ގިނަ ސިޔާސީ ލީޑަރުންގެ ނެތް ސިފަ އަކީ އިހްލާސްތެރިކަމެވެ. ކޮންމެ ބޭފުޅަކު ވެސް ބޭނުންވަނީ އެބޭފުޅެއްގެ ސިޔާސީ ހުވަފެނުގައި ކުލަ ޖައްސާށެވެ. ހެޔޮގޮތާއި ރަނގަޅު ގޮތަކީ ހަމައެކަނި ތިމާ އާއި ތިމާގެ އައުވާނުންނަށް ވެރިކަމާއި، މަތީ މަގާމުތައް ލިބުން ކަމަށް ބައެއް ލީޑަރުން ހީކުރެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ވަރަށް ގިނަ ގޮތްގޮތުން މިސާލަކަށް ފުދޭ ބޭފުޅެކެވެ. އެގިނަ ކަންކަމުގެ ތެރެއިން ދެތިން ކަމެއް ނަގާނަމަ އެންމެ ފުރަތަމަ ކަމަކަށް ވާނީ ގާސިމަކީ އަމިއްލަ ފައިދާ އާއި މަންފާއަށްޓަކައި ކޮންމެ ކަމެއް ވެސް ކޮށްފާނެ ބޭފުޅެކެވެ.

ދިވެހިރާއްޖޭގެ ވެރިކަން ފިޔަވައި ފެންނަ ފެނުމަށް ދުނިޔެ މަތިން ގާސިމަށް ހާސިލްނުވާ އެއްވެސް ކަމެއް ނެތެވެ. އެހެންކަމުން ވެރިކަން ހޯދުމަށްޓަކައި ގާސިމް ދަނީ ލައްކަ ގިނަ ހުވަފެން ދެކެމުންނެވެ. މިހާތަނަށް އެހުވަފެންތަކުގައި ކުލަ ނުޖެއްސުނީ ކީއްވެތޯ ކުރެވޭ ސުވާލަށް ޖަވާބު ހޯދާކަށް ގާސިމް ބޭނުމެއް ނުވެއެވެ. ގާސިމްގެ އަރިހުގައި ތިބި މީހުން ވެސް ބޭނުންވަނީ ގާސިމް ވާވައްދައިގެން ނަމަވެސް އަމިއްލަ މަންފާ އާއި އަމިއްލަ މުއްސަނދިކަން އިތުރު ކުރާށެވެ.

މިދިޔަ ހަފްތާގައި ގާސިމް އެމްޑީޕީ އާއި ވަކިން ސަރުކާރެއް ގާއިމު ކުރާނެ ކަމުގެ ތަސައްވަރެއް އިއުލާން ކުރުން އެއީ ހަޤީޤަތުގައި ހައިރާންކަން ގެނުވި ކަމެއް ނޫނެވެ. ސަބަބަކީ ގާސިމް ވެސް އަދި އޭނާގެ ކައިރީގައި ތިބި މީހުން ވެސް ދިވެހިރާއްޖޭގައި އެމްޑީޕީގެ ވެރިކަމެއް ދެން އަލުން ގާއިމުވާން ބޭނުން ނުވާނެތީއެވެ. އެމްޑީޕީ އިން 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖެ އަށް ދިން ގެއްލުން އެންމެ ގާތުން ފެނުނު އެއްބަޔަކަށް ވާނީ ގާސިމާއި ގާސިމްގެ ފަހަތުގައި މިހާރު އެތިބަ މީހުންނެވެ.

ސުވާލަކީ ފާޅުގައި ގާސިމާއި އޭނާގެ ޕާޓީ އިން އެމްޑީޕީ އާއި ދެކޮޅު ވުމުން ދެން ފެންނާނީ ކޮން މަންޒަރެއް ހެއްޔެވެ؟

ހަޤީޤަތަކީ އެއްބުރުން އިންތިޚާބެއް ކާމިޔާބު ކުރުމުގެ ގާބިލްކަމެއް އެމްޑީޕީގެ ކިބަޔަކު ވެސް މިއަދަކު ނެތެވެ. އެހެންކަމުން އިދިކޮޅު ހުރިހާ ފަރާތްތަކެއްގެ ތާއީދު އިންތިޚާބު ކާމިޔާބު ކުރަން އެމްޑީޕީ އަށް ވެސް މުހިންމެވެ. ނަމަވެސް ރައީސް ނަޝީދުގެ ހުދުމުހުތާރު ވިސްނުމާއި، ގާސިމްގެ އަމިއްލަ އެދުމުގެ ސަބަބުން އެކަމަށް މިވަނީ ހުރަސް އެޅިފައެވެ.

ގާސިމް ފާޅުގައި އެމްޑީޕީ އާއި ދެކޮޅު ވުމުގެ ނަތީޖާއަކަށް ވެގެންދަނީ ނަޝީދުގެ "ގޮނޑިކޮއްކޮއަކު" ރިޔާސީ އިންތިޚާބަށް ނެރެ އިންތިޚާބު ކާމިޔާބު ކުރުމަށްފަހު ދެން ރާއްޖޭގެ ވެރިކަމަށް އަންނަން ނަޝީދު ކުރަހާފައިވާ ބޮޑު މަންޒަރުގައި ހަޤީޤީ ކުލަ ނުޖެހުމެވެ.

މިހާތަނަށް ދެރިޔާސީ އިންތިޚާބެއްގައި ވާދަކޮށް ދެއިންތިޚާބުން ފެއިލްވި ނަމަވެސް ގާސިމަށް ވެސް ތާއީދު ކުރާ ރައްޔިތުންތަކެއް އެބަތިއްބެވެ. އެއީ އިންތިޚާބު ކާމިޔާބު ކުރަން އެކަށީގެންވާ އަދަދަކަށް ނުވިނަމަވެސް އެއީ އިންތިޚާބުގެ ނަތީޖާ ބަދަލުކޮށްލަން އެކަށީގެންވާ އަދަދެކެވެ.

އެއަދަދުގެ މުހިންމުކަން 2008 އަދި 2013 އަށް ވުރެ ވެސް މިއަދު އެމްޑީޕީ އަށް މުހިންމެވެ. ސަބަބަކީ އެދެރިޔާސީ އިންތިޚާބަށް ވުރެ ބޮޑަށް މިއަދު އެމްޑީޕީ ބަލިކަށިވެ ނިކަމެތިވެފައި ވުމެވެ.

އެހެންކަމުން ގާސިމް، އެމްޑީޕީ "ވަރިކޮށް" ފުސް މޫނު ދައްކައިގެން ހުރި ނަމަވެސް "ކައިވެނި އިއާދަކުރަން" އެމްޑީޕީ އިން މަސައްކަތް ކުރަން ޖެހެއެވެ.

މީގެ ކުރިން އެތައް ފަހަރަކު ސާބިތުވެފައިވާ ގޮތައް ގާސިމަކީ ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރުމުގެ ކެޕޭސިޓީ ހުރި ބޭފުޅެއް ނޫނެވެ. އަދި މިހާރު ގާސިމަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލެވެން ނެތް އިރު ގާސިމް ދައްކާ މީހަކަށް ލިބޭނީ ގާސިމަށް ލިބޭ ވޯޓަށް ވުރެ ވެސް މަދު ވޯޓްކަން އެބައެނގެއެވެ. ހާލަތު މިހެން އޮއްވާ ގާސިމް އެމްޑީޕީ އާއި ވަކިވުމުގެ ނަތީޖާ އަކަށް ވާނީ ގާސިމް ސިޔާސީ ގޮތުން އިތުރަށް ބަލިކަށިވުމެވެ.

ސިޔާސީ ބޭފުޅުންނަށް އަބަދުވެސް ނާކާމިޔާބާއި ކުރިމަތިލާން ޖެހެނީ މާބޮޑަށް ކާމިޔާބު ޔަގީން ކުރާތީއެވެ. ގާސިމްގެ ފަހަތުގައި ކުރީގެ ނައިބު ރައީސަކާއި، ބޮޑު ސިޔާސީ ޕާޓީއެއްގެ ކުރީގެ ޗެއާޕާސަން މިއަދު ހުރުމުން ގާސިމަށް ވެސް ކާމިޔާބު މާއަވަހަށް ޔަގީންވީ ކަމަށް ލަފާކުރެވެއެވެ. އަދި އެމްޑީޕީގައި ވެސް ޔަގީން ވެފައިވާ ރިޔާސީ ކެންޑިޑޭޓެއް ނެތުމުން ކާމިޔާބު މިއޮތީ ގާސިމްގެ އަތުގައި ކަމަށް ގާސިމަށް ހީވަނީ ކަމަށް ވެދާނެއެވެ.

ނަމަވެސް ހަޤީޤަތައް ވިސްނާއިރު ގާސިމްގެ ކައިރީގައި މިއަދު މުޅިން ވެސް ތިބީ ފެއިލްވެފައިވާ މީހުންނެވެ. އެމީހުންނަކީ ސިޔާސީ އަނގައެއް އޮތް ނަަމަވެސް ސިޔާސީ ބުރަދަނެއް ހުރި މީހުންނެއް ނޫނެވެ.

އެހެންކަމުން ފެންނަ މަންޒަރަކީ ގާސިމް އެމްޑީޕީ ވަރިކުރުމުން އިދިކޮޅުގެ ސިޔާސީ ބާރުވެރިކަން ބަލިކަށިވެ އެކަމުގެ އަސަރު މިހާރު ވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުރަން ފެށުމެވެ. ކާމިޔާބީ ފާހަގަ ކުރަން ނުޖެހެނީ ކާމިޔާބީ ފާހަގަ ކުރަން ގާސިމް އަތުކުރި އޮޅާލުމުން އަނެއްކާވެސް މިއަހަރަކީ ގާސިމަށް އިތުރު ނާކާމިޔާބެއް ތަކުރާރުވާނެ އަހަރަކަށް ވެދާނެއެވެ.

ވިސްނާ ނުލާ ކަންކަމާއި މެދު ގޮތް ނިންމުމަކީ ގާސިމްގެ ބަލި ފައެވެ. ނަޝީދުގެ ބަލި ފަޔަކީ ދައްކާ ވާހަކައާއި އަމަލާއި ދިމާނުވުމެވެ. މިދެކަންތައް ރަނގަޅު ނުކޮށް އެއްވެސް ބޭފުޅަކަށް ރިޔާސީ އިންތިޚާބު އެބޭފުޅެއްގެ ޕާޓީއަށް ކާމިޔާބުކޮށެއް ނުދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ލުކްވެލް

    ރައީސް ޔާމީންގެ ކެމްޕެއިން ޓީމުން މާލޭގައި ދޮރުންދޮރަށް ދަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. ރާއްޖޭގެ ޕޮލިޓިޝަނުންނަށް ހީވެފައި އޮންނަނީ އެއީ އާންމު މީހާ އެދޭ ޕެޓީ ކަމެއް ކޮށްލައިގެން އޭނާގެ ވޯޓް ހޯދައިގެން ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ފަސޭހަ ވާނެ ކަމަށް އެގޮތުން ޕަބްލިކް ރިލޭޝަން ބައި ބޮޑު ކުރުމަށް ޓަކައި ދޮރުން ދޮރަށް ކެމްޕެއިން ޖަައްސާ ގޭމް އެއީ އާންމު މީހާ ބޮލުގައި އަޅުވާ ތެތް ގޯންޏެކެވެ. މިރާއްޖޭގައި ހުރި މައްސަލަ ތައް ހައްލުވާނީ މާލެ ސަރަހައްދުގައި ހުރި މައްސަލަ ތައް ހައްލު ވެގެން ނެވެ. އެގޮތުން ބަލާއިރު މާލެ ސަރަަހައްދުގައި ވިޔަފާރި ކުރިއަރަމުން ދާމިންވަރާއި އަޅާ ބަލާއިރު މާލެ ސަރަަހައްދުގައި ވިޔަފާރި ގްރޯވް ވާވަރާއި ގާތަށް ވެސް މާލެ ސަރަހައްދުން ބިން އުފެދިގެން ނުދެއެވެ. މިހާރު ރާއްޖޭގައި ހަދަމުން ދާ ކޮންމެ ރިސޯރޓެއްގެ މާލެ އޮފީސް ވެސް ހަދަން ބޮޑު ބިލްޑިންގް އެއް ބޭނުންވާއިރު އެބިން ވެސް ނެތް. ތިލަފުށި ގުޅިފަޅުން ބިން ނުދީ ބާއްވަނީ ކީއްވެތޭ.

  2. ހުސޭނުބޭ

    ޤާސިމް އެމްޑީޕީ ވަރިކުރީ ވަގު އަންބެއްގެ ގޮތުގައި ގެންގުޅެފައި! އާދަމް ނަވާޒަކަށް ނޭގޭދޯ ޤާސިމްގެ 4 އަނބިން ތިބޭކަމެއް! ޤާސިމްގެ ވެރިކަމެއްގައި މިނިސްޓްރީއޮފް ހަތަރު އަނބީން އުފައްދާފައިވާ ވާކަމެއް!!!!

  3. އެއްކަޅި

    ވަރަށް ފުރިހަމަ ކޮމެންޓް އެއް

  4. ނަޝްފަސް

    މުޅިއޮޑީގަ އިބުރާހިމްގެ ދެފައި މީ މިދުވަސްވަރު މީހުން ބުނެއުޅޭގޮތުން ގާސިމައް ނިސްބަތް ކޮށްއުޅޭ ބުނެ މިސާލް ޖަހާ ބަހެކޭ، ނަމަވެސް މިބަހުގެ ރަންގަޅު ގޮތަކީ މުޅިއޮޑީގަ ހަސަނު ދެފައި

  5. ސިޔާސީ ލަފާ

    އެމްޑީޕީ އަށް ވެރިކަމާ ހަތަރުދަންފަށަށްވެސް
    ނާދެވޭނެކަން މިހާރު ޔަގީންވެއްޖެއެވެ ޖުމްހޫރީ
    ޕާޓީއަކީ އުއްމީދީ ޕާޓީއެކެވެ ފުރިހަމަ އާރާއި
    ބާރުގައި ޖޭޕީ ކުރިއަށް ދާންވީއެވެ ފަސްބެލުމެއް
    ނެތި އެވެ ގާސިމްގެ ނިންމުން ވަރަށްވެސް
    ރަނގަޅެވެ.

  6. ހޯނު

    ވަރަށް ފުރިހަމަ ރިޕޯޓެއް..މިވަރުގެ ސާދާ ސީދާ ރިޕޯޓެއް ލިޔުނީތީ ޝުކުރިއްޔާ

  7. ފިކުރީ

    ހާދަ ވަރުގަދަ ދިރާސާ ރިޕޯޓެއް ވަރަށް ގިނަ މަޢުލޫމާތު ލިބިއްޖެ. އިންތިޚާބުގެ ނަތީޖާވެސް ފެންނަން ފަށައިފިހެން ހީވަނީ. ވ ވ ވ ބޮޑަށް ޝުކުރިއްޔާ

  8. ލައްޓި

    ޤާސިމް ކައިރީގައި އުޅޭ ގިނަ މީހުންނަކީ ޤާސިމް ވާވައްދައިގެން ޤާސިމް އަތުން ލާރިގަނޑު ހޯދަން އުޅޭ ބައެއް. ޤާސިމަކީ ކަނޑުކޮހެއް ކަމަށްވާތީ ވެރިކަމުގެ ހުވަފެން ޤާސިމަށް ދައްކައިގެން އެމީހުންގެ ބޭނުންތައް ފުއްދަމުން ގެންދަނީ. ދެފަހަރު ވެރިކަމަށް ކުރިމަތިލައިގެން ދެވަނަ ބުރަށްވެސް ނުހޮވުނުއިރު، އަދިވެސް ޤާސިމަކަށް ނޭނގޭ، ޤާސިމަށް ރާއްޖޭގެ ވެރިކަން ދޭން ރާއްޖޭގެ ގިނަ ބަޔަކު ބޭނުން ނޫންކަމެއް. ވެރިކަމުގެ ދަހިވެތިކަމުގައި އަމިއްލަ ދަރިވެސް އެންމެފަހުން ހަލާކުކޮށްލީ.

  9. ވިލާގެ މުވައްޒަފެއް

    ކޮން ދުވަހަކުންތޯ މުސާރަ ދެނީ، ގާސިމް އިބްރާހިމް؟

    • ބޮއްބޮ

      އޭނާ އަލީވަހީދުމެން ކަހަލަ ސިޔާސީ ހައްޕުނޑު ގަނެފަ ބާކީލާރި ހުރިއްޔާ ދޭނެ. ކަލޭހުރޭ އޭނާއަށް ނުވަތަ އޭނާދައްކާ މީހަކަށް ވޯޓުދޭން.

  10. ޖައްސާތި

    ޖޭޕީގެ ތިން ވަނަ ކޮންގްރެސް ފަށައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ޖޭޕީ އަށް މިހާރު އިނގޭނެއެއް ނޫންތޭ ޖޭޕީ އަށް ކޮންގްރެސް ބާއްވަން ޖާގަ ތަނަވަސް ވެފަައިވާ ކަން އެކަމަކު ރޭގައި އެއޮތީ އެމްޑީޕީގެ ކައުންސިލަރުން ފީންނެއް ސަސްޕެންޑް އަރުވާލާފައޭ ދެން އެމެންނަށް އުކުޅަހުގައި އެމެންގެ ކޮޮންގްރެސް ބޭއްވޭނީ ވެސް މަމެން ޕިންކީން އަތުން ހުއްދަ ހޯދައިގެންނޭ މީސް މީހުންގެ ގޯތި ތަކަކީ އެއީ ވެސް ބަންޑާރަ ގޯއްޗޭ އެއިން ގޯއްޗެއްގައި ވެސް ގާނޫނާއި ޚިލާފު ކުށްވެރިއަކު ރިޔާސީ ކެންޑިޑޭޓަކަށް ހަދައިގެން އެމެންނަށް ކޮންގްރެސް ބޭއްވިގެން ނުވާނެއޭ އެކަން ދަންނަން ޖެހޭނެއޭ ޖޭޕީން. ޖޭޕީން އެބަޖެހޭ އެމްޑީޕީ ފުނޑާލުމުގެ ރޯޑް މެޕް އިއުލާން ކޮށްގެން އެމްޑީޕީގެ ގައުމީ މަޖްލީސް ކަހާލަން ޖޭޕީ ތެރެއަށް ކަމޯން ސްޓޭންޑް އަޕް އެން ޑޫ އިޓް. ކަމޯން އެވްރީ ބޮޑީ ޖައްސަބަލަ ޖައްސާ ޖައްސާ ޖައްސާ ލާރޖް ކޮށް ޖައްސާ އެމްޑީޕީ ފުނޑާލާ ފުނޑާލާ ފުނޑާލާ ފުނޑާލާ ކަމޯން ސްޓޭންޑް އަޕް އެން ޑޫ އިޓް އިޓްސް ދަ ފީލިންގް އޮފް ދި އޯޑިއެންސް...

  11. ލައިފް

    ޖޭޕީގެ ތިން ވަނަ ކޮންގްރެސް ފަށައިފި ނަމަ އެއީ މަމެން އުފާ ކުރާނެ ކަމެކޭ މަމެން އުއްމީދު ކުރަނީ ޖޭޕީން ޕޮލިޓިކަލް ސައެންސްގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައިގެން ރަންރީނދުލޭ މެންގެ އެތެރެ ހަލުވާލައިގެން އެމެންނަށް އެމެންގެ ކޮންގްރެސް އުކުޅަހުގައި ބޭއްވިޔަ ނުދޭނެކަމަށް އަދި އެމްޑީޕީގެ ގައުމީ މަޖްލީސް ހަލުވާލާ އެމަޖްލީހުގައި ތިބި ހުރިހާ މެމްބަރުން ޖޭޕީ އަށް ކަހާލާނެ ކަމަށް އެއިރުން ޖޭޕީން ބުނާ ބަޔަކަށް ސަރުކާރުގެ ވަޒީފާ ތައް ވެސް ހަމަޖެހިގެން ދާނެއޭ ފީނި ފީންނަށް ޚަރަދަށް ބަލާނެ ކަމެއް ނެތޭ ޖޭޕީން މިކަން ކޮށްދީ ޖޭޕީން މިކަން ކޮށް ނިމޭ އިރު ޕީޕީއެމް އާއި އެމްޑީއޭ އޮންނާނީ ތައްޔާރަށޭ ބުޅާ ރޯ މަސްގަނޑަށް ފާރަލާ ބަލަން އޮންނަ ގޮތަށް ދެން އެއިރުން ޖޭޕީ އާއި ޕީޕީއެމް އާއި އެމްޑީއޭ ތިން ޕާރޓީ ވެގެން އެމީހަކާއި އެމީހެއް އެމްޑީޕީގެ ހުރިހާ މެމްބަރުން ތައް ސްޓޮކް މާރކެޓް އިން އެމްޑީޕީގެ ސްޓޮކް ގެ އަގު ވެއްޓިފައިވާ ދަނޑި ވަޅުގައި ގަނެލާނީއޭ. ކަމޯން ސްޓޭންޑް އަޕް އެން ޖައްސަބަލަ ގާސިމް ލާރޖް ކޮށް ކަމޯން ސްޓޭންޑް އަޕް ޔޭއް ޔޭއް ނައްނާނާނަނާ ނައްނާނާނަނާ އޯލް ޓު ގެދަރ ނައު ޓްރޫ ހެހޭހޭހޭ ލައިފް ލައިފް ލައިފް އިޒް ލައިފް ނައްނާނާނަނާ ލައިފް އިޒް ލައިފް ނެވަރ ގިވް އިޓް އަޕް އަޕް އަޕް ވެން ވީ އޯލް ސްޓޭންޑް އަޕް ޓު ގެދަރ ވީ އޯލް ގެޓްދަ ބެސްޓް އެވްރީ ބޮޑީ ސިންގް ލައިފް އިޒް ލައިފް ލައިފް އިޒް ލައިފް ލައިފް އިޒް ލައިފް ނެވަރ ގިވް އިޓް އަޕް އަޕް އަޕް އަޕް ކަމޯން ސްޓޭންޑް އަޕް އެން ޑާންސް ޑާންސް ޑާންސް ޑާންސް އިޓްސް ދަ ފީލިންގް އޮފް ދި އޯޑިއެންސް ޔޭއް ޔޭއް..

  12. ފިޒާ

    3 ފަށް ވީ ދޯ.

  13. ނުރަބޯ

    ގާސިމް އެމްޑީޕީ އާއިގުޅިގެން ޒާތެއްގެ ގޮތަކަށް އުޅެގަތްއިރުވެސް، ފިލްމު ނިމޭއިރު ގާސިމް ހުންނާނީ އަންނިގެ ހަތުރެއްގެ ގޮތުގައިކަން މޫސުން ކުރިޔަށް ލަފާކުރާ މެޝިން ތަކުން ދިޔައީދައްކަމުންނެވެ. ގާސިމަށްވެސް މިފައިކޮއްޕާލެވެނީ އެއްކަލަ ކުރިންވެސް ކަށިޖެހި ހަރަށް ކަން އެނގޭ ޙާލުގައި ގާތުގައި ތިބި އެއްވެސް އިޚްލާޞްތެރިކަމެއް ނެތް ބަޔަކު ދިން ނަޞޭޙަތަކަށް އެހަރަށް އަނެއްކާވެސް ފައިކޮއްޕާލީއެވެ. ނަމަވެސް ކަށި ނުޖަހަނީސް މިފަހަރު ފައި ދަމައިގަނެވިއްޖެއެވެ.