އެތައް މީހެއްގެ ފަރާތުން ފެށިނީއްސުރެވެސް މަރުގެ އިންޒާރު އަންނަމުން ދިޔަ ކަމަށްވެއެވެ. އާއިލާއަށް އެތައް ތުރާލެއް ކުރިމަތިކުރުވިއެވެ. އެތައް އަނިޔާއެއް ދިނެވެ. ބިރުވެރިކަމާއި ނުތަނަވަސްކަމުގައި މުޅި ހަޔާތް ހޭދަކުރަމުންދާ ކުރީގެ ރައީސް ޑރ. މުހައްމަދު ހަސަން ވަހީދު މަނިކު، އެމަނިކުފާނުގެ ހަޔާތުގެ އަނދިރި ސަފްހާތައް "ވަގުތު" އާއި ހިއްސާކުރީ އަސަރާއި އެކުއެވެ.

ދާހިލީ ހަނގުރާމައެއް ތެރޭ، ވަޒަން އަރާފާނެ ކަމުގެ ބިރު އިންތިހާއަށް

މި ވާހަކަތައް ވަހީދު ފެށީ ކިޔަވާ ވިދާޅުވުމަށް ބެއިރޫތަށް ފުރި ހިސާބުންނެވެ. އެ ދުވަސްވަރަކީ ލެބްނާނުގައި ދާހިލީ ހަނގުރާމައެއް ހިނގި ދުވަސްވަރެކެވެ. އެއީ 1976 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. ބެއިރޫތުގައި ހުންނަ އެމެރިކާގެ ޔުނިވާސިޓީއަށް ނިރުބަވެރި ހަމަލާއެއް އަމާޒުވިއެވެ. ޔުނިވާސިޓީގެ އޮފީހެއްގެ ކައުންޓަރު ކައިރީ ހުއްޓާ ވަހީދުއަށް ބަޑީގެ އަޑު އިވުނުއެވެ. ދެފަހަރަށް ބަޑި ޖެހި އަޑާއި އެކު ދެން އިވުނީ ބަޔެއްގެ ހަޅޭކުގެ އަޑާއި ރުއިމުގެ އަޑެވެ. ވަހީދު ވިދާޅުވެ ދެއްވި ގޮތުގައި އެ އަޑު ކަންފަތުގައި ޖެހުމާއި އެކު ބޭއިހްތިޔާރުގައި އެ ދިމާއަށް ހިނގައިގަނެވުނެވެ.

އެ އޮފީހުން ނުކުން އިރު ކުދި ބަޔަކު ޑީން އޮފީހަށް ވަންނަ މަންޒަރު ފެނުމުން އެމަނިކުފާނުވެސް އެދިމާލަށް މިސްރާބު ޖެހިއެވެ. އެ އޮފީހަށް ވަތްއިރު މޭޒުކޮޅު ތިރީގައި ފާރުގައި ލެގިލާގެން ޑީން އިންނެވި މަންޒަރު ފެނުނެވެ. އެތަނުގައި އެވަގުތު ފިރިހެނަކަށް ތިބީ ވަހީދާއި އަދި އެހެން ދެމީހެކެވެ. އެހެންވެ އެތިން މީހުންވެގެން ޑީން އަވަހަށް ހޮސްޕިޓަލަށް ގެންދަން އުފުލާލައިގެން ބޭރަށް ނެރެ، ފުރަތަމަ ބިންމަތީގައި ބާއްވާލިއެވެ. އެއީ ކާރެއް ހޯދުމަށެވެ.

އެ ވަގުތު ޑީންގެ އަގައިންނާއި ނޭފަތުން "ބޮކިޖަހާފައި ލޭތައް ފައިބައިގަތްތަން" ފެނިފައި ވަހީދު ވަރަށް ބިރުގަތެވެ، އަދި ހަމަލާ ދިން މީހާ އެ އިމާރާތުގައި ނުހުންނާނެ ބާވައޭ ހިތައް އަރާ އިތުރަށް ހިތް ބިރުގަންނަން ފެށި ކަމަށް ވިދާޅުވިއެވެ.

"ޑީންގެ އަނގައިން ލޭތައް ފައިބާތަން ފެނި އަޅުގަނޑު ހިތަށް އެރި މިތާންގައި ބަޑި ޖެހި މީހާ ހުރެދާނެއޭ. އެހެން ހިތަށް އަރާ ވަރަށް ހިތްބިރުގަތް. ހީކުރިގޮތާއި އެއްގޮތަށް ކެމްޕަސް ތެރޭ ގަންމޭން ހުރި. އަޅުގަނޑު ގަތް ބިރުން އަވަހަށް ކޮޓަރިއަށް ވަދުނީ" ވަހީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަގުތަށް އިންޓަވިއު ދެއްވަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ވަހީދު ވިދާޅުދެއްވި ގޮތުގައި ޑީންއަށް ހަމަލާ ދިނީ ފަލަސްތީނު ކުއްޖަކު ފިސްތޯލައަކާއި ދެ ހޭންޑް ގްރެނޭޑް ހިފައިގެން ވަދެއެވެ. އެ ޑީންގެ އިތުރުން އެހެން ޑިޕާޓްމެންޓްގެ ޑީންއަކަށްވެސް އެ ދުވަހު ހަމަލާދީފައިވެއެވެ. އެ ކެމްޕަސްގެ އިމާރާތުގެ ބޭރު ސިޑިމަތީގައި ހުރެގެން، ޑީންއާއި ދަރިވަރަކު ވާހަކަދައްކަމުން ދިޔައީ އެކުއްޖާ އަލުން ޔުނިވާސިޓީއަށް ނުވައްދައިގެން ކަމަށްވެއެވެ. ނަމަވެސް އެ ދަރިވަރު ދެއްކި ވާޙަކައަށް ސަމާލުކަން ނުދީ ދާންފެށުމުން ފުރަގަހުން ކޮނޑުގައި އަތްޖައްސާލާ، ޑީން އެބުރިލިވަގުތު ބޮލަށް ބަޑިޖަހާ މަރައިލި ކަމަށް ވަހީދު ވިދާޅުވިއެވެ.

އެދުވަސްވަރު އެތައް ބިރުވެރި ތަޖުރިބާއެއް ކުރެވުނުކަން ވަހީދު ފާހަގަކުރެއްވިއެވެ. އަދި ބޭރުތައް ކިޔަވަން ފުރިއިރު މިހާ ބިރުވެރި ކަންތައްތަކެއް ދިމާވެދާނެ ކަމަށް އެއްގޮތަކަށްވެސް ހިތަށް ނާރާ ކަމުގައި ވިދާޅުވިއެވެ.

އެދުވަސްވަރަކީ ފަލަސްތީނު ހަގުރާމަވެރިންނާއި، ނަސާރާއިންގެ ބަޔަކާއި ދެމެދު ފެށުނު ހަމަނުޖެހުންތަކެއް ލުބުނާން ސަރުކާރަށް ކޮންޓްރޯލް ނުކުރެވި، ދާޚިލީ ހަގުރާމައެއް ފެށި، ބެއިރޫތުގެ އަމާންކަން ގެއްލިފައި އޮތް ދުވަސްވަރެވެ. ހަނގުރާމަ ފެށުނީ، ހަތިޔާރު އެޅި ކްރިސްޓިއަން ބަޔަކު، ފަލަސްތީނު މީހުން ދަތުރުކުރި ބަހަކަށް ހަމަލާދީ، އެއިން ދަތުރުކުރި ފަލަސްތީނުގެ ވަރަށް ގިނަ މީހުން މަރާލުމާއި ގުޅިގެންނެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަގުތަށް އިންޓަވިއު ދެއްވަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ނިރުބަވެރި ހަމަލާތަކަށް ހުއްޓުމެއް ނެތް، ބޮމުގެ ހަމަލާއެއް އަމާޒުވި!

ބެއިރޫތުގައި ކިޔަވަން ހުއްޓާ ހިނގި މިފަދަ އެހެން ހާދިސާއެއް ވަހީދު ހިއްސާކުރެއްވިއެވެ. އެދުވަހު އެމަނިކުފާނު ހުންނެވީ އެކުވެރި ނޫރުއްދީނާއި އެކު ދިރިއުޅެމުންދާ އެޕާޓްމެންޓް ބޭރުގައި މަޑުކޮށްލައިގެނެވެ. އެހެން ތިއްބާ ބޮމެއް އައިސް އެއިމާރާތުގައި ޖެހި މުޅިތަން ގުޑުވާލި ކަމަށްވެއެވެ. ވަހީދު ވިދާޅުވީ ބޮމުގެ އަޑުފައްގަނޑު އިވެން ފެށުމާއި އެކު އަވަހަށް އެޕާޓްމެންޓްއަށް ވަދުނު ކަމަށެވެ.

އެޕާޓްމެންޓްއަށް ވަދެވުނު އިރަށް ވަހީދުމެން ބޭރުގައި މަޑުކޮށްލައިގެން ތިބި ބަގީޗާއަށް ބޮމެއް ވެއްޓުނު ކަމަށްވެއެވެ. އެ ބޮން ގޮވި މަންޒަރު އެމަނިކުފާނު ދުށްކަމަށް ވިދާޅުވިއެވެ. އެ އެޕާޓްމެންޓްއަށާއި އެ ސަރަހައްދަށް ބޮމުގެ ހަމަލާތަކެއް އަމާޒުވާން ވަރަށް ބޮޑަށް ބިރުގެންނެވި ކަން ވަހީދު ފާހަގަކުރެއްވިއެވެ.

"އެކަތި އައިސް ޖެހިއްޖެ އަޅުގަނމެން ކައިރިއަށް. އެވަގުތު މުޅި އެ ސަރަހައްދު ގުޑުވާލި، ވަގުތުން އަޅުގަނޑާ ނޫރުއްދީންއާއި ވަނީ އެޕާޓްމެންޓްއަށް. ވަރަށް ބިރުން ހުރީ. ވަތް ބާރަށް އަނެއް ބޮން އައިސް ވެއްޓުނީ އަޅުގަނޑުމެން ތިބި ބަގީޗާއަށް. އެބޮމުގެ އެތިކޮޅުތައް ހުރި އަޅުގަނޑު ހިއްކަން އަޅާފައި ހުރި ހެދުންތަކުގަވެސް" އެދުވަހުގެ ތަޖުރިބާ ހިއްސާކުރައްވަމުން ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވި ގޮތުގައި އެއީ އެމަނިކުފާނަށް ހަނގުރާމަތީ ތަޖުރިބާއެއް ކުރެވުނު ދުވަހެކެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަގުތަށް އިންޓަވިއު ދެއްވަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ޕާކިސްތާނުން ފިލައިގެން އުޅޭ މީހެއް ކަމަށް ބުނެ ހައްޔަރު ކުރަން އުޅުނު

ދެންވެސް ވަހީދު ބެއިރޫތުގައި ބެއިރޫތުގައި ދިމާވި ހާދިސާއެކެވެ. އޭރު ސީރިޔާގެ ތިރީހަކަށް ހާސް ސިފައިން ލެބްނާނަނަށް އަރައިގެން އެގައުމުގެ މަގުތައް ކޮންޓްރޯލް ކުރަމުންދާ ދިޔައެވެ. ވަހީދު ވިދާޅުވީ އެދުވަހު އެމަނިކުފާނު ވަޑައިގަތީ ފަލަސްތީނު ރެފިއުޖީ ކޭމްޕްއެއްގައި އުޅޭ ރަހްމަތްތެރިއެއްގެ އާއިލާއާއި ބައްދަލުކުރުމަށް ކަމަށެވެ.

ޓެކްސީގައި ދަނިކޮށް ކުވައިތު އެމްބަސީ ކައިރިން ސީރީއާގެ ސިފައިނުންތަކެއް ހުއްޓުވި ކަމަށްވެއެވެ. އަދި ވަހީދު ޓެކްސީއިން ނިކުތުމުން އެމަނިކުފާނަކީ ޕާކިސްތާނުން ފިލައިގެން އުޅޭ މީހެއްކަމަށް ތުހުމަތުކޮށް ހައްޔަރުކުރަން އުޅުނު ކަމަށް ވިދާޅުވިއެވެ.

"މި ސިފައިން މީހާ އަޅުގަނޑަށް އެކިއުސް ކުރަނީ އަޅުގަނޑަކީ ޕާކިސްތާނުގެ މާޝިނަރީއެކޭ. އަޅުގަނޑު ވަރަށް ކަންބޮޑުވި އެހިސާބުން. އެ ދުވަހު ސަލާމަތްވީ އެކުވެރިއެއް ހުރުމުން. މުހައްމަދު ކިޔައިފި އަޅުގަނޑަކީ ރާއްޖެ ކުއްޖެކޭ. ކްލެޖްގައި ކިޔަވަމުންދާ ދަރިވަރެކޭ. މިހެން ގޮސް ވަރަށް ވާހަކަ ދައްކާގެން އަޅުގަނޑުމެން ސަލާމަތްވީ." ވަހީދު ވިދާޅުވިއެވެ.

މަޖިލީހަށް ހޮވުމުން ލިބުނީ އިންޒާރާއި އެކު އަނިޔާ!

ބެއިރޫތުގެ ވާހަކަތަކަށްފަހު ދެން ވިދާޅުވެ ދެއްވީ އެމަނިކުފާނު ރާއްޖެ ވަޑައިގެން ކުރިމަތިލާން ޖެހުނު އަނދިރި ދުވަސްތަކުގެ ވާހަކަތަކެވެ. ވަހީދު ވިދާޅުވީ 1990 ހިސާބުގައި އޭނާ މަޖިލީހަށް ކުރިމަތިލައްވައިގެން ހޮވުނު ކަމަށެވެ. އޭރު މަޖިލީހުގައި "މިނިވަން ފިކުރު" މެމްބަރުންގެ ގޮތުގައި އޮޕަޒިޝަންގައި ތިބީ އެމަނިކުފާނާއި، ގޯގޯ ލަތީފްއާއި މުހައްމަދު ޝިހާބުގެ އިތުރުން މޯޑީއާއި، ގާސިމް އިބްރާހިމް ފަދަ ބޭބޭފުޅުން ކަމަށް ވަހީދު ވިދާޅުވިއެވެ. ކުރިން ނުދައްކާ އެތައް ވާހަކައެއް އެބޭފުޅުން މަޖިލީހުގެ ތަޅަމުގައި ދައްކަން ފެށުމާއި އެކު މަރުގެ އިންޒާރާއި އެކި ކަހަލަ އިންޒާރުތައް އާއިލާއަށްވެސް އަންނަމުން ދިޔަ ކަމަށް ވިދާޅުވިއެވެ.

ވަޒީރުން ޒިންމާދާރުކުރުމުގެ ވާހަކައާއި، ތިންބާރު ވަކިކުރުމުގެ ވާހަކައިގެ އިތުރުން ސަރުކާރުގެ ހިޔާނާތުގެ އެކި ވާހަކަތައް އޭރު އޮޕޮޒިޝަންގައި ތިބި ބޭފުޅުން ދައްކަން ފެށުމާއި އެކު މަޝްރަހު ވަރަށް ބޮޑަށް ހޫނުވިއެވެ.

"އޭރު ތަޅަމުގައި އޮތީ ސަރުކާރުގެ ބޮޑު ހިޔާނާތެއްގެ ވާހަކަ ދެކެވިފައި. އެކަން ފަޅާއެރި ހިސާބުން އެކި ތްރެޓްސްތައް އަންނަން ފެށީ" ވަހީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު.

މި ވާޙަކަތައް ތަޅަމުގައި ދައްކަން ފެށުމާއި އެކު ޖެއްސުން ކުރުމަށާއި، މިނިވަން މެމްބަރުންގެ ސަޕޯޓަރުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް އެކިކަންކަން ސަރުކާރަށް ތާއީދުކުރައްވާ ބޭފުޅުން ކުރަމުން ދިޔައެވެ. އަދި ސަމާސާ ވިހަވެ، ހައްދު ފަހަނަ އަޅައިގެން ދިޔަ ކަމަށް ވަހީދު ފާހަގަކުރެއްވިއެވެ. އެގޮތުން ލޯންޗްއެއްގައި އެއްޗެއް ގޮއްވާލާ ހުޅު ޖެހި މައްސަލައަކާއި، ސަންޓަން ޕާކްގައި ޑަބިޔާއަކަށްލާ އެއްޗެއް ގޮއްވާލި މައްސަލައެއް ފެންމަތިވެގެން ދިޔަކަމަށް ވަހީދު ވިދާޅުވިއެވެ.

އެއިން މައްސަލައެއްގެ ތުހުމަތު ވަހީދުގެ އާއިލާ ބޭފުޅުންނަށް ކޮށް، އެތައް އަނިޔާއެއް ކުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިކަމުގެއްގެ ތުހުމަތު އެޅުވިއްޖެ އަޅުގަނޑުމެންގެ އާއިލާ ކުދިންގެ ބޮލުގައިވެސް. އެކި އިންޒާރުތައް އޭރުވެސް އަންނަމުން ދިޔަ. އާއިލާއަށްވެސް އެތައް އަނިއެއް ލިބެމުން ދިޔަ. މަޖިލީހުން ޓެރެރިޒަމްގެ ގާނޫނެއް އޭރު ފާސްކޮށްގެން މިކަމެއް ކުރީ. އޭރު ލިބުނު އަނިޔާތައް މިއަދުވެސް އާއިލީ ބޭފުޅުން ތަހައްމަލު ކުރައްވާ އެބަ" ވަހީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިފަދައިން ކަންތައްތައް ހިނގަން ފެށުމާއި އެކު މަޖިލީހުން އިސްތިއުފާދެއްވުމަށްފަހު ބޭރަށް ފުރާވަޑައިގެންނެވި ކަމަށެވެ. އެއީ ރައްކާތެރި މާހައުލެއް އޭރު އޮތް ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.

މައްލަވައާއި ފުރައްސާރައަކަށް ހުއްޓުމެއް ނެތް!

ދެހާސް ބާރަވަނަ އަހަރު، އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެ، ޑރ. ވަހީދު ރާއްޖޭގެ ވެރިކަމާ ހަވާލުވި ހިސާބުން ފެށިގެން އެމްޑީޕީ އިން އަންނަނީ އެމަނިކުފާނަށް "ބާޣީ" އަށް ގޮވަމުންނެވެ. އަދި އެމަނިކުފާނަކީ "ކާޅެއް" ކަމަށް ވެސް ވަނީ ލޭބަލް ކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޑރ.ވަހީދުގެ ދެކަނބަލުން ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް އެމްޑީޕީގެ އެކްޓިވިސްޓަކު އަނގަބަހުން ހަމަލާދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވިއެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ސިޔާސީ މަޝްރަހާއި ދުރުގައި އުޅުއްވުމަށްފަހު އިދިކޮޅުގެ ސްޕެޝަލް އެޑްވައިޒަރަކަށް ރައީސް ވަހީދު ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ތެރޭގައެވެ. މިހާރުވެސް ސިޔާސީ މަސައްކަތުގައި މާ ބޮޑަށް އުޅުއްވާ މަންޒަރު ނުފެނެއެވެ. ވަހީދު ވިދާޅުވީ އެމަނިކުފާނަށް މައްލަވަކުރުމާއި، ފުރައްސާރަ ކުރުމަށް ހުއްޓުމެއް ނެތް ކަމަށެވެ. އަދި ވަރަށް ދެރަވާ ޒާތުގެ ބަސްތައް އެމަނިކުފާނަށް ބައެއް ފަރާތްތަކުން ރައްދުކުރަމުން ދާ ކަމަށެވެ.

ތަފާތު ގިނަ ތަޖުރިބާތަކެއް ދުނިޔޭގެ އެތަން މިތަނުން ހޯއްދަވައިގެން ހުންނެވި ވަހީދު އަދިވެސް ރާއްޖޭގެ ސިޔާސީ މަސްރަހުން ނުގެއްލެއެވެ. ލިބިވަޑައިގެންފައިވާ ތަޖުރިބާއާއިއެކު ރާއްޖޭގައި ހުރި މައްސަލަތައް ހައްލު ކުރުމުގައި ވަހީދަކީ އަދިވެސް މުހިއްމު ދައުރެއް އަދާކުރެވިދާނެ ބޭފުޅެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކިޔުންތެރިޔާ

    ރައީސްް ވަހީދަކީ ރައީސް ޔާމީން ފަދަ ބިރު ކުޑަ، ކެރޭ ހީވާގި އަދި ވެރިކަމަށް ގާބިލު ބެފުޅެއް. އިންޑިއާގެ އަތްދަށުން އެއަރޕޯޓް ފަދަ ތަންތަން އަތުލީ ނުލާހިކު ދަތި އުދަނދުލާ ކުރިމަތިލަމުން. ގައުމެއްގެ ވެރިޔެއްނަމަ މިވަރުގެ ގަޓުކަން ހުންނަންޖެހޭނެ. ބަޔެއްގެ ކުރިމަތީ ހެދިގޮތަކަށް ހެދިގެންތިބުން ނިމުމަކަށް އަންނަންޖެހޭ. ﷲ މި ދިވެހި ގައުމަށް ރައިސް ވަހީދު އަދި ރައިސް ޔާމީންފަދަ ހިތްވަރުގަދަ ވެރިން ލައްވާށި.

    102
    9
    • Anonymous

      އާމީން، ޔާ ރައްބަލް ޢާލަމީން، އާމީން.

      38
      1
  2. Anonymous

    އާމީން، ޔާ ރައްބަލް ޢާލަމީން، އާމީން.

    38
  3. ފާދާޑިންގޯ

    އަދަބު އަޚްލާޤު ހުރި ކެރޭ ތަޢުލީމީ މީހުން ދެކެ އެމްޑީޕީން އަބަދުވެސް ބިރުގަނޭ. އެއީ ކޮންޓްރޯލް ނުކުރެވޭނެތީ... ނަޝީދުވަނީ ފޭލިވެގެން މޭލިވެ އޭތިވެފައި.

    63
    1
  4. މޫސަ

    މި ޤައުމުގެ ގައްދާރުން ބޭނުންވަނީ، ތާއަބަދު، ވަގުންގެ އަތްމަތީ ޤައުމު ބާއްވާ، ރައްޔިތުންނާއި ދައުލަތް އަޅުވެތިކުރަން

    35
    1
  5. ރަބަރޭ

    މަނިކުފާނާ ދިމާލަށް ޕޯޑި އަމް ތަކުގަ އި ކާޅަށްގޮވީ އެފަދަ ދެވަނަ އެ އް ނުވާ އެމްޑީޕީގެ ބޮޑުކާޅު އަށްހެންކާޅު ނަން ބުނެފިނަމަ ދަ އުވާކުރާނެ މިހާރުވެސް އެބޮޑުކާޅު ހުރީ މަޖިލިސް މެންބަރު ކަމުގަ އި

    44
  6. ބަދަންއަލީ

    ތިވަރުގެ ބިރުވެެިކަމެއްގައި ކިޔަވައިގެން އައިސް ބަގާވާތެއް ކުރީމަ މައްސަލައަކީ

    10
    46
  7. ކެކުޅުން

    މީހަކައް ނުވަތަ ބަޔަކައް ދެރައެއްދީފަ އަނެކާއައް އުފަލުގަ ނޫޅެވޭނެކަމައް މުސްކުޅިން ބުނާ އަޑު އަހަން. ޢެކަމަކު އެއްވެސް މީހަކައް ދެރައެއް ލިބޭކައް ނޭދެން. ސުކުރިއްޔާ!

    6
    16
  8. Anonymous

    މިރާއްޖޭގައި ފަހުގެ ތާރީޚްގައި ބަޣާވާތެއް ކޮށްފައިވަނީި ކޮންބައެއްކަން އަދި ކޮންދިމާއަކަށް ނިސްބަތްވާ ބައެއްކަން ތާރީޚް ބަލާލީމަ ފެންނާނެ.

    14
    6
    • ބާޣީ

      ބޮޑު ބާޣީ ކައުޅު

  9. ކާޅު

    ބޮޑު ބާގީ

    5
    17
  10. ޔޭސް

    ރީތި ގޮތުގައި އިލެކްޝަންއަކަށް ފުރުސަތު ދެއްވިނަމަ މަނިކުފާނުގެ ތާރީޚު ވަރަށް ރީތިވީސްކަމަށް ފެނޭ. މިހާރު ފެންނަ ކިލަނބުކަން އެހެންނަމަ ނެތީސްކަމަށް ފެނޭ.

  11. އަހަންމަދު

    ޕާކިސްތާނުން ފިލައިގެން އުޅުނު ސިފައިން މީހާ ވަޙީދު ކޮޓަރިއަށް ވަދުނީ ކިހިނެއް؟

    1
    3
  12. ޡޒޒޒ

    ނަސޯރާދީނުގެ މީހުން މުސްލިމުން ގަޔަށް ބަޑިޖެހީމަ އެނުވޭ ނިރުބަވެރި ހަމަލާ އަކަށް މުސްލިމަކު ބަޑިޖަހާފިއްޔާ އެޢީ ނިރުބަވެރި ހައްދު ފަހަނާ އަޅާފާ ވާ އަމަލެއް

  13. ދޮޮހުއްތު ބެ

    ރައީސް ނަޝީދަކީވެސް ހަމަ ރައީސް ވަހީިދު ފަ ކެރޭ ބޭފުޅެއް.

  14. ބިރު

    ޖަހައިގަތުމުގެ ރެކޯޑު