިރު ހެލްތު މިނިސްޓްރީން ހޮސްޕިޓަލްތަކުގެ ވެރިންނަށް ކަންކަން ކުރުމުގެ އިރުޝާދު އެންމެ ފުރިހަމަ ގޮތުގައި ދެވޭ މަންޒަރެއް ނުފެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ނިކަން ބާރަށް ކުރިއަށް ގެންގޮސް، ދެއިރު ދެދަޅައަށް އަމީން މަޖިލީހަށް ހާޒިރު ކުރި މަންޒަރު ވެސް ފެނުނެވެ. ރަށެއްގެ ހެލްތު ސެންޓަރުގެ ކުޑަދޮރެއް ހަރުނުކޮށް ގެން ވެސް އަމީން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކޮށްފައި އެބަހުއްޓެވެ. ނަމަވެސް މިއަދު ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ދެހާހަށް އަރައިގެން ގޮސް ނިޔަވާ މީހުންގެ އަދަދު ގިނަވެ، ސަހަރާ ފުރޭ ހިސާބަށް ދިޔައިރު ނަސީމް އާއި ސުވާލެއް ކޮށްލަން ވެސް ހާޒިރުކޮށް ނުލިއެވެ.

ކޮވިޑްގެ ހާލަތު ކޮންޓްރޯލުން ނައްޓާލިއިރު ނަސީމްގެ ވާހަކަ އެމްޑީޕީ އިން ނުދައްކާ ސަބަބު ވަރަށް ސާފެވެ. ސަބަބަކީ ނަސީމަކީ އެމްޑީޕީ މެންބަރަކަށް ވުމެވެ. ނަސީމަކީ ރައީސް ނަޝީދުގެ ބޭބެއަކަށް ވުމެވެ. ނަސީމަކީ ރައީސް ނަޝީދާއި ހުރިހާ ގޮތަކުން ވިސްނުމާއި ފިކުރު އެއްގޮތްވާ ބޭފުޅަކަށް ވުމެވެ. އެހެންކަމުން އެމްޑީޕީގެ ކުރިމަތީގައި ނަސީމް ގޯހެއް ނުވާނެއެވެ. ނަސީމް ގޯހެއް ނުހަދާނެއެވެ. ނަސީމް ޒިންމާއެއް އަދާނުކޮށެއް ނުހުންނާނެއެވެ.

ރައްޔިތުންނަށް އޮތީ "އިންސާފުވެރި" ނިޒާމްގައި ކަން ހިނގާގޮތް ބަލަން ތިބުމެވެ. ނަސީމަކީ އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތާއި، ވާޖިބާއި، ގާބިލްކަމުގެ ޝަރުތު ވެސް ހަމަވާ ބޭފުޅެކެވެ. އެޝަރުތަކީ އެމްޑީޕީގެ މެންބަރަކަށްވުމެވެ.

ކޮވިޑް-19 ކޮންޓްރޯލް ވުމުގައި ނަސީމް ފެއިލްވި ނަމަވެސް، ހެލްތު މިނިސްޓަރުގެ ޒިންމާތައް އަދާނުކުރި ނަމަވެސް އޭނާ އަށް މަގާމު ޔަގީނެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. އެލެކްސް އޭމީމު

    ނަސީމްބެ ވަގުތުން ބޭރުކުރޭ!!! ކެރަފާ ބޭވަފާއެއް ނޯންނާނެ،

    97
    1
    • Anonymous

      ނިމިދިޔަ ވެރިކަމުގައި، މިގައުމުގައި ހެދި ތަނެއް ނޫނީ ހެދިފަނެތް. ސިއްހީ ހިދްމަތެއް ދެވެނީ ހަމައެކނި، ދަރުމަވަންތައިން. އެއީ މިހިރަ ބުރާންތި ސޯލިހު އެތަން ތަޅާ ބިމާ ހަމަކޮށްލަން އުޅުންތަން. ތިމާގެ އަމާވެސް އެތާ 23 ވަނަ ބުރީގަ ބާއްވައިގެން ފަރުވާދިނީ.. ދަލުހަޔާތް ކުޑަވެސް އިންސާނެއް މިސޯލިހަކީ.
      މި އެމްޑީޕީ މީހުން ނޫން އެންމެންގެންގޮސް ހުޅުމާލޭގަ ހުންނަ ތަނަށް މިއަޅަނީ. އެއްވެސް ވަސީލަތެއްނެތްތަނެއް. 1 އަހރުވެގެން ދިޔައިރު އެތަން ހުރީ ސިފައިންނާއި ދައުލަތުގެ ކުންފުނިތަކުގެ ބަޖެޓުން ހަރަދުކޮށް ހެދިގޮތަށް. އެތަނަށް ވައްދާމީހާ ނޭވާ ހާސްވެގެން މަރުވިޔަސް އައިސީޔޫގަ ދޭ ފަރުވާ ދެވޭކަށް ނެތް.. ރއްޔިތުންނުކުމެ މި ވެރިކަން ބަދަލުކުރަން އުޅޭނީ ކޮންމެ އާއިލާއެއްގެ މަންމައާ ބައްޕަ މަރުވެ ދިޔާމަބާއޭ މަހިތަށް އަރާ.

      83
      1
    • ފފފފފފ

      މުސްކުޅިވެ އަޖޫޒްވެ އަމިއްލަ ނަފުސައިގެންވެސް ނޫޅެވޭ ވަރުގެ މީހަކަށް ސިއްހީ ނިޒާމު ހަވާލުކުރީ!! ރައްޔިތުންގެ ފައިސާ ގެއަށް ވެއްދޭވަރު އަދިވެސް މަދުވެގެން. ސިއްހީ ނިޒާމު ބޮއްސުންލައިގެން ދާއިރުވެސް، މަޖްލިހެކޭ ކިޔާ އައްޑާއަށް ވާކަމެއްނެތް. މަޖްލިހުގަ ތިބި މޑޕ މެންބަރުންގެ ކޮންމެ އާއިލާއަކުން 4 މީހުން މަރުވީމަ ދެން އެނގޭނެ އެހެން ރައްޔިތުންނަށްކުރާ އަސަރުވެސް. މިތާ މިއޮތީ ފިރުއަނުގެ ވެރިކަންފަދަ ޖައްބާރު ޖާހިލު ނުބައި ވެރިކަމެއް.

      63
      1
    • Anonymous

      ރައްޔިތުން ނުކުމެ މިގައުމު ހަމައަކަށް އަޅުވަން މާލަސްވެއްޖެ. ވެރިކަމުން ސޯލިހު އިސްތިއުފާ ދެންދެން ހުއްޓާނުލާ އިހުތިޖާޖުކޮށްގެންނޫނީ ލާހިކެއްނޫން ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރާކަށް. ސޯލިހޭ ކިޔާ ކަލޭގެ އެއޮންނަނީ ގެއަށްވަދެ ރަޖާލައިގެން. އެހެން ގައުމުތަކުގެވެރިން ދުވާލަކު 1 ފަހަރު މީޑިޔާއާ ބައްދަލުކޮށް މީޑިޔާގެ ސުވާލުތަކަށް ޖަވާބުދޭ.. މިގައުމުގައި ދުވަހަކު ސަރުކާރުގެ ވަޒީފާއެއް އަދާވެސް ނުކުރާ ސޮރަކު އެތަނަށް ފައްތައިގެން މިއުޅެނީ.. ވީނު މަބުރޫކާ މިގައުމުގެ ވެރިކަންވެސް ހަވާލުކުރަން.

      55
      1
  2. އިތުރު ޕެރާ

    މިރިޕޯރޓް ވަރަށް ހަބޭހެވެ. އެކަމަކު ނަސީމު ތަފާތު ދައްކާނެ ކަމަށް ރ. ނަޝީދު ދިން ޔަޤީން ކަމާއި، ތިޔަ ނަސީމަށް ކޮންފިޑެންސް އޮތްކަމަށް ރ. ޞާލިހު ދެއްކި ވާހަކަތަކުގެ މަތިންވެސް މިފުރުޞަތުގައި ނަކަލުކޮށްލަން ބޭނުމެވެ. ޥަރަށް ބޭނުމެވެ.

    113
    3
  3. މަބޭ

    މިހާރު މިތލރާއްޖޭގަ ހިންގަމުންމިދާކަންކަން އަލްޖަޒީރާ އަދި ސީއެންއެންއެންއާ ހިއްސާކޮއް ވަރައްރަންގަޅައް ދުނިޔޭގެ ކަންކޮޅުތަކައް އެބައަންގަންޖެހޭ

    93
    2
    • ޅޮސް

      ކޮބާ ބޭނުމަކީ... ޓޫރިސްޓުން އައުން ހުއްޓުވުންތަ... މިހާރުވެސް ކިރިޔާ މުސާރަ ކޮޅު މި ލިބެނީ..

      1
      9
  4. އިދުރީހު

    މީވަރަށްރަނގަޅުލިއުމެއް ރާއްޖޭގެ އެންމެން ދަންނަ މަސްއޮޑި ވިޔަފާރި ބަނގުރޫޓް ވެގެންދިޔައީ މިމީހުން ވެރިންނައް ތިބެގެން ދެންކިހިނެއް މިމީހުންލައިގެން މިގައުމު ހިންގާނީ މިވަރުނޭންގޭ އެމް ޑީ ޕީ ގަމާރުންނައް

    79
    1
  5. ލަދުންމަރޭ

    އެމްޑީޕީނޫން އެހެންޕާޓީއެއްގެ ބަޔަކު ވެރިކަމަށް ގެންނަން ވެއްޖެއެވެ. އެމްޑީޕީ އަބަދުވެސް ބާއްވަންވީ އިދިކޮޅުގައި މުޒާހަރާކުރާށެވެ. ގަރަހިތައެއްކަހަލަ ޕާޓީއެއް އެމްޑީޕީނޫނީ ނުދެކެމެވެ.

    87
    2
  6. މޮހޮރު

    ތިކަން ވަރައް ރަނގަޅަށް މިހާރު މިދަނީފެންނަމުން، ޤައުމު ހަފުސްވެ ނިމިއްޖެ ބޮޑުންތިބީ އަދިވެސް ކެވުނުވަރު މަދުވެ ކާލާނެ އެއްޗެއްގެ އިންތިޒާރުގަ،

    72
    1
  7. އަހުމަދު

    ވަރަށް ފުރިހަމަ ލިޔުމެއް. އެކަމު މޑޕ ގައި ތިބި އަންނި އަށް ތަބާވާ އަންނިގެ ލާދީނީ އަޅުންނަށް ތިލިޔުން ވަރަށް ކަޑަ ވާނެ.

    79
    1
  8. ބޯހަލާކު ތަކުރު

    އިންސާފުވެރިކަން ދައްކަން ގުރުބާން ކުރާނީ "ކޯލިޝަންގެ އެހެން ޕާޓީ"ގެ މިނިސްޓަރުން
    ވެންޓިލޭޓަރ މައްސަލައިގަވެސް ފިނޭންސްއިން އެހާ ބައިވަރު ލާރި ރިލީސްކުރި އިރު ފިނޭންސް މިނިސްޓަރ ނަގަން ޖެހޭ ޒިންމާއެއްނެތް "އެމްޑީޕީ" މިނިސްޓަރ އަކަށް ވުމުން

    68
    2
  9. ޕާރޓީ ސިސްޓަމް

    އަދިވެސް ވާނެ މަށަށް ވާނެޔޭ ކިޔާފަ އިންތިޙާބާ އެއްޗެހި ބާއްވަން. ތިމާވެށްޓަށް ވުރެ ތަރައްޤީ މުހިންމުވީހެން ރައްޔިތުންގެ ސިއްޙަތަށް ވުރެ ސިޔާސީ ނުފޫޒު މުހިންމު ވީމަ އެކަމުގެ ހިތި ނަތީޖާ ތިޔަ ފެނިވަޑައިގަންވަނީ. ދެން ކިޔާ ފަރުދީ ޒިންމާ އޭ، ރައްޔިތުންގެ މައްސަލަ އޭ. ހުރިހާ އިންސާނުން ވެސް ނިމިގެންދާނީ. ކަށްވަޅަށް ތި ދާއިރާތަކުގެ ގޮނޑިތަކާއި މަޤާމުތައް ގެންދެވޭނެ ކަމަށް ހީކުރަނީބާވައެވެ؟

    40
    1
  10. ރެފްރީ

    ކޮންމެއަކަ ސްފެއިލްވެއްޖެ!! ފަހަރެއްގަ ފެއިލްވީ ރައްޔިތުންކަމަށްވެ ސްވެދާނޭ!! ވަޅެއްނުތެޅޭނެއޭ ދާންޏޭތެޅޭނީބުނާގޮތަށް މިނި ސްޓަރު އަދި ސަރުކާރުވެ ސް ފެއިލްކަމަކަށް އެމީހުންގަބޫލެއްނުކުރާނެ !! އެހެންވީމާ ފެއިލްވީރައްޔިތުންނޭބުނަމާހިނގާ

    45
    1
  11. ގލ

    ރާއްޖެއަށް ކުރިމަތި ވެފައިވާ ކޮރޯނާ ބަލިމަޑުކސަމަކީ
    ދުރާލާ ރައްކާތެރިކަމުގެ ފިޔަަވަޅުތައް އަޅަންޖެހިފައި އޮތް
    ކަމެކެވެ އެހެންނަމަވެ ސް ސަރުކާރުން މިކަމަށް ދޭންވާ
    ސަމާލުކަން ދެމުންދާ ތަނެއް ނުފެނެއެވެ.

    42
    1
  12. ކޮވިޑް

    އަމީން މުސްކުޅި ފުޅުވީމަ އެކްޓިވް ނުވީމަ ނޫކަށިމަތި ފުރައިގެ 25އ ގެ ޒުވާނެއް އެހުރީ ރައީސް މީހާ އެ މަޤާމަށް އައްޔަން ކޮށްފަ، މައްސޫލިއްޔަތަކަށް ރައީސް މީހާ ދެއްވީ ރާއްޖެ އަށް ރީތި ނަން ހޯދަ ދިނުން. ޒުވާން ފިޓް ހ.މ މިހާރުވެސް ވަނީ މިސްވޯލްޑް 2021 ސޮރީ ދުނިޔޭގެ އެންމެ ރީތި ފިޓް ފިރިހެނާ ހޮވުމަށް ބާއްވާ މުބާރާތެއްގަ ވާދަކުރުމަށް ދުލިޔޭން ބޭރަށް ކޯހަކަށް ފޮނުވާފަ ރައީސް މީހާގެ ދުނިޔޭން ބޭރުން ކިޔަވާ ދިނުމުގެ ވަޢުދުގެ ފުރަތަމަ ޒުވާނެއްގެ ގޮތުން، ވަގުތު ނޫހުންވެސް މިކަން ކަން ބަލާލާފަ ހަބަރު ހަދާނަމަ ދެއްތޯ؟

    38
    1
  13. ކޮރަލް

    ނަސީމް އިސްތިއުފާ ދޭން ވީ އެވެ. ފެއިލް ވެއްޖެ އެވެ.

    44
    1
  14. ދަރަނި ދަންތުރަ

    ނަސީމު ތަފާތުދައްކާނެ ކޮވިޑު އޮބިނޯވޭ ދުވާލަކު 6 މީހުން މަރުވޭ ކިހާ ތަފާތު...

    47
    1
  15. ނައްސި

    " ނަސީމަކީ ރައީސް ނަޝީދާއި ހުރިހާ ގޮތަކުން ވިސްނުމާއި ފިކުރު އެއްގޮތްވާ ބޭފުޅަކަށް ވުމެވެ. އެހެންކަމުން އެމްޑީޕީގެ ކުރިމަތީގައި ނަސީމް ގޯހެއް ނުވާނެއެވެ. ނަސީމް ގޯހެއް ނުހަދާނެއެވެ. ނަސީމް ޒިންމާއެއް އަދާނުކޮށެއް ނުހުންނާނެއެވެ"..އެމް ޑީ ޕީ މެމްބަރަކަށްވީމަ ސާފު ހުދު ފޮތިކޮޅަށްވީ، ރައްޔިތުންނަށް ވާގޮތެއް ބަލާކަށްނުޖެހޭނެ

    44
    1
  16. ވިސްނާށެވެ

    ގައުމުތައް ތަރައްގީވެ ތަހުޒީބުވެ ކުރިއަރާފައިވަނީ، އެގައުމެއްގައި ތިބި ކަމުވޮށިގެންވާ ޢިލްމީ ދަރިން ގައުމުގެ އެހެން ރައްޔިތުންގެ މައްޗަށް ބަސްކިޔައިގެން!

    47
    1
    • ސަލްމާ

      އެކަމަކު ދިވެހިން މިކުރިކަމަކީ، ދިވެހި ގައުމުގެ ދުޝްމަނު ބާޣީންތަކަކަށް މިގައުމު ދިނީ.. ގައުމުގެ ހަޒާނާ އެކީ ހުސްކޮށް ފައިސާ ޗާޕްކޮށްކޮށްގެން އެވެސް ކައި ހުސްކޮށް ބަނޑު ދަމާލައިގެން އެތިބެނީ.. ރައްޔިތުންނަކީ ކުނިގަނޑެއް ކަމަށް ދެކެނީ. މިގައުމުގެ ރައްޔިތުންގެ ފައިސާ ކައިގެން އޮތް ސޯލިހު ދަމާނެރެ މީޑިޔާ ކުރިމައްޗަށް ގެނެސްބަލަ. ނައިބުރައީސްއެކޭ ކިޔައިގެން އާއިލާ އެންމެންނަށް ޑެޕިއުޓީ މިނިސްޓަރުކަންދިގެން މަހަކު 85 ހާސް ރުފިޔާ ކޮންމެ ބުރާންޗަކުން މަހަކު ދިރުވާލާ.. ރައްޔިތުންނަށް ޚިދްމަތް ކުރަން އިނގިއްޔެއް ތަޅުވާނުލާ ސެލޫންތަކުން ބޯފަންކޮށް ބައިއިންޗިއަށް ފައުންޑޭޝަން އަޅައިގެން ތިއްތި ދެއްކުން ނޫން ކަމެއްކުރާ އެއް އިބިލީސްވެސް މިސަރުކާރުގައި ނެތް.

      29
      1
  17. ސަޑުހަސަނު

    އާޚިރުގައި މިކަން ނިމޭނީ މައިމޫނާ ބޮލަށް ކަނޑާލައިގެން. މައިމޫނާ ކުއްވެރިވާނީ. ޓެގް ޓީމްގަ ތިބި ޑޮކްޓަރުން ގޯސްވާނީ. އެންމެފަހުން ކުރީގެ ސަރުކާރު ގޯސްވާނި.

    44
    1
  18. ާރަސީދު

    ފުރަތަމަވެސް ބުނެލަން އޮތީ، ނަސީމުއޭ "ރައްކާވާޝޭ މިހާރުން މިހާރަށް އިސްތިއުފާދީފަ ތިޔަކަން ވާވަރުމީހުނާއި ހާވާލު ކުރާށޭ" ވަގުތު ނޫހުން ތިޔަގެނެސް ތިޔަދިން ވާހަކަކޮޅަކީ މިހާރުގެ ހާލަތު ވަރައްވެސް ރަނގަޅު ވާހަކަ، އެއްވެސް އުނި އިތުރެއްނެށް. ތިޔަ ކެރަފާނަސީމުއަކީ ތިޔަކަހަލަ މާޤާމަކަށް ޤާބިލު މީހެއްވެސްނޫން، މިހެން މިކަންތަށް ހިގާނެ ކަން އެނގޭތީ އެދުވަހުވެސް ކަރުބުޑުން ގޮވަމުން އަހަރުމެން ދިޔައީ ތިޔައާލާތުންނަށް މިވެރިކަން ނުދޭށޭ.....އެކަމަކު......މިހާރު ދިވެހިން އެތަން މިތަނުން މި ރޮއިހޭރެނީ ތިމީހުންގެ ދޯދިޔާކަމުން ވަމުން ދާކަންތައްތަށް ފެނި އިހުސާސްކުރުމުގައި ދެމިތިބި މީހުން، ރައީސް ޔާމީނު ގެ އަތުން މިވެރިކަން ފޭރުނު އިރު، ސިއްހީ ދާއިރާ އައީ ވަރަށް ފރިހަމަ އަށް ކުރިއަރަމުން، ރާއްޖޭގެ އެކި ހޮސްޕިޓަލު ތަކުގާ ތިބީ ވަރަށް މޮޅެތި ޑޮކުޓަރުން، އެހާމެ މޮޅުބޭސްތަށް ލިބެންހުރުމާއި އެކު ބަލިވާމީހުންގެ އުފަލެށްއޮތް، މާގިނައިން ލިޔާނެ ބޭނުމެއްނެށް، ތިޔައީ މިހާރުގެ ހާލަތު.............ކެރަފާއާއިލާ ތިޔަވެރިކަމާއި ތިޔަ ތޮޅެނީ ވައްކަންކުރަން.....ރައްޔަތުމީހާގެ ފައިސާކޮޅު ކާލަންވެގެން، ކޮބާތިއާލާތުން ކުރާމަސއްކަތަކީ އަހަރުމެން ފެލާއިގެން ކެއުންނޫން ކަމެއްނުކުރޭ،......ރައްޔަތުން ވެރިކަން ދިންގޮތަށް ދޫކޮށްދާން ގޮވާ!

    27
    1
  19. ރާއްޖެތެރެ

    ރައްޖެ ދެކެ ލޯބި ނުވާ ބަޔަކައް ވެރިކަން ލިބުނީމަ ޤައުމަކައް ކުރާނެ ފައިދާއެއް ނެއް. މުޅިންވެސް އިންޑިޔާގެ ބާރު ރައްޖޭގެ މައްޗަ ފޯރަމުންދާތަން މި ފެންނަންނީ.

    31
    1
  20. ސޫއޫދު

    މާލެގަ ތިބިދިވެހި ރައްޔިތުންނުކުމެ މިނާގަބިލްމީހުން ބޭރުކުރަންވެއްޖެ މިއަދުމިވީ5 ގަޑިއިރުތެރޭ5 މަރުކޮވިޑް މިހާރުވެސް މާލަސްވެއްޖެ ތިމީހުން އަންބޮޑި ބޮނޑުކުރަން މަގާމުގަ ބޭތިއްބުމައްވުރެ ދިވެހިރައްޔިތުންގެ ފުރާނަސަމާތް ކުރެވޭތޯބެލުން ކާފަ މާމައިންގެ

    26
    1
  21. ރަދީފް

    ޝައްކެއް ނެތް ގޮތުގަ ނަސީމް ގައިގަ ހާރިޖީ ދާއިރާ އަދި ޓުރިޒަމް ދާއިރާގެ ތަޖްރިބާ ހުންނާނެ.މިކަން މިހެން ހުރުން އެއީ ނަސީމަށް އެޑިޔުކޭޝަން ނުވަތަ ހެލްތު މިނިސްޓަރުކަން ކުރެވިދާނެ ހުއްޖަތެއް ނޫން.ތިމާމެންގެ ކިބައިގަ އެކަމުގެ ބެކްގްރައުންޑުން އަލިފްބާ ނެތި މާގާމް ގަބޫލު ކުރުން އެއީ ނަސީމް ގައުމަށް ދިން ވަރަށް ބޮޑު ގެއްލުމެއް. ވ.ވެދުން

    24
    2
  22. އިބްރާހީމް

    އާދަމް ނަވާޒް ގެ އާޓިކަލްތައް މިހާރު ވަރަށް މޮޅު، ވަރަށް ހިތްގައިމު. ހަމަ ހުސް ތެދު ވާހަކަ. ސެލިއުޓް ޔޫ މޭން.

    31
    2
  23. ސަސު

    މި ކަލޭގެ ލަދުވެސް ނުގަންނަނީއޭ

    28
    2
  24. ދުވެލި

    އަމީނު ކުރިމަސައްކަތާ ގާތަށްވެސް މި ނަސީމަކަށް މަސައްކަތެއް ނުކުރެވުނު އިސްތިއުފާ
    ހެލްތު މިނިސްޓަރު ފޭލިވެއްޖެ

    29
    2
  25. ކުލުނު

    މިލިޔުން ވަރަށް. ފުރިހަމަ ބިތުފަންގި ނަގައި ޙާލަތު ދައްކައިލައިފި، ހެލްތު ދާއިރާ ފެއިލްވެއްޖެ

    25
    2
  26. އަލީ

    ވެންޓިލޭޓަރުގަ އޮންނަންޖެހިފަ ހުރި މީހަކު ތަންތަނަށް ލީމަ ވާނީ މިހެން. ދެން ކަލޭމެން ވޯޓުދީގެން ހޮވި މަޖިލިސް. މީގެ އެއްވެސް ކަމެއްގަ އެއްޗެއް ނުކިޔާތާނގަ އިދިކޮޅު މީހުނަށް އެއްޗެކޭ ކިޔުނަވެސް ނުދޭ. ގުރުއާން ނުކިޔެވޭ ތަނެއްގަ ދެއްކޭނީ ކޮންވާހަކައެއް؟

    21
    2
    • ރަދީފް

      ވެންޓިލޭޓަރުގަ އޮންނަން ވަކި އުމުރެއް އޮވޭތަ؟

      2
      2
      • Anonymous

        އުމުރެއްގެ ވާހަކައެއް ނުކިޔާ. ބަލިކަށިކަން އިންތިހާއަށްގޮސްހުރި މުސްކުޅިއެއްވީމަ އެހެން އެބުނީ.

  27. ހަވާސާ އިބޫ

    މިގައުމު ހުރިހާގޮތަކުންވެސް ހަލާކުކުރަނީ އެމްޑީޕީ މީހުން ވެރިަކމުގައިވެސް ހުރީ އުރައްޕަތެއްނެތްމީހަކު ނަސީދުވެސް ކުރަނީޖެއްސުން ތިމާނޫންމިހަކަށް ކަމެއް ނުވާކަންދަންއްކަން !

    12
  28. Anonymous

    ކީންތޯ ކުރާނީ އަޅުގަޑު މި މޭ 16 ވަނަދުވަހު ބަލިވެގެން ކޮވިޑު ޓެސްޓު ހެދިމީހެއް އަދިވެސް ނަތީޖާއެއް ނުލިބޭޭ މީ ކިހާ ދެރަ ކަމެއްތޯ ޒިއްމާވާނެ ފަރާ ތެއްނެއި

    11
  29. ބަރުގޮނު

    ކަމެއް ރަގަޅު ކުރެވޭނީ ޒިންމާ އެގިގެން. އެހެންމީހަކު ހުރެ އެމީހާއަށް ކަމެއް ނުކުރެވިގެން އެމީހާ އެތަނުން ދުރަށްލާ ތިމާ އެތަނާ ހަވާލުވީ މަޤްޞަދު ހަދާން ހުރެގެން. ތިމާއަށް ކަންކަން ނުވެވޭކަމަށް ހިތުގެ އަޑިން ޤަބޫލުކޮށް އިސްތިޢުފާ ދޭނީ ލަދުގަންނާން ދަންނަނަމަ. ދޮރެއް ހަރުނުކުރި ހުރެގެން އެކަމާ ސުވާލު ކުރަން މިނިސްޓަރަކު މަޖްލިސަށް ހާޒިރުކުރަން ހޯބޯލަވާގަތް ބަޔަކު ޤަވްމެއްގެ ޞިއްޙީ ނިޒާމް ބޮއްސުންލާގެން ގޮސް ކޮވިޑް ޓެސްޓްކުރުން ބުރޫއަރާ މުޅިރާއްޖެ ކޮވިޑް ގެ ޠޫފާނުގައިޖެހި ޕޮޒިޓިވްވާ ޢަދަދު ބިރުގަންނަ ވަރަކަށް މައްޗަށް ދާތާ ހަފްތާއަކަށްވުރެ ގިނަދުވަސްވީއިރު ކަމާބެހޭ މިނިސްޓަރާ ސުވާލެއްކޮށްލާނީވެސް ސުވާލުކުރަން ތިބި މީހުން ޤަވްމާ ރަޢިއްޔަތުންގެ ތެދުވެރިހިތެއް އޮވެގެންކަމަށް ޤަބޫލު ކުރެވޭ.. ތިމާމެންގެ ޕާޓީ މީހެއް ވީމާ ތަށަށްކިޔަނީ މަރިޔަބުހޭ އަހާލާނެ ކުއްޖަކުވެސް ޢިއްޒަތްތެރިންގެ ތެރެއަކުނެތް.

  30. ޙ

    ޙުރިހާމަގާމެއް ބާރެއް އަންނިއަށްދިނީ ދިވެހިން . ކީއްވެ އިސްލާމްދީނށް ލޯބިނުކުރާތީ. މީހުންދިރިއުޅޭ ރަށްރަށަށް ގެސްޓުން ގެންނަމަތިން.

  31. އަސްމާރު

    ޢާއިލީ ވެރިކަމާ ދެކޮޅަށް ނިކުތް މީހުން މި ތިބީ ޢާއިލީ ވެރިކަމުގައި ބަގުޑި ބައްދައިގެން. ބޭނުމީ ހެޔޮ ވެރިކަމެއްނޫުން. ބޭނުމީ ވެރިކަން ވަރިކަން ތާއަބަދަށް ވެރިކަން

  32. މުޖޫ

    ތަންކޮޅެއް މުސްކުޅިފުޅު ދެއްތޯ؟ ކޮންމެވެސް ނިޝާނެއް ދެއްވާފަ ސްޓޭ ހޯމް ޕްލީސް

  33. މައްލާ

    ނަސީމައް ވަރައް ސަލާމް ތިޔަވެސް މިނިސްޓަރެއް ދެއްތޯ....ކޮބާ އެްާރ ޕޯޓް ވިއްކާލަން ސޮއިކުރިގލާ ..ބަންދޭ....ފިލާތަ އޮތީ..

  34. ހުސެންދީ

    އެމް.ޑީ.ޕީއެ "އިއްޒަތްތެރި" މެމްބްރުންނަށް ދަންނަވަމެވެ. ކެރަފާ ނަސީމުއާއި މާރިޔާދީދީގެ އިތުބާރު ނެއްކަމުގެ ވޯޓް ނަގަން ނުކެރިގެން ތިއުޅެނީ އެއީ އެމް.ޑީ.ޕީގެ މެންބަރުންނަށް ވީމަތަ؟ އީވާގެ ފިރިޔާއި ޖިހާންގެ ފިރިޔާއި ރިޒާއާއި އީސައާއި ހަސަނާއި މަވޯޓާއާއި މުޣުނީއާއި ޕެޑާއި މިބޭފުޅުންނަށްވެސް ފިޔަވަޅެއް ނޭޅުނީ ރޯޔަލްވެފައި އެމް.ޑީ.ޕީ މެންބަރުންނަށް ވީމައެވެ.