މިއަދު ރަތް ވިލާ އޮއްސިގެން މިދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މުޒާހަރާއެއްގައި ބައިވެރިވެއްޖެ ކަމަށް ކަރެކްޝަނަލް ސާވިސް އިން ނިންމާ، އެމަނިކުފާނާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރާއި އެކުގައެވެ. ފަސް އަަހަރު ދުވަހަށް ޖަލަށް އިއްވާފައިވާ ޖަލު ހުކުމް މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން މިއަދު ގައުމީ ދިދަ އާއި ޕީޕީއެމްގެ ދިދަ ގޭގެ ކުޑަދޮރުން ހޫރާލުން އެއީ ސަރުކާރަށް ހަޖަމްވި ކަމަކަށް ނުވިއެވެ.

ޖަލަށް ހުކުމް ކޮށްފައިވާ ގައިދީއަކު ގޭބަންދަށް ބަދަލު ކުރުމަކީ އާކަމެއް ނޫނެވެ. ޔާމީނަކީ ގޭބަންދުގައި ހުންނަވައިގެން، ގެއިން ބޭރުގައި ހިނގި ކަމެއްގައި ބައިވެރިވި ފުރަތަމަ ސިޔާސީ ބޭފުޅާއެއް ނޫނެވެ. ފުރަތަމަ މިއަދުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހަމައިން ފަށަމާ ހިންގަވާށެވެ.

ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމުގައި ޔާމީނާއި އަދީބާއި، ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދުގެ ބައިވެރިވުން އޮތް ކަމުގެ ހެކި މިހުރީ ކަމަށް ވިދާޅުވެ ކަރުދާސްތަކެއް ދައްކާ، ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދި މައްސަލައިގައި އިމްރާން ޖަލަށްލި ހަނދާން އަދި އަޅުގަނޑުމެންގެ އެބަހުއްޓެވެ. ޖަލަށް ހުކުމް އިއްވި ނަމަވެސް އިމްރާން ގިނަ ދުވަސްތަކެއް ހޭދަކުރެއްވީ ގޭބަންދުގައެވެ. ގޭބަންދުގައި ހުންނަވަނިކޮށް އިމްރާނަށް ބޭފުޅަކު ލިބިވަޑައިގަތުމުން އަމިއްލަފުޅަށް ހޮސްޕިޓަލަށް ވަޑައިގެން އަދި ހޮސްޕިޓަލުން ގެއަށް ވަޑައިގެން އެތައް ދުވަހަކު އުޅުއްވިއެވެ. އިމްރާނާއި، މިއަދުގެ ސަރުކާރުން އެވިދާޅުވާ "އަނިޔާވެރި ސަރުކާރުން" އިމްރާނަށް އެއްވެސް ފިޔަވަޅެއް ނާޅައެވެ.

ގޭބަންދުގައި ހުންނެވިއިރު އިމްރާން ގޭގެ ބެލްކަންޏަށް ނިކުމެ ވަޑައިގެން އީދު ކުޅިވަރުގައި ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ މައްސަލައަކަށް ހަދައިގެން އިމްރާނަށް ފިޔަވަޅު އަޅާކަށް ޔާމީންގެ ސަރުކާރުން ނޫޅޭއެވެ. އިމްރާން އީދުކުޅިވަރުގެ ބައިވެރިވި ފޮޓޯ ޔާމީންގެ ސަރުކާރަށް ހަޖަމްވިއެވެ.

ދެން އައީ ރައީސް ސޯލިހްގެ ސަރުކާރެވެ. ހޯމް މިނިސްޓަރަކަށް ވަޑައިގެންނެވީ އިމްރާނެވެ. ކަރެކްޝަނަލް ސާވިސް ބެލެހެއްޓުމުގެ މަސައްކަތާއި ހަވާލުވީ އޭނާ އެވެ. މިސަރުކާރުގައި ބޭނުން ކޮންމެ ކަމެއް ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ގޭބަންދަށް ބަދަލުކޮށް، ލަގްޒަރީ އެޕާޓްމަންޓެއްގައި އަދީބު ދިރިއުޅުމުގެ ފުރުސަތު ދިން ސަބަބުގެ ވާހަކަ ކޮންމެހެން މިވަގުތު ދައްކާނެ ކަމެއް ނެތެވެ.

ނަމަވެސް އަދީބު ގޭބަންދުގައި ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފައްދަވާ، އެސިޔާސީ ޕާޓީއަށް އޭނާ ސޮއި ކުރައްވާ، ފޮޓޯ އާއްމުކުރައްވާ ހެއްދެވިއިރު އަދީބަށް ފިޔަވަޅު އަޅާނެކަން ޓްވީޓަކުން ވެސް އިއުލާން ކޮށްލަން ކަރެކްޝަނަލް ސާވިސް އަށް ނުކެރުނު ސަބަބަކީ އަދީބު ވިދާޅުވާ އެންމެ ބަހަކުން "ދައުލަތް އޮރިޔާން ވެދާނެތީ ހެއްޔެވެ؟" ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންނާއި، މަޖިލިސް މެންބަރުން ބްލެކްމެއިލް ވެފައި ތިބުމުން ހެއްޔެވެ؟

އެންމެންނާއި މެދު ހަމަހަމަކަމާއި އިންސާފު އެއްގޮތަކަށް ގާއިމު ކޮށްދޭނެ ކަމަށް ސަރުކާރުންވީ ވައުދު މަތީ މިހާރު ހަނދާން ނެތުނީ ކަމެއް ނުވަތަ ހަމަހަމަކަމުގެ މާނަ ސަރުކާރުގެ ރަދީގުގައި ލިޔުނުއިރު ހަމަހަމަކަން ހަމައެކަނި އޮންނާނީ ސަރުކާރަށް ތާއިދުކުރާ ފަރާތްތަކަށް އެކަނި ކަމަށް ލިޔެފައި އޮތީ ނޫންކަމެއް ނޭނގެއެވެ.

ގޭބަންދުގައި ހުރެ ގައުމީ ދިދަ ވިހުރުވުން އެއީ ކުށެއް ކަމަށް ހަދައި ޔާމީން އަނބުރާ ޖަލަށް ގެންދިއުމަކީ މިސަރުކާރަށް ކުރެވިދާނެ ކަމެކެވެ. އަދި ގައުމީ ދިދަ ވިހުރުވި މައްސަލައިގައި ޔާމީންގެ މައްޗަށް ހުކުމެއް ވެސް އިއްވިދާނެއެވެ. ނަމަވެސް އެއީ ސަރުކާރުން ޔާމީނާއި މެދު ކަންތައް ކުރަމުން ގެންދާ "އިންސާފު ޖޯކަކަށް ހެދުމުގެ ސިޔާސަތައް" އިތުރުވާ ބޮޅަކަށް ނޫނީ ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ފިނދަނަ

    ހަޖަމެއްނުވާނެ އެއައްވުރެން ފިޑިސަރުކާރެއްމީ

    116
    5
    • ޒައިކް

      ޖަލަށްލީމަ ހަޖަމު އޮންނާނި ފެނިފަ

      13
      40
      • ޙައްގުބަސް

        ނުޙައްގުން ޙަރާން ޙުކުމް ކުރިގޮތަށް އިންސާފުން ބޭރުން ޖަލަށްވެސް ގެންދެވިދާނެ!! އެކަމަކު އެނބުރި އަންނާނެ އިރާދަކުރެއްވިއްޔާ މާވަރުގަދަކޮށް!! އަނިޔާދޭ އެންމެން ހަނދާނުގައި މިކަންވެސް ބަހައްޓާތި!!

        39
        6
  2. އަހުމަދު

    އެބުނާހެން... އެވެސް އިންސާފު..؟؟؟؟
    ކަށިނެއް ތިލަފަތަކުން މިނެދެވޭނެ ގޮތަށް އެ މިނަނީ...

    29
    3
  3. ލޮލް

    ތީ ޖަލެއްތަ ހެހެހެހެހެ ބޮޑު ވަރު….ބިރު ގަންނަ ޥަރުން ދޯ

    15
    7
  4. ހަޖަމޯއި

    މިއީ ހަޖަމުގެބައި ފުނޑިފަތިބި ބައިގަނޑެއް. މިބައިގަނޑުގެ އެތެރެހަށީ ހަވާދުމުގުރާދަތި ހަރު ކުރިއަސް ހަޖަމެއް ނުވާނެ. ރައްޔަތުން ކުރިމަތީ ބަރަހަނާވާން ދޫކޮށްފަ ބައިތިއްބާ.

    33
    1
  5. ސެން

    ޤައުމުދުއް އެންމެ ގަޓު ރައީސް ރައީސް ޔާމީން. ކުޑަދުވަސް ކޮޅެއްގެ ތެރޭގާ ޤައުމަށް ނުހަނު ގިނަގުނަ ތަރައްގީ ގެނެސްދެއްވި ރައީސް ރައީސް ޔާމީން. އެމަނިކުފާނުގެ ސަޕޯޓަރސް އަށް ކުޑަދޮރުން ފެނި ލެއްވުން ދިދައެއް ކުޑަދޮރުން ވިހުރާލެއްވުން ވޭތަ މުޒާހަރާގަ ބައިވެރިވި ކަމަށް؟ ރައީސް ޔާމީން މިނިވަން ކުރޭ!

    38
    3
  6. ސޭޓު

    އުފާވޭ މަނިކުފާނު ފެނިލެއްވުމުންވެސް. ރައިސް ޔާމީން ހަމަމިހާރު މިނިވަން ކުރޭ!

    37
    4
  7. އޮޅުވާލި ވޯޓު

    ކިތަމްމެ ހވަރަކަށް ހަޖަމްނުވެގެން ތެޅުނަކަސް އަދިކިތަމްމެ އަނިޔާއެއް ރައީސް ޔާމީނުއައް ކުރިޔަސް މިމީހުން ނުޖެހެޔެ ފަހަތަކައް ހިންނަވަރު އިބުރާ ހީމު ޖެހޭނީ ޖަލުގަ ކުދަގޮޅީގައޮންނަން

    26
    5
  8. ޢަހޫ

    ޢާ ދަނާ ގަމާރުވިޔަސް ތީ ބޮޑުވަރު. ޥާނުވާ ނޭގެންޏާ މަގުސާފުކުރަން ނުކުމެބަލަ.

    6
    10
  9. ތުއްތުނާ

    ޔާމީނުވަރެއްނެތް މި ޤައުމީ ދިދައިގެ ބާރު ކަޑާލަންއުޅޭ ސަރުކާރެއް ޔ. މިނިވަންކުރޭ

    20
    3
  10. ސިރޭޕު

    ފަހު ފޮޓޯއިން އޭނދަ ނާޒިލް ތަހުގީގުކުރާކަށް އަޅެ ނުވޭތަ؟

    6
    1
  11. ޒޒޒޒ

    މިވަރުގެ ލީޑަރ އެއް މިގައުމު ނުދެކޭ. ރައީސް ޔާމީނަށް ކާމިޔާބީ މިންވަރު ކުރައްވާނދޭވެ. އާމީން.

    8
    2
  12. ޙައުލާ

    މުޅިގަެުމުގަ މުޒާހަެާ ކުރަންޖެހޭނެ ރ.ޔާމީނުގައިގަ އަތްލައިފިނަމަ.

    8
    3
  13. ޒޒޒޒ

    މިވަރުގެ ލީޑަރ އެއް މިގައުމު ނުދެކޭ. ރައީސް ޔާމީނަށް ކާމިޔާބީ މިންވަރު ކުރައްވާނދޭވެ. އާމީން. ހހހ

    12
    2
  14. މަސްއޫދު

    އިގޭތަ މި މަންޒަރުން ބުނޭ އެއްޗޭއް! އަޅުގަޑު މިއަންނަނީ ވެރިކަމަށް ޕިޕިއެމްގެ ކޯލިސައާއެކު

    7
    1
  15. މާނިއުމާނި

    ބޮޑުވަގެއް އެހެރީ

  16. ވިސްނާ

    ދިވެހިން އުފުލާނީ ދެވިހިދިދަ ވަކިންޚާއްސަކޮށް ދިވެހިގައުމާ، ރަށްޔިތުންދެކެ ލޯބިވެލައްވާ ވެރިކަމުގެ ކުޑަދުސްކޮޅުގެތެރޭގައި ހިޔާލަށްނުގެނެވޭ ކުރިއެރުމާއި،ތަރައްްްޤީ ގައުމާ،ރަށްޔިތުންނަށް
    ގެނެސްދެއްވި ބޭފުޅަކު ( ރޔާމީން ) އެހެންދިދައެއް އުފުލާނެތޯ ؟ އަޅުގަނޑޫވެސް ސުވާލުއުފެދޭކަންަްތަކެއް އެބަހުރި އެއީ ގައުމެއްގެވެރިކަން ކުރެއްވި ބޭފުޅަކު ގަުއުމުގެ ވަރަށްގިނަރައްޔިތުންގެލޯބިލިލައްވާފައިވާ ބޭުފަކު ގައުމީދިދަ ހޫރުވީމަ ހަޖަމުނުވީމަ
    ހަޖަމުނުވީ ދިވެހި ގައުމީދިދަވީމަތޯ ؟ އިންޑިޔާދިދައަށްނުވީމަތޯ؟ހަޖަމުކުރެވިގެންތޯ ގައުމަށް އެހާބޮޑު ތަރައްޤީގެނެސްދެއްވިބޭފުޅަކަށް ވަގަށްގޮވީހަޖަމުކުރެވިގެންތޯ ދެވެހި ވަރަށްގިިނަ ރަށްޔިތުން އެބޭފުޅަކު މިނިވަންކުރެއްވުމަށްއެދި(ރޔާމީން ) މިނިވަންުކުރެއްވުމަށްއެދި އަޑުއުފުލާ މުޒާހަރާކޮށް ލޮލުންކަރުނައަޅަމުންދާއިރުވެސްމިނިވަންނުކުރައްވާ ޖަލުގައި ބަންދުކޮށްފައިހުރީ
    ހަޖަމުކުރެވޭތީތޯ ލާދީނީފިކުރުރުގެމީހުނަށް ގައުމުގައި ލާދީނީފިކުރުހިނަގަން ފުރުސަތުދެއްވަނީ
    މިއީ ހަައްތާވެސް ހަޖަމުނުކުރެވޭ ކަންތައްތައްކުރުކޮށް އަދިވެސްބައިވަރު،،،،،،،،،،،،،،،،،،،