ސިޔާސީ ގޮތުން ޚިޔާލު ތަފާތުވެފައި، ކިތަންމެ ބޮޑު ހަތުރުންގެ ގޮތުގައި ޒަމާންތަކެއް ވަން ދެން ތިއްބަސް އެކުގައި މަސައްކަތް ކުރާނެ ދުވަހެއް އައިސްދާނެއެވެ. އެއީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވެސް އާ ކަމެއް ނޫނެވެ.

ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު ވާދަވެރި ކަމެއް ފެނިގެން ދިޔަ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އެކުގައި އެއް މޭޒަކަށް އައި މަންޒަރު ދިވެހިންނަށް ފެނިގެން ދިޔައެވެ.

އެއް އާއިލާއެއްގެ ބަޔަކު ސިޔާސީ ގޮތުން އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އަރައިރުން ބޮޑުވުމަކީ ވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި އާ ކަމެއް ނޫނެވެ. މައުމޫނާއި އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރައިރުމަކީ އިހަށް ދުވަހު ހިނގައިދިޔަ ކަމެކެވެ.

ނަޝީދުއާއި އެމަނިކުފާނުގެ ގާތް އެކުވެރިޔާ އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާ ޚިޔާލު ތަފާތުވުން އުފެދިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެއެވެ. މިހާރު ނަޝީދު ވަނީ ބޮޑު ވާހަކައެއް ހާމަކުރައްވައިފައެވެ. ސިޔާސީ ގޮތުން ރައީސް ސޯލިހްއާއެކު ހުންނަވަން ދަތިފުޅުވި ވާހަކައެވެ.

އެއާ ޖެހިގެން އެއަށް ވުރެ މާ ބޮޑު ވާހަކައެއް ވިދާޅުވިއެވެ. އެއީ ވާދަވެރި ޕީޕީއެމް ޕީއެންސީއާއި އެ ކޯލިޝަންގެ ލީޑަރު ޔާމީންގެ އެހީއަށް އެދިވަޑައިގަންނަވާ ވާހަކައެވެ. ޔާމީނަކީ ނަޝީދުގެ އެންމެ ވާދަވެރި އަދި މިހާރު އިދިކޮޅު އެންމެ ބޮޑު ލީޑަރެވެ.

އެކަމަކު ނަޝީދުއާއި ޔާމީން އެކުގައި މަސައްކަތް ކުރައްވާ ދުވަހެއް އައުމަކީ ދިވެހިން ދެން ހައިރާން ވާނެ ކަމެއް ކަމަކަށް ނުބެލެވެއެވެ. އެހެންވިޔަސް އެ ދުވަސް އައިސްދާނެތޯ އެއީ އަދިވެސް ސުވާލެކެވެ.

ރައީސް މުހައްމަދު ނަޝީދު އާއި ރައީސް އަބްދުﷲ ޔާމީން އާއި ޑރ. މުހައްމަދު ޖަމީލް އަހުމަދު -- ފޮޓޯ: ރައީސް އޮފީސް

ނަޝީދުގެ މި ޑީލު ސާފު، ބަރުލަމާނީ ގެނައުން

ބަރުލަމާނީ ނިޒާމަކީ ރައީސް ނަޝީދުގެ އަމާޒެކެވެ. ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން 2007 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ނަޝީދުއާއި އެމްޑީޕީން ތާއީދު ކުރީ ބަރުލަމާނީ ނިޒާމަކަށެވެ.

އޭރު ރައީސް ޔާމީން ވެސް މަސައްކަތް ކުރައްވަމުން ގެންދެވީ ޕީއޭގެ ނަމުގައި ޕާޓީއެއް އުފައްދައިގެންނެވެ. އެމްޑީޕީގެ އިތުރުން ޔާމީންގެ ޕީއޭ ވެސް އޭރު ތާއީދު ކުރީ ބަރުލަމާނީ ނިޒާމަކަށެވެ.

ބަރުލަމާނީ ނިޒާމު ގެންނަން އެމްޑީޕީއާއި ޕީޕީއެމް ގުޅިގެން މަސައްކަތް ކުރައްވާ ވާހަކަ ނަޝީދުގެ އަރިސް ބޭފުޅުން ފުރަތަމަ ވިދާޅުވަމުން ގެންދެވިއެވެ. ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލަތް) ވެސް ވަނީ ނިޒާމު ބަދަލު ކުރާނީ އިދިކޮޅުގެ ތާއީދު ލިބިގެން ކަމަށް ކުރިން ވިދާޅުވެފައެވެ.

މީގެ ދެ ހަފުތާ ކުރިން އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައިފައެވެ. އެކަމަކު އެއަށް ވުރެ ބޮޑަށް ބޭނުންފުޅުވަނީ 2023 ގެ ކުރިން ނިޒާމު ބަދަލުކޮށް ބޮޑުވަޒީރަށް ކުރިމަތިލައްވަން ކަމަށް ވިދާޅުވިއެވެ.

އެ މަސައްކަތް ކުރައްވަން ބޭނުންފުޅު ވަނީ ޔާމީންއާއި ޕީޕީއެމްއާ އެކު ކަމަށް ނަޝީދު ވިދާޅުވިއެވެ. އެ ގޮތަށް ފާހަގަކުރެއްވީ ވެސް ކުރިން ބަރުލަމާނީ ނިޒާމަށް ޔާމީން ވެސް ތާއީދު ކުރައްވާފައި އޮތް ކަން ވިދާޅުވުމަށް ފަހުގައެވެ.

ދެން ނަޝީދު ވިދާޅުވަނީ ޔާމީނަށް ވެސް ވެރިކަމަށް ކުރިމަތިލެއްވެން ވާނެ ކަމަށް އެމަނިކުފާނު ގަބޫލު ކުރައްވާ ކަމަށެވެ. އެހެން ވިދާޅުވިއިރު ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރެކެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަކީ ފަނޑިޔާރުންގެ ކަންކަން ބެލުމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކޮމިޝަނެކެވެ. އެ ކޮމިޝަންގެ ރައީސްއަކީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންއެވެ.

އެމްޑީޕީގެ މެންބަރަކު ވެސް ވިދާޅުވި ގޮތުގައި ބަރުލަމާނީ ނިޒާމު ގެނައުމާ މެދު ވެސް ނަޝީދުއާއި ރައީސް ސޯލިހްއާ ޚިޔާލު ތަފާތެވެ. އެއީ ރައީސްއަށް ތާއީދު ކުރައްވާ އެއްވެސް މެންބަރަކު ބަރުލަމާނީ ތާއީދު ކުރައްވާ ވާހަކަ ދައްކަވާފައި ނުވާ ކަން އޭނާ ފާހަގަކުރައްވައެވެ.

މީގެ އިތުރުން ބަރުލަމާނީގެ ވާހަކަ ނަޝީދު ގެންނަވާއިރަށް ރިޔާސީ ނިޒާމުގެ ދިފާއުގައި އެމްޑީޕީގެ ބައެއް މެންބަރުން ނުކުންނަވާ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އެއީ ވެސް ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެންބަރުންނެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއާއި، އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) އާއި، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ފަދަ ބޭފުޅުން ވެސް އާންމު ގޮތެއްގައި ރިޔާސީ ނިޒާމު ބާއްވަން ތާއީދު ކުރައްވާ ވާހަކަ ދައްކަވާފައިވެއެވެ.

ރައީސް ސޯލިހް މިއަދު ނަޝީދު އާއި ބައްދަލު ކުރައްވަނީ – ފޮޓޯ: ރައީސް އޮފީސް
ރައީސް މުހައްމަދު ނަޝީދުއާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް – ފޮޓޯ: ރައީސް އޮފީސް

ނަފުރަތުގެ ބިލަށްވީ ގޮތާ މެދު ނަޝީދުގެ ނުރުހުން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިސްތިއުފާއަށް ގޮވާ ހިސާބަށް ކަންކަން ގޮސްފިއެވެ. ރައީސް ސޯލިހްއާ މެދު ހިތްހަމަޖެހިވަޑައިނުގެން އެމަނިކުފާނަށް ބަސް ރައްދު ކުރައްވައި ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ވާހަކަ ދެއްކެވީ އެންމެ ފަހުން ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

އެ ޖަލްސާގައި ނަޝީދުގެ އަރިސް މެންބަރުން ނުރުހުން ފާޅުކުރެއްވީ ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ފާސްނުކޮށް އަނބުރާ ޖުޑިޝަރީ ކޮމިޓިއަށް ފޮނުވާލަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އަޣުލަބިއްޔަތުން ނިންމުމާ ގުޅިގެނެވެ.

ޖޭއެސްސީގެ ރައީސް ހިސާން ހުށަހަޅުއްވާފައިވާ އެ ބިލަކީ ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލެކެވެ. އެކަމަކު އެއީ ސަރުކާރުގެ ބިލެއް ނޫން ކަމަށް ދައްކަން އުޅޭ ކަމަށް ތުހުމަތު ކުރައްވައި ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެ މެންބަރުން ވާހަކަ ދެއްކެވިއެވެ.

އެމްޑީޕީގެ މެންބަރަކު ވިދާޅުވި ގޮތުގައި ނަފުރަތުގެ ބިލަށް ޖުޑީޝަރީ ކޮމިޓިން އެހާ ގިނަ އިސްލާހުތައް ގެންނަން ޖެހިގެން ވެސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ހިތްހަމަޖެހިވަޑައިނުގެން ތިއްބެވި ކަމަށެވެ.

މީގެ އިތުރުން، ކޮމިޓީއަށް އަނބުރާ ފޮނުވާލަން ނޫނީ އިތުރު އިސްލާހުތައް ގެންނަން މެންބަރަކު ހުށަހަޅުއްވަން އުޅުމުން މާ ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން އުޅުއްވި ކަމަށް އެ މެންބަރު ވިދާޅުވިއެވެ.

"ސަރުކާރަށް ވަރަށް މުހިއްމު ތިން ބިލަކަށް ވޯޓަށް އެހި ދުވަހު ވެސް އެމްޑީޕީގެ މެންބަރުންތަކެއް ވޯޓު ނުދެއްވާ ބޭރުގަ ތިއްބެވި ދޯ، އެއީ ހަމަ ނަފުރަތުގެ ބިލާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިގެން އުޅުއްވައިގެން، ފަހުން ވަރަށް ހޫނުކޮށް ތަޅުމުގައި ވެސް ވާހަކަ ދެއްކެވި ދޯ،" އެމްޑީޕީގެ މެންބަރު ވިދާޅުވިއެވެ.

ނަޝީދު އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖްގައި ވެސް ވަނީ މި ގޮތަށެވެ. އެމްޑީޕީގައި ވެސް ހަރުކަށި ވިސްނުން މިހާރު އެބަ އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޕީޕީއެމްއާއި ޕީއެންސީގެ އެހީއަށް އެދިވަޑައިގަންނަވާނީ މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރައްވާ ނަމަ ކަމަށް ވިދާޅުވިއެވެ.

މެންބަރު ހިސާން ހުސައިން އާއި ރައީސް މުހައްމަދު ނަޝީދު

އެހެން ބަޔަކާ ގުޅުމުގެ ވިސްނުމެއް ޕީޕީއެމް ޕީއެންސީގައި ނެތް!

އިިދިިކޮޅު ކޯލިޝަންގެ ލީޑާޝީޕްގެ ސްޓޭންޑްއަކީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ މަސައްކަތް ކުރެއްވުމެވެ. އިތުރު ބަޔަކާ ގުޅުމުގެ ވިސްނުމެއް ޕީޕީއެމް ޕީއެންސީގައި ނެތެވެ. މިހާރު އޮތް ސަރުކާރާ އިދިކޮޅު ހަމައެކަނި ބަޔަކީ ވެސް އެ ދެ ޕާޓީ ކަމުގައި އެބަ ވިދާޅުވެއެވެ.

ޕީޕީއެމްއާއި ޕިއެންސީގެ އެކްޓިން ލީޑަރު އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ މިހެނެވެ. އެމްޑީޕީން އަދި ނަޝީދުގެ ހުށަހެޅުއްވުމެއް ވެސް އިދިކޮޅު ކޯލިޝަނަށް ލިބިފައި ނުވެއެވެ. ލިބުނަސް އެ ހުށަހެޅުމެއް ގަބޫލު ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ، ރައީސް ނަޝީދު އެދިވަޑައިގަންނަވާ ދީނީ ސިޔާސަތުތައް އަދި އެހެން ސިޔާސަތުތަކަށް ވެސް އިދިކޮޅު ކޯލިޝަންގެ ތާއީދު ނޯންނާނެ ކަމަށެވެ.

"ޕީޕީއެމްއާއި ޕީއެންސީއަކީ އެހެން ސިޔާސީ ލީޑަރުންގެ ސިޔާސީ ފިކުރު ޕްރޮމޯޓް ކުރަން އޮތް ޕްލެޓްފޯމްއެއް ނޫން، މިއީ ރައީސް ޔާމީންގެ ސިޔާސީ ފިކުރު،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ފާހަގަކުރެއްވި ގޮތުގައި، ރައީސް ޔާމީންގެ ފިކުރަކީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމުގެ މިނިވަންކަން ހިމާޔަތްކޮށް، ބޭރު ގައުމުތަކަށް ބަރޯސާވާން ނުޖެހޭ އަމިއްލަ އިގްތިސާދެއް ބިނާ ކުރުމުގެ ސިޔާސީ ފިކުރެވެ.

ޔާމީން އަދުރޭ އާއި ވާހަކަފުޅެއް ދައްކަވަނީ – ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް
އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީންއާއި އިދިކޮޅުގެ ވަގުތީ ލީޑަރު އަބްދުލް ރަހީމް އަބްދުﷲ – ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވެސް މި ޔަގީންކަން ދެއްވައެވެ. ފުރަތަމަ ކަމަކީ ރައީސް ނަޝީދުއާ އެކުގައި މަސައްކަތް ނުކުރައްވާނެ ކަމެވެ. ދެވަނަ ކަމަކީ އެމްޑީޕީއާއެކު މަސައްކަތް ނުކުރައްވާނެ ކަމެވެ. އަދި މި ސަރުކާރާއެކު މަސައްކަތް ނުކުރައްވާނެ ކަމެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވެސް މި ކަން ފާހަގަކުރެއްވިއެވެ. މި ގޮތުން ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ޕާޓީއެއް އުފައްދަަވަނީ ރައީސްގެ އިރުޝާދުން ކަމަށް ތުހުމަތު ކުރައްވައި ވިދާޅުވަނީ އެކުގައި މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

އަދުރޭ ވެސް ނާޒީމް އުފައްދަވާ ސިޔާސީ ޕާޓީއާ ގުޅޭ ގޮތުން ފާހަގަކުރެއްވީ މި ކަމެވެ. އެ ޕާޓީއާ އެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އިދިކޮޅު ކޯލިޝަންގައި ނެތް ކަމުގައެވެ.

ޕީޕީއެމްއާއި ޕީއެންސީގެ ސްޓޭންޑް އަދި ފެންނަނީ މި ގޮތަށެވެ. އެކަމަކު ވާދަވެރި އެ ދެ ލީޑަރުން އެކުގައި ނުފެންނާނެއޭ ބުނަން އަދިވެސް ދައްޗެވެ. ގައިމު ވެސް ނަޝީދަށް މިހާރު އެ ގޮތް ރަނގަޅުހެން ބެލެވެއެވެ. 2023 ގެ ރިޔާސީ އިންތިޚާބަށް ސިޔާސީ މަސްރަހު މިހާރުން ފެށިގެން ހޫނުވާން ތައްޔާރު ވެއްޖެއެވެ.

"ޔާމީންއާއި ނަޝީދު، އަންދާޒާއެއް ނުކުރެވޭ އެކުގައި މަސައްކަތް ކޮށްދާނެ ކަމަކަށް، އެކަމަކު އަންދާޒާ ނުކުރާ އެތައް ކަމެއް މިހާރު ވެސް ވެއްޖެ،" ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތަކުން ބުންޏެވެ.

ވާނެ ގޮތެއް ބަލަން ތިބެމާއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ސަމާ

    ތިދެމީހުން އެކުގައި ކޮއްމެފަދަ ތަނަކުންެވެސް ފެނިދާނެ.
    ނަމަވެސް ރޔ ބުއްޅަބޭއާއި ގުޅޭ ހިސާބުން އަހަރުމެން އެމަނިކުފާނުވެސް ދޫކޮށްލާނަން.

    79
    3
    • ވިސްނާލުމަށް އެދެމޭ

      ފުރަތަ ރޔާމީނަށް ތާއިދުކުރާނަމަ އެމަނިކުފާނު ކުރާނެކަންތަކާ ނުކުރާނެ ކަންތައް އެބަޖެ ހޭ ގަބޫލުކުރަން...ރޔާމީން މޑޕއާއެކު ޑީލެއްގަވިޔަސް ހެޔޮ ހިތުންވިޔަސް މަސައްކަތް ކުރާނެނަމަ މި ހާދުވަ ހު ޖަލުގަ ނުއޮންނާނެ..އަދި މމޕރސގެ މައްސަލައިގަ ނުދުވާނެ ރޔާމީންގެ ފަ ފަތަކުން..ރޔާމީންދެކެ ރައްޔިތުން ލޯބިވާތީ އެކަންބަދަލުކުރަން ޝައިތޯނީ ވަސްވާސް އެފައްދަނީ ސަރުކާރު ކޯލިޝަނުން..

  2. އާދަންބެ

    ފެނިދާނެހޭ؟؟؟ ފެންނާނެ. ވައްކަން ކުރަންވީމާ ވަގުން އެއްތަން ވާނެ.

    20
    69
    • Anonymous

      އިބޫވާހަކަތަ ތިބުނީ

      21
      1
  3. އަބްދޫ

    ދެމީހުންނަކީ ވެސް ކުރިޔަށް 6 ކުޅި ކުޅުއްވަވާ ދެމީހުން.

    23
    24
  4. އަބްދޫ

    ނަސީދާ ގުޅިގެން އެއްވެސް ކަމެއް ކޮށްފިނަމަ ފަހުން ހިތާމަ ކުރަން ޖެހިދާނެ. އަދީބު ބޮލަށް ސަވާރުވީ ވެސް ނަސީދު އަދީބަށް ކިޔަވާދިން މަކަރު ބޭނުން ކޮށް އަދީބު ސަވާރުވީ ފާތުމަގެ ބޮލަށާ އެހެން ..........؟ ތަކަށް.ދެބންފެށީ ޕީޕީއެމް ބައިކޮށްލަން މިހާރު މިރާވަނީ ނަސީދު ޕީޕީއެމްތެރެއަށް ވައްދައިފިނަމަ ޕީޕިއެމްއަށް ކުރިއެރުމެއްނުލިބި އެމްޑިޕީ އަށް 2023 ކާމިޔާބު ކޮށްދިނުމުގެ އުކުޅު. ނަސީދަކި ގެއެއްގެ ވޮށުއައްޔަށް ވެސް ކާރި ނުކުރާވަރުގެ ނުބައި ނުލަފާ މީހެއް. މީނަ ޕިޕީއެމާއި ގުޅިއްޖެ ނަމަ ޔާމީނަށް ސަޕޯޓެއް ނުކުރާނަން.

    74
    2
  5. ފާއިޒާ

    ޔާމީނުގެ ރަނިންމޭޓަކަށްރަނގަޅުވާނެދޯ ؟

    13
    35
  6. ހުސޭނުބޭ

    ޔާމީނު ވާހަކަ ނުދައްކާ
    ވަގުތު ނޫހަށް ނޭގިވިޔަސް މި ލިއުމުގައު ޖޯޑެއްގެ ފޮޓޯ އެބައިން ޖަހާފައި

    10
    2
  7. ރޮކީބެ

    ޕީޕީ މީހުން ނޫޅޭ ނައިބް ރައިސް ކިޔާ މުޑުވަކެއް ނުލިބިގެން
    ނީލަމައް ޕީޕީ ލައިގެން
    ހެހެ

    15
    2
  8. ބުއްޅަ

    މީނަ އާ ރައީސް ޔާމީން ގުޅިއްޖެނަމަ ރައީސް ޔާމީނު ވިޔަސް ދޫކޮށްލާނަން

    27
    1
  9. އަތެއްއޮތަކަސް ބަތެއްނުކެވޭނެ؟

    ހަދާންކުރާތި ނަމަނަމަ ނަޝީދާ ނުގުޅޭތި އަހަރެމެން މިތިބީ ވަރަށް ގަދަޔަށް ރައީ ސް ޔާމީންގެ ފިކުރުގައި ޖެހިފަ ނަމަވެ ސް އެކެރަފާ ނަޝީދާ ރައީ ސް ޔާމީން ގުޅޭހި ސާބުން އަހަރެމެން ރ މައުމޫން ދޫކޮއްލިގޮތަށް ރައީ ސް ޔާމީންވެ ސް ދޫކޮއްލާނަން އެއްވެ ސް ޕާޓީއަކާއި ކޯލިޝަންނުހަދާވެ ސް ޕޕއެމް އެއްބުރުން ކާމިޔާބުކުރާނެ މާޝާﷲ ކުރެވޭނެ ކުރަންއެނގޭނެ ކީއްކުރަން ހަދާ ކޯލިޝަނެއްތޯ ޕޕއެމް ކޯލިޝަންހަދާވަރު ޕާޓީއެއް މިދިވެހި ރާއްޖެއަކު މިހާރަކު ނޯންނާނެވަރަށް ސާފް މިދިވެހިރާއްޖޭގައި މިހާރުއޮތީ ހަމައެކަނި ރައީ ސްޔާމީންގެ ފިކުރު އެެއޮތީއެކަންފެންނަންދޯ ކައުން ސިލް އިތިހާބަށްބަލާލީމައެނގޭނެ މިހާރު މިދިވެހިރާއްޖޭގައި އޮތީހަމައެކަނި ރައީ ސއޔާމީންގެ ފިކުރު ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ގަބޫލު ކުރިޔަ ސްނުކުރިޔަ ސް ހަޖަމްނުވިޔަ ސް ހަޤީޤަތަކީ ތަރައްގީއަކީ ކުރާނީ ކުރެވޭނީ ކުރަން އެނގޭނީ ހަމަ ހަމަ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެކަނި ޕޕއެމް އަށް ރައީ ސް ޔާމީންއަށް ބޮޑު ކޯލިޝަނެއް ހަދައިގެން ކަމެއްކުރެވޭނަމަ މިހާދުވަ ސްވާއިރު ހުންނާނީ ކުރެވިފަދޯ ކަމެކުރަން އެނގުމަށްވުރެ ކުރަންނޭނގުމުގެ ނަތީޖާ މިހާރު ބޮޑު ކޯލިޝސަނުން ފެންނަމުތިދަނީ؟؟؟ ދެންވެ ސް ކަންކަމާކުރިމަތިލާއިރު ތިމާމެނަށް ކުރެވޭވަރުގެ ކަންކަމާ ކުތިމަތިލިއްޔާ މާތާހިރުވާނެ ރައީ ސޔާމީން ކޯލިޝަނަކާއި ނުލައި ބޮޑުބޮޑު މާ ސިން މާ ސިންގާ ބުރުޖެއް ްްްްްްްްްްްްްްްްްްްްްްްްެްްްްްްްްްްްްްްްްްްްްްްްް އެޅިއިރު ބޮޑުބޮޑު މާ ސިންގާ ކޯލިޝަނަކުން މުޅިރާއްޖެ ވިއްކައިގެން ރައްޔިތުން ބަނޑަށްޖައް ސައިގެން ވެ ސް ބުރުޖެއް ނޭޅުނު ފިނޑި ބަޔަކު އަނެއްކާވެ ސް ރައްޔިތުން ގުބޯހައްދަ ރިޔާ ސީއޭ ބަރުލަމާނީއޭ ކިޔަކަ ސް ރައްޔިތުން ދެންތިބައިގަނޑު ބަލައެއްނުގަންނާނެ ކޮންމެކަމަކައްވެ ސް ﷲ ގެ ކުޅަދުންވަތަކަން ޔާﷲ ހަމަ އެބައިމީހުންގެ ތެރެއިން އެބައިމީހުން ބައިބައި ކުރަށްވައިފި سبحانﷲ ﷲ ގެ ކުޅަދުންވަންތަކަން ނިކަންދެކިބަލަ ޢިބުރަތަކަށް ނުވޭތޯ؟؟؟؟؟؟؟؟

    22
    4
  10. އިކުލީލް

    ރައީސް ޔާމީންގެ ކެރިއަރު ދުއްވާލަން ރާވާ ރޭވުމަކާ ވައްތަރީ، ޔަހޫދީން އެބައިމީހުންގެ އެޖެންޑާ ކާމިޔާބުކުރުމަށް ކޮންމެފަދަ ޖަރީމާއެއްވެސް ހިންގައިފާނެ.

    26
    1
  11. އަހުމަދު

    ނަޝީދަކީ ޒަހަރު. ކިރަށް އެޅިޔަސް ފެނަށް އެޅިޔަސް މުޅި އެތި ހަރާބުވާނެ. ނަޝީދު ނޫން މީހެއް މި ގައުމަށް ބޭނުން ވަނީ

    27
    1
  12. ދޮންމޮހޮނުގެ ބެއްޔާ

    އާ ޕާޓީއެއް ހަދަންވީ ، އަންނިއަށް ވަފާތެރި މީހުން ޕާޓީގެ ބޮޑުންނަށް ލައިގެން ، ޕީޕީއެމް އަދި އެނޫންވެސް ޕާޓީ ތަކާ ހަދަން ޖެހޭނީ ޕޮލިޓިކަލް ކޮއޮލިޝަން ، ރައީސްއަށް ތާއީދު ނުކުރަންޏާ ދެން މި ނޫން ގޮތެއް އޮތްކަމަކަށް ނުފެނޭ ، ބަސްނުވިކޭ އޮޑީގެ ދިރުނބާ ގޮޅުގަ ހުރުމުގެ ބޭނުމެއް ނެތް

    10
    1
  13. ބަބޫ

    ނަޝީދު ހުންނަ ކޮށްމެ ޕާޓީއަކީ އަހަރެން ދެކޮޅު ޕާޓީއެއް.

    29
  14. Anonymous

    ޔާމީން އަދި ނަޝީދުގެ ޖޯޑަކަށް ކަމަކު ނުދޭ އަހަންނަށް އަދިވެސް އެންމެ ކަމުދާ ޖޯޑަކަށް ފެންނަނީ މުއާ އާއި އައްޒަ

    8
    1
  15. ޓަކިބެ

    ހަމަ ގައިމުވެސް އަދުރޭ ހުރީ ސަރުކާރާ ޑީލްހަދާ ނިމިފަ. ލޮބުވެތި ރައީސް ޔާމިނޭ ކިޔާ އޭނަގެ ބޭނުމަކީ ޔާމިން ގޮޅީގަ ބޭއްވުން. މިކަން ޔާމިނަށް އެނގޭ.

    4
    5
  16. އައްޑޫ މީހާ

    ޔާމީނާއި އަންނިޔާ ގުޅުމަކުން މިވަގުތު އެއްވެސް މައްސަލައެއް ނެތް ނަމަވެސް ޔާމީނަށް ކޮށްފައިވަނީ ސިޔާސީ ހުކުމެއްކަން ގަބޫލުކުރަން ޖެހޭނެ އަދި ޔާމީނަށް 2023 ގައި އިންތިހާބުގައި ވާދަވެސް ކުރެވެން ޖެހޭނެ މިވަގުތު މިގައުމުގެ ހުންގާނު ބަދަލު ކުރަން އެބަޖެހޭ އެއީ ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްކަމަށް ބެލެވޭ އަންނި ކީއްކުރަން ކޮންމެ މީހަކާ ގުޅިގެން ވިޔަސް ޔާމީނުގެ ސްޓޭންޑް ނަގަންޖެހޭ ވަގުތު މިއޮތީ ޖެހިފަ ޕޕމ ގެ މެންބަރުންވެސް ލީޑަރޝިޕުންވެސް މިކަމަށް ފުންކޮށް ވިސްނުމަކީ ވަރަށް މުހިންމު ކަމެއް ޔާމީނަށް ހެޔޮ އެދޭނަމަ ޕޕމ ޕއސގެ ލީޑަރޝިޕް މިވަގުތު އާންމު މެންބަރުންނަށް ވާނުވާ ކިޔައިދީ އެމަނިކުފާނަށް ރަނގަޅުގޮތް ވޭތޯ މަސައްކަތް ކުރަން ޖެހޭނެ ގޮތް ދޫކޮށް ހަރުކަށި ނުވުމަށް ޕޕމގެ ލީޑަރޝިޕަށް ގޮވާލަން

    2
    5
  17. ވަގު

    ތި ދެ ވަގުން ކޮައްފަ ނުކުރާނެކަމެއް ނޯންނާނެ

    3
    10
  18. ޒާ

    ރައީސް ޔާމީން މިހާރު ހުރި ހާލަތަށް ބަލާއިރު ރައީސް ޔާމީން މިނިވަންވެ އިންތިޚާބުގައި ވާދަކުރެވޭނަމަ ނަޝީދާއެކު މަޝްވަރާ ނުކުރެވެންވީ ސަބަބަބެއް ނެތެވެ. އެކަން އެގޮަށް ވިޔަނުދޭނެ މިވެރިކަމުގެ ބާރު އޮތްހާ ދުވަހަކު އެމީހުން ބުނާ ކޮންމެ އެއްޗަކަށް އެހާ އަވަހަށް ޖަދަލުކޮށްގެނެއް. އަދުރޭގެ ވާހަކައަށް ޕީޕީއެމްގެ މެމްބަރެއްގެ ހައިސިއްޔަތުން ތާއީދެއް ނުކުރަން. ސިޔާސީ ކަންކަމަކީ ކޮންމެ ބަޔަކާއެކުވެސް މަޝްވަރާ ކުރެވެން ވާނެ ކަންކަންކަން.

    2
    5
  19. އެރރީ

    އަންނި އެބަ ބުނޭ ރައީސް އިބޫ ހުރީ ތާށިވެފައޭ
    ނޫސްވެރި އަޅެ ބައްލަވާދެއްވަފާނުތޯ ކޮންތަނެއްތޯ ތާށިވެފަހުރީ ، އިނގިލިތޯ، ނަގޫތީ، ނުވަތަ މުޅި ހަށިގަނޑުތޯ. ؟؟

    8
    2
  20. އުސައިދު

    އަންނި އާއި ގުޅުމަކީ ކުރަން ހެޔޮ ވާވަރު ކަމެއްނޫން..

    8
    1
  21. އަފީ

    ގައުމީ ކަންކަމުގައި ރައީސް ޔާމީން ކޮންމެ ބޭފުޅާކާ އެކީގަވެސް މަސައްކަތް ކުރައްވާނެ. އަދި އިސްޮާމްދީންގެ އުސޫލްތަކާ ހިލާފް ނުވާ ކޮންމެ މީހަކާ އެކީގަވެސް ރައިީސް ޔާމީން މަސައްކަތް ކުރައްވާނެ. އެންމެ ފުރަތަމަ އިސްލާމްދީން ދެން ގައުމު

  22. ފާރގަސަން

    އަނހާ ރޮނާލްޑޯ ބާރސާ އަށްތަ؟

  23. ސޯލިހް

    ދެ ތޯގޫތު ހެހެހެ

  24. އުތުރުން

    ބިނާކުރަނިވި ފިކުރާއި ވީރާނާ ކުރާ ސައިތާނީ ފިކުރު
    އެކުވެދާނެ ހެއްޔެވެ؟