ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖެ ވެސް އަންނަނީ ކޮވިޑް-19ގެ ސަބަބުން އުފުލަން ޖެހޭ ވޭނާއި ތަކުލީފްތައް ތަހައްމަލް ކުރަމުންނެވެ. މިފަދަ ނާޒިކު ދަނޑިވަޅެއްގައި އެންމެން ވެސް ބަލަނީ ވީހައިވެސް ހަރަދު ކުޑަކޮށް، ބޭކާރު ހަރަދުތައް ނުކޮށް ވޭތޯއެވެ. ނަމަވެސް ރާއްޖޭގެ ސަރުކާރުގެ ބައެއް އަމަލުތައް ހުންނަގޮތުން މިއުޅެނީ ފައިސާ ގިނަވެގެންތޯ ހިތަށް އަރައެވެ.

މިހާރު ރާއްޖޭގައި އެންމެ ގަދައަށް ދެކެވެމުން އަންނަ އެއް ވާހަކަ އަކީ ރ.އަލިފުށީގައި ކުއްލި ގޮތަކަށް އަޅަން ނިންމި އެއާޕޯޓުގެ ވާހަައެވެ. މިއަހަރު ފާސްކުރި ބަޖެޓުގައި ވެސް އަލިފުށީގައި އެއާޕޯޓެއް އަޅަން ފާސްކޮށްފައި ނުވާއިރު، އެއާޕޯޓެއް އެރަށަށް ގެންނަން މީގެ ކުރިން އެރަށު ރައްޔިތުން ހިތަށްވެސް ނާރުވައެވެ. ސަބަބު ވަރަށް ސާފެވެ. އެއީ ރ.އިފުރު އެއާޕޯޓާއި އަލިފުއްޓާއި އެހައި ދިގު ދުރުމިނެއް ނެތުމެެވެ.

މީގެ ކުރިން ބައެއް ރަށްތަކުގައި އަޅަން ނިންމާފައިވާ އެއާޕޯޓުތަކުގައި ސަރުކާރުން ކޮއްޓާލަ ކޮއްޓާލައި ތިބޭތާ އެތައް ދުވަހެއް ވެއްޖެއެވެ. އެތަންތަނުގެ މަަސައްކަތް ނިމެން ގާތްވެސް ނުވާއިރު މަސައްކަތް އަވަހަށް ނިމޭނެކަމުގެ ކޮޅުމަތި ފެންނާކަށް ވެސް ނެތެވެ. އެކަމަކު އަލިފުށީ އެއާޕޯޓެއްގެ ވާހަކަ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އުފަންވެ، އެތަނުގެ މަސައްކަތް ރޮކެޓު ސްޕީޑުގައި ކުރަމުން އަންނަނީ ކީއްވެ ހެއްޔެވެ؟

ވެރިކަން ކުރަމުން އަންނަ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުންތައް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ޕާޓީ ވަނީ ދެ ފެކްޝަނަކަށް ބައިވެފައިކަން އެންމެނަށްވެސް އެނގެއެވެ. އެއްބަޔަކު ނަޝީދުގެ ފަހަތުގައި ތިބިއިރު ރައީސް ސާލިހުގެ ފަހަތުގައި އަނެއްބަޔަކު އެބަތިއްބެވެ. ރައީސްގެ ފަހަތަަށް އަރައި ތިބި މީހުންގެ ތެރެއިން އެންމެ ނަންހިނގާ އަދި ނުފޫޒުގަދަ މީހަކަށް ހުރީ ރައީސްގެ އާއިލާ ބޭފުޅެއް ކަމުގައިވާ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެ ކުއްލިއަކަށް ބިގޭ ނިސްބަތްވާ ދާއިރާ އަށް އެއްފަހަރައި ބޮޑެތި ޕްރޮޖެކްޓުތަކެއް އޮއްސައިލުމީ އެމްޑީޕީ މެމްބަރުންނަށް ދިން ވަރުގަދަ މެެެސެޖެއް ކަމުގައި ވެދާނެއެވެ. ބިގޭ އަކީ ރައީސަށް އެންމެ ވަފާތެރި އެއް ބޭފުޅާ ކަމުގައިވާއިރު އަލިފުށީ ދާއިރާގައި އޮންނަ 4 ރަށުގެ ތެރެއިން ވެސް ޕްރޮޖެކްޓުތައް އެއްފަހަރައި އެންމެ ގިނައިން އޮއްސާލީ އަލިފުއްޓަށެވެ.

އެރަށުގެ ބިން ހިއްކައި، އެއާޕޯޓެއް އަޅާނެކަމަށް ބުނެ އެމްޓީސީސީ އާއި އެކު ސޮއިކޮށް އަލިފުއްޓަށް މަހާޖައްރާފު ފޮނުވަން ނިންމީ ލޯމަރާލާފައި ހުޅުވާވެސް ނުލެވެނީހެވެ. ރާއްޖޭގެ އެހެން ރަށްރަށުގެ ޕްރޮޖެކްޓުތައް ފިނިހަކަ ދުވެލީގައި ގެންދަނީ ގަސްތުގައިކަން މިކަމުން ހާމަވެއެވެ. އަލިފުށި އެއާޕޯޓު ބޭނުން ކުރާނީ އެރަށާއި ވާދޫގެ ރައްޔިތުން އެކަނި ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަނީ އެހެން ރަށްތަކާއި އިފުރު އެއާޕޯޓު މާ ކައިރިވުމުންނެވެ. މި ދެރަށުގެ އާބާދީ 3500 އަށްވެސް ނާރާއިރު ދެންތިބި ރައްޔިތުންގެ ހައްގު ކޮބައި ހެއްޔެވެ؟

މިފަހުން ހއ.އަތޮޅުގެ ވެރިރަށް ދިއްދޫ އަށްވެސް އެއާޕޯޓެއް ބޭނުންވާ ވާހަކަ ވަރަށް ބާރަށް ދެކެވުނުއިރު އެ ރަށުގައި އެއާޕޯޓެއް އަޅައިފިނަމަ 14،000 ރައްޔިތުން އެތަނުން ހިދުމަތް ލިބިގަންނާނެއެވެ. މި ނޫނަސް އެއާޕޯޓުތައް ބޭނުންވާ އަދި އޭގެ ފައިދާ އަލިފުއްޓަށް ވުރެން ބޮޑަށް، ވަގުތުން ކުރާނެ ބޮޑެތި އާބާދީތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުއްޓައި މިފަދަ ކަމެއް އަވަސް އަރުވާލައިގެން ކުރުމީ ދެވޭ ވަރުގަދަ މެސެޖަކަށް ނޫނީ ނުވާނެއެވެ.

ރައީސް އަލިފުއްޓަށް ޒިޔާރަތްކޮށް އެރަށުގައި ޖޮބް ސެންޓަރެއް ހުޅުވައި، މި މަސްތެރޭ އެރަށުގެ ފަޅުގައި ރިސޯޓު ހަދަން ބަޔަކަށް ހުޅުވާލައި އެނޫނަސް ބޮޑެތި ޕްރޮޖެކްޓުތައް އޮއްސާލަމުން ދާއިރު މި ދެވޭ މެެސެޖު އެމްޑީޕީގެ ގިނަ ރައްޔިތުންގެ އިތުރުން ރާއްޖޭގެ ގިނަ ރައްޔިތުން ވެސް ބަލައެއް ނުގަނެއެވެ.

ރައީސް ސޯލިހްގެ ސަރުކާރަށް އެންމެ ގިނައިން އަމާޒުވާ ފާޑުކިޔުމަކީ ސަރުކާރުގެ ސްޕީޑް ލަސްވާ ކަމުގެ ޝަކުވާއެވެ. ކަންކަން ކުރުން ލަސް ކަމުގެ ޝަކުވާއެވެ. ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތް ލަސްކަމުގެ ޝަކުވާއެވެ. ނަމަވެސް އަލިފުށީ އެއާޕޯޓް މިވަނީ ރައީސް ސޯލިހްގެ ސަރުކާރުގެ ފުރަތަމަ ރޮކެޓް ސްޕީޑް ޕްރޮޖެކްޓަށެވެ. ހަމައެކަނި މައްސަލައަކީ މިމަޝްރޫއުގެ ވާނުވާއެއް ނޭނގުމެވެ. މިހާރު ވެސް މި ޕްރޮޖެކްޓް ދެބަންދިހާރަ ވެފައިއޮތުމެވެ.

ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ތަރައްގީ އަންނަން ވާނެއެވެ. ތަރައްގީ ގެންނަން ވާނެއެވެ. ނަމަވެސް އެއީ ޕާޓީގައި ހުރި ވަފާތެރިއަކަށް ކުރިއަށް އޮތް ދައުރުގައި މަޖިލިސް ގޮނޑި ކަށަވަރު ކޮށްދޭން ކުރާކަމަކަށް ވެގެން ނުވާނެއެވެ. ސަރުކާރުން ބޭނުންވާ ކަންކަން ކުރަން މެންބަރުންނަށް ވަޓްސްއަޕް މެސެޖެއް ކޮށްލުމުން އެކަމުގެ ބަދަލެއްގެ ގޮތުން މެންބަރު ބޭނުން ހުރިހާ ކަމެއް ކުރަން ފުރުސަތު ދެވިގެން ނުވާނެއެވެ. ދައުލަތުގެ މާލިއްޔާ އެމެންބަރުގެ ދާއިރާއަށް ކަހާލެވިގެން ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އިތުރު މިތުރު

    ބިގޭ އަކީ އިބޫ ގެ އައްޑަމަސް

    13
    3
  2. Anonymous

    މަދުއްވަރީ އަކީ މިރާއްޖޭގެ ފެންޓަސީ އައިލެންޑް، އެމެރިކާގެ ނިއު ޖާރނީ

    5
    8
  3. ހުސޭނުބޭ

    ކޮވިޑްގައި މުލިއާގޭގައި އޮވެއޮވެ ފޫހިވެގެން މީހަކު ދަތުރެއް އަޅާފައި އަލިފުއްޓަށް އަރާފައި ހުސްއަނގަތަޅާއިރަށް އަލިފުށީ ރައްޔިތުންނަށް ތި ހީވީ އެ ހުރިހައި ކަމެއް ވާނެޔޭ! އެމީހަކު ކައިރީގައި އަހާލިނަމަދޯ ވެރިކަމަށް އަރަންވެގެން ވަޢުދުވި އެއްވެސް ކަމެއް ފުއްދާފިންހެއްޔޭ!

    25
    2
  4. ތެދު

    ތިއަ އެއަރޕޯޓްއަކީ ކިހާފައިދާއެއްކުރާނެތަނެއްބާ.؟
    ޢެއްމެ ފަޅުރަށެއް އޮތީ (އެއްތިނގިލި) އެއީ ގާމަތީ މަދިރިންފުރިފައޮތް ރީތި ގޮނޑުދޮށެއްވެސް ނެއްރަށެއް..ވަކިން މާކަނޑުތެރޭގައޮތްރަށެއް...ތިވަރުގެ ހަރަދެއްކޮއްފަ ހެދުމުން ހިންގުމައް ކުރާހަރަދު ހޯދަނީކިހިނެއް.؟!
    ތިހަރަދު އެދާއިރާގެ ރައްތަކައްކުރުންމާމުހިންމު.
    އަދި ނަރުދަމާނުނިމޭ، ފެންނުލިބޭ، މަގުނެހެދޭ، ހޮސްޕިޓާ ހުރިގޮތައްހުރީ، މަދަރުސާގަ ހާލަތުދައް އަދި ފެށިމަސައްކަތްނުނިމޭ..؟! ދެން ކޮންކަމެއްބާ ބިގޭ އިންތިހާބައް ކުރާކަމަކައްވަނީނަމަ ދެންހުރިރައްތަކައް މިހަރަދުކުރެވޭނެބާ..؟؟!!
    ކާބޯތަކެތިގަތުމައް ލޯނުނަގާފަ، ރައްޔިތުންގެ އިމާރާތްތައް ރަހުނުކޮއްފަލޯނުނަގާފަ ދެންވާނީކިހިނެއްބާ.؟ ކާބޯތަކެތީގެއަގު މައްޗައްގޮސް އާއްމުމީހާއައް އަތްނުފޯރާހިސާބައް މައްޗައްދާނީ..މިހާރު ބިހެއްގެއަގު =/2ރ
    ކުރިން =/1ރ އައްލިބުނު.. ﷲ އާއި ރަސޫލާއަށް ފުރައްސާރަކުތިބަޔަކު ބޮޑުންނައްލީބަޔަކު ކޮއްމެފަދަކަމެއްވެސް ކޮއްފާނެ..
    އަލިފުށީ ރައްޔިތުންވިސްނާ..ނަމާދުނުކޮއް ބިގޭފަހަތުން ޒުވާނުންދުވުމުން އާހިރެއްގެއްލޭނީ..

    18
    6
  5. ޓައި

    ޥައްލަމާ!!!!!!! ކިހިނެއްބާވާނީ..

  6. ކާފަބޭ2020

    ވާނުވާސަރުކާރަކުން ކުރަންބުނާކަންތައްވެސްދާނީ ހަމަވާނުވާއަށް! ބައެއްކައުންސެލަރުންމަގާމުގެދަހިވެތިކަމުގައިި ސަނާކިޔަމުންދުވިޔަސް ގިނަރައިއްޔަތުންނަށް ވާނުވާއަދިއިގޭ! ބިގޭމެނަށް" ބަޖެޓުގަޖަހާފަނެތަސް " ބަޖެޓުފޮތުގެދެފޮޅުވަތް ދޭތެރެއިންރުފިޔާފައިސާބޯކޮށްފެންނާނެ! ލޭންދޭނުފޮތުގަޖަހާފަ އިންޑިއާއިންފައިސާކުރާނެ! އެމީހުންގެބޭނުންއެދަނީފުއްދަމުން! ނަމުންއިއްޒަތްތެރި ވާންޗޯއިންނަށްދަޅަދައްކާފަރައިއްޔަތުުންގެ "ކަރުގިލެތަކަށް" ދާންދެންފޭރެންތައްޔާރުވާއިރުސަނާކިޔުމުގައި ތާލިޔާތާލިޔާތާލިޔާ😆😆😆😆😆😆😆😆!!!!!!!

    12
    3
  7. ޑރ. ރާމީ ޙަސަން މަނިކު ވައިނުޖެހޭގެއާގެ

    ރ. އަލިފުށީ ގައި އެއަރޕޯޓް އެޅުން ފަދަ ކަންކަން ކުރަންވާނީ އެންމެ އިންސާފު ވެރިގޮތުގައެވެ. ރައްޔިތުން ގެ މިހާގިނަ ފައިސާ އިބޫ ޙަރަދު ކުރަން ވާނީ އިންސާފުވެރި ގޮތުގައެވެ. އެންމެ އިންސާފުވެރި ގޮތަށް ކުރުމަކީ އެމެރިކާ ގެ ނާސާ ގައި ހުރި ދިވެހިރާއްޖޭގެ ސެޓަލައިޓް ފޮޓޯތައް (ރ. އަތޮޅުގެ) އަގު ދީފައި ގަނެގެން ގެނެސް، ޖީ.އައި.އެސް ކިޔާ ކޮމްޕިއުޓަރ ސޮފްޓްވެއަރ އެއްގެ ބޭނުން ކޮށްގެން އެއަރޕޯޓް އަޅަންވާ ސީދާ ޕޮއިންޓް ހޯދުމެވެ. އޭރުން ހިތުުލަަފަޔަކަށް މިކަން ކުރާކަށް ނުޖެހޭނެއެވެ. ދެވަނަ ގޮތަކީ މަޝްވަރާ ހޯދަންވާ ސަރުކާރު ގެ އޮފީސް ތަކާއި މަޝްވަރާ ކުރުމެވެ. މަޑުއްވަރީ ގައިތޯ، ނޫންނަމަ ކޮން ރަށެއްގައި އެއަރޕޯޓް އެޅިއްޔާތޯ އެންމެ ފައިދާ ބޮޑުވާނީ އެ ކޮމްޕިއުޓަރ ސޮފްޓްވެއަރ-އިން ފެންނާނެއެވެ. ޖީ.އައި.އެސް އަކީ 3 އަހަރުގެ ޑިގްރީ އަކަށް ކިޔަވާ ކޮމްޕިއުޓަރ ޢިލްމެކެވެ. މިކަން ދަސްކޮށްގެން ތިބި ދިވެހި ދަރިން ބައިވަރު ތިއްބާ، މިކަން ނުކޮށް އިބޫ އާއި ބިގޭ ގެ އަމިއްލަ ކަމެއް ކުރާގޮތަށް މިކަން ކުރީމާ ރައްޔިތުން ގެ ނުރުހުން އިބޫ އަށް ލިބޭނެއެވެ. (މިއީ ބިޔަ، ބޮޑު ޕްރޮޖެކްޓް އެކެވެ. 471 މިލިއަން ރުފިޔާ ގެ ކަމެކެވެ. ރައްޔިތުންގެ ފައިސާ އެވެ. އިބޫ އާއި ބިގޭ ގެ ފައިސާ އެއް ނޫނެއެވެ). ރައްޔިތުން ގެ ނުރުހުން އިބޫ އަށް ލިބިއްޖެނަމަ ރައްޔިތުން ބަދަލު ހިފާނެއެވެ. ރައްޔިތުން ބަދަލު ހިފާނީ ވޯޓުންނެވެ. ވޯޓުން އިބޫ ބަލިވެއްޖެނަމަ، މި މައްސަލަ އިދިކޮޅު ޕާޓީ އިން ޝަރިއްޔަތަށް ހުށައަޅާނެއެވެ. މި ކަމުގައި ހިމެނޭ ރައްޔިތުންގެ ފައިސާގެ ޢަދަދުގެ ބޮޑުކަމުން ނެއެވެ. މިއީ ޤާނޫނީ މައްސަލަ އަކަށް ވާތީއެވެ. މަޝްވަރާ ކުރަންވާ އޮފީސް ތަކާއި އިބޫ މަޝްވަރާ ކުރިތޯ ޝަރިއްޔަތުން ބަލާނެއެވެ. ބިގޭ އަކީ އިބޫ ގެ އަންހެނުން ފަޒުނާ ގެ ކޮއްކޮ އަކާއި އިނދެގެން ހުރި މީހެއްކަން ފަޅާ އަރާނެއެވެ. އޭރުން ބިގޭ ގެ ނުފޫޒު ގައި އިބޫ އެއަރޕޯޓް އަޅަން ނުޖެހޭ ރަށެއްގައި އެޅިކަމަށް ސާބިތުވެ، އިބޫ އަށް ޙުކުމް އަންނާނެއެވެ.

    6
    4
    • ޝަމްސް/ތޮއްޑޫ

      ހާދަލާރިއެކޭ. ރައްޔިތުންގެ މިހާގިނަ ފައިސާގެ ކަމެއްވީމާކަން މެސެޖު ދިގުވީއިނގޭކިޔާލީމާ. ނަމަވެސް ކިޔާހިތްނުވާ އެންމެފިއްޔެއްވެސް އަކުރެއްވެސްނެތް. ބުނަންވާއެތި މިއޮތީ ބުނެލާފަ. ވަރަށް ވަރަށްމޮޅު.

      3
      2
  8. ޢަލީ

    ޢެއްވެސް އޮޓަރެއް ނެތް ތައައްސުބުން ފުރިފަިވާ ހަޤީޤަތާ ހިލާފު ލިޔުމެއް

    4
    6
    • ޝައްފަ

      އަލިފުށީ މީހެއްދޯ ތިއީ ؟ ހެކި ކޮބާ ތި ބުނި ވާހަކައިގެ ؟

      3
      3
  9. މަމީކާކު

    ހަޖަމް ކުރޭ ދެން