"ސިޔާސީ މީހުންގެ މައްސަލަތައް ބެލުމަކީ ވަރަށް ފާޑެއްގެ ކަމެއް،" އިވިގެން ދިޔައީ ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދުގެ އަޑެވެ. ގާޒީ ހުސައިން ފާއިޒް ރަޝާދަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ފަސް ގާޒީންގެ ބެންޗުގައި އިންނެވި ގާޒީއެކެވެ. "ފާޑެއްގެ ކަމެއް" ގޮތުގައި ސިފަކުރެއްވީ ޔާމީނަށް ކުރި ހުކުމަށެވެ.
ކްރިމިނަލް ކޯޓުގެ ތާރީޚަށް ބެލުމުން އާ ކަމެއް ވެސް ނޫނެވެ. ސިޔާސީ ބޭފުޅުންގެ މައްސަލަތަކާ ހަމައިން އަބަދުވެސް ދިމާވާ ކަމެއް އޮވެއެވެ. ސިޔާސީ ބޭފުޅުން ތިއްބަވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މެދުވެރިކޮށް ގާޒީންނަށް އަންނަ ނުފޫޒެވެ. ޝަރުއީ ދާއިރާގައި ރާވައި އެކުލަވާލާފައި އޮތީ ސިޔާސީ ނުފޫޒަށެވެ. ގާޒީ އަބްދުލް ބާރީ ޔޫސުފްއާއި، ގާޒީ އާދަމް އާރިފަކީ މިދިޔަ ވެރިކަމުގެ މިސާލުތަކެވެ.
މިހާރު އެ ކޮމިޝަނުގައި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިންނަވައެވެ. ކޮމިޝަންގެ ރައީސްއަކީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ. ބަންޑާރަ ނައިބުގެ ހައިސިއްޔަތުން އިބްރާހީމް ރިފްއަތު އިންނަވައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެންބަރެއްގެ ގޮތުގައި މަސްތޫރު ހުސްނީ އިންނަވައެވެ. ނަޝީދުއާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންނެވެ. މިއީ ޔާމީންގެ ސިޔާސީ ވާދަވެރިންނެވެ.
ޔާމީންގެ ވެރިކަމުގައި ވެސް ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނަތުގެ މައްސަލާގައި އެމަނިކުފާނަށް އުފުލި ދައުވާގެ ޝަރީއަތް ހިނގައިދިޔަ ގޮތުގެ މަންޒަރު މިހާރު މި އޮތީ ސާފުކޮށް ފެންނާށެވެ. "ޕަޒްލް" އެއް ހެން މި ކަން ހިނގައިދިޔަ ގޮތް ސާފު ކުރަން ޖެހުނު ނަމަވެސް، ފަހުން އަތުވި ތިން "ގަނޑުން" މަންޒަރު ފުރިހަމަކޮށްލެވިއްޖެއެވެ. ޔާމީނަށް ކުރެވޭ ތުހުމަތު ބޮޑަސް، އެއީ ހަމަ ތުހުމަތެކެވެ. ދިފާއު ވުމުގެ ފުރިހަމަ ހައްގު އޮންނަން ވާނެއެވެ.
އެކަމަކު ކަން ހިނގައިދިޔައީ އެހެނެއް ނޫނެވެ. އެންމެ ފުރަތަމަ މައްސަލަ ބައްލަވަމުން ގެންދެވީ ގާޒީ އަހުމަދު ހައިލަމްއެވެ. ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީއެވެ. ޝަރީއަތުގައި ޔާމީން ދިފާއުވާން ވަކީލުންނާއި އެމަނިކުފާނު އަމިއްލަފުޅަށް ވެސް "ސާބިތު" ކަމާ އެކު ވާހަކަ ދެއްކެވިއެވެ. ދައުލަތުން ވެސް ވަކި ދުލެއް ނުދީ ރައްދު ދެއްވަމުން ގެންދެވިއެވެ. "ފޯރީގައި" ގެންދިޔަ ޝަރީއަތް ހިންގެވި ގާޒީ ބަދަލުވީ އިއްތިފާގަކުން ނޫން ކަން އެނގެއެވެ.
ދެން މައްސަލަ ބެއްލެވީ ފަސް ގާޒީންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދެވެ. ދެން އިންނެވީ މިހާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ސަކީލާއި، ގާޒީ އަލީ އާދަމްއާއި، ގާޒީ މުހައްމަދު ސަމީރުއާއި، ގާޒީ ހުސައިން ފާއިޒް ރަޝާދެވެ. ފާއިޒްއާއި، ސަމީރުއާއި، އަލީ އާދަމްގެ އޯޑިއޯތަކެއް ލީކު ވެގެން ދިޔައިރު މި އޯޑިއޯތަކުން މި ރޭވުން ގެންދިޔަ ގޮތް އޮތީ ސާފުކޮށް ފެންނާށެވެ.
ގާޒީ ހައިލަމްގެ މައްސަލަތަކެއް "ޕާކްކޮށްފައި"
ޔާމީންގެ މައްސަލައާ ގާޒީ ހައިލަމް ހަވާލުވި އިރުން ފެށިގެން އޭނާގެ މައްސަލައެއް ޖޭއެސްސީން ބަލަމުން ގެންދިޔައެވެ. ޔާމީންގެ ޝަރީއަތާ ވެސް ހައިލަމް ހަވާލުވެ ހުންނަވަނިކޮށް ޖުލައި 31، 2019 ގައި ޖޭއެސްސީން ނެރުނު ބަޔާނެއްގައި ހައިލަމްގެ މައްސަލައެއް ބަލާ ކަން ހާމަކޮށްފައިވެއެވެ. އެކަމަކު އެ މައްސަލަ ކުރިއަކަށް ނުދެއެވެ. ވަރަށް މަޑު ދުވެލީގައި އެ މައްސަލަ ބަލަމުން ދިޔައީ ޖޭއެސްސީން ހައިލަމަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކަމަށް އޭރު ވެސް ބެލެވެނުވެ. ދެން ހުރެގެން ކުރި ފަޅައިގެން އައީ މުޅިން އާ މައްސަލައެކެވެ.
އެއީ ކްރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގްރޫޕްއަކަށް ހައިލަމް ފޮނުވި މެސެޖެކެވެ. އޭގައިވާ ފޮޓޯއެކެވެ. އެ ފޮޓޯގެ ކުރެހުމުން ފެންނަނީ ރައީސް ސޯލިހްއާއި ނަޝީދު ކަރުގައި ޗޭނު އަޅުވައިގެން ގެންދާ މަންޒަރެވެ. އެކަމަކު އެއީ އޮޅިގެން ފޮނުވުނު ފޮޓޯއެއް ކަމަށް ހައިލަމް ވިދާޅުވެއެވެ. އޭގައި ވަނީ ނަޝީދުއާއި ރައީސް ކަން ވެސް އެނގިވަޑައިނުގަންނަވައެވެ. ކުރެހުމެއް ވުމުން އެހެން ވެސް ވެދާނެއެވެ. މައާފަށް ވެސް އެދިވަޑައިގެން ޖަވާބުދާރީވި މައްސަލައެއްގައި އޭނާ ސަސްޕެންޑް ކޮށްލީ ޔާމީންގެ ޝަރީއަތުގައި ހުކުމާ ހަމައަށް ގޮސްފައިވަނިކޮށެވެ.
ބެންޗުގެ ގާޒީންނަށް ކުރިއެރުން ދިނުން
ޔާމީނަށް ހުކުމް އިއްވި ފަސް ގާޒީންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އަލީ ރަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެވުނެވެ. އެ ބެންޗުގައި ދެން އިންނެވި ގާޒީ އަހުމަދު ޝަކީލްއަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަން ދެވުނެވެ. އޭރު ޔާމީންގެ މައްޗަށް ފަހުން އުފުލި ދައުވާތަކުގެ ޝަރީއަތް ހަވާލުވެވަޑައިގެން ހުންނެވީ ޝަކީލްއަށެވެ.
ޝަކީލްއަށް އިސް ގާޒީ ކަން ދެވުނީ، ޔާމީންގެ މައްސަލައާ ހަވާލުވެވަޑައިގެން ޝަރީއަތް ފެށި ދުވަހުއެވެ. މަގާމުގެ ފަތްކޮޅު އެރުވީ އެ ޝަރީއަތުގައި އެ ދުވަހުގެ ބޭއްވި އަޑުއެހުން ނިންމިތާ ގަޑިއިރުތަކެއް ފަހުންނެވެ. އިސް ގާޒީ ކަން ދެވުނީ ކުރިއަށް އޮތް ޝަރީއަތަށް ވެސް ޖޭއެސްސީން ނުފޫޒު ފޯރުވަން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރިއެވެ.
މިއީ މުޅިން ވެސް އިއްތިފާގު؟
މި އަހަރުގެ މެދު ތެރެއިން ޖޭއެސްސީގެ ރައީސް ކަމުގައި ހުންނެވި މެންބަރު ހިސާން ހުސައިންއާ ބައްދަލުވުމުން މި ސުވާލު ކޮށްލީމެވެ. "ވަގުތު" އަށް ދެއްވި ޚާއްސަ ބަސްދީގަތުމުގައި އެ ސުވާލުތައް އަމާޒު ކުރުމުން ހިސާން ވިދާޅުވަނީ އެއީ "އިއްތިފާގުން" ހިނގާފައިވާ ކަންކަމެވެ. ޔާމީނަށް ހުކުމް ކުރި ދަނޑިވަޅާ ދިމާވިޔަސް ކުރިއެރުން ދިނީ ގާބިލް ކަމަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވެއެވެ.
ގާޒީ އަލީ ރަޝީދުގެ ސުވާލު ކުރެވުމުން ހިސާން ކުރެއްވީ އޭނާއަށް ތައުރީފެވެ؛ ވިދާޅުވީ އެއީ ސުޕްރީމް ކޯޓަށް ކުރިމަތިލި އެންމެ ގާބިލް އެއް ފަނޑިޔާރު ކަމަށެވެ. ޝަރުއީ ދާއިރާގެ އިލްމު ހުންނެވި ކަމުގައެވެ. ޖިނާއީ އަދުލުގެ ނިޒާމަށް ގެނެވުނު އިސްލާހުތަކަށް ހޭލުންތެރި އަދި ތަޖުރިބާކާރު ބޭފުޅެކެވެ. ފަނޑިޔާރު ކަން ދިން ސަބަބަކީ އެއީއެވެ. އެހެން އިތުރު ސަބަބެއް ނެތް ކަމަށް ހިސާން ވިދާޅުވިއެވެ.
"އެ ބޭފުޅާގެ ތަޖުރިބާއަށް ބަލާއިރު، އަދި ޓްރެކް ރެކޯޑަށް ބަލާއިރު، އެއީ ސުޕްރީމް ކޯޓަށް އެންމެ ގާބިލް އެއް ބޭފުޅާ، ޝަރުއީ ބެކްގްރައުންޑްގެ ބޭފުޅެއް އެ މަގާމަށް ގެނައުމަށް ރައީސް އޭރު އިސްކަން ދެއްވީ، އެކަމަކު އެ ދަނޑިވަޅު ރަނގަޅެއް ނޫން، އެއީ އިއްތިފާގުން އައި ކަމެއް،" ހިސާން ވިދާޅުވިއެވެ.
އިސް ގާޒީ ކަން ޝަކީލަށް ދިނުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ހިސާން ދެއްވި ޖަވާބަކީ މިއީއެވެ؛ އޭރު އެ މަގާމަށް ކުރިމަތިލީ ވެސް ޝަކީލް އެކަންޏެވެ. އިސް ގާޒީ ކަން މިހާރު ދެނީ ވެސް އިއުލާން ކޮށްގެންނެވެ. ޖޭއެސްސީގެ މެންބަރުންނަށް ހަމަ ފެނިވަޑައިގަންނަވާ ބޭފުޅަކަށް ނުދެވެއެވެ. އިއުލާންކޮށްގެން ކުރިމަތިލީ ޝަކީލް އެކަނި ކަމަށް ވުމުން ޝަކީލަށް މަގާމު ލިބުނީއެވެ. ޔާމީންގެ މައްސަލަ ހަވާލުވި ދުވަހަށް މަގާމު ދެވުން އެއީ "އިއްތިފާގެއް" ކަމަށެވެ.
"އެ ބޭފުޅާ އެކަނި އެ މަގާމަށް ކުރިމަތި ލެއްވީ، މި ފަހަރު ވެސް މަގާމުގެ ކުރިއެރުން ދެވުނު ވަގުތާއި، ހާލަތު ރަނގަޅު ނުވީ،" ހިސާން ވިދާޅުވިއެވެ.
އޯޑިއޯތަކުން ސާފުވީ ނުފޫޒުން ހިންގި ޝަރީއަތެއް ކަން
ފަސް ގާޒީންގެ ބެންޗުގައި ތިއްބެވި ގާޒީންގެ ތެރެއިން މަގާމުގެ ކުރިއެރުމެއް ނުލިބުނު ތިން ގާޒީން ދައްކަވާފައި ހުރި ވާހަކަތަކުގެ އޯޑިއޯ ކްލިޕްތަކެއް "ވަގުތު" އަށް ވަނީ ލިބިފައެވެ. އަދުލުގެ ނިޒާމު "ކަތިލާފައި" އޮތް ކަން ސާފުކޮށް ގާޒީންގެ އަޑުތަކުން އިވެގެން ދިޔައެވެ. ޔާމީނަށް ކުރި ހުކުމަކީ "ގާޒީން ރަހީނުކޮށްގެން" ކުރި ހުކުމެއް ގޮތުގައި ފާއިޒް ސިފަ ކުރެއްވީއެވެ.
ފާއިޒްގެ އޯޑިއޯ އަޑުއަހާލުމަށް ފަހު، ގާޒީ ސަމީރު މަދު ސުކުންތަކަށް ދެއްކެވި ވާހަކަ އަޑުއަހާލީމެވެ. ދެން އިވުނީ މާ "މަޖާ" ވާހަކައެކެވެ. ގާޒީ ސަމީރު ބެންޗުގައި އިންނެވި ނަމަވެސް ހުކުމުގައި އޭނާގެ ރައުޔައެއް ނެތް ކަމަށް ވިދާޅުވެއެވެ. ހުކުމުގައި ހުރިހާ ގާޒީންގެ ރައުޔައެއް ނެތް ކަމަށާއި، އެއީ އަލީ ރަޝީދު އިއްވެވި ހުކުމެއް ކަމަށެވެ.
"ރައީސް ޔާމީންގެ މައްސަލާގައި ވެސް [އަޅުގަނޑު] ހަމަ އިނީތާ ބެންޗުގައި، އަލީ ރަޝީދު ކޮށްގެން އުޅޭ ކަމެއް އެއީ،" މަދު ސުކުންތެއްގެ އޯޑިއޯގައި އިވުނީ މި ވާހަކަ ކޮޅެވެ.
ގާޒީ އަލީ އާދަމްގެ އޯޑިއޯއެއް ވެސް ލިބުމުން، އެ އޯޑިއޯ ވެސް އަޑު އަހައިލީމެވެ. "ގާޒީއެއް" ދެއްކެވި ވާހަކައެއް ކަމާ މެދު ސުވާލު އުފެދިގެން އަލުން އަޑު އަހައިލީމެވެ. ހަމަ އިވުނީ ގާޒީ އަލީ އާދަމްގެ އަޑެވެ. ވިދާޅުވަނީ ހުކުމުގައި އޮތް އެއްޗެއް އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ގާޒީ އަލީ އާދަމް ވެސް ވިދާޅުވަނީ އެ ހުކުމަކީ އަލީ ރަޝީދު އިއްވެވި ހުކުމެއް ކަމަށެވެ.
"އަލީ ރަޝީދު ވިދާޅުވެގެން ބޭފުޅަކާ ބައްދަލު ކުރަން ދިޔައިން، އެއީ ކާކު ކަމެއް ނޭނގެ، އެ ބޭފުޅާ ދެންނެވީ އަލީ ރަޝީދުއާއެކު އަލީ އާދަމް އިންނާނެއޭ، އަލީ އާދަމް އެއްވެސް އެއްޗެއް ވިދާޅުވާނެ ކަމެއް ނެތް، އަލީ ރަޝީދު ކުރިއަށް ގެންދަވާނޭ، އަޅުގަނޑު އިނީ ބެންޗުގައި އެ ގޮތަށް، އަޅުގަނޑަކަށް ނޭނގެ އޭގައި ލިޔެފައިވަނީ ކޯއްޗެއް ކަމެއް،"
ދެން ދެއްކެވީ ގާޒީންނަށް ކުރިއެރުން ލިބޭ ވާހަކައެވެ. ގާޒީ އަލީ ރަޝީދަށް ސުޕްރީމް ކޯޓުގެ މަގާމު ލިބިވަޑައިގަންނަވާ ވާހަކަ ގާޒީ އަލީ އާދަމް ގާތުގައި ގާޒީ އަލީ ރަޝީދު ވިދާޅުވި ކަމަށް އަލީ އާދަމް ވިދާޅުވިއެވެ. އަދި ގާޒީ އަލީ އާދަމްއަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަން ދޭ ވާހަކަ ވެސް ދެކެވުނު ކަމަށެވެ. އެކަމަކު އިސް ގާޒީ ކަމެއް ނުދެއްވާތީ އެ ކަމާ ޝަކުވާ ވެސް ކުރެއްވިއެވެ.
ގާޒީ ފާއިޒް ވިދާޅުވި ގޮތަށް އިދިކޮޅު ސިޔާސީ ލީޑަރަށް އިއްވި ހުކުމަކީ ހަމަ "ފާޑެއްގެ" ހުކުމެކެވެ. އޭގައި އަދުލުވެރި ކަމެއް ނެތެވެ. ޚިޔާނާތުގައި ބައިވެރިވެވަޑައިގެންނެވި ކަމުގެ ހެކި ދައުލަތަށް އޮތް ނަމަ، ރިވެތި ގޮތުގައި ޝަރީއަތް ހިންގައިގެން ޔާމީން ވެސް އިންސާފުގެ ކުރިމައްޗަށް ގެންނަންވީއެވެ. އެކަމަކު މިހާރު އަމަލު ތިޔަ ކުރީ ހިނގަންވާ މަގުން ބޭރުންނެވެ. ގާނޫނުގެ ވެރިކަން އޮޅާލައި، އަދުލު އިންސާފުގެ ބާރު ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެންނެވެ.
މިބައިމީހުންނާ ޤާނޫނުއަރާ ހަމަކުރާތަން އިންޝާއަﷲ ދުނިޔޭގައިތިބި ބަޔަކަށް ފެންނާނެއެވެ.
މި މީހުންނަށް ގާނޫނު އަރާހަމަ ނުވެދާނެ އެކަމަކު މަރަކީ ކޮންމެމީހަކުވެސް ރަހަދެކޭނެ އެއްޗެށް. ގައިމުވެސް އެދުވަހަކުން ސަލާމަތެއް ނުވެވޭނެ. ލިބެން އޮތްގޮތަކަށް ކާލާގެން ދުނިއޭގެ ވަގުތީ އުފާ ހޯދޭތޯބަލަމުންގެންދޭ.
ތިއާދޭތެރޭ އެއްޗެއްބުނާހާހިތްވަރެއް އަދި ވަގުތެއްވެ ސްނެތް.. ކޮންމެބަޔަކަށްވެ ސް ތިފަދަފުރު ސަތުއެބަލިބޭ .. އެކަމަކުއެއީ ކޮށްގެންވާނެކަމެއްނޫން !!!
ކޮންމެކަމަކީވެ ސް އިއްތިފާގެއްނޫން އަދި ކޮންމެކަމަކީ ފާޑެއްގެކަމެއްވެ ސްނޫން !!
ސުބުހާނައްﷲ..މިވެސް މުސްލިމުންބާ.ދުނިޔޭގެ އެދުމުން ފޯވެފާ.ﷲސުބުހާނަހޫ ވަތަޔާލާއައް ބިރުވެތިވުމެންވެސް ނެތީބާ.ރައީސް ޔާމިން މިނިވަަން ކޮންދޫކޮންލާ.
ޔާމީން ކުށެއްނުކުރާކަމަކަށް އެއްބަހެއް ނުވެވޭނެ. ބައިތުލްމާލުގެ ގިނަފައިސާގެ އިހްމާލު ޔާމީންވެސް ނަންގަވަންޖެހޭނެ.
ނަމަވެސް ތި ޝަރީއަތް ތިދިޔައީކީ ރަނގަޅުގޮތަކަށްނޫން. އިންސާފުން އެއްކިބާވެ ތިވަރުކަންކަން ނިންމާކަމަށް ވަންޏާ އެއްވެސް ރައީސަކު ކުށެއްކުރިޔަސް ނުކުރިޔަސް ސަލާމަތެއްނުވެވޭނެ. އަބަދުވެސް ބާރު އޮންނަބަޔަކު ބޭނުންގޮތަކަށް ކަންކަން ނިމިގެންދާނީ.
ރައީސް ޔާމީން މިހާރުން މިހާރަށް ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ
ގެންދަވަންޏާ ގެންދަވާނީ ދައް ކަވަންހުރިތަނެއް ދައް ކަވާފަ.. މި މީސްމީހުންގެ ލަދުހަޔާތް ކޮބައިބާއޭ ހިތަށް އަރަނީ. އުފަން ނުވަނީބާ. ނުބައި ހު ކުމް ކޮށްގެން ރުފިޔާ ހޯދައިގެން އަލިފާން ކާންދެނީ އަނބިދަރިންނަށްވެސް .
އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާވިތޯ؟
އެޑޮލަރުބޮނޑި ރައީސްޔާމީނުގެ އެކައުންޓަށްޖަމާކުރީ ކާކުފޮނުވައިގެންތޯ؟ ޜައީސްޔާމީނުތޯ ނުވަތަ އެހެންމީހަކުތޯ؟ މައްސަލައަކީ އެޑޮލަރަކީ ސަރުކާރުގެއެއްޗެއްކަމެއް އެހެންމީހެއްގެ އެެއްޗެއްކަމެއް ކަނޑަެަޅާފަޢިނުވާހާލު އެފައިސާގެބެލެނިވެރިފަރާތެއްނެތި " ރަށްމެދަށް " ވިހޭދަރިއެއް ރައީސްޔާމީނުގެމައްޗަށް ހުކުމްޖަހާތީނޫންތޯ؟؟؟؟؟
އަސްތަޤުފިރުﷲ. . ﷲއަކުބަރު ﷲއަކުބަރު ﷲއަކުބަރު.ތިޔަބައިމީހުން ފަލީހަތްކުރައްވައި ޔާމީން ސަލާމަތްކުރައްވާން ދޭވެ.ރައްބުލް ކައުނު އަކީ ބެސްޓު ޕުލޭނަރ.
ސަރުކާރުގެ ކެބިނެޓް އެއްކޮށް އިސްތިއުފާ ދޭންވީއޭ ކެބިނެޓް އިސްތިއުފާ ކެބިނެޓް އިސްތިއުފާ ކެބިނެޓް އިސްތިއުފާ ކެބިނެޓް އިސްތިއުފާ ކެބިނެޓް އިސްތިއުފާ ކެބިނެޓް އިސްތިއުފާ ކެބިނެޓް އިސްތިއުފާ ކެބިނެޓް އިސްތިއުފާ ކެބިނެޓް އިސްތިއުފާ ކެބިނެޓް އިސްތިއުފާ ކެބިނެޓް އިސްތިއުފާ ކެބިނެޓް އިސްތިއުފާ ކެބިނެޓް އިސްތިއުފާ ކެބިނެޓް އިސްތިއުފާ ކެބިނެޓް އިސްތިއުފާ ކެބިނެޓް އިސްތިއުފާ ކެބިނެޓް އިސްތިއުފާ ކެބިނެޓް އިސްތިއުފާ ކެބިނެޓް އިސްތިއުފާ ކެބިނެޓް އިސްތިއުފާ ކެބިނެޓް އިސްތިއުފާ ކެބިނެޓް އިސްތިއުފާ ކެބިނެޓް އިސްތިއުފާ ކެބިނެޓް އިސްތިއުފާ ކެބިނެޓް އިސްތިއުފާ ކެބިނެޓް އިސްތިއުފާ
މޫނުމަތިން ބަލާފަ ޖަހަނީ ވަރަށް މައުސޫމް ވައްތަރު... ބަލާބެލުމަށް ހިޔެއްނުވޭ، އަނބިދަރިންނަށް އަލިފާން ކާންދީފާނެހެންވެސް... އެކަމުން މިއޮތީ އެހެންވެސް ވެފަތާ... ގަބޫލުކުރަންޖެހޭނެ ވިދާހާ ހުރިހާ އެއްޗަކީ ޖަވަހިރެއްނޫންކަން.
ހައިލަމަކީ ޔާމީންގެ ޕަޕެޓެއް ގާޒީންނަކީ ފައިސާޔާހެދި ދަންޖެހޭބަޔެއް އަދި ޔާމީން ވެރިކަމުގާ ދޯ ކޯޓްތަކުގެ ފުރާޅުން ޓިނުނެގީވެސް
ހަމައެކަނި އަދުލުއިން ސާފުގެ ބާރުއެކަންޏެނޫން ދައުލަތުގެ ހުރިހާބާރެއް މުށުތެތެއަށްލައިގެން..މިއީ މިއަދު އިން ސާފުވެރި ފަޑިޔާރުގެއެއް އޮތްތަނެނަމަ ރައީ ސް އިބުރާހިމު ޢަޒުލުކުރާނެދުވަ ސް...ރޔާމީނަށް ކުރެވުނު ހުކުމަކީ ނުހައްގު ހުކުމެކޭ ހަމައިގަތިބި ކޮއްމެމީހަކު ހަރުއަޑުން ގޮވަމުންމިއައީ...އެއްވެ ސް މީހަކަށް ނުހައްގުން ގަޑިއިރަކަށްވެ ސް ލިބެންނުޖެހޭ އަދަބެދެވުމަކީ އަނިޔާއެއް...ރޔާމީންގެ އަބުރުނަގާލުން ނުހައްގުން ޖަލުގަބެހެއްޓުން ޒިންމާތަކުން އެކަހެރިކޮއްލުން ބަ ސަނުބުނެވުން މިއީ ސަމާ ސާއެއްނޫން..ރޔާމީނާ ހަ ސަދަވާމީހަކު މިއީ މައް ސަލައެއް ނޫންކަމަށް ބުނެފާނެ އެކަމަކު ހައްގަށް ވަކާލާތުކުރާ މީހަކު ނުބުނާނެ މިއީ އޯކޭ ކަމެކޭ..
ތިއޮތީ އަތަށާ ފަޔަށާ ގޮހޮރަށްވެސް ގޮވާފަ! ދެން ނުގޮވާކަމަށް ހެދޭން ނޫޅޭ!
ރައީސް ސޯލިހުވަނީ އަނދަވަޅަކަށް ވެއްޓި ބޭޒާރުވެފަ ގައުމުގެ ހުންގާނުގައި ހުރެ އޮޑި ދުއްވަންނޭގި ގައުމު ވަނީ ފަރަށްއަރާފަ ދެން ސަލާމަތެއްނެތް ބޮޑުވެގެންވާރާޅެއް ފަރަށް އަރާފައިވާ އޮޑިއަށް ބިންދަމުންދަނީ .........ކުދިންނޭ ދެން ހަދާނީ ކިހިނެއް.
ﷲ އާއި ނަބިއްޔާއަށް ފުރައްސާރަކުރާ ބަޔަކު ކޮންމެ ފަދަ ނުބައި ކަމެއް ވެސް ކޮށްފާނެ އެމް ޑީ ޕީ އާއި އެމް ޑީ އެން އަކީ އެކައްޗެއް ލާދީނީ ޖާހިލުންގެ ވެރިކަމެއް މީ މިވަރަކަށް 3 ބާރު ވަކިވެފަ ވާނީ
މީހާފެނުނީމަވެސް އނގޭނޫންތޯ ރޯދަމަހު ސިޔަރަތު އަޑުއަހާމީހަކައް ވިއްޔާއެނގޭނެ ހަދީސްއެއްގެ ތަރުޖަމާކިޔާނެ ފަލަހިބުރެއްގެވާހަކަ ޔަހުދީދަންނަބޭކަލަކާ ދިމާލައްވިދާޅުވި ކަލޭބަނޑުގަޖަހާފައިވާ މަސްތަކަކީ ފައްޅިއައްއަންނަ މީހުން އަތުން އަތުލާރިސްވަތު ކައިގެންޖަހާފައިވާ މަހޭ ދެންވިސްނަވާ
ރައީސް ޔާމީންގެ ޘަރީޢަތް ލައިވްކޮށް ދެއްކިކަން އެއީ ވަރަށް ރަނގަޅަށް ވީ ކަމެކެވެ. އެތައް ހާސްބަޔަކު ވަނީ އެ ޝަރީޢަތްތައް ބަލައި ރެކޯރޑް ކޮށްފައެވެ. އެހެން ނޫންނަމަ ތިފަދަ ފްލޯކު ވާހަކައެއް ބަޔަކަށް ޤަބޫލު ކުރެވުނީހެވެ.
މައްސަލަ ބެއްލެވި ހައިލަމް ހުކުމާއިހަމައިން މައްސަލައިން ބޭރުކޮށް ހުރިހާކަމެއް ހިންގީ ހިސާން ހުސައިން. ބެންޗެއްހަދަ މައްސަލަ ދިރަސާ ކުރުމެއްނެތިބެންޗްގާ ތިބި 4 ފަނޑިޔާރުން ނުވަތަ ގާޒީން ހުކުމާހަމަޔަށް ގޮސް އޮތް މަހުޒަރުތައް ދިރާސާ ކުރުމެއްނެތި ހަމައެކަނި ބެންޗް ރިސްވަތު ލިބިލެއްވި ބޭފުޅާ އެކަނި ލިޔެވެން އޮތަހައެއްޗެއްލިޔެ ހުކުމް އިއްވާލީ. އެހިސާބުންދެފިޔަލާ އުދުހިފަ ސްޕްރިމްކޯޓް ބެންޗަށް. މި ހުރިހާކަމެއް ހިންގުމުގެ މޭސްތެރިޔަކީ ޖެއެސްސީގެ ރައީސްކަމުގާ ހުންނެވި ހިސާންހުސައިން ކަމަށް ތުހުމަތު ކުރެވޭ،
ފާޝިގުންގެ ނުބައި މަ ކަރުވެރި ރޭވުންތައް މާތްﷲ ސިއްރު ކޮއްނުދެއްވާނެ ﷲވޮޑިގެންވާ ކަން ހަމަ ކަށަވަރެވެ.
ރައީ ސްޔާމީން ރަހީން ކޮފަހުންނަތާމިއަދަށް 633 ދުވަ. ސް :
ވޯޓު ކަރުދާހުގައި ލީ ފާހަގަ އަމިއްލައަށް ފޮހެވެނީއޭ ، ފާހަގަޖަހާފާ އިންތަނުން ތިރިއަށް ދަނީއޭ ގޮވީވެސް ހަމަ މި އިދިކޮޅުގަ ތިބި މީހުން ! މިވަރު ބަޔަކު ނުކުރާނެ ކަމެއް ނޯންނާނެ !
އިއްތިފާޤީ ހުކުމް.ދެން ކޮންމެހެނެ ޖޭއެސްސީ އިއްތިފާޤޭ ފަޅޮލޭކިޔާނެކަމެއް ނެތް.ޤާޟީ އިން ގެންގޮސް ނޫނެކޭ ބުނުވާނެ މަޖުބޫރުންވެސް އެހެނަސް އެވެސް އިއްތިފާޤެއް.ދެން ފަހެ މިހިރަ މިހިރަ ކަންކަމުން އެގެނީ ޖޭއެސްސީގައި އޮތީ ކެނެރީ ފުތާގެ ދެފައިކަން/އހ
ޔާމިން ވަގުތުން ވަގުތައް ދޫކޮއްލާ
އަނބިމީހާ ނާހާ ފައިސާ! ހަރާމެއް ހަލާލެއް ނުބަލާ ފައިސާ! ޔާމިނުގެ ތިއަރީ! މަވެސް ޕީޕީއެމް.
ޔާމީން އަކީ ވަގެއްކަން ސާބިތުވާވަރައް ހެކި އެބަހުރި ލިބިފަ.
އަމިއްލަ އައްވެސް ވަނީ އިއުތިރާފު ވެފަ...
އަ ސްލު ތިމާއަށް ޙަޤީގަތް އެނގިހުރެ އޮޅުވާލަން މަ ސަތްކަތްކުރާމީހުނަކީ މު ސްލިމުންގެތެރެއިން ވާބައެއްނޫ ހުދު އިމާގެ ދުޝްމިނެތް ތިމާއާއި ތިމާނުކުރާކަމަކަށް ހެކިބަ. ސްދީފިނަމަ ތިމާބުނާނީ ކީކެބާ އަ ސްލު ރައީ. ސް ޔާމީން އަށް ވަގަށް ގޮވާކޮންމެމީހަކީ ވަގެއްކަންޔަޤީން ތިމާއަށް ހަރާންއެއްޗެހި ކެވިފަހުރިލެއްގިނަކަމުން އެހެންމީހުނަށްވަގަށްގޮވެނީ ﷲ ބައްލަބާވޮޑިގެންވޭ:
މީ ހަގީގީ ހައްދު ފަހަނާ އެޅި ބައިގަނޑަކީ
މީނާ ޖެހޭނީ ޖަލުގައި އޮންނަން! މިހާރު މީނާއާއި ހަމައަށް ޤާނޫނު އަރާހަމަވެފަ އެއޮތީ!
މީހަކު ލިޔުމެއްލިޔެފާނެ ކިތަންމެ ފަށުވިކޮށްވެސް އެކަން މިދޭހަވަނީ.. މިރާއްޖޭގައި ވެރިކަމެއްކޮށްފައެއްނެތް ޖީބަށްޓަކައި ނޫންގޮތަކަށް... އެއްއެރެއްގައިވެސް .