ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބާއިމެދު އަވަށްޓެރި އިންޑިޔާއިން އެހާ ބޮޑަށް ޝައުޤުވެރިވުމަކީ ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދޭނެ ކަމެކެވެ. ސިޔާސީ ގޮތުން ކަންހިނގާ މަގު އޮޅުންފިލާ ނުވަތަ ރާއްޖޭގެ ސިޔާސީ މަޝްރަޙު ދިރާސާ ކުރައްވާ ބޭބޭފުޅުންނަށް އެއީ ކީއްވެގެންކަން އެނގުނު ނަމަވެސް އާންމު ރައްޔިތުންގެ ތެރެއިން މިކަމުގެ ހަގީގަތް އެނގެނީ މަދުބަޔަކަށެވެ. އާންމު ފަރުދުންނާއި ހަމައަށް ތިލަވަނީ ވިސާ ނުލިބޭ މައްސަލައާއި ހިލައާއި ވެލިކޮޅު ތާށިވާ މައްސަލައާއި ބައެއް ފަހަރު ފިޔާ، އަލުވި އަދި ކުކުޅު ބިހުގެ އަގު މައްޗަށް ޖެހިލާ މައްސަލައެވެ. ފަރުދާގެ ފުރަގަހުގައި ހިނގާ ކަންކަމާއި އަސްލު މައްސަލައެއް ނުވަތަ މި ވާނުވާއެއް އާންމު ފަރުދުންނަކަށް ފަހުމެއް ނުވެއެވެ. ކަމުގެ ހަގީގަތް ނުވަތަ އަސްލު މައްސަލަ ނޫންނަމަ މި ވާނުވާ ފާޅުގައި ތިލަބަހުން ނުވަތަ އާންމު މީހާއަށް ފަހުމްވާ މިންވަރަށް ކިޔައިދޭން ނުކެރެނީއެއް ކަމެއް ނުވަތަ ކިޔައިދޭން ބޭނުން ނުވަނީއެއް ކަމެއް ނޭނގެއެވެ. އެނގޭ އެއްޗަކީ ސިޔާސީ ގޮތުން އެބުނާ ފުންނާބުއުސް ބޭބޭފުޅުން އެކަން އާންމު ރައްޔިތުންނާއި ހަމައަށް ތިލަކޮށްލަ ނުދެއްވާ ކަމެވެ.

މިގޮތަށް "ވާނުވާގައި" ތިއްބާ މިހާރު މިކަން އާންމުންނަށް ތިލަވާން ފެށިއިރު ދެފަރާތުންވެސް މިކިޔަނީ ވިސާ ލިބުމުގައި ދަތި ތަކެއް ހުރި ވާހަކައެވެ. އެއްބަޔަކު އަނެއް ބަޔަކަށް ވިސާ "ފިއްތާ" ވާހަކައެވެ. ކަމުގެ ހަގީގަތް އާންމު ރައްޔިތުންނާއި ހަމައަށް ތިލަކޮށްދޭން ތިއްބެވި ސިޔާސީ ވެރިންނާއި ހަމައިން މިވަނީ އަދި އެހެން ގޮތެކެވެ. ސަރުކާރާއި ވިދިފައި ނުވަތަ ދެކޮޅަށް ނުކުމެ ތިބި ސިޔާސީ ވެރިން ދެކޭ ގޮތުގައި ވިސާ "ފިއްތި" ވަރަކަށް އެވެރީންނަށް ވަނީ ފައިދާއެވެ. އެވެރިން ވަނީ އުފަލެވެ. އެވެރިން ގަބޫލުކުރާ ގޮތުގައި ނުވަތަ އާންމު ރައްޔިތުންނަށް ބުނެދޭ ގޮތުންނަމަ މިއީ މިހާރުގެ ސަރުކާރު "ކަޑަކަމުން" ވެގެން އުޅޭ ގޮތެކެވެ. މިހާރުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މައްސަލައެކެވެ. މިދެންނެވި އިދިކޮޅު ސިޔާސީ ލީޑަރުން ތިއްބެވީ އިންޑިޔާއާއި އެކުގައެވެ. މިހާރުގެ ސަރުކާރުން ޗައިނާއާއި އެކީގައި ދިވެހިރާއްޖެ ތަރައްޤީ ކުރުމަށް ކުރިއަށްދާން އަތުކުރިއޮޅާލާފައިވާ ސިޔާސަތާއި ދެކޮޅަށް އިންޑިޔާ ގެންގުޅޭ އުސޫލުތަކާއި ނިންމުންތަކަށް އެވެރިން ފުރިހަމައަށް ތާއީދެވެ. މިދެންނެވި އިދިކޮޅު ސިޔާސީ ލީޑަރުން އިންޑިޔާއިން ރާއްޖެއާއިމެދު މިހާރު ގެންގުޅޭ ސިޔާސަތުތަކަށް ތާއީދު ކުރަނީ މި ވާނުވާ ނޭނގި ތިބެއެއް ނޫނެވެ.

ވެރިކަމުގެ ފުރަތަމަ ދައުރުގެ އެންމެ ފަހު ދުވަސްކޮޅު ގުނަމުންދާ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރާއި ދެކޮޅަށް ނުކުތް ފަރާތްތަކަށް އިންޑިޔާއިން ތާއީދުކުރަން ފެށި މައިގަނޑު އެއް ސަބަބެއް ކަމަށް ބެލެވެނީ ރާއްޖެއާއި ޗައިނާއާއި ދެމެދު އުފެދެނު ގުޅުމެވެ. ރާއްޖެއަކީ އިންޑިޔާގެ "ބެކްޔާޑް" ނުވަތަ އެމީހުންގެ ގޯތީގެ ފުރަގަހުގައި އޮންނަ ބިންކޮޅު ކަމުގައި ދެކޭ އުސޫލު ގަބޫލުކޮށްގެން ރާއްޖޭގެ ވެރީން އިންޑިޔާގެ ކުރިމަތީގައި "ކުޑަކަކޫ ޖަހައިގެން" ތިބި ތިބުން ބަދަލުކޮށް، އެއީ މާޒީ ކަމުގައި ހައްދަވައި، އެކަން ބަހާއި ޢަމަލުން ދައްކަވަމުން ގެންދަވާ ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް، އިދިކޮޅު ފަރާތްތަކުގެ އަތުގައި ހިފައިގެން އިންޑިޔާ ފާޅުގައި ނުކުތީ ރައީސް ޔާމިންގެ ސަރުކާރުން ގެންގުޅުއްވާ މިދެންނެވި "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް" ސިޔާސަތު އިންޑިޔާއަށް "ހަޖަމު ކުރަން" އުނދަގޫވެގެންނެވެ. ނުވަތަ އެގޮތް ގަބޫލުކުރަން ދަތިވަނީއެވެ. އިންޑިޔާ ރަސްކަން ކުރަމުން ގެންދާ އިންޑިޔާ ކަނޑުގައި ދެވަނަ ބާރެއް ނުވަތަ ދެވަނަ ރަސްކަމެއް ގާއިމުވެދާނެތީ ގަންނަ ބިރެއްގެ ބޮޑުކަމުންނެވެ. އެމީހުންގެ ބެކްޔާޑުގައި އޮތް ކުޑަކުޑަ، މީސްކޮޅު މަދު ގައުމެއް އެވެރީންގެ "އަތްދަށުން" ސަލާމަތްވެ ހަށިފޮޅާލާފައި ތެދުވެދާނެތީ ޖެހިލުންވަނީ އެވެ.

ތަންކޮޅެއް ތިލަ އިބާރާތުން ދަންނަވަނީނަމަ ދެންނެވެން އޮތީ އިންޑިޔާގެ ސިޔާސަތުތަކާއި ދެކޮޅު، އިންޑިޔާއަށް އިސްކަން ނުދޭ، އިންޑިޔާ ނޫން އެހެން ބައެއްގެ އެހީތެރި ކަމަށް ބަރޯސާވެ އިންޑިޔާ ނޫން އެހެން ރަހުމަތްތެރި އަކު ޚިޔާރުކުރާ ވެރިކަމެއް، ވެރިއެއް މި ގައުމުގެ ވެރިކަމުގައި ހުންނަން އިންޑިޔާ ބޭނުން ނުވަނީއެވެ. ރާއްޖޭގެ އެތެރެއަށް އަންނަ ސިޔާސީ ކޮންމެ ލޮޅުމެއްގެ ތެރޭގައި އިންޑިޔާ ފުންމައިގެން ތެދުވެ ދުއްވައިގަންނަނީ މިހެންވެގެންނެވެ.

07 ފެބްރުއަރީ 2012 ގެ ސިޔާސީ "ގަޑުބަޑު" ގެ ތެރޭގައިވެސް ފެނިގެން ދިޔައީ އެމަންޒަރެވެ. އެކަމަކު ރާއްޖޭގެ އެތެރޭގައި އޮތް ސިޔާސީ ނުތަނަވަސްކަމަށް ހައްލުގެނައުމަށް ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި މަޝްވަރާކޮށް މަސަލަސްކޮށްދޭ ބައިވެރިއެއްގެ ގޮތުގައި ވަތް، އިންޑިޔާ ރާއްޖޭގައި ރިޔާސީ އިންތިޚާބުގެ ވޯޓުލުން ހިނގަމުން ދަނިކޮށް އިލެކްޝަންސް ކޮމިޝަންސްގެ ތެރެއަށް ވަދެ ގޮތްކިޔައި ވާނުވާ ބަލައި ފާޑުކިޔައި ހަދާ ހިސާބަށް ދިއުމަކީ މިވާނުވާ އެނގޭ ދިވެހީންނަށް ބަލައިގަނެވޭ، ގަބޫލުކުރެވޭ ކަމަކަށް ނުވިއެވެ.

ދެން މިއަދު މިކަން ހިނގަމުންދާ ގޮތް ނިކަން ވިސްނާލަމާ ހިންގަވާށެވެ. ހަމަ ޔަގީނުންވެސް މިކިޔާ އެކެއް ފެބްރުއަރީގެ ބޮޑު އަމުރަކީ މާ ދުރާލާ ރޭވެމުން ނިއުޅެމުން އައި ކަންތައްތަކެއްގެ ނަތީޖާއެވެ. ރާއްޖޭގެ އެންމެ މަތީ ކޯޓުންވެސް ތާއީދުކޮށް ސިއްކަޖަހައި ބަދަލު ނުގެނެވޭ ވަރަށް ބަންދުކޮށްފައިވާ ޝަރުޢީ ހުކުމްތަކަކާއި ދައުލަތުން ތުހުމަތުކުރާ ބޮޑެތި، ހައްސާސް މައްސަލަ ތަކެއްގެ ތުހުމަތުގެ ތަހުގީގީ މަރުހަލާގައި ތިބި ބަޔަކު ވެސް ހިމެނޭ ގޮތަށް ބަންދުގައި ތިބި ބަޔަކު ދޫކޮށްލަން އެންމެ މަތީ ކޯޓުން ނެރުނު އަމުރު ސަރުކާރާއި ދެކޮޅު ފަރާތްތަކުން ގަބޫލުކޮށް ބަލައިގެން ފަދައިން އިންޑިޔާއިން އެވެރިންނާއެކީގައި އަތުގުޅާލައިގެން ނުކުމެ އެ އަމުރު ތަންފީޒު ކުރަން ފޫގަޅާފައި ނުކުމެ ބަޔާންތައް ނެރެ އެވާހަކަ ދައްކަމުން ދާއިރު އިންޑިޔާއިން އޭގެ ފަހަތުން ދައްކަނީ ރާއްޖެއިން ޗައިނާއާއެކު މާ ގާތް ގުޅުމެއް އުފައްދަމުން ދާ ވާހަކައެވެ. ބޮޑު ބޭބެއާއި ކޮއްކޮގެ ގުޅުމުގެ ދެމެދަށް މާ ދުރު ކަރަޔަކު ތިބި ބަޔަކު އައިސް ވަންނަ ވާހަކައެވެ.

އިދިކޮޅު ލީޑަރުން މިކަމަށް ތާއީދުކޮށް އިންޑިޔާ ކަންބޮޑުވެ ރުޅިއަންނަހާ ގޮތަކަށް ވާހަކަތައް ހަދައިގެންވެސް ދައްކާ ނަގަނީއެވެ. ޗައިނާއަށް އިންޑިޔާ ކަނޑުގެ ބިންތައް ވިއްކައިގެން އެވެރީންގެ ވަކިތައް އިންޑިޔާ ކަނޑުގައި އިންޑިޔާއަށް ވުރެ ގަދަކޮށް ހިއްޕާލަނީ ކަމަށް ބުނެ އިންޑިޔާގެ ސިފައިން ރާއްޖެއަށް އަރައިގެން ވެސް މިކަންކަން ހުއްޓުވުމަށް ގޮވަނީއެވެ. އަދި އިދިކޮޅު ފަރާތްތަކުން އެބުނާ ވެރިކަމެއްގައި މިހާރު ރާއްޖެއިން ގެންގުޅޭ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް" ސިޔާސަތު ބަދަލުކޮށް އިންޑިޔާ ބޭނުންވާ ގޮތަށް، ޗައިނާއާ ބީރައްޓެހި ސިޔާސަތެއް ގާއިމު ކުރާނެކަން އެވެރީން އިންޑިޔާއަށް ކަށަވަރު ކޮށްދެނީއެވެ.
ހަގީގަތުގައި ދިވެހީން ވަރަށް ވިސްނުންތެރިކަމާއެކު މިވާނުވާ ބަލަން ޖެހޭ ހިސާބަކީ މިއެވެ. އެކެއްފެބްރުއަރީގެ "ގަޑުބަޑު" ގެ ނަތީޖާއާއި ހަގީގީ ކަންބޮޑުވުމާ ހިސާބަށް މިހާރު މިވަނީ އާދެވިފައެވެ.

މި "ގަޑުބަޑުގެ" ތެރެއިން ކަށަވަރުވެ ހާމަވެގެން ދިޔަ އެއްކަމަކީ ދިވެހިރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވެ ހިނގައިގަންނަން ބޮޑުބޭބެ ނުރުހޭ ކަމެވެ. ބޮޑުބޭބެ ބުނާ ގޮތް ނުހަދާ ބޮޑުބޭބެއަށް ވުރެ ކުރިއްރާދާން އެދޭ ވެރިއަކު ދިވެހި ވެރިކަމުގައި ހުންނަން ބޮޑުބޭބެ ގަބޫލު ނުވާ ކަމެވެ. ދިވެހިރާއްޖެއާއި ދިވެހީން އަބަދުވެސް ތިބެން ޖެހޭނީ ބޮޑުބޭބެގެ ބެކްޔާޑްގައެވެ. ދިވެހި ގައުމާއި ދިވެހީންގެ އެކުވެރީން ކަމުގައި ވާންޖެހޭނީ ނުވަތަ ޚިޔާރުކުރާން ޖެހޭނީ ބޮޑުބޭބެ ގަބޫލުވާ މީހެކެވެ. ބޮޑުބޭބެ ހަދިޔާއެއް، އެހީއެއް ދީފިއްޔާ އެ ހަދިޔާ ހިފައިގެން އައިސް އެބަލަހައްޓާން ބޮޑުބޭބެ ފޮނުވާ ބަޔަކު ތިބެންޖެހެއެވެ. ދިވެހީންނަށް ބޮޑުބޭބެގެ ގައުމުން ކިތަންމެ ބާރަށް ވިސާ "ފިއްތަޔަސް" ދިވެހި ގައުމުން ބޮޑު ބޭބެގެ ދަރީންނަށް ވިސާ "ފިއްތުމަކީ" ބޮޑު މައްސަލައެކެވެ. މިހެންގޮސް ދިގުކުރާކަށް ކިޔާނެ ކަމެއް ނެތެވެ. ދިވެހީން އަބަދުވެސް ތިބެން ޖެހޭނީ ބޮޑުބޭބެ ރުއްސައިގެން ބޮޑުބޭބެއަށް އަޅުދާސްވެގެންނެވެ. މިނޫން ވެރިއަކުވެސް މިނޫން ސިޔާސަތެއްވެސް ބޮޑޫބޭބެއަކަށް ކަމަކު ނުދެއެވެ.

އެކަމަކު މިއަދު ހުންނެވި ދިވެހީންގެ ވެރިމީހާގެ ވިސްނުންފުޅާއި ސިޔާސަތު މިއާއި މުޅިން ޚިލާފެވެ. މިއަދުގެ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ދިވެހި ގައުމު ކިތަންމެ ކުޑަވެފައި މީސްކޮޅު ކިތަންމެ މަދަސް ބޮޑުބޭބެ އަކަށް އަޅުދާސްވެގެން ތިބޭން ނުޖެހޭނެކަމެވެ. ދިވެހި ވެރިކަން ހިނގަންވާނީ ބޮޑުބޭބެ ބޭނުންވާ ގޮތަކަށް ނޫނެވެ. ދިވެހި ގައުމުގެ ރައްޔިތުން އަނގައާއި އަތާ ދިމާވާން ޖެހޭނީ ބޮޑުބޭބެގެ އެހީއާއި މަދަދު ހޯދައިގެނެއް ނޫނެވެ. ދިވެހި ވެރިކަމުގައި ހުންނަ މީހަކު ވަކި ގައުމެއްގެ ކުރިމަތީގައި ކުޑަކަކޫ ޖަހާކަށް ނުޖެހެއެވެ. ބޮޑުބޭބެގެ ދަށުގެން އުޅޭކަށް ނުޖެހެއެވެ.

އިންޑިޔާއަކީ ދިވެހީންގެ އަވަށްޓެރި ރަހުމަތްތެރިއެކެވެ. ދިވެހީންގެ މަދަދު ގާރެކެވެ. މި ރަހުމަތްތެރިކަމުގައި ދެފަރާތަށްވެސް އައީ ފައިދާތަކެއް ކުރަމުންނެވެ. ރާއްޖެއަކީ ކުޑަ މީސްކޮޅު މަދު ގައުމެކެވެ. މީގެ އަހަރު ތަކަކާއި މިހާރާއި އަޅާ ބަލާއިރު ދިވެހިންގެ އަމިއްލަ ވަޒަނުން ލިބެންނެތް ޚިދުމަތްތަކާއި ވަސީލަތްތައް ހޯދަމުން އައީ އިންޑިޔާއިންނެވެ. އަދި އޭގެ ބަދަލުގައި އިންޑިޔާއަށްވެސް ދިވެހީންގެ ފަރާތުން އައީ ފައިދާ ތަކެއް ކުރަމުންނެވެ. މިއަދުގެ ސަރުކާރުން މިހާރުވެސް ގެންގުޅެނީ މިޒަމާންވީ އެކުވެރި ކަމުގެ ސިޔާސަތެވެ. "އިންޑިޔާއަށް އިސްކަންދޭ" ދިނުމުގެ ސިޔާސަތެވެ. އެކަމަކު އިންޑިޔާއަށް އަޅުދާސްވުމުގެ ސިޔާސަތެއްނޫނެވެ.
ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު އިންޑިޔާއަށް މުހިންމުވާ މައިގަނޑު އެއްސަބަބަކީ މިއެވެ. މިހާރުގެ ސަރުކާރާއި ދެކޮޅު ފަރާތްތަކުގެ މަދަދު ގާރަކަށް އިންޑިޔާވަނީ ނުވަތަ އެވެރިންގެ ބަސް ގަބޫލުކުރާ ބަޔަކަށް އިންޑިޔާވަނީ މިދެންނެވި ސަބަބުތަކާއި ހުރެއެވެ.

އެހެންކަމުން މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުން ދިވެހީން ނިންމާ ނިންމުމަކީ ވަކިބައަކަށް އަޅުދާސްވެ ވަކިބަޔަކު ބުނާގޮތަށް ނުވަތަ ރުހޭގޮތަށް ކުރާ ވެރިކަމެއް ރާއްޖޭގައި ގާއިމު ކުރާނީތޯ ނުވަތަ މިހާރު މިހިނގާފަދަ އަމިއްލަ މިނިވަން ވެރިކަމެއް ކުރިމަގުގައިވެސް ގާއިމުކުރާނީތޯ ނިންމާ ނިންމުމަކަށް ވުމީވެސް ދުރުގައިވާ ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ލޮލާސެ

    އަކިލޭސް ގޯހޯމް ހެދުދުއާސަލާމާއެކީގަ!

  2. Anonymous

    އިންޑިޔާގެ "އަޅުން" ނަށް ރާއްޖޭގެ ވެރިކަން ދޭން ތާއީދު ކުރާނީ މަދުބައެއް. ދިވެހިންނަކީ، ހަތިޔާރެއް އާރެއްބާރެއްެނެތް އިރުވެސް މިނިވަންކަމަށްޓަކައި ހަނގުރާމަކޮށް މިނިވަންކަން ހޯދި ކާބަފައިންގެ ދަރިން.

  3. Anonymous

    އިންޑިޔާއަކީ އަސްލުވެސް ވަރަށް ހަސަދަވެރި މުނާފިގު ގައުމެއް.

  4. ސެމް

    މިއީ ވަރަށް ބޮޑު ހަގީގަތެއް. އެކަމަކު ކީއްކުރާނީ. ދިވެހިންގެ ތެރޭގައި އެބަތިބި އިންޑިޔާ ހަނޑުލަާއި އިންޑިޔާގެ ކުކުޅުބިސްނޫނީ ނުކާންތިބި ބަޔަކު.

  5. Anonymous

    ދިވެހިން ކުރިއަރާ ދާނެ އިންޝާﷲ. މުއްސަނދި އުފެއްދުންތެރި ޖީލެއް ކުރިއަށްއޮތް 5 އަހރު ރައީސް ޔާމީން ބިނާކުރެއްވުމަށް ބިންގާ އަޅުއްވާ ދެއްވާނެ.

  6. Anonymous

    ރައީސް ޔާމީންގެ 2 ވަނަ ދައުރުގައި، މިގައުމުގެ ތައުލީމީ ދާއިރާއަކީ، އިސްލާމީ އަގީދާ ވަރުގަދަ، ހިތްވަރުގަދަ، ގައުމުދެކެ ލޯބިވާ ޖީލެއް ބިނާކުރެވޭގޮތަށް ފަރުމާ ކުރައްވާނެކަމަށް އުންމީދުކުރަން. ހަމައެކަނި ހޯދާ ނަތީޖާއަށް ބުރަނުވާގޮތަށް، ކުދިންގެ އުޅުމާ އަޚްލާޤު އެއީ އެންމެ އިސްކަންދޭ ކަންކަމުގައި ހައްދަވާނެކަމަށް އުންމީދުކުރަން.

  7. ތިމަންނަ

    މި އާޓިކަލަށް ކިހާވަރެއް ލިބުނު ތޯ؟

    • ޖަމޫ

      ގައުމަށްޓަކައި ހައްގުގެ ބަހެއް ބުނުމުން ގައުމުގެ ދުޝްމަން ހާއިނުންނަށް ނިކަންއަސަރުކުރާނެ.

  8. އިބްރާހީމް

    ވަރަށް ފުރިހަމަ ލިޔުމެއް އަދިވެސް ތިލްކޮއްލި ނަމަ ރަނގަޅުވީސް ލަންކާގެ ސަރުކާރު ބަދަލުކުރިގޮތަށް މި ސަރުކާރު ބަދަލުކުރަންވެސް އިންޑިޢާއިން މި ވަނީ އެއްރޮއްޖަށް ފޫގަޅާ މަސައްކަތް ފަށާފަ.

  9. ޭުުިޮަަަވަލު ކުކުލު

    ޢަލުވެތި ކަންބޭނުމެއް ނޫން

  10. ބުއްޅަބޭގެ އައްޕަ

    އާބާދީގެ 60% ކީ ނުކިޔަވާތިބި ގައުމިއްޔަތެއްނެތް ބަޔެއް، ބާކީތިބި 30%ކީ ވެރިކަމުގެ ދަހުވެތިކަމުގައި ގައުމު ވިެއކާލަންޖެހުނަސް އަދި އިންޑިޔާގެ އަޅުވެތިކަމުގައިވެސް ތިބެން ޖެހުނަސް އޯކޭ މީހުން، އެ60% މީހުން މަގުފުރައްދަނީމިބުނާ 30% މީހުން. 20% މީހުންނަކީ ގައުމުގެ ހައްގުގައި އިންޑިޔާގެ އަޅުވެތިކަމުން ސަލާމަތްވާން ބޭނުންމީހުން!

  11. އަތޮޅުން

    އިންޑިއާއަތްދަށުން ރާއްޖެއަށް މިނިވަން ކަން
    ހޯދޭނެ ވެރިޔަކީ ރައީސް ޔާމީން އެވެ

  12. މޭއިޑޭއި

    ތިރިޕޯޓުން އަދިވެސް ގިނަކަންތައްތަކެއް އޮޅުންނުފިލުވާދޭ..ވަކިކަނޑެއްގަ ނުވަތަ ބެކްޔާޑެއްގަ އޮތުމަކީ ދުނިޔެޔާއެކު ވިޔަފާރި ނުކުރެވެންޖެހޭ ސަބަބެއްނޫން..ރާއްޖޭގަ ޗައިނާނޫނަސް ވަރަށްގިނަ އެހެނިހެން ގައުމުތަކުން އެތަށްބިލިޔަން ޑޮލަރުގެ އިންވެސްޓް ކޮއްގެން ރިސޯޓްތަކާއި ޑައިވްބޭސް ތަކާއި ޓްރެވެލް އޭޖެންސީ ތަކާއި އެއަރލައިންތަށް އެބައޮޕަރޭޓްކުރޭ...އެއްގައުމު އަނެއްގައުމަކާއިއެކު ވިޔަފާރިކުރުމަކީ އެއްވެސްގައުމެއްގެ ސަލާމަތަށް ނުރައްކާވާކަމެއްކަމަށް ބުނުމަކީ އެއީ ދައްކާ އުޒުރެއް...މައްސަލަޔަކީ އެހެންކަމެއް..އެއީ އިދިކޮޅުފަރާތްތަކާއި ގުޅިގެން ރާއްޖޭގެ ބިންތަކަށް ވެރިވާންވެގެން ހާލަތުގެ ފައިދާނަގަން ކުރާކަމެއް...

  13. ޚާމަ

    ގޮއްރީދޫ + ގޮއްރީދޫ އެއީ މިވާގޮތަކީ އަނެއްކާ ޗައިނާ ދެކެ ގަންނަބިރަކުން މޯދީ ބޭސްކައިގެން ނިދަނީވެސް

  14. ވަހިއްޓޭ

    ލާމު އަތޮޅޫގައި ބޮޑު ސިންގާ ބިޔަ މަސްރޫއެއް ޖައްސަބަލަ ރާއްޖެއަށް ބޭނުންވާ ވަރަށް ބިސް ފިޔާ އަލުވި ހައްދަން. ޢޭރުން ތިޔަ އިންޑިއާ ބުދިނަސް މަމެން ތިބޭނީ ބަނޑު ފުރައިގެން.ަ ދެން އިންޑިއާ ދޭބަލަ މަހަށް

  15. ޒަރީރު

    وشكرا جزيلا
    نحن مالديفيون لن نركض ولن نسجد للهند

  16. ސަމާސާ

    އިންޑިޔާގެ ގޯސް ނިންމުންތަކުގެ އަގު އިންޑިޔާ އިން އަދާކުރާނެ ދުވަސްތައް މާދުރެއް ނޫން. ލަންކާގެ ވެރިކަން ބަދަލްކުރިގޮތައް ރާއްޖޭގެ ވެރިކަން ބަދަލް ކުރަން މިހާތަނަށް ކުރި ހުރިހާ މަސައްކަތް ދިޔައީ ފެނަށް. ޢިންޑިޔާ އަށް ހަމައެކަނި ގޮތަކީ އެވަގުތެއްގައި ރާއްޖޭގައި އޮންނަ ސަރުކާރަކާއި އެކު ރަސްމީ ޗެނަލްތަކުން މަސައްކަތް ކުރުން. ޢެއްވެސް ގައުމަކަށް ދިވެހި ފަސްގަނޑުން އަޝްކަރީ މަރުކަޒެއް ހެދުމުގެ ފުރުސަތު ނުދެވޭނެ. ދާޚިލީ ކަމަށް އަތާއި ފައި ބާނަން ފުރުސަތު ނުދެވޭނެ.

  17. ފްރީޑަމް މޫވްމެންޓް

    މިދުހަތޫ ހާދަ މައުލޫމާތު ފަގީރޭދޯ . ތިޔައީ މި ސަރުކާރުން ބުނެދިންމިންވަރުތަ؟ 2012 ގައިއެއްނޫން އިންޑިއާއިން ރާއްޖޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނަންފެށީ. 03 ނޮވެމްބަރ 1988 އަސްލު މޭސްތިރިންނަކީވެސް އިންޑިއާ ގެ އޭރުގެ ސަރުކާރު.. މިކަން ދަންނާނެ އަވަށްޓެރިގައުމުތަކުންވެސް އަދި މީގެ އިތުރުން އެމްއެންޑިއެފް އިސްއޮފިސަރުން ގޮތުގައި މިހާރު ތިބި އޭރު އެންއެންއެސް ގައި މަސައްކަތްކުރި ގިނަފާރާތަތަކުންވެސް. 3 ނޮވެމްބަރ 1989 ގައި އިންޑިއާ ސިފައިން ރާއްޖޭން ފައިބާގެން ދިޔައީ އެމީހުން ބޭނުންވެގެނެއް ނޫން . އޭރު ރާއްޖޭގެ ވެރިޔަކަށް ހުރިމީހާ ގެ ހިކުމަތު އަމލީގެ ސަބަބުން. 2003 ފެށިގެން ރާއްޖޭގައި ހިނގާ ހުރިހާ ސިޔާސީ ހަމނުޖެހުމެއް ހިންގުމުގައި އިންޑިއާ ރޯ ގެ އެޖެންޓުން އިސްރޯލެއް ކުޅެމުން ގެންދިޔާ. މިނިވަން ބަހުސްތަކުގައި ބައިވެރިވަމުން ދިޔަ. މިކަން އެގޭމީހުން މިހާރުވެސް އެބަތިބި. އޮގަސްޓް 11.12 ގައި ޖުމްހޫރީ މައިދާނުގައި ހަމނުޖެހުން ހިގަމުން ދިޔަ ވަގުތު އިސްލާމީ މަރުކަޒުގައި، މިކަހަލ ކިތނަްމެ ކަމެއް ވަނީ ހިންގާފައި 2012 ތިޔައީ އަދި މާފަސް...