ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 09 ވަނަ މާއްދާގައި ބުނެފައި އޮންނަނީ މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެ ކަމަށެވެ. ނަމަވެސް ގަބޫލުކުރަން މަޖުބޫރު ހަޤީޤަތަކީ ދިވެހިންގެ ތެރޭގައި ކާފަރުން އެބަތިއްބެވެ. އިސްލާމްދީން ގަބޫލު ނުކުރާ ދިވެހިން އެބަތިއްބެވެ. ފާޅުގައި އިސްލާމްދީނަށް ހަޖޫޖަހާ، الله سُبْحَانَهُ وَتَعَالَى‎ އާއި އެކަލާންގެ ރަސޫލާ محمد صليالله عليه وسلم އަށް ފުރައްސާރަ ކުރާ ދިވެހިން އެބަތިއްބެވެ. ދިވެހިރާއްޖޭގެ ޖަމިއްޔާތަކުން ވަރަށް ފާޅުގައި ނެރެފައި ހުރި ރިޕޯޓްތަކުންނާއި، ބައެއް ދިވެހިން ވަރަށް ފާޅުގައި ދައްކަމުންދާ ވާހަކަތަކުން މިކަންކަން މިހުރީ އެންމެންގެ ކުރިމަތީގައި ފެންނާށެވެ.

ރޭ އިރުއޮއްސި ރަތްވިލާ އޮއްސެމުން ދަނިކޮށް ކުއްލިއަކަށް މުޅި ގައުމަށް ހައިރާންކަން ގެނައީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލެއްގެ މައުލޫމާތު މީޑިއާގައި ހާމަވުމުންނެވެ. ޤާނޫނުލް އުޤޫބާތައް އިސްލާހް ގެންނަން ހުށަހަޅާފައި އެއޮތް ބިލްގައި އޮތީ ނަފްރަތު އުފެއްދުން ވަރަށް ފުޅާކޮށް، މާނަކޮށް، އިސްލާމްދީނާއި ދެކޮޅު ހިޔާލު ފާޅުކުރާ މީހުންނަށް ހާއްސަ ހިމާޔަތަކާއި ރައްކާތެރިކަމެއް ދީފައެވެ.

ޢާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުމާއި ނުވަތަ އިސްލާމީ ޢަޤީދާއާ ގުޅުވައި މުޖުތަމަޢުގައި މީހަކާމެދު ނަފްރަތު އުފެއްދުމާއި ޢާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމާއި ޢާއްމު ތަނެއްގައި މުސްލިމަކަށް ކާފަރެއްގެ ތުހުމަތު ކުރުން ކުށަކަށް ހަދަން ސަރުކާރުން ވަނީ ހުށަހަޅާފައެވެ.

ދިވެހިންގެ ތެރޭގައި ކާފަރުން ތިބި ނަމަވެސް، އަދި އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު އެތައް ވާހަކައެއް ދައްކަމުންދާ މީހުން ތިބި ނަމަވެސް، އެއިން އެއްވެސް މީހަކުގެ ކިބައިން ދިވެހި ރައްޔިތުކަން ނިގުޅައެއް ނުގަނެއެވެ. އެހެންކަމުން އެމީހުން އެތިބީ އަދިވެސް ދިވެހިރާއްޖޭގެ ޤާނޫނު ބުނާ ގޮތުން "މުސްލިމުންގެ ގޮތުގައެވެ." މާނައަކީ މިއަދުވެސް މުޖޫ ނައީމާއި، އުފާ ފައުޒީ އަކީ ވެސް ކާފަރުން ކަމަކަށް ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއިންނެއް ނުނިންމައެވެ. ނަމަވެސް ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އެއޮތް ބިލް ފާސްވުމާއިއެކު މުޖޫ ނައީމާއި އުފާ ފައުޒީ އަކީ ކާފުން ކަމަށް ބުނާ ދިވެހިން ލާނީ ޖަލަށެވެ. އެމީހުންގެ މައްޗަށް ދިވެހި ދައުލަތުން ސާބިތު ކުރާނީ ނަފްރަތު އުފެއްދުމުގެ ކުށެވެ.

އިސްލާމްދީނުގެ ނަން ބޭނުންކޮށްގެން ނަފްރަތު އުފެއްދުމަކީ ނައްތާލަން ޖެހޭ ކަމެކެވެ. އެކަން ކުރާ ބަޔަކު ޝޭހުންގެ ތާޖު ބޮލުގައި އަޅައިގެން، ބޭނުންވިއްޔާ ބޭނުންވި ކޮންމެ ދަނޑިވަޅެއްގައި ދީން ހަތިޔާރަކަށް ހަދައިގެން އެހިންގަނީ ޖަރީމާއެކެވެ. އެމީހުން މިހާތަނަށް ހިނގާފައިވާ އަމަލުތަކުގެ ސަބަބުން ރާއްޖެއަށް މިހާރު ލިބިފައިވާ ގެއްލުންތަކުން އަރައި ގަންނަން ވެސް އެތައް އަހަރެއް ހޭދަކުރަން ޖެހޭނެކަން ޔަގީނެވެ.

މީހުންގެ ބޮލުގައި ބޮޑެތި މަރުތަކުގެ ތުހުމަތު އަޅުވައި، ރައްޔިތުންގެ މެދުގައި ވަކި ބަޔަކާއިމެދު ނަފްރަތު އުފައްދައި، ބުހުތާން ދޮގު ހަދައިގެން ގައުމުގެ ހަމަޖެހުން ނަގާލުމަކީ އާދައިގެ ކަންކަމެއް ނޫނެވެ. އެފިތުނަވެރި އަމަލުތަކުގެ ހަދިޔާއެއްގެ ގޮތުން ވަޒީރުކަން ހިބަކޮށްދީފައި އޮތް ނަމަވެސް އެއީ ގައުމަށް ލިބޭ ހެވެއް ނޫނެވެ.

ނަފްރަތު އުފެއްދުން ކުށަކަށް ހަދަން ޖެހެއެވެ. މިހާރު ސަރުކާރުން ހުށަހަޅާފައި އެއޮތް އިސްލާހަށް ބަދަލުތައް ގެނެސްގެން އަދިވެސް ކަންކަން އިސްލާހް ކުރުމުގެ ފުރުސަތު އެބައޮތެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ (03) ވަނަ މާއްދާގެ (ހ) ގައި ބުނެފައި އޮންނަނީ މަޤުބޫލު ސަބަބެއް ނެތި، އެއްވެސް ބާވަތެއްގެ ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ޢާންމު ތަނެއްގައި ގެންގުޅުމަކީ ކުށެއް ކަމަށެވެ. އެމާއްދާގެ (ށ) ގައި ބުނެފައި އޮންނަނީ ޢާންމު ތަނެއް ފިޔަވައި އެހެން ތަނެއްގައި، މަޤުބޫލު ސަބަބެއް ނެތި ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ބެހެއްޓުމަކީ ކުށެއް ކަމަށެވެ.

މިމަފްހޫމަށް ބަލައިގެން ޤާނޫނު އުޤޫބާތައް ސަރުކާރަށް އިސްލާހް ގެނެވިދާނެއެވެ. މަގުބޫލް ސަބަބެއް ނެތި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުމާއި މަގުބޫލް ސަބަބެއް ނެތި މީހަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމާއި މަގުބޫލް ސަބަބެއް ނެތި ޢާއްމު ތަނެއްގައި މީހެއްގެ މައްޗަށް ކާފަރެއްގެ ތުހުމަތު ކުރުން ކުށަކަށް ހަދަން ޖެހެއެވެ. އެކަމަށް އަޅުގަނޑު ވެސް ނިހާޔަތައް ތާއިދު ވެސް ކުރަމެވެ.

ނަމަވެސް ސަރުކާރުގެ ވެރިންނާއި ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކާއި އަދި ސަރުކާރުގެ ހިމާޔަތާއި ރައްކާތެރިކަމާއި ލޯބި ލިބިފައިވާ ފަރާތްތަކުން އިސްލާމްދީނާއި ދެކޮޅަށް ހިންގާ އަމަލުތަކުން ބަރީއަވުމަށްޓަކައި، އެފަދަ މީހުންގެ ވާހަކަ ދައްކާ ފަރާތްތައް ކުޑަ ގޮޅިއަށް ލުމަށް ސަރުކާރުން ރޭވުންތެރިކަމާއިއެކު ކުރަން މަސައްކަތް ކުރާ ކަންކަމަކީ ވަރަށް އަނދިރި މާދަމައެއް ދިވެހިންނާއި ބައްދަލު ކުރަން ކައިރިވެއްޖެ ކަމުގެ އިންޒާރެވެ.

ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް މިގައުމުގައި އިސްލާމްދީން އޮންނާނެ އެވެ. ރަނގަޅު ވާހަކައެކެވެ. އިސްލާމްދީނަކީ ޤިޔާމަތާއި ހަމައަށް ދެމިއޮންނާނެ ދީނެވެ. ކީރިތި ޤުރުއާނުން އެކަން ސާބިތުވެއެވެ. ކަރަށް ބަނގުރާ އެޅި ނަމަވެސް، ނުވަތަ ހަންޖަރުން ކަނދުރާ އާއި ބޯ ދެތަން ކޮށްލި ނަމަވެސް ފުރިހަމަ މުޢުމިނަކު އިސްލާމްދީން ދޫކޮށެއް ނުލާނެއެވެ. އެހެންކަމުން ރާއްޖޭގައި ތިބި ފުރިހަމަ މުޢުމިނުން ވެރިމީހާ ބުނާއިރަށް ދީން ދޫކޮށްނުލާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް ވެސް އެބައޮތެވެ.

ނަމަވެސް އުފެދޭ ސުވާލުތައް ލައްކަ ބައިވަރު އެބަހުއްޓެވެ. ވެރިކަމުގައި ޣައިރު މުސްލިމުން ތިބި ނަމަވެސް ނުވަތަ ޣައިރު މުސްލިމުން ބޭނުންވާ ގޮތައް ހަދާ ބަޔަކު ތިބި ނަމަވެސް އެގައުމެއްގައި އިސްލާމީ ވެރިކަމެއް އޮންނާނެ ހެއްޔެވެ؟ އެހެންކަމަށް ވާނަމަ ދުނިޔޭގެ ތާރީޚް ދައްކާ ޙަޤީޤަތްތަކުން މިފެންނަނީ ކޮން މަންޒަރެއް ހެއްޔެވެ؟

އަށްވަނަ ޤަރުނުގައި މުސްލިމުން ސްޕޭން ހިފާ ދިހަ ވަަނަ ޤަރުނާއި ހަމައަށް މުސްލިމުންގެ ވެރިކަމެއް އަންދަލުސްގައި ކުރިއެވެ. މުސްލިމުންގެ އަތުން ސްޕޭންގެ ވެރިކަން ދޫވެ، ޣައިރު މުސްލިމުންގެ އަތައް ވެރިކަން ލިބުމުން މިއަދު ސްޕޭނުން ފެންނަނީ ކޮން މަންޒަރެއް ހެއްޔެވެ؟ ސްޕޭންގައި މިއަދު އިސްލާމީ ވެރިކަމެއް ނެތީ ކީއްވެ ހެއްޔެވެ؟ ސްޕޭންގެ މެޖޯރިޓީ ދީނަކަށް މިއަދު އިސްލާމްދީން ނުވަނީ ކީއްވެ ހެއްޔެވެ؟

ތުރުކީގެ ވެރިކަމަށް އަތާތުރުކަ އައީ ވަރަށް ފަހުގެ ތާރީޚެއް ގައެވެ. ސެކިއުލާ ވިސްނުމުގެ އަތާތުރުކަ މުޅި ތުރުކީގައި އޭނާގެ ސެކިއުލާ ވިސްނުން ފެތުރިއެވެ. މިއަދުވެސް ތުރުކީ އެއުޅެނީ އެމުސީބާތުން އެންމެ ރަނގަޅަށް ސަލާމަތް ނުވެވިގެންނެވެ. އެއީ ގައުމުގެ ވެރިކަމަށް އައި ޖާހިލެއްގެ ސަބަބުންވީ ކަމެއް ނޫން ހެއްޔެވެ؟

ރާއްޖޭގެ ތާރީޚީ މައުލޫމާތައް ބަލާއިރު ވެސް ޕޯޗްގީޒުން ރާއްޖޭގެ ވެރިކަމަށް އައިސް އެމީހުން ދީން މިގައުމުގައި ފެތުރިއެވެ. ކޮންމެވެސް ބަޔަކު އެމީހުންނަށް ތަބާވެސް ވިއެވެ. މުހައްމަދު ތަކުރުފާނު ޕޯޗްގީޒުންގެ މައްޗަށް ކުރި ހޯއްދަވަން ކުރެއްވި ހަނގުރާމައިގެ މަޤުޞަދަކަށް އޮތީ ވެރިކަން ހޯއްދެވުމެއް ނޫނެވެ. އެހަނގުރާމައިގެ މަޤުޞަދަކަށް އޮތީ އިސްލާމްދީން ހިމާޔަތް ކުރުމެވެ. ޕޯޗްގީޒުން ބަލިކުރައްވާ މުހައްމަދު ތަކުރުފާނު އަނެއްކާވެސް ރާއްޖޭގައި އިސްލާމީ ވެރިކަމެއް ގާއިމް ކުރެއްވެވިއެވެ.

ވަރަށް ރޭވިގެން، ދުރުރާސްތާ ޕްލޭނެއްގެ ދަށުން ބަޔަކު ވެރިކަމުގެ އެންމެ އަޑީ ކޮއިލުގެ ތެރޭގައި ތިބެގެން ކުރަމުން އެގެންދާ މަސައްކަތް ރަނގަޅު ގޮތަކަށް ނިމިގެން ނުދާނެއެވެ. ދީނާއި ބީރައްޓެހި ބަޔަކު ދިވެހިންގެ ތެރޭގައި ތިބި ނަމަވެސް ދީން ދެކެ ވަރަށް ލޯބިވާ، އަދި ދީން ހިމާޔަތް ކުރާނެ މާގިނަ މީހުން ދިވެހިންގެ ތެރޭގައި އެބަތިއްބެވެ. އެހެންކަމުން ބަޔަކު ޤާނޫނެއް ހަދައިގެން ދިވެހިންގެ ދޫބަންދު ކުރެވިދާނެ ކަމަށް ސަރުކާރުން ގަބޫލު ކުރުމަކީ އަމިއްލައަށް ދަންތުރައެއްގައި ޖެހުމެވެ.

މިއަދު ވެސް ފަލަސްތީންގެ، ގުދުސް އާއި ހުޅަނގު އައްސޭރިއާއި ޣައްޒާ ފަދަ ސިޓީތަކުން ފެންނަމުން އެދާ މަންޒަރަކީ ޤާނޫނަކުން، އަސްކަރީ ބާރަކުން، ޖަލު ބަންދަކުން އެމީހުންގެ ހިތުގައި އޮތް އިސްލާމްދީނުގެ ލޯބި ނައްތައި ނުލެވޭނެ ކަމެވެ. އެހަގީގަތް މިދިވެހި ރާއްޖެ އިން ވެސް ވަގުތު ޖެހުމުން ފެންނާނެއެވެ.

މިހުރިހާ ކަމަކަށް ވިސްނާ ދިވެހިންގެ ތެރޭގައި ތިބި ކާފަރުން ހިމާޔަތް ކުރުން ސަރުކާރުން ހުއްޓާލަން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

69 ކޮމެންޓް

  1. ކިޔުންތެރިޔާ

    އަތްޖަހާލަ ޖަހާލަ ތިބޭ! މާކަ ގިނަ ދުވަހެއް ނެތް! ﷲ ގެ ނިދާ އައިސް ޖެހުމުން ލަހެއް ފަހެއް ނުވާނެ! އިންޝާ ﷲ، އެދުވަސް ވަރަށް ކައިރިވެއްޖެ. ކީރިތި ރަސޫލާ ދުޢާ ދެންނެވި ފަދަ ވެރިކަމެކޭ ކިޔައިގެން ތިބި ޝޭޚުންތައްވެސް ހޭލާ ތިބޭތި!

    180
    11
    • ހހހހ

      އެކަމަކު މިމުސީބާތުން ސަލާމަތްވާން މަސައްކަތް ކރަންޖެހޭނެ. ކޮރޯނާއޭ ކިޔައިގެން ފިލާ ތިބެގެން ވާކަށްނެތް. މުސްލިމުން މަރުދެކެ ބިރެއް ނުގަންނާނެ. ﷲ ގެ މަގުގައި ތިބެ މަރުވުމީ ޝަހީދުމަރު. އެކަމަކު މިނުބައި ސަރުކާރުން މިކުރާ ކަންކަން ހުއްޓުވުމަށް ޖާނާމާލުން ޤުރުބާންވާން އެބަޖެހޭ. ރެއާ ދުވާލު ﷲ އަށް ދުވާދަންނަވަން އެބަޖެހޭ. ރައްޔިތުންނޭ މިތާ މިއޮތީ ވަރަށްވެސް ނުރައްކާތެރި ހާލަތެއް. ދީން ނައްތާލަނީ. ގައުމު އަޅުވެތިކުރަނީ. ދިވެހިން ހަަރަށްދީ ކުށެއްނުކޮށް ތިއްބާ އުފުރާލައިގެން ގެންދަން ޓެރަރިޒަމް ގާނޫނޭ ކިޔައިގެން އެއަށް ބަދަލު ގެންނަނީ. ލަކްޝަދީޕަށް ޖައްސާ ދަންތުރަ ޖައްސަމުން އެދަނީ.

      89
      5
  2. ސައްބު

    މި ވެރިންގެ އަނިޔާ ވެރިކަމާ އިސްލާމްދީނާ ދެކޮޅު ރޭ ވުންތަކުން މާތްﷲ ނުހަނު އަ ވަހަށް މިޤައުމާއި މިޤައުމުގެ. މުސްލިމު ރައްޔިތުން މިންޖު ކުރައް ވާށި! އާމީން

    187
    5
  3. އިންސާނީ ކަރާމާތް

    މިހާރު ގަބޫލު ކުރަންވެއްޖެ އިސްލާމްދީން ޤަބޫލުނުކުރާ ދިވެހިން މިޤައުމުގަ އުޅޭކަން. މިހަޤީޤަތް ގަބޫލުކޮށް ޤާނޫނުން މިކަން ބަޔާންކޮށް އަމާންކަމާއެކީ އެއްމެންނަށް އުޅެވޭނެ ވެއްޓެއް ޤާއިމުކުރުމުގެ ވަގުތު މިއީ ހަޤީގަތުގަ.

    52
    48
    • Anonymous

      އިސްލާމްކަންމަތީ އުޅެން ބޭނުންނުވާ ދިވެހިން މިޤައުމު ދޫކޮށްދާންވީ އެކަމަށް ހުރެހެއްނެތް. މިޤައުމުގައި އުޅުމުގެ ފުރުޞަތު ެ. އެފަދަ މީހަކަށް ދީގެންނުވާނެ. އަދި މިޤައުމުގައި އުޅޭ އެހެން ޤައުމެއްގެ ރައްޔިތަކުވެސް އެހެންދީން ފަތުރަންވެސް ފުރުޞަތުދީގެން ނުވާނެ ވަގުތުން އެމީހަކު ބޭރުކުރަންޖެހޭ

      29
      4
      • ފުޅިމަދުއުނގުރި

        ތިގޮތް ޗައިނާއިންނާ އިންޑިއާ އަދި ޔޫރަރަޕުގެ ގައުމުތަކުންނާ އެމެރިކާއިން ހަދާތީ ތިބޭފުޅުންގެ ދެފައިކައިރިނުވާތީ އެއީވެސް މައްސަލައެއް

        6
        1
    • ނައުޒީން

      އިސްލާމްދީން ގަބޫލުނުކުރާ ދިވެހިންނަކީ ގާނޫނީގޮތުން މިގައުމުގެ ރަށްވެހިންނެއް ނޫން. އަދި މިގައުމުގެ ރަށްވެހިންނައް ދީފައިވާ އެއްވެސް ހައްގެއް އެމީހުންނަކައް ނެތެވެ. މިތަން ދޫކޮއް ތަންމަތި ބަނދެގެން ދާށެވެ. މިތާގަ އުޅެންޏާ މުސްލިމަކައްވެ މުސްލިމެއްގެ ގޮތުގައި ދިރިއުޅޭށެވެ.

      19
      4
  4. އަލިބެ

    އާދަމް ނަވާޒު! މާދަމާ މި ރިޕޯރޓް ލިޔުނު މައްސަލަ މަޖްލިހުން ބަލާފަ ނޫހަށް ފިޔަވަޅު ނާޅާނެ ކަމުގެ ޔަގީން ކަން އެބަ ތޮތްތަ؟ ބުނާތީ އެބަ އަޑި އިވޭ!

    70
    2
  5. Anonymous

    ގަބޫލުކުރަން މަޖުބޫރު ހަޤީޤަތަކީ ދިވެހިންގެ ތެރޭގައި ކާފަރުން އެބަތިއްބެވެ. އިސްލާމްދީން ގަބޫލު ނުކުރާ ދިވެހިން އެބަތިއްބެވެ. ފާޅުގައި އިސްލާމްދީނަށް ހަޖޫޖަހާ، الله سُبْحَانَهُ وَتَعَالَى‎ އާއި އެކަލާންގެ ރަސޫލާ محمد صليالله عليه وسلم އަށް ފުރައްސާރަ ކުރާ ދިވެހިން އެބަތިއްބެވެ. ދިވެހިރާއްޖޭގެ ޖަމިއްޔާތަކުން ވަރަށް ފާޅުގައި ނެރެފައި ހުރި ރިޕޯޓްތަކުންނާއި، ބައެއް ދިވެހިން ވަރަށް ފާޅުގައި ދައްކަމުންދާ ވާހަކަތަކުން މިކަންކަން މިހުރީ އެންމެންގެ ކުރިމަތީގައި ފެންނާށެވެ.

    67
    2
    • ފަޒާން

      އެހެންތާވާނީ މުރުތައްދުވާ މީހުންގެ މައްޗައް ކަނޑައަޅާފައިވާ ހައްދު ގާއިމްނުކުރަންޏާ. ޒިނޭ ކުރާ މީހުންނަކައް ޒިނޭގެ ހައްދު ގާއިމެއް ނުކުރޭ. ރާބޯމީހުންގެ މައްޗައް އެކަމުގެ ހައްދު ގާއިމް ނުކުރޭ. ވައްކަން ކުރާމީހުންނައް އެކަމުގެ ހައްދު ގާއިމްނުކުރޭ. މީހުންމަރާ މީހުންގެ މައްޗައް މީހުންމެރުމުގެ ގިސާސް ގާއިމް ނުކުރޭ. ވީމާމިތާގަ މުރުތައްދުންނާއި، ވަގުންނާއި، ޒިނޭކުރާ މީހުންނާއި، ރާބޯމީހުންނާއި ދާނީ ގިނަވަމުންނޫންތޯ. އެކަން އެގޮތައް ހިނގާތާ މިހާރު 40 އަހަރު މިވަނީ. މިއީ މިތާގަ ވެރިކަންކުރީ މައުމޫނު ހިންގި މައުމޫނިޒަމްގެ ނަތީޖާ. މިހާރު ވެރިންނައް އެތިބީ އޭނާގެ ދައުރުތަކުގަ ތަރުބިއްޔަތު ލިބުނު މީހުން.

  6. ގަން

    މީގެ އަޖައިބުވާ ކަމަކީ ބައެއް ދިވެހިން ސޯޝަލް މީޑިޔާގެ ޕްލެޓް ފޯމް ތަކާއި އަދި މީހުންގެ ކުރިމަތީގައި ސީދާ އިސްލާމް ދީނަށް ފުރައްސާރަކޮށް މުސްލިމެއް ނޫންކަމަށް ބުނި ކަމުގައިވި ނަމަވެސް އަދަބެއް ފިޔަވަޅެއް ނާޅައި އެފަދަ މީހުން ހިމާޔަތް ކުރަން ކުރަން އުޅުން..ތިޔަ ގޮތަށް ކަންތައް ކުރުމުން ހައްތަހާ ސަޕޯޓް ގެއްލޭނީ..ކޮންމެ ބަޔަކށް ބާރެއް ލިބޭ އިރަށް ހިތަށް އެރި ގޮތަކަށް ކަންކުރަނީ...ހިޔާމަހުރި ކަމެއް

    68
    4
    • ނަފީސާ

      ސަރުކާރުން ނޭޅިޔަސް ރައްޔިތުން ނިކުމެ ފިޔަވަޅު އަޅާލަންވީ. އެއީ މެމްބަރެއްތޯ ވަޒީރެއްތޯ ބަލާނެ ކަމެއްނެތް. ސީދާ ފިޔަވަޅު ރައްޔިތުންގެ އަތުން ސީދަލައް އަޅަންފެށީމަ ގައުމު މަޑުމަޑުން ހަމަ މަގައް އަންނާނެ. އެހެން ނޫނީ ލަގަން ދޫވެފަ އޮތް ވަލުޖަނަވާރެއް ފަދައިން އޮޅެމުން ގައުމު ދާނީ.

  7. ޣާއްދާރުލްޤައުމުކޭ

    ހިންނަވަރު ކިނބޫގެ ވެރިކަމުގެ އަޖަލު ގާތްވެއްޖެ. އެމް.ޑީ.ޕީ ފުނޑި ޣަރަގުވާން ގާތްވެއްޖެ. އެލެކްސް މޮޔަވާން ކައިރިވެއްޖެ...............ރައްޔިތުންނޭ ހޭލާ.............

    83
    4
  8. ޯ

    ووووووووو ރަނގަޅު ލިޔުމެއް

    54
    6
  9. ހޫ

    ކާފަރުންވެސް އުޅޭނެ އުޅެވެން ޖެހޭނެ. އެކަމަކު އެއްވެސް ބައެއްގެ ދީނަށް ފުރައްސާރަކުރުން އެއީ ބަލައި ގަނެވޭނެ ކަމެއްނޫން.

    21
    44
    • ވަރަށް ސަލާމް

      މިކޮމެންޓަށް ޑިސްލައިކު ދީފައިވާ މީހުން ގަބޫލުކުރަނީ މިގައުމުގަ ކާފަރަކަށް އުޅެވިގެން ނުވާނެކަމަށް އަދި ކާފަރު އެއްވެސް ގައުމެއްގަ މުސްލިމަކަށްވެސް އުޅެވިގެން ނުވާނެކަމަށްތޯ؟ ހެންނޫނީ އެއްވެސް މުސްލިމު މެޖޯރިޓީ ގައުމެއްގަ ކާފަރުންނަށް ނޫޅެވިފަ ހުރިހާ ގައިރު މުސްލިމް މެޖޯރިޓީ ގައުމެއްގަ މުސްލިމުންނަށް އުޅެވެންޖެހޭނެކަމަށްތޯ؟ އެހެންކަމަށްވާނަމަ ވަރަށް ސަލާމް

      5
      4
  10. Anonymous

    ނަމުގެ ކުރިއަށް މުސްލިމަކަށްކިޔާ ނަން ކިޔުމަކުން އަދި މުސްލިމަކަށްނުވެ. ޢަމަލުން މުސްލިމަކަށްވާނީ.
    ކަނޑައެޅިގެން ﷲގެ ޙުކުމަކާއި ދެކޮޅުހަދައި އެކަންފައުޅުކޮށްފިނަމަ އެމީހަކު އިސްލާމްދީނުން ބޭރުވާނެ. ތައުބާނުވެހުރިނަމަ އެމީހަކުވާނީ ކާފަރަކަށް.
    މިސާލަކަށް ތިމަން މުސްލިމެކޭ ބުނެފައިވެސް އޭނާ ﷲ ނޫން ފަރާތަކަށް އެއްޗެއް ކަތިލީ ނުވަތަ ބުދަކަށް ސަޖިދަޖެހީ އެހާ ހިސާބުންވެސް ދީނުން ބޭރުވާނެ އެމީހަކުވާނީ ކާފަރަކަށް. އޭނާގެ ދުލުން ބުނަންޖެހޭނެ ތިމަން ﷲށް ތައުބާވެެއްޖެއީމޭ ސަބަބަކީ އޭނާއެކަންކުރީ ފައުޅުގައިކަމަށްވާތީ.
    ބަހުންވެސް ޢަމަލުންވެސް ދީނުން ބޭރުވާނެ.
    މިސާލަކަށް މީހަކު ޝަހާދަތުގެ ދެކަލިމަ ކިޔުމަށްފަހުވެސް ބުނަނީ ނަމާދުކުރާކަށް ނުޖެހޭނެ. ޒިނޭކުރުން ހުއްދައޭ ބަނގުރާ ބުއިން ހުއްދައޭ. އެހާ ހިސާބުންވެސް ދީނުން ބޭރުވާނެ. ދެން އެމީހަކަށް ކޮންމެ ނަމެއް ކީނަމަވެސް އެނުވާނެ މުސްލިމަކަށް ތައުބާނުވާނަމަ ހަމަވާނީ ކާފަރަކަށް.

    42
    4
  11. ސްޕޭން

    މުސްލިމުން ސްޕޭން “ހިފީ” އޭ ބުނިމަކީ ވަރަށް ބޮޑު ގޯހެއް. މުސްލިމުން ސްޕޭން “ފަތަޙަ” ކުރީ. އިޒްރޭލުން ފަލަސްތީން ހިފީ އޭ ބުނެވިދާނެ.

    41
    7
    • ޢަހުމަދުވަގާރު

      ޢަރަބި ނަމެއް ދޯ ކިޔަންވީ އެކަމަށް. ޢޭރުން އޯކޭ ދޯ

      10
      12
  12. ޢާދަނުބެ

    ޢަޅުގަނޑު ބުނާނެ އެތްވެސްއެތްޗެއްނެތް ހުރިހާކަމެތް ފެނި ފާޅުވަމުން މިދަނީ އަހަރުމެން ލޯކުރިމަތީގަ މި ފަދަބަޔަކަށް ތާއީދު ކުރާނީވެސް މި ކަހަލަ ކަންކަމަށް ހިއްވަރުދޭމީހުން ގިޔާމަށް މަހުސަރުދުވަހުން ނުބުނެވޭނެ އަހަރުމެން ތާއީދު ކުރީ ނަސީދަކަށޭ މަވާ އެމްޑީޕީއަށް ސަލާން މުޅި ގައުކު ހަލާކުކޮށް ނިންމައިފި

    63
    3
    • ުތ

      އަޅުގަނޑު ކާފަރެކޭ ބުނާނީ ކާފަރަކާ ދިމާލަށް އެކަނި

      13
      2
  13. ސަޑުހަސަނު

    ޤާނޫނުގައި ކޮންމެ އެއްޗެއް ލިޔުނަސް ކިތަންމެ ބޮޑު އަ ދަބެއް ކަނޑައެޅިޔަސް، އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނާ ދިމާލަށް ލާ ދީނީއޭ ގޮވާނަން. އެން ޑީ އެން މީހުނަށް ލާ ދީނީއޭ ގޮވާނަން. ފާޅުގަ ހަމަގޮވާނަން.

    61
    4
  14. ކިޔުންތެރިއެއް

    މީ ރައްޔިތުންބޭނުންވި ގޮތެއްނު. ރައްޔިތުން މިގޮތަށް ބޭނުންނުވަނީ މިކަންހުއްޓުވޭނެ ސަބަބަކީ މި ބިލްތައް ފާސްކުރާ ތަނަށް ކިޔަނީ ރައްޔިތުންގެ މަޖިލިސްވީމަ. ގައުމުދެކެ ދީންދެކެ ލޯބިލާ ބައެއްނެއްތިތާގައި. ލިބޭ ރުފިޔާގަޑަށާ ދުނިޔެއަށް ހޭބަލިވެފަތިބި އިއްޒަތްތެރިކަމަށް ދައުވާ ކުރާބައެއް.

    54
    2
  15. ޑައެލޯގް

    މިއީ ލާދީނީ ސަރުކާރެކެވެ. ނަމަވެސް ދެރައީ ބައެއދިވެހިން ޖަޒުބާތުގައި ޖެހިގެން ތާއީދުކުރާޕާޓީން ކިނބުލެއް ކުރިމަތިލިއަސް ވެރިކަންދޭށެވެ.

    52
    2
  16. ކިހާދެރަ

    ކޮބާ ކޮންއިރަކު ބާ ޟޭޚުން ހޭލާނީ މިއަދު ހައްޕު ކިޔައިގެން ތިބިއަސް މާދަމާ ސުވާލު ކުރެވޭނެ މި މުސްލިމް އުއްމަތް ހަލާކުގެތެރެއަށް ވަށްޓާލިީ

    47
    2
    • ހަޒާން

      އަދާލަތު ޝޭހުން މިއަދު އެތިބީ ދޫ ބުރިވެ އެކަން އިއުތިރާފް ވެފަތަ.؟

  17. ހަސަނާ

    ސުޕަރ މެޖޯރެޓީ 65 މެމްބަރުން ގެ ތާއީދާއެކު މިގައުމު ގައި ވަރައްނުރައްކާތެރިކަންތައްގަޑެއްކޮއްނިންމާނެކަމީ ޔަގީންވާކަންކަން 2024 ގެކުރިން އެމީހުންފަހަތަކައްވެސްނުޖެހޭނެ އެމީހުނާ އެއްކޮޅު ހަބަރުތައްފަތުރާދޭ ނޫސްތަކާ ޓީވީތައްގިނައީ މޑޕ މެމްބަރުން އެމީހުންގެ ލީޑަރު ބޭނުންކޮންމެގޮތަކައް އުޅެން އެތިބީ ކެތްމަދުވެފަ...

    36
    2
  18. Anonymous

    އެތެރެނުބައި މީހެއް މި ރައީސް މީހާއަކީ... ސަރުކާރުން މިފަދަ ނުބައި ބިލްތައް މަޖްލިހަށް މިފޮނުވަނީ، މިތާ މިއޮތް މާތްވެގެންވާ އިސްލާމް ދީން ނައްތާލަން.

    42
    2
  19. ކަރީމް

    ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަމަށް ޤާނޫނުއަސާސީގެ 5 ވަނަ މާއްދާގައި ބުނެފައި ވަނީ.. ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށް 3 ވަނަ ބާބުގައި ބުނެފައިވަނީ، ދިވެހި ގައުމާ އިސްލާމްދީން ހިމާޔަތް ކުރުމަކީ. މިހާރު ހުރި ރައީސް ސްލޯލިހު ވަނީ މި ދެ ޒިންމާ އަދާކުރުމަށް ނުކުޅެދިފަ. މަޖްލީހަކީ، ބަތްކައްކާ ކުޅޭ ތަނެއް، އެހެންވީމަ ދިވެހި ރައްޔިތުންނަށް އޮތް ދީނީ އަދި ގައުމީ ވާޖިބެއް މިމީހާ ވެރިކަމުން ދުރުކުރުމަކީ. އަހަރެމެން ﷲ ގެ ޙަޟްރަތަށްގޮސް މޫނުދައްކަން ލަދުގަންނަ ގޮތަށް ތިބެން ހެޔޮނުވާނެ. ﷲ ގެ ދީނަށް ނަސްރުނުދޭ މީހުންނަކީ މިދުނިޔޭގައި އެމީހުން ލެއްވި މަގްޞަދު ހަނދާންނެތިފަ ތިބި ބައެއް.

    27
    1
  20. Anonymous

    ރައްޔިތުންގެ ހުރި ހިތްވަރެއްގެ މައްޗަށް މިގައުމު ސަލާމަތްވުން ދެން ބިނާވެގެންވަނީ!!!! އަނދިރި މީހުން ހެދިގެން ނުފެންނަ ކަމަށް ހެދިގެން ތިބެއްޖެނަމަ، އަހަރެމެން ދިރިއުޅެފަ ނިމިދިޔައިމަ އަހަރެމެންގެ ދަރިން އަނިޔާވެރި ދީނެއްނެތް މިނިވަންކަމެއްނެތް ތަނެއްގައި ދިރިއުޅެން ދޫކޮށްލަން ބޭނުންވާނަމަ މިހާރު މިއޮތް މަޖްލިހާ މި ވެރިކަން ބާއްވައިގެން ތިބެންވީ..

    32
    2
  21. ޢަހޫ

    ގައުމެއްގައި ތަން ދޮރުނޭގޭ ނޫސްވެރިންގިނަވެއްޖެނަމަ އެއީ އެގައުމަކަށް ދިމާވާނެ އެއްމެ ދެރަ އެއްކަންތަށް.

    11
    33
  22. އަޙުމަދު

    ޤާނޫނަށް ހުށައެޅި އިޞްލާޙު މަޖިލީހުން ފާސްވާނީ ދުއާދިން ރައީސް އަށް ވަފާތެރި 42 މެންބަރު ން އެބިލް ފާސްކުރަން ވޯޓު ދިނުމުން އެހެން ކަމުން ރައީސް އަށް ދުޢާދިން މީހުންގެ އަތުގައި އަދިވެސް ބާރު އެބައޮތް، ދުޢާދިން ރައީސް ގެ ހުރި ދީނީ އަޤީދާ ގެ ވަރުގަދަކަން ވެސް ހާމަ ވެގެން ދާނެ ފަހަރު މިއީ.

    20
    1
  23. ހ މ ޒ

    ޖުމްހޫރިއްޔާ ގެ ދުސްތޫރުގެ އަސާސް ކަމަށްވާއިރު ޤާނޫނު އަސާސީ އާއި ޚިލާފު ޤާނޫނު ހެދޭތޯ؟

    22
    1
    • Anonymous

      ނުހެދޭނެ ހެދިޔަސް އެވާނީ ބާޠިލުއެެއްޗަކަށް

      5
      1
  24. ހ

    لا إكراه فى الدين

    20
    2
  25. މާނިއުމާނި

    ބަޔަކަށް ހީވަނީ ދިވެހިން އިސްލާމް ދީނަށް އުޅެންފެށީ އިއްޔެއޭ އެމީހުން ބުނާގޮތަށޭ ހުރިހާ ދިވެހިން އުޅެންޖެހޭނީ، އެކަމަކު ދިވެހިން އިސްލާމް ދީނުގަ އުޅޭތާ ހާހެއްހާ އަހަރުވެއްޖެ އޭރު ދިވެހިން މާދީންވެރި މާއެއްބައިވަންތަ

    8
    1
  26. ބަދަންއަލީ

    އިސްލާމްދީނާ ޚިލާދުވާހަކަ ދައްކާ މީހުންނަށް ފިޔަވަޅުއަޅަންވެސް ގާނޫނެއް އޮވޭ އަދި އެގާނޫނުގެ ދަށުން މީސްމީހުން ހައްޔަރުވެސް ކުރޭ، ވަގުތު ނޫހަށް އެކަން ނޭގެނީބާ

    2
    10
  27. ކާފަބޭ2020

    ރުފިޔާފައިސާގެ ދަޅައިގަޖެހި ހެއްލުންތެރިކުރުވިޝޭޚުންތައް މިހާރުކޮބައިތޯ؟ މިއީވެސްހަމަކީރިތިމާތްނަބިއްޔާ ދުޢާދެންނެވިކަހަލަސޯލިހުންތޯ؟ ފެނިގެންމި ދަނީ ސޯލިހުގެނަން ކިޔަކަސްއަ ދި ޞޯލިޙަކަށްނުވާކަން ވީމާ މިބަލާވެރިކަން ގެންނަންމަސައްކަތްކުރި ހުރިހާޝޭޚުން ލާ ދީނީކިއުންހުއްޓުވަން މިކުރާމަސައްކަތާމެދުވިސްނާށެވެ. ޙައްޤުބަސްބުނުމަށްކެރިގެން ކުރިމަތިލާ ހެޔޮމަގުއިޚްތިޔާރުކުރުމަށް ތިޔަޝޭޚުން ގޮވާލާކަށްނުވޭތޯ؟

    9
    1
  28. ހަމީ

    ވަރަށް ފުރިހަމަ ޖެހިލުންކުޑަ ރިޕޯޓެއް... ނަވާޒުގެ ތި ހިތްވަަރަށް ހަމަ ސާބަސްދޭން... އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހޭތި ދަރިޔާ...ތި ތިބެނީ ހައްޤަށް ބަސްބުނަން ކެރޭ ދީން ދެކެ ލޯބިވާ ޖެހިލުންކުޑަ ނޫސްވެރިންނަކީ.... އިންޝާﷲ މި ދީން ހިމާޔަތްކުރުމުގަ އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހި ތިބޭނަން....

    17
    2
  29. ސަބަބު

    وَمَكَرُوا مَكْرًا وَمَكَرْنَا مَكْرًا وَهُمْ لَا يَشْعُرُونَ

    10
    1
  30. މީމް

    ބަލަގަ ޔަހޫދީ ދައުލަތުން ހިމާޔަތް ކުރާނީ ޔަހޫދީން
    މުސްލިމު ވެރިން ތިބޭ ސަރުކާރުން ހިމާޔަތް ކުރާނީ މުސްލިމުން

    14
    1
  31. ބަކަރިމައްސަލަނެތީ

    މުސްލިމުން ސްޕެއިން ހިފިގޮތަށްއިޒްރޭލް ހިފީ ފަލަސްތީނު

    5
    6
  32. Happy 123

    ރަގަޅު ނިންމުމެއް... އެއްވެސް މުސްލިމަކަށް އަނެއް މުސްލިމަކަށް ލާ ދީނީނީ އޭ ނުވަތަ ކާފަރެކޭ ނުކިޔޭނެ.. އިސްލާމްދީނަކީ އެންމެ މާްތް ދީން އަނެކާއައް އިހުތިރާމް ކުރާދީން..އޯގާތެރިދީންކަން ކަށަވަރު!

    6
    7
    • އަޒީޒް

      ގާނޫނު ހަދާފައޮތީ ތިކަމެއް ނޭނގިގެނެއް ނޫން. އެ ގާނޫނު ހަދަން އުޅެނީ ލާދީނީ ބަޔަކުގެ ނާޖާއިޒު ދިރިއުޅުމުގެ ވައްޓަފާޅި އާއި އުޅުން އިސްލާމީ ގައުމެއްގައި އުޅުމައް މަގުފަހިކޮއް އެކަމައް މުސްލިމުންގެ ގޮންޖެހުން ހުއްޓުވަން. ބޮލުން ވިސްނާށެވެ.

  33. ހ މ ޒ

    އަޅުގެ ވެރިރަސްކަލާކޮ! މި ރަށަކީ، أمان ވެގެންވާ ރަށެއްކަމުގައި ލައްވާނދޭވެ! އަދި އަޅާއާއި، އަޅުގެ ދަރިން ބުދަށް އަޅުކަންކުރުމުން ދުރުކުރައްވާނދޭވެ!

    17
    1
  34. ގަނޖ

    ތިބިލް މަޖިލީހައް ހުސަހެޅުން ތީ މުސްލިމު ބަޔަކު ބަލައީ ގައްނާނެ ކަމަކައް ނުވާނެ ތިއީ އިންޑިއާގެ ބިލެއް މިމީހުން ނައް ވެރިކަން ދިނީމަ ކޮއްފަ ނުކުރާނޭ ކަމެއް ނޭގިގެން ވެރިކަން އަތައް ގޮވަނީ

    14
    1
  35. ތަހުތު

    މިސަރުކާރުގަގިނައީލާ ދީނީފިކުރުމީހުން

    14
    2
  36. ބަބޫ

    މަށަށް ގޯހީ މި ސިޔާސީ ބައިގަނޑެއްނޫން. ގޯހީ ވޯޓްއަޅައިގެން މި ބައިގަނޑު ހޮވި ރައްޔިތުން. ލޯކުރިމައްޗަށް ފެންނަން ހުއްޓާވެސް ލާރިކޮޅެއްގެ ވަބާގަ ވޯޓް ވިއްކާލިމީހުން. ހުރިހާ ކަމެއްވެސް އެގިހުރެ ޑިމޮކްރަސީގެ ސްޕެލިންވެސް ނޭގި ސިޔާސީ ޕާޓީތަކަށް މަރުދޭމީހުން. މިއަދު މަޖިލީހުން އެ ހިންގާ ހުރިހާ ޖަރީމާއެއްގެ ޒިންމާ ނަގަން ޖެހޭނީ ރައްޔިތުން. މީހުން އުޅޭ ގެޔަކަށް ސިންގާއެއް ވައްދާލާފަ އެ ސިންގާ މީހުން ކައި ހުސްކުރީމަ އެ ސިންގާ ކުއްވެރި ކުރެވޭކަށް ނޯންނާނެ. އެ ސިންގާ ވެއްދި ބަޔަކު ކުއްވެރިވާނީ

    13
    1
  37. ށުމަން

    މިދީނުގެ ގަދަރައް ޓަކާ ދީނުން ބޭރުވެގަން ނަ މީހުން ނަށް ކާފަރު ޖަހާ އެންމެން ޖަލަށް ދާން ޖެހުނަސް އެކަމަކަށް ފަހަތަށް ނުޖެހޭން ދިވެހިން ނެއް!

    12
    2
  38. Anonymous

    މިބިލާ އެއްކޮޅައް ވޯޓްދޭމީހުން އަހަރެމެން ވަރައްރަނގަޅައް ބަލާނައް. އަދިމިބިލު ތަސްދީކުރުމަކީ މިގައުމުން އިސްލާމުދީން ނައްތާލުމައް ކުރާނެކަމެއް.

    24
    2
  39. ދިވެހިން

    ދިވެހިންގެ ތެރޭގައި ތިބޭ ކާފަރުން. މާނަ އަކީ ކޮބައި،

    12
    3
  40. ދިވެހިން

    ކާފަރުން ނަކީ ކޮންބައެއް ،ދިވެހިންގެ ތެރޭގައި ތިބި ކާފަރުން. އަޖައިބު

    12
    4
  41. ދިވެހިން

    ކޮންކަހަލަ ސުރުޚީ އެއް

    12
    6
  42. ޖާބެ

    ރާބުޔަސް، މަސްތުވިޔަސް ، ދެނވެސް ހުރި ހައްދުތަކާ ޙިލާފުވިޔަސް ، ސިރުކުކުރިޔަސް ތިމަންނާ މިއީ މުސްލިމެކޭ ބުނުމިން ނިމުނީ ، ރައްޔިތުންގެ ފައިސާއިން ވައްކަން ކުރިޔަސް

    13
    3
    • Anonymous

      ﷲ ޙަރާމްކުރެއްވި ކަމެއް ކުރުމަކުން ދީނުން ބޭރެއްނުވެ. ފާފަވެރިވާނެ. ﷲއަށް އުރެދިގެން ހުރިމީހަކަށްވާނެ
      ނަމަވެސް ﷲގެ ޙުކްމަކާއި ދެކޮޅުވެއްޖެމީހާ ނުވަތަ އިންކާރުކޮށްފިމީހާ ދީނުންބޭރުވާނެ.
      މިސާލަކަށް ރަމަޟާންމަހުގެ ރޯދަ ހިފަންނުޖެހޭނެކަމަށް ބުނެފިނަމަ ދީނުންބޭރުވާނެ. ނަމަވެސް ރޯދަހިފަންޖެހޭކަމަށް ޤަބޫލުކުރާ ޙާލު ޖާހިލުކަމުން ނުވަތަ ޤަޞްދުގައި ރޯދަ ނުހިފީ އެމީހަކު އެހުރީ ފާފަވެރިވެފަ. އަދި ދީނުންބޭރެއްނުވާނެ އަދި އެއީ ސީދާ ކާފަރެކޭވެސް ނުބުނެވޭނެ.

  43. ބޯހަލާކު

    ބަލަމީ 100 ޕަސެންޓް މުސްލިމުގައުމެކޭ ކިޔާއަޑުއިވެނީ ދެން ކޮން ކާފަރުންނެއް މިގައުމަކު ނޫޅޭނެ ކާފަރެއް

    2
    5
  44. ދިވެހިކާފަރު

    ހައްދު ފަހަނެޅި މީހުން ކާފަރު ޖަޒީރާތަކުން ފައިބައިގެން ދިޔައްޔާ މާ ރަނގަޅެއް ނޫންތަ؟

    12
    1
  45. އެންޓިފޯލިން

    ދީނެއްގެ އޮތް ގަދަރަކާ ހައިބަތެއް އެދީނަން ބަޔަކުއުޅުނަސް ނޫޅުނަސް އޮންނާނެކަމަށް ގަބޫލުކުރެވެނީ ކޮންމެހެން ބަޔަކު ނިކުމެ ދީނެއްގެ ގަދަރުއުފުލައިގެނެއްނޫން ދީނެއްގެ ގަދަރު އޮންނަންވާނީކީއެއް

    1
    8
  46. ހަމައަހާލީ

    މާދީންވެރިވެގެން އުޅޭބަޔަކު އުޅޭތަނެއްމީ އެކަމަކު މިއައިސްގެން އުޅޭ ކޮވިޑުގެ ބަލިމަޑުކަމުގަވެސް މިބަލަނީ ކޮންމެސް ގައުމަކުން ވެކްސިނެއް ހަދާތޯ އެލިބޭނެގޮތެއް އޮތްތޯ ކޮބާތަ ދީނުގައައިސްފަހު ރި ޔަގީން ދުއާތަކާ މަރުނޫން ހުރިހާބައްޔަކަށްވާ ސިފާތަށް އެއިންކަމަކާ އުޅެމީހަކު ނުފެނޭ އެކަން ގަބޫލުނުކުރެވެނީތޯ ؟

  47. ސުޕާރީކޮތަޅު

    ޕުލާސްޓިކު ކުނީގެގޮތުގައި ގިނަވުމުން ތިމާވެށްޓަށް ގެއްލުން ވަނީއޭ ކިޔާ ގާނޫނު ހެދިޔަސް، ލާދީނީކަން ފަތުރަން އުޅޭ ބަޔަކު ބޭނުންވާ ގޮތަކަށް ގާނޫނު ހަދަން ދިވެހިން ފުރުޞަތު ދީގެން ތިބެގެންވާކަނެތް. މިއީ މުޅި އިސްލާމީ އުންމަތަށް ކުރިމަތި ވަމުން އަންނަ ނުރައްކާތެރި ނުބައި ނުލަފާ ސުންޕާކަމެއް އަދި މުސްލިމުންގެ ވެރިން ހަނުތިބެގެން އިސްލާމް ދީނަށް ނަޞްރު ދިންކަމަށް ނުބެލެވޭނެ. ލާދީނީކަން މި ގައުމުގައި ވެސް މުޅި ދުނިޔެއިން ވެސް ކަނޑުވާލަން ޖެހޭނެ، އެކަމަކީ މުސްލިމުންގެ ވެރިކަމުގެ ފަރާތުން ފާޅުގައި މަސައްކަތް ކުރަން މަޖުބޫރު ކަމެއް..

    15
  48. ވަތަވައްސި ފަޅި

    ބަލަ! ކީއްވެތަ އިސްލާމް ދީނަށްފުރައްސާރަކުރާ މީހުން ހައްޔަރުކުރަން ބިލަށް އިސްލާހެއް ހުށަނޭޅިގެން ތިޔައުޅޭނީ. އަދި ދީނަށް ފުރައްސާރަ ކުރާ މީހުންނަށް މަތީމަޤާމުތައް ދީގެން ތިޔަ އުޅެނީ. މިރާއްޖޭގައި ދީނަށް ފުރައްސާރަ ކުރާ މީހަކުނެތިއްޔާ ރާއްޖެއިން ބޭރުންވެސް އެފަދަމީހުން ހޯދައިގެން ތަންތަކުގެ ވެރިންނަށް މިލަނީ ކީއްވެހޭ ސުވާލަކީ؟

    9
    1
  49. ވަރަށް ސަލާމް

    މިކޮމެންޓަށް ޑިސްލައިކު ދީފައިވާ މީހުން ގަބޫލުކުރަނީ މިގައުމުގަ ކާފަރަކަށް އުޅެވިގެން ނުވާނެކަމަށް އަދި ކާފަރު އެއްވެސް ގައުމެއްގަ މުސްލިމަކަށްވެސް އުޅެވިގެން ނުވާނެކަމަށްތޯ؟ ހެންނޫނީ އެއްވެސް މުސްލިމު މެޖޯރިޓީ ގައުމެއްގަ ކާފަރުންނަށް ނޫޅެވިފަ ހުރިހާ ގައިރު މުސްލިމް މެޖޯރިޓީ ގައުމެއްގަ މުސްލިމުންނަށް އުޅެވެންޖެހޭނެކަމަށްތޯ؟ އެހެންކަމަށްވާނަމަ ވަރަށް ސަލާމް

    1
    1
    • ޝަފާން

      ދިވެހި ކާފަރަކައް ރާއްޖެއަކު ޖާގައެއް ނެތް. ގާނޫނު އަސާސީ ބުނާގޮތުން ދިވެއްސަކު ކާފަރަކައްވާ ހިސާބުންއޭނާ އަކީ ދިވެހި ރަށްވެއްސެއް ނޫނެވެ. ސާފުވެއްޖެ.؟

  50. މުނީޒު

    ތިތިބީ ރީތިކޮއް ދެން ހިމާޔަތް ވެވިފާ.. ރަނގަޅައް ހިމާޔަތް ލިބެން ތިއުޅެނީ.

  51. ސެންޗޯ

    ތީ ދަށުން ދަމައިގެން ކާ ޕާޓީ މީހުން އަރުވައި ގެން އުޅޭއަޑެއް ސަރުކާރު ބަދު ނާމު ކުރަން ދައްކާ ވާހަކަތަކެއް

    1
    9
  52. ޏނނ

    100 ގެ ލިޔުމެއް

  53. ައަހުުު

    އައްޑޫގެ ވާހަ ކަ އޮބުނީއެއްނު

  54. ޔާމިން

    ލާދީނިއްޔަތުގެ ނުފޫޒުން އުފެދޭ ގާނޫނުތައް ވުޖޫދުން ފޮހެވޭނެ

  55. އަބްދޫ

    މީ ހަކު ސަ ހާދަތް ކިޔާ ﷲ އާއި ރަސޫލާ އާޢި ގުރްއާން ގަބޫލު ކުރާ މީ ހާ އަކީ މުސްލިމެއް.މިކަންކަމަށް ދެކޮޅުހަދާ ފުރައްސާރަ ކުރާ މީ ހާއަކީ ކާފަރެއް.މީ ހަކާ ދިމާލަށް ކާފަރެކޭ ބުނެވޭއިރު އެމީ ހާގެ އަމަލްތަކުން ކާފަރުކަން ފާޅުވާމީ ހަކާ ދިމާލަށް ކާފަރެ ކޭ ބުނެގެން މިގާނޫނުގެ ދަށުން ކޯޓާއި ހަމަޔަށް ދާއިރު ކޯޓް ގަ އެއީ ކާފަރަކު ކަން ސާބިތު ކުރެވިދާނެ
    .ޢެކަމަށް އެންމެންވެސް ތައްޔާރުވޭ