ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އިދިކޮޅުގެ އެހީ އަށް އެދެން ނިންމުމާ އެކު، ރައްޔިތުންނަށް ލިބުނު ހައިރާންކަން ބޮޑެވެ. ސިޔާސީ މަސްރަހު ކޮންމެ ގޮތަކަށް ވެސް ބަދަލުވެދާނެ ކަމުގެ ތަސްވީރުތައް ކުރެހެން ފެށިއެވެ. އެއީ ދިވެހިންނަށް އާ ކަމެއް ވެސް ނޫނެވެ. އެންމެ ބޮޑު ދެ ހަތުރުންގެ ގޮތުގައި ތިއްބެވި ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ގުޅިވަޑައިގެން މަސައްކަތް ފެއްޓެވިއެވެ.

އެކަމަކު، މިފަހަރު ދިމާވެފައި މިއޮތީ އެހެން ހާލަތެކެވެ!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ނަޝީދު ޖަލުގައި އެތައް ދުވަހެއް ހޭދަކުރެއްވެވިއެވެ. އެކަމަކު، އެމަނިކުފާނުގެ ހިތްބުރަ ކަމެއް ނެތެވެ. ޔާމީންއާ އެކު ސިޔާސީ ގޮތުން މަސައްކަތްޕުޅު ކުރެއްވުމަށް އެ ހުންނެވީ ތައްޔާރަށެވެ.

އެކަމަކު، ޔާމީން އާއެކު މިއަދާ ހަމައަށް ތިއްބެވި އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ނަޝީދުގެ ހުށަހެޅުން ކަމު ނުދިޔައެވެ. އިއްތިހާދެއް ހަދަން ނަޝީދު ހުށަހެޅުއްވި ނަމަވެސް ޕީޕީއެމް އާއި ޕީއެންސްގެ ލީޑަޝިޕްގެ ބޭފުޅުން ތިއްބެވީ އެ އިއްތިހާދަކަށް ޖާގަ ދެއްވާ ގޮތަކަށް ނޫނެވެ. ޔާމީން ދެއްކެވި "ގަޓް" ކަން އެ ބޭފުޅުން ވެސް އެބަ ދައްކަވައެވެ. ރާއްޖޭގެ ތާރީހުން ފެނުނު މަންޒަރަށް ބަލާ އިރު، ސަރުކާރުގައި ނެތް ނަމަ، ވާދަވެރި ސިޔާސީ ޕާޓީއަކުން އަބަދުވެސް މަސައްކަތް ކުރީ އިއްތިހާދުވުމަށެވެ.

އެކަމަކު ޕީޕީއެމް އާއި ޕީއެންސީން މި ދަނޑިވަޅުގައި މި ފެންނަނީ ތަފާތު ރޫހެއްގައެވެ. އިއްތިހާދު ހެދުމުގެ ޝައުގެއް ނެތެވެ. އިއްތިހާދު ހަދަން އަންނަ ކޮންމެ ހުށަހެޅުމަކަށް ނޫނެކޭ ބުނެ، އަމާޒު ކުރަނީ ސީދާ ޕީޕީއެމްއާއި ޕީއެންސީއަށް ތާއީދު އިތުރު ކުރެވޭތޯއެވެ.

އެ އަޒުމާއި ހިތްވަރަށް ބަދަލެއް އައި ތަނެއް ނުފެނެއެވެ. އަދިވެސް ތިބީ 2023 ގެ ކުރިން އެ ކޯލިޝަންގެ ލީޑަރު، ރައީސް ޔާމީން މިނިވަން ކުރެވޭނެ ކަމުގެ އުންމީދުގައެވެ. އަދި އިތުރު އިއްތިހާދަކާ ނުލާ އިންތިހާބު ކާމިޔާބުކުރެވޭނެ ކަމުގައި ދެކިގެންނެވެ.

ނަޝީދުގެ ހުށަހެޅުން ވަރަށް ހައިރާން ކުރުވަނިވި!

ގާނޫނީ އިމުގެ ތެރެއިން އިދިކޮޅު ލީޑަރު މިނިވަން ކުރާނެ ކަމަށް ވަރަށް ޔަގީން ކަމާއެކު ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕްގެ ބޭފުުޅުން ވިދާޅުވެއެވެ. މިހާރު އެ މައްސަލަ އޮތީ ޝަރުއީ މަރުހަލާގެ އެންމެ ފަހު ބަސް ކިޔާ މަރުހަލާގައެވެ. ސުޕްރިމް ކޯޓުގައެވެ. އިބްތިދާއީ އަޑުއެހުންތައް ފެށުމަށް ތައްޔާރުވަމުން ދަނިކޮށް ޖޭއެސްސީގައިވެސް އިންނަވާ ރައީސް ނަޝީދުގެ ރާގު މިވަނީ މުޅިިން ބަދަލުވެފައެވެ.

އެމްޑީޕީ އުފައްދައިގެން މިހާ ހިސާބަށް އެ ފިކުރު ގެނައުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި ނަޝީދުގެ އެންމެ ގާތް ރަހްމަތްތެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. ވާދަވެރި އިދިކޮޅު ލީޑަރަށް "ވަގަށް" ގޮވި ދުވަސް މަތިން ހަނދާން ނެތި އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމް-ޕީއެންސީއާއި އެކު މަސައްކަތް ކުރައްވަން ޝައުގުވެރިކަން ފާޅުކުރިއެވެ. އަދި 2023 ގެ އިންތިހާބަށް އެމްޑީޕީ އަދި ޕީޕީއެމްގެ އިއްތިހާދެއް ހަދަން ބޭނުންވިއެވެ.

ފެނާއި ތެޔޮގެ މިސާލާއި އެއްގޮތަށް ޕީޕީއެމްއާއި އެމްޑީޕީއަކީ އަބަދުވެސް ފިކުރުގެ ގޮތުން ތަފާތު ދެ ޕާޓީއެވެ. އެއީ ރާއްޖޭގެ އެންމެ ބޮޑު ދެފިކުރުވެސް މެއެވެ. ދެ ޕާޓީގެ ސިޔާސަތުތަކާއި ވިސްނުން ވަރަށްވެސް ތަފާތެވެ. ނަމަވެސް ކުޅިބައި އެތުރުން މިވަނީ ބަދަލުވެފައެވެ.

ރައީސް އަބްދުﷲ ޔާމީންއާއި ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: ރައީސް އޮފީސް

ކޮންމެއަކަސް ރައީސް ޔާމިން އާއި ރައީސް ނަޝީދުގެ ވިސްނުންފުޅު އެއްގޮތް ކުރުމުގެ ފުރުސަތު އޮތް މައްސަލައެއް އެބައޮތެވެ. އެއީ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމުގެ މައްސަލައެވެ. ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށްލުމުގެ ވިސްނުންފުޅެވެ. ދެ ބޭފުޅުންނަކީ، 2007 ވަނަ އަހަރު ބޭއްވުނު ނިޒާމީ ވޯޓުގައި ބަރުލަމާނީއަށް ތާއީދު ކުރެއްވި ދެބޭފުޅުންނެވެ.

އެގޮތުން މީގެ ދެހަފްތާ ކުރިން ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ނަޝީދު ވަނީ ނިޒާމު ބަދަލުކުރާނީ ޕީޕީއެމާ ގުޅިގެން ކަމަށް ވިދާޅުވެފައެވެ. އަދި ޔާމީން ވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާ ކަމަށާއި، ޕީޕީއެމަކީ ބަރުލަމާނީ ނިޒާމާ ބީރަށްޓެހި ޕާޓީއެއް ނޫން ކަމަށް ވިދާޅުވިއެވެ.

ނަޝީދު ދާދި ފަހުން އެމްޑީޕީ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވަނީ ޔާމީންއަކީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތަކަށް ތާއީދު ކުރާ ބޭފުޅެއް ނަމަ އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމްގެ އެހީއަށް އެދޭނެ ކަމަށް ވިދާޅުވެފައެވެ.

އިއްޔެ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީ އިން ޕީޕީއެމް އާއިއެކު އިއްތިހާދު ވެގެން މަސައްކަތް ކުރާނެ ޝަރުތުތަކެއް ހާމަކުރައްވައިފައެވެ. އެއީ އިންޑިއާ އައުޓް ނުގޮވުމާއި، ނަފުރަތުގެ ބިލަށް ތާއިދުކުރުމާއި، މިއުޒިކް ހަރާމް ނުކުރުމާއި، ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރުން ކަމުގައި ނަޝީދު ވިދާޅުވިއެވެ.

އަޑުތައް ފެތުރިފައިވާ ގޮތުން ނަޝީދު އިސްވެ އިދިކޮޅު ކޯލިޝަނަށް ވަނީ ޑީލްއެއް ހުށަހަޅައިފައެވެ. އެ ޑީލްގައި ވަނީ ބަރުލަމާނީ ނިޒާމަކަށް ދިއުމަށް އިދިކޮޅުގެ ތާއީދު ލިބިއްޖެނަމަ ޔާމީން މިނިވަން ކުރާނެ ކަމަށެވެ. އަދި މިހާރު ނަޝީދު ފާސްކުރަން ބޭނުންވާ ނަފުރަތުގެ ބިލު ފާސް ކުރުމަށް އެ ޑީލްގައިވެއެވެ. ޓްވީޓާގައި ވެސް އެމަނިކުފާނު އިޝާރާތް ކުރައްވަނީ އެ ކަންކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވާހަކަ ދައްކަވަނީ. - ވަގުތު އިމޭޖްސް: އަހްމަދު އަލީ

އިދިކޮޅުން އިސްކުރީ ގަބޫލު ކުރާ ފަލްސަފާ

އިދިކޮޅާ އެކީގައި މަސައްކަތް ކުރަން ނަޝީދު ނުކުންނަވާނެކަމުގެ އިޝާރާތެއް ދެއްވާފައިވަނިކޮށް، އިދިކޮޅު ކޯލިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަހުމަދު ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތަކާއި ޕީޕީއެމްގެ ފިކުރާއި ވިސްނުން އުޑާއި ބިމާހާ ތަފާތު ކަމަށެވެ.

އެގޮތުން، ދެ ޕާޓީން ގެންގުޅޭ އިސްލާމްދީނާއި އިގުތިސާދާއި ގައުމު ކުރިއެރުވުން ފަދަ މުހިންމު އަސާސްތައް ވަރަށް ބޮޑަށް ތަފާތުކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އަޅުގަނޑުމެންނަށް ދުވަހަކުވެސް އެމްޑީޕީގެ ސިޔާސަތުތަކާ އެކީގަ ކުރިއަށް ދެވޭނެ ތަނެއް. ރައީސް ނަޝީދުގެ ސިޔާސަތުތަކާ އެކީގައި ކުރިއަށް ދެވޭނެ ތަނެއް." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އިސްލާމްދީނާއި ދިވެހި ގައުމިއްޔަތާއި މިނިވަންކަމާއި ރައްޔިތުންނަށް ކުރިމަގު ހޯދައިދިނުމުގެ އިތުރުން އިގްތިސާދީ ގޮތުން ދުޅަހެޔޮކަން ހޯދައިދިނުމުގައި އެމްޑީޕީ އާއި ޕީޕީއެމްގެ ލީޑަރުން ގެންގުޅޭ ސިޔާސަތުތައް އިންތިހާއަށް ތަފާތުކަމަށެވެ.

އެހެންކަމުން އިދިކޮޅު ކޯލިޝަނުގެ ސިޔާސަތުތަކާއި އެމްޑިޕީއާއި ރައީސް ނަޝީދުގެ ސިޔާސަތުތަކާ ފުށުއެރުންތަކެއް ހުރިއިރު ދުވަހަކުވެސް އެމަނިކުފާނާއެކު މަސައްކަތް ކުރާނެ ޖާގައެއް ނުފެންނަ ކަމަށް ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް. - ވަގުތު އިމޭޖްސް: އަހްމަދު އަލީ

މުހިންމުވީ ރައްޔިތުންނާއި ސަޕޯޓަރުންގެ ތާއީދު

އެމްޑީޕީއާއެކު މަސައްކަތް ނުކުރަން ޕީޕީއެމްއިން ނިންމި އަނެއް ސަބަބަކީ އެ ޕާޓީގެ ސަޕޯޓަރުންނާއި ރައްޔިތުން ކުރާ ތާއީދު ދެމެހެއްޓުމަށެވެ.

ނައިފަރު ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ ޝިޔާމް ވިދާޅުވީ ޕީޕީއެމުން ކުރާ ހުރިހާ މަސައްކަތެއް ކުރާނީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ފިކުރަކީ ތަރައްގީގެ ފިކުރެވެ. އެކަމަކު ރައީސް ނަޝީދުގެ ފިކުރަކީ ފަނާކުރަނިވި ފިކުރު ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ޕީޕީއެމް އަށް އެ ޕާޓީގެ ފިކުރާ ނުގުޅޭ ބަޔަކާ އެކު މަސައްކަތް ކުރުމަކީ ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ގައުމީ މައްސަލަތަކުގައި ސިޔާސީ ފިކުރަށް ބެއްލެވުމެއް ނެތި ބައިވެރިވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

މި ދެ ޕާޓީ އެކުގައި މަަސައްކަތް ކޮށްފިނަމަ ރައްޔިތުން ސިޔާސީ ވެރިންނަށް ކުރާ އިތުބާރު ގެއްލިގެން ދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ރައީސް ޔާމީން އާއި ރައީސް ނަޝީދު އެއް ގަލަކަށް އަރައިފިނަމަ ރައްޔިތުން ސިޔާސީ ވެރިންނަށް ކުރާ އިތުބާރު ގެއްލޭނެ، އިތުބާރު ކުރަން ޖެހޭ ސަބަބެއްވެސް ނޯންނާނެ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ޕީޕީއެމްއަށް އެތައް ހާސް ރައްޔިތުން ސަޕޯޓް ކުރަނީ ޔާމީންގެ ފިކުރާއި ނަޝީދުގެ ފިކުރު ތަފާތުވުމުން ކަމަށެވެ. އަދި ޕީޕީއެމް އިން އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުނުކުރާނެތީ ކަމަށާއި އެމްޑީޕީއާ އެކު މަސައްކަތްކޮށްފިނަމަ މި އިތުބާރު ގެއްލިގެން ދާނެކަމުގައި ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދާއި، ރައީސް ޔާމީން --

އިހުލާސްތެރިކަން ކިރިޔާ ނެތަސް ނުގުޅޭނަން

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވަނީ ކިރިޔާވެސް އިހްލާސްތެރިކަމެއް ނެތް މީހަކާއި އިދިކޮޅު ކޯލިޝަނުން ނުގުޅޭނެ ކަމަށް ވިދާޅުވެ، އެ ޔަގީންކަން ޕާޓީގެ ސަޕޯޓަރުންނަށް އަރުވައިފައެވެ.

އެގޮތުން ޖުމްހޫރީ ޕާޓީގައި ހުންނަވައިގެން އަޑީ ރޭވުމެއްގެ ތެރެއިން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ކުރެއްވި މަސައްކަތަކީ އެނާގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ވިދާޅުވެ އެ ޕާޓީއާއި ނުގުޅޭނެ ކަން ހާމަކުރެއްވިއެވެ.

އެމްޑީޕީއާއެކު މިހާރު މަސައްކަތް ކުރަމުންދާ ސިޔާސީ ޕާޓީތައް ކަމަށްވާ އަދާލަތާއި، ޖުމްހޫރީ ޕާޓީގެ އިތުރުން އެމްއާރުއެމްއަކީވެސް އިހުލާސްތެރިކަމެއް ނެތް ލީޑަރުންތަކެއް ތިބި ޕާޓީތަކެއްގެ ގޮތުގައި ސިފަކުރައްވާ އޭނާ ވަނީ ޕީޕީއެމް-ޕީއެންސީ އިން އެއިން ޕާޓީއަކާއި އިއްތިހާދު ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި އެމީހަކު ހުންނަ އެއް ގޮތެއްގައި ހުރުމަކީ މުހިންމު ކަމެކެވެ. އެއީ އެބަޔެއްގެ އިހްލާސްތެރިކަން ހާމަވާ ކަމެއްގެ ގޮތުގައި އޭނާ ގަބޫލުކުރެއެވެ.

ޕީޕީއެމް އަދި ޕީއެންސީގެ އެންމެ ބޮޑު އަމާޒަކީ، ޔާމީން މިނިވަން ކުރުމެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ބައިވެރި ކުރެވޭ ގޮތް ހެދުމެވެ. އެކަމަަށް މަގުފަހިވާ ގޮތަށް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވާން ޕީޕީއެމް/ޕީއެންސީ އަށް ކެރިދާނެ ބާއެވެ؟ ޔާމީން މިނިވަން ކުރާނެ ފޯމިއުލާއެއް 2023 ގެ ރިޔާސީ އިންތިހާބުގެ ކުރިން ނެރެވިދާނެބާއެވެ؟

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. އިންޑިއާ އައުޓް

  އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  46
  1
  • ޕޕމ

   ސާބަހޭ ސާބަހޭ

   • Anonymous

    ރައީސް ޔާމީން ޖަލުން ސަލާމަތް ވުމަކީ އަހަރެމެންވެސް އެންމެ އެދޭގޮތް. އެކަމަކު، ތި މޑޕ އާއި ބޮޑު ސިއްކައާއި އެއްވެސް ގުޅުމެއް އޮތް މީހެއްގެ މަކަރުގަ ޖެހިގެން ރައީސް ޔާމީން ސަލާމަތް ކުރުމަށް އުޅުމަށްވުރެ، އެމަނިކުފާނަށާއި، އަދި، މިގައުމަށް ފައިދާ ބޮޑުވާނީ، ސިއްކަ އާއިލާއާއި، ކެރަފާ އާއިލާއާ، ބުރުމާއާ ދުރުގަ މަސައްކަތްކޮށް، 2023 ކާމިޔާބުކުރުން.. ޕޕމ އަށް ސަޕޯޓް އެބައޮތް. އަދިވެސް ސަޕޯޓް އިތުރުވާނެ. ކުރަންވީ ކަމަކީ، އިންޑިޔާގެ ނުބައި ރޭވުން ދިވެހިންނަށް އަންގައިދީ، ދިވެހި ރައްޔިތުން މިނުބައި ވެރިކަމުގެ އަނިޔާވެރިކަމުން ރައްކާތެރިކޮށްދޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދިނުން.. ނަޝީދާ ޞާލިހާއި ބުރުމާ އެއީ ހަމަ ޕަޕެޓުން. ދޮލަނގަކަށް ލައިގެން ލަކުޑި ފޯއްޔަކުން އޭގަ ތެޅީމަ އެނބުރޭ ގުނބޯތައް އެނގެއެއްނު. ހަމަ އޭގެ އެއްޗެހިން.. އެމީޙުން ބޭނުންވިޔަސް ދެން ހަމަ ހިލާ ބީޖޭޕީގެ މަކަރުގެ ދަށުން އެމީހުންނަށް ސަލާމަތް ނުވެވޭނެ. އެތިބީ ނަފުސު ޑެވިލްއަށް ވިއްކާލައިގެން.

 2. Anonymous

  ޢިއްޒަތްތެރި ސިޔާމް! މިހާރުވެސް ރައްޔިރުން ސިޔާސީ ވެރިންނަކައް އިތުބާރެއް ނުކުރައްވާ. މިދެންނެވީ ބަކި ޕާޓީއެއްގެ މެންބަރުން އިސްތިސްނާ ކޮއްފައެއް ނޫން. ޜައްޔިތުން ބޭނުންވަނީ ފުދުންތެރި ބިރުވެރިކަމެއް ނެތް ތާހިރު ދިރިއުޅުމެއް. ޜައްޔިތު މީހާއައް އެނޭ ރާއްޖޭގެ އާމްދަނީ ލެބޭވަރު ރައްޔިތު މީހާއައް އެނހޭ އެފައިސާއިން ކުރާ ބޭކާރު ހަރަދު މިހުރިހާކަމެއްވެސް އެންމެނައް އެނގޭ.

  20
  17
  • ޒަމީރު

   ރައްޔިތުން އިތުބާރު ނެތަސް ވެރިކަމަށް އާދެވެނީ ޕާޓީއަކަށް. ހުސް ނުބައި އެއްޗެހީގެ ތެރޭގައިވެސް ކޮންމެވެސްވަރަކަށް ރަނގަޅު ހުންނާނެ. މިގައުމުގައި މިހާރު އޮތް ޕާޓީތަކުގެ ތެރޭގައި ޕޕމވަރުގެ ޕާޓީއެއް ނެތް. އެކަމަކު، މޑޕ ތި ކުޅޭ ކުޅިއަކީ، މޑޕ 2 ބަޔަށް ބެހި ޕޕމ އާއި ޖުމްހޫރީ ޕާޓީ ބައިކޮށްލަނީ.. މޑޕ އިން ތިކުޅެނީ ސްޓްރެޓެޖިކަލީ. 2 އަހަރު ތެރޭ ހުރިހާ ޕާޓީއެއް މޑޕ ގެ އަތްދަށުލުމުގެ ފެށުން ތިއީ.. ވިސްނުމެއް ހުރި މީޙަކަށް ވިއްޔާ އެނގޭނެ އެކުޅެނީ ވަރަށް ޑަރޓީ ގޭމެއްކަން. ނަޝީދުއާއި ޞާލިހަކީ ހަމަ އެކަކު. އެއީ ބޮޑު ސިއްކަ.. ރައްޔިތުން ބޮލަށް ޗިޕް ޖަހަން މަޖްލިހާ ސަރުކާރާ ޕާޓީ ބައިބައިވެފައިކަމަށް ދައްކައިގެން އެއުޅެނީ.. ބޭނުމަކީ، މިގައުމުގައި އެންމެ ޕާޓީއެއް އޮތުން. އެއީ މޑޕ. މިހާރު ކުޅެގެން ދެންހުރި ހުރިހާ ޕާޓީތަކަކަށް ފަނިވައްދައި އެޕާޓީތައް ހިސާރުކޮށް ރައްޔިތުންގެ އިތުބާރު ގެއްލުވާލުމަށްފަހު 2023 ގައި މޑޕ ބާރުގަދަކޮށް ވެރިކަމަށް ނުކުންނާނީ!!!

 3. ހާމިދު ޝާހިދު

  ސޭޓު ގާސިމްއާއި، މައުމޫނު ތިވައްތަރައް އުޅޭނީ. ރައެީސް ޔާމީނެއް ނޫޅުއްވާނެ، ކަނޑައެޅިގެން ހަތުރުންނަކާ ގުޅޭކަށެއް. ތެދެއްމެ، މިގައުމުގައި މައިގަނޑު 2 ފިކުރު އޮތް އިރު އެ ދެ ފިކުރަކީ އެމްޑީޕީގެ ލާދީނީ ފިކުރާއި، ކުރީގެ ޑީއާރުޕީ މިހާރުގެ ޕީޕީއެމްގެ ވަތަނީ ފިކުރު. މި ދެފިކުރު އެކެއް ނުކުރެވޭނެ. ޑރ ޝަހީދު ރާއްޖެއަށް ޕާޓީސިސްޓަމް ތައާރަފްވެގެން ދިޔަ އިރު ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައިވެސް އަންދާޒާ ކުރައްވާ ވިދާޅުވެފައިވޭ، ރާއްޖޭގައި ގިނަވެގެން އޮންނާނީ މައިގަނޑު 2 ޕާޓީކަމަށް. އެއީ އޭރުނަމަ، ޑީއާރުޕީއާއި އެމްޑީޕީ. ދެން މިއުޅޭ ކުދިޕާޓީތަކަކީ ބޮޑުޕާޓީތައް ފަތުން ކޭކުފޮތިން ތަންކޮޅެއް ހޯދަން އަނގަގަދަ ދެތިން މީހުންގޮވައިގެން އެނބުރޭ ސެޓްލައިޓްތަކެއް. އަސްލު، ރައްޔިތުންގެ މައިގަނޑު ފިކުރުތައް ބެހިގެން ވަނީ، ޕީޕީއެމް ޕީއެންސީ ކޯލިޝަނާއި، އެމްޑީޕީގައި. މިހާރު މިދިމާވެގެން އުޅޭ މައްސަލާގައި އެމްޑީޕީއަށް އޮތް ހަމައެކަނި ހައްލަކީ، ޕާޓީތެރެއިން ރައީސް އިބްރާހިމް ސޯލިހަށް 2 ވަނަ ދައުރެއް ދޭން ނުފެންނަކަމަށް ވޯޓެއް ދިނުން. އެހެނީ، ދެ ވަނަ ދައުރެއް އޮޓަމެޓިކުން ލިބޭ ރައީސް އަކީ ޕަފޯމަންސް ދައް މީހުންގެ މަގުބޫލުކަން ދައް ބޭފުޅެއްނަމަ ޓިކެޓް އެހެން ބޭފުޅަކަށް ދިނުމުގެ ބާރު ޤައުމީ މަޖްލިހަށް ލިބިގެންވާތީ.

  42
  4
 4. މުޅި ރާއްޖެ

  ޕީޕީއެމްގެ އިސްވެރިންނަށް .... ވެދުން ސަލާމަށްފަހު
  އަހަންނަށް ހީވަނީ މިހާރު މިއުޅެނީ 2023ގެ ރިޔާސީ އިންތިޚާބު އަންނަންވާއިރަށް ސިއްރު އެޖެންޑާއެއްގެ ދަށުން ޕީޕީއެމް ގެ ތާޢީދު ނައްތާލައިގެން އަނެއްކާވެސް އެމްޑީޕީ ވެރިކަމަށް އަރަންހެން.... އަންނި ވަރަށް ހިޔަޅުވާނެ ކުދިންނޭ.... ވިސްނައިގެން ތިބޭތި... އަންނި ދަމާ ގުއި ރޯނުތަކުގައި ނުޖެހޭތި !!!!!!!!!
  ތިޔަ އެއްމެތަކުންނަށް މާތްﷲ ހެޔޮވިސްނުން ދެއްވާށި. އާމީން.

  86
  6
  • Anonymous

   ޕޕމ ގަ ސިޔާސީ އިލްމާއި ހިލްމު ހުންނަން އެބަޖެހޭ. މޑޕ ގެ ސިޔާސީ ކޮންސަލްޓަންސީ ނަގަނީ އިންގްލެންޑުންނާއި އިންޑިޔާއިން.. މޯދީ ކައިރީ ގެންގުޅޭނެ އެނަލިސްޓެއް.. މިދިޔަ އިންތިހާބުގައި މޯދީއަށް މާބޮޑު ސަޕޯޓެއް ނެތި ވެރިކަން ކާމިޔާބުކޮށްދިނީ މި ބުނި ޕްރަސާންތް ކިސޯރުގެ މޮޅު ރޭވުމުގެ ދަށުން.
   އެހެންވީމަ، ޕީޕީއެމް ހޭއަރާ މޑޕ އާ ޖޭޕީއާއި ދުރުގަ ތިބެގެން ނޫނީ ރައްޔިތުންގެ ސަޕޯޓެއް ނުހިފެހެއްޓޭނެ..

 5. ރާވިއްކާގާސިމް

  އަންނި ނޫޅޭ އެވަގުކަލޭގެ އާ ގުޅޭކަށް ކަލޭމެންނަށް ޖެހި ގުއިރޯނެއް އެއީ ޔާމީނު އަނބުރާ ޖަލަށްލާން

  8
  68
  • ޙަސަނު

   ގުޅެއްޖިއްޔާ މިނިވަން ކުރާނަމޭ އެއޮތީ ބުނެފަ އެހެންވީމާ ވަގަކަށް ނިތާ ކަލޯ ހަޖަމް ކޮށްބަލަ ބުއްޅަބެ އެޖެރީ ވެރިކަމާއިގެން މޮޔަވެފަ

   40
   2
 6. ރާވިއްކާގާސިމް

  ކޮން އިންޑިޔާ އައުޓެއްތަ ނުކުރެވޭނެ އައުޓެއް އިންޑިޔާ އޮންނާނީ މިތާ އަބަދުވެސް. ކަލޭމެން ޖަހާނެ ސަކަރާތެއް ޖެހެން ނެތީ އިންޑިޔާ މިތާ އޮތީމަ ދެން ލަލަލާ ހުވަފެނުގަ އައުޓްކޮށްލަބަލަ

  9
  72
  • ނަފުރަތު

   އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

   13
   2
 7. އިސްތިއުފާއޭ

  ޕީޕީއެމް އެއް ކޯލިޝަން ވެސް ނަހަދާނެ އަދި ޕީޕީއެމް އިން ބަރުލަމާނީ ނިޒާމަށް ތާއީދު ވެސް ނުކުރާނެއޭ މަމެންނަށް ޔަގީނޭ ވަގުތު އައިސް ޖެހުމުން ރައީސް ޔާމީން މިނިވަން ވާނޭ ކަން އަދުލު އިންސާފުގެ ކަންފުޅެއް ވެސް ނެތި ރައީސް އިބޫ ރައީސް ޔާމީން ޖަލަށް ގަޅާލައިގެން އުޅެނީ ކައްޕަޅި ވަގު އިންޑިއާ އިން ބުނެގެންނޭ އެއަށް ފަހު ފަހަރަކު ކަމެއް މިދަނީ އެމްޑީޕީ އަތަށް ގޮވަމުންނޭ ރައީސް ނަޝީދާއި އަދި ރައީސް އިބޫ މިހާރު އެއޮތީ ނެކް ޓު ނެކް ޖައްސާފައޭ އެއީ މަމެން އެޅުވި ފަންޏެކޭ ތަމެންގެ ތެރެއަށް ތަމެން ދެން އެފަޏިން ސަލާމަތްވެބަލަ ކުޅަދާނަ އެއް ނޫންވާން އެމްޑީޕީ ދެފަޅިވާނެ ކަން އެއީ މަމެން ޔަގީން ކަމާއި އެކު ބުނާ އެއްޗެކޭ އަދި ރައީސް އިބޫ އާއި ރައީސް ނަޝީދުގެ ފެކްޝަން ސިޔާސީ ހަނގުރާމަ ކޮށް އަދި އެވަރުން ނުވެގެން ރައީސް ނަޝީދުގެ ފެކްޝަން މީހުން މާލޭގެ މަގުމައްޗަށް ނިކުމެ ރައީސް އިބޫގެ އިސްތިއުފާ އަށް ވެސް ގޮވާނެއޭ އެތަން ވެސް ފެންނާނެއޭ ދުނިޔޭގައި ތިބި ބަޔަކަށް މިސަރުކާރުން ވަނީ ރައްޔިތުންނަށް ވަރަށް ބޮޑަށް އަނިޔާވެރިވެ ރައްޔިތުންނަށް ހަރާމްކޯރުވެ ރައްޔިތުންނަށް އެއް ކަމެއް ވެސް ކޮށް ނުދީ ދިވެހި ވިޔަފާރިވެރިންނަށް ބިން ނުދީ ހުޅުމާލޭން އިންޑިއާ އަށް 1 މިލިއަން އަކަފޫޓްގެ ބިން ހިލޭ ވެސް ދީ ދިވެހިންނަށް ހަރާމްކޯރު ވެފައޭ ސަރުކާރު މިހާރު ޖެހޭނީ އިސްތިއުފާ ދީފައި އަވަސް އިންތިޚާބެއް ރާއްޖޭގައި ބާއްވަން މިސަރުކާރުގެ ލެޖިޓިމަސީ ވަނީ ގެއްލިފައޭ މިހާރު...

  39
  3
 8. ވިސްނާތި

  އެއްގޮތަކަށް ވެސް ޕީޕީއެމް އަދި ޕީއެންސީ ވެސް އެމްޑީޕީ އާއި އެކު ޑީލް ހަދައިގެން ނުވާނެއޭ އިންޑިއާގެ ވަގުން ތަކެއް އަޑީގައި ތިބެގެން ޕީޕީއެމްގެ ބޮޑުންނަށް ރިޝްވަތު ދީގެން ވެސް މިކަން ކުރަން އުޅޭނެއޭ އެމެން ޗެނަލް 13 ގަންނަން ވެސް މިރާއްޖޭގައި ހުންނަ ކައްޕަޅި އިންޑިއާ އެމްބަސީގެ ތެޔޮ ފަރާޓާ ކާ އެމްބަސޭ ދައުވަތު ވެސް ދިނެއް ނޫންތޭ މިކަން ކަން ދަންނަން ޖެހޭނެއޭ ކެތްތެރިވާން ޖެހޭނެއޭ މުސްލިމުން ކަމަށްވާނަމަ މުސްލިމުންނަށް އާޚިރުގައި ނަސްރު ލިބޭނީ މިރާއްޖޭގައި އިސްލާމް ދީނާއި އެއްގޮތަށް މުސްލިމުން އުޅޭ ގޮތަށް ކަން ކުރާ ހަމަ އެކަނީ ޕާރޓީ ތަކަކަީ އެއީ ޕީޕީއެމް އަދި ޕީއެންސީ އޭ ޖޭޕީ އަކީ އެއީ މުނާފިގު ޕާރޓީ އެއް ދެން އަދާލަތަކީ އެއީ ހަރާމްކޯރު ޕާރޓީ އެއް އެމެން ލާދީނީ އެޖެންޑާ ގެންގުޅޭ ރާއްޖޭގެ މިނިވަން ކަން ވިއްކާލަން އުޅޭ ކެނެރީގެ ނަޝީދު ގައުމަށް ގައްދާރުވެ ބަތާހަރާމީ އުސޫލުން އޭނާ ކުރާ ކަންކަމުގައި އެއްގޮތަކަށް ވެސް ބައިވެރިވެގެން ދާނެއޭ އެމްޑީޕީގެ ނިމުން މިހާރު ވަނީ ފެށިފައޭ އެމެންގެ ނިމުން ދާނީ ވަރަށް ހިތި ކޮށްނޭ އިސްލާމް ދީނަށް ބަދު ބަސް ބުނާ މީހުންގެ ނިމުން ވަރަށް ހިތިވާނެއޭ ފިރުއައުނުގެ ނިމުން އެއީ ހަނދާން އާކޮށްލަން ޖެހޭނެ ކަމެކޭ...

  35
  3
 9. ހިޔަޅު

  ވިސްނާ ހޭއަ ރާ ތިބޭތި! ޕީޕީއެމް ފުނޑާލަން ތައްޔާ ރު ކު ރި އެންމެފަހުގެ ފޯމިއުލާ! ހިޔަޅުގެ ރޭވުން!!

  38
  2
 10. ަަަަަަަަަައަބުދު

  ތިޔައިން އެގިގެން ދިޔައީ ތިދެގުރޫޕް ސިއްރުން އެކުގައޭ އަންޒަމާނުއްސުރެ އުޅެނީ . ........... ތިޔައީ މިގައުމުގެ ހީރޯ އިންނެއްނޫނޭ ........ ޚާއިނުންނޭ........... އާ ........ ބަޔަކު ވެރިކަމަށް.......... އަންނަންޖެހެޔޭ......!!!!

  2
  7
 11. އައްޑޫ މީހާ

  ޕޮލިޓިކްސް އިޒްއަ ޑާޓީ ގޭމް ޕޕއމ އިން ގޮތް ދޫނުކުރިޔަސް މިހާރު އިދިކޮޅަށް ލިބޭނެ ވަކި މޮޅެއްނެތް މިދަނޑިވަޅުގައި ބަލަންވީ ރައީސް ޔާމީނަށް ކޮންގޮތަކުންތޯ ކުރިޔަށް އޮތް ރިޔަސީ އިންތިހާބުގައި ވާދަކުރެވޭނީ މީގަ ބަލަންވީ އެމަގު ފަހިވާނީ ކޮންގޮތަކަށްތޯ ޔާމީނަށް އޮތް ތާޢީދަކީ ތާއީދުކުރާ ރައްޔިތުންގެ ކިބައިން ބަދަލުވެގެން ވާނެ ތާއީދެއްނޫން ސަބަބަކީ އެމަނިކުފާނު ގައުމަށް ކޮށްދިން ހިދުމަތްތަކާއި ހިންގާފައިހުރި ތަރައްޤީގެ މަޝްރޫތަކާ އެމަނިކުފާނަށް ތާއީދުކުރާ އަސްލު ސަޕޯޓަރުން ހިތުގެ އަޑިން ގަބޫލުކުރާނެ މިހާރު ޕޕއމ އަދި ޕނސގެ ލީޑަރޝިޕުން ދައްކާ ވާހަކަތަކުން އެދެޕާޓީވެސް ބައިބައިވެގެން ހިނގައިދާނެ މީގަ ހަކުޅި ކުރިޔަށް ކުޅެންވީމަ ފައިދަަށަށް ސައިކިޔަން އުޅުން އެއީ އެންމެ ބުއްދިވެރި ސިޔާސީ ވިސްނުމެއްނޫން ދުނިޔޭގަ ކުރިއަރާފައިވާ ގައުމުތަކުގައި ޕޮލިޓިކްސް ކުޅިވަރު ކުޅެނީ ބައިކޮޅަށް ގޯލު ނުވަންނަގޮތައް ޕެނެލްޓީއަށް ދިޔަޔަސް އެގޮތައް ބޯލަނބަން ޖެހޭ އެހެންކަމުން އަދުރޭވެސް ޝިޔާމުވެސް ތަސައްރަފް ފުދޭ ޕޮލިޓީޝަނުންގެ އެންގަލުން ވިސްނަންވީ ވަގުތު ފާއިތު ވީމަ ދެން ކުރާނެ ކަމެއް ނޯންނާނެ މިހާރު އަދުރޭމެންގެ ވިސްނުން ހުރީކީ އެއްވެސް ތަސައްވުރެއްނެތް ރޯކަން ގެއްލިފައިހުރި ހިކި ގަހެއް ހައްދަން އުޅޭ ކަހަލަ ގޮތަކަށް ޔާމީނުގެ ކެރިއަރ މިއަދު ބަނަ ކުރުމުގެ ނިޔަތެއް ފެންނަހެން ހީވޭ އަޅުގަނޑުގެ ދުއާއަކީ ޕޕއމ ޕނސ ގެ ލީޑަރޝިޕަށް ހެޔޮވިސްނުން ދެއްވައި ޔާމީނަށް މިގައުމުގެ ރައީސްކަން ކުރުމުގެ ހެޔޮ ތައުފީގު މާތް ﷲ މިންވަރުކޮށް ދެއްވުން އާމީން

  4
  3
 12. ss

  Gothuga thibeythi ppm thi nubai malheega nujeheythi

  11
  1
 13. ކައްބެ

  އަންނިބޭކާރުވާހަކަ ނުދަށްކާ ރައީސްޔާމީނަކީ ގަޅިއެއްނޫން އެއީބިނާކުރަނިވި ހިތްވަރު ގަދަ ބަތޮލެއް އަދިވެސް އަދި ފަހުންވެސް ގައުމަށް ބޭނުބީ އެހިތްވަރު ގަދަބަތޮލް.

  10
  1
 14. ޠ

  އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓްއިންޑިއާ އައުޓް

  10
 15. ޑައެލޯގް

  މިހަބަރު ކިޔާލުމުން އެގުނީ ޔާމީނު ނުހައްގުން ޖަލަށްލާފައިވާކަމެވެ. އަންނި އެއޮތީބުނެފައެވެ. އަންނިބުނާގޮތަށް ކަންކޮށްފިނަމަ ޔާމީނު ދޫކޮށްލާނެވާހަކައެވެ. ވީމާ ރީދޫކުދިން ވިސްނަންވީ ޔާމީނަކީ ވަގެއްނޫންކަމާއި ކޯޓަށް އަތްބާނައިގެން ހުކުމްކޮށްފައިވާކަމެވެ. އެެވެރިން ވަގަށްގޮވީ ނުހައްގުންނެވެ.

  10
  1
 16. ބޮކި

  ވައްކަން ކުރުމާއި ގޮތްދޫނުކުރުގައި ވަރަށް ގަޓު އެބަހުރި ...................

  3
  1
  • Anonymous

   ވަށްކަން ފެނުނިއްޔާ އެނގޭނެތަ؟ ހީވަނީ 2018 ގައި ކުޅުނު "ވަގު" 2023 ގައި ވެސް ކުޅެގެން ވެރިކަން ހޯދޭނެ ކަމަށްތަ؟ ދިވެހިންނަށް އެނގިއްޖެ އެއީ މިގައުމު އިންޑިޔާއަށް ވިއްކާލާ ގައުމުގެ ހާއިނު ނޮވެމްބަރ 3 ގެ ބާގީގެ އާއިލާގައި ވެރިކަން ހިފެހެއްޓުމަށް ދިވެހިންގެ ސިކުނޑިއާ ކުޅެލި އެއްޗެއްކަން.

   2
   1
 17. Anonymous

  މޮއައިންގެ ޕާޓީ

 18. އަހުމަދު

  ލާދީނީ ބިލު އައުޓް